Skip to content
އެސްފިޔަ

ކުށަކީ ކޮބާ

އަޅި ކުލަ އާއި ކަޅު ކުލައިން ޒީނަތް ކުރެވިފައިވާ އިސްކޫލުގެ ސްޓޭޖް މަތިން ފެނިގެން ދަނީ 2023 އަހަރު ކިޔެވުން ނިމި މުޖުތަމައުއަށް ނިކުމެގެން ދާނެ ކުރި އޮތް ޖީލުގެ ކުދިބައެވެ. އެކި ކުދިންގެ މޫނު މަތިން ފެނިގެން ދަނީ އެކިކުލައެވެ. ބައެއްކުދިންގެ މޫނުމަތިން އުފާވެރިކަން ފެންނައިރު އަނެއްބައި ކުދިންގެ މޫނުމަތިން ފެންނަނީ ހިތާމައެވެ. ވާނީވެސް އެހެނެއްނުން ހެއްޔެވެ. 10 އަހަރު އެއްކޮށް އުޅެފައި ވަކިވާން ޖެހުމުން އުދަގޫވާނެ އެއްނުން ހެއްޔެވެ.

ނަމަވެސް މައިރީންގެ މޫނު މަތިން ފެންނަނީ ހިތްހަމަ ޖެހުމުގެ ކުލަވަރެވެ. ކުލާސް ކުދިން އެއްވުން ތަކުގައި ބައިވެރި ނުކޮށް ބާކީ ކޮށްލާ ކުއްޖަކަށް ވުމުން ދެރަވާންވީ ކީއްވެހެއްޔެވެ. މައިރީންގެ އެކުވެރި އެއްކަމަށްވާ ރީމާ ހުރީ ރީމާ ރައްޓެހިވެގެން އުޅޭ ނިޔާން ގާތުގައެވެ. ދެންހުރީ އައިނާއެވެ. މައިރީން އާއި އައިނާ ދިޔައީ ސްކޫލު ނިމުމާއިއެކު ދެން ކުރާނެ ކަމަކާ މެދު މަޝްވަރާކުރަމުންނެވެ.

މައިރީން ހުރީ އަޅިކުލައިގެ ދިގުހެދުމެއްލާގެންނެވެ. ހެދުން ޒީނަތްތެރިކުރުމުގެ ގޮތުން އުނަގަނޑާއި ދިމާލުގައި ހުރި ބަންދުގައި ހަމަ އެކުލައިގެ ބީޑްސް ޖަހާފަހުއްޓެވެ. އަދި ހެދުމާއި ގުޅޭގޮތައް އަޅާފަހުރި ޝޯލް އިން މައިރީން ފެންނަނީ ވަރަށް ލޯބިކޮށެވެ. އައިނާވެސް މައިރީން އެކޭ އެއްފަދަ ހެދުމެއް ލާފަ ހުރި އިރު ފެންނަނީ ވަރަށް ރީތިކޮށެވެ. ރީމާ ހުރީ އެކުދިންނާއި ތަފާތުކޮށް ކަޅު ކުލައިގެ ހެދުމެއް ލާއިގެންނެވެ.

މައިރީންއާއި އައިނާ ވާހަކައިގަ ހުރެގެން ކައި ނިންމާލިއެވެ. އެވަގުތު ކުލާސް ކުއްޖެއް ކަމަށްވާ ޔަލާ މައިރީން މެން ގާތަށް އައެވެ.

” ހޭ ތިމީހުނަށް ހިނގާލަން ދެވޭނެތަ، މިއުޅެނީ ކްލާސް އެއްކޮށް ދާންކަމަށް ” ޔަލާ ހީލާފަ ބުނެލިއެވެ.

އައިނާ ވަގުތުން އުފާވެފައިހުރެ އާއެކޭބުނެލިއެވެ. އަދި މައިރީންއަށް ބަލާލިއެވެ. މައިރީންވެސް ހުރީ ވަރަށް ދާހިތުންކަން ބަލާލާފަ އެނގުނެވެ. ނަމަވެސް މައިރީންގެ މައިންބަފައިންގެ ސަބަބުން ދެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއްނެތެވެ. އައިނާ މައިރީންގެ މައިންބަފައިން އެއްބަސްވޭތޯ ކުލާސް ދެ ކުދިން ގޮވައިގެން ދިޔައެވެ.

ނަމަވެސް މައިރީން ޖެހުނީ ކްލާސް ކުދިންގެ ކުރިމަތީ ލަދުގަންނާށެވެ. މައިރީންގެ މައިންބަފައިންނަކީ ވަރަށް ހަރުކަށިބައެކެވެ. ސަބަބަކަށްވީ މައިރީން ދައްތައެއް ރައްޓެހިވެގެން އުޅެ ފޮޓޯތަކެއް މައިރީންގެ އުމުރުގައި ލީކްވުމެވެ. މިކަމާ މައިރީންގެ ހިތުގައި ބައިވަރު ޝަކުވާ އުފެދެއެވެ. މައިރީންއަކީ ފިރެހެން ކުދިންނާއި ދިމާލަށް ބަލާނުލާތާގައި މަޖުބޫރުވެގެން ނޫނީ ވާހަކަވެސް ދައްކާ ކުއްޖެއްނޫނެވެ. އަދި އެކަމުގެ ސަބަބުން އެހެން ކުދިންގެ އަތުގައި އޮންނަ ފަދަ ފޯނެއްވެސް މައިރީން އަކަށް ނުލިބެއެވެ.

ނަމަވެސް މައިރީންއަކީ މަންމަމެންގެ އެދުމާދެކޮޅުހަދާ ވާހަކަ ދައްކާނެ ކުއްޖެއްނޫނެވެ. މައިރީން މަންމަމެން މައިރީން އަދި މައިރީންގެ ކޮށްކޮ މާކިން ކިތަންމެ ތަފާތުކުރި ނަމަވެސް މައިރީން އެއްޗެކޭ ނުބުނާނެއެވެ. މައިރީން ދެކޭގޮތުގައި މައިރީންގެ ދިރިއުޅުމަކީ ވަރަން ފޫހި ދިރިއުޅުމެކެވެ. އަދި ސްކޫލު ނިމުމުން މާ ބޮޑަށްވެސް ފޫހިވާނެއެވެ. އަމިއްލަ ގޭގައިވެސް މައިރީންއަން އިހުސާސް ވަނީ ކޮއްޓެއްގައި ބަންދުވެފައިވާ އިހުސާސްއެވެ.

މައިރީން އޭނާގެ ހަޔާތަށް އަންނަ ކޮޅިގަނޑުގެ ހިލަމެއް ނުވާހިނދު މައިބަފައިންނާއިއެކު ގެއަށްދިޔުމަށް މިސްރާބު ޖެހިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (11)

  1. imko 💕💕

    Mi part vex varha reethi Masha Allah
    Unmeedhu kuran next part kiyaalan libeeney kama

    1. Butterflyyyyy
      imko 💕💕

      Thankyouuu imko… imko ge comment kiyaalaafa butterfly vrh motivate vejje story kuriah gendhan insha allah next part mihaaru liyamun midhany.. iraadha kurehviyya maadhan reyge vaguthehga submit kohlaanan:)

  2. Banaana

    Next part plss!!! Thus is so nicee❤️🥰

    1. Butterflyyyyy
      Banaana

      next part maadhan reyge vaguthehga submit kohlaanan.. awwwnn thankyou banaana♥

  3. m

    not bad but in the starting it looked like maireen didnt have good classmates and was left to herself but in the end part it clarifies she has very strict parents that doesnt allow her to go so i dont see the point of potraying her classmates in such a way in the starting

    1. Butterflyyyyy
      m

      You may know why its her thoughts throughout the story.. thankyou for the comment m😊. i hope you’ll continue the story to find out why😊

  4. Bts lover

    Submit kuraathaa gaihgandakh kihaaireh fahun thr vhk publish vanii? Butterflyyyyy plzz tell mee😭🙏🏻

    1. Bts lover
      Bts lover

      And story vrh reethi maasha allah💕
      Looking forward to read part 2💗

    2. Butterflyyyyy
      Bts lover

      Sorry Bts lover butterfly akah ehgothakah vx neyge publish vaane ireh.. Admin approve kureemathaa vaany… Reyga innaaney 2nd part submit kohlaafa let’s hope avahah publish vaane kamah dhww☺

    3. Butterflyyyyy
      Bts lover

      Awwnnn thank you so much Bts lover❤. Next part submit kohlaafa vaany.. Admin in approve kurihaa avahakah kiyaalan libeyne 😊

  5. Butterflyyyyy

    Awwnn alhey thank you thi dhehvaa support ah…vrh avahah libeyne 2 part..inthizaaru kohlahvaa

Comments are closed.