ރެކިފުތަކީ ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ މަޝްހޫރު ސިހުރުވެރިއެކެވެ. މީހުންނަށް ރެކިފުތު ބަލައިގަނެވިފައި ވަނީ އެކަނިވެރި، ވާހަކަދެއްކުން މަދު ނަމަވެސް މީހުންނަށް ނުރުހެވޭ މާބައިވަރު ސިފަތަކެއް ނުހުންނަ ހިތްހެޔޮ މީހެއްގެ ގޮތުގައެވެ. މީހުންނަށް ނޭނގުނު ނަމަވެސް ރެކިފުތަކީ ރާއްޖޭގައި މިހާރު ދިރި ހުރި ފަސް އިފުރިންފިރާނުންގެ ތެރެއިން އަރާހުރި އެކަކެވެ. ރެކިފުތުގެ ޒުވާންއުމުރު ހޭދަކުރީ ރާއްޖޭގެ އެތަންމިތަނުން އޭނާ ކައިރިއަށް ޖިންނީންގެ އުނދަގުލުން ސަލާމަތްކަން ހޯދަން ސިހުރުހަދަން އަންނަ މީހުންނަށް އެހީވެދީ، ބޮޑެތި ސިހުރު ހާހޫރައިގެ ކަންތަކުގައި ރާއްޖޭގެ […]
“ޝްޝްޝް..” އަހަރެން ޝާޔާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން އިތުރަށް ވާހަކަ ނުދެއްކުމަށް އެންގީމެވެ. “ޝާޔާ.. އަހަރެން ޝާޔާ ކައިރީގައި ބުނަން ބޭނުންވެފަ އޮތް ވަރަށް ބޮޑު ވާހަކައެއް އެބައޮތް. އޮޕަރޭޝަނަށް ފަހު އެވާހަކަ ދައްކާލަންވެގެން މަޑުކޮށްގެން މިހުންނަނީ..” އަހަރެން ސުރުހީ އަޅައިލީމެވެ. ޝާޔާ އިނީ އަހަރެން ދައްކަންބޭނުން ވެފައި ވާ ވާހަކަ އަޑުއަހަން ބޭނުންވެފައެވެ. އަހަރެން ކަމެއް ސިއްރުކޮށްގެން ހުންނަކަން ޝާޔާއަށް އެނގޭކަހަލައެވެ. “އަހަރެން ބޭނުން ދައްކަން މިއުޅޭ ވާހަކަތައް ޝާޔާ ވަރަށް އޯޕަން މައިންޑެޑް ކޮށް […]
15 ވަރަކަށް މިނެޓްގެ ތެރޭގައި އަހަރެން ހިތްހަމަ ޖެހޭވަރަށް ބޯކޮށައި ތުނިކޮށްލެވިއްޖެއެވެ. މިހާރު ހީވަނީ އުމުރަށްވުރެވެސް ޅަ ހެނެވެ. ގޮނޑިން ފައިބާ ރީތި ގޮތަކަށް އިސްތަށިގަނޑު ހަދާލުމަށް ފަހު އަހަރެން އެނބުރިލާ ސަޅި ޕޯސްއެއްގައި ހުއްޓިލީމެވެ. ޒާނިޝް މެންނަށް ސަޅިދައްކާލާށެވެ. “ވާވް.. ތިހެން ތުނިކޮށްލާފައި ހުންނައިރު ސިއާންބެ އާއި މާ ގުޅޭ..” ރިޔާ، ރަނާ އަށް ދޯ އެއް ދިނުމުން ރަނާ ވެސް ހުމް ލައްވާލިއެވެ. “ބޭބިޝް..” މޫނަށް ގޮތެއް ހަދާލަމުން އަޔާން ބުނެލިއެވެ. އަޔާން އަށް […]
އަލީއަކީ ނަމާދަށަށް ފަރުވާކުޑަ ކުއްޖެކެވެ. ގިނަ ދުވަސް ދުވަހު ހުކުރަށްވެސް ދާނީ ސަފަށް ގޮވާ ފަހުންނެވެ. އަލީގެ މަންމަ ކިތަންމެ ވަރަކަށް ނަސޭހަތް ދިން ނަމަވެސް އަލީގެ މި އާދަ ރަނގަޅު ކުރާކަށް އަލީއެއް ނުވިސްނައެވެ. އެއީވެސް އެކަހަލަ ދުވަހެކެވެ. އަލީ ކޮމްޕިއުޓަރ ދޮށުގައި ގޭމް ކުޅެން އިންދައި ހުކުރު ވަގުތު ބަންގި ގޮވައިފިއެވެ. އަލީގެ މަންމަ އަލީ ފެންވަރަން ވައްދާފައި ބަދިގެދޮށަށް ކައްކަން ދިޔަތާވެސް މިހާރު ބައި ގަޑިއިރު ވަނީއެވެ. ބަންގި ގޮވީމައިވެސް އަލީ ބޭނުންވީ […]
އެއްދުވަހެއްގެ މެންދުރުގެ ވަގުތެކެވެ. އަލީގެ މަންމަ އިނީ މެންދުރަށް ރިހަކައްކާށެވެ. އަލީއަކީ އާންމުކޮށް މަންމައަށް އަތްގާތްކޮށްދޭން ކައިރީގައި ހުންނަ ކުއްޖެއް ނޫނެވެ. އެހެންކަމުން އަލީއަށް މާބޮޑަށް ކެއްކުމުގެ ކަންތައްތަކެއް ނޭނގެއެވެ. ނަމަވެސް އެދުވަހު މަންމަ ކައްކަން އިނީ އަލީއަށް އެންމެ މީރު ކުޅިރިހައެވެ. އެހެންކަމުން އަލީ މަންމަކައިރީގައި ބަދިގޭގައި އެހީތެރިވެދީ އުޅުނެވެ. ކުއްލިއަކަށް އަލީގެ މަންމަ ތަނަކަށް ދާންޖެހިއްޖެއެވެ. މަންމަ އަލީ ކައިރީގައި ބުންޏެވެ. ” ދަރިފުޅާ.. މަންމަ ބޭރަށް ގޮސްލާފަ އަންނަންދެން މި ރިހަތެލި ބަލާލަދީބަލަ.. […]
“އެނގޭތަ.. ނާރސް ބުނީ ޑޮކްޓަރު ދުރުވާނެޔޯ މެންދުރެއްހާއިރު.. އެހާއިރަށް ލޭގެ ޓެސްޓުތަކެއް ހަދާލަން މިގަޑީގައި ލޭނަގަން ޖެހޭނެޔޯ.. ޑޮކްޓަރު އައިސް ނަތީޖާއަށް ބެލުމަށްފަހު ވަގުތުން އޮޕަރޭޝަން ތިއޭޓަރ އަށް ގެންދެވޭނެޔޯ.. ވައްދާތާ ދެގަޑިއެއްހާއިރު ތެރޭގަ ޝާޔާގެ އޮޕަރޭޝަން ނިމޭނެޔޯ.. އޯޓީއިން ރޫމަށް ބަދަލުކުރާ ފަހުން ހޭވެސް ލެވޭނީ..” އަހަރެން ޝާޔާގެ ބޮލުގައި ފިރުމާލަމުން ނާރސް ކިޔައިދިން ވާހަކަތައް ކިޔައިދެނމުން ދިޔައީމެވެ. “ހީވާނީ ހަމަ ނިދާލާފަ ހޭލާހެން.. ޝާޔާހޭލާއިރު ޝޯން ހުންނާނަން ޝާޔާ ކައިރީގަ.. ވެއިޓިން ޓު ހިޔަރ […]
ވަދެގެން އައި މީހުންގެ ތެރެއިން މެދަށް، ހައި ހީލް އަށް އަރާފައި މެރޫން ކުލައެއްގެ ކަކުލާ ހަމައަށް ދާ ޖަމްޕް ސޫޓް އަކާއި ލެގިން އެއްގައި ހުރި އަންހެން ކުއްޖާ ފެނުމާއިއެކު އަހަރެންގެ ޙަރަކާތްތައް ހުއްޓުނެވެ. އަހަރެންނަށް ހީވީ މެއަށް ހޫނު ފެން އެއްޗެއް ޖަހައިލިހެން ނެވެ. ޖުވެލްސް އަކީ އެފެމެލީގެ ކުންފުނި ހެއްޔެވެ؟ އަހަރެންގެ ކައިވެނި ހަމަޖެހިފައި ވަނީ މިކުއްޖާ އާއި ހެއްޔެވެ؟ އަހަރެން ފެނުމާއިއެކު އެކުއްޖާއަށް ވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ. ހުއްޓުން […]
އަހަރެންގެ ލޯބި ޤުރުބާން ކުރަން ޖެހުން މީ އަހަރެންގެ ހިތަށް ފަސޭހަ ކަމެއް ނޫނެވެ. އަހަރެންގެ ހިތުގައި އެޚިޔާލު އާވާ ކޮންމެ ފަހަރަކު އާވަމުންދާ ވޭނަކީ ކެތްކުރަން އުނދަގޫ ވޭނެކެވެ. އެޚިޔާލުގައި ހުއްޓާ ސްކައިޕިޔާއެ ރީތި މަލަމަތި ދައްކާލައިފިއެވެ. އަހަރެން ބޮޑުވާއިނގިލިން ލޮލުތެރޭގައި ގިނަވެފައިވާ ކަރުނަތައް ފުހެލީމެވެ. މާދަމާރެއަށް ތައްޔާރުވަމުންދާ 30 ފަންގިފިލާގެ ބޮޑު މި ހޮޓަލް ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަމުން އަހަރުމެން އެންމެންނަށް ތިބެވުނީ އަންތަރީސް ވެފައެވެ. ބޮޑު ކޮމްޕައުންޑެއް ލާފައިވާ ހޮޓެލްގެ ތެރޭގައިއެކިހިސާބުގައި ސްވިމިންގް ޕޫލް […]
“ސޯ އައި މިސްޑް އޯލް ދަ ފަން…. މުޙައްމަދުބެ އެހެން ބުނިއިރު ޒެން ގެ މޫނު ހުންނާނެގޮތް އިމޭޖިން ކުރެވޭ މިހާރުވެސް… ހަ ހަހަ” އިޝީ ހެމުން ޒާނިޝް އާއި ދިމާކޮށްލިއެވެ. އެއާއިއެކު އެންމެންގެ ހުނުމުގެ އަޑު ގުގުމާލިއެވެ. އާޓިފިޝަލް ބީޗް ޑައިނަމޯގައި އަހަރުމެން ތިބީ ސަބްމެރީން އަށް އިންސާފު ކުރާށެވެ. ޕިއްޒާގެ ޚިޔާލު ބަދަލުވީއެވެ. ގިނަމީހުން ބޭނުންވި ގޮތަށް ބަދަލުކޮށްލީއެވެ. ޝައިހާ ނޫން ހުރިހާ އެންމެން ހަމައަށް ތިއްބެވެ. އަޔާން އާއި ރަނާ، ރިޔާ އާއި […]