Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަޤުދީރު – 8

Athufa_Zubeyr Level 1
June 8, 2026 9 Mins Read
1 Comment

އެ ޒުވާނާ އަތުގައި އޮތް ގަޑިއަށް ނަޒަރެއް ދެމުން ދުވެފައި ދިޔައީއެވެ. ހަދާނެ ގޮތެއް ނޭނގިގެން އެ ޒުވާނާ ދިޔަ ދިމާލަށް މަހީރް ބަލަން ހުރުމަށްފަހު ދެފަރާތަށް ބޯހޫރުވާލިއެވެ. “ކްރޭޒީ ސްޓްރޭންޖާ”  ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލަމުން މަހީރް އިރުއަރާ މަންޒަރުގެ ފޮޓޯތައް ނަގަމުން ދިޔައެވެ. ފޮޓޯ ނެގުމުގައި ފަނަރަ މިނެޓު ހޭދަވެގެން ދިޔައިރުވެސް މަހީރްއަށް ރޭކާލި ހެނެއް ހީއެއްނުވެއެވެ. އެކި ގޮތްގޮތަށް އިރުއަރާ މަންޒަރާއެކު އަމިއްލަ ނަފްސުގެ ފޮޓޯތައް ފޯނުގައި ރައްކާކުރަމުން ދިޔައީ ފަރިތަކަމާއެކުއެވެ.

 “ހައި… އަމް ބެކް” މައިނޭވާލަމުން އައިސް މަހީރް ކުރިމަތީގައި ހުއްޓިލީ އިރުކޮޅެއް ކުރިން މަހީރް ބުނި ‘ކްރޭޒީ ސްޓްރޭންޖާ’ އެވެ. “ވެއިޓް… ވާރ ޔޫ ރިއަލީ ސީރިއަސް ވެން ޔޫ ސެޑް ޔޫ ވާރ ކަމިންގް ބެކް؟” ހައިރާންކަމާއެކު މަހީރް އެ ޒުވާނާއަށް ބަލަން ހުއްޓެވެ. “އޮފް ކޯޒް ބޭބީ ގާރލް ހައު ކުޑް އައި ނޮޓް ބީ ސީރިއަސް” ހިނިތުންވެލަމުން މަހީރް އަތުގައި އޮތް ފޯނު އަތުލައި ގާތަށް ޖެހިލަމުން މަހީރްއާއެކު ނަފްސީއެއް ނަގާލިއެވެ. އަދި އެއްލޯ މަރާލަމުން މަހީރް ގެ އަތަށް އެ ފޯނު ދިއްކޮށްލިއެވެ. ހިނގަމުންދާ ކަންތައް މަހީރްގެ ސިކުނޑިއަށް ނަގައިގަންނަން ވަގުތު ނެގިއެވެ. ހުއްޓުން އަރާފައި ހަރަކާތެއްކޮށްލަންވެސް ނޭނގިފައި ހުރެވުނީއެވެ.

“ޝާލް ވީ؟” ކުރިމައްޗަށް އެއް އަތުން އިޝާރާތްކޮށްލަމުން އެޒުވާނާ މަހީރްއަށް ތަން ދެއްކިއެވެ. ހައިރާންކަމުގެ ނަޒަރެއް ދެމުން މަހީރް ކުރިއަށް ހިނގައިގަތެވެ. އެޒުވާނާ ވެސް މަހީރްއާ އެއް ހަމައެއްގައި ހުރެ ހިނގަމުން ގޮސް އަތިރިމަތިން މަގަށްވާ ގޮތަށް ޕާކު ކޮށްފައި ހުރި ސައިކަލުތައް ކައިރީ މަޑުކޮށްލިއެވެ. “ސޮރީ ބޭބީ ގާރލް، މިއަދު އާދެވުނީ ސައިކަލުގައި…. އާ ޔޫ ގޮނަބީ އަންކޮމްފަޓަބަލް؟” މަހީރް އަށް ނަޒަރެއް ދެމުން އެޒުވާނާ ސައިކަލު މަގަށް ނެރުނެވެ. މަހީރް އަށް ކުރެވުނުހާވެސް ކަމަކީ ދެފަރާތަށް ބޯ ހޫރާލުމެވެ. އެދުލާ ހަމައަށް އެއްވެސް ލަފްޒެއް ގެންނަން ނުކުޅެދުނެވެ.

މަހީރް ސައިކަލަށް އެރުމުން އެ ޒުވާނާ ސައިކަލު ދުއްވާލިއެވެ. މަހީރް މަސައްކަތް ކުރަމުން ދިޔައީ ވީހާވެސް ދުރުގައި އިނދެވޭތޯއެވެ. ސައިކަލު ގޮސް މަޑުކޮށްލީ ހުޅުމާލޭގެ ނަންމަޝްހޫރު ‘ލެގޫން ބްރޭކްފާސްޓް ބާރ’ ކެފޭ ކުރިމައްޗަށެވެ. އެ ކެފޭއަކީ މޫދު ފެންނަ ގޮތަށް ހުންނަ، ޒަމާނީ ފެންވަރަށް ހަދާފައި ހުންނަ ކުޑަ ކެފޭއެކެވެ. ހުދުކުލަޔާއި މަޑު ނޫކުލައިން ފަރުމާކޮށްފައިވާ މި ކެފޭއަކީ އިއްޒަތްތެރިންނާއި ވިޔަފާރިވެރިން އަދި ފަތުރުވެރިން އާންމުކޮށް ހެނދުނުގެ ނާސްތާއަށް އައިސް އުޅޭ ތަނެކެވެ.

 މަހީރް ވަށައިގެން ބަލަމުން ދިޔައީ ތަނުގެ ރީތިކަމުންނެވެ. މަޑު ހިނގުމެއްގައި  ގޮސް އެޒުވާނާގެ ފަހަތުން ކަނުގައި ހުރި މޭޒެއް ކައިރި ހުއްޓިލިއެވެ. އެޒުވާނާ ގޮނޑި ދަމާލަމުން މަހީރް އަށް އިށީނަން ތަންދެއްކިއެވެ. އަދި ކުރިމަތީ ހުރި ގޮނޑީގައި އިށީނދެލަމުން ހިނިތުންވެލިއެވެ. “އަދި ނަމެއްވެސް ނުބުނަމެއްނު…މީ މީކައިލް މުޖްތަބާ.” މޭގައި އަތް އަޅާލަމުން މީކައިލް ތައާރަފުވެލިއެވެ. “މަހީރް ބިންތް މިއުވާން.” ކުޑަކޮށް ހިނިތުންވެލަމުން މަހީރްވެސް ތައާރަފުވެލިއެވެ. ވެއިޓަރު އައުމުން އޯޑަރު ދިނުމަށްފަހު މީކައިލް ބަލާލީ މަހީރް އަށެވެ. “ސޯ ޓެލްމީ އަބައުޓް ޔޫ” ދަތްދޮޅީގައި އަތް ވިއްދާލަމުން ޝައުގުވެރިކަމާއެކު މީކައިލް މަހީރް އަށް ބަލަން ފެށިއެވެ. “އިންޓަވިއު އެއް ކުރަނީތަ؟” މަހީރް މަޖާވެލާފައި ބުނެލިއެވެ. “އިންޓަވިއު އެއް ނޫނަކަސް…ދެން އައިވޮނަ ނޯ ޔޫ ސޯ ބޭޑް” ހަމަ އެ އިން ގޮތަށް އިނދެ މީކައިލް ބުނެލިއެވެ. “އޯކެއި… އައިގެސް…އަމް 19 އިޔާޒް…ފިނިޝްޑް މައި އޭލެވެލްސް ރީސެންޓްލީ” ދެކޮނޑު އަރުވާލަމުން މަހީރް އާދައިގެ ގޮތަކަށް ކިޔާލިއެވެ. “މްމްމްމް… އިންޓްރެސްޓިން…. މައި ޓާން ދޯ؟ …24 އިޔާޒް… އަމް އިން މިލިޓަރީ… އަމް އަ މެރައިން” މީކައިލްވެސް ތައާރަފް ވެލިއެވެ. “ވޯހް.. ސޯ ކޫލް… އެހެންވެ ތަ ދުވަން ނުކުމެ ތި އުޅެނީ؟” ކަމެއް ހަނދާންވެގެން މަހީރު ސުވާލުކޮށްލިއެވެ. “ހެހެހެހެ… ޔެސް… ބީއެފްޓީ އޮތީމަ އެއަށް ޓްރެއިން ވަނީ… އެހެންވެ އޮން ޓައިމް އަށް ލެޕް ހަމަ ކުރަން ވަރަށް މުހިންމު” މީކައިލް ވާހަކަ މެދުކަނޑާލީ އޯޑަރު ހިފައިގެން ވެއިޓަރު އައުމުންނެވެ. “މީކައިލް ސަރ ހިއާސް ޔުއަރ އެމެރިކާނޯ އެންޑް އެގް ޓޯސްޓް….. އެންޑް މޭމް ޔުއަރ ލާޓޭ އެންޑް އެވަކާޑޯ ޓޯސްޓް”

އަދަބުވެރިކަމާއެކު ވެއިޓަރު އޯޑަރުދިނުމަށްފަހު އެތަނުން ދިޔައެވެ. “ހީ ނޯޒް ޔޫ؟” ސުވާލުގެ ނަޒަރަކުން މަހީރް މީކައިލްއަށް ބަލާލިއެވެ. “ޔެސް… ދިސް އިޒް މައި ޑޭޑްސް ކެފޭ އެންޑް މައި ޔޫޝުއަލް ބްރޭކްފާސްޓް ޕްލޭސް” އާދައިގެ ގޮތަކަށް މީކައިލް އެހެން ބުނެލީ މާ ބޮޑު ފަރުވާލެއް ނެތިއެވެ.

“ސޯ ބޭބީ ގާރލް ލެޓްސް ބީ ފްރެންޑްސް؟. ދީބަ ނަންބަރު. އޭރުންނެއްނު އަވަރ ފްރެންޑް ޝިޕް ކުރިއަށް ގެންދެވޭނީ.” ވަރަށް ނުވާކަމަށް ހެދެމުން މީކައިލް ބުނެލީ މަހީރު ދޭނެ ޖަވާބެއް ނޭނގޭތީއެވެ. “ނޯ… އަމް ނޮޓް ގޮނަ ގިވް މައި ނަމްބަރ ޓު އަ ކްރޭޒީ ސްޓްރޭންޖާ….. ހޫ އާސްކްޑް މީ ޓު ގޯ އޮން އަ ބްރޭކްފާސްޓް އެޓް ފަސްޓް ސައިޓް ” ދެބުމަ އަރުވާލަމުން މަހީރު ގޮތް ދެއްކިއެވެ. “އޯހް… ސޯ އަދިވެސް ބަލަނީ ސްޓްރޭންޖާ އެއް ގޮތަށްތަ؟ ވާހަކަ ދެއްކީމަނު އެނގޭނީވެސް އަހަރެންގެ ހުރި ކްރޭޒީނެސް އެއް ވެސް” މީކައިލް އެއްލޯ މަރާލިއެވެ.

 “އިފް ވީ އާ މެންޓް ޓުބީ ފްރެންޑްސް ވީ ވިލް މީޓް އަގެއިން……ލެޓްސް ސީ އިފް ތަޤްދީރުން އަހަރުމެން ދެވަނަ ފަހަރަށް ބައްދަލުވޭތޯ.” ކޮފީ ތަށިން ދަމާލަމުން މަހީރު ވާހަކަ ދެއްކިއެވެ. “އޯހް… ސޯ ބޭބީ ގާރލް ވޯންޓްސް ޓު ސީ އަވަރ ފޭޓް؟ …..އޯލްރައިޓް….އޯލްރައިޓް ” ހިނިތުންވެލަމުން މީކައިލް ގޮނޑީގައި ހަމަޖެހިލިއެވެ.

“ވައި އާ ޔޫ ސްޓޭރިން؟؟” ބުމަ ގޮށްޖަހާލަމުން މަހީރް ސުވާލުކޮށްލިއެވެ. “ޑޫ ޔޫ އިވަން ނޯ ހައު ގޯޖަސް ޔޫ އާރ؟  އޭޒް ބްރައިޓް އޭޒް އަ ރޭ އޮފް ސަންޝައިން…އޭޒް ބިއުޓިފުލް އޭޒް އަ ފްލާވާރ…. ޔޫ ލުކް ލައިކް އަ ޝައިނިން ރެއަރ ޕާރލް….މައި ޕާރލް ” އެއް އަތް އުފުލާލަމުން މަހީރްގެ ތުންފަތުގައި ހުރި ކޮފީ ފޮނުތައް މީކައިލް ފޮހެލަދިނެވެ. އެކަހަލަ ކަމަކަށް ނުވިސްނާ ހުރި މަހީރް ސިހިފައި ގޮނޑީގެ ފަހަތަށް ޖެހިލެވުނެވެ.

“ޑިޑް ޔޫ ޖަސްޓް ފްލާރޓް؟؟” މަހީރް ހިތްހަމަނުޖެހުން ފާޅުކުރިއެވެ. “ނޯ…ބޭބީ ގާރލް  އައި ވޯޒް ޖަސްޓް ސްޓޭޓިން ފެކްޓްސް ” މީކައިލް ހަމަޖެހުން ދައްކަން މަސައްކަތްކުރީ މަހީރް ގޮނޑިން ތެދުވުމުންނެވެ. “ލުކް މީކައިލް….އަމް ނޮޓް ޔޯ ބޭބީ ގާރލް….. އަހަރެން މިތަނަށް އައީ މީކައިލް އެދުނީމަ….. އައި ގޮޓް ގުޑް ވައިބްސް ފްރޮމް ޔޫ އެހެންވެ އައީވެސް… ހީނުކުރާތި އެހެން މީހުންހެން އަހަރެން އިމްޕްރެސްވާނޭ ތިހެން ފްލާޓްކޮއްގެން…އައިވުޑް ލައިކް ޓު ޕޭއި ހާފް އޮފް ދި  ބިލް…އެންޑް ލީވް” މަހީރްގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުކުރިއެވެ.

 “ނޯ…ނޯ …ބޭބީ ގާރލް ޔޫ ޑޯންޓް ހޭވް ޓު ޕޭއި އަހަރެން ހުއްޓާ… ސޮރީ އިފް އައި ސެޑް ސަމްތިންގް ޔޫ ޑޯންޓް ލައިކް…. އަހަރެން ދާނަން ގެއަށް  ޑްރޮޕެއް ދޭން.” މީކައިލްގެ މޫނުމަތިން ހާސްކަން ފާޅުވިއެވެ. “ނޯ އިޓްސް ފައިން އައި ކޭން ގޯ އޮން މައި އޯން” މީކައިލްއަށްމަސްނޫއީ  ހިނިތުންވުމެއް ދެމުން މަހީރް އެތަނުން ނުކުތެވެ.

 “އަހްހްހް…އައި މެސްޑް އަޕް” އެއް އަތުން އިސްތަށިގަނޑުގައި އަތް ހިންގާލަމުން މީކައިލް ބިލަށް ފައިސާ ދައްކާލާފައި އެތަނުން ނުކުތީއެވެ.

” އޯ މައި…. ވަޓް ވޯޒް ދެޓް އިވެން…. ވޯޒް ދެޓް އިވެން ރިއަލް؟؟ ……އޯލް އޮފް އިޓް ލުކްޑް ލައިކް އަ ސީން ސްޓްރެއިޓް އައުޓް ފްރޮމް އަ މޫވީ …..ޑަޒް ދެޓް ހެޕެން އިން ރިއަލް ލައިފް ޓޫ؟….. ހީ ވޯޒް ސަޗް އަ ޖެންޓްލްމެން…. އައި ޝުޑްންޓް ހޭވް ބީން ދެޓް ރޫޑް ޓު ހިމް” ހިނިތުންވެލަމުން މަހީރް އެނދަށް ވެއްޓިގެން އޮވެ މޫނުގައި ދެ އަތް އަޅައި މޫނު ފޮރުވާލިއެވެ. މިއަދު ހެނދުނު ހިނގައިދިޔަ ހުރިހާ ކަމެއް މަހީރްގެ ބޮލުތެރޭގައި ތަކުރާރުވަމުން ދިޔައީ ފިލްމެއްގެ މަންޒަރު ހެނެވެ. މަހީރަށް ގަބޫލުކުރެވިފައި އޮންނަ ގޮތުން އެކަހަލަ ފިރިހެނުން އުޅެނީ ފިލްމުތަކުގައި ނޫނީ ހިޔާލީ ވާހަކަ ފޮތްތަކުގައެވެ. މަހީރަށް އެކަހަލަ ކަމެއް ތަޖުރީބާކޮށްލެވުނީ އަލަށެވެ.

………………………………

  ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ޔަލްވީ ކެބިންގައި އިނދެފައި ނުކުތީ ވޯޑު ތަކަށް ގޮސް  ހަވާލުވެފައިވާ ބަލިމީހުންގެ ހާލު ބަލާލުމަށެވެ. ޔަލްވީގެ މިސްރާބު ހުރީ ސާޖިކަލް ވޯޑާއި ދިމާއަށެވެ. ދަންވަރު ޑިއުޓީ ހަދަންޖެހޭ ރޭއެއްކަމުން މާބޮޑު މަސައްކަތެއް ކުރާކަށެއް ނުޖެހެއެވެ. ހުރިހާ ބަލިމީހުންވެސް ނިދާފައި ތިބޭނެ ވަގުތެއް ކަމަށްވުމުން މުޅި ތަން އޮތީ އަނދިރިކޮށްލާފައެވެ. ނަރުހުންގެ ޖަގަހަ ކައިރިން ކުޑަ ބޮތްކެއް ދިއްލާފައި ހުރުމުން ތަންދޮރު ވަކިވާވަރުވެއެވެ.

 “ޑޮކްޓަރ މިގްދާދް ނައިޓް ޑިއުޓީ ތަ؟” ނަރުހުންގެ ޖަގަހައިގައި ކޮމްޕިއުޓަރުގައި އެއްޗެއް ލިޔަން އިން މިގްދާދް ފެނުމުން ޔަލްވީ މަޑުކޮށްލިއެވެ. “ޔެސް…. މިރޭ ނައިޓް އިނީ…… ދެން މިރޭ މާބޮޑު ކަމެއް ނެތީމަ ހިތަށްއެރީ ނޯޓްސް ލިޔެ ނިންމާލާނީއޭ….. ޔަލް ހިނގާބަ ކެފެޓީރިއަރ އަށް ކޮފީއެއް ގަންނަން…. ވަރަށް ނިދިއެބަ އާދޭ.” ހިނިތުންވުމެއް މޫނަށް ވެރިކޮށްލައިގެން އިނދެ މިގްދާދު ޔަލްވީއަށް ބަލާލިއެވެ. “އޯކޭ ލެޓްސް ގޯ ދޯ؟ ……އަހަރެންވެސް ބޭނުން ކޮފީއެއް. މިތަނަށް އައީ ޕޭޝަންޓުންގެ ސްޓޭޓަސް ތައް ބަލާލަން….. އެކަމް މިގޫ ތިބުނިއެއްނު ދޯ އެއްވެސް ކަމެއް ނެތް ވާހަކަ.” ޔަލްވީ ބަލިމީހުންގެ ފައިލުތަކަށް ބަލަމުން ވާހަކަ ދެއްކިއެވެ. މިގްދާދް ނޯޓު ތައް ލިޔުމަށްފަހު ޔަލްވީއާއެކު ކެފެޓީރިއަރ އަށް ދިއުމަށް ނުކުތެވެ.

………………………………

 މާހައުލުން ފެންނަނީ އަނދިރިކަމެވެ. މުޅި ކެބިން ތެރެއަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން ކުޑަކޮށްވެސް އަލިކަމެއް ފާޅުވާން ހުރީ  ކެބިންގެ އެއް ފާރުގައި އެއްކޮޅުން އަނެއްކޮޅަށް ބަހައްޓާފައި ހުރި މަސްޓޭންކުންނެވެ. ފާރުގެ ބަދަލުގައި ހުރީ ބިއްލޫރި މަސްޓޭންކެކެވެ. މަސްޓޭންކައް ވުރެ ބޮޑަށް ވައްތަރީ ‘އެކުއެރިއަމް’ އަކާއެވެ. ކުދި ފެން ގަސްތަކާއި މުރަކަތަކުން ޒީނަތްތެރިވެފައިވާ އެ މަސްޓޭންކުގައި ކުދި މަހާއި ބޮޑެތި މަސްތައް ރަނިކަން ކުރަމުން ދިޔައެވެ. މެދުގައި ބޮޑު މޭޒަކާއި ފުރޮޅުލީ ބޮޑު ގޮނޑިއެއް ބަހައްޓާފައި ހުއްޓެވެ. މޭޒުމަތީގައި ދެ މޮނީޓަރު ގުޅުވާލާފައި ހުންނަ ވައްތަރުގެ ކޮމްޕިއުޓަރު ސިސްޓަމެއް ހުއްޓެވެ. އަދި މޭޒުމަތީގައި ސީއީއޯ ގެ ނަން ފަރުމާކޮށްލާފައި އޮތް ދިގު ބިއްލޫރި ނަން ޕުލޭޓެއް އިނެވެ. ކެބިންގެ ދެ ކަނުގައި ބޮޑު ދެ ގަސް މުށި ހުރިއިރު، ބޭރު ފެންނަހެން ކަހާލެވޭ ބޮޑު ދޮރުން ބެލްކަނީ ފެންނަން ހުއްޓެވެ. ބެލްކަނީ ގެ ބޭރުން ކުދިކުދި އެކި ޒާތް ޒާތުގެ ގަސްމުށި ތައް ފެންނަން ހުއްޓެވެ. އަދި ކަޅުކުލައިގެ ބޮޑު ދެ ސޯފާސެޓާއި ބިއްލޫރި ކުޑަ މޭޒެއް ކެބިން ތެރޭގައި ހުރިއިރު، ކަނާތްފަރާތުގައި ހުރި ފާރު ފޮރުވޭ ވަރަށް އެއްކޮޅުން އަނެއްކޮޅަށް ބޮޑު ކަޅު ފަރުދާއެއް ދަމާފައި ހުއްޓެވެ. ފަރުދާގެ ފަހަތުގައި ފާރުގައި ހަރުކުރެވިފައި ހުރި ބޮޑު ސްކްރީނު ތަކަށް ނަޒަރު ހުއްޓާލައިގެން ހުރި ލިއަމް އެއް އަތުގައި އޮތް ސިނގިރޭޓު އިރުއިރުކޮޅާ ދަމާލައެވެ. ލިޔަމްގެ ނަޒަރު އަމާޒުވެފައި ހުރީ ސްކްރީނު ތަކުން ވެސް ވަކި ދިމާލަކަށެވެ. މަޑު ފިޔާތަށިކުލައިގެ ސްކްރަބެއް ލައިގެން ހުރި ޔަލްވީ، މިގްދާދް އާއެކީ ފެނުމުން ލިޔަމްގެ ލޭ ކެކިގަތެވެ. މިގްދާދު މާ މަޖާވެފައި ހެމުން އެދައްކަނީ ކޮން ވާހަކައެއްތޯ ހިތަށް އެރުމުން ލިއަމްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

 މީގެ ދެ ހަފްތާ ކުރިން ފުރަތަމަ ފަހަރުވެސް ޖިމް ތެރެއިން ޔަލްވީ ފެނިލުމުން ވެސް ލިއަމްއަށް ހީވީ މޭތެރޭގައި އޮތް ހިތް ފަޅާފައި ނުކުމެދާނެހެންނެވެ. މި އަންހެންކުއްޖާގެ އެންމެ ހަރަކާތަކުން ވެސް ލިއަމްއަށް އަމިއްލަ އިހްސާސްތައް ހިފެހެއްޓުން ވަނީ ދަތި ކަމަކަށެވެ. އަންހެނުންނަށް އެކަހަލަ ނަޒަރަކުން ބަލާލުމަށް ވެސް ނަފްރަތުކުރާ ލިޔަމްއަށް ވެގެން އުޅޭ ގޮތެއް ޙުދު ލިއަމްއަކަށް ވެސް ނޭނގެއެވެ. އެއީ ކިހިނެއް ވެގެންވާ ގޮތެއްކަންވެސް ދެނަގަތުމަށް ލިއަމްވަނީ ނުކުޅެދިފައެވެ. އިރުކޮޅަކު ސްކްރީނުން ފެންނަން ހުރި ކެމެރާ ތަކަށް ބަލަން ހުރުމަށްފަހު އަތުގައި އޮތް ސިނގިރޭޓު ފިލްޓަރު އަޅިކެނޑިއަށް ނިއްވާލަމުން ބާރު ހިނގުމެއްގައި ގޮސް ލިފްޓަށް އަރައި އެންމެ ތިރީ ފަންގިފިލާ  އަށް ފިއްތާލިއެވެ. ލިފްޓުން ނުކުތް ލިއަމްގެ މިސްރާބު ހުރީ ކެފެޓީރިއަރ ދިމާލަށެވެ. ކޮފީ ގަނެގެން ކެފެޓީރިއަރ އިން ނުކުތް ޔަލްވީއާއި މިގްދާދްގެ ހިނގުން މަޑުޖައްސާލީ ކުރިމައްޗަށް ހުއްޓުނު ލިޔަމް ފެނިފައެވެ.

“ސަލާމް ލިއަމް ސާރ…..އޯލް ގުޑް؟” ބުމަގޮއް ޖަހާލައިގެން ހުރި ލިއަމް ފެނުމުން މިގްދާދް ކުޑަކޮށް ޖެހިލުންވިއެވެ. ” ޔަލްވީ….ކަމް ވިތް މީ” އަމުރުވެރި ރާގަކަށް ބުނެލަމުން ލިއަމް ޔަލްވީ އަށް ބަލާލީ ކައިރީ މިގްދާދް ހުރި ކަމަށް ވެސް ނުހަދައެވެ. ” ބަޓް ލި……ލިއަމް ސަރ …..އަޅުގަނޑު މިގްދާދް އާއެކީ..” ޔަލްވީ ގެ ޖުމްލަ ފުރިހަމަ ވިޔަ ނުދީ ލިއަމް ޔަލްވީ ގެ އަތުގެ ކުޑަހުޅުގައި ބާރަށް ހިފާލަމުން ގޮސް ލިފްޓަށް އެރިއެވެ. ވާނުވާ ނޭނގިފައި މިގްދާދަށް ބަލަން ހުރެވުނީއެވެ. ލިއަމް ގެ ފަރާތުން ދެންމެ ފެނުނު ސިފައަކީ މުޅިން އާ ކަމަކަށްވުމުން މިގްދާދް މާބޮޑަށް ހައިރާންވީއެވެ.

“ކިހިނެއް ވީތަ؟ ކީއްވެތަ އަހަރެން ތި ގެންދަނީ؟ ލިއަމް ދޫކޮށްބަލަ….. ތަދުވެއޭ…..އައުޗް!”. ޔަލްވީ މަސައްކަތްކުރީ ލިއަމް ގެ އަތު ތެރެއިން މިންޖުވޭތޯއެވެ. ނަމަވެސް ލިއަމް ގެ އަތަށް ގުޑުމެއްވެސް ނާދެއެވެ. އެހުރި ގޮތަށް ގޮސް  ވަނީ ހަވަނަ ފަންގިފިލާގައި ހުރި ލިއަމް ގެ ކެބިން އަށެވެ. ޔަލްވީ ގެނެސް ސޯފާއަށް ހޫރާލަމުން ޔަލްވީ އަށް ނަޒަރެއް ދިނެވެ. “ވަޓް އާ ޔޫ ޑުއިން؟؟….އާ ޔޫ އިންސޭން؟؟” އަތުގެ ކުޑަހުޅުގައި ފިރުމާލަމުން  ޔަލްވީ ލިއަމް އަށް ބަލާލިއެވެ. “ޔަލްވީ މިރޭ ޑިއުޓީ ނިމޭދެން އިންނާނީ މިތާގަ. …….ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރޭ މިތާ އިނދެ.”

ލިއަމް  ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން ބެލްކަންޏާ ދިމާއަށް ދިޔައެވެ. “އެކަމަކު ކީއްވެ؟ އަހަރެން ޖެހޭ ޕޭޝަންޓްސް ވެސް ބަލަން……މައި ލެޕްޓޮޕް ވެސް ވަނީ ކެބިންގަ.” ޔަލްވީ ހިތްހަމަ ނުޖެހުނީ ލިއަމް ކަންތައްކުރި ގޮތުންނެވެ. “ޔަލްވީ ނުޖެހޭނެ މިރޭ އެއްވެސް ޕޭޝަންޓެއް ބަލާކަށް. ……އެންމެންވެސް ތިބޭނީ ނިދާފައި….. އިތުރު މަސައްކަތެއް ކުރަންޏާ މިތާ އިނދެ ކުރޭ. …. ޔަލްވީ ގެ ހުރިހާ ސާމާނާއި ލެޕްޓޮޕް އިރުކޮޅަކުން ގެންނާނެ.” ލިއަމްގެ ވާހަކަ މެދުކެނޑުނީ ހޮސްޕިޓަލުގައި ލިއަމް ގެ މަސައްކަތްތައް ކުރަން ހަވާލުވެގެން ހުންނަ ޖިހާދު އައުމުންނެވެ.

 ޖިހާދަކީ ފަސްދޮޅަހުގެ ފަހު އަހަރުތައް ގުނަމުންދާ ދުވަސްވީ ހިތްހެޔޮ މީހެކެވެ. ލިއަމް ގެ ހުރިހާ ކުދިކަންތައް ބަލަހައްޓަނަ ހަވާލުވެގެން ހުންނަ މީހަކީ ޖިހާދެވެ. ލިއަމްގެ އެދުމަށް ޖިހާދު އެހުރީ ޔަލްވީގެ ކެބިންއިން ތަކެތި ހިފައިގެން އައިހެވެ. ލިއަމް ގެ އިޝާރާތަށް އެތަކެތި ސޯފާ ކައިރީ ހުރި ކުޑަ މޭޒުގައި ބަހައްޓާފައި އެތަނުން ދިޔައީއެވެ.

 “ބޭނުންވާ ހުރިހާ އެއްޗެއް ތިހުރީ ގެނެސްފައި.” ލިއަމް ގެ އަޑުގައި ވަނީ ހަރުކަށި ކަމެކެވެ. “ލިއަމް ކީއްވެގެންތަ؟” ޔަލްވީ ބުމަ ގޮށްޖަހާލަމުން ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރީ އެއީ ބޭކާރު ކަމެއްކަން އެނގޭތީއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ލެޕްޓޮޕު ހިފައިގެން ސޯފާގައި ހަމަޖެހިލިއެވެ. ފަހަކަށް އައިސް ލިއަމްގެ އަމަލުތައް ހުންނަ ގޮތުން ޔަލްވީ އަށް ވިސްނަންވީ ކޮން ގޮތަކަށް ކަންވެސް އޮޅުން އަރައެވެ.  ލިއަމް ޔަލްވީ އަށް އެހާ ނަފްރަތުގެ ބެލުންތައް ދެނީ ކީއްވެތޯ އެތައް ފަހަރަކު ހިތަށް އަރައެވެ. ލިއަމް އެހުރިހާ އިރުވީއިރުވެސް ހުރީ ބެލްކަނީގައެވެ. އެންމެ ފަހަރަކުވެސް ފަސްއެނބުރި ބަލާނުލައެވެ. މަސައްކަތު ތެރޭގައި އިނުމަށްފަހު ސޯފާގައި ލެގިލައިގެން އިނދެ ޔަލްވީ ކެބިން ތެރެއަށް ރަނގަޅަށް ނަޒަރު ހިންގާލިއެވެ. މަސްޓޭންކުގެ އިތުރުން ޔަލްވީގެ ޝައުގުވެރިކަން އަތުލީ ފަރުދާގެ ފަހަތުން ފުރޭނިގެން އަންނަ ފަނޑު އަލިކަމެވެ.

 މަޑުމަޑުން ފިޔަވަޅުތަކުގެ އަޑު ނީވޭނެހެން ޔަލްވީ ގޮސް އެ ފަރުދާގެ ބިއްދޮށުގައިވާ އެއްޗަކަށް ބަލާލުމަށް ފަރުދާގައި ހިފާލި އަތް މަޑުޖެހިލީ އެ އަތުގައި ހޫނު އަތްތިލައެއްގެ އިހުސާސްވުމުންނެވެ. “ޑޯންޓް އިވެން ތިންކް އެބައުޓް އިޓް ޕްރިންސެސް“ ލިއަމް ގެ ބަރު އަޑު ޔަލްވީގެ އެހާ ގާތުން އިވުމުން ހީވީ ހަށިގަނޑަށް ފިނިވައިރޯޅިއެއް ޖެހިލިހެންނެވެ. ގައިގެ ލޯލިތައް ކޮޅަށްޖެހުނު ކަމުގެ  އިހްސާސް ކުރެވެން ފެށިއެވެ. ހިތް ނެގިނެގިފައި ޖެހެމުންދާ އަޑު ލިއަމް އަށް ނީވޭނެ ކަމެއްވެސް ނޭނގެއެވެ. ޔަލްވީގެ އަތުގައި ހިފައި ފިއްތާ ބާރުކޮށްލަމުން ލިއަމް ލުތްކެއް ޖަހާ ޔަލްވީ ގެނެސް ދެއަތުން ހިފަހައްޓާލީ ޔަލްވީ ގަދަހަދަން ފެށުމުންނެވެ. “ލީވް މީ ލިއަމް!” ލިއަމް ގެ މޭގައި ދެއަތް ވިއްދާ ކޮއްޕަމުން ދިޔައީ ދުރަށް ދެވޭތޯއެވެ. ނަމަވެސް އެ ބާރުގަދަ ދެއަތް ތެރޭގައި ގައިދުވެފައި ހުރި ޔަލްވީއަށް މާބޮޑު ކަމެއް ނުކުރެވުނެވެ. “މައިންޑް ޔޯ އޯން ބިޒްނަސް ….ޕްރިންސެސް.” ދަތްކުނޑިވިކާލަމުން  ލިއަމް ޔަލްވީ ގެ މޫނާ އިތުރަށް ގާތް ވެލިއެވެ. ޔަލްވީގެ ނޭވާ ވެސް ހީވީ އުފުރިދާނެ ހެނެވެ. ދެލޯ މަރާ ތަގުޅި ކޮށްލަމުން ސަލާމަތް ވުމަށް ކުރި މަސައްކަތް ހުއްޓާލީ ކާމިޔާބު ނުލިބޭނެ ކަން އެނގޭތީއެވެ. ”ލިއަމް…… ވައި؟؟؟ ޖަސްޓް ޓެލްމީ ވައި؟؟… . އައި ޑޯންޓް އަންޑަރސްޓޭންޓް ލިއަމް ތިހާ ރުޅި އަންނަނީ ކީއްވެ ކަމެއް…. ވަޓް ޑިޑް އައި އިވެން ޑޫ…. ވައި އާ ޔޫ ޕަނިޝިން މީ؟“ ޔަލްވީ ފެންކަޅިވާން ފެށީ ލިއަމް ރުޅި އައިސްގެން ހުރިކަމަށް ހީކޮށެވެ.

ޔަލްވީގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ފެނި ލިއަމް ޔަލްވީ ގައިން ދޫކޮށްލިއެވެ. ޔަލްވީ ދެރަވިތަން ފެނި ލިއަމް ގެ އެ ހަރު ހިތް މަޑު ވީ ކަންނޭގެއެވެ.

 ތެޅިތެޅި އޮތް ހިތަކާއެކު ޔަލްވީ ހިތްހަމަ ނުޖެހުމުގެ ނަޒަރެއް ލިއަމް އަށް އަމާޒުކޮށްލަމުން ގޮސް ސޯފާގައި ކުރިން އިން ތަނުގައި އިށީނެވެ. އިތުރު އެއްޗެކޭ ނުބުނެ ލިއަމް ގޮސް އިށީނީ  މަސައްކަތްކުރަން އިންނަ ގޮނޑީގައެވެ. ޔަލްވީއަށް ސިއްރުން ލިއަމް އަށް ބެލެމުން ދިޔައީ ގޮނޑީގައި ލެގިލައިގެން ކަރު ފަހަތަށް އެލުވާލައިގެން އެއިން ގޮތުންނެވެ. އެތައް އިރަކު ބަލަން އިނުމަށްފަހު ޔަލްވީ ގޮސް ލިއަމް ގެ ގޮނޑި ކައިރީ ހުއްޓިލިއެވެ. ފަރުވާތެރިކަމާއެކު އެ މޫނަށް ބަލަން ހުރުމަށްފަހު ލިއަމް ނިދާފައިތޯ ބެލުމަށް މޫނުމަތިން އަތް ހޫރާލިއެވެ.

“ނިދާފައެއް ނޫނޭ….ސޯ …ޑޯންޓް އިވެން ޓްރައި ޓު އެސްކޭޕް…” ލިއަމް އެއިން ގޮތަށް ލޯ މަރައިގެން އިނދެ ބުނެލިއެވެ. ނިތަށް ރޫ ގިނަކޮށްލަމުން ޔަލްވީ ގޮސް ލެޕްޓޮޕް ނަގައި މަސައްކަތް ކުރަން ފެށީ ތުންކޮޅު ދަމާލައިގެން އިނދެއެވެ.

 އިރުގެ ދޯދިތައް ބެލްކަނީގެ ދޮރުން ފުރޭނިގެން ކެބިން ތެރެއަށް އެޅިފައި ހުއްޓެވެ. މަސައްކަތް ކުރާ ގޮނޑީގައި ލެގިލައިގެން އިން ލިއަމް އަށް ހޭލެވުނީ ފޯނު ރިންގު ވާ އަޑަށެވެ. މޫނުގައި އަތް ހިންގާލަމުން ފޯނު ކަންފަތުގައި ޖަހާލައިގެން ގޮސް ބެލްކަނީ ދޮރު ކުރިމައްޗަށް ހުއްޓިލިއެވެ. “ލައްބަ، އަޅުގަނޑު ޑިއުޓީއަށް ގޮސްލާފައި ޑޮކިއުމެންޓް ތައް ޗެކް ކޮށްލާނަން….. އާދެ.”  ފޯނަށް ޖަވާބު ދިނުމަށްފަހު ލިއަމް އެނބުރިލީ ސޯފާގައި ނިދިފައި އޮތް ޔަލްވީ އާ ދިމާއަށެވެ. މަޑު ހިނގުމެއްގައި ޖީބަށް އަތް ޖަހާލަމުން ގޮސް ޔަލްވީ ގެ ކުރިމަތީ ހުރި ކުޑަ މޭޒުގައި އިށީނދެލިއެވެ. އަދި ފަރުވާތެރިކަމާއެކު ޔަލްވީ ގެ މައުސޫމް މޫނަށް ބަލަން އިނދެވުނެވެ. ” ޔޫ އާ ސޯ ނެއީވް…..ޓޫ ޕްރިޓީ ފޮރ ދިސް ކްރޫލް ވޮރލްޑް…..ޕްރިންސެސް” ޔަލްވީ ގެ މޫނު މައްޗަށް ވެއްޓިފައި ހުރި އިސްތަށިކޮޅުތައް އެއްފަރާތަކަށް ޖައްސާލަމުން ލިއަމް އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ.

 މަސައްކަތް ކުރަން އިނދެފައި ޔަލްވީ ނިދިޖެހިގެން ސޯފާއަށް ވެއްޓުނީއެވެ. ލިއަމް ގެ އެ ބީހުން އިހުސާސްވެގެން ދެލޯ ހުޅުވާލި ޔަލްވީ ބިރެއް ފެނުނުހެން ތެދުވެ ސޯފާގައި އިށީނެވެ. ދެލޯ ބޮޑުކޮށްލައިގެން ލިއަމް އަށް ބަލާލިއެވެ. “މިހާރު ޑިއުޓީ ގަޑިވެސް ނިމެނީ……ކެން އައި ގޯ ނައު؟“  ލިއަމް ތެދުވެގެން ދުރަށް ހިނގައިގަތުމުން ޔަލްވީ އެހެން ބުނެލިއިރު އަޑުގައި ހިތްހަމަ ނުޖެހުން ހުރިކަން ފާޅުވެއެވެ. “ޝުއަރ.” ދެކޮނޑު އަރުވާލަމުން ލިއަމް ފުރަގަސްދީގެން ހުރި ގޮތަށް ހުރީއެވެ. ޔަލްވީ އެއްޗެހިތައް ހިފައިގެން ކެބިންއަށް ދިޔައީ ގެއަށް ދިއުމަށް ތައްޔާރުވާށެވެ.

……………………………..

 ހުކުރު ދުވަހަށްވުމުން އާޔަތު އުޅުނީ މަސްބަތް ކެއްކުމަށް ބޭނުންވާނެ ތަކެތި ގަނެގެން އައިސް ކެއްކުމުގެ އެންމެ ފަހު ތައްޔާރީތައް ވުމުގައެވެ. ފަރީދާގެ އެދުމަށް މާލޭގައި ތިބި އާއިލާގެ އެންމެން ހުކުރު ނަމާދަށްފަހު ކުޑަ ދަތުރެއް ހަދާލާ މޫދަށް އެރިލުމަށް ތައްޔާރުވަމުން ދިޔައެވެ. ދަންވަރު ޑިއުޓީ ނިންމާފައި އައިސް ޔަލްވީ އޮތީ ނިދާފައެވެ. މެންދުރު ނަމާދު ގަޑިއަށް ހޭލާނެ ކަމަށް ބުނެ އާޔަތުއަށް މެސެޖެއް ކޮށްފައި އޮތެވެ. އާޔަތުއާ ހަވާލުކުރީ މަސްބަތް ކެއްކުމަށެވެ. ބާކީ ހުރި ހުރިހާ އެއްޗެއް ފަރީދާ ހަމަޖައްސާނެ ކަމަށް ބުނެފައިވެއެވެ. މެންދުރު 2:15 ވީއިރު އެންމެން ތިބީ ވިލިމާލެ  ފެރީ ޓާމިނަލު ގައެވެ. ފަރީދާ އާއެކު ފަރީދާގެ ފިރިމީހާގެ އިތުރުން ތިން ކުދިންވެސް އައިސް ތިއްބެވެ. އާޔަތުއާއި ޔަލްވީ ވެސް ޔުވާންގެ ޑްރައިވަރާ އެކު ޔުވާންގެ ކާރުގައި އައީ ޔުވާން ސައިކަލުގައި އަންނާނެ ކަމަށް ބުނުމުންނެވެ.

 “އަނހާ….. ކުދިންކޮޅު އައީދޯ؟ …..ކޮބާ ޔުވާން؟” ހިނިތުންވެލައިގެން ހުރެ މިއުވާން އަހާލިއެވެ. “ދޮންބެ އެއޮށް އައީ.” ކަޅުކުލައިގެ ޖީއެން 125  ގެ ސައިކަލެއް އައިސް މަޑުކޮށްލި ތަން ފެނި ޔަލްވީ މިއުވާންއަށް ދައްކާލިއެވެ. ސައިކަލުގެ ފަހަތުގައި އިން ޔުވާން ފޭބުމުން، ދުއްވަން އިން އަޒާން ސައިކަލު ޕާކު ކޮށްލާފައި މަޑު ހިނގުމެއްގައި އައިސް އެމީހުން ކައިރީ މަޑުކޮށްލިއެވެ. ހުދުކުލައިގެ އަތްދިގު ލިނެން ގަމީހަކާއި މުށިކުލައިގެ ސޯޓެއް ލައިގެން ހުރި އަޒާން ދެޖީބަށް އަތް ޖަހާލަމުން ލޮލުގައި އިން އަވި އައިނު ނަގާ ބޮލުގައި ހަރުކޮށްލާފައި އާޔަތު އަށް ބަލާލިއެވެ. އާޔަތު ވަގުތުން ދުރު ބަލާލީ ތުން އަނބުރާލަމުންނެވެ.

“އިޔޫގެ ފޭވްރިތް ބޭބެ އެއައީ.” ފަރީދާގެ އުރުގައި އިން އިޒްޔަން އަޒާން ފެނުމާއެކުހެން ފަރީދާގެ އުރުން ފުންމާލައިގެން އަޒާން ގާތަށް ދުވެފައި ދިޔައެވެ. “އިޒޫއާ އަޒާން ބޭބެ މީ ފްރެންޑްސް ތަ؟” ހެވިލާފައި ޔަލްވީ އިޒްޔަންއާ ސުވާލުކޮށްލިއެވެ. “ޔެސް! ޔާން ބޭބެގެ ހުންނާނެ ބައިވަރު ތޯއި ކާރޒް……. ޔާން ބޭބެގެ ހުރޭ  ބައިވަރު ރިއަލް ކާރޒް ވެސް. އިޔޫ ގޮވައިގެން ދުއްވަންވެސް ދާނެ.” ރަކިވެލާފައި އިނދެ ކުޑަކުޑަ އިޒްޔަން އަޒާންގައި ބައްދާލަމުން ފޮނިވެލިއެވެ.

 “އެތެދެއް….. އަހަންނާއެކު އަޒާން އެގެއަށް އައިސް އުޅޭއިރު އިޒޫއާ ވަރަށް ފްރެންޑް ވާނެ. އަހަރެންގެ އޮފީހަށް ވެސް ގޮސްފި މިހާރު އަޒާން ގެ ކާރުތައް ބަލަންވެގެން…… ދެން އަބަދު ކިޔާނެ ކާރު ދުއްވަން ދާން.” އިޒްޔަންގެ ކޮލުގައި ލޯބިކޮށްލަމުން ޔުވާން ކިޔައިދިނެވެ.

“ހިނގާދޯ ފެރީ އަށް އަރަމާ……. އެންމެން ހަމަވީތަ؟” މިއުވާން ފަރީދާއަށް ބަލާލަމުން ދާން ހިނގައިގަތެވެ. “ވެއިޓް…. މިއުވާން ބޭބެ! އަހަރެންގެ ފްރެންޑެއް  އެބަ އާދޭ…… ބުނީ ވަރަށް ކައިރީގައޭ .” އާޔަތު ފޯނުން މެސެޖު ކުރަމުން މިއުވާން ގާތު މަޑުކުރުމަށް އެދުނެވެ.

 ސައިކަލު ޕާކު ކޮށްލަމުން ހެވިފައި އެ އަންނަނީ މަލީހުއެވެ. ވޭތުވެދިޔަ މަދު ދުވަސްކޮޅު ތެރޭ އާޔަތުއާއި މަލީހުގެ އެކުވެރިކަން ވަނީ ވަރަށް ކުރިއަށް ގޮސްފައެވެ. އޮފީހުގެ ކަންކަމުގައި އާޔަތަށް އެހީވެ އެއްޗެހި ދަސްކޮށްދިނުމަކީ މަލީހުގެ އާދައެކެވެ. އޮފީހުގެ ހުސްވަގުތު އެކުގައި ކައި ހަދައި އާޔަތުއާއި މަލީހު އުޅެއެވެ. މަލީހުގެ ހުންނަ ހިތްހެޔޮކަމާއި އެކުވެރި މިޒާޖުން އާޔަތު މަލީހުއާ އެކުވެރިކަން ބާއްވަނީއެވެ. މިއަދުވެސް އެ ދަތުރުގައި މަލީހު ބައިވެރިކުރުވަން އާޔަތު ދައުވަތު ދިނީއެވެ. ހެވިފައި ހުރެ އާޔަތު ގާތަށް ހުއްޓުނު މަލީހު ފެނި އަޒާންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އަޒާންގެ ކަތުރުކަށިގަނޑަށް ވާންވެލިތަން އާޔަތުއަށް ރަނގަޅަށް ވެސް ފެނުނެވެ.

Share Article

Follow Me Written By

Athufa_Zubeyr

Level 1

Other Articles

Previous

ތިޔަ ނަން މި ހިތުގާ 22

Previews
June 8, 2026

ތިޔަ ނަން މި ހިތުގާ 22

One Comment

  1. vnl says:
    June 8, 2026 at 7:50 pm

    ahhh, Haadha loabi family ekey. can’t wait for next part.
    xx

Comments are closed.



All Right Reserved!