އާޅެން ލޯބި އިސްމާޢީލްޢަލީ،ކަނދޮޅުދޫ ދެހިތެއްގެ ގުޅުން ރަމްޒު ކޮށްދެނީ ލޯތްބެވެ. ލޯބިވެތި ދެހިތުގައި ޖަހާ ވިންދު އެއްގޮތެވެ. ލަވައާއި މިޔުޒިކު ގުޅެއެވެ. އަބަދު ދުށުމަށް އެދި ހިތް އާދޭސް ކުރެއެވެ. ނުފެނި ހިނދުކޮޅެއް ވިޔަސް ހިތް ތެޅެއެވެ. ބައްދަލު ކުރެވޭނެ ގޮތެއް އޮތްތޯ ބަލައެވެ. އެކަކީ ހޫރުޕަރީ އޭ އަނެކަކީ ރަސްގެފާނެވެ. އުޑުންބޭލި ތަރިތަކުގެ އަދަދެއް ނޭގެއެވެ. ނުވާ ހުވައެއް ޢަހުދެއް ނެތެވެ. ކައިވެންޏަށްފަހު ދެފުރާނަ އެކުވެއެވެ. އިޙްސާސްތައް އެކައްޗަކަށްވެ ނިމިދެއެވެ. އެއީ މަތިވެރި ގުޅުމެކެވެ. […]
އާޅެން ޢިއްފަތްތެރި ކަމުގެ އަގު އިސްމާޢީލް ޢަލީ ކަނދޮޅުދޫ ކަލާގެ ކޮންމެ ހަނދާނެއް މިހިތަށް ތަދު ކުރެއެވެ. ކަލާ ބުނި ކޮންމެ ބަހެއް މިހިތް ޒަޚަމު ކޮށްފިއެވެ. ކުރި ހުވާތައް ގޮނޑުދޮށަށް ބީއްސާލި ރާޅުފަދައެވެ. ޢިއްފަތް ސަލާމަތް ކުރެވުނީތީ މިއަދު އުފާ ކުރަމެވެ. އަމާޒު ހިފާފައިހުރީ ސީދާ ފޮނިކޮޅު ބޮއިލުމަށެވެ. ފަތިހަށް ފޮޅުނު އެތަކެއް މަލުން އަރާމު ހޯދިފަދައިންނެވެ. މައިންބަފައިންގެ ނަސޭހަތް ހިމެނުނީ ރައްކާތެރިކަމުގެ ފާރު ކަމުގައެވެ. ކައިވެނީގެ ކުރިން ދޮރު ނުހުޅުވުމަށް ބުނެދީފައިވެއެވެ. ލޯބިވާ […]
ނުރައްކާ އިސްމާޢީލް ޢަލީ ކަނދޮޅުދޫ ލޯބިވާ އަޚާއެވެ. ތިބާގެ މިތުރެއް ކަމުގައި އަހަރެން ޚިޔާރުކުރީ ކީއްވެ ހެއްޔެވެ.؟ އަހަރެންގެ ހެދުން ހުދުވެފައި ސާފުވީމަހެއްޔެވެ؟ ތިބާއަށް ތިޔަފެނުނީ އަހަރެންގެ ބޭރުފުށުގެ ރީތިކަމެވެ. ހަމައެކަނި ބޭރުފުށުގެ ރީތިކަމަށް ބަލައިގެން ނިންމާ ނިންމުންތައް ވަރަށް ހިތިކަން ތިބާއަށް އެނގޭނެއެވެ. އަހަރެންގެ އެއްކޮޅު އަލިފާނުން ފިއްސާލުމަށްފަހު އަނެއްކޮޅު ތިބާގެ ނާޒުކު ދެތުންފަތުން ލޯބިލޯބިން ފިތާލުމަށްފަހު އެތެރެއަށް ތިޔަދަމާލާ ދަމާލުމުން ހަށިގަޑަށް އެތެރެވެގެން އެދަނީ ކޮންފަދަ ވިހަމާއްދާ ތަކެއްކަން ތިބާ އަށް ވަޒަން […]
އާޅެން ހިތުގެ ފުންމިނުން އިސްމާޢީލް ޢަލީ ކަނދޮޅުދޫ މަތިވެރި އިލާހުގެ ދަރުބާރުގައި ވީމުއެވެ. ހިތުގެ އެންމެ ފުނުން އިޤްރާރު ވީމެވެ. ރައްބުގެ މަތިވެރިކަމާއި ބޮޑުކަމެވެ. މިއަޅާގެ ނިކަމެތި ކަމާއި އާރެއް ބާރެއް ނެތްކަމެވެ. މިއަޅާއަކީ ފާފަކުރާ ކުށްވެރި އެކެވެ. މިއަޅާގެ މޫނުވަނީ ކަޅުވެފައެވެ. ހިތުގައިވަނީ ދަމިލަ ޖަހާފައެވެ. އިބައިލާހުގެ ރަޙުމަތުގެ ތަނަވަސް ކަމާއެވެ. އިބައިލާހަށް ކުއްތަންވެ ދުޢާ ދަންނަވަންވީއެވެ. ކުރެވިފައިވާ ކުށްތަކަށް އިޢުތިރާފު ވާންވީއެވެ. މަޑުމޮޅިކަމާއި އިޚްލާސްތެރިކަން އިސްކުރަންވީއެވެ. ދުނިޔެއާއި އާޚިރަތް ބާއްޖަވެރިވުމަށް އެދެންވީއެވެ.
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެންގެ ލޯބިލޯބި ނުހާ ޔަތީމުވީއެވެ. ބައްޕައެއްގެ ލޯބިން މަޙްރޫމްވީއެވެ. މިކަމުގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނީ އަހަރެންނެވެ. އެއީ އަހަރެންގެ ބޯހަރުކަމުގެ ނަތީޖާއެވެ. ނުހާގެ ބައްޕައަކީ އެއް އިރެއްގައިވެސް އަޚްލާޤު ރަގަޅު މީހެއްނޫނެވެ.އޭނާގެ ރީތީ ހަމައެކަނި ބޭރުފުށެވެ.ރަށުގެ ހުރިހާ ޖިންސުއްލަތީފުން މަށަށްމަށަށް ގޮވަމުން ހަސަން ފަހަތުން ދުވަންޖެހުނު ސަބަބަކީ އެއެވެ. ހަސަންއަކީ ރީތި ފިރިހެނެކެވެ.ތުނިކޮށް ކޮށާލާފައިވާ ކަޅުކަންގަދަ ތުނބުޅި އިތުރު ރީތިކަމެއް ގެނެސްދެއެވެ.މޭމަތީގެ ތަނަވަސްކަމާއި،ފުޅާ ބާމަތީގެސަބަބުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ.ހަސަނަށް ލިބިފައިވަނީ ވަރަށް […]

ރޯދަ މަހަށް މަރްޙަބާ! އިސްމާޢީލް އަލީ ރ.ކަދޮޅުދޫ ބަރަކާތުން ފުރިގެންވީ ރަމަޟާންމަސް ހެޔޮކަމުން ފުރިގެންވީ ރެއަކާއިއެކު އަޅުގަނޑުމެންނާއި ބައްދަލުކުރީއެވެ. އެމަހަށް އަޅުގަނޑުމެން މަރުޙަބާ ކިޔަންވާނީ ހެޔޮހިތުންނެވެ. ހިތުގެ އިޚްލާސްތެރި ކަމާއިއެކުގައެވެ. މިމާތް މައްސަރާއި، މިބައްދަލުވީ ދިގުއިންތިޒާރަކަށްފަހުގައެވެ. އެކަމަށްއެދި ދުރާލާ ތައްޔާރުތަކެއް ވުމަށްފަހުގައެވެ. ޝަރަފްވެރި މެޙްމާނަކަށްވާތީ ހޫނު ހޫނު މަރުޙަބާއެއް ކިޔަންބޭނުންވެއެވެ. ރަތްދޫލައިގެމަރުޙަބާއަކަށް ވުރެވެސް ފުރިހަމަކޮށެވެ. މިބަރަކާތްތެރި މެޙްމާން އަޅުގަނޑުމެންނަށް ގިނަގުނަ ހަދިޔާތަކެއް ގެނެސްދިނެވެ. އަދި ގިނަގުނަ ހަދިޔާތަކެއް ލިބޭނޭކަމުގެ އުއްމީދު އާކޮށްދިނެވެ. ރޫޙާނީ ޢާލަމަކަށް ގެންގޮސްދޭނެއެވެ. […]