Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިން ލަފްޒުން (3)

Dheem&Eekku Level 410 Stories100 Login500 Login
October 19, 2020 5 Mins Read
0 Comments

އެމީހާ ހުރީ ދެވިސްނުމެގައެވެ. އެފައިސާގައި ހިފައިފިނަމަ އެމީހުންގެ ދިރި އުޅުން ވަރަށް ބޮޑުތަން ރަނގަޅުވާނެއެވެ. ފައިސާގެ ދަތިކަމަކާ ހުރެ އުޅޭކަށް ނުޖެހޭނެއެވެ. އެހެންމަވެސް އޭނާގެ ދަރިފުޅަކަށް އިންސާފެއް ނުލިބޭނެއެވެ. އިރުކޮޅަކު ވިސްނަން ހުރެފައި އެމީހާ ހަމްޒާގެ ޝަރުތަށް އެއްބަސްވިއެވެ. އިތުރަކަށް އެކައްޗެކޭވެސް ނުބުނެ ހަމްޒާ އެތަނުން ނުކުތެވެ.

*****

ދުވަސްތަށް ފާއިތުވަމުން ދިޔަވަރަކަށް ލަމްހާގެ ޒަހަމްތަށްވެސް ރަނގަޅުވަމުން ދިޔައެވެ. މިހާރު މަދުމަދުން ހިނގާވެސް އުޅެއެވެ. ކުރިއެކޭ އެއްގޮތަށް ރަނގަޅަށް ކާތީ ހަށިގަނޑުވެސް ރީތިވެއްޖެއެވެ. ނަމަވެސް ބަދަލުވީ އެންމެ ކަމެކެވެ. ކުރިން އެހުންނަ ފަދަ ލޯބި ހިނިތުންވުމެއް އެމޫނު މައްޗަކު ނުވެއެވެ. އަބަދުވެސް ހުންނަނީ ބަސްމަދުވެ ހަމަހިމޭނުންނެވެ. ބުނަންޖެހޭ އެއްޗެއް މެނުވީ ނުބުނެއެވެ.

ލުވޭޒާގެ އެތަކެއް އާދޭހާ ރުއިމުގެ ސަބަބުން ވިޝާމް އާއި ލަމްހާގެ ކައިވެނި ވަނީ 3 މަސް ދުވަވަހަށް ފަސްކުރެވިފައެވެ. އަންހެންކުއްޖެއްގެ ކަންތަށް އެންމެ ރަނގަޅަށް އިހްސާސް ވަނީ މަންމަ އަކަށް ނޫންހެއްޔެވެ.

އެއްދުވަހެއްގެ ހަވީރު ވަގުތެވެ. ލަމްހާ އިނީ އެނދުގެ ފަޑީގައި ބުރަކަށި ޖައްސާލައިގެންނެވެ. އެނދުގެ މަގަތުގައި ޔުސްރާ އިނދެގެން އެތަށް ވާހަކައެއް ދައްކަމުން ދިޔައެވެ. ލަމްހާގެ ހަބަރު އިވުމާއެކު ޔުސްރާ ރާއްޖެ އައީ އެދުވަސްކޮޅަކީ ކިޔެވުން ބަންދު ދުވަސްކޮޅަކަށް ވާތީއެވެ. ލަމްހާ ބޮޑުތަން ރަނގަޅުވީވެސް ޔުސްރާ އައުމުންނެވެ. އެންމެ ހިނދުކޮޅަކަށްވެސް ލަމްހާ އެކަނި ވިޔަކަށް ޔުސްރާ ނުދެއެވެ. ނިދަނީވެސް އެގޭގައެވެ.

“ލަމް.. ހިނގާ އަވަހަށް ޖޫސް ބޯން” ދެފަހަރަކު ޓަކި ޖަހާލާފައި ކޮޓަރިއަށް ވަތް ލަޔާން އަށް ދެމީހުން ބަލާލިއެވެ.

“އަނެއްކާ ކަމު ނުދާ ގަޑިއަކުތަ މި ވަދެވުނީ” ދެމީހުން ބަލަން ފެށުމުން ލަޔާންއަށް އަހާލެވުނެވެ.

“ނޫނޭ.. އެންމެ ފަހުން ޖޫސް ބުއިފަހުން އަދި 15 މިނެޓުވެސް ނުވޭ.. އަނެއްކާ ތިއައީ ޖޫސްހިފައިގެން” ޔުސްރާ ހިނިއައިސްފައި ބުނެލިއެވެ.

“އެހެން ދޯ މިވީ.. އެކަމު ބޭބެ ހިތައްއެރީ ލަމްމެން ބަނޑުހައި ވެދާނޭ އެހެންވެ” ސައިޑު ޓޭބަލް މަތީ ޖޫސްތަބައް ބަހައްޓާފައި ލަޔާން ގޮނޑިއެއް ކައިރި ކޮއްލާފައި އިށީނެވެ.

“ލަމް.. މިރޭ އަންނާނެ ވިޝާމް ގެ އާއިލާ.. ރަން ކިޔުމުގެ ކުރިން ދެއާއިލާ ވާހަކަ ދައްކާލަން ޖެހޭނުން” ލަޔާން ބުނެލިއެވެ. ލަމްހާ ވަކި އެއްޗެކޭ ނުބުނެ ބޯޖަހާލީއެވެ.

އިރުކޮޅަކު ވާހަކަ ދައްކާލާފައި ލަޔާން އެ ކޮޓަރިން ނުކުތެވެ. އެރެއަށްފަހު ލަޔާން ލަމްހާ އާ އަޅާލާ މިންވަރު ވަނީ އެތަށް ތަނެއް ބޮޑުވެފައެވެ. ހަގީގަތުގައި އޭނާގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވެނީއެވެ. އެރޭ ލަޔާން ރައްޓެހިންނާއެކު ކޮފީއަށް ނުގޮސް ގަޑިއަށް ލަމްހާ ބަލާ ދެވުނު ނަމަ މިގޮތަށް ކަންތައް ދިމާ ނުވީސްކަން ލަޔާން ގަބޫލުކުރެއެވެ.

“ޔުސް ދަނީތަ؟” ކޮނޑުގައި އަތްދަބަސް އަޅުވާލި ޔުސްރާ ފެނިގެން ލަމްހާ އަހާލިއެވެ.

“އަންނާނަން ވަރަށް އަވަހަށް.. މިދަނީ ފިހާރައަކަށް އެއްޗެއް ގަނެލަންވެގެން” ޔުސްރާ ލަމްހާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“އޯކޭ.. އަވަހަށް އަންނައްޗޭ” ލަމްހާ ހިތާ ދެކޮޅަށް އެއްބަސްވިއެވެ.

ވިޝާމްމެން އަންނަން ވާއިރަށް ޔުސްރާ ބޭނުންވީ ދާށެވެ. އާއިލަ ބައްދަލުވުންތަކުގައި ޔުސްރާކަހަލަ ހިލޭ މީހަކު އެތާ ހުރުމަކީ އެހާ ރީތި ގޮތެއް ކަމުގައި ޔުސްރާ ނުދެކޭތީއެވެ.

 

ރޭގަނޑު ނުވަގަޑި ބައިވިތަނާ ވިޝާމް އާއި އޭނާގެ އާއިލާ ލަމްހާގެ ގެއަށް އައެވެ. ހަމްޒާއާއި އަހުމަދު ވަރަށް އޮލަ ވާހަކައިގައި ތިބިއިރު ލުވޭޒާ އުޅުނީ ކައްކާ މީހާ އާއެކު ކާމޭޒުމަތީގައި ތަށިތަށް އަތުރާށެވެ. ވިޝާމްގެ މަންމަ ވަސީމާވެސް ލުވޭޒާ އަށް އެހީތެރިވުމުގެ ގޮތުން ކާގެއަށް ވަނެވެ.

“ލަމް.. ހިނގާ މިހާރު މަންމަ އެބަ ހޯދާ” ނައުރާ އެދުމަތީގައި ކުޅެން އިން ނައުފަލް އުރާލަމުން ޑުރެސިން ޓޭބަލް ކައިރީ އިން ލަމްހާއަށް ގޮވާލިއެވެ.

“ދޮންބެ ދައްތަ ދޭ.. އަހަރެން އެބަ ދަން” ލަމްހާ ނައުރާ ފޮނުވާލިއެވެ.

ތިރިއަށް ފޭބި ނައުރާގެ ފަހަތުގައި ލަމްހާ ފެންނަން ނެތުމުން ވިޝާމް އޭނާ ކޮބާތޯ ސުވާލުކުރިއެވެ. ލަމްހާ ނުފެންނަތާ ގިނަދުވަސް ވުމުން ވިޝާމް ހުރީ އޭނާ ދެކިލާ ހިތުން ކެތް މަދުވެފައެވެ.

“ތިއްތިބެ ހާދަ ކެއްތެރިކަން ކުޑަ އޭދޯ.. ހާސްނުވެބަލަ.. ކުޑަ ދުވަސްކޮޅެއްގަ ތެރޭގަ ލަމް ވާނީ ތިއްތިބެގެ ވައިފްއަށޭ.. އޭރު އަބަދުހެން ހުންނާނެ ފެންނަން” ވިޝާމްގެ ކޮއްކޮ އީމަ ބުނެލިއެވެ. އެންމެން އެއްފަހަރާ ހީގަތެވެ. ވިޝާމް ހުރީ ރަކި ވެފައެވެ.

“ހާދަ މަޖާ ކަމެއް ވަނީތަ ތިހެވެނީ” އޮފީސް ނިންމާލާފައި ގެއަށް އައި ލަޔާންއަށް އެމީހުން ހޭތީވެ އަހާލިއެވެ.

ލޯގަނޑު ކުރިމަތީ އިށީންދެލައިގެން އިން ލަމްހާ ބަލަހައްޓައިގެން ހުރީ އަމިއްލަ ސޫރައަށެވެ. އެ އަނިޔާވެރިޔާގެ ތޫނު ވަކިތަކުގެ ސަބަބުން އެނާގެ ކަރުގަޔާ މޭމަތީގައި ވަނީ ލަކުނު ލާފައެވެ. ނަމަވެސް ލައިގެން ހުރީ ކަރު ކުޑަ އަތްދިގު ޓީޝާޓެއް ކަމުން ބޮޑުބައެއްވަނީ ނިވާވެފައެވެ. އޭނާގެ ދިގު އިސްތަށިގަނޑު ނިގުޅާލާފައި ކޮނޑު މަތިން ދެފަރާތަށް ދޫކޮއްލިއެވެ. ކަރު ފޮރުވާލުމަށެވެ.

ދެވަނަ ފަހަރަށް ނައުރާ އައިސް ގޮވުމުން މިދަނީއޭ ބުނެ ލަމްހާ ތެދުވިއެވެ. އެވަގުތު ބޮލަށް އެރީ ނުބައި ތަދެކެވެ. މޭގައިވެސް ރިއްސާލިއެވެ. ހީވަނީ މޭނުބައިކުރާ ގޮތް ވީހެނެވެ.

ފާހަނައާ ހަމައަށް ދެވުނީ ކިރިޔާއެވެ. ހޮޑާއެކު އެދުވަހު ކެއި ހުރިހާ އެއްޗެއް ބޭރުވެއްޖެއެވެ. ބަނޑު ހުސްވުމުންވެސް އޯކަށް ދެމެވެނީއެވެ ކެއްސާ ކެއްސާ ކަރުގައި ލޭރަހަވެސް ލާން ފެށިއެވެ. އަނގަ ދޮވެލާފައި ފާހަނަ ލޯގަނޑާ ދިމާއަށް ބަލާލެވުނެވެ. ދެން ހިތަށް އެރި އެއްޗަކުން ލަމްހާގެ ދެލޯ ބޯޑުވެގެން ދިޔައެވެ. ދެފަރަތަށް ބޯހޫރާލީ ގަބޫލުކުރަން ދަތިވެގެންނެވެ. އޭނާ ބަނޑު ބޮޑީހެއްޔެވެ. ނޫނެކެވެ. ޓެސްޓު ހަދާފައި ނޫނީ އޭނާ ގަބޫލެއް ނުކުރާނެއެވެ.

ލަމްހާ އަވަހަށް ޔުސްރާއަށް ގުޅާފައި ޕުރެގްނެންސީ ޓެސްޓު ކިޓެއް ގަނެދޭން ބުންޏެވެ. އަދި ފެން ފޮދެއް ބޯލާފައި ހަމަޖެހިލިއެވެ.

ލަމްހާ ތިރިއަށް ފޭބުމުން އެންމެން ދިޔައީ ކާގެއަށެވެ. ކެއުމުގެ ތެރެއިން ކައިވެނީގެ އެތަށް ކަމެއް ނިމިގެން ދިޔައެވެ. ކާގަޑީގައި ވާހަކަ ނުދައްކާ ހަމްޒާވެސް މިއަދު ވަރަށް ގަޔާވެގެން ސަމާސާ ކުރަމުން ދިޔައެވެ. ހީވާގޮތުން ކައިވެނި ކުރަން އުޅެނީ އޭނައެވެ. ވިޝާމް އާއި ލަމްހާ އަށް ވުރެ އުފަލުން ހުރީ ހަމްޒާއެވެ.

އެރެއެވެ. ވިޝާމްމެން ދިއުމުން ހަމްޒާއާއި ލުވޭޒާ ވަނީ އެމީހުންގެ ކޮޓަރިއަށެވެ.

“ހަމްޒާ.. މިހާރު ނޭނގުނަސް ވިޝާމްއަށް އަދި މިކަން އެނގޭނެ. އެގޮތަށް އެނގުމުން އެމީހުން ކިހާ ހިތް ހަމަ ނުޖެހޭނެ” ލުވޭޒާ ހަމްޒާގެ މަގަތުގައި އިށީންނަމުން ބުނެލިއެވެ.

“އެނގުނަސް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ. އަހުމަދު ގަބޫލު ކުރާނެ އަހަރެން ބުނާ ހުރިހާ ވާހަކައެއް. އަނެއްކޮޅުން ވިޝާމް ވެސް ކަންތައް ކުރާނީ އަހުމަދު ބުނި ގޮތަކަށް. އެހާ ކަންބޮޑު ނުވެބަލަ” ހަމްޒާ ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ. ލުވޭޒާ އިތުރަށް އެއްޗެކޭ ނުބުނެ ވަނީ ފާހަނައަށެވެ.

ލުވޭޒާ ދިޔަތަން ބަލަން ހުރި ހަމްޒާ ސިހުނީ އޭނާގެ ފޯނު ރިންގުވި އަޑަށެވެ. އެއީ އޭނާގެ ވިޔަފާރީގެ ބޮޑު ހިއްސާއެއް އޮންނަ އޭނާގެ އެއްބަފާ ބޭބެއެވެ.

“ކޮބާ މިހާރު ކިހިނެއް ކަންތައްތައް ކުރިއަށް ދަނީ” ހަމްދާދު ސުވާލު ކޮއްލިއެވެ.

“ވަރަށް އަވަހަށް ކައިވެނި ކުރެވޭގޮތަށް ނިމުނީ.. ލަމްހާ އާ ވިޝާމް ކައިވެނި ކުރެވުނުހާ އަވަހަށް އަހުމަދު ވިޔަފާރީގެ ބޮޑުބައެއް އަހަރެންގެ ނަމުގެ ދަށަށް އަންނާނެ. އަހަރެން ހީކުރި ވަރަށްވުރެ އަހްމަދު ގަޅި.. އޭނާގެ ދަރިފުޅު ވިޝާމްއަށް ލަމްހާ ވަރަށް ކަމުދޭ.. ދަރިފުޅަށްޓަކައި އަހްމަދު ކޮންމެ ފަދަ ބޮޑު ކަމެއްވެސް ކޮއްދޭނެ” ބެލްކަނީގެ ރެއިލިންގުގައި އަތް ވިއްދާލަމުން ހަމްޒާ ބުނެލިއެވެ. އޭރު އެ މޫނުގައި ވަނީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ.

“ތިހެން ވިއްޔާ ރަނގަޅު.. އަހްމަދުގެ ވިޔަފާރިއާ އަހަރެމެންގެ ވިޔަފާރި ގުޅިއްޖެއްޔާ އެއީ ވަރަށް ބޮޑު ފައިދާއެއް. ވަކި ހިސާބަކުން އެމީހުންގެ ނަންމަތީގައި ހުރި ހުރިހާ ތަނެއް އަހަރެމެންގެ ނަމަށް ބަދަލު ކުރުމަކީވެސް އުނދަގޫ ކަމަކަށް ނުވާނެ” ހަމްދާދު ހިނިއައިސްފައި ބުނެލިއެވެ.

“ހުމް.. ދެން މާދަން އޮފީހުން ދިމާވީމަ އިތުރަށް ތިވާހަކަ ދައްކާނީ”  ހަމްޒާ އަވަހަށް ފޯނު ބޭއްވިއެވެ. އެގޭތެރޭގައި އެވާހަކަ ދައްކާކަށް ހަމްޒާ ބޭނުމެއް ނޫނެވެ. ލުވޭޒާއަށް އަޑު އިވިއްޖެނަމަ ކަމަކު ނުދާނެއެވެ. އަމިއްލަ ފައިދާއަށް ދަރިންގެ ދިރިއުޅުމުގެ މުހިންމު ކަންތަކާ ބެހޭކަށް ލުވޭޒާ ހުއްދައެއް ނުދޭނެއެވެ.

ފަތިސް ނަމާދުގެ ބަންގީގެ އަޑު ފަޒާގައި ގުގުމާލީ ލަމްހާ ހޭލައި އޮއްވައެވެ. ތެދުވަން އުޅެފައިވެސް މަޑުކޮއްލީ މޭނުބައި ކުރާ ގޮތްވީމައެވެ. ރޭގައި އެއްގޮތަކަށްވެސް ނުނިދޭތީ ބޮލުގައި ކުޑަ ރިހުމެއް ހުއްޓެވެ. ހިތްވަރު ކޮއްލާފައި ލަމްހާ ތެދުވެ ފާހާނައަށް ވަނެވެ. މޫނު ދޮވެލައިގެން ނުކުމެ ނަމާދުކޮއްލިއެވެ. އެއަށްފަހު ސައިޑު ޓޭބަލް ވަތްގަނޑުގައި އޮތް ޓެސްޓު ކިޓު ހިފައިގެން ފާނާއަށް ވަނެވެ.

ލަމްހާ ފާހަނައަށް ވަތް ވަގުތަކީ ނިދިފައި އޮތް ޔުސްރާ އަށްވެސް ހޭލެވުނު ވަގުތެވެ. ލަމްހާ ފާހަނައަށް ވަތް ބޭނުން ދެނެގަނެވުމުން ޔުސްރާގެ ނިދި ފިލައިގެން ދިޔައެވެ. އަވަހަށް ތެދުވެ ފާހަނަ ދޮރުކައިރިއަށް މަޑުކުރިއެވެ.

15 މިނެޓުވިއިރުވެސް ލަމްހާ ދޮރެއް ނުހުޅުވައެވެ. ކަމެއް ގޯސްވެއްޖެކަން އެނގުމުން ޔުސްރާ ތަޅުގައި ހިފާލިއެވެ. ދޮރު ހުރީ ތަޅުލައިފައެވެ. ދެފަހަރަކު ދޮރުގައި ޖެހުމުންވެސް ޖަވާބެއް ނައެވެ. ޔުސްރާ ހާސްވެގެން ދޮރުގައި ތަޅަމުން ލަމް އޭ ކިޔާ ގޮވަން ފެށިއެވެ. ޔުސްރާގެ އަޑު އިވުނީ ޖެހިގެން ހުރި ކޮޓަރިން ނުކުތް ނައުރާއަށެވެ. ނައުރާވެސް އެކޮޓަރިއަށް ވަދެ ލަމްހައަށް ގޮވަން ފެށިއެވެ.

އިރުކޮޅަކުން ފާހާނަ ދޮރުގެ ތަޅު ނައްޓާލި އަޑު އިވުނެވެ. އެންމެ ފުރަތަމަ ފާހަނައަށް ވަނި ނައުރާއެވެ. ފާހަނަ ދޮރުކައިރީ މުށިގަނޑު މަތީގައި އިށީންދެއިން ލަމްހާ ފެނުމުން ނައުރާ ތިރިވިއެވެ. އެއްވެސް ހަރަކާތެއް ނެތި ލަމްހާ އިނީ ކަކޫ މަތީ އޮތް އަތުގައި ބޯއަޅައިގެންނެވެ.

ލަމްހާގެ އަތުގައި އޮތް ކިޓު ފެނުނީ ޔުސްރާއަށެވެ. އެއަށް އަރާފައި އިން ދެ ރަތް ރޮނގުބުރި ފެނުމުން ޔުސްރާގެ ދެލޯ ބޮޑުވިއެވެ. ލަމްހާ އެއިނީ ބަލިވެއެވެ.

ޔުސްރާއާއި ނައުރާ ލަމްހާ ގެންގޮސް އެނދުގައި ބޭންދިއެވެ. އޭރުވެސް ލަމްހާ އިނީ ތިރި ބަލަހައްޓައިގެންނެވެ. ލަމްހާ ކައިރީ ޔުސްރާ ބާންދާފައި ނައުރާ ނުކުތީ ފެންތައްޓެއް ބަލައެވެ.

“ނައޫ.. ހާދަ މައިރާ ހޭލާ ތިއުޅެނީ.. ނަމާދު ކޮއްގެން ނުނިދާ ދުވަހަކީތަ” ފަތިސް ނަމާދުކޮށް ނިމިގެން ބޭރަށް ނުކުތް ލުވޭޒާއަށް ނައުރާ ފެނުނެވެ.

ލުވޭޒާ ފެނުމުން ނައުރާގެ ދެލޯ ފެން ކަޅިވިއެވެ. ލަމްހާ ބަނޑުބޮޑުކަން އެނގިއްޖެއްޔާ ލުވޭޒާއަށް ވާނެ ގޮތެއް ހިތަށް އެރުމުން ދެރަވީއެވެ.

“ނައުރާ.. ކިހިނެއް ވީ؟ ބަލީތަ؟” ލުވޭޒާއަށް ނައުރާގެ ފެންކަޅިވެފައިވާ ދެލޯފެނުމުން އަހާލެވުނެވެ.

“ނޫން..” ނައުރާ ދެފަރާތަށް ބޯހަލުވާލިއެވެ.

“ނައުފަލް އަށް ކަމެއް ވީތަ؟” ލުވޭޒާ ހާސްވެފައި އަހާލިއެވެ. އޭނާ ހީކުރީ ނައުފަލް ބަލިވީ ކަމަށެވެ.

“ނޫން.. މަންމާ.. ލަމް..ލަމް” ލުވޭޒާއަށް އެހަބަރު ދޭނެ ގޮތެއް ނައުރާއަކަށް ނޭނގުނެވެ.

“ލަމްހާއަށް ކިހިނެއްވީ؟” ލުވޭޒާ މިހެން ކިޔާފައި ވަނީ ލަމްހާގެ ކޮޓަރިއަށެވެ.

އެނދުމަތީގައި ފައި ކުރުކޮއްގެން އިން ލަމްހާ ފެނުމުން ލުވޭޒާގެ ހިތް ނުތަވަސް ވިއެވެ. ކަމެއް ގޯސްވެއްޖެކަން އޭނައަށް ޝައްކުވެއްޖެއެވެ. ލަމްހާ ކައިރިއަށް ޖެހިލިވަގުތު ބިންމަތީގައި އޮތް ކިޓުފެނިފައި ލުވޭޒާގެ ހެޔަށް ގޮތް ވިއެވެ

ހީވީ ފައިދަށުން ބިންގަނޑު ދަމައިގެން ދިޔަހެނެވެ. ވަގުތުން ބޮލަށް އެނބުރުން އަރައިގެން ބިންމައްޗަށް ވެއްޓުނެވެ. ނައުރާ މަންމާއޭ ކިޔަމުން ގޮސް ލުވޭޒާ ކައިރިއަށް ތިރި ވެއްޖެއެވެ. އެއަޑަށް ހަމްޒާއަށާ ލަޔާންއަށްވެސް ނުކުމެވުނެވެ.

ލުވޭޒާ ހޭއެރީ މެންދުރު 11 ވެސް ޖަހާ ބޮޑުވިފަހުންނެވެ. އައިވީ ފުޅި ހުސްނުވާތީ އަދި ދުލެއް ނުކޮއްލައެވެ. ލުވޭޒާ ހަމައަކަށް އެޅިފައިވިއަސް އަދިވެސް ރުއިމެއް ނުހުއްޓެއެވެ. ލުވޭޒާ އޮތް ޕުރައިވެޓު ރޫމުގެ ބޭރުގައި ހުރި ގޮނޑިއެއްގައި ހަމްޒާ އިނެވެ. އޭނާގެ މޫނު މަތިން ފުރަތަމަ ފަހަރަށް ހާސްކަން ފެންނަން ފެށިއެވެ.

އިންނަން ހުރިހާ ކަމެއް ނިމިފައި އޮއްވާ މިކަހަލަ ކަމެއް ވެދާނެ ކަމަކަށް އޭނާ ނުވިސްނައެވެ.

“ބައްޕާ.. އަޅުގަނޑަށް ފެންނަނީ ވިޝާމް ގާތު ހުރިހާ ވާހަކައެއް ތެދަށް ބުނަން. ނޫނީ އެމީހުނަށް ގޯސްގޮތަކަށް ހީވެދާނެ” ލަޔާން ހަމްޒާގެ ކޮނޑުގައި އަތް ޖައްސާލަމުން ބުނެލިއެވެ.

“އަދި މަޑު ކޮއްލާ.. ބައްޕަ ގޮތެއް ނިންމާފަ ބުނާނަން” ހަމްޒާ މިހެން ބުނެފައި ތެދުވެއްޖެއެވެ. އެވަގުތު ޔުސްރާއާއި ނައުރާވެސް އަތުވެއްޖެއެވެ. އެމީހުން އެއައީ ލަމްހާގެ ޓެސްޓާ ސްކޭންގެ ނަތީޖާ ހިފައިގެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

އިމްތިޙާން 31

Next

ލޯބިވާއޭ 10

Next
October 19, 2020

ލޯބިވާއޭ 10

Previews
October 19, 2020

އިމްތިޙާން 31



All Right Reserved!