އާޅެން
ލޯބި
އިސްމާޢީލްޢަލީ،ކަނދޮޅުދޫ
ދެހިތެއްގެ ގުޅުން ރަމްޒު ކޮށްދެނީ ލޯތްބެވެ.
ލޯބިވެތި ދެހިތުގައި ޖަހާ ވިންދު އެއްގޮތެވެ.
ލަވައާއި މިޔުޒިކު ގުޅެއެވެ.
އަބަދު ދުށުމަށް އެދި ހިތް އާދޭސް ކުރެއެވެ.
ނުފެނި ހިނދުކޮޅެއް ވިޔަސް ހިތް ތެޅެއެވެ.
ބައްދަލު ކުރެވޭނެ ގޮތެއް އޮތްތޯ ބަލައެވެ.
އެކަކީ ހޫރުޕަރީ އޭ އަނެކަކީ ރަސްގެފާނެވެ.
އުޑުންބޭލި ތަރިތަކުގެ އަދަދެއް ނޭގެއެވެ.
ނުވާ ހުވައެއް ޢަހުދެއް ނެތެވެ.
ކައިވެންޏަށްފަހު ދެފުރާނަ އެކުވެއެވެ.
އިޙްސާސްތައް އެކައްޗަކަށްވެ ނިމިދެއެވެ.
އެއީ މަތިވެރި ގުޅުމެކެވެ.
ދިރިއުޅުމުގެ މަޤްސަދު ޙާސިލުކުރަން ބާރު އަޅައެވެ.
މާތައް ފޮޅި މޭވާ އަޅަނީ ޤުރުބާން ތަކަކަށް ފަހުއެވެ.
މޭވާގެ މީރުރަހަ އަބަދުމެ ލިބުމަށް އެދެވެއެވެ.
ދެފުރާނަ އެކުއެކީގައި ގެންދެވުމީ ހިތުގެ ދުޢާއެވެ.


