ކުށަކީ ކޮބާ – 2
***އެއް ދުވަސްފަސް***
ފަތިހުގެ ހިތްގައިމު ވަގުތެވެ. މައިރީން ފަތިސް ނަމާދުކޮށްލާގެން އުޅުނީ މަންމައަށް ސައިހަދާދިނުމަށް އެހީވާށެވެ. މައިރީން ހުރީ ކިޔެވުން ނިމުނީތީ މަންމަމެން ފޯނެއް ދޭނެ ކަމުގެ އުންމީދުގައެވެ. އަދި މިއަދު ހަވީރު ކުލާސް ކުދިން ބާއްވާ އެއްވުމަށް ދާންބޭނުން ވެފައެވެ.
” މަންމާ އޯކޭތަ ދޮންތި މިއަދު ހަވީރު ކުލާސް ކުދިންނާއެކު ގެޓްޓުގެދާރއަށް ދިޔަޔަސް.. ” މައިރީން މައިންބަފައިންނާއި ކުޑައިރުއްސުރެވެސް މުހާތަބުކުރުމަށް އާދަވެފައި ހުންނަނީ، އޭނާގެ އަމިއްލަ ނަފްސަށް ދޮންތި ކިޔާގެންނެވެ. މައިރީން އެހެން ބުނިވަގުތު ހުރީ މަންމަ އެއްބަސްވޭތޯ ހިތާހިތުން ދުއާ ކޮއްލަކޮއްލައެވެ.
” މަންމަގެ އެއްވެސް މައްސަލައެއްނެތް މާއްކޮ ދިޔަޔަސް… އެކަމު އަބަދުވެސް ހަނދާން ބަހައްޓާތި ކުދިން ކުދިން ދޭ އެއްޗެހި ނުކާން… ގިނަ ކުދިންނަކީ ބޭރުފުށުން ކިތަންމެ ރީތިކޮށް ހުއްޓަސް އެތެރެ ވަރަށް ނުބައި ކުދިން… ” މައިރީންއަށް ހުރެވުނީ ހައިރާންވީވަރުން އަނގައިން ސޮނި ފައިބާވަރު ވެފައެވެ. އެހެންނޫނީ އޭނަ ތަނަކަށް ދާއިރު ވަގުތުން ނުދެވޭނޭ މަންމަ ބުނާނެއެވެ. މައިރީން ހުރީ މިއީ އޭނާގެ މަންމަތޯ ނޫނީ މަންމަ އަރާކައިގެން ހުރި ފުރޭތައެއްބާއޭ ހިތައް އަރާފައެވެ. އެހެން ހިތައް އެރުމާއެކު މައިރީން ގަތް ބިރުން ދުވެފައިގޮސް ކޮޓަރިއަށްވަނެވެ.
މަންމަ ކޮޓަރީގަ ޓަކިޖަހަން ފެށުމުން ބިރުން ހުރެ ބައްޕައަށް ގޮވަންފެށިއެވެ. ޝިޔާމާ ހުރީ ވާނުވާގައެވެ. ޝިޔާމާ ހީކުރީ މައިރީން ބޭރަށްދާން ހުއްދަދިނުމުން އުފާވާނޭކަމަށެވެ. ނަމަވެސް މިވީ ކިހިނެއް ހެއްޔެވެ؟ މައިރީން ބައްޕައަށް ގޮވާ އަޑަށް ރިޔާޒްއައެވެ.
” ދަރިފުޅާ ކިހިނެއްވީ؟؟؟.. ކޮޓަރި ތަޅުލެވުނީތަ؟ މާއްކޯ.. ” ރިޔާޒް ހައިރާންވެފައި ދޮރުގަ ޓަކިޖަހަމުން ގޮވަމުން ދިޔައެވެ.
” ބަ..ބަ…ބައްޕާ….މަންމަ އެބަހުރިތަ؟ ” މައިރީން ބިރުން ހުރި ވަރުން އަޑުތުރުތުރު އަޅައެވެ. އެވަގުތު ކައިރީގަ ހުރި ޝިޔާމާއަށް ރިޔާޒް ބަލައިލިއެވެ.
” މަންމަ މިހުރީނުން މިތާ… ކިހިނެއްވީ؟ ” ރިޔާޒް ހުރީ މިވަނީ ކީއްކަން ނޭނގިފައެވެ.
” ބައްޕާ… އަވަހަށް ތިތަނުން ދުރަށްދޭ އެއީ..އެއީ…މަންމައެއް ނޫން!!! އެއީ ޖިންނިއެއް..މަންމަ ނުދޭނެ ދޮންތިއަށް ހުއްދައެއް ކްލާސް ކުދިންނާއެކީ ބޭރަށް ދާކަށް ” ބިރުން ހުރިވަރުން މައިރީންއަށް އޭރު ވަނީ ރޮވިފައެވެ.
އެވަގުތު މައިރީންއަށް އިވުނީ އޭނާގެ މަންމަ އާއި ބައްޕަގެ ހުނުމުގެ އަޑެވެ. ވީގޮތް އެނގުމުން ޝިޔާމާއަށާއި ރިޔާޒްއަށް ހިނިގަނޑު ހިފައްޓައެއްނުލެވުނެވެ. ކަންތައް މިހެން ވުމާއެކު މައިރީން ހީކުރީ މަންމަގެ ސިފައިގަ ހުރި ‘އެތި’ ބައްޕަ މޮޔަކޮށްލީ ކަމަށެވެ. އެހެންކަމުން ކުރިއަށްވުރެ ބާރަށް ރޯންފެށިއެވެ. ރިޔާޒް އަވަސް އަވަހަށް ހުނުން ހުއްޓާލުމަށްފަހު މައިރީން ރުއިން ހުއްޓާލާތޯ ދޮރު ކައިރީ ހުރެގެން ވާހަކަ ދައްކަން ފެށިއެވެ. މައިރީން ހަމަޖެހުނީ ޝިޔާމާއާއި ރިޔާޒް ކުރުސި އާއި ޝަހާދަތް ކިޔުމުންނެވެ. އިރުކޮޅަކުން މޫނުދޮވެލައިގެން މައިރީން ކޮޓަރިން ނުކުތެވެ.
މައިރީން ބައްޕަ މައިރީންގެ ގާތުގައި ވާހަކައެއް ދައްކާލުމަށް ސޯފައިގައި އިށީނދުމަށް ބުންޏެވެ. މައިރީން މަންމަމެން މައިރީން ކައިރީގައި ބައިންދާގެން ވަރަށް ނަސޭހަތް ދިނެވެ. ސްކޫލް ނިމުމުން ގޯސް މަގަކަށް ނޭޅުމަށާއި މިހާރު މައިރީންއަށް މައިރީން ބޭނުންވާފަދަ މިނިވަންކަމެއް ދޭނެ ކަމަށް ބުންޏެވެ. އަދި އެފަދަ މިނިވަން ކަމެއް ދިނުމުން މައިރީން ގޯސްމަގަކަށް ނާޅާނެ ކަމަށް އުންމީދު ކުރާ ވާހަކަވެސް ބުންޏެވެ. އަދިހަމައެހެންމެ، މަންމަމެން ދިން ތަރުބިއްޔަތުގައި ރަގަޅަށް ހިފައި ހެޔޮލަފާ ދަރިއަކަށް މައިރީން ވާނެ ކަމަށް އުންމީދު ކުރާ ވާހަކަ ބުންޏެވެ. އިރުކޮޅަކުން މައިރީން ބައްޕަ ހިފައިގެން އައި އެއްޗަކުން މައިރީންގެ މޫނުމަތިން ފުޅާ ހިނިތުންވުމެއް ފާޅުވިއެވެ. އެއީ މައިރީން ބޭނުން ވެގެން އުޅޭފަދަ ދަނބު ކުލައިގެ ފޯނެކެވެ. މައިރީން ބައްޕަ ފޯނު ދިނުމަށްފަހު، ފޯނު ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް އެދި ނަސޭހަތް ދިނެވެ. މައިރީން މަންމަމެން ދިން ނަސޭހަތް އަޑުއަހައި މަންމަމެން ލަދުގަންނަފަދަ އަމަލެއް ނުކުރާނެކަމަށް ވައުދުވިއެވެ.
ހަވީރުގެ ހިތްގައިމުވަގުތެވެ. މައިރީން ދިޔައީ ކްލަސް ކުދިންގާތަށް ދިއުމަށް ތައްޔާރުވަމުންނެވެ. ޝޯލްއަށް އެންމެ ފަހު ޕިން ޖެހުމަށްފަހު ދެފަރާތަށް އެބުރިލުމަށްފަހު ފަރިބަލާލިއެވެ. އެންމެ ފަހުކަމަކަށް ސެންޓް ޖަހާލުމަށް ފަހު ކޮޓަރިން ނުކުމެ މަންމަ ކައިރީގައި ދަނީ ކަމަށް ބުނެލިއެވެ.
މައިރީން ގެއިންނުކުމެ ބަލައިލިއިރު ރީމާ އާއި އައިނާ އިންތިޒާރުގަ ހުއްޓެވެ. ތިން ކުދިން އެއްކޮށް ހިނގައިގަތީ ކުޅިއާއި ދިމާލަށެވެ. އެތަނުން އެހެން ކުދިން ފެނުމާއެކު އެކުދިންގެ ގާތަށް މައިރީންމެން ދިޔައެވެ.
” ވާވް ލުކް ހޫ ޑިސައިޑެޑް ޓު ކަމް… ބޭބީ މައި… މިހާރުވެސް ވާނީ ފިލާގެން ކަމަށް އައީ” މައިރީންގެ ކްލާސް ކުއްޖެއް ކަމަށްވާ ޖީނާ ދިމާކުރާ ރާގެއްގައި ބުނެލިއެވެ. އެއީ ކްލާސް ކުދިންގެ ތެރެއިން މައިރީންއާއި ޖައްސާލައިފައި ހުންނަ ކުއްޖެކެވެ.
” ގާއީސް ބަލާބަ.. ޝީ ގޮޓް އަ ނިއު ފޯން.. އަނެއްކާ އާ އެއްޗެއްތަ ތީ؟” ހިނިގަނޑެއް ޖަހާލުމަށްފަހު ޝިޔާ އަހާލިއެވެ. އަދި މައިރީން އަތުގަ އޮތް ފޯނަށް ބަލާލުމަށްފަހު މޫނަށް ފާޑެއްގެ ގޮތެއް ހަދާލިއެވެ.
” ހައު ޗީޕް ކެން ޔޫ ބީ.. މީ ރެޑްމި ނޯޓް 7 އެއް… ލޮލް އައި ފީލް ސޮރީ ފޮރ ޔޫ.. ހަހަހަހަ “
މައިރީންއަށް ހުރެވުނީ އެތަނަށް އާދެވުން ކަމުގެ މޮޔަ ހިތައް އަރާފައެވެ. އިސްޖަހާގެން ހުރި އިރު އެދެލޯ ކަރުނައިން ފުރެމުން ދިޔައެވެ. އަރުބެދިފައި ވާފަދަ އިހުސާސްއެއްވެފައި ހުރި މައިރީން ހުރީ ވާހަކަ ދައްކަން އުނދަގޫވެފައެވެ.
މައިރީންގެ ހާލަތު އައިނާއަށް އިހްސާސް ވިފަދައެވެ. ” ސޯ ތިމީހުން އައިނާމެނަށް އިންވައިޓް ކުރީ މައި ދެރަކުރަން ތަ؟؟.. ” މައިރީން އައިނާގެ އަތުގައި ހިފާލުމަށް ފަހު ދެފަރާތައް ބޯ ހޫރުވާލީ ތި ވާހަކަ ކުރިއަށް ނުގެންދާށޭ ބުނާފަދައަކުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Mi part ves vrh reethi🥰🥰
Waiting for next ❤️
Awwwnnn thankyou sooo muchhh banaana❤❤❤ vrh happy vejje banaana ge comment eh fenuneema🥰🥰🥰 Yesss mirey iraadha kurehviyya next part up kohlaanan😊 LYSSSMMMM❤
Maasha allah vrh Reethi mibaives.
Looking forward for next episode 💗👀
Thankyou Bts lover❤❤❤ vrh happy vejje mi part reethi kan engunyma🥰. Insha allah vrh avahah next part submit kohlaanan😊.