Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަޤުދީރު-11

Vaahaka_by_Az
Vaahaka_by_Az Level 110 Stories
June 19, 2026 8 Mins Read
2 Comments

”މަންމާ…..މިންމިއަށް ޖޮބް ލިބިއްޖެ….. ލިއަމްބެ ގެ ހޮސްޕިޓަލްގެ  ޕިޒިއޯތެރަޕީ ޑިޕާޓުމެންޓުން“ މަހީރް ދުވަމުން ގޮސް ފަރީދާއަށް އުފާވެރި ހަބަރު ދިނެވެ.

……………………..

އެނދުގެ ދެފަރާތަށް ފުރޮޅި ފުރޮޅި ޔަލްވީ އޮތީ ނުނިދިގެންނެވެ. ލިއަމްގެ ޙިޔާލުތަކުން ބޯހާސްވަނީއެވެ. މެހެކްގެ ޖުމްލަތަށް އެތަށް ފަހަރަކު ބޮލުތެރޭގައި ތަކުރާރުކުރެވިއްޖެއެވެ. ހަޤީގަތުގައި ވެސް މެހެކް އާއި ލިއަމްގެ އޮތީ ކޮންގުޅުމެއް ހެއްޔެވެ؟ މެހެކް އަކީ ލިއަމްގެ ބައިވެރިޔާ ކަމުގައި ވާނަމަ ޔަލްވީ އާއި އެހާ ގާތުން އެއުޅެނީ ކީއްވެހެއްޔެވެ؟ ފަހަރެއްގައި ޔުވާންގެ ކޮއްކޮއަށް ވުމުން އަޅާލަނީ ކަމުގައި ވެސް ވެދާނެއެވެ. އެހެންނޫން ނަމަ މީގެ ކުރިން ލިއަމް ޔަލްވީއާއި ދޭތެރޭ ކަންތަށް ކުރާގޮތުން ހީވަނީ ޔަލްވީއަށް ނަފްރަތު ކުރާހެނެވެ.

ހިތަށް ވެރިވި އެތަށް ސުވާލަކުން ޔަލްވީގެ ބޯހާސްކަންވީ އިތުރެވެ. އެނދުން ތެދުވީ ބަނޑުހައި ވެފައި ހުރީމައާއެކު ހިތަށް ފިނިކަމެއް ލިބޭތޯ ބޭރަށް ނުކުމެލާށެވެ. ބެލްކަނީގެ ދޮރާ ދިމާއަށް މިސްރާބު ޖަހާފައިވެސް ޔަލްވީގެ ފިޔަވަޅުތައް ބަދަލު ކޮށްލީ އާޔަތުގެ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލިއިރު އާޔަތު އިނީ ކިޔަވާ މޭޒު ދޮށުގައި ލެޕްޓޮޕުން މަސައްކަތެއް ކުރާށެވެ. މޭޒުމަތީގައި ގަނޑުތަކާއި ފައިލްތަށް ތަރުތީބެއްނެތި ވިއްސާލާފައި ހުރިއިރު އާޔަތުގެ އިސްތަށިގަނޑުވެސް އޮތީ ޖަހާފައި އިން ހުޅިން ނެއްޓި މޫނު މައްޗަށް އެޅިފައެވެ.

”ބިޒީ؟“ ދޮރު ކަންޏަށް ލެގިލަމުން ޔަލްވީ ހަށަން ބަނދެލިއެވެ. ” އެހާ ބިޒީ އެއްނޫން….. ވޮނަ ޓޯކް؟“ ލޮލުގައި އަޅާފައި އިން ފޮތްކިޔާއިރު އަޅާ އައިނު ނަގައި ބޮލުގައި ހަރުކޮށްލަމުން އާޔަތު ޔަލްވީއަށް ސަމާލުކަން ދިނެވެ. ”ޔެސް…..ރާމެން އެނޑް ޔެޕް؟“ ޔަލްވީ ހިޔާލުދިނެވެ. ބޯޖަހާލަމުން  އާޔަތު ގޮސް ލައިގެން ހުރި ނިދާހެދުމުގެ މަތިން އަތްދިގު ޖެކެޓެއް ލައިގެން ގެއިން ނުކުތީ ގެކައިރީ ހުންނަ ކާއެއްޗެހި ވިއްކާ މޯލްއަށެވެ. ދަންވަރުގެ ވަގުތަށްވެފައި އެފިހާރައަކީ ސައުވީސް ގަޑިއިރު ހުޅުވާފައި ހުންނަ ތަނަކަށް ވުމުން އާޔަތުމެން އެތަނަށް ދިޔައެވެ.

ރާމެން ނޫޑުލްސް ގަނެގެން އައިސް ކައްކާލައިގެން އާޔަތު އާއި ޔަލްވީ އިށީނީ ބެލްކަނީގައި ހުރި ބޮޑު ބެންޗުގައެވެ. ” ނައު ޓެލްމީ…..ވަޓް އާ ޔޫ ހޯލްޑިން އަޕް“ އާޔަތު ބެންޗަށް އަރައި ދެފައި ވައްކޮށްލީ ޔަލްވީއަށް ފުރިހަމަ ސަމާލުކަން ދެމުންނެވެ. ޔަލްވީއަށް އުނދަގޫ ކުރަމުންދާ ކަންތައް އާޔަތު އަށް ހިއްސާ ކުރިއެވެ. އަދި އާޔަތުވެސް ދެކޭގޮތް ޔަލްވީއާއި ހިއްސާ ކުރިއެވެ. އެތަށް އިރަކު ދެބެއިން ވާހަކައިގައި ތިބެފައި ނިދަން ދިޔައީ ހެނދުނު އާޔަތުގެ އޮފީހުގައި ބޮޑު ބައްދަލު ވުމެއް އޮތުމުންނެވެ.

……………………….

ހެނދުނުގެ 8:40 ވިއިރު އާޔަތު ކޮޓަރިން ނުކުމެ އަވަސް ވެލީ އޮފީހަށް ދިއުމުގެ ކުރިން ސައިބޯށެވެ. ޕާން ފޮއްޗެއް ޓޯސްޓުކޮށްލަމުން  ބަޓަރު ޖަހައިގެން ކާލިއެވެ. އަދި އާޔަތުގެ ’މާޗާ ސްޓޭޝަން‘ ކައިރިއަށް ގޮސް މާޗާ އެއް ހަދައި އޮފީހަށް ގެންދިޔުމަށް ތައްޓަކަށް އަޅާލިއެވެ. ޔުވާންވެސް އޮފީހަށް ދިއުމަށް ނުކުތް ވަގުތަށް ވުމުން އާޔަތު އެދުނީ އޮފީހަށް ލައިދިނުމަށެވެ.

އެއް އަތުން  މާޗާ ތަށި އަދި އަނެއް އަތުން  ދަބަސް ހިފައިގެން ކުޑަކޮށް ދުވެލާފައި އޮފީސް ތެރެއަށް ވަދެގެން ދިޔަ އާޔަތު މަޑު ކުރުވީ ކެބިން ބޭރުން ދިމާވި މަލީހްއެވެ. ”އާޔަތު……ހާދަ ބާރަކަށް ތިދުވަނީ…ތިޔޮއް އުސް ހީލްއަށް އަރައިގެން ދުވާއިރު ވެއްޓިދާނެއެއްނު…..އެނީވޭސް….މިއަދު މީޓިންގައި ސީއީއޯ އަދި ޗެއަރމަން ބައިވެރި ވާނެޔޯ ބުނީ…. ބީ ރެޑީ ވިތް ދި ޕްރެޒެންޓޭޝަން“ މަލީހް އާޔަތު އަށް ’ބޮޑު ޙަބަރު‘ ދީފައި ގޮސް އަމިއްލަ ކެބިންއަށް ވަނެވެ. އާޔަތު ހާސްވާން ފެށީ ދެނެވެ. ލޯ ފާމްގެ ސީއީއޯ އާއި ބައްދަލު ވާނީ އަދި އަލަށެވެ. މިއަދަކީ ކޮންމެ މަހަކު އެއްފަހަރު ބާއްވާ އޮޑިޓް ކުރިއަށް ދާނޭ ދުވަހެވެ. ތަނުގެ ކުރިއެރުމާއި ވޭތުވެ ދިޔަ ދުވަސްތަކު ކޭސްތައް ގޮސްފައިވާ ގޮތް ހުށަހަޅައި  ރަނގަޅު ކުރަން ޖެހޭ ކަންކަން މަޝްވަރާ ކުރުމަށް ތަނުގެ އިސްވެރިންނާއެކު ބޭއްވޭ ބައްދަލުވުމެކެވެ. އެމަސައްކަތުގެ ބޮޑު ރޯލެއް އާޔަތުއާއި ހަވާލު ކުރެވުނީ ތަމްރީނު ކުރުމުގެ ގޮތުންނެވެ.

އައިޕެޑު ހިފައިގެން ބައްދަލުވުން އޮންނަ ކޮޓަރީގެ ގޮނޑިއެއްގައި އާޔަތު އިނީ ޕްރެޒެންޓޭޝަން ފަރިތަ ކުރުމުގައެވެ. އަލަށް އެކަހަލަ ކަމެއް ކުރަން ހަވާލު ކުރުމުންނާއެކު ސީއީއޯ އަދި ޗެއަރމަން ބައިވެރިވާކަން އެނގުނު ހިސާބުން އާޔަތުގެ މޭގަނޑު ނެގި ނެގިފައި ޖެހެނީއެވެ. ދޮރުހުޅުވާލާފައި ވަދެގެން އައިސް މީހަކު އިށީންކަން ވެސް އާޔަތުއަށް ރޭކާލިހެނެއް ހީއެއްނުވެއެވެ. ބައްދަލުވުން ފެށެން އަދި ވަގުތު އޮތުމުން އާޔަތު މާޗާ ބޮމުން ޕްރެޒެންޓޭޝަން ކިޔަން އިނީއެވެ.

މީހަކު ކަރު ކެހިލުމުން އިސްއުފުލާ ބަލާލި އާޔަތުގެ ބުމަ ގޮއްޖެހިގެން  ދިޔައެވެ. ”ވަޓް އާ ޔޫ ޑުއިން ހިއަރ؟……އާ ޔޫ ސްޓޯކިން މީ؟“ އަޒާން ފެނުމުން އާޔަތުގެ މޫޑު ގޯސްވީއެވެ.

”އަހަރެން ދޯ ތި ސުވާލު ކުރަން ޖެހޭނީ….. ވަޓް އާ ޔޫ ޑުއިން ހިއަރ؟“ އަޒާން ވެސް އިނީ ސުވާލު މާކެއްގެ ތެރޭގައެވެ. ”ގުޑް މޯނިން ސަރ….ދިސް އިޒް އެޓާރނީ އާޔަތު އަދީލް އަވަރ ވެރީ ނިއު އެމްޕްލޯއީ…..އާޔަތު ދިސް އިޒް އަވަރ ސީއީއޯ އަޒާން ސަރ“ އެތެރެއަށް ވަދެގެން އައި މީރާ އަޒާން އާއި އާޔަތު ތައާރަފު ކޮށްދިނެވެ. އާޔަތުގެ މޫނު މަތިން މިހާރު ފެންނަން ހުރީ ހައިރާންކަމެވެ. އޮފީހުގައި މަސައްކަތް ކުރާތާ މަހެއް ވެގެން ދިޔައިރު ތަނުގެ ވެރިޔާ އަކީ ކާކުތޯ ނުބެލުނު މޮޔަ ހީވިއެވެ. އޭގެ ބަދަލުގައި އަޒާންގެ ތުންފަތް މަތީގައިވީ ހިނިތުން ވުމެކެވެ. އެއްޗެއް ބުނަން އުޅެފައި ވެސް އާޔަތު އަޅާނުލީ ބައްދަލުވުން ފެށުމަށް އެންމެން އެތެރެއަށް ވަދެގެން އަންނަން ފެށުމުންނެވެ.

އޯކް މޮންޓް ލޯ ފާމްގެ ޗެއަރމަން އަދި މުޅި ރާއްޖެއަށް ނަން މަޝްހޫރު އެންމެ ކާމިޔާބު އެއް ވަކީލު އިބްރާހިމް ޒާހިރު އެ ބައްދަލުވުން އޮތް ކޮޓަރިއަށް ވަތް ހިނދު އެންމެންވެސް އިޙްތިރާމް އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވިއެވެ. އަޒާން ފިޔަވާ އެންމެން ތެދުވިއިރު އަޒާންއަށް ކަހާތަން ހިރުވާލި ހެންވެސް ހީނުވެއެވެ. އަޅާވެސް ނުލާ ފޯނަށް ނަޒަރު ހުއްޓާލައިގެން އިން ގޮތަށް އިނީއެވެ. ޒާހިރު އެކަން މާބޮޑު ކަމަކަށް ނުހެދީ އެތައް މުވައްޒަފުންނެއް އެތާގައި ތިބުމުން މަސްލަހަތަށް ބަލާފައެވެ.

އެންމެން ހަމަވުމާއެކު ބައްދަލުވުން ހުށަހަޅަން އެންމެ އިސްކޮށްހުރި މީރާ ބައްދަލުވުން ކުރިއަށް ގެންދިޔައެވެ. އާޔަތުގެ ޕްރެޒެންޓޭޝަން ހުށަހަޅަން ވަގުތު ދިނުމާއެކު އާޔަތު ކުރިއަށް ގެންދިޔައެވެ. އެހުރިހާ އިރުވެސް އަޒާންގެ ނަޒަރު އާޔަތުއާއި ވަކިނުވެއެވެ. ޕްރެޒެންޓޭޝަން ނިމުމާއެކުހެން އެންމެންގެ ހޫނު އަތްތިލަބަޑީގެ އަޑު މުޅިތަނުގައި ގުގުމާލީ ހުށަހެޅުމުގެ ފުރިހަމަ  ކަމުންނެވެ. އެއަށްފަހު އޮޑިޓުގައި ފާހަގަ ކޮށްފައިވާ އެތައް ކަމަކަށް އަލިއަޅުވާލައި ފަހަރަކު މީހަކު ވާހަކަ ދެއްކީ އެކަންކަން ރަނގަޅު ކުރަން ކުރެވޭނެ އެންމެ ރަނގަޅު ކަންތަކެވެ. އަޒާން ހުށަހެޅި ހިޔާލު ޒާހިރުއަށް ކަމަކު ނުދިޔައެވެ. އަޒާންގެ މޫނު މަޗަށް އައި ބަދަލާއި އަތް މުއްކެވިގެން ދިޔަ ގޮތް އާޔަތަށް ވެސް ފާހަގަވިއެވެ.  ބައްދަލުވުން ނިމި އެންމެން ނުކުމެގެން ދާން ފެށުމުން ޒާހިރު އެދުނީ އަޒާން ގާތު އެތާގައި މަޑު ކުރުމަށެވެ.

އެންމެން ނުކުތުމުން އަޒާން އާއި ޒާހިރު އެކަނިވިއެވެ. ”އަޒާން އަށް ހީވޭތަ ތި އުޅެވެނީ ރަނގަޅަށްހެން؟…..ތިހެންތަ ކަންތައް ކުރަންޖެހެނީ މުވައްޒަފުންގެ ކުރިމަތީގައި….އަހަރުމެން ދެކެ އަޒާން ކިތަންމެ ރުޅި އަޔަސް އަހަންނަށް ހެޔޮ…. މަސައްކަތުގެ މާހައުލުގައި އަޒާން ޖެހޭނެ ރީތިކޮށް ކަންތައް ކުރަން…ތީ މިއޮފީހުގެ ސީއީއޯ…މުވައްޒަފުން ކުރިމަތީގައި ބޭނުންހައި ގޮތަކަށް އުޅުނީމަ ލަދު ގަންނަން ޖެހެނީ އަހަރެން“ އަޒާންގެ އަމަލުތައް ހުންނަ ގޮތުން ޒާހިރު ހިތްހަމަ ނުޖެހުނެވެ.

”އަހަރެން އުޅެން ޖެހޭ ގޮތެއް ބައްޕައަކަށް ނުބުނެވޭނެ…. އަހަރެން މިހެން އުޅެން ޖެހުނީވެސް ތިމީހުނާ ހެދި“ އަޒާންގެ އަޑު މަޑުވިނަމަވެސް ރުންކުރެވެ.

”އަޒާން މީ އަޒާންގެ ބައްޕައޭ…..ބައްޕަ ވިއްޔާ ބެހެވޭނެ އަޒާންގެ ކަންކަމާ….ތަނެއްގެ ސީއީއޯ އަށް ވިޔަކަސް އެ ނިމުނީއެއް ނޫން އަދި….އަޙުލާގު ވެސް ހުންނަން ޖެހޭނެ“އަޒާންއަށް ބަހުގެ ހަމަލާއެއް އެލުމަށްފަހު ޒާހިރު އެތަނުން ނުކުމެގެން ދިޔައީއެވެ.

………………………

މީޓިން ރޫމުގައި ބާއްވާފައި ދެވުނު އައިޕެޑު ބަލައި އެނބުރި އައި އާޔަތަށް ޒާހިރުގެ ފަހު ޖުމްލަ ވަރަށް ސާފުކޮށް އިވިގެން ދިޔައެވެ. އާޔަތުގެ ހިތް އަޒާންއަށްޓަކާ ކުޑަ ހިނދުކޮޅަކަށް ނަމަވެސް މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ. ޒާހިރުގެ ރުޅިވެރި ބަސްތައް އަޒާންއަށް އަމާޒުވުމުން އާޔަތުގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.

”ހެއި…..އަމް…. ވީ ނީޑް ޓު ޓޯކް…..ކޭން ވީ؟“ ބުނަން ނުބުނަން ހުރެފައި އެންމެފަހުން އާޔަތު ހިތުގައި އޮތް ޖުމްލަ ދުލާ ހަމައަށް ގެނައެވެ.

ކުޑަދޮރު ކައިރީގައި އާޔަތަށް ފުރަގަސް ދީގެން ހުރި އަޒާން އެނބުރިލަމުން ބޯޖަހާލީ ކުރިއަށް ގެންދާށޭ ބުނާފަދައަކުންނެވެ. ” އަމްމް…. އަސްލު ކުރީ ދުވަހު ދަތުރު ގޮއްސަ ކިޔުނު އެއްޗެއްސަށް މާފަށް އެދެން ވެގެން…..އިޓް ވޯޒް ޓޫ މަޗް….ރުޅި އައިސް ހުރީމަ ވިސްނާ ނުލާ ފްރަސްޓްރޭޝަން އަޒާންއަށް ބޭލުނީ“ އާޔަތު ކުއްވެރިއަކު ފަދައިން އިސް ޖަހާލިއެވެ.

”ސޯ އެހެންވީމަ އިޓް މީންސް ޔޫ ޑޯންޓް ހޭޓް މީ؟“ އެއް ބުމަ އަރުވާލަމުން އަޒާން އާޔަތު ގާތަށް ޖެހިލިއެވެ. ”ނޯ އައި ސްޓިލް  ހޭޓް ޔޫ….. އައި ޖަސްޓް ވޯންޓެޑް ޓު ސޭއި ސޮރީ ފޮރ ދެޓް“ އާޔަތު ލޯއަޅާލަމުން ހަށަންބަނދެލިއެވެ.

”ހުމްމްމް…..އެހެންވީމަ ފޮގިވް ކުރެވޭނީ ޝަރުތެއްގެ މަތިން….ލެޓްސް ގޯ އޮން އަ ޑޭޓް ވިތް މީ….ޖަސްޓް ވަންސް“ އަޒާން ހިނިތުން ވެލަމުން ބުނެލިއެވެ.

”ނޯ ވޭއި…..އަޑޭޓް؟…. އެވެސް ވިތް ޔޫ؟؟….އިން ޔޯ ޑްރީމްސް“ މަލާމާތުގެ ރާގަކަށް އާޔަތު އެހެން ބުނެލިއިރު އެ އަޑުގައި ސާބިތުކަން ވިއެވެ.

”އޯކެއި ދެން….އައިވިލް ޓޭކް އިޓް އޭސް އަ ޔެސް…. ބީ ރެޑީ ޓުނައިޓް…ވިލް ޕިކް ޔޫ  އެޓް ނައިން“ އަޒާން އާޔަތުއާއި އިތުރަށް ގާތްވެލަމުން ނުކުމެގެން ދިޔައީއެވެ.

”އަހްހް….ވަޓް ޑަޒް ހީ އިވެން ތިންކް އޮފް ހިމް ސެލްފް….. މީހަކު ސިމްޕަތީ ވިޔަސްވެސް  އެޑްވާންޓޭޖް ނަގަނީ“ ހިތްހަމަ ނުޖެހިފައި އާޔަތު ފައިން ގޮނޑީގައި ޖަހާފައި ނުކުމެގެން ދިޔައެވެ.

………………………………

އިރުގެ ހޫނުކަމުން ދުނިޔެ ދޮން ކުރަމުން  ދިޔައިރު ހެނދުނުގެ ދަންފަޅި ފެށިގެންދިޔައެވެ. ގޯތި ތެރޭގައި ހުރި ބިޔަ ގަސްތަކުގެ ހިޔަލުގައި  އެލުވާފައި އޮތް  ދިގު ހެއްލާ ޖޯލީގައި އިން މެހެފޫޒާ ދިޔައީ ފިރިމީހާ މުޖްތަބާ އަދި ދަރިފުޅު މީކައިލް އަށް އިންތިޒާރު ކުރަމުންނެވެ. ހުދު ކުލައިގެ ހަރުވާޅަކާއި ރޮނގުދެމި މަޑު ނޫ ކުލައިގެ ލިނެން ގަމީސް ކޮޅެއް ލާފައި ހުރިއިރު މަދުމަދުން ނުރަވެފައި ހުރި އިސްތަށިގަނޑުގައި ހުދު ކުލައިން ހައިލައިޓް ކޮށްލެވިފައި ހުރި ގޮތުން ހައިބަތު އެނގޭހާވެއެވެ. ކުރިމަތީގައި ހުރި  ވައް މޭޒުގައި  ތައްޔާރު ކުރެވިފައި ހުރީ އިނގިރޭސި ވިލާތުގެ މީހުން ކައި އުޅޭ ޒާތުގެ ނާސްތާއެކެވެ. ވަށައިގެން ބޮޑެތި ގަސްތައް ހެދިފައިވާއިރު ބޮޑު ސަރަހައްދެއްގައި މާގަސްތައް ވެސް ހައްދާފައި ހުއްޓެވެ. ބަގީޗާ ފެށޭ ހިސާބުގައި ހުރީ ބޮޑު ގަނޑުވަރެއް ފަދަ ގެއެކެވެ. މެހެފޫޒާގެ އިންތިޒާރަށް ނިމުމެއް އައީ ބޮޑު ގޭޓު ތެރެއިން ވަތް ކާރު ފެނިފައެވެ. ކާރުން ފައިބައިގެން  މުޖްތަބާ އައިސް އަނބިމީހާ ގައިގަ ކުޑަކޮށް ބައްދާލަމުން ނިއްކުރިއަށް ބޮސްދިނެވެ.

”ކޮބާ މައިކް؟“ ގޮނޑިއެއް ދަމާލާފައި މޭޒު ކައިރީ އިށީނަމުން މުޖްތަބާ މެހެފޫޒާ ގާތު އެހިއެވެ. ”އެޔޮށް އަންނަނީ“ ގޭތެރެއިން ނުކުމެގެން އައި މީކައިލްއަށް އިޝާރަތް ކޮށްލަމުން މެހެފޫޒާ މުޖްތަބާ އަށް ދައްކާލިއެވެ. ހުކުރު ދުވަހު އެންމެން އެކުގައި ބަގީޗާ ތެރޭގައި ހެނދުނުގެ ނާޝްތާ ކުރުމަކީ އެ އާއިލާގެ އާދައެކެވެ.

”ދަރިފުޅު އަނެއްކާވެސް ދަނީތަ؟ ދެންމެ އެއްނު ދުވަން ގޮއްސަ ތިއައީ….ގައިމު އޮފް ދުވަހެއްނު މިއަދު މީ“ މީކައިލް ލައިގެން ހުރި ފުޓުބޯޅަ ޖޯޒީ އާއި އަތުން ހިފައިގެން ހުރި ބޫޓު ފެނިފައި މެހެފޫޒާ ސުވާލު ކުރިއެވެ.

”މޯނިން މޯމް…..މޯނިން ޑޭޑް….މިއަދު ޕްރެކްޓިސް އެބައޮތް…. ކަޕް ފަށަން ކައިރި ވާތީ ތަންކޮޅެއް ގިނައިން ޕްރެކްޓިސް ބާއްވަނީ“ މީކައިލް މަންމަ އާއި ބައްޕައަށް ހެނދުނުގެ ސަލާމް ކުރުމަށް ފަހު ނާޝްތާއަށް އިންސާފު ކުރިއެވެ. ”މީކައިލް…. ބައްޕަ އެބަޖެހޭ ބިޒްނަސް ޓްރިޕެއްގައި ލަންޑަނަށް ދާން…މިފަހަރު ދާނީ މަންމަވެސް ގޮވައިގެން…..ދަރިފުޅު ރަނގަޅަށް އުޅޭތި އަބަދު ބައްޕަމެން ކައިރީގަ ނެތަސް“ މުޖްތަބާ އަބަދުމެ ދޭ ނަސޭހަތް ތަކުރާރުކޮށް މީކައިލް އަށް ދިނީ މީކައިލްގެ ސިޔާސަ މިޒާޖު އެނގޭތީއެވެ.

މީކައިލް އަކީ އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅަށް ވާތީ މީކައިލް ގެންގުޅެނީ ޅަކުއްޖެއް ފަދައިންނެވެ. މުޖްތަބާގެ މުއްސަދި ދިރިއުޅުމުން އަނބިމީހާ އަދި ދަރިފުޅަށް އެއްވެސް ކަމެއް ދައްޗެއް ނުވެއެވެ. މެހެފޫޒާ އަކީ ވެސް އަމިއްލަ މޭކަޕް ބްރޭޑެއްގެ ވެރިއެކެވެ. ފިރިމީހާގެ ތަނަވަސް ދިރިއުޅުމުން މެހެފޫޒާއަކަށް އެއްވެސް ދައްޗެއް ނުވާއިރު އަމިއްލަ ވިޔަފާރިއެއް ފެށީ އެއީ މެހެފޫޒާގެ ކުޑައިރުން ފެށިގެން ވެސް ދެކެމުން އައި ހުވަފެނަކަށް ވާތީއެވެ. ’މެޒިކް‘ މޭކަޕް ބްރޭންޑަކީ މުޅި ރާއްޖެއަށް ނަން މަޝްހޫރު އެންމެ ކުރިއަރާފައިވާ އެއް ވިޔަފާރިއެވެ. ވިޔަފާރީގައި މެހެފޫޒާއަށް ފިރިމީހާގެ ފުރިހަމަ އެއްބާރުލުން ލިބެއެވެ. ފަންސާހުގެ އަހަރުތައް ގުނަމުންދާ މުޖްތަބާ އަދި މެހެފޫޒާވެސް ބަލާބެލުމަށް އުމުރަށް ވުރެ ހަގު ކަމަށް ދައްކައެވެ. މެހެފޫޒާ ގެ ހެދުން އެޅުމުގެ ވައްޓަފާޅިއާއި  މަދުމަދުން ނުރަ ޖަހާފައި އޮތް އިސްތަށިގަށޑު ސްޓައިލް ކޮށްލާފައި ހުންނަނީ ބޭރުގެ އެންމެ ފަހުގެ ގޮތްގަނޑަށެވެ.

ސައިބޮއި ނިންމާލައިގެން މީކައިލް ދިޔައީ ޕްރެކްޓިސް އޮތް ދަނޑަށް ދިއުމަށެވެ. މުޖްތަބާ ވެސް އޮފީހަށް ދިޔުމަށް ތައްޔާރު ވާން ދިޔައިރު މެހެފޫޒާ ގޭގައި އުޅޭ ހަދިމު ކުއްޖާއަށް ގޮވައި  ތަށިތައް ނެގުމަށް ބުނެފައި ގޭތެރެއަށް ވަނެވެ.

…………………….

ވަޒީގާގެ ފުރަތަމަ ދުވަސް ކަމުން މަހީރް އުޅުނީ ކުރަންޖެހޭ ކަންކަން ބަލައި ދަސްކުރެވޭތޯއެވެ. މަހީރް ކުރަން ޖެހޭކަމަކީ ފިޒިއޯ ތެރަޕިސްޓުންނަށް އަތްގާތް ކޮށްލަދީ ޖިމް ރެޑީކޮށް ދުވަހުގެ ތާވަލު ތައްޔާރު ކުރުމެވެ. އެގޮތުން މިއަދުވެސް މަހީރް ބެލީ ވީހާވެސް ގިނަ ކަންކަން ދަސްކުރެވޭތޯއެވެ. ތަނުގެ އެންމެ އިސް ތެރަޕިސްޓު ލަބީބް އާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގައި މަހީރް އުޅުނެވެ.

”ލަބީބް ސަރ އެބަހުންނެވި ސަރ ހޯދަން ބޮސް އައިސް“ ރިސެޕްޝަންގައި މަސައްކަތްކުރާ ވަރުދާ އައިސް ލަބީބްއަަށް ގޮވުމުން މަހީރް ގާތު ކަންތައް ކުރަންވީގޮތް ކިޔަަދިނުމަށްފަހު ބޭރަށް ނުކުތެވެ.

ލަބީބް ނުކުތް އިރު ލިއަމް ރިސެޕްޝަން ކައިރީ މަޑުކޮށްލައިގެން ހުއްޓެވެ. ކައިރީގައި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ކަށީގެ ޑޮކްޓަރު ވެސް ހުއްޓެވެ. ”ލަބީބް…މީ މީކައިލް….އަހަރެންގެ ވަރަށް ގާތް މީހެއް މީ…. މީކައިލް ފުޓުބޯޅަ ކުޅެނިކޮށްވަރަށް ބޮޑަށް ފަޔަށް އަނިޔާވެފަ ވަނީ…. އަހަރެން ބޭނުން ވަނީ އެންމެ ބެސްޓް ޓްރީޓްމެންޓް…..ލަބީބް ތީ އެންމެ ޓްރަސްޓަބަލް އެކަކު ސޯ އައިވިލް ލީވް ހިމް ޓު ޔޫ….ވެފައި ހުރި ގޮތް ޑޮކްޓަރ ކިޔާލަދޭނެ“ ލިއަމް އައިސް ލަބީބްއަށް ވީގޮތުގެ ކުރު ހުލާސާއެއް ދިނެވެ. ބޯ ޖަހާލާފައި ލަބީބް ގޮސް ފުރޮޅުލީ ގޮނޑީގައި އިން މީކައިލް ގޮވައިގެން ޖިމް ތެރެއަށް ވަނީ ޑޮކްޓަރު ގާތުން ބައެއް މުހިންމު މައުލޫމާތު އޮޅުން ފިލުވުމަށް ފަހުއެވެ.

”މަހީރް އާދެބަ“ ލަބީބް ގޮވުމުން މަހީރް ދުވެފައި ދިޔައީ ކަސްރަތު ކުރަން އިން ބަލި މީހާ ނިންމާފައި އެތަނުން ދިޔުމުންނެވެ.

”ލައްބަ ސަރ….ކީކޭ ތްތޯ…“ މަހީރް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނީ މީކައިލް އިން ހާލަތު ފެނިފައެވެ.

”މަހީރް ދިސް އިޒް މީކައިލް…..ވީއައިޕީ ޕޭޝަންޓެއް….މީގެ ފަހުން މީކައިލް ގެ ވަންއޮން ވަން ޓްރީޓްމެންޓާއި ހަވާލުވެ ހުންނާނީ އަހަރެން….މަހީރް ވިލް ބީ އެސިސްޓިން މީ…..އޯލްރައިޓް؟“ ހިނިތުން ވެލަމުން ލަބީބް މީކައިލް ގޮނޑިއަކަށް ބަދަލު ވުމަށް  އެހީވިއެވެ.

”އާ ޔޫ އޯލްރައިޓް؟….ވަަޓް ހެޕެންޑް؟“ ލަބީބް ކޮންމެވެސް ކަމަކު ދުރަށް ޖެހިލުމުން މަހީރް ވާހަކަ ދެއްކިއެވެ. ”ކުޅެނިކޮށް އިންޖުރީ އެއްވީ….މާ ބޮޑު ކަމެއް ނޫން“ މަހީރްގެ ހާސްވެފައި ހުރި މޫނު ފެނުމުން މީކައިލް އަށް ލިބުނީ ހިތްހަމަ ޖެހުމެވެ. އެ ދެމެދުގައި މާގިނަ ވާހަކައެއް ނުދެކެވުނީ ލަބީބް އެނބުރި އައުމުންނެވެ. މީކައިލް ގެ ތެރަޕީ ސެޝަން ނިމިގެން ދިއުމުން ހަފްތާއަކު ތިން ދުވަހު އައުމަށް  އިރުޝާދު  ދިނެވެ.

………………………….

”ޔަލް……ހޮސްޕިޓަލް އެނިވާސަރީ އިވެންޓަށް ޝޮޕިން ކޮށްފިންތަ؟ ހިނގާބަ ދޯ އަހަރެންނާއެކު މިރޭ ގޮސްލަން…..ކުޑަ ހެލްޕެއް ބޭނުން މެޗިން ޓައީ އެއް ހޯދަން“ އީ އާރު ތެރެއިން ނުކުމެގެން ލިފްޓަށް އަރަން ދިޔަ ޔަލްވީގެ ފަހަތުން ދުވެގޮސް މިގްދާދް އަރާ ހަމަކުރިއެވެ. މާ ބޮޑު ވިސްނުމަކާ ނުލާ ޔަލްވީ އެއްބަސްވީ އާޔަތު ވެސް މިރޭ ތާކަށް ދާން ޖެހޭ ވާހަކަ ބުނެފައި އޮތުމުން ގޭގައި އެކަނި ނުހުންނަން ވެގެނެވެ.

މިގްދާދް ދެވަނަ ފްލޯ އަށް ފޭބުމުން ޔަލްވީ ފިއްތާލީ ހަތަރުވަނަ ފްލޯ އަށެވެ. ހަތަރު ވަނަ ފްލޯގައި ވަކިން ހުންނަ ވޯޑަކީ ވީއައިޕީ މީހުން ތިބެން ހާއްސަ ކުރެވިފައިވާ ވޯޑެކެވެ. އެ ވޯޑުގެ މަސައްކަތް ކުރަނީ ވަކިން ހާއްސަކޮށް އެތަނަށް ނަގާފައި ތިބޭ ތިން ނަރުހުންނެވެ.

”ޒައީމާ ދައްތާ ކިހިނެއް…..މަސައްކަތް މާ ބުރަ ދުވަހަކީތަ؟“ ޔަލްވީ އެތަނަށް އާންމުކޮށް ގޮސް އުޅެނީ އެތާގައި އުޅޭ ދުވަސްވީ ނަރުހެއް ކަމަށްވާ ޒައީމާ އާއި ބައްދަލު ކުރާށެވެ. ޒައީމާގެ ހިތް ހެޔޮ ކަމުން ޔަލްވީ ހާލު ބަލާލަން އައިސް އުޅެއެވެ. ”އެކޮއި ޔަލްވީ…..ހާދަ އުފާވެއްޖޭ އައިމަ….ބުރައެއް ނޫން…ދެން އެނގެ އެންނު މިތާގަ އެންމެ ގިނަވެގެން ވެސް އޮންނާނީ  ތިން ޕޭޝަންޓުން ވިއްޔަ“ ޒައީމާ ހިތް ހެޔޮ ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

”މިއައީ އަޅުގަނޑު އަލަށް ޓްރައި ކުރި ރަނބާ ކޭކު ރެސިޕީ އަކުން ކޭކެއް އަޅައިގެން ދައްތައަށް ރަހަ ދައްކާލަން ހިފައިގެން“ ޔަލްވީ އަތުގައި އޮތް ކަރުދާސް ކޮތަޅު ޒައީމާއަށް ދިއްކޮށްލިއެެވެ.

ޔަލްވީ އާއި ޒައީމާ ވާހަކައިގައި ތިއްބާ އެތަނަށް ވަދެގެން އައި މެހެކް ޔަލްވީއަށް ތުން އަނބުރާލަމުން ގޮސް ވަނީ  ވީއައިޕީ ބައިގެ ސެކިއުރިޓީ ތަޅެއް ލާފައި އިންނަ ކޮޓަރިއަށެވެ. އެކޮޓަރިއަކީ ކޮންމެ ކޮންމެ މީހަކަށް ވަދެވޭ ތަނެއް ނޫނެވެ. އެހެން ވީއައިޕީ ސޫޓު ތަކާއި ހިލާފަށް އެ ކޮޓަރިއަށް ވަދެވެނީ  ހާއްސަ ކީކާޑެއް ޖައްސައިގެނެވެ.

”މެހެކް އަށް ވެސް އެތަނަށް ވަދެވޭތަ؟…..ކާކުތަ އެތާގަ ބާއްވާފަ އެ އޮންނަނީ؟“ ޔަލްވީ އަހަން ނާހަން ހުރެފައި އެންމެ ފަހުން ނުހުރެވިގެން އަހާލިއެވެ.

”އާން އެތަނަށް ވަނުމުގެ ހުއްދަ އޮންނަނީ ލިއަމް ސަރ….މެހެކް އަދި މިތަނުގައި އުޅޭ ތިން ނަރުހުންނަށް އެކަނި…. ކޮންފިޑެންޝިއަލް މައުލޫމާތު ވުމުން ދައްތަމެނަށް އެވާހަކަ ދެެއްކުމުގެ ހުއްދައެއް ނޯވޭ“ ޒައީމާ ޔަލްވީއަށް ސާފު ކޮށްދިނެވެ.

”ކާކުބާ އެތާގައި އެއޮތީ…..ކީއްވެ މެހެކްއަށް ވަދެވެންވީ އެތަނަށް؟…….އަހް….ހައު ކުޑް އައި ފޮގެޓް އެއީ ލިއަމް ގެ ސޫން ޓުބީ ވައިފްކަން….އޭނައަށް ހުރިހާ ހައްގެއް ވެސް އޮންނާނެ ތާ ދޯ“ ވޯޑުން ނުކުމެގެން ދަމުން ޔަލްވީ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ނިއްކުރިމަތީގައި އެއް އަތުން ޖަހާލިއެވެ.

………………………..

ގަޑީގެ ކަށި ނުވައެއް ޖަހަން ގާތް ވަމުން ދާ ކޮންމެ ހިނދުކޮޅަކު އާޔަތުގެ ހިތްވެސް ދިޔައީ ފަހަރަކަށްވުރެ ފަހަރެއް އަވަސް ވަމުންނެވެ. ތައްޔާރުވެ ނިމިގެން ލޯގަނޑު ބެލުން އަދަދެއްވެސް ނޭނގެއެވެ. އަޒާންގެ އެ ދައުވަތު ގަބޫލު ކުރެވުނީ ކީއްވެ ކަމެއް އާޔަތަކަށް ނުވިސްނުނެވެ. އެތަށް ގޮތަކަށް ވިސްނުމަށްފަހު ނުދާން ނިންމާފައިވެސް ވަގުތު ކުޑަތަން ވަމުން ދިޔަ ވަރަކަށް ބުނެދޭން ނޭގޭ އިހްސާސްއެއް އެހިތަށް ކުރަމުން ދިޔައެވެ. ހިތް ނުތަނަވަސް ވެ މޭފިތޭ ގޮތް ވަނީއެވެ. އެންމެފަހުން އާޔަތު ނިންމީ މީހަކަށް ދެރަ ގޮތެއް ހެދިދާނެ ކަމުގެ ބިރު އޮތުމުން އެހެން ވަނީ ކަމުގައެވެ. އަޒާން އަށް އެއްޗެހި ގޮވުމުން އެކަމުގެ ބަދަލު ދޭން މިރޭ އަޒާންގެ ދައުވަތު ގަބޫލު ކުރީ ކަމުގައި އާޔަތު ގެ ސިކުނޑި ނިންމިއަކަސް  އާޔަތުއަށް ނޭގުނު ކަމީ އެ ހިތް ބުނަމުން ދިޔައީ އެހެން ވާހަކައެއް ކަމެވެ.

ގޭގެ ބެލް އަޅާލި އަޑު އިވުމުން އެންމެ ފަހުފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލަމުން އާޔަތު ގޮސް ދޮރު ހުޅުވިއެވެ. ދޮރު ކުރިމަތީ ހުއްޓިލައިގެން ހުރީ އަޒާން ނޫން ދެވަނަ މީހެއް ނޫނެވެ. ކަޅު ކުލައިގެ އަތްދިގު ގަމީހަކާއި ހުދު ކުލައިގެ  ލިނެން ސޯޓެއް ލައިގެން ހުރި އަޒާންގެ އަތުގައި ހުދު ކުލައިގެ ލިލީ މަލުގެ ބޮޑު ގުލްދަސްތާއެއް  އޮތެވެ.

ދޮރު ހުޅުވާލި އާޔަތު ފެނި އަޒާން އެތެރެއަށްލި ނޭވާވެސް ހީވީ ވައިނޮޅީގައި ތާށި ވިހެނެވެ. ކަޅު ނޫ ކުލައިގެ ޕޮލްކާ ޓޮޕް ކޮޅަކާއި ހުދުކުލައިގެ ޕެންސިލް ސްކާޓެއް ލައިގެން ހުރި އާޔަތުގެ ފުރިހަމަ ކަން ފެނި އާޝޯހުވާހާވިއެވެ. އާޔަތު ފައިވާން ހަރުން ނެގި އުސް ފައިވާނަށް އަރަމުން ދޮރުން ނުކުތެވެ.

ލިފްޓު ސާވިސް ކުރާކަމުގެ ނޯޓިސްއެއް ޖަހާފައި އިނުމުން ސިޑިން ފައިބަން ޖެހޭތީ އާޔަތު ހުރީ ހިތްހަމަ ނުޖެހިފައެވެ. އެއްޗެއް ނުބުނެ އަޒާންއަށް ނަޒަރެއް ދެމުން ސިޑިން ފައިބަން އަޅާލި ފުރަތަމަ ފިޔަވަޅުވެސް އެޅުނީ ހަރުފަތުން ބޭރުގައެވެ.  އާޔަތު އާއި ދާދި ގާތުގައި ހުރި އަޒާން ހުޝިޔާރު ކަމާއެކު އާޔަތުގެ މެދު ހަށީގައި ހިފާ ގާތަށް ދަމާލިއެވެ.

”ކެއަރ ފުލް ޑާރލިންގް“

Share Article

Vaahaka_by_Az
Follow Me Written By

Vaahaka_by_Az

Level 110 Stories

Pages that feel like alternate realities, where every chapter feels personal!

Other Articles

Previous

ހިމޭން 1

Previews
June 18, 2026

ހިމޭން 1

2 Comments!

  1. bb says:
    June 19, 2026 at 1:07 am

    OMG LILLIESSSS!!! And white💗💗💗 dhennn pls michael men family ah dhaan beynumeee hama

  2. Zdmr says:
    June 19, 2026 at 1:21 am

    Daamnnnn what is azaaan even???!!!! Freaking Love him so much💗

Comments are closed.



All Right Reserved!