Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދީވާނާ ލޯބިން ވެއްޖޭ. . [24]

GuDuMeena Level 310 Stories500 Comments100 Comments
September 23, 2015 7 Mins Read
25 Comments

“ޝްޝްޝް..” އަހަރެން ޝާޔާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން އިތުރަށް ވާހަކަ ނުދެއްކުމަށް އެންގީމެވެ. “ޝާޔާ.. އަހަރެން ޝާޔާ ކައިރީގައި ބުނަން ބޭނުންވެފަ އޮތް ވަރަށް ބޮޑު ވާހަކައެއް އެބައޮތް. އޮޕަރޭޝަނަށް ފަހު އެވާހަކަ ދައްކާލަންވެގެން މަޑުކޮށްގެން މިހުންނަނީ..” އަހަރެން ސުރުހީ އަޅައިލީމެވެ. ޝާޔާ އިނީ އަހަރެން ދައްކަންބޭނުން ވެފައި ވާ ވާހަކަ އަޑުއަހަން ބޭނުންވެފައެވެ. އަހަރެން ކަމެއް ސިއްރުކޮށްގެން ހުންނަކަން ޝާޔާއަށް އެނގޭކަހަލައެވެ.

“އަހަރެން ބޭނުން ދައްކަން މިއުޅޭ ވާހަކަތައް ޝާޔާ ވަރަށް އޯޕަން މައިންޑެޑް ކޮށް އަޑުއަހަން..” އަހަރެން ދިޔައީ ވީހާވެސް ޝާޔާއަށްކުރާނެ އަސަރު ކުޑަވާނެ ގޮތަކަށް އެ ވާހަކަ ބުނެވޭތޯ ބަލަމުންނެވެ. “އަހަރެންނާއި ޝާޔާގެ ވާހަކަ އަދި ބައްޕައަކަށް ނޭނގޭނެ.. ފަހަރަކު ގޮންމެވެސް ގޮތަކަށް ޝައްކުވެފަ އޮވެދާނެ.. އެކަމަކު މަންމަ ކައިރީގަ ބުނެގެން ބައްޕައާއި ހަމައަށް އެވާހަކަ ނުގެންދެވެނިސް ބައްޕަ އަހަރެންނަށް ގުޅި.. އެއީ އަހަރުމެން މިކޮޅަށް އަންނަންވެގެން މާލެއަށް ގޮސްތިއްބާ.. ބައްޕަ ގުޅާފަބުނީ އަހަރެންގެ ކައިވެނި ބައްޕަ ހަމަޖައްސައިފީމޭ.. މިކޮޅަށް އައިސް ކައިވެނީގެ ކަންތައް ހަމަޖެހޭނެޔޭ..” އެވާހަކަ ބުނުމާއިއެކު ޝާޔާގެ މޫނުމަތިން ފެނުނީ މާޔޫސް ކަމާއި ހިތްދަތިކަމެވެ. ޝާޔާއަށް އެޚަބަރު ލިބިފައި، އަހަރެންގެ އަނގައިން ބުނާނެއިރެއްގެ އިންތިޒާރުގައި ހުރީކަހަލައެވެ. “ކުރިންރޭ އެޢާއިލާގެ މީހުންނާއި ބައްދަލުކޮށްލަން ހޮޓަލަށް ގެނައި.. އެއީ ޖްވެލްސް އިންޓަރނޭޝަނަލްގެ ބޮޑުމީހާ ޖައުފަރުގެ ދަރިފުޅު.. އަހަރެން ކިޔަވަން އުޅުނު އިރު ދިމާވެފަހުރި ކުއްޖެއް.. ނަޝީ ކިޔަނީ.. އެރޭ އަހަރެން ނަޝީއާއި ވާހަކ ދައްކާލިން.. ނަޝީ ލޯބިވަނީ އެހެން ކުއްޖެއްދެކެ.. މިކައިވެނި ކުރަން ނަޝީއެއް ބޭނުމެއް ނުވޭ..” ޝާޔާ އަހަރެންނަށް ބަލައިލީ ކުޑަ ނަމަވެސް އުންމީދެއް ލިބުމުން ކަހަލައެވެ. “އަހަރެންވެސް ބުނިން އަހަރެން ލޯބިވާ އެހެން ކުއްޖެއް ހުންނަ ވާހަކައާއި އަހަރެންވެސް ކައިވެނި ކުރަން ބޭނުން ނުވާ ވާހަކަ.. އެކަމަކު އަދި އެވާހަކަ ދެކެވިފަ އޮތީ އަހަރުމެން ދެމީހުންގެ ދެމެދުގަ.. ބައްޕަމެންނާއި ހަމައަށް އެވާހަކަ ގެންދާނެ ފުރުސަތެއްގެ އިންތިޒާރުގަ އަހަރެން މިހުންނަނީ..” އަހަރެން ތެދުވެ ޝާޔާގެ މޫނުގައި ދެއަތުން ހިފަހަށްޓާލީމެވެ. ޝާޔާއާއި ނަޒަރު ހަމަކޮށްލަމުންނެވެ. “އަހަރެންގެ ހަށީގަ ފުރާނަ ހުއްޓަކާ ޝާޔާ ނޫން އެހެން މީހަކާ އަހަރެންގެ ކައިވެންޏެއް ނުކުރެވޭނެ.. އައި.. ލަވް.. ޔޫ..” އެ ތިން ލަފްޒު ދުރުދުރުގައި އަތުރާލަމުން އަހަރެންގެ ހިތުގެ އަޑިން ކަނޑައަޅާފައިވާ އަޒުމް ޝާޔާއަށް ހާމަކޮށްދިނީމެވެ. ޝާޔާގެ ލޯފުރިގެން ދިޔައީ ކަރުނައިންނެވެ.

ޝާޔާގެ ހިމަތޮޅި އިނގިލިތަކުން ކަރުނަތައް ފުހެލަމުން އަހަރެންނާއި ދުރައް ޖެހިލިއެވެ. ޝާޔާއަށް ވާހަކަދައްކަން ފަސޭހަ ނުވުމާއި އެކު ހިތުގައި ވާއެއްޗެއް އަހަރެންނަށް އިޝާރާތް ކުރަންފެށިއެވެ.

“އަހަރެންނަށް އޭރުވެސް.. އެކަހަލަ އެއްޗެއް ހީވި.. ޝޯން.. އަހަރެންނަށް ތި ޢާއިލާއިން.. ކޮށްދިން ހެޔޮކަންތައް.. ދުވަހަކުވެސް ހިތަކުން ނުފިލާނެ.. ފާއިތުވެދިޔަ ދެހަފްތާއެއްހާ ދުވަހަކީ އަހަރެންގެ ޙަޔާތަށް އައި އެންމެ އުފާވެރި ދުވަސްތައް.. އަހަރެންގެ ޙަޔާތް ޝޯން މުޅިން ބަދަލުކޮށްދީފި.. ދުވަހަކުވެސް އުންމީދު ނުކުރާހާ ލޯބި އަހަރެންނަށް ލިބިއްޖެ.. އެކަމަކު..” ޝާޔާގެ ވާހަކައިގެ މިސްރާބު ދާންފެށި ދިމާ އަހަރެންނަށް ނަގައި ގަނެވުނެވެ. އަހަރެންގެ ހިތަކަށް ކެތެއް ނުކުރެވުނެވެ. ޝާޔާއަނެއްކާ އަހަރެންނާއި ދުރުވާން ބޭނުންވަނީއެވެ. އެވާހަކަތައް އަޑުއަހަން އަހަރެންނަކަށް ކެތެއް ނުވާނެއެވެ. އަހަރެންނެއް ޝާޔާއަކާއި ވަތްކެއް ނުވާނަމެވެ.

“ޝްޝްޝް..” އަހަރެން ޝާޔާގެ އަތުގައި ހިފަހަށްޓާލީމެވެ. ކެތްނުކުރެވިގެންނެވެ. މަޑުމަޑުން ކައިރިވެ ޝާޔާގެ ނިތްކުރީގައި އަހަރެން ނިތްކުރި ޖައްސާލީމެވެ. ދެލޯ މަރާލުމާއިއެކު އަހަރެންގެ ލޮލުގެ ތެރޭގައި ގިނަވަމުންދިޔަ ކަރުނަތައް އޮހިގެން ދިޔައެވެ. “އިތުރަށް އެންމެ ބަހެއްވެސް ނުބުނާތި.. ” އަހަރެންގެ އަޑުގައި ތުރުތުރެއް ހުއްޓެވެ. އޭރު ޝާޔާގެ ކޯތާފަތް މައްޗަށް ކޯރުލާފައި އޮހިގަތް ކަރުނަތައް ދަތްދޮޅިން ތިކިޖަހަމުން ދިޔައެވެ. “ޝާޔާ އަހަރެންދެކެ ލޯބި ވޭތަ..؟” އަހަރެން ޝާޔާއާއި ނަޒަރު ހަމަކޮށްލަމުން އަހައިލީމެވެ. ޝާޔާ ބޯޖަހައިލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. ޝާޔާ އެހެން ބުނީ އޭނާގެ ހިތުގެ އަޑިން ކަހަލައެވެ. އޭރު ޝާޔާގެ ތުން ބިނދިއްޖެއެވެ. ހިތުގައި ޖެހިފައި ހުރިވަރުން ގިސްލެވެން ވަނީ ފެށިފައެވެ. ޝާޔާގެ މިޙާލު ފެނިފައި އަހަރެންގެ ހިތަށް ކެތެއް ނުކުރެވުނެވެ. ޝާޔާގެ ކަރުނަތައް ފޮހެދެމުން މެޔާލާ ބޮނޑިކޮށްލީމެވެ. ޝާޔާގެ އަތް އަހަރެންގެ ވަށާލާފައި ބައްދާލިއެވެ. ދުވަހަކުވެސް ދޫކޮށްފައި ނުދާނަމޭ ބުނާކަހަލައެވެ. ނޫނީ އެބައްދާލުމުގައި ފޮރުވިފައި ވަނީ އެހެން މާނައެއްހެއްޔެވެ؟ ގިނައިރުތަކެއް ވަންދެން ޝާޔާ އަހަރެންގެ ގައިގާ ބައްދާލައިގެން އޮތެވެ. މަޑުމަޑުން ގިސްލެވުން ކެނޑި ހަމައަކަށް އެޅުނެވެ. މުޅިއުމުރުގައި ވެސް ޝާޔާ އަހަރެންގެ މޭގައި ފޮރުވާލައިގެން ހުންނަން އަހަރެން ބޭނުމެވެ. ޝާޔާހިތް ފުރޭވަރަށް ލޯބިދޭން ބޭނުމެވެ. ޝާޔާއާއި އެކީގައި ދިރިއުޅުމެއް ފަށަން ބޭނުމެވެ. ޝާޔާކަހަލަ ލޯބި ދަރިފުޅެއްވެސް އަހަރެން ބޭނުމެވެ.

މަޑުމަޑުން ޝާޔާ އަހަރެންނާއި ދުރަށްޖެހިލިއެވެ. “ޝޯން އަޑުއަހާ..” ބައެއް އަކުރުތައް ކިޔަން އުނދަގޫ ނަމަވެސް ޝާޔާ ވާހަކަދެއްކިއެވެ. ހިތްވަރުކޮށްފައެވެ. އަހަރެންނަށް އިތުރަށް ބުނެވޭނެ އެއްޗެއް ނެތެވެ. ޝާޔާ ބުނަން އުޅޭ އެއްޗެއް އަޑުއަހަން ހިތްވަރުކޮށްފައި އަހަރެން ހުރީމެވެ.

“ޝޯން އަހަރެންދެކެ ލޯބިވާވަރު އަހަރެންނަށް އެނގޭ.. އަހަރެންވެސް ޝޯން ދެކެ އިންތިހާއަށް ލޯބިވަން.. އެކަމަކު ދިރިއުޅުމަކަށް ބޭނުންވަނީ ހަމައެކަނި ލޯބިތަ..؟ އެނގޭ ޝޯންމެންގެ ޢާއިލާ އަކީ މުއްސަނދި ބައެއްކަން.. އެކަމަކު އާއިލާގެ ނުރުހުމުގަ އަހަރެންނާއި އިނދެގެން ދިޔައީމަ ކިހިނެއް ވާނީ..؟ ޝޯންގެ މައިންބަފައިން ޝޯންއަށް ކުރަމުންދަނީ ކިހާ ފޮނިއުންމީދުތަކެއް.. މުއްސަނދި އާއިލާއެއްގެ ޝޯންއާއި އެއް ފަންތިއެއްގެ ކުއްޖަކާއި ކައިވެނިކުރަން ނިންމާފަ ވަނިކޮށް އަހަރެންކަހަލަ ނިކަމެއްޗެއްގެ ހައްގުގަ އާއިލާގެ ގަދަރާއި އުންމީދުތައް ފުނޑު ފުނޑު ކޮށްލާކަށް ނުވާނެ.. އަހަރެންނަށް ފެނިއްޖެ ޝޯންގެ އާއިލާގެ ތެރޭގަ ވާ ލޯތްބާއި އެކުވެރިކަން.. އަހަރެން ބޭނުމެއްނޫން ޝޯންއަށް ތި އާއިލާ ގެއްލޭކަށް.. މައިންބަފައިންގެ ލޯބިން މަހުރޫމުވީމަ ކުރާއަސަރު ވަރަށް ރަނގަޅަށް އަހަރެންނަށް އެނގޭ..” އުނދަގުލުން ޝާޔާ ވާހަކަދައްކަމުން ދިޔައިރު ކެއްސާގޮތްވެސް ވަމުންދިޔައެވެ. ދެލޯރަތްވެ ފެންކަޅިވެފައި ވީއިރު ހިތްފަޅާއިގެން ގޮސްފައިވާ ކަހަލައެވެ. ނަމަވެސް އެ ވޭން ތަހަންމަލުކުރަމުން ދިޔައެވެ. “އެހެން ލޯބިވެރިއެއް ލިބިދާނެ.. އެހެން މީހެއްދެކެ ލޯބިވެސް ވެވިދާނެ.. އެކަމަކު އެހެން ބައްޕައަކާއި މަންމައެއް، އެހެން ޢާއިލާއެއް ނުލިބޭނެ.. ލޭގެ ގުޅުން ކަނޑައެއް ނުލެވޭނެ.. ޝޯން.. ޕްލީޒް އަހަރެންނަށް މިކަންތައް ކޮށްދީ.. ޝޯންގެ މައިންބަފައިންގެ އެދުމަށް ފުރަގަސް ނުދީ. އަހަރެންމަތިން ހަނދާން ނައްތާލަދީ.. ޝޯންގެ މައިންބަފައިންގެ އެދުން ފުރިހަމަކޮށްދީ..” ކުދިކުދިވަމުންދިޔަ ޝާޔާގެ ހިތުގެ އެތިއެތިކޮޅު ކަރުނައިގެ ސިފާގައި އެދެލޮލުން ނިކުންނަމުން ދިޔަކަހަލައެވެ.

ޝާޔާގެ ކޮންމެ ލަފްޒެއް ދިޔައީ އަހަރެންގެ ހިތް ފޮތި ފޮތި ކުރަމުންނެވެ. ޝާޔާ ދައްކަމުން ދިޔައީ ތެދުވާހަކަ ތަކެއްކަން އަހަރެންނަށް ޤަބޫލު ކުރެވުނަސްވެސް އެއީ އަހަރެން ނަގަން ތައްޔާރަށް ހުރި ރިސްކެކެވެ. އަހަރެން ޝާޔާދެކެ ވާ ލޯތްބަށްޓަކާ މުޅި ދުނިޔެއާއި ހަނގުރާމަކުރަންވެސް މިހުރީ ތައްޔާރަށެވެ. ޝާޔާގެ ހިތުގައިވެސް އަހަރެންގެ ހިތުގައި މިއަޅާ ވޭން އަޅާނެކަން ޔަގީނެވެ. ނަމަވެސް ޝާޔާ ހިތްވަރުކޮށްފައި އަހަރެންނާއި ދުރުވާން އެއުޅެނީ އެއީ އަހަރެންނަށް އެންމެ ރަނގަޅުގޮތް ކަމަށް ގަބޫލުކުރެވޭތީ އެވެ. އެނިންމުމަކީ އަހަރެންގެ މުސްތަގުބަލަށް އެންމެ ފައިދާހުރި ގޮތް ކަމަށް ގަބޫލުކުރެވޭތީއެވެ. މިލޯބި ޝާޔާއަށް ދުވަހަކުވެސް އަލުން ނުލިބޭނެކަން އެނގޭއިރުވެސް ހެއްޔެވެ؟ ޝާޔާގެ ހުރިހާއެއްޗެއް ޤުރުބާންކުރަން ތައްޔާރަށް މިޔަދުއެހެރީ ހަމައެކަނި އަހަރެންގެ މަންމައާއި ބައްޕަގެ ލޯބިން އަހަރެން މަހުރޫމު ވެދާނެތީ ހެއްޔެވެ؟ ޝާޔާގެ މަންމައާއި ބައްޕަދެކެ ޝާޔާއެވާ ލޯބި ޝާޔާގެ އެއަމަލުން އަހަރެންނަށް އިޙްސާސް ކުރެވިއްޖެއެވެ. ޝާޔާގެ އަމިއްލަ އެދުމުގެ ކަންފުޅެއްވެސް ނެތީއެވެ. ޝާޔާއަކީ ވަރަށް މާތް އަޚްލާގެއްގެ ވެރިއެކެވެ. ހަމަޔަގީނުންވެސް ޝާޔާގެ އަސްލު މައިންބަފައިންވެސް ވާނީ އެހާ މާތް ބަޔަކަށެވެ. އަހަރެންނަށް ގިސްލެވެސް ފެށުނެވެ. ޝާޔާގެ އެއެދުމަށް އަހަރެންނަށް ފުރަގަސްދެވޭނީވެސް ވަކި ކިހިނެއް ހެއްޔެވެ؟ އެއީ އަހަރެން ކައިރިން ޝާޔާ އެންމެ ފުރަތަމަވެސް އެދުނު ކަންތަކެވެ. މިދުނިޔެއަކީ ހާދަހާ ނާއިންސާފު ތަނެކެވެ. ލޯބިވާ މީހަކާއި ވަކިވުންމިއީ ހާދަހާ ވޭންހުރި ކަމެކެވެ.

“ޝާޔާ.. ތިހެންބުނާ އިރުވެސް އެނގޭނެ ތިއީ އަހަރުމެން ދެމީހުންނަށްވެސް ފަސޭހަކަމެއް ނޫންކަން..” އަހަރެން ކަރުނަތައް ފުހެލަމުން ވާހަކަ ދެއްކީމެވެ. “އަހަރެން ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަކަސް ވެސް އެހެން މީހެއްދެކެ މި ލޯތްބެއް ނުވެވޭނެ.. އަދި އަހަރެންގެ ހިތުން ޝާޔާއަށް ދެވިފައި މިވާ މަޤާމު އެހެން މީހަކަށް ނުވެސް ދެވޭނެ.. ޝާޔާގެ ހަނދާންތައް އަހަރެންގެ ދިރިއުޅުމުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ނަގާލާނެ..” ޝާޔާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް އަހަރެން ފޮހެލަ ދިނީމެވެ. “އަހަރެންނަށް އެނގޭ ޝާޔާވެސް އުޅޭނީ މިފަދަ ހާލެއްގަ ކަން.. އެހެންވީއިރު މިހާ އަވަހަށް ގޮތެއް ނުނިންމާ އިހަށް މަޑުކޮށްލަން އަހަރެންނަށް ފެންނަނީ..” އަހަރެން ޝާޔާއާއި ދުރުވާން ތައްޔާރެއް ނޫނެވެ. ނުވެސް ވާނެއެވެ. އަހަރެން ބޭނުންވަނީ އިތުރު އެންމެ ދުވަހެއް ނަމަވެސް ޝާޔާ އާއިއެކު އުފަލުގައި އުޅެލާށެވެ. “އަނެއްކާ ނަޝީއިނީ އޭނަގެ ލޯބިވެރިޔާގެ ދަރިއަކަށް ބަލިވެ.. އޭނަގެ އާއިލާގެ މީހުންނަށް މިކަން އަދިއެއް ނޭނގެ.. އަހަރެންނެއް ބޭނުމެއްނޫން އެހެން މީހެއްގެ ދަރިއަކާއި ހަވާލުވާކަށް.. އަހަރެންވެސް ހަމަ ތަނަކުން ފެންނަ ކޮންމެ މީހަކާ ނުވެސް އިންނާނަން ދޯ.. އެހެން ގޮތެއް ނެތިއްޔާ އެކަންތައް ފެންމަތި ކުރުވައިގެން ވެސް އަހަރެން ބަލާނަން ބައްޕަގެ ޚިޔާލު ބަދަލުވޭތޯ..” އަހަރެން ޝާޔާއަށް ވިސްނުވައި ދެވޭތޯ ބަލަމުން ދިޔައީމެވެ. “އަހަރެންގެ މައިންބަފައިންގެ ރުހުން ލިބިގެން ނޫނީ ޝާޔާއަކާއި ކައިވެނި ކުރާކަށް ބޭނުމެއް ނޫން.. އަދި އޭގެ ކުރިން އަހަރެން ކުރަން ބޭނުންވާ އެހެން ކަމެއްވެސް އެބައޮތް..” އަހަރެންނަށް ވަށަފަރު ރަޝީދު ހަނދާންވުމުން ބުނެލީމެވެ. ޝާޔާގެ މަންމަ އާއި ބައްޕަ އާއި ބެހޭގޮތުން އިތުރަށް އޮޅުން ފިލުވަން އަހަރެން ބޭނުމެވެ. އަހަރެން ޝާޔާއަށް މިކަންތައް ކޮށްދޭނަމެވެ.

އަހަރެންގެ ވާހަކައިން ޝާޔާއަށް އިތުރު ހިތްވަރެއް ލިބި އުންމީދު އާވި ކަހަލައެވެ. ޝާޔާވެސް އަހަރެންނާއި ދުރުވާކަށް ނޭދެއެވެ. އެހެންވީ އިރު ތަޤުދީރުގައި އަހަރުމެންނަށް ތަދުބީރު ކުރެވިފައިވާ ގޮތެއް އެނގެންދެން ވަކި ގޮތެއް ނުނިންމަން ނިންމީމެވެ. އަހަރެންގެ ހިތް އުފަލުން ނަށައިލިއެވެ. އަލްޙަމްދު ލިﷲ އެވެ. އަހަރެންނަށް ހިތާހިތާ ކިޔާލެވުނެވެ.

ލޯބީގެ ފިރުމުންތަކާއި ކުދި ގޯނާ ކުރުން ތަކުގައި ހޭދަވި އުފާވެރި ވަގުތުތައް ދިޔަ ގޮތެއްވެސް ނޭނގި ތިއްބާ ރޭގަނޑުގެ ބޭސްކާ ގަޑި ކައިރި ވެއްޖެއެވެ. އެދޭތެރެއިން މަންމަ ވެސް ގުޅާލާ ޚަބަރު އަހައިލިއެވެ. ހޮސްޕިޓަލްގެ ކެންޓީނުން ކާއެއްޗެއްސަށް އޯޑަރު ކޮށްލިތާ މާ ގިނައިރެއް ނުވެ ގެނެސްފިއެވެ. އަހަރެންގެ އަތުން ޝާޔާއަށް ލަވައިގެން ކާން ދިނީމެވެ. އެއީ އުފާވެރި ވަގުތު ކޮޅެކެވެ. މާ ގިނަ އިރުތަކެއް ނުވެ ޝާޔާއަށް ބޭސް ހިފައިގެން ނަރުސް ކުއްޖާ އައެވެ. އެކުގައި ޑޮކްޓަރ ވެސް އައެވެ. ޝާޔާއަށް ވާހަކަ ދެއްކެން ފެށި ވާހަކަ ބުނީމެވެ. ކޮންމެވެސް ވަރަކަށް ޑޮކްޓަރުގެ އަޑު ދަށުން ބައެއް ލަފްޒުތައް ކިޔަންވެސް ޖެއްސިއެވެ. އެއަށްފަހު ކުޑަ އެގްޒަމިނޭޝަން އެއް ހެދުމަށް ފަހު މި ދެދުވަހު މާ ގިނައިން ވާހަކަ ނުދެއްކުމަށް އިރުޝާދު ދެއްވިއެވެ. އެއީ އޮޕަރޭޝަން ކުރި ބައި ފަސޭހަވާން ވަގުތު ދިނުމަށެވެ. ޝާޔާގެ ޕްރޮގްރެސް ފެނިފައި ޑޮކްޓަރު ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. މާ ގިނައިރު ތަކެއް ނުވެ ޑިސްޗަރޖް ޕޭޕަރ ތައް އައުމާއި އެކު ގެއަށް ނައްޓާލެވޭވަރު ވިއެވެ.

ގެނައި އެއްޗެހި ދަބަހަށް އަޅައި އަހަރެން ތައްޔާރު ކޮށްލަން ވާއިރަށް ޝާޔާ ވޮޝްރޫމަށް ވަދެ އެއްޗެހި ބަދަލު ކޮށްލިއެވެ. އެއީ ޝާޔާ އައިއިރު ލައިގެން ހުރި ހެނދުމެވެ. ޝާޔާ އެ ހެނދުމުގައި ހާދަ ރީއްޗެވެ. ދެމީހުން އެކީގައި ކާރުގައި ދުއްވަމުން ދިޔައީ ގެއާއި ދިމާލަށެވެ. ޝާޔާ ހުރީ ހޮސްޕިޓަލުގައި ދެކެވުނު ވާހަކަތައް ހަނދާން ވެފައި ރަކިވެފައި ކަހަލައެވެ. އަހަރެންގެ ވެސް ހާލަކީ އެއީއެވެ. އިރު އިރުކޮޅާ އަހަރެންނަށް ޝާޔާ ބަލައިލައެވެ. އަހަރެންނަށް ވެސް ޝާޔާއަށް ބަލައިލެވެނީ ހަމަ އެވަގުތު އެވެ. ދެމީހުންގެ ނަޒަރު ދިމާވުމާއި އެކު ހިނިތުން ވެލާފައި އަނެއްކާ ވެސް ކުރިއަށް ބަލަނީއެވެ. ދެތިން ފަހަރަކު އެހެން ދިމާވުމުން އަހަރެންނަށް ހިނި އަންނަ ގޮތްވިއެވެ. އެ “އޮކްވާރޑް” ކަން ނިމުމަކަށް ގެންނަން އެބަޖެހެއެވެ. އަހަރެން ޝާޔާއަށް ބަލައިލީމެވެ. ޝާޔާވެސް ބަލައިލިއެވެ. އަދި ލަދުރަކި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އަހަރެން އެއްލި އަތުން ޝާޔާގެ ބޮލުގައި ހިފައި ކައިރި ކޮށްލީމެވެ. އަދި ބަލަބަލާ ހުއްޓާ ޝާޔާގެ ތުނި ތުންފަތަށް ބޮސްދިނީމެވެ. އެއަށްފަހު އަނެއްކާވެސް ދުއްވަމުން ދިޔައީމެވެ. ޝާޔާއަށް ބަލައިލުމަށް ފަހު ލާނެއް ގޮތަކަށް އެއް މިޔަކަނިން ހީނލަމުންނެވެ. ޝާޔާއަށް ހުރީ ގުޑިލާން ވެސް ނުކެރިފައި ކަހަލައެވެ. ޝާޔާހުރީ އެކަހަލަ ކަމެއް ކޮށްފާނެ ކަމަށް އެއްވެސް ވަރަކަށް ތައްޔާރު ވެގެނެއް ނޫނެވެ. ޝާޔާގެ މޫނުމަތި ވަނީ ލަދުން ޖަންބު ވެފައެވެ. އަނގަ ހުޅުވިފައި ހުރީ ހައިރާންވި ވަރުންނެވެ. އަހަރެން އެއްލޯ މަރައިލީމެވެ. ހިނިތުން ވެލަމުންނެވެ. އެ ހަރަކާތުން ޝާޔާގެ ހިތުގެ ތެޅުން އިތުރަށް ބާރުކޮށްލި ކަހަލައެވެ. ޝާޔާއަށް ހިނި އާދެވުނެވެ. އަހަރެންގެ ލާނެއް ކަމުންނެވެ. އަދި އަހަރެންގެ ކޮނޑުގައި ޖަހާލިއެވެ. އެއަށްފަހު ކައިރިޔަށް ޖެހިލާ އަހަރެންގެ ކޮނޑުގައި ބޯއަޅާލިއެވެ. އަހަރެންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

ސްކައިޕިޔާގެ ގޭޓުން ވަދެގެން ގޯތިތެރޭގައި ހައްދާފައިވާ ޕާކްގެ ތެރެއިން ކާރުގައި އައިސް ޕާރކިން ޒޯންގައި ބޭއްވުމަށް ފަހު ޝާޔާއާއި އެކު ބެކްޕެކް ހިފައިގެން އަހަރެން އެނތެރެ އަށް ވަނީމެވެ. މަންމައަށް ގުޅާފައި އަންނަ ވާހަކަ ބުނުމަށް ފަހު ލިފްޓުން 22 ވަނަ ފަންގިފިލާ އަށް ދިޔައީމެވެ. އެއީ އަހަރުމެންގެ އެޕާރޓްމަންޓް ހުންނަ ފަންގިފިލައެވެ.

އެޕާރޓްމަންޓްގެ ދޮރު ހުޅުވައިލި އިރުގައި އެނތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. ހުރިހާ ބޮތްކެއް ވަނީ ނިވާލާފައެވެ. ވަގުތުން އަހަރެންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

“ސަޕްރައިޒް…………” ކުއްލިޔަކަށް ބޮކިތައް ދިއްލައިލުމާއި އެކީގައި ސިޓިންރޫމްގައި އަހަރުމެންގެ އިންތިޒާރުގައި ތިބި ހުރިހާ އެންމެން އެއް އަޑަކުން ހަލޭއްލަވައި ގަތެވެ. އެއާއިއެކު އަހަރުމެންނާއި ދިމާ މައްޗަށް ދޫކޮށްލެވުނު ޕާރޓީ ޕޮޕަރތަކުގެ ވިދުން ގަދަ ކުލަ ކުލައިގެ ކަރުދާހުން މުޅި ސިޓިންރޫމްތެރެ އެއްކުލަ ކޮށްލިއެވެ. މިމަންޒަރު ބަލަން ހައިރާންވެ އަންތަރީސް ވެފައި އަނގަމަތީގައި އަތް އަޅައިގެން ޝާޔާ ހުރީ ދެލޯ ބޮޑު ކޮށްލައިގެނެވެ. އުފަލުން ފޮޅިފައި ހުރެ ޝާޔާގެ ބޯމައްޗަށް ތިރިވަމުންދިޔަ ކުލަކުލައިގެ ކަރުދާސްތަކާއި ދިމާލަށް ބަލަން ހުރެ ޝާޔާގެ އަތް ދުރުކޮށްލާ އުދުހިގަތް ކަހަލައެވެ. ނަށަމުން އެނބުރެމުން ޝާޔާ ދިޔައިރު އަހަރެންނަށް ހުރެވުނީ ޝާޔާއަށް ބަލަން ކަޅިވެސް ޖަހާލަން ނޭނގިފައެވެ. އެންމެން ހީނ ސަމާސާ ކުރަމުން ދިޔައެވެ. ރަނާ އާއި ރިޔާ އައިސް ޝާޔާއާއި އެއްކޮށް އެނބުރި އެނބުރިފައި ނަޝަމުން ދިޔައެވެ. ރޯޔަލިޓީގެ ސްޕަރކްލިން ނޮން އަލްކަހޯލިކް ބެވެރެޖްތައް ސިޓިންރޫމް ތެރޭގައި ހުރި މޭޒު މަތީގައި އަތުރާލެވިފައި ހުއްޓެވެ. އެއާއިއެކު ކެއުމަށް އެކިވައްތަރު ތަފާތު ކާއިއްޗިހި އަތުރާފައި ވެއެވެ. ރޭގަނޑުގެ ކެއުން އެރޭ ނިންމާލީ އެތާނގައެވެ. އަހަރެންނާއި ޝާޔާއަށް މާބައިވަރު ނުކެވުނު ނަމަވެސް ކުޑަގޮތެއް ހަދައިލީމެވެ.

ޕާޓީގެ ކަންތައްތައް ނިންމާލުމަށްފަހު ނިދަން ވަދެވުނު އިރު ވަރަށް ލަސް ވެއްޖެއެވެ. އޭރު އޮސްޓްރޭލިޔާގެ ގަޑިން 11 ޖަހައިފިއެވެ. އަހަރެން އިޝީއަށް ހަބަރެއް ވެލަން ހިތަށް އަރާފައި ވެސް ރާއްޖޭގެ ގަޑިން މިހާރު ފަތިހު 4 ޖަހައިފާނެ ކަން އެނގޭތީ މިގަޑީގައި އިޝީއަށް އުނދަގޫ ކުރާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ވައިބަރ ހުޅުވާލައި އިޝީއަށް މެސެޖް ކޮށްލީމެވެ. ވަރަށް ބޮޑު ކަމަކު ކިޔަން ޖެހިފައި އޮތް ވާހަކަ އިޝީ ކައިރީގައި ބުނެލީމެވެ. އިޝީއަށް ހޭލެވުނީމައި ގުޅާލަން ބުނެފައި އަހަރެން ފޯނު ބޭއްވީމެވެ. އަހަރެން ލެޕްޓޮޕް ނަގައި ކެންބެއްރާ އިންސްޓިޓުއުޓް އޮފް މެންޓަލް ހެލްތް ގެ ވެބްސައިޓަށް ވަދެލީމެވެ. އެތާނގެ އެޑްރެސް ބަލާލައި އެތަނުން ޚިދުމަތް ހޯދާފަރާތް ތަކުގެ މަޢުލޫމާތު ލިބޭތޯ ބަލައިލީމެވެ. އަހަރެންނަކަށް އެކަމެއް ނުވިއެވެ.

“ޝޯން ވަޓް އަރ ޔޫ ލުކިން އެޓް..” ކައިރިވެލާ ޒާނިޝް އަހައިލިއެވެ. އަހަރެން ކުރާކަމެއް އެނގުމުން އަހައިލިއެވެ. “ކޮބާ އިޝީ..؟ ބުނެފިން މިހާރު ތިވާހަކަ؟” އަހަރެން އެވާހަކަ އަދި ނުދެއްކޭ ވާހަކަ ބުނީމެވެ. އޭރު އަޔާން ބެލްކަނީގެ އޯޕެން އޭރިޔާގައި ހުރި ކުޑައެއްގެ ދަށުގައި އިން ކޮންވާރޓަރ ކޮޓް އެއްގައި މުޙައްމަދުބެއާއި ވާހަކަދައްކަން އިނެވެ.

އަހަރެންނަށް މާ ބޮޑު ކުރިއެރުމެއް އެކަމުން ނުލިބުނީމައި އަހަރުމެންގެ ކޮމްޕެނީ ޕާރލްސްގެ ވެބަސައިޓަށް ވަދެލީމެވެ. އެންމެ ފަހުން ގުޅުނު ޖުވެލްސް ކޮމްޕެނީގެ މަޢުލޫމާތު ލިބެންހުރި ލިންކެއް ސައިޑް ޓެބްއެއްގައި އޮތުމުން އަހަރެން ވަދެލާ ހިތްވިއެވެ. ޖްވެލްސް އާއި ބެހޭ ގޮތުން އަދި އަހަރެންނަށް އެއްވެސް މަޢުލޫމާތެއް ލިބިފައި ނެތެވެ. ނަޝީގެ ބައްޕައަކީ ކުންފުނީގެ އޯނަރ ކަން ނޫން ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެހެން ކަމުން އެ ލިންކަށް ވަދެލީމެވެ.

ޖްވެލްސް ކުންފުނީގެ ޕްރޮފައިލް ހުޅުވިގެން ދިޔައެވެ. އެއީ މީގެ ގާތްގަނޑަކަށް އަށާރަވަރަކަށް އަހަރު ކުރިން އުފެދުނު ކުންފުންޏެކެވެ. އެއީ އަހަރުމެންގެ ޕާރލްސް އަށްވުރެ މާ ފަހުން އުފެދުނު ކުންފުންޏަކަށް ވެފައި މިހާއަވަހަށް އެހާބޮޑުކުރިއެރުމެއް ހޯދިގޮތަކާއި މެދު އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. އެހެންކަމުން އަހަރެން ޖްވެލްސް އާއި ބެހޭ އިތުރު މަޢުލޫމާތެއް ލިބޭތޯ އިންޓަރނެޓް ހޯދަން ފެށީމެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ މީގެ ފަނަރަވަރަކަށް އަހަރު ކުރިން ކޮލަމްބޯގެ ބިޒްނަސް ނޫހެއްގައި ޝާއިޢު ކޮށްފައި ވާ ޚަބަރެކެވެ. އެޚަބަރުގެ ސުރުޙީގައި އިގިރޭސިން ލިޔެފައިވެއެވެ. “އަލަށް އުފެދުނު ދިވެހިރާއްޖޭގެ ކުންފުންޏެއް ކަމަށް ވާ ޖުވެލްސް އިންޓަރނޭޝަނަލްގެ ވިޔަފާރި ކޮލަމްބޯގައި”. އަހަރެން އެ އާރޓިކަލް ކިޔައިލީމެވެ. އެ އާރޓިކަލްގައި އެކުންފުނީގެ ތާރީޚުގެ މައްޗަށް ކުޑަކޮށް އަލިއަޅުވާލައިފައިވެއެވެ. އަހަރެން ކިޔައިލީމެވެ. އޭގައި ވާގޮތުންނަމަ ޖުވެލްސް އަކީ ކުރީގެ ޝައިން އެންޓަރޕްރައިސެސް އެވެ. ޝައިން އެންޓަރޕަރައިސެސްގެ ނަން ޖްވެލްސްއަށް ބަދަލުކުރުމަށްފަހު ވިޔަފާރި ކުރާތާ އޭރު ތިންއަހަރެވެ. ޝައިން އެންޓަރޕްރައިސެސް ގެ ތާރީޚަށް ބަލާލާއިރު ޕާރލްސް އާއި ދާދި އެއްވަރެއްގެ ދިގު ތާރީޚެއް އެ ކުންފުނީގެ އޮތެވެ. ބުނެވޭ ގޮތުގައި އެއީ އޭރު މާލޭގެ އެންމެ މުއްސަނދި އާއިލާގެ ކުންފުންޏެކެވެ. މ.ޝާހީ އަކީ މުއްސަނދި ކަމާއި އެހެން މީހުންނަށް އެހީ ފޯރުކޮށްދިނުމުގައި މާލޭގެ އެންމެންނަށް ވެސް އެނގޭ ޢާއިލާ އެކެވެ.

ޖުވެލްސް އެހާ ފުޅާ ކުންފުންޏަކަށް ވީ ސަބަބު އަހަރެންނަށް އެނގުނެވެ. ލޮލަށް ނިދިއައިސްފައި ވުމާއިއެކު އަހަރެން ނިދާލަން ޖައްސާލީމެވެ. މާދަމާއަކީ ސްކައިޕިޔާގެ ރަސްމީ އޯޕަނިންޑޭއެވެ. މިހާރުވެސް މުޅިހޮޓެލް ރީތިކޮށްފައި އޮތް ވަރުން ހީވަނީ ކާނިވަލެއް ހެނެވެ. މާދަމާގެ އިވެންޓް ތަކުގައި އަހަރެންނަށް ބައްޕައާއި އެކު ގިނަ ވަގުތު އުޅެން ޖެހޭނެއެވެ. އެހެން ކަމުން އަވަހަށް ތެދުވާން ބޭނުންވާތީ އާއިއެކު ނިދާލެވޭތޯ ބަލައިލީމެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

GuDuMeena

Level 310 Stories500 Comments100 Comments

Other Articles

Previous

ހިޖުރަ (އަށާވީސްވަނަ ބައި)

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 13

Next
September 23, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 13

Previews
September 22, 2015

ހިޖުރަ (އަށާވީސްވަނަ ބައި)

25 Comments!

  1. GuDuMeena says:
    September 23, 2015 at 5:58 am

    ބަރަކާތްތެރި ޢަރަފާތް ދުވަހުގެ ދަރުމައާއި ޘަވާބު ތިޔަ އެންމެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް މިންވަރު ކުރެއްވުން އެދި ދުޢާ ކުރާ ޙާލު އުފާވެރި އަޟްޙާ ޢީދުގެ ހެޔޮ އެދުމާއި ތަޙްނިޔާ އަރިސް ކުރަން..

  2. jenny says:
    September 23, 2015 at 8:32 am

    Eid mubarik gudu..love this story a lot..vvv nice mi part ves like olways..

    1. GuDuMeena says:
      September 23, 2015 at 7:24 pm

      Thank You Jenny.. 🙂

  3. shaph says:
    September 23, 2015 at 9:34 am

    thank u for the beautiful story ….. 😀 EID MUBARAK to all.. 😀

    1. GuDuMeena says:
      September 23, 2015 at 7:25 pm

      Thanks Shaph.. ?

  4. aish says:
    September 23, 2015 at 9:47 am

    Gud work plx ane part avaha up kodhechey

    1. GuDuMeena says:
      September 23, 2015 at 7:26 pm

      Ok 🙂 thanks

  5. sweety says:
    September 23, 2015 at 10:31 am

    mi story varah salhi.. gudu you are the best.. keep it up.. next part up kohdhechey v avaha

    1. GuDuMeena says:
      September 23, 2015 at 7:27 pm

      Thank You Sweety.. hama liye nimeyha avahakah up kohdheynan.. 🙂

  6. sama says:
    September 23, 2015 at 1:14 pm

    mee vaa story eh.

    1. GuDuMeena says:
      September 23, 2015 at 7:28 pm

      Kiyve thihen thibuny.. anekka Sama ah kamu nudhiyaee tha.. 🙂

  7. reader says:
    September 23, 2015 at 1:22 pm

    V nyc story eh.. next part soon plx

    1. GuDuMeena says:
      September 23, 2015 at 7:37 pm

      މިހާރުވެސް ލިޔަމުން މިދަނީ.. 🙂 ތެންކްސް.. ނިމުނުހާ އަވަހަކަށް އަޕްކޮށްދޭނަން

  8. imu says:
    September 23, 2015 at 9:28 pm

    Hey gudu u just really rock ingey really very awesome keep it up

    1. GuDuMeena says:
      September 23, 2015 at 10:42 pm

      ehehehe.. Thanks Imu.. ?

  9. Anonymous says:
    September 23, 2015 at 10:22 pm

    Nice story eh..:-)

  10. Ifaa says:
    September 23, 2015 at 10:22 pm

    Nice story eh..:-)

    1. GuDuMeena says:
      September 23, 2015 at 10:43 pm

      Thanks Ifaa.. 😀

  11. GuDuMeena says:
    September 23, 2015 at 10:47 pm

    kuda koh ufaa veri habarakaa kudakoh hithaama veri habarakaa ebaoi.. hithaama veri habarakee 25th vana part up kuraanee Eid ge 2nd day ga..
    Dhen ufaa veri habarakee maadhan Eid special Story kiyaalan libeyne plus mi story ge dhen anna baeh thankolheh dhigu vefa v.surprising vaane.. 😀
    So its worth the while.. So leave a comment ebai vx kiyaa laafa..?
    Thank u all.. u guys ROCK! ?

  12. vaahaka ky meeha says:
    September 23, 2015 at 11:03 pm

    Wow! Can’t wait to read the next part. Kon kahala surprise ehbaa. So excited ??. Thanks u Gudu. Keep up the gud work

    1. GuDuMeena says:
      September 24, 2015 at 10:46 pm

      Thanks 🙂

  13. sweety says:
    September 24, 2015 at 6:56 pm

    waiting for the suprise… hope dhiguvaane kamah.. gudu u ar the best.. waitig waiting……………?

    1. GuDuMeena says:
      September 24, 2015 at 10:46 pm

      thankew Sweety.. yeah.. cant wait to upload it.. Im sure u will like it.. 🙂

  14. Isu says:
    September 25, 2015 at 5:01 pm

    Today is 25th of sep and 2nd day of eid. As per gudu info today is the day she will update 25th part of story. Waiting

    1. gdj says:
      September 30, 2015 at 10:55 am

      she eh noon he 😛

Comments are closed.

Next Episodeދީވާނާ ލޯބިން ވެއްޖޭ. . [25]←


All Right Reserved!