ލަޔާން ވިޝިކާ ފާރާއިލާ ފިއްތާލާފައި ހުރިއިރު މަޑުމަޑުން ކައިރިވަމުން ދިޔައެވެ. ގަދަ ހަދަމުންދިޔަ ވިޝިކާއަށް ލަޔާންގެ ލޮލަށް ބަލައިލެވުނުގޮތަށް ދުރު ބަލައިލަން ނޭނގުނީ އެ ލޮލުގައިވާ ބާރަކުންނެވެ. ލަޔާންގެ ނޭވާ ވިޝިކާގެ މޫނަށް އެޅޭހާ ކައިރިވުމުން ވިޝިކާއަށް ކުރެވުނުހާވެސް ކަމަކީ ލޯ މަރާލުމެވެ. އެވަގުތު ވިޝިކާގެ ހިތުގައި ލަޔާންއަށްވާ ނަފްރަތުގެ މަތިންވެސް ވިޝިކާ ހަނދާންނެތުނެވެ. ވިޝިކާ ލޯ މަރާލުމުން ލަޔާންއަށް ލިބުނީ އިތުރު ހިތްވަރެކެވެ. ވިޝިކާގެ ތުންފަތުގައި ލޯބި ކޮށްލީ އެއްވެސް ޖެހިލުންވުމެއްނެތިއެވެ. ސިކުންތުކޮޅަކަށް ދިގުދެމިގެންދިޔަ އެ ވަގުތުކޮޅުގައި ދެމީހުންނަށްވެސް ކުރުވީ އާ އިހުސާސެކެވެ. އެއީ ދެމީހުންވެސް ކުރިން ތަޖުރިބާ ކޮށްފައިވާ ކަމެއް ނަމަވެސް ދެމީހުންވެސް ދުރުވެލަން ބޭނުންނުވީ އެވަގުތުކޮޅުގައި ކުރުވި ފޮނި އިހުސާސަކުންނެވެ.
ވިޝިކާގެ ދެއަތުން ލަޔާންގެ އުނގަނޑުގައި ހިފަހައްޓާލެވުނުއިރު ލަޔާންގެ ދެއަތްވަނީ ވިޝިކާގެ މޫނުގައި ދެފަރާތުން ހިފަހައްޓާލެވިފައެވެ. ދެމީހުނަށް ދުރުވެލެވުމާއެކު ވިޝިކާ އިސްޖަހާލީ ކުރެވުނު ކަންތަކާ ލަދުގަތްވަރުންނެވެ. ލަޔާން ވިޝިކާގެ މޫނަށް ބަލަން ހުރުމަށްފަހު ދަތްދޮޅިދަށަށް އަތްލައްވާލާ އިސްއުފުލާލީ ވިޝިކާގެ މޫނަށް އަރާ ފައިބާ ކުލަވަރުތައް ދެނެގަންނާށެވެ. “ލަދުގަތީމަ ވަރަށް ލޯބި.. އަދި ކިރިޔާ ކަމުދާ ސިފައެއް މި ފެނުނީ.. ހެހެ ” ލަޔާން ވިޝިކާގެ މޫނަށް ބަލަންހުރެ ބުނެލިއެވެ. ލަޔާން އެހެން ބުނާއިރަށް ވިޝިކާ ލޯ ހުޅުވާލާފަ ބަލާލިއެވެ. އަދި ލަޔާން ކޮށްޕާލުމަށްފަހު ދުވެފައި ނިކުމެގެންދިޔައީ ފަހަތަށް އެނބުރި ލަޔާންއަށް ވައްތަރު ޖައްސާލާފައެވެ.
އެ ހަނދާންވުމުން ވިޝިކާގައިން ހީބިހި ނަގައިގެންދިޔައެވެ. އަދި އެވަގުތު ކުރެވުނު ފޮނި އިހުސާސް ހިތަށް އެރުމުން ހިނިތުންވެލެވުނެވެ. މޭމަތީގައި ދެއަތް ހުރަސްކޮށްލަމުން ކޮޓަރިއަށް ދާން އެނބުރިލި ވިޝިކާއަށް މަޑުޖެހިލެވުނީ މަހުދީ އެ ދިމާލަށް އަންނަތަން ފެނުމުންނެވެ.
ނިދަންލާ ދޫ ހަރުވާޅުގައި މަތިން އެއްޗެސްވެސް ނުލާ ދެ ޖީބަށް އަތްޖަހާލައިގެން ދިޔަ މަހުދީ އިސްއުފުލާ ބަލާލީ ބެލްކަންޏަށް ނިކުމެވުމުންނެވެ. އެވަގުތު އެތާނގައި ވިޝިކާ ހުރުމުން މަހުދީ ދެ ބުމަ ކައިރިކޮށްލަމުން ބަލާލިއެވެ. “ދޮންބެ އަހަރެން ނޫޅެމޭ ތާކަށް ދާކަށް… މި ހަމަ ނުނިދިގެން ފިނިކޮށްލަން ނިކުތީ.. އައި ސްވެއަރ” މަހުދީ އެއްޗެއް ބުނުމުގެ ކުރިން ވިޝިކާ އަވަސްކޮށްލާފައި ބުނީ ބޯ މަތީގައި އެއްއަތް ބާއްވާލަމުންނެވެ.
“އެހެންތަ؟ ކީއްވެ ނުނިދިގެން ތިއުޅެނީ..؟ ތަނަކަށް ތަދުވަނީތަ؟” މަހުދީ އަހާލީ އޯގާތެރިކަމާއެކުގައެވެ. ނަމަވެސް އެ އަޑުގައިވާ މޮޅިވެރިކަން ވިޝިކާއަށް ފާހަގަކުރެވުނެވެ. “ނޫން .. ހަމަ ޖަސްޓް.. ދޮންބެ ކިހިނެއްވީ ނުނިދިގެން ތިއުޅެނީ…” ވިޝިކާ އަހާލިއެވެ. މަހުދީ އެ ސުވާލުގެ ޖަވާބު ދިނުމުގެ ގޮތުން ބޯ ހޫރާލުމަށްފަހު ވިޝިކާ ކައިރީ ނިދަން ދިއުމަށްބުނީ މާދަން ޓެސްޓަށް ދާން ޖެހޭނެ ނޫން ހެއްޔޭ ބުނަމުންނެވެ.
ވިޝިކާ ދިއުމުން ބެލްކަނީގައި އިން ސޯފާގައި މަހުދީ ދިގުދިގަށް އޮށޯވެލާފައި ފޯން ނަގާ ލަވައެއް ޖަހާލަމުން ލޯ މަރާލިއެވެ…
ބޭނުމޭ އިޝްގާ އޭގެ މޭވާ
ފޮނިކަމާއެކީ ދަންވެފާވީމާ
ބޭނުމޭ އިޝްގާ އޭގެ މޭވާ
ފޮނިކަމާއެކީ ދަންވެފާވީމާ
މަސްތުވެވުނޭ ބެލީމާ ލޯބިގާ
ހޯދެނީއޭ ކަންމިހެންވީމާ
ހާމަކޮށްލީ މި ލީބޭތޯއޭ
……………………………..
ފަތިހުގެ ފިނީގައި ގޯތި ކުނިކަހާ ނިންމާލުމަށްފަހު އަވްލީން ޖޯލީގައި ޖައްސާލީ ވަރުބަލި ފިލުވާލުމަށްޓަކައެވެ. އެހެން އޮތްއިރު އަވްލީންއަށް ވިސްނެމުންދިޔައީ މަހުދީއާ ދޭތެރޭގައެވެ. މަހުދީ ދައްކަން އުޅެނީ ކޮން ވާހަކައެއްބާއޭ އަވްލީން ހިތަށް އަރަމުންދިޔައެވެ. “ޕޮއް… ހަހަހ” އަވްލީން ސިއްސައިގެން ދިޔައީ ލަޔާން އައިސް ހަޅޭއްލަވައިގަތުމުންނެވެ. އަދި އަވްލީން ސިއްސައިގެން ދިއުމުން ލަޔާން ބަނޑުމަތީގައި އަތްއަޅައިގެން ހުރެ ހޭންފެށިއެވެ. “ކޮން ހިޔާލަކަށް ގެއްލިފަ؟ މިއަދު ޓެސްޓަށް ދާންޖެހޭދޯ..” ލަޔާން އަވްލީން ކައިރީ ޖޯލީގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. “ހިޔާލަކަށް ގެއްލިފައެއްނޫން.. މާދަން އެންމެ ފަހު ޓެސްޓު..” އަވްލީން ބުންޏެވެ. “ދެން ޓެސްޓު ނިމުނީމަ ކޮންކަމެއް އޮތީ؟ ” ލަޔާން އަހާލިއެވެ. “ނެތް އެއްވެސް ކަމެއް.. މިހެން ހުންނަންޖެހޭނީ ހަމަ…” މާޔޫސީ ރާގަކަށް އަވްލީން ބުނެލިއެވެ. އަވްލީންގެ އަޑާއި ރާގުން އަވްލީންގެ މަޖުބޫރީ ހާމަވެއެވެ. “އަވީ ދޮންބެ ވާހަކައެއް އަހާލަންތަ؟ އަވީ މަހުދީދެކެ ލޯބިވޭތަ؟” ލަޔާންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަވްލީން ހިޔާރުކުރީ ހަނުހުރުމެވެ. އަވްލީން އެއްވެސް އެއްޗެއް ނުބުނެ އިންނަން ފެށުމުން ލަޔާން އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ. “އަވީ ހީކޮށްލާ މީ އަވީއަށް ހެޔޮއެދޭ ބޭބެއެއްގެ އިތުރުން އަވީގެ ކްލޯސް ފުރެންޑެކޭ.. އަވީ ބޭނުން ކޮންމެ ވާހަކައެއް ދޮންބެ ކައިރީ ދެއްކޭނެ. ބޭނުން ކޮންމެ ކަމެއް ކޮންމެ ވަގުތެއްގަވެސް ޝެއަރ ކުރެވޭނެ.. އަދި އަވީ ދޮންބެ ކައިރީ ކައިރީ ދައްކާ އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް ނޭނގޭނެ. އައި ޕްރޮމިސް..” ލަޔާން ވާހަކަ ދައްކަމުން ދިޔައިރު އަވްލީން އިނީ ކަޅިޖަހާނުލާ ލަޔާންގެ މޫނަށް ބަލާށެވެ. އަދި ލަޔާން ވާހަކަދައްކާ ނިމުމުން ކުރިމައްޗަށް މޫނު އަނބުރާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. “އަވީ މަހުދީ ދެކެ ލޯބިވިޔަސް އަވީއަކަށް މަހުދީއަކާ ނުގުޅެވޭނެ. މަހުދީ ބޭނުންވަނީ ޒީނަތުހެން ހީވަނީ.. އަނެއްކާ ދައްތަވެސް ބޭނުންވަނީ އެ ދެމީހުން ގުޅެން..” އިސްދަށަށް ޖަހައިގެން އިން އަވްލީންގެ އަޑުން އަވްލީން ދެރަވެފައި އިންވަރު ހާމަވެއެވެ. އެވަގުތު ލަޔާން ނިންމީ މަހުދީ އާއި އަވްލީން ގުޅުވޭނެގޮތެއް ހެދުމަށެވެ.
ހެނދުނުގެ ސައި ހެދުމަށްފަހު އަވަސް އަވަހަށް ރެޑީވެލައިގެން ނުކުތް އަވްލީންއަށް ހިނގުން މަޑުޖައްސާލެވުނީ މަހުދީ ސައިކަލުމަތީގައި މަޑުކޮށްލައިގެން އިންތަން ފެނުމުންނެވެ. ގެއިން ނިކުމެގެން ދެވޭނީ މަހުދީ ކައިރިންލާފައިކަމުން މަޑުޖެހިލާފައިވެސް އަވްލީން ބާރުބާރަށް ހިނގައިގަތީ ގަޑިޖެހިދާނެތީއެވެ. “އަވީ އާދޭ އަހަންނާއެކު ދާން.. އަވީ ގޮވައިގެން ދާންވެގެން މި އިންނަނީ މަޑުކޮށްގެން..” މަހުދީ އާއި އަރާ ހަމަވި އަވްލީންގެ އަތުގައި ހިފާލަމުން މަހުދީ ބުނެލިއެވެ. “މަހުދީ މޮޔަވީތަ؟ ދޫކުރޭ އަތުން.. މީހަކަށް ފެނިއްޖާ ހީކުރާނީ ކީކޭ.. އެހެންނޫނަސް އަހަންނަކީ ޒީނަތުއެއް ނޫން..” އަވްލީން މަހުދީގެ އަތް ފޮޅުވާލަމުން ބުނެލިއެވެ. “އަވީ ޕްލީޒް.. ތިހާ ރުޅިގަދަނުވެބަލަ.. އަވީ ތިއަކީ ކުރިން ތިހާރުޅިގަދަ ކުއްޖެއް ނޫން.. ކީއްވެ މިހާރު އަހަރެންދެކެ އަބަދު ރުޅިއައިއްސަ ތި ހުންނަނީ..” މަހުދީ ވާހަކަ ދެއްކީ ވަރަށް ދެރަވެފައި ހުރެއެވެ. “އަހަރެން ދާންވެއްޖެ.. ތަން ދައްކާ..” އަވްލީން މަހުދީގެ ވާހަކައަށް ސަމާލުކަމެއްނުދީ ކުރިއަށް ހިނގައިގަތެވެ.
އަވްލީން ދާތަން ބަލަން ދެރަވެފައި އިން މަހުދީ ފަހަތަށް އެނބުރި ބަލާލީ މީހަކު ސައިކަލް ފަހަތަށް އެރުމުންނެވެ. “ދޮންބޭ ވިޝީ ވަރަށް އަވަހަށް ސްކޫލަށް ގެންގޮސްދީބަލަ. ގަޑިޖެހެނީ..” ވިޝިކާ އަވަސް އަރުވާލަފަ ހުރި ވަރުން މަހުދީވެސް އަވަހަށް ސައިކަލު ސްޓާޓްކޮށްލާފަ ނައްޓާލީ އަވްލީންގެ ހިޔާލު އެއްފަރާތް ކޮށްލަމުންނެވެ.
އަވްލީންގެ ކުރިއަށް އަރައިގެންދިޔަ މަހުދީގެ ސައިކަލު ފެނުމުން އަވްލީން މަހުދީ ދެއްކި ވާހަކައާއިމެދު ވިސްނާލިއެވެ. ތެދެކެވެ. އޭނާއަކީ ކުރިން ރުޅިގަދަ ކުއްޖެއް ނޫނެވެ. މިހާރުވެސް އޭނާއަށް ރުޅިއާދެވެނީ މަހުދީދެކެއެވެ. އެހެން މީހެއްދެކެ ހިތްހަމަނުޖެހުނަސް އެކަން ދައްކާކަށް ނުކެރެއެވެ. އޭނަގެ ހިތުގައި މަހުދީއަށްވާ ލޯބ އެހެން ސިފައެއް ހިޔާރުކުރާކަން އަވްލީންއަށް ނުވިސްނުނެވެ.
ޓެސްޓު ނިމުނުގޮތަށް މޯޑް ބާރުބާރަށް ހިނގާފައި ނިކުމެގެން ދިއުމުން ހުރިހާ ކުދިންވެސް ތިބީ ހައިރާންވެފައެވެ. އެހެންނާ އޭނާއަކީ ކުއްޖަކަށް ކޮންމެވެސް ގޯނާއެއްކޮށްނުލާ ދާމީހެއްނޫނެވެ. މޯޑް ސްކޫލް ހޯލުން ނިކުތްއިރު ގޭޓް ކުރިމަތީގައި އިން ސައިކަލުގައި އިއްސެއިނީ މޯޑްގެ އިންތިޒާރުގައެވެ.
“އޭތް ކައެ ހާދަ ލަސްވީ.. މަ ގޮލާ މިތާ އިނދެ އިނދެ އަނދައިފި..” އިއްސެ ދުލު ވާގިނެތް މީހެއް ހެން ވާހަކަ ދެއްކިއެވެ. “ޕާޓް ހަމައިގައެއް ނޫންދޯ.. ކާކު ބުނީ މިތާ އަވީތެރޭ އިންނާށޭ.. އެހެރަތާ ހިޔަލުގަވެސް މަޑުކޮށްގެން އިނދެވުނީހެއްނު.. ހޫމް ދެން ފަހަތަށް ޖެހޭ ކަލޭ ދުއްވައިފިއްޔާ މިއަދު މަގޭ ދުވަސް ގޮސްދާނެ.” މޯޑް އެހެން ބުނުމުން އިއްސެ ފަހަތަށް ޖެހިލާއިރަށް މޯޑް ސައިކަލަށް އަރާ ދުއްވާލީ ބާރު ސްޕީޑްގައެވެ.
އަވްލީންއާއި ނާޝް އަދި ވިޝާކާ އެއްހަމައެއްގައި ހިނގާފައި ދިޔައިރު ދިޔައީ ޓެސްޓު ޕޭޕަރުގަ ހުރި ސުވާލުތަކާބެހޭގޮތުން މަޝްވަރާކުރަމުންނެވެ. “އޭތް ވިޝާ ޓެސްޓުވެސް ނިމުނީއެއްނު ހިނގާބަލަ ވިޝާ ދޮންބެ ކައިރީ ބުނެގެން މިތާ ކައިރީ ފަޅުރަށަކަށް ދަތުރުދާން..” ފަހަތުން އައިސް ވިޝާކާއާއި އަރާ ހަމަކޮށްލި ޒީނަތު ބުންޏެވެ. “ވިޝާ ދޮންބެ ކައިރީގަ ނުބުންޏަސް ދަތުރު ދެވޭނެއެއްނު. ސްކޫލުން އޮތީ މި އަހަރު 10ގެ ކުދިންނަށް ފެއަރވެލްއަކަށް ދަތުރެއް ހަމަޖައްސާދީފަ.. ހީވަނީ މާދަމާއިން ފެށިގެން އެކަމާ އުޅޭނެހެން.. އަނާން މިސް ބުނި ކިނާރީގޭ ބޮޑު ދޯނި ދަތުރުދާން ލިބޭތޯ އުޅޭ ވާހަކަ..” ނާޝް ޒީނަތުއަށް ބަލައިލަމުން ބުންޏެވެ. “އެންމެން އެއްކޮށްތަ ދަނީ؟ އޭރުން ހާދަ ބައިވަރު މީހުންނެއް އޮންނާނޭ..” “ތިއެއް ނޭނގެ މަށަކަށް..” ޒީނަތުއާއި ނާޝް ވާހަކަ ދައްކަމުންދިޔައިރު ވިޝާކާއާއި އަވްލީން އިސްދަށަށްޖަހައިގެން މަޑުމަޑުން ހިނގަމުންދެއެވެ.
އެއްވަރަކަށް ހިނގާފައިދިޔަ ހަތަރު މީހުންނަށް ފަހަތަށް އެނބުރި ބަލާލެވުނީ ފަހަތުން ސައިކަލެއްގެ ބަރުގޮނުގެ އަޑު އިވުމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.



yeyy me first dhww..
When next part?story nice and short………?
Wow!story super ?????????
Varah loabi❤❤
V salhi…❤❤❤
Wow??
Hey iff….
Dear stry haadha kury…..
But stry vvvvvv reethi…
Waiting 4 next part…
Iff plx plx upload soon ingey…
Have a nice day iff.????
Haadha kurey
Haadha kurukoshey up kohdheefa miothy
Ehaa gina dhuvas kohlaafa up kohli iruves haadha kureyy?
Btw nice varah?
Wow. Varah habeysss ??❤❤❤❤
V reethi vaanehen heevey
story ge next part kon irakun up kurany??
alhey next part kobaitha