Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިންސާފް.. 16 ވަނަ ބައި

Fantasy Level 310 Stories500 Comments100 Comments
May 16, 2016 9 Mins Read
26 Comments

އަހަރެން ދުވެފައި ކަހަލަ ގޮތަކަށް އެތަނުން ދުރައްދިޔައީމެވެ. ސައިކަލު ކައިރިއަށް ދެވުނު އިރު ސިކުނޑީގައި ވަނީ އެންމެ ނަމެވެ. އައިރްގެ ނަމެވެ. އައިރް އައިސް އަހަރެން އެބިރުވެރިކަމުން ސަލާމަތް ކޮށްދޭނެނަމައެވެ. އަހަރެން މިތަނުން ދުރައްގެންދާނެ ނަމައެވެ. އޭރުވެސް އަހަރެންނަށް ކުރެވެމުން ދިޔަ ކަންތަކެއް ނޭނެއެވެ. ސައިކަލަށް ތަޅުދަނޑި ޖަހަން އުޅެއުޅެ އެކަމެއް ނުވިއެވެ. ފަހަތަށް ބެލޭވަރުން ކައިރިވަމުން ދިޔަ ބަންޝީލް އަހަރެންނަށް ފެންނަމުން ދިޔައެވެ. “އާސީން” ކުއްލިއަކަށް މީހަކު އަހަރެންގެ އަތުގައި ހިފާ އެމީހަކާއި ދިމާލަށް އަބުރާލިއެވެ.

“އައިރް.. ބަލާބަލަ.. އޭނަ އެއުޅެނީ އަހަރެން މަރާލަން.. އޭނަ އެންމެންވެސް މަރާލީ.. ހުމާމްވެސް ގާޒީ ވެސް.. ބަންޝީލް އެއޮއް އަންނަނީ.. އޭނަ އަހަރެން މަރާލާނެ” އައިރްގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރެ އަހަރެން އެހެން ކިޔަމުން ދިޔައީމެވެ. ފަހަތަށް އެބުރި ބަލާލިއިރު ބަންޝީލް އަހަރުމެންނާއި ކައިރިވަމުން ދިޔައެވެ. އޭނަގެ މޫނުމަތިން ފެންނަން ހުރީ ރުޅިވެރިކަމުގެ އަސަރުތަކެވެ. “ޕްލީޒް.. އޭނަ އަހަރެން ދުލެއް ނުކުރާނެ.. އެއީ ޖިންނިއެއް.. ނުލަފާ ބިރުވެރި މުޑުދާރު ޖިންނިއެއް.. އޭނަ އަހަރެން.. ސަލާމަތެއް.. ޕްލީޒް.. އައިރް.. އަހަރެން ސަލާމަތްކޮށްދީ” ފަހަތަށް ބަލަމުން އަހަރެން އެހެން ކިޔަމުން ދިޔައީމެވެ. އަހަރެން ހުރީ ބިރުން ހަލާކުވާން ކައިރިވެފައެވެ.

އައިރް ކޮންމެވެސް އެއްޗެއް ކީ ހެން އަހަރެންނަށް ހީވިއެވެ. އެކަމަކު އޭރު އަހަރެން ހުރީ އެއްޗެއް އަޑުއިވޭ ކަހަލަ ހާލަތެއްގައެއް ނޫނެވެ. އަހަރެންނަށް ފެންނަމުން ދިޔައީ އަހަރެންނާއި ކައިރިއަށް އަންނަމުން ދިޔަ ބަންޝީލްއެވެ. އޭނަ ބިރުވެރިސިފައަކަށް ބަދަލު ވަމުން ދިޔަ ތަނެވެ. އަހަރެންނަށް ރޮއިގަނެވުނެވެ. “ނޫން ދުރައްދޭ.. އޭނަ ދުރައްލާ.. އަހަރެން ދޫކޮށްލާ.. އައިރް.. ބަންޝީލް.. ޖިންނި” “އާސީން” އެވަގުތު އައިރް އަހަރެންގެ ދެއަތުގައި ހިފާ ވަރަށް ބާރަށް ތަޅުވައިގަތެވެ. އަހަރެންނަށް ވަގުތުން ހުއްޓުން އެރިއެވެ. “ކީކޭތަ ތިކިޔަނީ.. ކާކުތަ އަންނަނީ.. އެތާކު ނެތޭ މީހެއް” އައިރްގެ މޫނުމަތިން ފެންނަން ހުރީ ހާސްކަމެވެ. އެއްފަހަރު އަހަރެންގެ ފަހަތަށް ބަލާލަމުން އަހަރެންގެ މޫނަށް އަނެއްކާވެސް އައިރް ބަލާލިއެވެ. އަހަރެން މަޑުމަޑުން ފަހަތަށް އެބުރި ބަލާލީމެވެ. ބިރުން އަހަރެންގެ ހިތް ހީވަނީ މޭގަނޑު ފަޅާފައި ނިކުންނަން އުޅޭ ހެންނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އަހަރެންނަށް އެންމެ ފަހުން ފެނުނީ ބަންޝީލް ހުމާމް މަރާލި އެއްޗަށް ބަދަލުވެގެން ދިޔަ ތަނެވެ. އާއެކެވެ. އޭރު ފަހަތުގައި އެއްވެސް މީހަކު ނެތެވެ. އަހަރެންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދެލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ.

“އާސީން..” އައިރް ހިތްހެޔޮކަމާއި އެކު ގޮވާލިއެވެ. އަހަރެން އައިރްގެ މޫނަށް ބަލާލީމެވެ. އޭރު ދެލޮލުގައި ހުރި ކަރުނަތައް ގިނަވެގެން އޮހިގަތެވެ. “އިޓްސް އޯކޭ.. ޔުއަރ ސޭފް.. އެއްވެސް ކަމެއް އާސީންއަކަށް ނުވާނެ.. އައި ޕްރޮމިސް” އަހަރެންގެ ލޮލުން ފޭބި ކަރުނަތައް ފުހެލަމުން ލޯތްބާއި އެކު އައިރް ބުނެލިއެވެ. އަހަރެންނަށް ބޮޑަށް ރޮވެން ފެށުނެވެ. ބޭނުންވީ އައިރްގެ މޭމަތީގައި ބޯ އަޅާލައިގެން ހުރެ ރޯލާށެވެ. އައިރް އަހަރެން އޭނަގެ ހަށިގަނޑާއި ކައިރިކޮށްލިއެވެ. އަހަރެން އެތަނަވަސް މޭގައި މޫނު ޖައްސާލީމެވެ. އެވަގުތު އިތުރަށް ބޮޑަށް އަހަރެންނަށް ރޮވެން ފެށުނެވެ. ހިތްފުރެންދެން ރޯލަންބޭނުންވީ އެގޮތަށް ހުރެއެވެ. އައިރް އޭނަގެ އަތް އަހަރެންގެ ހަށިގަނޑުގައި ވަށާލިއެވެ. އަހަރެންގެ އަތް މަޑުމަޑުން އައިރްގެ މޭމަތީގައި ޖައްސާލައިގެން ރޯން ހުރެވުނީ ކިހާއިރަކު ކަމެއް ނޭނގެއެވެ.

އަހަރެން ސިހިގެން ދިޔައީ އަހަރެން އަތް ޖައްސާލައިގެން ހުރި ތަނުން ހޫނު އަރަން ފެށުމުންނެވެ. އައިރް ލައިގެން ހުރި ހުދުކުލައިގެ ގަމީހުގެ ދެތިން ގޮއް މޭމަތިން ނައްޓާފައި ވުމުން އަހަރެންގެ އަތް އެއްވެސް ހުރަހެއް ނެތި ވަނީ އައިރްގެ ހަށިގަނޑުގައި ޖެހިފައެވެ. އެއަތަކީ އަހަރެންގެ ތަވީދު އޮތް އަތެވެ. ސިހިފައި އަހަރެންނަށް އަތް ދުރައް ޖައްސާލެވުނެވެ. އޭރު ތަވީދު ޖެހުނު ތަން ޖެހުނު ގޮތައް ވަނީ ފިހިފައެވެ. އަހަރެންނަށް އައިރްއާއި ދުރައްޖެހިލެވުނީ ލިބުނު ހައިރާންކަމާއި އެކުގައެވެ. އައިރްގެ މޫނަށް ބަލާލިއިރު އެމޫނުމަތިން އަޅަމުން ދިޔަ ވޭން ފޮރުވުމަށް މަސައްކަތް ކުރަމުން ދިޔަކަން އަހަރެންނަށް އެނގުނެވެ. “އައި އޭމް ސޮރީ.. ސޮރީ.. ގަސްދުގައެއް ނޫން.. އަހަރެންނަށް.. ނޭނގެ.. ސޮރީ.. މީތި.. ޖެހުނީ… ކީއްވެ.. އައިރް.. ފިހެނީ.. ކީއްވެ” އަހަރެންނަށް ހާސްވެގެން ތެޅިގަނެވުނެވެ. އޭރު އެތަން ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. “އިޓްސް އޯކޭ.. އެއީ އެއްވެސް ކަމެއް ނޫނޭ އާސީން” އަހަރެންގެ އަތުގައި ހިފަހައްޓަން މަސައްކަތް ކުރަމުން އައިރް ވާހަކަ ދެއްކިއެވެ. “އޯކޭ އޭ.. ބަލާބަލަ.. ތިތަން.. އަހަރެންނޭ އައިރްއަށް ތިހެން މިހެދީ.. އަހަރެން މީ.. މޮޔައެއް.. ނުވިސްނޭ މީހެއް..”އިސްތަށިގަނޑަށް ދަމަމުން އަހަރެންނަށް ވާހަކަ ދެއްކުނެވެ. “އަހަރެން.. ކީއްމިކުރީ.. މީތީގެ ހުސް ކަންތައް.. އަހަރެން ބޭނުމެއްނޫން” އެހެން ބުނެ އަހަރެން ތަވީދު އެއްލާލީމެވެ. “އާސީން” އެވަގުތު އައިރް އަހަރެންގެ އަތުގައި ހިފާފައި އަނެއްކާވެސް އޭނައާއި ވަރަށް ކައިރިއަށް ދަމައިގަތެވެ. އަދި އަހަރެންގެ މޫނުމަތީގައި އަތް އަޅާލިއެވެ. ވަގުތުން އަހަރެންނަށް ދެލޯ މެރުނެވެ. މަޑުމަޑުން ވަމުން ދިޔައީ ކީއްކަން ނޭނގި އަހަރެންގެ ހަބަރު ހުސްވިއެވެ.

އަހަރެން މަޑުމަޑުން ކައިރީގައި އޮތް ބާލީހުގައި ބައްދާލީމެވެ. ހޭލެވުނު ނަމަވެސް ދެލޯ ހުޅުވާކަށް ބޭނުމެއް ނުވިއެވެ. އޮވެވުނީ އަހަރެންގެ އެނދުގައިކަމާއި ދެންމެ އެފެނިގެން ދިޔައީ ހުވަފެނެއްކަން އަހަރެންނަށް ވަރަށް ޔަގީންނެވެ. އެހެންކަމުން  އަލުން އަހަރެން ބޭނުންވީ ނިދާލާށެވެ. “މޯނިން” އައިރްގެ އަޑު އިވުނީ ވަރަށް ކައިރިންނެވެ. ވަގުތުން ދެލޯ ހުޅުވާލެވުނެވެ. އެވަގުތު ދެލޯ ބޮޑުވެގެން ދިޔައީ އަހަރެންގެ އެނދުމަތީގައި އިށީދެގެން އިން އައިރް ފެނުމުންނެވެ. ވަގުތުން ތެދުވެ އިށީދެވުނެވެ. “މިހާރު ކިހިނެއް” އައިރް އަހާލިއެވެ. އަހަރެން ބަލާލީ އައިރް އާއި ދިމާލަށެވެ. އޭނަ އެބުނީ ކީކޭ ހެއްޔެވެ. އަހަރެންނަށް ކަމެއްވީ ކޮން އިރަކު ހެއްޔެވެ. އަނެއްކާ ދެންމެ އެފެނުނީ ހުވަފެނެއް ނޫންބާއެވެ. “އެއީ ހުވަފެނެއް ނޫން.. އެއީ އަސްލު” އައިރް ބުނެލިއެވެ. އެވަގުތު އަހަރެން ބަންޝީލްއާއި ބައްދަލު ކުރަން ގެއިން ނިކުން މަތިން ހަނދާންވިއެވެ. އޭނައާއި ބައްދަލުކޮށް ކުރި ސުވާލާއި އޭނަ އަހަރެންނަށް ދެއްކި މަންޒަރު ހިތައް ސިފަވެގެން ދިޔައެވެ. އައިރް އެތަނަށް އައިސް އަހަރެން ސަލާމަތް ކުރިކަން ހަނދާންވިއެވެ. އަދި އަހަރެންގެ އަތުން އައިރްގެ މޭ.. އަނެއްކާ އެތަން މިހާރު ކިހިނެއް ހެއްޔެވެ.

“މިހާރު މުޅިން.އޯކޭ. ސީ” އެހެން ބުނެ އައިރް އޭނަ އަޅުވައިގެން އިން ގޮއް ނައްޓާލާ އަހަރެންނަށް މޭމަތި ދައްކާލިއެވެ. “އަހަރެން ބުނީމެއްނުން އެއީ އެއްވެސް ކަމެއް ނޫނެކޭ”  އައިރްއަށް އަހަރެންގެ ސިކުނޑީގައިވާ އެއްޗެއް އެނގުމުން ޖަވާބު ދިނެވެ. އޭރު އެތަނުގައި އެއްވެސް ކަމެއް ވީކަމުގެ ނިޝާނެއްވެސް ނެތެވެ. “އައި އޭމް ސޯ ސޮރީ.. އަހަރެންނަކަށް ނޭނގެ” އަހަރެންގެ ދެލޯ އަނެއްކާވެސް ކަރުނުން ފުރުނެވެ. “ކިހިނެއް އެނގޭނީ.. އެނގޭނީ މީހަކު ދައްކާ ވާހަކައެއް އަޑު އަހާނަމަތާ” އައިރް އޭނަގެ ގަމީހުގެ ގޮއް އަޅުވަމުން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން އަތުން މޫނު ނިވާކޮށްލީމެވެ. ދެލޮލުގައި ގިނަވަގެން އައި ކަރުނަތައް އަނެއްކާވެސް އޮހިގަތެވެ. އަހަރެން އެ މަންޒަރު އައިރްއަށް ދައްކާކަށް ބޭނުމެއް ނޫނެވެ. “އާސީން.. އެއީ އެވަރުކަމެއް ނޫނޭ.. ސީ.. އައި ހީލްޑް.. ” އައިރް އަހަރެންގެ އަތް މޫނުމަތިން ނައްޓާލަން މަސައްކަތް ކުރަމުން ބުނެލިއެވެ. “އަހަރެންގެ ސަބަބުން އައިރްއަށް އަނިޔާވީ.. ތަދުވީ.. ސޯ ސޮރި” މޫނުމަތިން އަތް ނައްޓާލަމުން އަހަރެން އައިރްއާއި ދިމާލަށް ބަލާލަމުން ކުޑަކުއްޖަކު މާފަށް އެދޭހެން މާފަށް އެދުނީމެވެ. އެވަގުތު އައިރްގެ މޫނުމަތިން ފެނިގެން ދިޔައީ ހިނިތުންވުމެވެ. “އެއީ އާސީންގެ މައްސަލައެއް ނޫނޭ..” އަހަރެންނާއި ކައިރިވެލަމުން އައިރް ބުނެލިއެވެ. އައިރް ކައިރިވެލުމުން އަހަރެން އައިރްގެ ކޮނޑުގައި ބޯއަޅާލީމެވެ. ބޯ އަޅާލި ވަގުތު އަހަރެންނަށް އެނދު ކައިރީގައި ބަހައްޓާފައި ހުރި ކުޑަ މޭޒުމަތީގައި އޮތް އަހަރެންގެ ތަވީދު ފެނުނެވެ. އަހަރެން ބޯ ހިއްލާލަމުން އެތަވީދައް ބަލާލީމެވެ.

“ލެޓް މީ ޓެލް ޔޫ ވަޓް ހެޕެން އޯކޭ” އަހަރެން އެތަވީދައް ބަލަމުން ދިޔުމުން އައިރް އެހެން ބުނެލަމުން ތަވީދާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. “ނޫން” އެވަގުތު އައިރްގެ އަތުގައި ހިފަހައްޓަމުން އަހަރެންނަށް ބުނެވުނެވެ. އައިރް ހިނިތުންވެލުމެއް ރައްދުކޮށްލަމުން އެތަވީދުގައި އައިރް ހިފެހެއްޓިއެވެ. އެވަގުތު ކުއްލިއަކަށް ވަޒަނެއް މީހެއްގެ ހަށިގަނޑު ތެރެ ތޮރުފާލާފައި ވަންނަގޮތައް އެތަވީދުވެސް އައިރްގެ އަތައް ވަނެވެ. އަހަރެންނަށް ވަގުތުން އައިރްގެ އަތް ދަމައިގަވުނެވެ. އޭރު އެތަނުން ދުން އަރަމުން ދިޔައެވެ. “އާހް” އަހަރެން އައިރްގެ އަތުގައި ހިފަހައްޓާލި ވަގުތު އައިރް އަޑެއް ލައްވާލިއެވެ. “ކީއްކުރަން ކުރި ކަމެއްތަ ތީ.. ތިހެން ވާކަން އެނގޭއިރު” އަހަރެން ހިންހަމަނުޖެހުނެވެ. “މިއީ އެއްވެސް ކަމެއް ނޫން.. އަހަރެން އެއްވެސް ހުރަހެއް ނެތި އެކަހަލަ އެއްޗެއްގައި ހިފާފައިފިނަމަ އެތަން ފިހޭނެ..” އައިރް މުއްމަޅާލަމުން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އެކަމަކު މިގޮތަށް” އެހެން ބުނެ އަނެއް އަތުން އޭނަގެ ރުމާއިން ތަވީދު ނެގިއެވެ. އެހެން ހެދުމުން އައިރްގެ އަތައް އެއްވެސް ގެއްލުމެއް ނުލިބުނެވެ. “އެއްޗެއް މިދޭތެރޭގައި ހުރެއްޖެނަމަ އަހަރެންނަށް ގެއްލުމެއް ނުލިބޭނެ” އައިރް ސާފުކޮށްދިނެވެ. އަހަރެން އައިރްގެ މޫނަށް ބަލާލީމެވެ. “އެހެންވެ އަހަރެންނަށް އާސީން ދޮންބެ ދިން ތަވީދުގައި ހިފުނީވެސް.. އެތަވީދު އޮތީ ކަރުދާސް ކޮޅަކަށް ލާފަ.. އާސީން ތަވީދު އަޅައިގެން ހުރެ އަހަރެންނާއި ކައިރިވީމަ އެއްވެސް ގޮތެއް ނުވަނީވެސް އެހެން ވެގެން.. އެކަމަކު އެއްވެސް ހުރަހެއް ނެތި ތަވީދު އަހަރެންގެ ހަށިގަނޑުގައި ޖެހިއްޖެނަމަ ފިހޭނެ” އައިރް ކިޔައިދިނެވެ.

އަހަރެންގެ ހިތުގައި ސުވާލުތައް ފުނިޖެހެން ފެށިއެވެ. އައިރްއަކީ ޖިންނިއެއް ހެއްޔެވެ. އަހަރެންނަށް މައުލޫމާތު ލިބިފައިވާ ގޮތުން ޖިންނިއެއް ކަމަށް ވަންޏާމު އެއްވެސް ގޮތަކަށް އެކަހަލަ އެއްޗެހި ތަކާއި ކައިރިއެއް ނުވެވޭނެއެވެ. އެކަމަކު އައިރް.. ވަކި ތަފާތު ވާންވީ ކީއްވެ ހެއްޔެވެ. “ބިކޯޒް އަހަރެންނަކީ ފުރިހަމަ ޖިންނިއެއް ނޫންވީމަ” އައިރް އަހަރެންގެ ސިކުނޑީގައިވާ ސުވާލަށް ޖަވާބު ދިނެވެ. އަހަރެން ހައިރާންކަމާއި އެކު އައިރްގެ މޫނަށް ބަލާލީމެވެ. “އެންޑް އަހަރެންނަށް އާސީންގެ ސިކުނޑީގައިވާ ހުރިހާ އެއްޗެއް އަޑު އިވޭ..” އައިރް ހިނިތުންވެލަމުން ބުނެލިއެވެ. އަހަރެންނަށް ކުޑަކޮށް ފަހަތަށް ޖެހިލެވުނެވެ. “ޑޯންޓް ވޮރީ… އެއީ އަބަދަކު ނޫން.. އަހަރެން އަޑު އަހަން ބޭނުންވެއްޖެ ހާލަތެއްގައި” ހިނިތުންވުމެއް ރައްދުކޮށްލަމުން އައިރް އެހެން ބުނެލީ އަހަރެން ހާސްވިވަރު ފެނުމުންނެވެ. އަހަރެން ލަދުގަތެވެ. އަހަރެންގެ ސިކުނޑީގައި ހުރި އެއްޗެއް އަޑު އިވޭ ކަމަށް ވާނަމަ އޭނަ އަޑު އަހަނީ ކިހާ ވަރަކަށް ބާއެވެ. އަބަދަކު ނޫނޭ ބުންޏަސް އަހަރެން އެބަހަށް އިތުބާރު ކުރާނީ ކިހިނެއް ހެއްޔެވެ.

“އަހަރެން އަޑު އަހަން ޖެހެނީ.. އާސީން ސިކުނޑީގައިވާ ގޮތަށް ނުބުނާތީ.. ސުވާލެއް ކުރަން ބޭނުންވިޔަސް ހުރެދާނެ އެ ހިފަހައްޓައިގެން.. އަހަރެންނަކީ އެހާ ކެތްގަދަ މީހެއް ނޫންވިއްޔަ” އައިރް އެނދުން ތެދުވަމުން ބުނެލިއެވެ. “ކީއްވެ ތި ބުނީ ފުރިހަމަ ޖިންނިއެއް ނޫނެކޭ” އަހަރެން ހިތްވަރުކޮށްފައި އަހާލީމެވެ. “ތޭންކް ގޯޑް.. އެޓް ލާސްޓް.. ފައިނަލީ.. އަހަރެން ވަރަށް އުފާ ވެއްޖެ އާސީން ތި ސުވާލު ކޮށްލީމަ” އައިރް އެހެން ބުނެލިގޮތުން އަހަރެންނަށް ހެވުނެވެ. “ހޫމް ދެން ބުނެބަލަ.. އަޑު އަހާ ހިތުން މި އިނީ” ކައިރީގައި އޮތް ބާލީސް ނަގާ އޭގައި ބައްދާލަމުން އަހަރެން އެހީމެވެ. “އަހަރެންގެ މަންމަ.. އޭނައަކީ އައްޑޫ މީހެއް” އައިރް ވާހަކަ ފަށަމުން އަނެއްކާވެސް އެނދުގައި އިށީދެލިއެވެ. “އިންސާނެއްތަ” އަހަރެންނަށް އަހާލެވުނެވެ. “ނޫނޭ.. އައްޑޫގައި އެންމެ ފަހުން އުޅުނު ޖިންނި އެއީ” އައިރް އެހެން ބުނެލި އިރު އެމޫނުމަތީގައި އިނީ ނުލަފާ ހިނިތުންވުމެވެ. “ވަޓް” އަހަރެން ހައިރާންކަމާއި އެކު އަހާލީމެވެ. އެވަގުތު އައިރް ހޭންފެށިއެވެ. “އަޑުއަހާބަލަ.. މަންމަ އަކީ އައްޑޫ މީހެއް.. އިންސާނެއް.. މަންމަ މީހަކާއި އިދެގެން ވަރަށް ދުވަސް ވަންދެން އުޅުނު.. އެކަމަކު ދަރިއެއް ނުލިބުނު.. އެޒަމާނަކީ އެހާ ބޭސްވެރިކަން މަޝްހޫރުވެފައިވާ ޒަމާނެއް ނޫން.. އެހެންވީމަ.. ރަށުގައި ތިބި އެތައް ދިވެހި ބޭހުގެ ކަންތައް ކުރާ މީހުން ކައިރިއަށް ދިޔަ.. އެކަމަކު އެއްވެސް ފައިދާއެއް ނުވި.. ވަރަށް މަސައްކަތުން މާލެވެސް އައި.. މާލެ އައިސްގެންވެސް ލިބުނީ މަންމަމެން އެންމެ ބޭނުންވި ޖަވާބެއް ނޫން.. އެހެންކަމުން އެންމެ ފަހުން މަންމަމެން ދިޔައީ އަނެއްކާވެސް ރަށަށް..” އައިރް އޭނަގެ ވާހަކަ ކިޔައިދެމުން ދިޔައިރު އަހަރެންނަށް ހަމައެކަނި ބެލެމުން ދިޔައީ އައިރްގެ މޫނަށެވެ.

“މަންމަ އިން މީހަކީ ވަރަށް ފަންޑިތަ އެއްޗެހި ގަބޫލު ކުރާ މީހެއް.. އެކަމަކު މަންމަ ފަންޑިތައިގެ އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނުވޭ.. އެންމެ ފަހުން މީހުން އެތައް ވަރަކަށް ކިޔައިގެން މަންމަ ފަންޑިތަ ހެދުމަށް އެއްބަސްވި.. ދަރިއެއް ހޯދުމައްޓަކައި.. ފަންޑިތަ ވެރިއެއް ކައިރިއަށް ދިޔައީ.. އެމީހާގެ ކަންތައް ކުރުމަށް އެމީހާ ކަނޑައެޅީ ޝަރުތެއް.. އެއީ.. މަންމަ އިދެގެން އުޅޭ މީހާ ކޮންމެ ދުވަހަކު މަހަށް ދިއުން.. އަދި ބާނައިގެން އަންނަ މަސް އެގެއަށް ގެނައުން.. މަންމަ އިދެގެން އުޅޭ މީހާ ދަރިއެއް ބޭނުންވެފައިވާލެއް ބޮޑުކަމުން އެކަމަށް އެއްބަސްވި.. މަހުން އައިސް ހުރިހާ މަހެއް އެގެއަށް ދެނީ.. މިހެން ގޮސް އެދުވަހަކު.. އާދައިގެ މަތިން މަންމަ އިދެގެން އުޅޭ މީހާ މަހަށް ދިޔައީ.. އެކަމަކު އެދުވަހު އެމީހާ މަހުން އައީ އާއްމުކޮށް އަންނަ އިރައް ވުރެއް ކުރިން.. އޭރު މަންމަ ހުރީ ގޭތެރޭގައި ކަންތައްތައް ކޮށްކޮށް ވަރަށް ވަރުބަލިވެފަ.. މަންމަ ފެންވަރަށް ވެގެން އުޅެނިކޮށް މިއައީ… ފިރިމީހާ އެހާ އަވަހަށް އައީމަ މަންމަ ހުރީ ވަރަށް އުފަލުން.. ދެމީހުން އެކު ފެންވަރައިގެން ކައިގެން.. އިރުއޮއްސެނިކޮށް އެމީހާ ބުނެފި.. އަތިރިއަށް ޖެހިލާފަ މިއަންނަނީއޭ.. ކިޔާފަ ދިޔަ މީހާ އަނެއްކާ އައީ ތެމިގެން.. ހަމަ މަހުން އަންނަ އިރު ހުންނަ ގޮތަށް އެމީހާ ހުރީ.. މަންމަގެ ވަރަށް ސުވާލު އުފެނުނު.. އެކަމަކު.. އެންމެ ސުވާލެއް ނުކުރޭ.. އޭގެ ދުވަސްކޮޅެއް ފަހުން މަންމަ ބަނޑުބޮޑުވީ” އައިރް އޭނަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“މަންމަ ބަނޑުބޮޑުވުމުން މަންމަވެސް ވަރަށް އުފާވި.. މަންމަ އިދެގެން އުޅޭ މީހާ މަންމައަށް ވަރަށް ކަންތައް ރަނގަޅަށް ކޮންދެމުން ދިޔައީ.. އެކަމަކު.. ބަނޑަށް ތިންމަސް ވީ ރޭ.. މަންމައަށް ހޭލެވުނީ ބަނޑުގައި ރިއްސާތީ.. އުޅެއުޅެ ރިހުން ކެނޑޭގޮތެއްނުވި.. މަންމަގެ ފިރިމީހާއަކަށްވެސް ކަމެއް ނުކޮށްދެވުނު.. މެންދަމު ބާރަ ޖެހިއިރު ވާންފެށިތަދު ދޭންޖެހި އިރުވެސް ކުޑައެއް ނުވި.. ދޭންޖަހާ އިރުކޮޅެއް ވިތަނާ.. މަންމަގެ ބަނޑު ބޮޑުވާން ފެށި.. ބަލަބަލާ ތިއްބާ ހަމަހުގެ ބަނޑަކަށް ބަދަލުވި.. އެހާ ހިސާބުން އެންމެންނަށްވެސް އެގިއްޖެ މިއީ ނުބައެއް ކަން.. މަންމަގެ އާއިލާ މީހުން ކިޔައިގަނެގެން މަންމަގެ ފިރިމީހާ މިދިޔައީ ކުރިން ފަންޑިތަ ހެދިމީހާ ހޯދަން… ދިޔައިރު އެމީހާ ރަށުގައެއް ނޫޅޭ.. ދެން މަންމަގެ އާއިލާގެ މީހަކު.. ދަންނަ ފަންޑިތަ ވެރިއެއް ގެނެސްގެން މި ބެލީ.. ބެލި އިރު މިއެގެނީ.. މަންމައަށް ގުޅުން ހިންގިފައިވަނީ ޖިންނިއަކާއިކަން.. އެއީ އެފަންޑިތަ ވެރިޔާ ކުރުވި ކަމެއް ކަމާއި އެކަން އެފަންޑިތަވެރިޔާއަށް އެނގޭކަން.. ވަރަށް ގިނަ ގޮތް ގޮތަށް ބަލާފައި.. އެމީހާ ބުނީ. އެރޭގައި ވިހައިފިނަމަ.. ވިހާނީ ޖިންނި ކުއްޖެއްކަމަށް.. އެކަމަކު އަށްމަސް ވަންދެން ބަނޑުގައި ކުއްޖާ ދިރިއޮވެއްޖެނަމަ އެއީ އިންސާނެއްކަމަށް.. އަދި ސަލާމަތުން ދުނިޔެއް އައިސްފިނަމަ ވާނީ އިންސާނަކަށް ކަމަށް ބުނީ.. އެކަމަކު އެހަ ހިސާބަށް ދާނީ ވަރަށް ހާލުގައި ކަމަށް އެމީހާ ބުނީ.. އެންމެ ފަހުން މަންމަގެ އާއިލާ މީހުން އެމީހާ ލައްވާ މަންމައަސް ފަންޑިތަ ހަދަން ފެށީ” އައިރް އޭނަގެ ވާހަކަ ހުއްޓާލަމުން އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެން ހިނިތުންވެލުމުން އައިރް އަނެއްކާވެސް ފެށިއެވެ.

“މަންމަ އިދެގެން އުޅުނު މީހާއަށް މަންމައާއި އެކު ކެތްކުރެވުނު ކަމަކަށް ނުވި.. މަންމައަށް އެންމެ އެހީ ބޭނުންވި ދުވަސްވަރު މަންމަ ދޫކޮށްފައި ދިޔައީ.. މަންމަ ޖިންނިއަކާއި ގުޅުން ބޭއްވިއޭ ކިޔާފައި.. މަންމަ އުޅުނީ ވަރަށް ހާލުގައި.. ފަސްމަސް ފަހުން އެނދުން ތެދުވެއް ނުވެވޭ.. ހަމަސް ވީ ރޭގައި.. އަނެއްކާވެސް ރިއްސަންފެށި.. ހަމަ ދަންވަރުގެ އެގަޑިއަށް ބަނޑު ބޮޑުވި.. އެރޭގައި ފަންޑިތަ މީހާ އިނދެގެން ވަރަށް ކިޔެވެލި ކިޔެވި ފަހުން ނުވިހާ ބަނޑު ތިރިވީ.. އަހަރެން މިދުނިޔެއް އައީ އަށްމަހާއި ސައްބީސް ދުވަސް ބަންޑަށް ވީފަހުން.. އަހަރެން މިދުނިޔެއަށް އައުމުގެ އިނާމަކަށް ވެގެން ދިޔައީ އަހަރެން އުފަން ކުރުމަށްޓަކައި އެޅި ވޭނުގައި މަންމަ މަރުވުން” އެހާ ހިސާބަށް ގޮސްފައި އައިރް ހުއްޓާލިއެވެ. “އައި އޭމް ސޯ ސޮރީ” އައިރް ދެރަވެފައިވާ މަންމަޒަރު ބަލާކަށް އަހަރެންނަކަށް ފަސޭހައެއް ނޫނެކެވެ. އަހަރެން އެހެން ބުނުމާއި އެކު އައިރް އަހަރެންނާއި ދިމާލަށް ބަލާލާފައި ހީލިއެވެ. “މަންމަ މަރުވުމުން އަހަރެން ބަލާނެ މީހަކު ނުވި.. މަންމަ އާއިލާއިންވެސް އެކަކަުވެސް އަހަރެންގެ ޒިންމާ ނަގާކަށް ބޭނުމެއް ނުވި.. އެހެންކަމުން އެފަންޑިތަ ވެރިޔާ އަހަރެން ގެންދިޔައީ.. އޭނަގެ ދަރިންނާއި އެކު އަހަރެން ބަލާ ބޮޑު ކުރީ އަމިއްލަ ދަރިއެއް ގޮތަށް.. ބޮޑު ވަމުން އައި ވަރަކަށް އަހަަރެންނަށް އެނގުނީ އެންމެންނާއި ވެސް އަހަރެން ތަފާތުކަން.. އެހެން މީހުންނަށް ނުކުރެވޭ ކިތައްމެ ކަމެއް އަހަރެންނަށް ކުރެވޭ.. ވަރަށް އަހަން ކީއްވެތޯ.. އަހަރެން ބަލަމުން ފިޔަ ފަންޑިތަވެރިޔާ ހުސައިންބެ ވީ ގޮތް އަހަރެންނަށް ކިޔައިދިނީ އުމުރުން 10 އަހަރުގައި.. ކިޔައިދެމުން އަހަރެންނަކީ ކިހާ މުހިއްމު ސްޕެޝަލް ކުއްޖެއް ކަމަށް ކިޔައިދިން.. ވަރަށް ގިނަ އެއްޗެހި އަހަރެންނަށް ހުސައިންބެ ކައިރިން ދަސްވި.. އަހަރެންގެ އާއިލާއަކީ ކޮބާކަމާއި އަހަރެންގެ ބާރުތަކާއި.. ބޭނުން ކުރާނެ ގޮތްތަކާއި.. އެކަހަލަ ކިތައްމެ އެއްޗެއް” އައިރު އަހަރެންނާއި ދިމާލަށް ބަލާލިއެވެ.

“އަހަރެން އުފަންވީ އިންސާނެއް ގޮތަށް.. އެކަމަކު އަހަރެންނަށް އަހަރެންގެ ބައްޕަ (ޖިންނި ބައްޕަ) ފަރާތުން ބައިވަރު ބާރުތަކެއް ލިބިފައިވޭ.. ފަހުން ބެލި ބެލުމުން އެނގުނީ ކުރިން ފަންޑިތަ ހެދުމީހާ އޮޅުކޮށްގެން އުޅުނީ ރަސްދަރިކޮޅުގެ ޖިންނިއެއްކަން.. އެއެއްޗެއްސަކީ.. އާދައިގެ ޖިންނިންނަށް ވުރެއް އެތައް ގުނަ ބާރުގަދަ ބައެއް.. އެހެންވީމަ އަހަރެންގެ ބައްޕަގެ ފަރާތުން ކުޑަ އެތިކޮޅެއް އަހަރެންނަށް ލިބުނީ.. އަހަރެންގެ އެއްބަޔަކީ ޖިންނީގެ އެއްބަޔަށް ވާތީ.. ތިކަހަލަ ތަވީދު އެއްޗެހި އަހަރެންނާއި އެކުވެރިއެއް ނޫން.. ހަށިގަނޑުގައި ޖެހިއްޖެނަމަ.. އަނދާ.. އިންސާނަކަށްވިތީ.. އެއްޗެއްގެ އެހީގައި ތިކަހަލަ އެއްޗެހީގައި އަހަރެންނަށް ހިފޭ.. ތިކަހަލަ އެއްޗެހި ކައިރީގައި އުޅުނަސް އުދަގުލެއް ނުވޭ” އައިރް އޭނާގެ ވާހަކަ ކިޔައިދިނެވެ. އަހަރެން ހުރީ ހައިރާންވެފައެވެ. އެއީ ތެދަކަށް ވެދާނެ ހެއްޔެވެ. އެކަމަކު އައިރް ދޮގެއް ނުބުނާއެއޭ އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. “ބުނެބަލަ.. ކޮންކަހަލަ ބާރުތަކެއްތަ ހުންނަނީ” އަހަރެން ބުމައެއް އަރުވާލަމުން އައިރް ކައިރީގައި އަހާލީ އެކަން އެނގެން ބޭނުންވާތީއެވެ. އައިރް ހީލިއެވެ. “ކުރިން ބުނިހެން އަހަރެން ބޭނުން ވުމުން މީހުންގެ ސިކުނޑިގައި ހުންނަ އެއްޗެއް ދެނެގަނެވޭ.. އެހެން އާދައިގެ އިންސާނަކަށް ލިބިފައި ނުވާ ވަރުގެ ސްޕީޑެއް އަހަރެންނަށް ލިބިފައިވޭ.. އަދި މިއީ” އެހެން ބުނެ ކުރިން ތަވީދުގައި ހިފުމުން ފިހުނު އަތް ދައްކާލިއެވެ. އޭރު އެއަތްވަނީ ރަނގަޅުވެފައެވެ.

އައިރް އަތް ދައްކާލި ވަގުތު އެއަތުގައި އޮތް ގަޑި އަހަރެންނަށ ފެނުނެވެ. “ވަޓް.. ތިނެއް ޖަހަނީތަ” އަހަރެންނަށް ކުއްލިއަކަށް އެނދުން ތެދުވަމުން އަހާލެވުނެވެ. “ދޮންބެ.. އަަހަރެން ބުނިން އަހަރެން އަންނާނަމޭ.. ތިނެއްގެ ކުރިން.. އަޅޭ..” އަހަރެން ބުނެވުނެވެ. “ދޮންބެ އެބައޮތް ބޭރުގެ ސޯފާގައި.. ދޭ.. އަހަރެން މަޑު ކުރާނަން” އައިރް ބުނެލިއެވެ. އަހަރެން ހިނިތުންވެލުމެއް ރައްދުކޮށްލަމުން އަވަސްކަމާއި އެކު ކޮޓަރިން ބޭރަށް ނިކުތީމެވެ. ދޮންބެ ސޯފާގައި އޮށޯވެލައިގެން އޮތެވެ. އޮތްގޮތުން ހީވަނީ ނިދިފައި އޮތް ހެންނެވެ. ވަރަށް މަޑުން އަހަރެން ގޮސް ބަލާލިއިރު ދޮންބެއަށް އޮތީ ނިދިފައެވެ. “ދޮންބެ.. ކޮޓަރިއަށް ވަންނަންވީނުން ދެން..” އަހަރެން ދޮންބެގެ ގައިގައި ކޮއްޓާލަމުން ބުނެލީމެވެ. ސިހިފައި ދޮންބެ ތެދުވިއެވެ. “ކޮއްކޯ.. އާދެވިއްޖެދޯ.. މިހާރު ކިހާއިރެއް” ދޮންބެ ހާސްވެފައިހުރެ ވާހަކަ ދެއްކިއެވެ. “ސީ.. އަދި އަހަރެން ބުނި ގަޑިވެސް ނުޖެހޭ” ފޯނު ދައްކާލަމުން ބުނެލިއިރު ތިނެއް ޖަހަން އަދި ތިންމިނެޓް އެބައިނެވެ. ދޮންބެ އަހަރެންނާއި ދިމާލަށް އެވަގުތު ބަލާލިއެވެ. “ކޮއްކޮ އޯކޭތަ” ދޮންބެ އަހާލިއެވެ. “އާ.. ވަރަށް ރަނގަޅު.. އެކަމަކު ވަރަށް ޓަޔަޑް.. އަހަރެން ނިދަން މިދަނީ.. މާދަން ވާހަކަ ދައްކާނީ.. ދޮންބެވެސް ނިދާ ދެން” އަހަރެން އެހެން ބުނެލަމުން އަވަސްކަމާއި އެކު ކޮޓަރިއާއި ދިމާލަށް ހިގައިގަތީމެވެ.

ހަގީގަތަށް ބުނަނީނަމަ އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަށް އައިރް ކައިރިއަށް ދާށެވެ. އަހަރެން ހީކުރީ އައިރްގެ އަސްލު އެގުމުން އަހަރެން ބިރުގަނެ ފަހަތަށް ޖެހެވޭނެ ކަމަށެވެ. ނަމަވެސް ވީ އެހެނެއް ނޫނެކެވެ. އަހަރެންގެ ހިތުގައި އުފެދިފައިވާ ލޯބި ދެގުނައަށް ބޮޑުވެގެން ގޮސްފިއެވެ. އޭނައަކީ އަހަރެން ހީކުރި ކަހަލަ މީހެއް ނޫނެކެވެ. އެއްފަޅި އިންސާނަކަށް ނުވިޔަސް ވާނެ ގެއްލުމަކީ ކޮބާ ހެއްޔެވެ. ހަމަގައިމުވެސް އެތައް ފައިދާއެއް ވާނެއެވެ. އަހަރެން އަވަސް ކަމާއި އެކު ދޮރު ހުޅުވާލީމެވެ. އޭރު އައިރް ހުރީ އޭނަގެ އަތް ފުރަގަހަށް ވާގޮަތަށް ގެންގޮސްގެން ދޮރު މައްޗަށް ވާގޮތަށް ހުއްޓިލައިގެންނެވެ. “ކިހިނެއްވީ” އެމޫނުމަތިން ފެންނަން ހުރި ހިނިތުން ފެނުމުން އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. އަހަންނަށް ހުރި ތަނުގައި ހުއްޓެވުނެވެ. އައިރް މަޑުމަޑުން އަހަރެންނާއި ކައިރިއަށް އައެވެ. “އަހަރެން ވަރަށް ދުވަސް ވެއްޖެ..ވާހަކައެއް ބުނަން އުޅޭތާ.. މިހާރު އަހަރެންނަށް ހީވާ ގޮތުން އެއްފަހަރަށް ވުރެއް ގިނައިން މި ވާހަކަ ބުނެވެސް ވެއްޖެ.. އެކަމަކު އަލުން އަހަރެން ބުނާނަން.. އާސީން.. މިހާރު އާސީންއަށް އަހަރެންނަކީ ކާކުކަން ރަނގަޅަށް އެނގޭނެ.. އަހަރެން ދެއްކި ވާހަކަތަކަކީ ތެދު.. އޭގައި ދޮގެއް ނުވާނެ.. އަދި އަހަރެން ކުރިއަށް އޮތްތަނުގައިވެސް އާސީން ކައިރީގައި ދޮގެއް ނުހަދާނަން.. އަހަރެން އާސީންއަށް ބޭނުންވާ ހުރިހާ އުފަލެއް ހޯދައިދެވޭތޯ ވަރަށް މަސައްކަތް ކުރާނަން..” އަހަރެންގެ ކައިރިއަށް ހުއްޓިލަމުން އައިރް ވާހަކަ ދައްކަމުން ދިޔައެވެ.

“އާސީން.. އާސީން ތިއީ އަހަރެންގެ އުފަލަކީ.. އަހަރެންގެ ހިންހަމަޖެހުމަކީވެސް… އަހަރެންނަށް އާސީން ވަރަށް ކަމުދޭ… އެންމެ ފުރަތަމަ ދުވަހު އާސީން ފެނުނު ވަގުތުން ފެށިގެންވެސް އަހަރެންނަށް އެގިއްޖެ.. އާސީން ތިއީ އަހަރެންނަށް ވަރަށް މުހިއްމު ކުއްޖެއްކަން.. ލުކް.. މިއީ އަހަރެން މިގޮތަށް އަންހެން ކުއްޖެއް ކައިރީގައި ވާހަކަ ދައްކާ ފުރަތަމަ ފަހަރު.. ސޯ އަހަރެންވެސް އެހާ މޮޅެއް ނުވާނެ” އެހެން ބުނެ އެއްފައި މައްޗަށް ވާގޮތަށް އަހަރެންގެ ކުރިމަތީގައި އައިރް އިށީދެލިއެވެ. އަހަރެންނަށް އައިރްގެ ހަރަކާތްތަކަށް ބަލަން ހުރެވުނީއެވެ. އައިރް އޭނަގެ ފުރަގަހަށް ލާފައިވާ އަތް ނެގިއެވެ. އެއަތުގައި އޮތީ ރަތް ފިނިފެން މަލެކެވެ. އަހަރެންނަށް އަނގަމަތީގައި އަތް އަޅާލެވުނީ ލިބުނު ހައިރާންކަމުންނެވެ. “އާސީން.. އަހަރެން އާސީންދެކެ ލޯބިވޭ.. ވަރަށް ބޮޑަށް.. އަހަރެން ބޭނުންވަނީ އާސީންއާއި އެކު ދެން ދުވަސްތައް ގުނަން.. އާސީން އަހަރެންގެ ހުރިހާ އުފަލެއް އަދި ހިތާމައެއްގައި ބައިވެރިވެގެން.. ހުރިހާ ހާލަތެއްގައި.. އަހަރެންގެ ދިރިއުޅުމުގެ ހިއްސާއަކަށް އާސީން ވާނަންތަ” އައިރް އަހަރެންނާއި ދިމާލަށް ބަލާލަމުން މާ ދިއްކޮށްލިއެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

މާޒީ…..(ތިންވަނަބައި)

Next

މަންޝާ (ސަތާރަވަނަ ބައި)

Next
May 16, 2016

މަންޝާ (ސަތާރަވަނަ ބައި)

Previews
May 15, 2016

މާޒީ…..(ތިންވަނަބައި)

26 Comments!

  1. Fantasy says:
    May 16, 2016 at 1:12 am

    Mi baives hurihaa kudin nah kamudhaane kamah heekuran.. hurihaa kudinge hiyaal thakah amruhabaa 🙂

  2. Aisha says:
    May 16, 2016 at 1:31 am

    Dhnnnnnnnnn… Alhe ehaa rythi kohlaafa e ninmaaly… Daily koh update koh dhyba…. V inthizaaru kuran eba next part ah??????????

    1. Fantasy says:
      May 16, 2016 at 11:25 am

      alhey dear.. kihineh daily koh up kuraany.. miulheny gina faharah dhedhuvahun ehdhuvahu ves up nuvegen dhooo 😉 ekam try koh dheynan dhen inna bai avahah up koh dheveytho igey dear,, thnk v bodah inthizaaru kuraa thee 🙂

  3. 67676 says:
    May 16, 2016 at 1:41 am

    Fantasy thi police eii tha nuny police ge enemy eii tha nuny polihunge secret agent eiitha.. ..
    Anyways vahaka hama habeyxx

    1. Fantasy says:
      May 16, 2016 at 11:39 am

      hehehe 67676 🙂 fantasy mee policeheh ves nun.. adhi emeehunge enemy eh ves nun.. adhi emeehunge secret agent eh ves nuney 😛
      thnks v bodah dear 🙂

  4. ken? says:
    May 16, 2016 at 3:08 am

    wooooooeee……??? hhhhhhmmmmm hmmmmm love is in de air dhww❤❤ dn alhey aaasin buney yess ey….plllzzz…airu ah hurt nukuraathi ??? eyrun fahun aasin hithaama kuran jeheyne???
    fantasy vaahaka v v v reeethi…hama super kewwlll….??✌???

    1. Fantasy says:
      May 16, 2016 at 11:47 am

      heheh… thi vee gothun aaseen lavva yes bunuvanthaa thi jehuny ken 😛 thnks v bodah igey dear 🙂

  5. ELIYAA says:
    May 16, 2016 at 3:21 am

    HAADA NICE EY MI PART WES …CURIOUSLY WAITING FOR THE NEXT PART ..UPLOAD IT SOON…..BEST STORY EVER..

    1. Fantasy says:
      May 16, 2016 at 4:43 pm

      thnks eliya v bodu koh igey 🙂

  6. shahiii says:
    May 16, 2016 at 7:47 am

    Fantastic story from fantasy

    1. Fantasy says:
      May 16, 2016 at 4:44 pm

      thnks shahiii 🙂

  7. Fathun R says:
    May 16, 2016 at 8:05 am

    V reethi….waiting for nexxt update…

    1. Fantasy says:
      May 16, 2016 at 4:46 pm

      thnks faathun R 🙂

  8. ninni says:
    May 16, 2016 at 8:25 am

    woooooooooooooooooooooow :p

  9. riff says:
    May 16, 2016 at 8:41 am

    WOW. v.habeys!!

  10. naxnaxoo says:
    May 16, 2016 at 10:23 am

    jst woowwwww…..fantasy ur story is going awesome…. love it….waiting for the next part…??????

  11. kiddyކިޑީ ދައްތަ says:
    May 16, 2016 at 10:31 am

    Waa waa… haadha molhu reethi vaahaka ekey mee. Kiaa hithun uo kureythw balabalaa hureveny. 1pary ethah faharaku kias fooseh nuvey. Beykaaru vaahaka nuhunnaathy aslu e ee. Sifakurunthahves husha alhaidhinumunves ehvana. Kuruvaahaka mubaraathugaves baiverivebala fantasy..

  12. Boagoas says:
    May 16, 2016 at 12:42 pm

    Vaahaka budhdhi hamaeh nujehey. Jinneenaka qaibeh neygeyne. Insaanunge hithuga onna echeh jinniyaka neygeyne. Hekkaka Sulaymaan alayhissalam ge vaahaka fudheyne. Ekaleygefaanu avahaara vikanves neygun echehithake adhi insaanunge hithuga onna eche engeytha?????

  13. bansheel says:
    May 16, 2016 at 12:57 pm

    wooow wooow haadha reechey
    maves bunan beynumee thee police kuhjekey
    yageen vaahakaige thahugeegee bai ehaamolhah gendhaakah neyngeyne ehen noonamaka

  14. me says:
    May 16, 2016 at 1:39 pm

    alheyyyy alhuganda hyvany bansheel hen air ah hedhigen ulheny… air hunna thaaku bansheel hunna kamah ves nuvey …. plxxxc air ahky bansheel ah nahadhacheyy… vrh reethi mi stryyy

  15. Hafy says:
    May 16, 2016 at 2:46 pm

    I just love ur stories awsome v v v kiyaa hihvey v v v inthizaaru kurevey

  16. zeen says:
    May 16, 2016 at 4:17 pm

    oh my! fantasyyyy!!!!!!!!!! u are the best auther i hav ever seen! haadha molehey. bansheel ebunihen thee police eh kanneyge ehaa molhah case ge bai gandhan molhee.
    Hehhehe. When next part sweety? Prety lady!

  17. Shau says:
    May 16, 2016 at 6:06 pm

    No insaanuge hithuga vaa ehchihsaa sikudy ga vaakann that that sihuru ge baarunn igeyne…sihuru hadhann beynunnkurany jinni….if airr is a jinni dhnn eyna ah igeyne….stryy is just awesome…waiting for the next prt

  18. Faxoo says:
    May 16, 2016 at 9:18 pm

    wow ❤ mi part amazing, Fantasy! faxu ah emme reethi vaahakaige therey mi vaahaka ves himanan 😉 cant wait to read next part 😀 😀

  19. haazi says:
    May 17, 2016 at 12:03 pm

    mi hama best story ever

  20. naxnaxoo says:
    June 21, 2016 at 8:10 am

    whn upload kurany..story…haadha gina dhuvas veyjjey mifaharuga…plx upload sooon…fantasy kobaa tha…

Comments are closed.

Next Episodeއިންސާފް… 17 ވަނަ ބައި←


All Right Reserved!