” އައްސަލާމު ޢަލައިކުމް ” އެކޮޅުން ވާހަކަ ދެއްކި މީހަކު ބުނެލިއެވެ. ވަރަށް ބަރު އަޑެކެވެ. ނަމަވެސް އިރުކޮޅަކުން އެމީހެއްގެ ހިނިގަނޑު ފަޅައިން ދިޔައެވެ. ” ހެލޯ ތިމް، އިޓްސް މީ އިޔާޒް. ” އަޑުއަހަން ހުރި އިރު އަހަންނަށް ހުރީ ހެވިފައެވެ. އިޔާގެ އެކްޓިންގ މޮޅު ކަމުންނެވެ. ” އައި ނިއު އިޓް. ހިހިހި… ސޯ ޔޫ ލޭންޑެޑް ސޭފްލީ އިޒިންޓް އިޓް؟ ޓޭކް ރެސްޓް. ކޯލް މީ ޓުމޯރޯ. ވީލް ޓޯކް ދެން. ” […]
އިޔާއަށް ދަތްކުނޑި ވިކި، އަތުގައި އިން ކޯކު ތައްޓަށް ބާރު އަރާހެން އަހަންނަށް ހީވިއެވެ. މޫނު މަތިން ރުޅީގެ އަސަރު ފާޅު ވަމުން ދިޔައެވެ. ” މެއިބީ ހީ ހެޒް ފޯލެން ފޯ ޔޫ! ” އިޔާ ކޯކު ފޮދެއް ބޯލުމަށްފަހު ދެބުމަ އަރުވާލަމުން ބުނެލިއެވެ. އިޔާ ހިނިގަނޑެއް ޖަހާލިއެވެ. މިއޮއްހާއިރު އިޔާގެ މޫނުމަތިން ފެނުނު ކުލަވަރެއް ދެނެއް ނުފެނުނެވެ. އަހަރެން ހައިރާންވިއެވެ. އެއީ އަހަންނަށް ހީވި ގޮތެއް ކަމުގައި ނިންމީމެވެ. ކައި ނިމިގެން އަހަރުމެން ދިޔައީ […]
އެއާރޕޯޓުގެ އެރައިވަލް ބައިގައި މަޑުކޮށްލައިގެން ތިއްބާ ކޯޓު ފަޓުލޫނުގައި ހުރި ޒުވާނަކު އަހަރެމެންނާއި ދިމާލަށް އެރައިވަލް އިން ނިކުމެގެން ފިރިހެންވަންތަ ހިނގުމެއް ހިނގަމުން އައެވެ. ފަން އިސްތަށި ގަނޑެކެވެ. ހުރީ ސްޕައިކް ޖައްސާފައެވެ. ހަމުގެ ކުލަ އައްޔެވެ. ބައިމަތި ފުޅާ، ދިގު ހަށިގަނޑެކެވެ. އަތު ކުރީގައި ގަޑި އަޅާފައެވެ. ލޮލުގައި އަވިއައިނު އަޅާފައި ހުރި އިރު ފިރިހެންވަންތަ ކަމުގެ ހުރިހާ ސިފައެއް މިލްކު ކޮއްގެން ހުރި މީހަކު ފަދައެވެ. އެމީހަކު އަހަރެމެންނާއި އަރާ ހަމަވުމަށްފަހު ބައްޕައަށް ހިނިތުންވެލަމުން […]
އިޔާ އަހަންނަށް މައުނަވީ ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ. ” ތިމް ބުނެބަލަ މާދަމާގެ ތާރީޙު؟ ” އިޔާ ހިނިތުންވެލަމުން އަހާލިއެވެ. އަހަރެން ވިސްނާލީމެވެ. މާދަމައަކީ އަހަރެންގެ 17 ވަނަ އުފަންދުވަހެވެ. އަހަރެންމީ އެހެންޏާ އުފަންދުވަސް ކައިރި ވުމުން ވަގުތު ގުނާލަ ގުނާލަ ހުންނަ ކުއްޖެކެވެ. ނަމަވެސް މިއަދު އަހަރެން މިހުރީ މާދަމައަކީ އަހަރެންގެ އުފަންދުވަސް ކަން ހަނދާން ނެތިފައެވެ. ” އޯ މައި ގޯޑް! އިޓްސް މައި ބާރތްޑޭ!! ” އަހަރެން އަނގަމަތީ އަތް އަޅާލައިފައި ވަރަށް […]
އިމްތިހާނު ނިމޭ ދުވަހުގެ ރެއަށް ކެތްތެރިވުން ވީ ބޮޑު ވޭނަކަށްށެވެ. ނަމަވެސް ކެތް ކުރަން މަޖުބޫރެވެ. ހުރިހާ ކަމެއް ވެސް ވާނީ ޤުދުރަތުން ރޭވިފައިވާ ވަގުތުގައެވެ. އެއީ އަހަރެން ގަބޫލް ކުރާ ގޮތެވެ. މިވަގުތު ބުނާށޭ ކިޔައިގެން ތެޅިފޮޅުނަސް އިޔާވެސް ވަކި ރެއަކާއި ތަނެއް އެ ހަމަޖެއްސީ އޭގައި ކޮންމެވެސް މުހިންމު މަޤްސަދެއް އޮތުމުން ކަން އަހަންނަށް ޔަގީނެވެ. އިމްތިހާން ނިމޭ ދުވަސް ކައިރި ވަމުން އައި ވަރަކަށް އަހަރެންގެ ހިތުގެ ތެޅުން ވެސް އައީ އަވަސް […]
ބާރަށް ޖަހާލި ގުގުރީގެ އަޑައި އެކު އިޔާޒު ގައިގައި އަހަންނަށް އޮޅުލައި ގަނެވުނެވެ. ކުޑައިރުއްސުރެވެސް އަހަންނަކީ ގުގުރީގެ އަޑު އިވުމުން އިންތިހާއަށް ބިރުގަންނަ ކުއްޖަކަށްވާތީއެވެ. ” އަދިވެސް ތިމް ގުގުރިދެކެ ބިރުގަނޭތަ؟ ” އިޔާޒު ސުވާލު ކޮއްލި ވަގުތު ދެން ޖެހި ގުގުރި ކުރީ ގުގުރިއަށް ވުރެ ބާރުކަމުން އިތުރަށް އެ ތަނަވަސް މޭމަތީގައި މޫނު ފޮރުވާލެވުނެވެ. އުމުރަށް ވެސް ތިހިމާޔަތް ބޭނުމޭ ބުނާފަދަ ބީދައަކުންނެވެ. ކުއްލިއަކަށް މުޅިގެއިން ކަރަންޓު ކެނޑުނެވެ. ނަމަވެސް އިޔާޒުމެން ކޮޓަރި އަނދިރިއެއް […]
އާ ދުވަހަކަށް އިރުއެރީ އަހަރެންގެ އާއިލާގެ އެންމެނަށް އުފާވެރިކަން ގެނެސްދެމުންނެވެ. ހެނދުނު ހަތެއް ނުޖަހަނީސް ގޭގައި މީހުން ހޭލަ މޭލަވާން ފަށައިފިއެވެ. މުޅިގޭތެރެވަނީ ހަލަބޮލި ވެފައެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ކުރަންވީ މަސައްކަތް ވަނީ ކިޔައިދެވިފައެވެ. އެއްބަޔަކު ގެ ޒީނަތްތެރި ކުރުމުގައި އަވަދިނެތި އުޅޭއިރު އަނެއްބަޔަކު އުޅެނީ މަސައްކަތުގައި އުޅޭމީހުންނަށް ކެއިން ބުއިން ތައްޔާރު ކުރުމުގައެވެ. ބޮޑު ފެންޑާގެ އެއްކޮޅުން އަނެއްކޮޅަށް އެކި ކުލަކުލައިގެ ފިނިފެންމަލުން ވަނީ ޖަރީކުރެވިފައެވެ. މެހެމާނުންނަށް ޙާއްސަ ކުރެވިފައިވާ މޭޒުތަކުގެ ތެރެއިން ކޮންމެ […]