19 ވަނަ އެޕިސޯޑް ސިޓިންރޫމުގެ ތެރޭގައި ހިފާފައިވާ ވަޔަކީ މިހާރު ހަމައެކަނި ވައިގެ ގޮތުގައި އިހުސާސެއް ނުކުރެވެއެވެ. އެ ވައި ވަނީ ބަރުވެ، ހަރަކާތެއްނެތް އެއްޗަކަށް ބަދަލުވެފައެވެ. ހެލީނާގެ ދުލުން ބޭރުވި ކޮންމެ ބަހެއް އެ ގޭގެ ފާރުތަކުގެ ތެރެއަށް ވަދެ، އެތަނުން ނުނިކުމެ ހަރުލާފައި ހުރި ކަހަލައެވެ. އޭނާގެ ހަމަށް އެ ބަރުދަން އިހުސާސުވަމުންދިޔައެވެ. އެކި ދިމާދިމާލުން އަމާޒުވަމުންދިޔަ ތޫނު ނަޒަރުތަކުގެ ތެރޭގައި، އޭނާގެ ބާކީ ހުރި ކަރާމާތް ސަލާމަތްކުރުމަށްޓަކައި، ކަރުނައިގެ ތެރެއިންވެސް އޭނާ އިސްއުފުލައިގެން […]
އެޕިސޯޑް ޓީސަރ ބުނަން އުޅޭ އެއްޗެއްގެ ފުންމިން އިހުސާސްވުމުގެ މާ ކުރިން ވެސް، ފާތުމައަށް އޭނާގެ ދުނިޔެ ބޯމައްޗަށް ވެއްޓެމުންދާ ކަމުގެ ބިރުވެރި އިހުސާސް ކުރެވުނެވެ. ސިކުނޑިން އެ ހަގީގަތާ ކުރިމަތިލުމުގެ ކުރިން، މުޅި ހަށިގަނޑުން ހަކަތަ ހުސްވެ، ވަރުބަލިކަން އޭނާ ވަށާލައިފިއެވެ. ސޯފާގައި އޭނާ އިށީނދެގެން އިނީ، އަޑިނުފެންނަ ފުން އަނދަވަޅަކަށް ވެއްޓިދާނެތީ ހިފަހައްޓައިދޭ ހަމައެކަނި އުންމީދަކީ އެ ސޯފާ ކަމަށް ދެކޭ ފަދަ މަޖުބޫރު ހާލަތެއްގައެވެ. ކޮޓަރީގެ މެދުގައި ރާޒިގު ހުރީ އަމިއްލަ މާޒީގެ […]
އެޕިސޯޑް 16 ހެނދުނުގެ އިރު ދުނިޔެއަށް މަރުޙަބާ ކިޔަމުން ދިޔައިރު، އުޑުމަތި ވަނީ އޮރެންޖާއި ފިޔާތޮށި އަދި ރަން ރީނދޫ ކުލައިގެ ރީތި ކުލަވަރުތަކުން ފަވާލާފައެވެ. ހެލީނާ ބަނދަރުގެ ލަކުޑި ފާލަންމަތީގައި ފައި އެޅި ވަގުތަކީ އެއީއެވެ. ޖައްސަމުން ދިޔަ ފިނި ރޯޅިތަކުގައި ކަނޑުގެ ލޮނުކަމާއި، ހިއްކަން އަޅާފައި ހުރި މަސްދާގަނޑުތަކާއި ބާ ލަކުޑީގެ ވަސް އެކުލެވިގެންވެއެވެ. އޭނާ އަޅާ ކޮންމެ ފިޔަވަޅެއްގެ އަޑު އަމިއްލަ ކަންފަތަށް އިވެމުން ދިޔައީ ނުހަނު ބާރަށެވެ. ބާވެފައިވާ އެ ފާލަމުގައި […]
އިރުގެ ރަންދޯދިތައް ކުޑަދޮރުގެ ފަރުދާގެ ދޭތެރެއިން ފޭދިގެން އައިސް، ކޮޓަރީގެ ފަނޑު ފާރުތަކުގައި ރީތި ކުރެހުންތަކެއް އަޅަމުންދިޔައެވެ. ދޮންކޮށް އޮތް ހުދު ބެޑްޝީޓްތަކުގެ ތެރޭގައި ޒުނާމް އޮތީ ވަރަށް ފަރުވާތެރިކަމާއެކު އޮށޯވެލައިގެންނެވެ. އޭނާގެ އަތްތިލައިގައި ވަނީ ނިކަން ރީތިކޮށް ބެންޑޭޖް އަޅާފައެވެ. ކުޑަކޮށް ގުޑިލިޔަސް އަޅާ ވޭނާއެކު އޭނާ މޫނަށް ކުލަވަރެއް ޖައްސާލި ނަމަވެސް، ބަލާބެލުމަށް އޭނާ ފެންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ނޫނީ، ހީވަނީ އެހެންނެވެ. ޖޫލީ އިނީ ޒުނާމްގެ ކައިރީގައި އިށީނދެލައިގެންނެވެ. ދެއަތް ދެއަތާ […]
4 ވަނަ އެޕިސޯޑް އަލިފާނުގެ ނުރައްކާތެރި އިންޒާރުގެ ރަނގަބީލު މުޅި ހޮސްޕިޓަލުގެ ފާރުތަކުގެ ތެރޭގައި ގުގުމައިގަތުމާއެކު، އާންމު ހާލަތު އޮޅުންބޮޅުންވެ، މީހުންތައް ބިރުން ދުވާން ފެށިއެވެ. ނަމަވެސް، އެ ހާސްކަމުގެ ތެރޭގައި ރާމިޔާގެ ހަރަކާތްތައް ހުރީ ވަރަށް ބޮޑަށް ރޭވިފައިވާ ފަދަ ސާބިތު ގޮތަކަށެވެ. އޭނާ ނުހަނު ބާރުބާރަށް ދުވެފައި ގޮސް އައިސީޔޫގެ ދޮރުމައްޗަށް މަޑުކޮށްލިއިރު، އޭނާގެ މޫނުމަތިން ފެންނަން ހުރީ ނުލަފާ އަޒުމެކެވެ. އަތުގައި އޮތް އެކްސެސް ކާޑު ތުރުތުރުއަޅާ ހާލު ރީޑަރުގައި ޖައްސާލުމާއެކު، ދޮރުގެ […]
ރޭގަނޑުގެ ކަޅުފޮއެ އަނދިރިކަން މުޅި ފަޒާގެ ތެރެއަށް ވެރިވަމުންދިޔައީ ބިރުވެރިކަމާއި ނުތަނަވަސްކަން އޭގެ އިންތިހާއަށް ގެންގޮސްދެމުންނެވެ. އުޑުމަތީގައި ފިޔަޖަހަމުންދިޔަ ރިހިތަރިތަކުގެ އަލިކަން ކަނޑަމުންދިޔައިރު، މުޅި ޖައްވަށް ވަނީ ބަޔާންކުރަންދަތި ހަމަހިމޭންކަމެއް ވެރިވެފައެވެ. އެ ހަމަހިމޭންކަމުގެ ތެރެއިން ކޮންމެވެސް ނުރައްކާތެރި ނުވަތަ ހިތާމަވެރި ހާދިސާއެއްގެ ރިހުން މުޅި ކާއިނާތަށް އިހުސާސްކޮށްދޭން އުޅޭ ފަދައެވެ. ގަސްގަހާގެހީގެ ފަތްތަކުގެ ދެމެދުން ދޭތެރެއަކުން އިވޭ ބާރު ވަޔާއެކު، ހިތްތަކަށް ވަންނަމުންދިޔައީ ބިރުވެރި ވަހުމްތަކެކެވެ. ރޭގަނޑުގެ މި ނާމާން ވަގުތަކީ މީހެއްގެ މުޅި ދިރިއުޅުން […]
ކިޔުންތެރިންގެ ސަމާލުކަމަށް: މިއީ މި ވާހަކައިގެ 3 ވަނަ އެޕިސޯޑުގެ އިސްތިހާރެކެވެ. އިސްތިހާރު ފެށޭނީ މި ލިޔުމުގެ 9 ވަނަ ޖުމުލައިންނެވެ. މި ވާހަކައަކީ ބިރުވެރި ވާހަކައެއްނޫނެވެ. އެހެނަސް މި އިސްތިހާރުގައި ބޭނުންކޮށްފައިވާ ބަސްމަގުގެ ސަބަބުން ކިޔުންތެރިންގެ މެދުގައި އެފަދަ ހިއެއް އުފެދިދާނެތީ މައުލޫމާތަށްޓަކައި ފާހަގަކޮށްލީއެވެ. މި ވާހަކައިގެ ޕޯސްޓަރުން ޖޫލީއާއިއެކު ފެނިގެން އެދަނީ ޒުނާމްއެއް ނޫނެވެ. ފަސީހެއްވެސް ނޫނެވެ. ރާޒިޤެއްވެސް ނޫނެވެ. އެއީ ކާކުކަން ވާހަކައިގެ ކުރިއަށްއޮތް ބައިތަކުގައި އެނގިގެންދާނެއެވެ. މި ވާހަކައިގެ ބަތޮލަކީ އެއީއެވެ. […]
ރާޒިޤް އޭނާގެ ރިސޯޓުގެ އިންހައުސް އޮފީހުގައި އޭނަގެ ކެބިނުގައި އަވަދިނެތި މަސައްކަތްކުރަމުން ދަނިކޮށް ޓަކިވެސް ޖަހައިނުލާ ކެބިންއަށް ހެލީނާ ވަދުނު އިރު ހެލީގެ މޫނުމަތިން ފެންނަމުންދިޔައީ ހުސްއެކަނި ހާސްކަމާއި ނުތަނަވަސްކަމެވެ. އޭގެ ލާނިހާޔަތަށެވެ. ހެލީނާއަކީ ރާޒިޤް އޭނާގެ ހަވާނަފްސުގެ އެދުންތައް ފުއްދުމަށްޓަކައި ބޭނުންކުރަމުން އަންނަ ޒުވާން އުމުރުފުރައިގެ ކުއްޖެކެވެ. ރިސޯޓުގައި ހެލީނާއަކީ ރާޒިޤްގެ ޕާސަނަލް އެސިސްޓެންޓުގެ މަޤާމް ފުރަމުން އަންނަ ކުއްޖެކެވެ. “ހެލީ…. ޑޯންޓް ޔޫ ނޯ މިއީ އަހަރެން ވަރަށް ބިޒީ ގަޑިއެއްކަމެއް…. މިއަދު ކިހިނެއްތަ […]
އާނއެކެވެ. ފައިނޭސް ހެޑުގެ ކޮޓަރީގައި ހާޒިރުކޮށްފައި އެ އިނީ ދެވަނަ އެހެން މީހެއް ނޫނެވެ. ފަސީހެވެ. ފަސީހަކީ ނޫކަނޑު ރަންފުށި ރިސޯޓުގެ ފައިނޭންސް ޑިޕާޓްމެންޓުގައި ވޭތުވެދިޔަ ދިހަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ މުވައްޒަފެކެވެ. އެއީ އޭނާ ހިތާއި ދެކޮޅަށް އަދާކުރަމުން ގެންދާ ވަޒީފާއެކެވެ. އާއިލާގެ ނިކަމެތި ހާލަށް ހަމްދަރުދީވެ އެ ވަޒީފާގައި ދެމިހުރުން ފަސީހަށް މަޖުބޫރުވުމުން އޭނާ ޓީޗަރަކަށް ވާން ދެކެމުން އައި ހުވަފެނަށް ފަސްއަޅައި ފޮރުވާލަން ޖެހުނީއެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. […]