Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ކަލާއަށް އެދޭތީ 8

Ara
Ara Level 210 Stories100 Comments
January 11, 2026 5 Mins Read
6 Comments

ޒިޔާންގެ ނޭވާ އަވަސްވިއެވެ. އެއްފަރާތުގައި އޭނާގެ މުޅި މާޒީއާއި އޭނާ ބައްޕައެއްގެ ގޮތުގައި ދެކުނު ޝާކް އެހުރީ އޭނާގެ ކުށްތަކުގެ ހެކި ހިފައިގެންނެވެ. އަނެއްފަރާތުގައި އޭނާގެ މުސްތަގުބަލާއި އޭނާ އެންމެ ލޯބިވާ ޝިފާ އެހެރީ ބިރުން ފިތްކަނޑައިގެންދާ ހާލުގައެވެ.

“ޒިޔާން… ކާކުތަ މިއީ؟” ޝިފާގެ އަޑުގައިވަނީ ތުރުތުރުލުމެކެވެ. އޭނާއަށް ޝާކް ފެނިފައި ނެތަސް އެ މީހާގެ ހައިބަތާއި ދައްކާ ވާހަކައިން އެއީ އާދައިގެ މީހެއް ނޫންކަން އޭނާއަށް ވިސްނުނެވެ. ޝާކް މަޑުމަޑުން ޒިޔާންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “ދަރިފުޅާ ޝިފާ.. އަހަރެން މިއީ ޒިޔާންގެ ބައްޕަ އެއް ކަހަލަ މީހެއް. އޭނާ މިއަދު މިހިސާބަށް ގެނެސްދިނީ އަހަރެން. އެކަމަކު މިހާރު އޭނަ އެއުޅެނީ ބައްޕަ ދޫކޮށްލާފައި ފިލަން” ޝާކްގެ އަޑުގައި ހުރީ މަކަރުވެރި އޯގާތެރިކަމެކެވެ.

ޒިޔާން ޝާކްގެ އަތް ފޮޅުވާލިއެވެ. “ޝިފާ، ބޭރަށް ނިކުމޭ.” ޒިޔާން އަމުރުކޮށްލިއެވެ.

“ނޫނޭ ޝިފާ މަޑުކުރޭ.” ޝާކް ވަރަށް ހަމަޖެހިލާފައި އައިޕެޑަށް އިޝާރާތް ކުރިއެވެ. “ޒިޔާން ކަލޭ ބޭނުމީ ޝިފާއަށް މި ވީޑިއޯ ދައްކަންތަ؟ އޭނާއަށް މިހާރުވެސް އެނގޭނެ ކަލެއަކީ ކާކުކަން. އެކަމަކު ކަލޭ މީހަކު މަރާލާ މަންޒަރު އޭނާގެ ލޮލުން ފެނުމުން އޭނާ ކަލެއަށް ބަލާލާނީ ކޮން ނަޒަރަކުން؟” ޒިޔާންގެ ދެލޯ ކަރުނުން ފުރުނެވެ. ޝިފާއަށް ޒިޔާންގެ މާޒީ އެނގުނަސް އޭނާ ގާތިލެއްގެ ގޮތުގައި ފެނުމަކީ ޝިފާއަށް ކެތްވާނެ ކަމެއް ނޫންކަން ޒިޔާންއަށް އެނގެއެވެ. ޝާކް އެ ކުޅެނީ ޒިޔާންގެ ބަލިފަޔާއެވެ.

“ޝާކް.. ކަލޭ ބޭނުންވެގެން ތި އުޅެނީ ކޯއްޗެއް؟” ޒިޔާން ވަރަށް ހަރުކަށިކޮށް އަހާލިއެވެ. “އަހަރެން ބޭނުމީ ހަމައެކަނި ދެކަމެއް. އެއްކަމަކީ ކަލޭގެ އަތުގައި ތި އޮތް ޕެންޑްރައިވް. އަނެއް ކަމަކީ ކަލޭ އަހަރެންގެ ގާތަށް އެނބުރި އައުން. ބަދަލުގައި ޝިފާ އަށާއި އާއިލާއަށް ދެން ދުވަހަކުވެސް އުނދަގުލެއް ނުވާނެ ގޮތަށް އަހަރެން ހުރިހާ ކަމެއް ހަމަޖައްސައިދޭނަން” ޝާކް ހިނިތުންވެލިއެވެ. “ދެން އޮތީ އެންމެ ފަސް މިނެޓް. ނޫނެކޭ ބުނެފިނަމަ މި އައިޕެޑްގައި އޮތް ވީޑިއޯ ފުލުހުންނަށް ލިބޭނެ. އަދި ޝިފާގެ ބައްޕަގެ މައްޗަށް އަހަރެން ހަދާފައި ހުރި ދޮގު ހެކިތައް ވެސް ފުލުހުންނަށް ލިބޭނެ. އޭރުން ކަލޭ ވެސް ޝިފާގެ ބައްޕަ ވެސް އޮންނާނީ ޖަލުގަ.”

“ޒިޔާން… ނޫން… އޭނައާއެކު ނުދާތި” ޝިފާ ގިސްލަމުން ޒިޔާންގެ އަތުގައި ބާރަށް ހިފާލިއެވެ.

ޒިޔާން މަޑުމަޑުން ޝިފާގެ އަތް ނައްޓާލިއެވެ. އޭނާގެ ލޮލަށް ވެސް ކަރުނަ ޖަމާވާން ފެށިއެވެ. “ޝިފާ.. އަހަރެން ދާންޖެހޭ. އަހަރެން މިކަން ކުރަނީ އަހަރެމެން އެންމެންގެ ސަލާމަތަށްޓަކައި.”

“އެކަމަކު ޒިޔާން…”

ޝިފާ އަހަންނަށް އިތުބާރުކުރޭ” ޒިޔާން ޝިފާގެ ދެއަތު ގައި ހިފާލިއެވެ. “އަހަރެން ވަޢުދުވަން… އަހަރެން އެނބުރި އަންނާނަން. ހިތްވަރުކުރާތި.”

ޝާކް ހިނިތުންވެލަމުން ތެދުވިއެވެ. “ވަރަށް ރަނގަޅު ނިންމުމެއް ޒިޔާން. ހިނގާ ދާން. ލޯންޗު އޮތީ ތައްޔާރަށް.” ޒިޔާން އިސްޖަހާލައިގެން ހުރެ ޝާކްގެ ފަހަތުން ހިނގައިގަތެވެ. ކޮންމެ ފިޔަވަޅަކާއި އެކު އޭނާގެ ހިތް ދިޔައީ ފުނޑުފުނޑުވަމުންނެވެ. އޭނާ އަނެއްކާވެސް އެދަނީ އޭނާ އެންމެ ފޫހިވާ އެންމެ ބިރުވެރި އަނދިރި ދުނިޔެއަށެވެ. އެކަމަކު މިވަގުތު އޭނާގެ ކުރިމަތީގައި އެހެން އެއްވެސް އިތުރު ގޮތެއް ނެތެވެ. ދޮރުން ނިކުތް ވަގުތު ފަތިހުގެ ފިނި ރޯޅިތައް ޒިޔާންގެ މޫނުގައި ބީހެމެންދިޔައެވެ. އެއީ އޭނާއަށް ލިބުނު ވަގުތީ މިނިވަންކަމުގެ އެންމެ ފަހު އިހުސާސެވެ. އަތިރިމައްޗާ ދިމާލަށް ހިނގަމުން ދިޔައިރު ދުރުން ޝާކްގެ ލޯންޗު ފެންނަން އޮތެވެ. ޝިފާގެ އަޑު ދުރުން އިވެއެވެ. އޭނާ ގޭގެ ދޮރުމަތީގައި ހުރެ ރޮނީއެވެ. ޒިޔާން ފަހަތް ބަލައެއް ނުލިއެވެ. އޭނާ ބަލާލައިފިނަމަ، ހިތް ބަލިވެ ދާން ބޭނުން ނުވެދާނެތީއެވެ.

ޝާކް އައިސް ޒިޔާންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “ދެރަނުވޭ ދަރިފުޅާ. މިއީ ކަލޭގެ ހަޤީޤީ ދުނިޔެ. ކަލެއަކީ ކާކުކަން ކަލޭ ހަނދާން ނައްތާލިޔަސް، އަހަރެން ހަނދާން އެބަހުރި” ޝާކްގެ އަޑުގައި ހުރީ ނުލަފާ ފަޚުރުވެރިކަމެކެވެ.

ލޯންޗަށް އެރި ވަގުތު ޒިޔާން ޖީބުގައި އޮތް ޕެންޑްރައިވް ގައި އަތް ޖައްސާ ބާރުކޮށްލިއެވެ. ޝާކް ހީކުރަނީ އޭނާ މޮޅުވީ ކަމަށެވެ. އެކަމަކު ޒިޔާންގެ ހިތުގައި އާ ރޭވުމެއް ދިޔައީ ރާވަމުންނެވެ. އޭނާ ޝާކްއާއެކު މާލެ އެ ދަނީ ހަނގުރާމައިން ބަލިވެގެންނެއް ނޫނެވެ. ލޯންޗު ރަށާ ދުރަށް ދުއްވާލިއެވެ. ޒިޔާން ބަލަހައްޓައިގެން އިނީ ކުޑަވަމުން ދިޔަ އެ ރަށަށެވެ. އޭނާގެ ލޯބިވާ ޝިފާއަށެވެ. މިއީ އަލްވަދާއެއް ނޫނެވެ. މިއީ ހަނގުރާމައިގެ ފެށުމެވެ.

މާލޭގެ ފަޅަށް ލޯންޗު ވަތްއިރު، އިރުގެ ރަން ދޯދިތައް މުޅި ސިޓީއަށް ފެތުރިފައި އޮތެވެ. ޒިޔާން މާލޭގެ ފަސްގަނޑުގައި ފައި ބީއްސާލި ވަގުތު އޭނާއަށް އިހުސާސްވީ ބަރު ކަސްތޮޅެއް އެޅުވުނު ކަހަލަ ގޮތަކަށެވެ. ބަނދަރުމަތީގައި ޝާކްގެ އިތުބާރު ހިފޭ ބައެއް މީހުން ކާރުގައި ބަލާ އައިސް ތިއްބެވެ. އެމީހުން ޒިޔާން ފެނުމާއެކު އިސްޖަހާލީ އިހުތިރާމާއެކުގައެވެ.

ޝާކްގެ ބޮޑު ގަނޑުވަރެއް ފަދަ ގެއަށް ޒިޔާން ވަދެގެން ދިޔައީ ހައްޔަރުވެފައި އިން ސިންގާއެއް ފަދައިންނެވެ. އޭނާ ބަހައްޓާފައި ހުރީ އޭނާގެ ކުރީގެ ކޮޓަރީގައެވެ. ހުރިހާ އެއްޗެއް ވެސް ހުރީ އޭނާ އެންމެ ފަހުން އެ ކޮޓަރިން ދިޔައިރު ހުރި ގޮތަށެވެ.

“ޒިޔާން. އިރުކޮޅަކުން އަހަރެމެންގެ މުހިންމު ބައްދަލުވުމެއް އޮންނާނެ. ތައްޔާރުވޭ” ޝާކް ދޮރުމަތީގައި ހުރެ ބުންޏެވެ. “އަދި ބުނަން… އެ ޕެންޑްރައިވް މަށަށް ދީ.” ޒިޔާން މަޑުމަޑުން ޖީބުން ޕެންޑްރައިވް ނަގައި ޝާކްއަށް ދިނެވެ. ޝާކް އެއަށް ބަލާލާފައި ހިނިތުންވެލިއެވެ.

ރަށުގައި ހުރި ޝިފާ، ޒިޔާން ދިޔަ ދިމާލަށް ބަލަހައްޓައިގެން ރޮއިރޮއި އަދިވެސް އިނެވެ. އޭނާގެ ބައްޕަ އައިސް ކޮނޑުގައި އަތް ބާއްވާލިއެވެ.

“ދަރިފުޅާ.. ޒިޔާން އެދިޔައީ އަހަރެމެން ސަލާމަތް ކުރަން” ބައްޕަގެ އަޑުގައި ހުރީ ހިތާމައެވެ. “ނޫން ބައްޕާ. އޭނަ އެދިޔައީ އަމިއްލަ އަށް މަރުވާން. ޝާކް އަކީ ވަރަށް ބާރުގަދަ މީހެއް. ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ.”

ޝިފާ ތެދުވެ ކަރުނަ ފޮހެލިއެވެ. “އަހަރެން މިހެން އިނދެގެނެއް ނުވާނެ. ޒިޔާން އަހަރެންގެ ގާތުގައި ބުނި އިތުބާރު ކުރާށޭ. އޭނާ އަހަންނަށް ދިން ސިޓީއުރަ ކޮބާ؟” ޝިފާ އަވަސް އަވަހަށް ގޭތެރެއަށް ވަދެ ޒިޔާން އޭނާގެ އަތަށް ދިން ކުޑަ ސިޓީއުރަ ހުޅުވާލިއެވެ. އޭގެ ތެރޭގައި އޮތީ މާލޭގެ އެޕާޓްމަންޓެއްގެ ތަޅުދަނޑިއަކާއި ފޯނު ނަންބަރެކެވެ. އަދި ކުޑަ ނޯޓެއް އޮތެވެ. “ޝިފާ މާލެ އާދޭ. މި ނަންބަރަށް ގުޅާފައި އިއްކޮ ހޯދާ. އޭނަ އެހީވާނެ. ޝާކްގެ ނިމުން މިއަދު ފެށޭނެ.”

 

ޝާކް އޭނާގެ އޮފީހުގައި އިށީނދެލައިގެން އިނީ ނުހަނު ފަހުރުވެރިކަމާއެކުގައެވެ. އޭނާ ޒިޔާން ދިން ޕެންޑްރައިވް ކޮމްޕިއުޓަރަށް ޖަހާލިއެވެ. އޭނާ ބޭނުންވީ އޭގައި ހުރި އޭނާއާ ދެކޮޅު ހުރިހާ ހެކިތަކެއް ލަސްތަކެއް ނުވެ ފޮހެލާށެވެ.

ޒިޔާން ކަލޭ ހީކުރީ ކަލެއަށް މަގޭ މައްޗަށް ކުރި ހޯދޭނެ ކަމަށްތަ؟” ޝާކް އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ހިނިތުންވެލިއެވެ. ނަމަވެސް ޕެންޑްރައިވް ހުޅުވާލި ވަގުތު ސްކްރީނަށް އެރީ އޭނާ ހީކުރި ފައިލްތަކެއް ނޫނެވެ.

ޝާކް އެ ފައިލް ހުޅުވާލުމުން ވަގުތުން މުޅި ސިސްޓަމް ރަތްކުލައިން ދިއްލި އޭނާގެ ހުރިހާ ސިއްރު އެކައުންޓްތަކަކުން ފައިސާ ޓްރާންސްފާވާން ފެށި މަންޒަރު ފެނުނެވެ. ކޯއްޗެއް މީ؟ ޝާކް ހަޅޭއްލަވައިގަތެވެ.

ޒިޔާން ކޮޓަރީގައި ހުރެ އޭނާގެ ގަޑިއަށް ބަލާލިއެވެ. އޭނާ އިންތިޒާރު ކުރަމުންދާ ވަގުތު ކައިރިވެއްޖެކަން އޭނާ އަށް ޔަޤީންވިއެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ބާރަށް ހުޅުވާފައި ޝާކް ވަނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމުގެ ކުލަވަރެވެ. އޭނާގެ އަތުގައި މިފަހަރު ބަޑިއެއް އޮތެވެ. “ކަލޭ ކީއް ތިކުރީ؟ މަގޭ ހުރިހާ ފައިސާއެއް… މަގޭ ހުރިހާ ހެކިތަކެއް.” ޝާކް ބަޑި އަމާޒުކޮށްލީ ޒިޔާންގެ ނިތްކުރިއަށެވެ. ޝާކްގެ އަތް ތުރުތުރުލާން ފެށިއެވެ. އޭނާގެ ކުރިމަތީގައި އެ ހުރީ އޭނާ ބޮޑުކުރި “ދަރި” އެވެ. އެކަމަކު އެއީ މިއަދު އޭނާގެ އެންމެ ބޮޑު ދުޝްމަނެވެ.

“ޒިޔާން. ތިކަމުން ވީ ކޮން ފައިދާއެއް؟ ކަލޭ ތި ހަލާކުކޮށްލީ އަހަރެމެން ދެމީހުންގެ ދުނިޔެ. އަހަރެންގެ މުސްތަޤުބަލު.” ޝާކް މިފަހަރު ހުރީ ހަޤީޤަތުގައި ވެސް ދެރަވެފައެވެ. އަދި ރުޅިވެސް އައިސްފައެވެ.

“ޝާކް އަބަދުވެސް ބުނަމެއްނު ކޮންމެ އިންސާނަކީވެސް ކޮންމެވެސް އަގަކަށް ވިކޭނެ މުދަލެކޭ؟ ކަލޭ ހީކުރީ އަހަރެންގެ އަގަކީ ބިރު ކަމަށް. އެކަމަކު އަހަރެންގެ އަގަކީ ލޯބި. ކަލޭގެ މުޅި ޚަޒާނާ އޮއްސާލިޔަސް ކަލެއަށް ދުވަހަކުވެސް ގަންނަން ނުލިބޭނެ ހަމަ އެކަނި އެއްޗަކީ އެއީ.” ޒިޔާން ވަރަށް ހަމަޖެހިލާފައި ޖަވާބުދިނެވެ.

“ލޯތްބޭ؟ ލޯތްބަކީ ބަލިކަށި މީހުން ދައްކާ އުޒުރެއް. ދުނިޔެ އަބަދުވެސް ދެކޭނީ ކަލޭތީ ޤާތިލެއްގެ ގޮތުގައި” ޝާކް މަލާމާތުގެ ރާގެއްގައި ބުނެލިއެވެ.

“ޝާކް ބަލާބަލަ ވަށައިގެން. ކަލޭގެ ރަސްކަން މިހާރު އެއޮތީ ނިމިފައި. ކަލޭގެ މީހުންތައް ކަލޭ ދޫކޮށްލައިފި. ފައިސާތައް ގެއްލިއްޖެ. ކަލޭގެ ހަމައެކަނި މިީހެއް ހުރި ނަމަ އެއީ އަހަރެން. އަދި އަހަރެން މިހިރީ ކަލޭގެ ހުރިހާ އުސޫލަކަށް ނޫނެކޭ ބުނެގެން.” ހަމައެވަގުތު ގޭގެ ބޭރުން ބާރުގަދަ އަޑުތަކެއް އިވެން ފެށިއެވެ. ފުލުހުންގެ ސައިރަންގެ އަޑާއި ހަތިޔާރު އެޅި ފައުޖެއް ގޭތެރެއަށް ވަދެގަތް އަޑެވެ. ޒިޔާން ކުރިންވެސް ރާވާފައި އޮތް ގޮތަށް އޭނާ ޝާކްއަށް ދިން ޕެންޑްރައިވްއަކީ ވައިރަހެކެވެ. އެ ޖަހާލި ވަގުތުން ފެށިގެން ޝާކްގެ ލޮކޭޝަނާއި ހުރިހާ ސިއްރު މުއާމަލާތްތަކެއް ވަނީ ފުލުހުންގެ މަރުކަޒަށް ލައިވްކޮށް ފޮނުވަން ފަށާފައެވެ.

ކޮޓަރީގެ ދޮރު ބާރަށް ހުޅުވާލާފައި ފުލުހުން ވަދެގަތެވެ. ޝާކް ބަޑި ބިންމައްޗަށް ވައްޓާލިއެވެ. އޭނާ އިސްޖަހާލީ އަމާންދީފައިވާ މީހެއް ފަދައިންނެވެ. ފުލުހުން އައިސް ޝާކްގެ ބިޑި އެޅުވި ވަގުތު އޭނާ އެންމެ ފަހު ފަހަރަށް ޒިޔާންއާ ދިމާލަށް ބަލާލިއެވެ. “ކަލޭ ހީކުރަނީ ކަލޭ މޮޅުވީ ކަމަށްތަ؟” ޝާކް ބާރަށް ހީނގަތެވެ. “ތިކަންތައް ކުރީ މަގޭ ސްޓައިލަށް. ކަލެއަކީ އަދިވެސް ހަމަ އަހަރެން އުފަން ކުރުވި ކަޅޭ.”

ޒިޔާން ހިނިތުންވެލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހަމަޖެހުމެވެ. “ތިއީ ތަފާތަކީ ޝާކް. ކަލޭ ތިކަން ތި ކުރީ ބާރުގަދަކަން ދައްކަން. އަހަރެން މިކަން ކުރީ މިނިވަންކަމަށްޓަކައި. ކަލޭ މަރުވާނީ ކުށްވެރިއެއްގެ ގޮތުގަ އަހަރެން ދިރިއުޅޭނީ އަމިއްލަ ނަފްސަށް މާފުކޮށްފައިވާ މިނިވަން އިންސާނެއްގެ ގޮތުގަ. އުފާކުރޭ ޝާކް. ކަލޭ ތި ބަލިވީ އަހަރެންގެ އަތުންނެއް ނޫން، ކަލޭގެ ހިތްހަރުކަމުގެ ކުރިމަތީގައި ކުޑަކަކޫ ނުޖެހި އަހަރެންގެ ލޯބީގެ ސަބަބުން.”

ޝާކް ގެންދިޔުމާއެކު ޒިޔާންގެ ކުރިމައްޗަށް އައިސް ހުއްޓުނީ އިއްކޮއެވެ. “ޒިޔާން، ހުރިހާ ކަމެއް ވެސް ނިމުނީ. ޝިފާ އެބަހުރި ބޭރުގަ.” ޒިޔާން މަޑުމަޑުން ހިނގާފައި ގޭގެ ބޭރަށް ނިކުތެވެ. ޝިފާ ހުރީ ރޮއިރޮއި ވަރުބަލިވެފައެވެ. ނަމަވެސް ޒިޔާން ފެނުމާއެކު އޭނާގެ ދެލޮލަށް އާ ދިރުމެއް އައެވެ. ޝިފާ ދުވެފައި އައިސް ޒިޔާންގެ ގައިގައި ބާރަށް ބައްދާލިއެވެ. “ޝިފާ އަހަރެން ބުނީމެއްނު އަހަރެން އެނބުރި އަންނާނަމޭ. މިއަދު އަހަރެމެން ދެމީހުންގެ މެދުގައި އޮތް ހުރިހާ ހުރަހެއް ނެތިއްޖެ.”

ޒިޔާން ދެން އެނބުރުނީ އޭނާގެ ގާތުގައި ހުރި އިސް ފުލުސް އޮފިސަރާ ދިމާލަށެވެ. އޭނާގެ ދެއަތް ދިއްކޮށްލީ އަމިއްލައަށެވެ. “އަހަރެން މިހިރީ ތައްޔާރަށް” ޒިޔާން ސާބިތުކަމާއެކު ބުންޏެވެ. “ޝާކްގެ ކުށްތަކުގެ ހެކި އަހަރެން ދިނަސް، އަހަރެންގެ އަމިއްލަ މާޒީގައި ކުރެވިފައިވާ ކަންތައްތަކަށް އަހަރެން ޒިންމާވާންޖެހޭނެ. އަހަރެން ބޭނުމީ ހަޤީޤީ މިނިވަންކަން. އެ މިނިވަންކަން ލިބޭނީ އަހަރެންގެ އަދަބު އަހަރެން ތަންފީޒު ކޮށްގެން.”

ޝިފާގެ ދެލޯ ބޮޑުވިއެވެ. “ޒިޔާން… ކީއް ތިކުރަނީ؟”

“ޝިފާ، މީ އަހަރެން ކުރަންޖެހޭ ކަމެއް.” ޒިޔާން ޝިފާގެ މޫނަށް ބަލާލިއެވެ. “އަހަރެން ބޭނުމެއް ނޫން ފާފައިގެ މަތީގައި މުސްތަގުބަލު ބިނާކުރަން. އަހަރެން އެނބުރި އަންނާނަން. އޭރުން އަހަރެން ހުންނާނީ ސާފު އިންސާނެއްގެ ގޮތުގައި.” ފުލުހުން ޒިޔާންގެ އަތުގައި ބިޑި އެޅުވިއެވެ. ނަމަވެސް މިފަހަރު އެ ބިޑިއަކީ އޭނާ މިނިވަންކަން ނަގާލާ އެއްޗެއްގެ ގޮތުގައެއް ޒިޔާންއަކަށް އިހުސާސެއް ނުކުރެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

ހިތް އެދޭހާ ކަމެއް.. (26 ވަނަބައި)

Next

ތި ސޫރަ ނޫން 28

Next
January 11, 2026

ތި ސޫރަ ނޫން 28

Previews
January 11, 2026

ހިތް އެދޭހާ ކަމެއް.. (26 ވަނަބައި)

6 Comments!

  1. Fiza says:
    January 11, 2026 at 12:10 pm

    Masha Allah. Vrh reethi. Saabahey Ziyan.

    1. Ara Ara says:
      January 11, 2026 at 6:42 pm

      Thank you 😊🫶🏻

  2. 😶‍🌫️Raajiha 😶‍🌫️ says:
    January 11, 2026 at 12:35 pm

    V.v reethi
    Tomorrow last part dhw
    Alhey mi vaahakaves mi nimeney dhw
    So sad 😭😢

    Saabahey ziyaan and shifa
    Finally they are safe now 🙂

    Can’t wait for next

    1. Ara Ara says:
      January 11, 2026 at 6:42 pm

      Yeah tomorrow last part thank you for ur support 😊🫶🏻

  3. Anonymous says:
    January 11, 2026 at 5:47 pm

    Nice. Waiting for next episode ❤️

    1. Ara Ara says:
      January 11, 2026 at 6:43 pm

      Thank you 😊🫶🏻

Comments are closed.

Next Episodeހިތް ކަލާއަށް އެދޭތީ 9 (ފަހުބައި)←


All Right Reserved!