މުޅިތަން އަލިވެގެން ދިޔަ ވަގުތު ފުރަތަމަ ވެސް ލިއަމް ހޯދާލީ ޔަލްވީ ކޮބާތޯއެވެ. އެއްވެސް ތަނަކުން ޔަލްވީ ނުފެނުމުން ޔަލްވީގެ އެކުވެރިން ގާތުވެސް އެހިއެވެ. އެމީހުން ބުނިގޮތުގައި ޔަލްވީ ކުޑައިރުކޮޅެއް ކުރިން އެމީހުން ގާތުގައި ހުއްޓެވެ. އެއަށްފަހު ކަރަންޓު އައިރު އެއިން އެކަކުވެސް ޔަލްވީ ނުދެކޭކަމަށް ބުންޏެވެ. ޖަލްސާގެ ބާކީއޮތް ބައި ކުރިއަށް ގެންދިއުމަށް ލިއަމް ހަވާލުކުރީ ޖިހާދު އާއެވެ. ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން ލިއަމް ދުއްވައިގަތީ ޔަލްވީގެ ކެބިން އަށެވެ. ސިޑިން ދުވެފައި އެރި […]
ލިފްޓު ސާވިސް ކުރާކަމުގެ ނޯޓިސްއެއް ޖަހާފައި އިނުމުން ސިޑިން ފައިބަން ޖެހޭތީ އާޔަތު ހުރީ ހިތްހަމަ ނުޖެހިފައެވެ. އެއްޗެއް ނުބުނެ އަޒާންއަށް ނަޒަރެއް ދެމުން ސިޑިން ފައިބަން އަޅާލި ފުރަތަމަ ފިޔަވަޅުވެސް އެޅުނީ ހަރުފަތުން ބޭރުގައެވެ. އާޔަތު އާއި ދާދި ގާތުގައި ހުރި އަޒާން ހުޝިޔާރު ކަމާއެކު އާޔަތުގެ މެދު ހަށީގައި ހިފާ ގާތަށް ދަމާލިއެވެ. ”ކެއަރ ފުލް ޑާރލިންގް“ އަޒާން އާޔަތު ގެ ކަނދުރާއާ ގާތް ވެލަމުން ނޭފަތް އެތެރެއަށް ދަމާލީ އާޔަތުގެ ގައިން ދުވި […]
”މަންމާ…..މިންމިއަށް ޖޮބް ލިބިއްޖެ….. ލިއަމްބެ ގެ ހޮސްޕިޓަލްގެ ޕިޒިއޯތެރަޕީ ޑިޕާޓުމެންޓުން“ މަހީރް ދުވަމުން ގޮސް ފަރީދާއަށް އުފާވެރި ހަބަރު ދިނެވެ. …………………….. އެނދުގެ ދެފަރާތަށް ފުރޮޅި ފުރޮޅި ޔަލްވީ އޮތީ ނުނިދިގެންނެވެ. ލިއަމްގެ ޙިޔާލުތަކުން ބޯހާސްވަނީއެވެ. މެހެކްގެ ޖުމްލަތަށް އެތަށް ފަހަރަކު ބޮލުތެރޭގައި ތަކުރާރުކުރެވިއްޖެއެވެ. ހަޤީގަތުގައި ވެސް މެހެކް އާއި ލިއަމްގެ އޮތީ ކޮންގުޅުމެއް ހެއްޔެވެ؟ މެހެކް އަކީ ލިއަމްގެ ބައިވެރިޔާ ކަމުގައި ވާނަމަ ޔަލްވީ އާއި އެހާ ގާތުން އެއުޅެނީ ކީއްވެހެއްޔެވެ؟ ފަހަރެއްގައި ޔުވާންގެ ކޮއްކޮއަށް […]
”ހެއި ލޯބީ….“ އަޒާން މަޑުމަޑުން ގޮވާލީ ދޮރުގެ ހަނި ޖާގައިން ބޯދިއްކޮށްލި އަންހެން ކުއްޖާއަށެވެ. ދޮރު ކިރިޔާ ހުޅުވާލައިގެން ހުރި އަންހެން ކުއްޖާ ބާރު ހިނގުމެއްގައި އެތެރެއަށް ވަދެގެން ދިޔައީއެވެ. އަނދިރި ކިއްލާއެއްހެން އޮތް އެކޮޓަރި ތެރެއަށް ވަދެގެން ދިޔަ އަޒާން މުޅި ތަނަށް ނަޒަރު ހިންގާލިއެވެ. ކޮޓަރިތެރެ ހީވަނީ ތޫފާނެއް އަރާފައި އޮތް ތަނެއްހެނެވެ. ބާލިސް ތަކާއި ރީތިވާ މޭޒު ގައި ހުރި ހުރިހާ އެއްޗެއް ހުރީ ބިންމަތީގައެވެ. އެނދުގެ ބިއްދޮށް ފަރާތުގައި ފުރަގަސްދީގެން އިން […]
ހެވިފައިހުރެ އާޔަތު ގާތަށް ހުއްޓުނު މަލީހް ފެނި އަޒާންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އެތޫނު ކަތުރު ކަށިގަނޑަށް ވާންވެލިތަން އާޔަތުއަށް ރަނގަޅަށްވެސް ފެނުނެވެ. ” އޯކޭ މިހާރު އެންމެން ހަމަވެއްޖެ ހިނގާ ދޯ ދަމާ“ މިއުވާންއަށް ބަލާލަމުން އާޔަތު ބޯޖަހާލިއެވެ. ހުރިހާ އެންމެން ގޮސް ޓިކެޓު ދޫކުރާ ކައުންޓަރާ އަރާ ހަމަވުމުން އަޒާން މަޑުޖެހިލިއެވެ. ”ފެރީގަ ތަ ދަނީ؟…. ކޮމްޕެނީ ލޯންޗު އޮންނާނެ ފަޅުގައި….. ހިނގާ ލޯންޗުގަ ދަމާ“ އާންމުކޮށް މީހުން ގިނަ ތަންތާގައި އުޅުމަކީ އަޒާން […]
އެ ޒުވާނާ އަތުގައި އޮތް ގަޑިއަށް ނަޒަރެއް ދެމުން ދުވެފައި ދިޔައީއެވެ. ހަދާނެ ގޮތެއް ނޭނގިގެން އެ ޒުވާނާ ދިޔަ ދިމާލަށް މަހީރް ބަލަން ހުރުމަށްފަހު ދެފަރާތަށް ބޯހޫރުވާލިއެވެ. “ކްރޭޒީ ސްޓްރޭންޖާ” ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލަމުން މަހީރް އިރުއަރާ މަންޒަރުގެ ފޮޓޯތައް ނަގަމުން ދިޔައެވެ. ފޮޓޯ ނެގުމުގައި ފަނަރަ މިނެޓު ހޭދަވެގެން ދިޔައިރުވެސް މަހީރްއަށް ރޭކާލި ހެނެއް ހީއެއްނުވެއެވެ. އެކި ގޮތްގޮތަށް އިރުއަރާ މަންޒަރާއެކު އަމިއްލަ ނަފްސުގެ ފޮޓޯތައް ފޯނުގައި ރައްކާކުރަމުން ދިޔައީ ފަރިތަކަމާއެކުއެވެ. “ހައި… […]
މަޑު ހިނގުމެއްގައި އެމެޖެންސީ ކޮޓަރި ކައިރިން ޔަލްވީ ހުރަސްކޮށްލި ވަގުތު ލޮލުގައި އަޅައިގަތީ ސްކޫލު ޔުނިފޯމު ގައި ހުރި މަހީރް އެމެޖެންސީ ތެރޭގައި ހުރި ތަނެވެ. ލޯބިވާ ކޮއްކޮ އަށް ބޮޑު ކަމެއްވީކަމަށް ހީކޮށް ފައިގައި ހުރި ބާރެއްލާފައި ޔަލްވީ އެމެޖެންސީ ތެރެއަށް ދުއްވައިގަތެވެ. މަހީރްގެ މަޑު ނޫކުލައިގެ ޔުނިފޯމުގެ ގެ ގަމީސްބައިގައި ހުރި ލޭތައް ފެނި ޔަލްވީ ހާސްވިއެވެ. “މިންމީ…… މިންމީ …. އާ ޔޫ އޯކޭ؟” ހުއްޓުން އަރާފައި ހުރި މަހީރު އެއް ދިމާއަކަށް […]
” ޔަލްވީ؟؟ ލޭޓް އަގެއިން؟؟” ޔަލްވީ ގެ ދުވެލި މަޑު ވެލީ ފަހަތުން އިވުނު އަޑަށެވެ. މޫނައް ވައްތަރު ތަކެއް ޖައްސާލަމުން ޔަލްވީ ފަހަތައް އެނބުރުނީ ލަސް ލަހުންނެވެ. ކުރިމަތީ ހުއްޓިލައިގެން އެހުރީ ލިއަމް ޖުނޭދެވެ. ބުމަ ގޮއްޖަހާލައިގެން ހުރި ލިއަމް ގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ޔަލްވީއަށް ނަޒަރު ހިންގާލެވުނެވެ. ސިފައިންގެ ޔުނީފޯމުގައި ހުރި ލިއަމް ފެންނަލެއް ވަރަށްވެސް ސްމާޓެވެ. ކަޅު ކުލައިގެ ކަށިމައްޗާ ހަމައަށް އަންނަ ބޫޓުގެ ދަށައް ޔުނީފޯމުގެ ފައިކުރި ޖަހާލާފައި […]
ޔަލްވީ ހުއްޓާ ނުލާ އެއްފައްޗަކައް ކުރަމުން ދިޔަ ޝަކުވާތައް ހުއްޓުނީ ފްރިޖްގެ ދޮރު ބާރައް ލައްޕާަލަމުން އެނބުރުނު ލިއަމް ފެނިފައެވެ. އޭރު ދެން ތިބި ތިންމީހުން ހިނިގަނޑު ހިފައްޓާލައިގެން ތިއްބެވެ. ލިއަމްއާއި ޔަލްވީގެ ހަތަރު ކަޅި ބައްދަލުވި ގޮތައް ދުރުބަލާލަން ދެމީހުންކުރެ އެކަކުވެސް ނުކުޅެދުނެވެ. ލިއަމްގެ އެ ފުރިހަމަ މޫނައް ނަޒަރު ހުއްޓާލައިގެން ޔަލްވީއަށް ހުރެވުނީ ކައިރީގައި އިތުރު ބަޔަކު ތިބިކަން ހަނދާން ނެތިފައެވެ. ’ޓޭން‘ ވެފައި ހުރި ލިއަމްގެ ހަންގަނޑު އަދި ރީތިކޮށް ކޮށާ މެއިންޓެއިން […]