މިވަގުތު ގޭގައި ތިބީ ރާޔާ އާއި ބޮކޮޅޭ އާއި އެކަނިކަން އެނގުމާއިއެކީ އަހަރެންގެ ސިކުނޑިނުބައި ސިގްނަލެއް ދީފިއެވެ. އަނެއްކާ މިވަގުތު ރާޔާ އާއި ދިމާކޮށްލައިފިއްޔާ ވަކި އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ރާޔާ އަށް ވަކި ހެދޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ރާޔާގެ ނިކަމެތިކަން އިޙްސާސް ކުރެވިފައެވެ. ރާޔާގެ ޙިމާޔަތަކަށް ވެހުރުމަށް ހިތް އެދުނެވެ. ރާޔާއަށް ޓަކާ މުޅި ދުނިޔެއާއި އެކަނި ކުރިމަތިލާންވެސް އަހަރެން މިހުރީ ތައްޔާރަށެވެ. އެމީހާ ތެދުވެގެން […]
އަހަރެންނަކީ ރާއްޖެތެރެއިން މާލެއަށް ފައިބާއުޅޭ އެހެންމީހުންނެކޭ އެއްގޮތަށް ބޮޑުއަގުދީފައި ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހަކީމެވެ. އެންމެފަހުން ކުލިދައްކައިގެން އުޅުނު ތަނުން ކޮންޓްރެކްޓް ހަމަވުމާއިއެކު އެއަށްވުރެ އަގު ބޮޑުކުރީއެވެ. އަހަރެންގެ ޖީބަށް ކެތް ނުވާވަރު ވީމައި އެންމެ ފަހުން އެތަންކޮޅު ބޮޑުވެފައި ހިތްފަސޭހަ ކަމުގައިވިޔަސް ޖެހުނީ ދޫކޮށްލާށެވެ. އަހަރެންނަކީ ހުސްހަށިބައި ފިރިހެނަކީމެވެ. ވަޒީފާގައި ގިނައިރު ހޭދަކުރަން ޖެހުމާއިއެކީގައި ގޭގައި ހޭދަކޮށްލަން ލިބެނީ ރޭގަނޑު ނިދާވަގުތުކޮޅެވެ. އެހެންކަމުން ކިތަންމެ ކުޑަތަންކޮޅެއް ނަމަވެސް ލިބޭތޯ އަހަރެންގެ ބައެއް ރައްޓެހިންނާއި ވާހަކަ […]
އޭލެވެލްގެ ކިޔެވުން ނިމުނީ މަހެއްހާދުވަސް ކުރިންނެވެ. ސްކޫލްތަކުގެ ކިޔެވުން ކުރިއަށްދާ ދުވަސްކޮޅަކަށް ވެފައި ސްކޫލަށްދާން ނުޖެހި ހުންނަން ޖެހުމުން ފޫހިކަން އިންތިހާއެވެ. ރަށުގެ އާބާދީ ބޮޑުވެފައި ކުދިންގެ ކިޔެވުމުގެ ފެންވަރު ރަނގަޅު ވުމުން ވަޒީފާއެއް އޮންނަނީ ނުލިބިފައެވެ. ފޫހިފިލާ ވަގުތަކަށް އޮންނަނީ ހަވީރު ދަނޑަށް ބޯޅަކުޅެންދާ ވަގުތު އެކަންޏެވެ. ބޯޅަކުޅެ ނިމުމަށްފަހު އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޒާނިޝް އާއި އެނުންވެސް އެކުވެރިން ބޯޅަދަނޑާއި ދިމާލު އަތިރިމަތީގައި ފިނިކޮށްލުމަށް މަޑުކޮށްލަމެވެ. އެއީވެސް އެކަހަލަ ދުވަހެކެވެ. އިބޫ […]
އިރުގެ ރަންދޯދިތައް ދުނިޔެ މައްޗަށް ދިރުން ގެނުވަމުން ދަނީއެވެ. އާދުވަހަކަށް އެރި އާ އިރާއިއެކު ހީވާގިކަމާއިއެކު އާ ޢަޒުމެއްގައި ނިކުމެއުޅޭ ޒުވާނުން މަދެއް ނޫނެވެ. އަހަރެންވެސް އެހެން ދުވަސްތަކެކޭ އެއްގޮތައް ހެނދުނު ހެނދުނާ މިސްރާބުޖެހީ ވަޒީފާއަށް ދިއުމަށެވެ. ވަޒީފާއަށް ނިކުންނަން ފެށިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. ހޭލެވުނުލެއް ލަސްކަމުން ތެޅި ފޮޅިގަނެގެން ދާންޖެހުނީ ރަނގަޅަށް ސައިވެސް ނުބޮއެވެ. ބުރުޒުމަގުން ހުޅަނގަށް ހިނގާފައި އަހަރެން ދިޔައީ ލެނާ ސުޕަރމާޓާއި ދިމާލަށެވެ. އަހަރެންނަކީ ފިހާރައިގެ ސޭޓުކަމުން ހަތެއް ޖަހަންވާއިރަށް […]