Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ކުށަކީ ކޮބާ – 3

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
February 21, 2024 3 Mins Read
2 Comments

މައިރީންގެ ހާލަތު އައިނާއަށް އިހްސާސް ވިފަދައެވެ. ” ސޯ ތިމީހުން އައިނާމެނަށް އިންވައިޓް ކުރީ މައި ދެރަކުރަން ތަ؟؟ ” މައިރީން އައިނާގެ އަތުގައި ހިފާލުމަށް ފަހު ދެފަރާތައް ބޯ ހޫރުވާލީ ތި ވާހަކަ ކުރިއަށް ނުގެންދާށޭ ބުނާފަދައަކުންނެވެ.

” ޕްލީޒް މިތަނަށް ތިއެންމެން ކައިރީގަ އަންނަން ބުނީ އެކަކު އަނެކަކަށް ބުލީ ކުރާކަށެއް ނޫނޭ.. ދެން ނޭނގެ އެންމެން ދިމާވާނީ ކޮންއިރަކުން ކަމެއްވެސް.. އެކި މީހުން އެކި ތަނަށް ދާނީ.. ސޯ ޕްލީޒް ޝިޔާ އެންޑް ޖީ ސްޓޮޕް އިޓް. ” ޔަލާ ހިތްހަމަ ނުޖެހިފައި ޝިޔާއަށާއި ޖީނާއަށް ބަލާލަމުން ބުނެލިއެވެ.

” ކޭކޭ މަމްމްމް… މަޖާކޮއްލީއޭ ދެން..” ޖީނާ ފޫހި ގޮތަކަށް ބުނެލިއެވެ. “ޔޫ ޓޫ ސޮރީ ބުނަންވި މައިއަށް… ނައު!!..” ޔަލާ ހިތްހަމަނުޖެހިފައި ބުނެލިއެވެ. އޭރު މައިރީން އިސްޖަހާގެން ހުރެ އެކުދިންނާ އެއްވަރަށް ހިނގަމުން ދިޔައެވެ. ނަމަވެސް ރީމާއަށް މިއިން އެއްވެސް ކަމެއް ފާހަގަވިހެން ހިއެއް ނުވެއެވެ. އޭނަ ދިޔައީ ޝިޔާގެ އެކުވެރިއެއް ކަމަށްވާ ފައިހާއާއި ހީހީފައި ވާހަކަ ދައްކަމުންނެވެ.

” އޭމް ސޮރީ ބޭބީ މައި..” މޫނަށް ވައްތަރެއްޖައްސާލަމުން ޝިޔާ ބުނެލިއެވެ. މައިރީންވެސް އަސަރެއް ނެތް ގޮތަކަށް އިޓްސް އޯކޭ އޭ ބުނެލިއެވެ..

މައިރީން ވަނީ އެ ގްރޫޕް ކުދިންގެ ހަނގާ ކުރުންތަކަށް ހޭނިފައެވެ. ވާނިވެސް އެހެނެއްނުން ހެއްޔެވެ. ގްރޭޑް ތިނަކުން ފެށިގެން އެކުދިން މައިރީންއަށް ހަނގާ ކުރެއެވެ. އެދުވަސްކޮޅު ޔަލާވެސް މައިރީންއަށް ހަނގާ ކުރިއެވެ. ނަމަވެސް ޔަލާ އެކަން ދޫކޮށްލީ މީހަކަށް ދެރައެއް ދީގެން އޭނައަށް ހިތްހަމަޖެހުމެއް ނުލިބޭނެކަން އެނގުމުނަނެވެ.

މައިރީން ހިނގަމުން ދިޔައިރު މައިރީންގެ ހަނދާނަށް އަންނަމުން ދިޔައީ މީގެ 7 އަހަރު ކުރީގަ ހިނގި ކުޑަ ހާދިސާއެވެ.

***

މައިރީންގެ ދައްތައެއް ކަމަށްވާ ސިރީން އަކީ އޭރު ޓިއުޝަންދޭ މީހެކެވެ. އެއްދުވަހު މައިރީންއަށް ލަނޑެއްދިނުމަށްޓަކައި ފައިހާ އާއި ޔަލާ ރޭވިއެވެ. ސަބަބަކަށްވީ މިއަދު އެދެކުދިން ސްކޫލަށް ޗުއިންގަމް ގެނައި ވާހަކަ މައިރީން ޓިޗަރު ކައިރީ ބުނުމެވެ. އެހެންކަމުން އެކުދިން މައިރީންއަށް ޓިއުޝަނަށް އައިސް އެކިވަރުގެ އުނދަގޫ ކުރިއެވެ. އެގޮތުން މައިރީންގެ އިސްތަށިގަނޑަށް ދަމާ ފޮތް ފޮރުވާ ހެދިއެވެ. މައިރީން ހިފައްޓާގެން ހުރި ރުޅިގަނޑު ފަޅާގެން ދިޔައީ މައިރީން އެހާވަރުން ހަދާ ނިންމި ފިލާވަޅުގައި ޔަލާ ކުރަހައި ގަތުމުންނެވެ.

މައިރީން ހުރީ އެކުދިން އެހާވަރަށް އުނދަގޫ ކުރުމުން ބޮލުގައިވެސް ރިއްސާފައެވެ. އެހެންކަމުން މައިރީން އައި ރުޅީގައި ޔަލާގެ ފޮތުގައި ކުރަހާގަތެވެ. ފައިހާ ވަގުތުން ބާރަށް މައިރީން މަންމައަށާއި ސިރީންއަށް ގޮވާފައި މައިރީން ޔަލާ ފޮތުގައި ކުރެހި ވާހަކަ ބުންޏެވެ. އެވަގުތު މައިރީން މަންމަ ރުޅި އައިސްފައި މައިރީންއާއި ދިމާލަށް އެއްޗެހި ކިޔަން ފެށިއެވެ. އަދި މައިރީންގެ އަޑު އެހުމެއްނެތި މައިރީން އުރާލައިގެން ގެންގޮސް ގިފިލީގައި ހުރި ވަޅަށް އެކޮޅުކޮޅުން ތިރިކުރިއެވެ. އޭރު މައިރީން ދިޔައީ އެހެން ނުހަދާށޭ ކިޔާ ބާރަށް ރޮމުންނެވެ. ޔަލާއަށް މިތަން ފެނި ވަރަށް ދެރަވިއެވެ. ނަމަވެސް ފައިހާ ހުރީ މައިރީންއަށް ދެރައެއް ދެވުމުން ހެވިފައެވެ. ޔަލާ އަވަހަށް ސިރީންއަށް ވީގޮތް ކިޔާދިނުމަށް ފަހު އެކަމުގެ މައިރީންގެ ކުށެއް ނުވާ ކަމަށް ބުންޏެވެ. އޭރު މައިރީން އެގޮތަށް ވަޅަށް ތިރިކޮށްފައި ބާއްވާތާ 7 ވަރަކަށް މިނެޓް ފާއިތު ވެއްޖެއެވެ. މައިރީން އޮތީ ރޮއެރޮއެ ވަރުބަލިވެފައެވެ. ޔަލާ އެހެން ބުނި އަޑު އިވުމާއެކު، ޝިޔާމާ އަވަހަށް މައިރީން ނެނގިއެވެ. މައިރީން ދިޔައީ ގިސްލަގިސްލާފައި ރޮމުންނެވެ. ޝިޔާމާ މައިރީންގެ ގައިގައި ބައްދާލަން އުޅުން ވަގުތު މައިރީން ދުވެފައިގޮސް ކޮޓރިއަށްވަދެ ތަޅުލިއެވެ.

***

އެދުވަސް މަތިން ހަދާންވުމުން މައިރީން އަދިވެސް ދެރަވެއެވެ. އޭގެ އަނެއްދުވަހު ޔަލާ މައިރީން ގާތުން މާފަށް އެދި، އެފަދަކަމެއް ދުވަހަކު ނުކުރާނެ ކަމަށް ބުނެ ވައުދުވިއެވެ. މައިރީންއަށް ހަދާންތަކުން ދުރަށް ދެވުނީ އައިނާ މައިރީންގެ ހަށިގަނޑުގައި ގިލިގިލި ކޮށްޓަން ފެށުމުންނެވެ. އެއީ އައިނާ މައިރީން ދެރަވެފައި ހުރި ނަމަ އަބަދުވެސް ހެއްވާލަން ބޭނުން ކުރާ އުކުޅެކެވެ.

ޖީނާ އާއި ފައިހާ އެކުދިންނަށް އުދަނގޫ ކޮށްކޮށްފައި ފޫހި ވެގެން އެތަނުން ގޮސްފިއެވެ. ” ސޯ ގާލްސް ކީއްކޮށްލަން ތި ވިސްނަނީ ސްކޫލު ނިމުނީމަދެން؟؟.. ޔަލް މިއުޅެނީ އޭލެވެލް ހަދަން ދާން ކަމަށް.. ތިމީހުން ނަހަދަން ތަ؟” ޔަލާ ބުނެލިއެވެ. އެއާއެކު ކުލާހުގެ 3 ކުދިން އޭލެވެލް ހަދާނެ ކަމަށް ބުންޏެވެ. މައިރީންއާއި އައިނާ ހަދަނީ ކޯހެއް ކަމުގައި ބުންޏެވެ. މައިރީންގެ ހުވަފެނަކީ ލޯޔަރަކަށް ވުމެވެ. އަދި އައިނާގެ ހުވަފެނަކީ ޖާރނަލިސްޓްއަކަށް ވުމެވެ. ދެކުދިންގެ މަގްސަދަށްވެފައިވަނީ މުޖުދަމައުއަށް ތެދުހާމަކޮށްދީ އިންސާފު ހޯދާދިނުމެވެ. ރީމާ އަކީ ކުރެހުމަށް މޮޅުކުއްޖަކަށް ވުމުން، ރީމާ ބޭނުންވީ އާރޓިޓެކްޗާރ ކޯހެއް ފުރިހަމަ ކުރާށެވެ. ރީމާ މިއަހަރު މާލެ ބަދަލުވާއިރު އައިނާ އާއި މައިރީން ވަނީ ކޯހުގެ ފައުންޑޭޝަން ނިމެންދެން ރަށުގައި މަޑުކުރަން ނިންމާފައެވެ.

އެކިއެކި ކަންކަމާއި މަޝްވަރާކުރަން ތިބި ކުދިންނަށް ހޭވެރިކަމެއްވީ މަޣްރިބް ނަމާދު ބަންގީގެ އަޑަށެވެ. ” ގަޑި ހާދަ އަވަހަށޭ ދޯ މިއަދު އެދިޔައީ” ރީމާ އެހެން ބުނުމުން އެހެން ކުދިން އެކަމާ އެއްބަސްވެ ގެއަށްދާން ހިނގާގަތެވެ.

އެވަގުތު ރީމާ ރައްޓެހިވެގެން އުޅޭކުއްޖާ ނިޔާން އައިސް ރީމާ ގައިގައި ކުޑަކޮށް ބައްދާލިއެވެ. އައިނާ އާއި މައިރީން ވަގުތުން ދެމީހުނަށް ދިމާކުރަން ފެށިއެވެ. “18 ނުވެފަ ދޯ މިމީހުން މިތިބެނީ” މައިރީން ލާނެތް ގޮތަކަށް ހެމުން ބުނެލިއެވެ. ” ޔެގީނެއްނުން… އައި އަށް ޔަގީން މެރީ ކުރީމަ ރީ އައިމެނަށް ނުދައްކާލާނެކަން މި ނިޔާނުގަނޑު ” އައިނާވެސް ހެމުން ދިމާކޮށްލިއެވެ.

” ކާކު މިފަހަރު ފެށީ ” ނިޔާން މައިރީން އާއި ދިމާލަށް ބަލާލަމުން ބުންޏެވެ. މައިރީން ނިޔާންއަށް ބަލައިލާފައި އުނދަގޫ ގޮތަކަށް ހިންދިރުވާލިއެވެ. “އެންޑް ދެޓްސް މައި ކިޔު ޓު ރަން… ޕްލެޝާރ ޑޫއިން ބިޒްނެޒް ވިތް ޔޫ” މައިރީން އެހެން ބުނެ ދުއްވާގަތެވެ. “ޔޫ ކާންޓް ރަން ފްރޮމް މީ ކަޕްކޭކް” އެއާއެކު ނިޔާންވެސް މައިރީން ފަހަތުން ދުއްވާގަތެވެ.  ” ލައިވް ޓޮމް އެން ޖެރީ ފެށުނީ މި..” ރީމާ ހެމުން ބުންޏެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ލެއިން ކަޅިވެފާ

Next

ލެއިން ކަޅިވެފާ

Next
February 25, 2024

ލެއިން ކަޅިވެފާ

Previews
February 21, 2024

ލެއިން ކަޅިވެފާ

2 Comments!

  1. Banaana says:
    February 22, 2024 at 2:04 pm

    Mi part ves vrh reethi…❤️so emotional 💔🥹
    Waiting for the next …🤗

  2. Maash Butterflyyyyy says:
    February 25, 2024 at 10:25 pm

    Thanks banana next part submit kohlaafin dhemme😊

Comments are closed.

Next Episodeކުށަކީ ކޮބާ – 4←


All Right Reserved!