ޖެހެމުންދިޔަ ބާރު ވަޔާއިއެކު އުޑުމަތި ބަނަކޮށްލީ އަންނަން އުޅޭ ތޫފާނަކުން ސަލާމަތްވެ ތިބުމަށް އިންޒާރެއް ދޭފަދައިންނެވެ. އަތިރިމަތީގައި ތިބި މީހުން އެމީހެއްގެ މަންޒިލަށް ވާސިލްވުމަށް ދަތުރުފެށީ ލިބުނު ފުރުސަތުގެ ބޭނުން ހިފުމުގެ ގޮތުންނެވެ. ކޮންމެ މީހެއްގެ އަތްމަތި އަވަސްކޮށްލާފައިވަނީ ވާރޭ ވެހެން ފެށުމުގެ ކުރިން އެއްޗެހިތަށް ނަގާ ހިޔާކުރުމަށެވެ. ވިދާލި ވިދުވަރާއިއެކު ޖަހާލި ގުގުރިން ތޫފާނުގެ ފަހުގެ އިންޒާރު ދިނުމަށްފަހު ބޮޑުތިކީގެ ވާރޭ ފުރާޅަށް އޮއްސާލީ ބިރުވެރި އަޑުފަށްގަނޑަކާއި އެކީގައެވެ. ދުވަމުންކަހަލަ ގޮތަކަށް އައި ރަޔާންއަށް ގެއަށް […]
“ލަޔާލްގެ ކައިރިން ރައްޓެހިވާކަށް އަހަރެން ނާހާނަން…އަހަރެންނަށް ލަޔާލް ފެނުނު ފުރަތަމަ ދުވަހު ވެސް ވަރަށް ކަމުދިޔަ…. ސާދަ ވިލޭރޭގެ ފުރިހަމަ ހަނދު ހެކިކޮށް މަށާ އިންނަން އެއްބަސް ވެދާނަންތަ؟” އަހަރެންގެ އަތުގައި ހިފާލަމުން އަކިއަލް އެހެން އަހާލުމާއިއެކީ އުފަލުން ގޮސް އަހަރެންގެ ލޮލުން ކަރުނަ ނީރާލިއެވެ. އަހަރެންގެ ހަޔާތުގައި މިވީހާ ތަނަށްވެސް މީހަކު އިންނަން އަހާފައި ނުވެއެވެ. އަހަރެންގެ ހިތަށް ލިބުނު އުފާވެރިކަން ބަޔާންކުރަން ދަތިވުމުން އަކިއަލްގެ ކޮންޑުގައި ބޯ އަޅާލަމުން ކައިވެންޏަށް އާބަސްބުނީމެވެ. އަހަރެންނަށް ނޭނގުނުކަމީ […]
އަހަރެންނަށް ހޭލެވުނީ މީހަކު އަހަރެންގެ ގައިގައި ބީހޭ ކަހަލަ އިޚްސާސްއެއް ކުރެވެމުންނެވެ. ހަތަރެސްފައިކޮޅަށް ޖެހުމާއިއެކު ކޮޓަރިތެރެއަށް ވެރިވެފައިވާ އަނދިރިކަމަށް ލޯ ހޭނެން ވަގުތުކޮޅެއް ނެގިއެވެ. ދެލޯ އުނގުޅާލަމުން އެނދުގެ ހެޑްބޯޑުގައި ލެނގިލުމަށްފަހު ބޮކި ދިއްލާލީމެވެ. “ބޮޑުބޭބޭ…” އަހަރެންގެ ހައިރާންކަން އިންތިހާއަށް ދިޔައީ ކޮޓަރި ދޮރުކައިރީ ފުރަގަސްދީގެން ހުރި ބޮޑުބޭބެ ފެނުމުންނެވެ. ބޮކި ދިއްލާލުމާއިއެކީ ބޮޑުބޭބެ އަހަރެންނާއި ދިމާއަށް ބަލާލީ ނުރައްކާތެރި ނަޒަރަކުންނެވެ. މަޑުމަޑުން އައިސް އަހަރެންގެ ކައިރީ އިށީއިނުމަށްފަހު އަހަރެންގެ ދަތްދޮޅީގައި ހިފައި އޮބައިލިއެވެ. ވީތަދުން ވަގުތުން […]
ޖެހެމުންދިޔަ ބާރު ވަޔާއިއެކު އުޑުމަތި ބަނަކޮށްލީ އަންނަން އުޅޭ ތޫފާނަކުން ސަލާމަތްވެ ތިބުމަށް އިންޒާރެއް ދޭ ފަދައިންނެވެ. އަތިރިމަތީގައި ތިބި މީހުން އެމީހެއްގެ މަންޒިލަށް ވާސިލްވުމަށް ދަތުރުފެށީ ލިބުނު ފުރުސަތުގެ ބޭނުން ހިފުމުގެ ގޮތުންނެވެ. ކޮންމެ މީހެއްގެ އަތްމަތި އަވަސްކޮށްލާފައިވަނީ ވިއްސާރަ ވެހެން ފެށުމުގެ ކުރިން އެއްޗެހިތަށް ނަގާ ހިޔާކުރުމަށެވެ. ވިދާލި ވިދުވަރާއިއެކު ޖަހާލި ގުގުރިން ތޫފާނުގެ ފަހުގެ އިންޒާރު ދިނުމަށްފަހު ބޮޑުތިކީގެ ވާރޭ ފުރާޅުތަކުގައި ބީއްސާލާފައި މިޔުޒިކެއް ކުޅެލިއެވެ. ދުވަމުންކަހަލަ ގޮތަކަށް އައި ރަޔާންއަށް ގެއަށް […]
ހަޔާތުގެ ބައިވެރިޔަކު ހޯދުމަށް އަހަރެން ކުރަމުން އައި ދަތުރު ނިމުމަކަށް އައީ ރިފާލް އާއި ދިމާވި ހިސާބުންނެވެ. ހަޔާތުގެ ހުންގާނު ރިފާލްގެ އަތަށް އަހަރެން ދިނީ ވިސްނުންތެރި ކަމާއިއެކީ މަޑުމަޑުންނެވެ. އެގަދަ ކަނޑުގައި ދަތުރުކުރުމަށް ރިފާލް އަކީ އެންމެ އެކަށީގެންވާ މީހާކަމުގައި އަހަރެންގެ ޒަމީރު އެއްބަސްވުމުންނެވެ. ރިފާލް އާއި ކައިވެނިކުރެވުނު ދުވަހަކީ އަހަރެންގެ ހިތުން ދުވަހަކު ވެސް ފިލައިގެންދާނެ ދުވަހެއް ނޫނެވެ. އެދުވަހުގެ އުފާވެރިކަން މިގަލަމުން ބަޔާންކުރެވޭ ވަރަށްވުރެ ބޮޑެވެ. އަހަރެންގެ އަތުގައި ހިފައިލައިގެން ރިފާލް ކުރި […]
އައިސްފައި ހުރި ރުޅީގައި ލިވާން އެދިޔަ ބާރުމިނުގައި ގޮސް ދޮރު ހުޅުވާލިއެވެ. އޭރު މީހާ ހުރީ ކޮންމެވެސް ވަރަކަށް ދާހިއްލާފައެވެ. ޒީވާ އާއި ދިމާއަށް ބަލާލުމަށްފަހު ލިވާންއަށް ބަލާލި ވިކްޔަން ސިހުނީ އޭނަގެ ކޯތާފަތް މައްޗަށް އަރައިގެންދިޔަ ލިވާންގެ އަތުގެ ހަމަލާއިންނެވެ. ******* ހައިރާން ކަމާއިއެކު ލިވާން އަށް ބަލާލަމުން ވިކްޔަން އޭނާގެ ކޯތާފަތުގައި ހިފަހައްޓާލިއެވެ. އިސާހިތަކު އެމޫނުމަތިން ކަންބޮޑުވުން ފާޅުވުމާއިއެކު ޒީވާގެ ގައިން ދޫކޮށްލެވުނެވެ. ލިވާން ދެބުމަ ގޮށްޖަހައިގެން ބަލަން ފެށުމުން ވިކްޔަން އަށް އިސް […]
ހަށިގަނޑުގެ ވަރުދެރަކަމާއިއެކު ޒީވާއަށް ލޯހުޅުވާލުންވެސްވީ ދަތިކަމަކަށެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހާލުމާއިއެކީ ލިވާން ފެނިލިހެން ޒީވާއަށް ހީވިއެވެ. ދެލޯ އުނގުޅާލުމަށްފަހު ލޯހުޅުވާލި ޒީވާ ސިއްސައިގެން ދިޔައީ ކުރިމަތީގައި ހުރި މީހަކު ފެނުމުންނެވެ. ވީ އުފަލެއްގެ ބޮޑުކަމުން ޒީވާއަށް އެމީހެއްގެ ގައިގައި ބާރަށް ބައްދާލެވުނެވެ. “ޔަން” ޒީވާގެ އުއްމީދުގެ ހުޅުކޮޅު ނިވެމުންދަނިކޮށް އެއުއްމީދު އާވެގެން ދިޔައީ ވިކްޔަން ފެނުމުންނެވެ. އިސާހިތަކު އެދެލޯ ކަރުނުން ފުރުނެވެ. ވިކްޔަންގެ ކޮނޑުގައި ބޯ އަޅައިގެން ހިތްފުރެންދެން ރޯލުމަށްފަހު ތެދުވި ޒީވާ ސިހުނީ ވިކްޔަން […]
އުނދަގޫ ގޮތަކަށް ކުކުރިލަމުން ޒީވާ ތެދުވީ ބޮލަށް ގޮތެއް ވާހެން ހީވުމުންނެވެ. އެއާއިއެކު އޯކާދެމެންފެށުމުން ފާހާނާ އާއި ހަމައަށް ފޯރީ ކިރިޔަ ކިރިޔާއެވެ. މެންދުރު ކޭއެތިކޮޅު އެކީހެން ހޮޑަށް ލެވިއްޖެއެވެ. މިހާރަކަށް އައިސް އަބަދު ބޮލަށް އެނބުރުން އެރުމާއި މޭނުބައިކުރުމާއި ހޮޑުލެވުން އިތުރުވެފައިވާކަން އޭނައަށް އެނގެއެވެ. ޒީވާގެ ހިތަށް އައި އެއްޗަކުން ބަނޑުގައި އަތްޖައްސާލެވި ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. ******* ލިވާންގެ އޮޕަރޭޝަން ކާމިޔާބުވި ނަމަވެސް އެހަށިގަނޑުގައި ދިރުމެއްނެތެވެ. ޒީވާގެ ކުއްލި ވަކިވުމާއިއެކު އެހިތަށް ބަޔާން […]
ލިވާންގެ ސިކުނޑިއަށް ލިބުނު ޒަހަމުގެ ސަބަބުން ސިކުނޑީގެ ވަރަށްބޮޑު އޮޕަރޭޝަނެއް ކުރަންޖެހުނެވެ. ނަމަވެސް އެ އޮޕަރޭޝަނަކީ ފިފްޓީ ފިފްޓީ ޗާންސްގެ އޮޕަރޭޝަނެއް ކަމުގައި ޑޮކްޓަރު ބުނުމާއިއެކީ ސީރީން އަނބުރައިގަނެގެން ވެއްޓިއްޖެއެވެ. ނަމަވެސް އޭގެ ކުރިން ވިކްޔަން އައިސް ސީރީންގެ ގައިގައި ހިފަހައްޓާލިއެވެ. ******* ގަދަ ހަދަމުންދިޔަ ޒީވާ ހުއްޓުމަކަށް އައީ އޭނަގެ އަނގައާއި ނޭފަތާއި އެއްކޮށް ވާހެން ފޮތިގަނޑަކުން ނިވާކޮށްލުމާއިއެކީއެވެ. ޒީވާގެ ޚަބަރު ހުސްވެ ހުރިތަނަށް ދެމުމުގެ ކުރިން ކައިރީގައި އިން މީހާ ތެދުވެ ފަހަތު ޝީޓުގައި […]