“އައި ހެވް އެރޭންޖްޑް ޔޯރ މެރިއެޖް..” ބައްޕަގެ އެ ޖުމްލައާއި އެކު އަހަރެންގެ ދުނިޔެހީވީ އެނބުރިގަތް ހެންނެވެ. ބޮލަށް އެނބުރުންއަރާ ގޮތްވެ، ދެލޯ ބޮޑުވެ މީހާ ގަނޑުވިއެވެ. އަތުން ދޫވެގެން ފޯނު ނުވެއްޓުނީ ކިރިޔާއެވެ. “ވީވިލް ޑިސްކަސް އެބައުޓް އިޓް ލޭޓަރ.. ދަރިފުޅު މެން މިކޮޅަށް އައީމަ އެކަން އޮތީ.. އެވްރިތިންގް ހެޕަންޑް ސޯ ފާސްޓް.. ދަރިފުޅުގެ މަންމަ ކައިރީވެސް ނުބުނެ މިއުޅެވެނީ.. އައި ވިލް ޓޯކްޓު ޔޫ ލޭޓަރ.. ބާއި ސަން..” އެއްނޭވައިން ހުރިހާ ވާހަކައެއް […]
“ޒެން.. ދެން ކޮންއިރަކު ޒެންގެ ފެމިލީ އިންޓްރޮޑިއުސް ކޮށްދޭނީ.. ތިހެން ހުއްޓަ އާން ރަނާ ގޮވައިގެން ދާއިރުވެސް ޒެންނަށް ހުންނަންޖެހޭނީ ތިހެން ކަންނޭނގެ..” އަހަރެން ޒާނިޝްއާއި ދިމާކޮށްލީމެވެ. ނިދަން އަރައި ތިބިއިރު ޒާނިޝް ނިތްމަތީގައި އަތްބާވައިލައިގެން އޮތްތަން ފެނުމުން ޒާނިޝްގެ ވިސްނުން ހުރި ގޮތެއް ބަލާލަން ބޭނުންވީއެވެ. “ވެއިޓިން ފޯރ ދަ ރައިޓް ޓައިމް.. ހީވަނީ ވަރަށް އަވަހަށް އެ ވަގުތު އައިސްދާނެހެން ދެން..” ޒާނިޝްގެ ވާހަކަތަކުން އޭނާވެސް އެކަމަށް ތައްޔާރީތަކެއް ވަމުން ދާކަން ހާމަވިއެވެ. “އާން.. […]
“ދަރިފުޅާ ކިހިނެއްވީ… އޭ ދަރިފުޅު މަޑުކޮށްބަލަ.. ކިހިނެއްތަވީ..” އަހަރެންނަށް މަންމަގޮވި އަޑަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އަހަރެންނަށް ހަމައެކަނި ބުނެވުނީ “ޝާޔާ..” މިހެންނެވެ. އޭރު އަހަރެންގެ ފަހަތުން ނިކުތް އަޔާން އާއި ޒާނިޝް ވެސް އައިސް މަންމައާއި އަރާ ހަމަކުރީއެވެ. އަހަރެން އެދިޔަބާރުމިނުގައި ގެއިން ނިކުމެ ދޮރުލައްޕައިލީމެވެ. އަހަރެންގެ މިސްރާބަކީ ޒަބަރުޖުދުގެއެވެ. އަހަރެންގެ ގައިގައި ބާކީ ހުރި ހުރިހާ ވަރެއް ދެފަޔަށް ލާފައި އަހަރެން ދުއްވައިގަތީމެވެ. ސްޓްރީޓް ލައިޓް ތަކުގެ ފަނޑުއަލިކަމުގައި، ފަޅުވެފައި ވާ މަގު މަތިން […]
އަހަރެން ވެއްދުނީ ބޮޑު ކޮޓަރިއަކަށެވެ. ހުދުކުލައިގެ ބެޑްޝީޓެއް އަޅާލާފައިވާ ފެންވަރުރަނގަޅު ރީތި އެނދު ފެނުމާއިއެކު އަހަރެން ބޭނުންވީ އެއެނދުގެ މަޑުކަމުގެ ތެރެއަށް ގެނބިގެންދާށެވެ. އެއާއިއެކު ގޮސް އެނދުތެރެއަށް ވެއްޓިގަނެވިއްޖެއެވެ. އޭރު އެނދާއި ދިމާލަށް ފަރިހިނގުމެއްގައި އަންނަމުންދިޔަ ނަޝީއަށް އަހަރެންގެ ލޯހުއްޓާލެވިފައި އޮތްއިރު ނަޝީގެ މަސްތުން ފުރިފައިވާ ދެލޮލުގެ ދަޢުވަތަށް ހިތާހިތުން މަރުހަބާކިޔެމުންދިޔައެވެ. ނަމަވެސް އަހަރެންގެ ސިކުނޑިއަށް ކުރަމުން ދިޔަ ބާރާއ އެކު ލޮލަށް ދިޔައީ ބަރުވެ މަންޒަރު ކެނޑެމުންނެވެ. އަހަރެންގެ ޖިސްމުގައި ހުޅުރޯކުރަމުން މަޑުހިނގުމެއްގައި ކައިރިވަމުން އައި […]
“އެންމެ ރަނގަޅު.. ޝާއިޤާ ތިހާ ގެންދަން ބޭނުންވީމަ ދެން މިފަހަރު ގޮސްލާނީ..” މުޙައްމަދުބެ އެހެން ބުނުމާއިއެކު ރަނާއާއި ރިޔާ ހީވީ އުފަލުން އުދުހިދާނެހެނެވެ. އަޔާން އާއި ޒާނިޝް އަދި ވަކިން އުފާވެފައި ތިބި ކަހަލައެވެ. އިޝީވެސް އިނީ އެކުދިން އުޅޭގޮތް ފެނި މަޖާވެފައެވެ. “މަންމާ.. އަޅުގަނޑުވެސް އެބައޮތް ވާހަކައެއް ނަންގަނެލަން ވެފަ.. މިރޭ ދުރުވަން ވީނުންތޯ އަޅުގަނޑާއެއްކޮށް ރަށުތެރެ ބަލާލާ ކުޑަކޮށް ހިނގާލަން..” އަހަރެން އެހެން ބުނުމާއިއެކު އަޔާންމެން ކަރުކެހެން ފަށައިފިއެވެ. އަހަރެން ބުނަން އުޅޭވާހަކަ އަކީ […]
އަހަރެން ފެނުމާއިއެކު ޝާޔާގެ މޫނުމަތިން ފެނިގެންދިޔަ އަޖައިބެއްފަދަ ހިނިތުންވުން އަހަރެންގެ ހިތުގެ ހިނގުން ބާރުކޮށްލިއެވެ. ޝާޔާ ކުޑަކޮށް ތެދުވެލާ އެނދުގެ ހެޑްބޯޑަށް ލެނގިލިއެވެ. ލައިގެންހުރި ފިޔާތޮށި ކުލައިގެ ޓޮޕްކޮޅާއި ދޫކޮށްލާފައި ވާ ސިލްކް ކޮޅެއްފަދަ ކަޅު އިސްތަށިކޮޅާއިއެކު ޝާޔާގެ ރީތިކަން ޝާޢިރުންގެ ގަލަންތަކަށް ނުކުޅެދޭވަރުވެއެވެ. އަހަރެން މަޑުފިޔަވަޅު ތަކުގައި ޝާޔާގެ ކައިރިޔަށް ޖެހިލަމުން އަހަރެންގެ މޫނުމައްޗަށް ވެއްޓިފައިވާ ތެތް އިސްތަށިކޮޅު އެއްފަރާތްކޮށްލީމެވެ. އަދި އަތުގައި،ފޮރުވާފައި އޮތް މާބޮނޑި މަޑުމަޑުން ނަގާ ޝާޔާގެ އަތަށް ދިއްކޮށްލީމެވެ. “ގެޓް ވެލް […]
“ސަމްބޮޑީ. . ހެ. . ލް. . ޕް. . ” އަހަރެންނަށް ރޮއެގަނެވުނެވެ. އޭރު އަޔާންމެން އަހަރެން ފެނިފައި ދުވެފައި އަންނަތަން ފެނިއްޖެއެވެ. ޒާނިޝްމެން ފެނިފައި އަހަރެންނަށް އިތުރަށް ރޮވޭ ގޮތްވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި ޝާޔާއަށް ސީ.ޕީ.އާރު ދެމުން ދިޔައީމެވެ. “އޯ މައި ގޯޑް. . ” ޒާނިޝް އާއި އަޔާން އައިސް ހަމަވުމާއިއެކު ލިބިފައި ވާ ޝޮކާއިއެކު ބުނެލިއެވެ. ކަންތައްތައް ގޯސް ވެފައިވާ ހިސާބު އިޙްސާސް ކުރެވުނީ އެވެ. ރަނާއާއި ރިޔާއަށް އަނގަމަތީގައި އަތް […]
“ތިގަނޑެއް ނުގަނެވިގެން ދޯ ކަލޭމެން އަހަރެންގެ ބޮލަށް އެރިގެން ދަތުރު އައީ. .” ޝައިހާގެ ރުޅިވެރިއަޑުން ޝާޔާގެ ހިތް ފޮތިފޮތި ކުރަމުން ދިޔައެވެ. “ކަލޭގެ ހާދަ ލަދެއް ހަޔާތެއްވެސް ނެތޭ ދޯ. . ؟ ހަމަ ތަނަކުން ފިރިހެނެއް ފެންނައިރަށް ފަހަތުން މޮޔަވެގެން ދުވާއިރު ކަލޭގެ ފެންވަރު އެނގޭތަ؟؟ ކަލޭތީ ބޮޑު މަންމަނެއްކަން އެނގޭތަ؟ ކަލެޔަކާހެދި ލަދުން މަށަކަށް ނެތޭ މީހުންގެ ކުރިމަތީގަ އިސްއުފުލާލައިގެން އުޅޭކަށް!! މަށަށް މިހާ ދުއްޕާން ބޮޑުނުކޮށް މަރުވާނަމަ ކިހާ ރަނގަޅުތަ މީނދަ […]
“މަށަކަށްނޭނގެ. . ތަތްކަންވެސް އެހާވަރު..” އަޔާން އަށް އަރަން އަތް ދިއްކޮށްލަމުން ޝައިހާ ފޫހި ގޮތަކަށް ބުނެލިއެވެ. އަޔާންގެ އަތުގައި ހިފައިގެން ޕިކަޕަށް އެރުނު އިރު ޝައިހާ ކުރީ އަޔާން ގައިގާ ޖެހި ފިތިގެންނެވެ. ޝައިހާ ފެނުމުން ރަނާ ގޮވައިލިއެވެ. ނަމަވެސް އެކަމާ ޝައިހާއެއް މާބޮޑަކަށް ނުވިއެވެ. އަހަރެންނަށް ބަލައިލެވުނީ ގޭގެ ދޮރާއި ދިމާލަށެވެ. އޭރު ގޭތެރެއިން ބޮޑު ބެކްޕެކެއް ހިފައިގެން ޝާޔާ ފެންޑާއަށް ނިކުންނަނީއެވެ. އެއީ ޝައިހާގެ ހެނދުން ބޮނޑިކަން އަހަރެންނަށް ވަގުތުން އެނގިއްޖެއެވެ. އެކަމަކު […]