ބޮލަށް ތަންކޮޅެއް އުނދަގުވާހެން ހީވުމާއެކު ކުރަހަން އިން ފޮތް އަރިމަތީ މޭޒުމަތީ ބޭއްވުމަށް ފަހު ޒަމްލާ އޮށޯވެލިއެވެ. “މަންމާ ޕްލީޒް ހެލްޕް މީ.. ޕްލީޒް.. ޕްލީޒް މަންމާ.. ހުވަފެނުގަ ނައިސް އަސްލުކޮށް އައިސްދީބަލަ މަންމާ ޕްލީޒް…” ދެލޯ މަރައިގެން އޮވެ ވައި އަޑުން ޒަމްލާ ކިޔަމުން ދިޔައެވެ. ޒަމްލާ އެކަނި އެ ކޮޓަރީގައި އޮތަސް، އެ އާދޭސްތައް އެހެން ކަންފަތަކަށް އިވިއްޖެކަން ޒަމްލާއަށް ރޭކައިނުލައެވެ. ****** ވަގުތު އޭގެ ހަލުވި މިނުގައި ފާއިތުވަމުން ގޮސް […]
“ކަލޭގެ ސަބަބުން އެއިން އިންސާނެއްގެ ހަށިގަނޑުން ލޭ ތިއްކެއް ފެނުނަސް ކަލޭގެ ހިތް ކޮށާ ކުދި ކޮށްލާނަން.” އިޒްވާގެ ފަހަތުގައި ޣައިބުވެގެން ހުރި މަލައިކާ ބުންޏެވެ. މަލައިކާ ހުރީ ނުރައްކާތެރި ދަރަޖައަކަށް ރުޅި އައިސްފައެވެ. އިންސާނުން އެމީހުންގެ އަމިއްލަ އެދުމައިގެން ވާވަރު ފެނިފައެވެ. އެ ހުރިތާ ހުރެ މަލައިކާ، ސިކުންތުކޮޅަކަށް އިޒްވާއަށް ވާހަކައެއް ނުދެއްކޭނެހެން އޭނާގެ އަނގަމަތީގައި އަތް އެޅިއެވެ. އަނގަމަތީގައި އެއްޗެއް ޖެހުނުހެން ހީވެ އިޒްވާ ސިހިފައި ކުޑަކޮށް ތިރިވެވުނެވެ. އަނގަ ކައިރީގައި އެއްޗެއް ނެތްކަން […]
“އަހަރެން އެހެން ޖިންނީންނަށް ވުރެ ބާރުގަދަވުމަކުން އަހަރެން އެކަމާ ފަހުރުވެރިވެ، ބޮޑާވެގަނެގެން ނޫޅެން. ބޭކާރު ގޮތުގަ އަހަރެންގެ ބާރުތައް ބޭނުމެއް ނުކުރަން. މިހާރު މި ވަގުތު ވެސް މަށަށް މަގޭ އެކުވެރިޔާއާ އޭނަގެ އާއިލާއަށް މަގޭ ބާރުގެ ބޭނުންކޮށްގެން އެހީވެވިދާނެ.. އެކަމަކު އެއީ އަދި އެންމެ ރަނގަޅު ގޮތް ކަމަކަށް އަހަރެންގެ ހިތެއް ނުބުނޭ. އަހަރެން އެގޮތަށް ކަންތައް ކޮށްފިއްޔާ އެމީހުން އަބަދު އަހަންނަށް ބަރޯސާވެގެން ހުރުން އެއީ ވުން ވަރަށް ގާތް ކަމެއް… އަހަރެން މި […]
“ދަރިފުޅާ. ބައްޕަ ބުނަންތަ ވަރަށް ރަނގަޅު ވާހަކައެއް. މިހެން އެއްވެސް ކަމަކާ އަޅާނުލާ މަޑުން ތިބެގެން އެއްވެސް ކަމެއް ހާސިލެއް ނުކުރެވޭނެ. ހިތާމަތައް ކުރިމަތިވާނެ. ހިތްދަތިވެސް ވާނެ. އެކަމަކު އަބަދު އެ ކަންކަމާ ރޯން ތިބެގެން ކަންކަމެއް ހައްލެއް ނުކުރެވޭނެއްނު ދަރިފުޅާ.” ޒާޔާގެ ބޮލުގައި ފިރުމަން އިނދެ ނިހާން ބެލީ ޒާޔާއަށް ވިސްނައިދެވޭތޯއެވެ. އެވަގުތުކޮޅު ކުރީގެ ހަނދާނެއް ނިހާންގެ ސިކުނޑީގައި ކޮށްޓައިލިއެވެ. ޒާޔާގެ މަންމަ ދުނިޔެ ދޫކުރި ފަހުން ހަމަ މިގޮތަށް ނިހާން ޒާޔާއަށް ވިސްނައިދޭން އިން […]
ފަތިހުގެ ހަމަހިމޭން ވަގުތު ބަންގީގެ އަޑު އިވެން ފެށި ހިނދު ފަތިސް ވެއްޖެކަން އިޢުލާން ކުރަމުން ދިޔަ ކޮވެލިތަކުގެ އަޑު މަޑުވެއްޖެއެވެ. ފަރިވެ ފޮޅެމުން އަންނަ މާތަކުން އޮހިގެންދާ ފެންތިކިތަކުން ވާރޭ ވެހިފައި ހުރިކަން އަންގައިދެއެވެ. ޖެހެމުން ދިޔަ ގަދަ ވައިރޯޅިވެސް ބަންގީގެ އަޑު އިވުމާއެކުހެން މަޑުވެއްޖެއެވެ. ބޯ ވިލާތައް މަޑުމަޑުން ގެއްލެމުން ގޮސް އުޑުމަތި އެއްކޮށް ސާފުވެއްޖެއެވެ. ނަމާދު ވަގުތު އިމާމު މީހާ ކިޔަވަން ފެށި ވަގުތަކީ މިސްކިތާ މާ ދުރުނޫން ހިސާބެއްގައި ހުރި ހޮސްޕިޓަލުން […]
މި ވާހަކައަކީ 2020 ވަނަ އަހަރުގެ މޭ މަހު 26 ގައި މި ސައިޓަށް ލިޔަން ފެށި ވާހަކައެއް. މި ވާހަކަ ލިޔެ ނިމިފައި ވަނީ އެ އަހަރު އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު. މި ވާހަކައިގެ ދެވަނަ ސީޒަނެއް ކިޔުންތެރިންނާ ހަމައަށް ގެނެސްދޭން ބޭނުންވާތީ މި ބައިގައި މި ޚިއްޞާ ކޮށްލަނީ ‘ޒާޔާ’ މި ވާހަކައިގެ ކުރު ޚުލާސާއެއް. ********** ފަރިވެ ފޮޅެމުން އަންނަ މަލެއް ފަދައިން ޒާޔާގެ ދިރިއުޅުން […]