Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިން ލަފްޒުން (7)

Dheem&Eekku Level 410 Stories100 Login500 Login
October 28, 2020 4 Mins Read
0 Comments

ފުން ވިސްނުމެއްގެ ތެރޭގައި ވަނިކޮށް ސުހާން ސިހުނީ ވަރަށް ބާރު ދުވެއްޔެއްގައި އައި ސްނޯ ބޯޅައެއް އޭނާގެ ބޮލުގައި ޖެހުމުންނެވެ. ނުވިސްނަ އިންދާ ޖެހުމުން އޭނާ ނުވެއްޓުނީ ކިރިޔާއެވެ.

****

އެއީ ކާކުގެ ކަމެއްތޯ ބަލަންވެގެން ފަހަތަށް އެނބުރުނު އިރު އެތާ ބައިވަރު ކުދިން ކުޅެން އުޅެއެވެ. އެކުދިންތަކުގެ ތެރެއިން އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި އަންހެން ކުއްޖާ ފެނުމުން އެއީ އެކުއްޖާގެ ކަމެއް ކަމަށް ސުހާންއަށް ހީކުރެވުނެވެ.

ބެންޗުން ތެދުވެފައި އޭނާ އެކުއްޖާއާއި ދިމާއަށް ދިޔައެވެ.

“އަވަހަށް ސޮރީ ބުނޭ” ސުހާން ވާހަކަ ދެއްކީ އިނގިރޭސިންނެވެ.

ނަމަވެސް އެކުއްޖާ ބޯހޫރާލާފައި ދުރަށް ދާން ހިނގައި ގަތެވެ. ނަމަވެސް ސުހާން ގޮތް ދުލެއްނުކުރިއެވެ. އެކުއްޖާގެ ޖެކެޓުގެ ފަހަތަށް ވެއްޓިފައި އޮތް ބައިގައި ހިފާ ހުއްޓުވިއެވެ.

އެކުއްޖާ ސަލާމަތް ކުރާށޭ ކިޔާ ހަޅޭ ލަވައިގަތެވެ.

ލީންގެ އަޑު ކަންފަތުގައި ޖެހުމާއެކު ލަމްހާ ސިއްސައިގެން ދިޔައެވެ. ލީން ކޮބައިތޯ ބަލާލިއިރު ކުޅެން ތިބި ކުދިން ތަކުގެ ތެރޭގައި އޭނާ އެއް ނެތެވެ. ކަންބޮޑުވެގެން ވަށާ ހޯދަނިކޮށް ލަމްހާގެ ލޯ ހުއްޓުނީ ތަންކޮޅެއް ދުރުގައި ހުރި ލީންއަށެވެ. ނަމަވެސް ލީން ގާތު ހުރި ފިރިހެނާ ފެނިފައި ފަޔަށް ބާރުލައި ދުއްވައި ގަނެވުނެވެ.

އެދިމާއަށް ދުވެފައި އަންނަ ލަމްހާ ފެނިގެން ލީން އަވަހަށް ޖެކެޓުގައި ހިފަހައްޓައިގެން ހުރި ސުހާންގެ އަތުގައި ދަތް އެޅިއެވެ. ހަޅޭ ލަވައި ގަނެފައި ސުހާން ޖެކެޓުން ދޫކޮއްލިއެވެ. ވަގުތުގެ ބޭނުން ހިފާފައި ލީން ލަމްހާއާއި ދިމާއަށް ދުއްވައިގަތެވެ.

“ލީން ކިހިނެއްވީ.. ދޫނި ކީއްވެ ތި ހަޅޭލަވަނީ” ލަމްހާ ލީންގެ ކައިރިއަށް ތިރިވެލަމުން އަހާލިއެވެ. ލަމްހާގެ އަޑުގައި ހުރި ހާސްކަން އެނގުމުން ލީން ކުޑަކޮށް ހެވުނެވެ.

“ކޮއްކިއަކަށް ނުވެއޭ ކަމެއް.. މަންމަ ބުނީމެއްނުން ބަސްނާހާ މީހަކު ފެނުނީމަ ބާރަށް ހަޅޭލަވާށޭ.. އެހެންވެ ލީން ބާރަށް ހަޅޭލެވީ. އެމީހާ ކޮއްކޮއަކަށް ކަމެއް ނުކުރެއޭ” ލީން ލަމްހާ ހަމަޖައްސައި ދިނެވެ.

ލީން އަށް ކަމެއް ނުވާކަން ޔަގީންވުމުން ލަމްހާ ހީލިއެވެ. ނަމަވެސް ދެވަނަ ސިކުންތު އޭނާގެ މޫން ފުސްވިއެވެ. ލީން ކައިރީ އެހުރި މީހާގެ ނިޔަތް ރަނގަޅު ނުވާނެ ކަން ލަމްހާއަށް ވިސްނުނެވެ. އެމީހާ ލީންއަށް ކަމެއް ނުކުރަނީސް ލަމްހާއަށް އާދެވުން އެއީ ނަސީބޭ އޭނާ ހިތަށް އެރިއެވެ. އެހެން ނުންނަމަ ވާނެ ގޮތެއް ހިތަށް އަރުވާލުމުންވެސް ލަމްހާ ރޫރޫ އަޅައިގަތެވެ. ލަމްހާއަށް ދިމާވިކަހަލަ ގޮތެއް ލީންއަށް ވާކަށް ލަމްހާ ދުވަހަކުވެސް ބޭނުމެއް ނޫނެވެ.

ރުޅިއައިސް ހުރިލެ ބޮޑުކަމުން އޭނާ ފަޔަށް ލެވުނު ބާރެއް ލައި ތެދުވިއެވެ. އަދި މީހުން އެއްކޮއްފައި އެމީހާ ލަދު ގަންނަ ވަރަށް ފަލީހަތް ކޮއްލަން ލަމްހާ ބޭނުންވިއެވެ.

އިސްއުފުލާލާފައި އެމީހާއާ ދިމާއަށް ބަލާލިވަގުތު ބުނަން އުޅުން ބަސް އަރުތެރޭ ތާށިވިއެވެ. ކަޅި ޖަހާނުލާ ލަމްހާއާއި ދިމާއަށް ބަލަހައްޓައިގެން ހުރި ސުހާންގެ ފެހި ދެލޯފެނިފައި އޭނާ ސިހުނެވެ. ކުޑައިރު ކޮޅަކަށް އޭނާގެ ސިކުނޑި ހުއްޓުން އެރިއެވެ. އެމީހާއާ ދިމާއަށް ކިޔަން ހިތުލައިގެން ހުރި ބަސްތަށްވެސް ހަނދާން ނެތިއްޖެއެވެ.

ކުރިމަތީގައި ފެންނަން މިހުރީ ކޮންފަދަ ހިތްގައި މަންޒަރެއް ހެއްޔެވެ. އެންމެ ފުރަތަމަ ފެނުނެ ދުވަހުވެސް ސުހާންގެ ރީތިކަން ލަމްހާއަށް ފާހަގަވިއެވެ. ނަމަވެސް މިފަހަރު ކުރިއަށް ވުރެ ރީތިހެން ހީވެއެވެ. އޭނާގެ މުށިކުލައިގެ ފަން އިސްތަށިގަނޑަށް އިރުގެ ރަން ދޯދި އެޅިފައި ހުރިއިރު ވަރަށްވެސް ރީއްޗެވެ. އޭނާގެ ފެހިދެލޮލުގައި އެވާ ދަގައްފާނުގެ ބާރުން ލަމްހާވެސް އެދެލޮލުގެ ތެރެއަށް ގެބެންފެށިއެވެ. ލަމްހާ ސިހުނީ ލީން އޭނާގެ އަތުގައި ހިފާ ދަމާލުމުންނެވެ. އޭރު ލީން ހުރީ ފާޑަކަށް ހެވިފައި ބަލަހައްޓައިގެންނެވެ.

“ކަލޭތަ؟.. ” ލަމްހާއަށް ހަމަހޭވެރިކަން ވެރިވުމުން ބުނެލެވުނެވެ. އޭނާ އަދިވެސް ހުރީ ކުރީދުހުގެ ކަންތަކާ ސުހާންދެކެ ހިތްހަމަ ނުޖެހިފައެވެ.

ލަމްހާއަށް ގެއްލިފައި ހުރި ސުހާން ސިހުނީ ލަމްހާ ވާހަކަ ދެއްކުމުންނެވެ.

“ކިއެއް ކުރާނަމޭ ހިތާ ތިއުޅެނީ؟ ކަލެއްކަށް ކުޑަ ކުއްޖެ ބޮޑު މީހެއް ނޯވޭދޯ.. ހުންނަ ގޮތްކުޑަކަން” ލަމްހާ ރުޅިއައިސްގެން ބާރަށް ބުނެލިއެވެ.

“ކީކޭ؟.. އަހަރެންތަ އަދިވެސް ގޯސްވީ” ސުހާން ހުރީ ވާނުވާގައެވެ.

“އަދިވެސް އެހެން މީހަކު ދޯ ގޯސްވީ.. ތިކަހަލަ ފިރިހެނުންގެ ނޯންނާނެ އެއްވެސް ކުށެއް.. ކަލެމެން ކުރާ ހަޑި މުޑުދާރު ކަންތަކަކީވެސް އަންހެނުންގެ ކުއްދޯ!” ލަމްހާ އަނެއްކާވެސް އަޑު ބާރު ކޮއްލިއެވެ.

“އޭއޭ.. ތިހީކުރެވުނީ މުޅިން ގޯސްކޮށޭ.. އަހަރެން އެ ކުއްޖާއަކަށް ކަމެއް ކުރާކަށް ނޫޅެމޭ.. އެކުއްޖާ އަހަރެންގެ ބޮލުގަ ޖެހީމަ އަހަރެން ބުނީ ސޮރީ ބުނާށޭ.. އޭނާ ސޮރީނުބުނެ ދާން އުޅެން ހެދީމަ އަހަރެން ހިފީ ހަމައެކަނި އޭނާގެ ޖެކެޓުގަ..” ސުހާން ކަން ވީގޮތް ކިޔައިދިނުމުން ލަމްހާ ކުޑަކޮށް ރަކިވިއެވެ. އޭނާއަށް ވިސްނުނީ މުޅިން އެހެން ގޮތަކަށް ކަމުން އޭނާ ލަދުގަތެވެ.

“މައްސަލަ އެއްނެތޭ… ކަލޭ.. ކަލޭ ތީކުޑަ ކުއްޖެއްތަ؟.. އެވަރު ކަމެއް ބޮޑު ކަންތައް ގަނޑަކަށް ހަދަން” ލަމްހާ އަދިވެސް ހުރީ ގޮތް ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ.

“އަދިވެސް އަހަރެންދޯ ބޮޑުކަމަކަށް ހެދީ.. އަވަހަށް މާފަށް އެދޭ.. އޭރުން އަހަރެން މިކަން ނުވާކަމަކަށް ހާދާލާނަން” ލަމްހާ ހުރީ ލަދު ގަނެފަކަން އެނގުމުން ސުހާން އަވަހަށް ބުނެލިއެވެ.

“މާފަށް އެދޭވަރުގެ ކަމެއް އަހަރެން ނުކުރަން” ލަމްހާ ހަށަން ބަނދެލިއެވެ.

“އަހަރެންގެ ބޮލުގަ ތިވަރުގެ ބޮޑު އިލްޒާމެއް އަޅުވާފަވެސް.. ތިބުނީ މާފަށް އެދެން ޖެހޭ ވަރު ކަމެއް ނުކުރަމޭ.. ކަލޭގެ  މަންމަ ދަސްކޮށެއް ނުދޭތަ ސޮރީ ބުނާކަށް” ސުހާންވެސް ހަށަން ބަންދެލާފައި ބުނެލިއެވެ.

ލަމްހާ ގާތަށް އައީ ހިންޏެވެ. މިހާ ކަންތައް ފަލަ ފިރިހެނެއް މިނޫނީ އަދި އޭނާ ނުދެކެއެވެ. ރަނގަޅަށް އެއްޗެހި ކިޔާލާނަމޭ ހިތާ އަނގަ ހުޅުވާލިތަނާ ލަމްހާގެ ފޯނު ރިންގުވިއެވެ.

ފޯނަށް އަރާފައި އިން ލަޔާންގެ ނަން ފެނުމުން އޭނާ ތުންފަތް ފިއްތާލިއެވެ. ރުޅި ފިނިކޮއްލާފައި އޭނާ ފޯނު ނެގިއެވެ.

އަދި ލީންގެ އަތުގައި ހިފައިގެން ދުރަށް ހިނގައި ގަތެވެ.

“އޭ.. ކޮބާ ދޮންނަން ދިން މަގޭ ކޯޓު” ސުހާން ބާރަށް ބުނެލިއެވެ.

“ނޭނގެ.. ކުނިވަށިގަނޑަށް ލެވުނީ ކަންނޭނގެ.. މިހާރު ކުނި އުކަލާ މީހުން އައިސް އެއެއްޗެހި   ގެންގޮސްފި .. އެހާ ބޭނުންވަންޏާ ދޭ ކުނިގޮނޑު ހާވަން” ލަމްހާ މަލާމަތުގެ ރާގަކަށް ބުނެލާފައި ހިނގައްޖެއެވެ.

ދުރުވަމުން ދިޔަ ލަމްހާއަށް ބަލަހައްޓައިގެން ސުހާން ހުރިއިރު އެ ތުންފަތް މަތީ ވަނީ ހިނިތުންވުމެވެ. ސުހާންއަކީ އަންހެން ކުދިންނާ ސަމާސާކޮށް ވާހަކަ ދެއްކި މީހެއް ނޫނެވެ. ނަމަވެސް  ލަމްހާ ފެންނައިރަށް ދިމާކޮށް ޖެއްސުން ކުރާ ހިތްވަނީ ކީއްވެ ކަމެއް އޭނާއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ނަންވެސް ނޭނގޭ އެ އަންހެން ކުއްޖާ ފެނުނު ކުޑަ ވަގުތު ކޮޅުގައި އޭނާގެ ހިތަށް ހަމަޖެހުން ލިބުނު ކަމެވެ.

ޖެހިގެން އައި ރެއެވެ. ލީން ނިންދަވާފައި ލަމްހާ ނުކުތީ ބޭރަށެވެ. ބަސް ސްޓޮޕް ކައިރިއަށް ބަސް މަޑު ކޮއްލުމުން އޭނާ ބަހަށް އެރިއެވެ. މާދަން ކެއްކުމަށް ބޭނުންވާ ބައެއް ސާމާނު ގަންނަން ޖެހިފައި ހުރުމުން މާރުކޭޓަށް ދިއުމަށެވެ.

މާރުކޭޓުގައި ވަރަށް މީހުން ގިނައެވެ. ބޭނުންވާ ތަކެތި ވަށިގަނޑަށް އަޅައިގެން ފައިސާ ދައްކަން ދިޔައިރު ބޮޑު ކިއުއެއް އޮތެވެ. ފައިސާ ދައްކައިގެން މާރުކޭޓުން ނުކުތް އިރު ވަރަށް ލަސްވެސް ވެއްޖެއެވެ.

ގަޑިޖެހުމުގެ ކުރިން ބަސް އަތުނުވެދާނެތީ ލަމްހާ ހިނގީ ވަރަށް ބާރަށެވެ. ނަސީބު ދެރަކަމުން ލަމްހާއަށް އެތަނަށް އާދެވުނީ ބަސް ނައްޓާލިފަހުންނެވެ. ދެން އަންނަ ބަސް އަންނަން އަދި ވިއްސަކަށް މިނެޓު އެބަ އޮތެވެ.

ލަމްހާ ފޯނު ނަގާ ގަޑި ބަލާލިއެވެ. އޭރު ވަރަށް ލަސްވެއްޖެއެވެ. މިހާ ލަސްވުމުން ބޭރުގައި އުޅުމަކީ ލަމްހާ ވަރަށް ބިރުގަންނަ ކަމެކެވެ. ނަމަވަސް އެހާ ދުރަށް ހިނގާފައި ދާކަށްވެސް ނުކެރޭނެއެވެ. އެންމެ ފަހުން ބަސް އަންނަންދެން މަޑުކުރަން އޭނާ ނިންމިއެވެ.

“ހަލޯ އާޒިމް.. ހާދަ ލަހޭދޯ… މަމިހާރު މަގުގަ ހުންނަތާ ކޮންއިރެއް؟” އާޒިމް ފޯނު ނެގުމާއެކު ސުހާން ރުޅިއަންނަ ކަމަށް ހެދިފައި ބުނެލިއެވެ.

“އާން.. މިއޮއަށް ދެވެނީ..” އާޒިމް ފޯނު ކަނޑާލާފައި ކާރަށް އަރާ ދުއްވާލިއެވެ. އާދައިގެ ދުވެއްޔެއްގައި ކާރު ދުއްވަމުން ދިޔަ އާޒިމްއަށް ދަންނަ މީހަކު ފެނުނުހެން ހީވިއެވެ. ބަސް ސްޓޮޕް ބެންޗެއްގައި އިށީންދެގެން އިން ލަމްހާ ފެނިގެން އާޒިމް ކާރު ހުއްޓާލިއެވެ.

އާޒިމްއަކީ ލަޔާންއާއި އެއްކުލާހެއްގައި ކިޔަވަން އުޅުނު ގާތް އެކުވެރިއެކެވެ. އެގާތްކަން ލަމްހާއަށްވެސް އޮވެއެވެ. ލަމްހާވެސް އާޒިމް ދެކެނީ ބޭބެއެއް ގޮތަށެވެ.

“ލަމް… ކިހިނެއްވެފަ ތީނީ؟” އަޒިމް ކާރު އެތަނާ ގާތް ކޮއްލާފައި ލޯގަނޑު ތިރި ކޮއްލިއެވެ.

“އާޒިމް… ހާދަ ދުވަހެއް ކޮއްލާފަ މިފެނުނީ.. ކިހިނެއްތަ؟” ލަމްހާވެސް ހައިރާންވެފައި އަހާލިއެވެ.

“ކޮންމެހެން މަގޭ ހާލު ބަލާނެ ކަމެއް ނެތް… ލަމް ތިއީވާ ރަނގަޅު މީހެއް.. އަހަރެންގެ ވެޑިންނަށް ނައިތާގަ މިއޮށް ހުރިހާ ދުވަހު އެއްފަސްގަނޑެއްގަ އުޅުން އިރު ބައްދަލުވެސް ކޮއްނުލާ” އާޒިމް ހިތްހަމަ ނުޖެހުނު ކަން އަނގާލާފައި ބޮޑާ ހާކާލިއެވެ.

“ސޮރީ.. ކިހިނެއް ވެޑިންއަށް ދާނީ.. އަހަރެން އޭރު ހުރީ ވިހަން ވަރަށް ކައިރި ވެފަ.. އާޒިމްވެސް ރަނގަޅުދޯ އަހަރެން ހާލު ބަލާލަން ގުޅާލިއްޔަ” ލަމްހާވެސް ބޮޑާ ހާކާލިއެވެ.

“ހެހެ.. ބަސް އަންނަންދެންތަ ތިހުންނަނީ؟ ހިނގާ އަހަރެން ގެންގޮސްދޭނަން” އާޒިމް ކާރު ދޮރު ހުޅުވާލާފައި ދައުވަތު ދިނެވެ.

“ތެންކްސް”  ލަމްހާ އުފަލުން ކާރު ކުރީ ސީޓަށް އެރިއެވެ.

“ލަމް.. އަދި އެބަޖެހޭ ތަނަކަށް މަޑު ކޮއްލަން.. އޯކޭދޯ؟” އާޒިމް ލަމްހާއާ ދިމާއަށް ބަލާލަމުން އަހާލިއެވެ.

ލަމްހާ މައްސަލައެއް ނެތޭ ބުނުމުން އާޒިމް ސުހާންގެ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.

އާޒިމް ކާރު ފެނުމުން ސުހާން އެދިމާއަށް ހިނގައިގަތެވެ. ކުރީ ސީޓުގައި އަންހެން ކުއްޖަކު ހުރިކަން އެނގުމުން ސުހާން އެރީ ފަހަތަށެވެ.

“އާޒިމް ކަލޭ ވަގު ބިޓުން ގެން ގުޅޭކަން އެނގިއްޖެއްޔާ އޭޝްލީ މެޑަމް ކަލޭގެ ދުވަސް ދުއްވާލާނެ އިނގޭ” ކުރީ ސީޓުގައި އިން ކުއްޖާއާ ދިމާއަށް ބަލާލަމުން ސުހާން ދިމާކޮއްލިއެވެ.

ލަމްހާވެސް ފަސްއެނބުރި ބަލާލީ އެވަގުތުއެވެ

“ކަލޭތަ؟” ދެމީހުނަށް އެކުއެކީ އަހާލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ހިތި ނިމުން 10

Next

އަންނަންދެން ހުންނާނަން ލޯބިން (އިޢުލާން)

Next
October 28, 2020

އަންނަންދެން ހުންނާނަން ލޯބިން (އިޢުލާން)

Previews
October 27, 2020

ހިތި ނިމުން 10



All Right Reserved!