Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ކަލާއަށް އެދޭތީ 9 (ފަހުބައި)

Ara
Ara Level 210 Stories100 Comments
January 12, 2026 3 Mins Read
23 Comments

ޒިޔާންގެ ޝަރީއަތް ކުރިއަށް ދިޔައީ މުޅި ރާއްޖެ ސިއްސުވާލި ހާދިސާތަކެއްގެ މައްޗަށެވެ. ޝާކްގެ މުޅި ނެޓްވޯކް ފުނޑުފުނޑުވެ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައެވެ. ނަމަވެސް އެންމެންގެ ސަމާލުކަން ހުއްޓުނީ ޒިޔާންއަށެވެ. އަމިއްލައަށް ކުށަށް އިއުތިރާފުވެ ޤާނޫނީ އަދަބު ލިބިގަނެ އޭނާ ދެއްކި ހިތްވަރަށް ގިނަ ބައެއްގެ އިހުތިރާމް ލިބުނެވެ.

ޝަރީއަތުގެ މަޖިލިސް ނިމި ޒިޔާންއަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވުނު ދުވަހު، ކޯޓުގެ ބޭރުގައި ހުރި ޝިފާގެ ލޮލުން ކަރުނަހިލުނެވެ. ނަމަވެސް އެ މަންޒަރު އޭނާ ޒިޔާން އަކަށް ނުދައްކައެވެ.

 

**ތިން އަހަރު ފަސް**

މާފުށީ ޖަލުގެ ބޮޑު ދަގަނޑު ދޮރު ހުޅުވުމާ އެކު ޒިޔާން ބޭރަށް ނިކުތެވެ. އިރުގެ ރަން ދޯދިތައް އޭނާގެ މޫނަށް އެޅުނު ވަގުތު އޭނާއަށް ކުރެވުނީ މުޅިން އާ އިހުސާސެކެވެ. މިއަދު އޭނާގެ ހިތުގައި ބިރުވެރިކަމެއް ނެތެވެ. މާޒީގެ ކަޅު ހިޔަނިތައް މިހާރު ވަނީ ފިލައިފައެވެ.

ތަންކޮޅެއް ދުރުގައި ހުރި ޝިފާ ފެނުމުން ޒިޔާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޝިފާ ހުރީ އޭނާގެ އިންތިޒާރުގައެވެ. ތިން އަހަރު ވަންދެން ކޮންމެ ހަފްތާއަކު ޖަލަށް ޒިޔާންއާ ބައްދަލުކުރަން ޝިފާ ދެއެވެ. ޝިފާ ދުވެފައި އައިސް ޒިޔާންގެ ގައިގައި ބައްދާލިއެވެ.

“ދެން ދުވަހަކުވެސް އަހަރެން ދޫކޮށްފައި ނުދާތި” ޝިފާ މަޑުމަޑުން ބުންޏެވެ. “އަހަރެން މިހުރީ އެނބުރި އައިސް” ޒިޔާން ޝިފާގެ އަތުގައި ބާރަށް ހިފާލިއެވެ. “މިއަދު އަހަރެން މީ ހަމައެކަނި ޒިޔާން. ޝިފާގެ ޒިޔާން. ކަޅޭ މިއަދު މި ދުނިޔެއަކު ނެތް.”

ޒިޔާން އާއި ޝިފާ މާލެ އައީ އާ އުންމީދުތަކަކާއެކުގައެވެ. ޒިޔާން އާއި އިއްކޮ ގުޅިގެން މާލޭ ގައި ކުޑަ މެކޭނިކަލް އިންޖިނިއަރިން ވޯކްޝޮޕެއް ހުޅުވިއެވެ. މިއީ ޝާކްގެ ނުފޫޒުން އެއްކިބާވެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅެވެ.

ޒިޔާންގެ އަތަކީ މިހާރު މީހުންނަށް އަނިޔާދޭ އަތެއް ނޫނެވެ. އެއީ ހަލާކުވެފައިވާ އިންޖީނުތައް މަރާމާތުކޮށް އާ ދިރުމެއް ގެނެސްދޭ ހުނަރުވެރި ޒުވާނެކެވެ. އިއްކޮގެ ހަލުވިކަމާއި ޒިޔާންގެ ކެތްތެރިކަމާއެކު އެމީހުންގެ ވިޔަފާރި ދިޔައީ ދުވަހުން ދުވަހަށް ކުރިއަރަމުންނެވެ.

އެއްދުވަހެއްގެ ހަވީރު މަސައްކަތް ނިންމާލުމަށްފަހު ޒިޔާން އާއި ޝިފާ ތިބީ ރަސްފަންނުގައެވެ.

“ޝިފާ…” ޒިޔާންގެ އަޑުގައިވަނީ އާދަޔާޚިލާފު މަޑުމައިތިރިކަމެކެވެ. “މިއަދު އަހަރެމެން މިތިބި ހިސާބަށް އާދެވުނު ދަތުރުގެ މަތިން ހަނދާންވޭތަ؟ ހީވަނީ އިއްޔެ ވީ ކަމެއްހެން. އެންމެ ފުރަތަމަ ޝިފާ އަހަރެންގެ ޒަޚަމްތަކަށް ފަރުވާދޭން ފެށި ދުވަސް. އަހަރެން އޮތީ މުޅި ދުނިޔެއަށް ނަފުރަތުކުރާ ބިރުވެރި ކުށްވެރިއެއްގެ ގޮތުގަ. އެކަމަކު ޝިފާގެ އެ އޯގާތެރިކަމުން އަހަރެންގެ ހިތުގެ ހަރުކަން މަޑުވާން ފެށި.” ޒިޔާން ޝިފާގެ ދެލޮލަށް ބަލާލިއެވެ. “އަހަރެން ހަނދާން އެބަހުރި އެދުވަހު ހޮސްޕިޓަލުގައި ޝިފާއާ ދިމާލަށް ބޭއަދަބީކޮށް ދެއްކުނު ވާހަކަ. އެކަމަކު އެ ހިނދުން ފެށިގެން ޝިފާގެ އެ ކެތްތެރިކަމުން އަހަރެންގެ ދިރިއުޅުމުން ނުލަފާކަން ފޮހެވެން ފެށި. ޝާކްގެ އެ އަނދިރި ދުނިޔޭގައި އަހަރެން ކަޅޭގެ ނަމުގައި އުޅެން ޖެހުނު އިރުވެސް އަހަރެންގެ ހަމައެކަނި އުންމީދަކީ ތީ.”

“ޝިފާ، އަހަރެން ބުނަން ބޭނުންވެ ނުބުނެވި އޮތް ވާހަކައެއް އެބައޮތް.. އަހަރެން ޝިފާ ދެކެ ވަރަށް ވަރަށް ލޯބިވޭ. ” ޝިފާގެ ހިތުގެ ތެޅުން އަވަސްވިއެވެ. މިއީ ޒިޔާންގެ ދުލުން ‘ލޯބި’ މި ލަފްޒު އިވުނު ފުރަތަމަ ފަހަރެވެ.

“އަހަރެން ވެސް ލޯބިވޭ ޒިޔާން ދެކެ. ވަރަށް ވަރަށް ލޯބިވޭ.” ޝިފާ ޒިޔާންގެ މޭގައި ބޯއަޅާލިއެވެ.

***ދެ ހަފްތާ ފަސް***

މާލޭގެ އުތުރުގައި ހުންނަ ކުލަގަދަ “އޯޝަން ބްލޫ ގްރޭންޑް” ހޮޓަލުގެ މާލަން މިއަދު ފެންނަނީ މުޅިން ތަފާތު ގޮތަކަށެވެ. މުޅި ހޯލު ހުދުކުލައިގެ ފިނިފެންމާތަކުން ފުރާލާފައި އޮތްއިރު ފެތުރިފައިވާ މީރުވަހުން ހިތްތަކަށް ގެނެސްދެނީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެކެވެ. މިއީ އެތައް އަހަރެއްގެ ހިތްދަތި ކަރުނަ އާއި ގަދަފަދަ ތޫފާންތަކުގެ ތެރޭގައި ވަކިވެފައި އޮތް ދެ ހިތް ގުޅެވިގެންދާ ތާރީޚީ ރެއެކެވެ.

ހުދުކުލައިގެ ފަށުވި ކައިވެނީގެ ހެދުމުގައި ޝިފާ ހިނގާލާފައި އައިއިރު،އޭނާގެ މޫނުމަތީގައިވަނީ ލަދުވެތި ނަމަވެސް އުފާވެރި އިހުސާސްތަކެވެ. އޭނާގެ ދެލޮލުން ފެންނަނީ މިއަދުގެ މި އުފާވެރިކަން ހޯދުމަށް އޭނާ ކުރި ދިގު އިންތިޒާރެވެ. ޒިޔާން ހުރީ ކަޅުކުލައިގެ ރީތި ސޫޓެއްގައެވެ. އޭނާގެ ކުރީގެ ބިރުވެރި، ހަރުކަށި ސިފަ މިއަދު ވަނީ މުޅިން ފޮހެވިފައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހަޤީޤީ މިނިވަންކަމާއި ހަމަޖެހުމެވެ. ޝިފާ އޭނާގެ ގާތަށް އައިސް ހުއްޓުމުން ޒިޔާންގެ ހިތުގެ ތެޅުން އަވަސްވިއެވެ. އޭނާއަށް ގަބޫލުކުރަންވެސް ދަތިވިއެވެ. މީގެ ހަތަރު އަހަރު ކުރިން ހޮސްޕިޓަލުގެ އެނދުގައި އޮތް ކުށްވެރިޔާ މިއަދު މިހުރީ އޭނާގެ ހަޔާތުގެ ބައިވެރިޔާގެ އަތުގައި ހިފާލައިގެންނެވެ.

މާލަމުގެ ހަމަހިމޭންކަމުގެ ތެރެއިން ގާޒީގެ ސުވާލު އިވިގެން ދިޔައެވެ. ޒިޔާން ޝިފާގެ މޫނަށް ބަލާލިއެވެ. އެއީ އޭނާގެ މުޅި ހަޔާތް ބަދަލުކޮށްލި އޯގާތެރި މޫނެވެ.

“އަނބި ގަބޫލުކޮށްފިން.” ޒިޔާންގެ އެ ސާބިތު އަޑާއެކު އޭނާގެ ހަޔާތުގެ ހުރިހާ އަނދިރިކަމެއް ފޮހެވި ލޯބީގެ އާ ފެށުމަކުން މުޅި ދުނިޔެ އުޖާލާވި ކަހަލައެވެ.

 

މާލޭގެ ހަލަބޮލިކަމުގެ ތެރޭގައި ވިޔަސް ޒިޔާންގެ ގޭގެ ބެލްކަނީގައި އޮތީ ހަމަހީމޭންކޮށެވެ. އޭނާ އިނީ ގޮނޑިއެއްގައި އިށީނދެލައިގެން ވިޔަފާރި ކުރިއަރުވާނެ ގޮތުގެ އާ އުކުޅުތައް ބަޔާންކޮށްފައިވާ ފޮތެއް ކިޔާށެވެ. ފޮތުގެ ސަފުހާތަކަށް ހުއްޓިފައިވާ އޭނާގެ ނަޒަރު ކުއްލިއަކަށް ބަދަލުވީ ދުވެލާފައި އައި ހަތް އަހަރުގެ އިލާން އަށެވެ. “ބައްޕީ ބަލާބަލަ.. ކޮއްކޮ މިި އޮތީ ކާރު މަރާމާތުކޮށްފަ” އިލާން އޭނާގެ ކުޑަ ކުޅޭ ކާރު ހިފައިގެން ދުވެފައި އައިސް ޒިޔާންގެ އުނގަށް އެރިއެވެ. ޒިޔާން އިލާންގެ ބޮލުގައި ލޯތްބާއެކު ފިރުމާލިއެވެ. ކުޑަކުޑަ އިލާންގެ އަތުގައި ހުރީ ތެލާއި ކުލައިގެ ނިޝާންތަކެވެ. އެއީ އޭނާގެ ބައްޕަ މަސައްކަތްކުރާ މަންޒަރު ބަލަން ހުރެގެން ދަސްކުރިކަމެކެވެ. “ވަރަށް މޮޅު. ދަރިފުޅުވާނެ ބައްޕައަށްވުރެ މޮޅު ކުއްޖަކަށް” ޒިޔާން ލޯތްބާއެކު ބުންޏެވެ. އެވަގުތު ޝިފާ ދެތަށި ކޮފީ ހިފައިގެން އައިސް ޒިޔާން ގާތުގައި އިށީނެވެ.

ހަމަ އެވަގުތު ގޭގެ ދޮރުމަތީގައި ސައިކަލެއް މަޑުކޮށްލިއެވެ. އެއީ އިއްކޮއެވެ. އޭނާގެ އަތުގައި އިލާންއަށް ގެނައި ކުޅޭ އެއްޗެއް އޮތެވެ. “އޭ ޒިޔާން، މާދަމާ އެބަ އޮތް ބޮޑު އިންޖީނެއްގެ މަސައްކަތް. ހަނދާން އެބަހުރިތަ؟” އިއްކޮ ހިނިތުންވެލާފައި އަހާލިއެވެ.

“އާނ! ހަނދާން އެބަހުރި. މިހާރު މި މަސައްކަތުގަ އަހަރެމެންނަށް އެހީތެރިވާނެ ކުޑަ އެހީތެރިއަކުވެސް އެބަހުރި” ޒިޔާން އިލާންއަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. އެންމެން އެކުގައި ހީގަތެވެ.

ނިމުނީ

 

 

 

 

 

 

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

އެކުގައިވާނަން-24

Next

ތިޔައީ ހަނދޭ-5

Next
January 12, 2026

ތިޔައީ ހަނދޭ-5

Previews
January 12, 2026

އެކުގައިވާނަން-24

23 Comments!

  1. 😶‍🌫️Raajiha 😶‍🌫️ says:
    January 12, 2026 at 4:54 pm

    Wow Ara,
    V v reethi story eh
    They are finally together!!! I’m sooo happy ☺️😁 hahaha
    Alsu ves v v v reethi ingay
    Adhi ves mikahala reethi vaahaka eh genes dhechey 💕💕💕💕💕
    Varah avahah dhen ehen story eh genes dheynekamah ummeedhu kuran !!!!!
    Your stories are v furihama ..kithamme varakah kiyas foohi nuvay … Ehaa ves furihamakoh Thi stories liyanee … Kiyuntherin baynun gothakah buni gothakah hurihaa kameh ves kohdeney… Abadhubes ur story’s mathin miss vey …❤️♥️❤️…. I am always happy for you!!!!

    Dhen bonus episode eh ves nugenesdheynantha?!?!?
    I love your stories a lot!!!
    And I hope varah avahah ehen vaahaka eh genes dheynekamah
    I love you sooo much Ara!!! Not only you,your stories!!!!!
    💜💜💜💜💜💜💜

    1. Ara Ara says:
      January 12, 2026 at 6:29 pm

      Thank you so much 🥰🥰 Dhen new vaahaka eh genesdheveytho balaanan tomorrow

  2. Ara Ara says:
    January 12, 2026 at 6:30 pm

    If you read this story till the end, I just want to say a big thank you 🤍
    The support kind words and lovely comments from you all truly meant a lot to me. Reading those beautiful comments made me feel motivated and happy and it pushed me to keep writing more. 😊🫶🏻
    I’d really love to hear your honest opinions on this series.
    What did you all like about this story?
    What do you think I can improve in my writing?
    Also please share what kind of stories or series you all would like to read from me in the future. Your ideas and feedback truly matter to me.
    Thank you for being here and for supporting me 🤍

  3. Anonymous says:
    January 12, 2026 at 7:06 pm

    Varah varah reethi mi vaahaka. Ithuru vaahaka thah adhi fennaane kamah ummedhu kuran.

    1. Ara Ara says:
      January 12, 2026 at 10:58 pm

      Thank you so much 😊🫶🏻

  4. 😶‍🌫️Raajiha 😶‍🌫️ says:
    January 12, 2026 at 7:14 pm

    Hehe thank you so much Ara!!
    I liked a lot of things u liyaa vaahaka thakun …emme bodah THIS STORY ..
    one of the thing I liked Abt your stories are.. it is NEVER boring 🪴 not even one boring part !!! Idk how and where u get those ideas from!! 🧐🧐🧐
    Mihaaru Thi liyanee 3 mins ge story ennu??? Misaalakah,6 mins ah badhal kollevidhaane …that’s kiyuntherinnah ves libay v bodu ufaleh and sometimes,2 parts ekkoh genevidhane.. aee improve kollevidhaane echeh
    I like to read love stories, hageegee stories..but not biruveri stories hehe😅😅😅😅🤣🤣🤣

    I ves mi visnanee furathama faharah story eh liyan kamah…
    This is my first time..v biruves ganey mistake eh hedhidhaanetheeve hehe🥺🥺🥺🥺
    I hope u will read my first story 💜💜💜

    Iraadhu kurevviyaa v avahah I ves liyan fashaanan..and….is it ok if I use some ideas u liyaa stories thakun???
    Ur stories are soo beautiful and I can never stop reading…never get bored …..

    Keep it up Ara!! U can do this!!
    Next story thankolheh dhigu kolla dhechey 💕💕💕
    Can’t wait for next story!!!!!!!

    1. Ara Ara says:
      January 12, 2026 at 10:59 pm

      Thank you so much for ur support and feedback 🥰 Looking forward to read ur stories 🫶🏻

  5. Fiza says:
    January 12, 2026 at 7:34 pm

    Vrh reethi vaahakaeh. Aa vaahakaeh ge inthizaarugai. Dhen genesdhey vaahaka dhigukoh genesdheyn vaane ingey.

  6. Inernu 27 says:
    January 12, 2026 at 7:34 pm

    Ara can I have your intro plzz

    1. Ara Ara says:
      January 12, 2026 at 11:00 pm

      Hey I’m araa 18 years old 😊

  7. Anonymous says:
    January 12, 2026 at 9:15 pm

    Keekay Thi buney??
    Insta tha
    Or
    Ehen echeh tha

    1. Inernu 27 says:
      January 12, 2026 at 10:27 pm

      Nahh… I mean What’s your name and age…..

  8. ކިޔުންތެރިޔާ says:
    January 12, 2026 at 10:17 pm

    ފުރަތަަމަ އެޕިސޯޑް ކިޔާލި ދުވަހުން ފެށިގެން ޝައުގުވެރިކަން އުފެދުނު ވާހަކަ އެއް. ފެށުނީއްސުރެ ނިމެންދެންވެސް ޝައުގުވެރިކަން ދަމަހައްޓައިފި.
    މި ގޮތަށް ދިވެހި ބަހުން ލިޔެލާފަ ހުންނަ ވާހަކަތައް ކިޔާލަން ވެސް ވަރަށް ފަސޭހަ. އަދި ލިޔުންތެރިޔާގެ ލިޔުންތެރިކަން ދުވަހެއް ދުވަހަކަށް ކުރިއަރަމުންދާކަން ފާހަގަކުރެވޭ. މިފަދަ ހުނަރުވެރި ވާހަކަތައް ދެންވެސް ފެންނާނެ ކަމަށް އުންމީދު ކުރަން.

    1. Anonymous says:
      January 12, 2026 at 10:20 pm

      Hehe me too 😁
      Ara,u r rlly good at writing stories !!!

    2. Ara Ara says:
      January 12, 2026 at 11:00 pm

      ވަރަށް ބޮޑަށް ޝުކުރިއްޔާ 🥰😊🫶🏻

  9. Inna says:
    January 12, 2026 at 11:44 pm

    Hey story hama habeys
    Lysm

    1. Ara Ara says:
      January 12, 2026 at 11:46 pm

      Thank you so much 🥰😊🫶🏻

  10. Marii says:
    January 13, 2026 at 4:49 am

    Furathama dhuvahun feshigen furathama episoadun feshigen alhugandakee mi vaahakaige varah bodu feyneh. konme dhuvahakuves aa episoadeh annaane irakah inthizaaru kurevunee hama keiytherikameh nethi. Liyuntheriyaa genesdhin konme lafuzakaai konme ihusaaseh varah kairin thajuribaakurevunu. mulhi vaahaka nimigen dhiyairu mihaa furihamavaane kamakah heeves nukuran. asluves thiyaee varah aadhayaakhilaafu hunareh huri liyuntherieh. unmeedhakee varah avahah aa vaahaka eh fenun.

    1. Ara Ara says:
      January 13, 2026 at 3:49 pm

      Thank you so much 🥰🥰🫶🏻

  11. Anaa says:
    January 13, 2026 at 5:01 pm

    You are a truly unique writer. Haven’t read a story this interesting in a while.

    1. Ara Ara says:
      January 13, 2026 at 7:10 pm

      Thank you so much 🥰🫶🏻

  12. Heena says:
    January 14, 2026 at 10:08 am

    Vaahakaige ibaaraai v reethi. Vaahaka ithurah reethi vaane sifa kurunthah ithurukohlaafa vaahaka dhigu kohleema.

    1. Ara Ara says:
      January 14, 2026 at 3:55 pm

      Thank you 🥰🫶🏻

Comments are closed.



All Right Reserved!