ލޯތްބައްޓަކައި(14ވަނަ ބައި)
މީޓިން ރޫމުގެ ބޭރުން ފަލަކް ފެނުމުން ނިކްޔަން އިޝާރާތުން ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ ކަމަށް ބުނެލިއެވެ.ހިނިތުންވެލަމުން ފަލަކް ވެސް މީޓިންގް ރޫމަށް ވަނެވެ.ދުރުގައި ހުރި އާލިމްއަށް މިމަންޒަރު ފެނުމުން މެޔަށް ފާޑެއްގެ ގޮތެއް ވެގެން ދިއަހެން ހީވިއެވެ.ނިކްޔަން އާއި ފަލްކްގެ އެ ގާތް ކަމުގެ ސަބަބުން އޭނާއަށް އުނދަގޫވާންވީ ކީއްވެ ހެއްޔެވެ.މީޓިންގް ރޫމަށް ހުރިހާ ކުދިން ހަމަ ވުމުން ލީޑިން ޓީޗަރުން ނަތީޖާ އިއްވަން އަވަސްވެގަތެވެ.އޭރުވެސް ފަލަކްގެ ހިތް ދިއައީ ބާރުބާރަށް ތެޅެމުންނެވެ.
*************
އިސް ލީޑިންޓީޗަރު އަތުގައި އޮތް ގަނޑަށް ނަޒަރު ހިންގާލުމަށް ފަހު ހުރިހާ ކުދިންގެ މޫނަށް ވަކި ވަކިން ބަލާލިއެވެ.”ވަރަށް ހާސްވެފަ ދޯ ހުރިހާ ކުދިންވެސް ތިތިބީ….މިސްމެންވެސް ދެންމާ ލަސްތަކެއް ނުކުރާނަށް…ފުރަތަމަ ސުކޫލު އަންހެން ކެޕްޓަން…ސުކޫލުގެ އަންހެން ކެޕްޓަނަކަށް މިއަހަރު ހޮވިފަ ވަނީ….ދިމްރާ އަބްދުލް ހަކީމް…..މަރުހަބާ ދިމްރާ…މިއަހަރުގެ ފިރެހެން ކެޕްޓަނަކަށް ހޮވިފަ ވަނީ ނިކްޔަން ބިން އިސްމާއިލް ނަޔާޒް…މަރުހަބާ ދެކެޕްޓަނުން…”އެޔާއެކު އިވިގެން ދިއައީ ހޫނު އަތްތިލަ ބަޑީގެ އަޑެވެ.ދެޖީބަށް އަތްޖަހާލައިގެން ހުރި ނިކްޔަންއަށް އެންމެން މަރުހަބާ ކިޔަމުން ދިއައިރު ކޮންމެ މީހަކަށް ވެސް ޝުކުރު އަދާ ކުރަމުން އޭނާ ހިނިތުންވެލައެވެ.ފަލަކް އަށް ހުރެވުނީ ނިކްޔަންއާއި ދާދިގާތުގައި ކަމުން ނިކްޔަންގެ އަތުގެ މުލައްދަނޑީގައި އޭނާ ކޮއްޓާލިއެވެ.”ކޮންގްރެޓްސް ޔަން..އައިމީން ކެޕްޓަން”ހީލަމުން ފަލަކް ނިކްޔަންއަށް މަރުހަބާ ކިޔެވެ.ނިކްޔަން ވެސް ތޭންކްސް ފަލްކީއޭ ބުނެލިއެވެ.އަނެއްކާވެސް ހުރިހާ ކުދިން ލީޑިން ޓީޗަރަށް ސަމާލުކަން ދިނެވެ.”ވާއު…ނިކް އިސް ކެޕްޓަން..ދެން އަހަރެން ޑެޕިއުޓީއަށް ހޮވޭނެނަމަ”ރަފްގާގެ ގާތުގައި ހުރު ޝޫރާ މަޑުމަޑުން ބުނެލިއެވެ.”ދެންމިއޮތީ ސުކޫލުގެ ޑެޕިއުޓީ ކެޕްޓަން…މިމަޤާމަށް އަންހެންކުދިންނާ ފިހިރެން ކުދިންގެ ތެރެއިން ފުރާނާލައިގެން މިސްމެން ނަގަނީ ހަމަ އެންމެ މިކަމަށް ޤާބިލުކަމަށް ފެންނަ ކުއްޖާ….މިއަހަރުގެ ޑެޕިއުޓީ ކެޕްޓަނަކީ….ފަލަކް އަހްމަދް ފާލިހް…”ފަލަކް ގެ ނަން އިވިގެން ދިއުމުން ޝޫރާ އަދި ރަފްގާގެ ވެސް ދެލޯ ބޮޑުވެގެން ދިއައެވެ.ޝޫރާގެ ލޮލުން ކަރުނަ އަންނަން ފެށުމުން އޭނާާ އިސް ޖަހާލިއެވެ.ފަލަކް މަޤާމަށް ހޮވުމަށް ވުރެން ބޮޑު ހައިރާން ކަމެއް ގިނަ ކުދިންނަށް ލިބުނީ ފަލަކްގެ ފުރިހަމަ ނަން އަޑު އިވިފައެވެ.ކުދިންގެ ސުވާލުތައް ކުރިމަތި ވެދާނެތީ ނިކްޔަން ރަފްގާ އަދި ފަލަކްވެސް އެކަން މާ އަޅައިގަތް ކަމަކަށް ނަހަދައެވެ.ނަމަވެސް އާލިމް އަށް އިވުނު ނަމާއެކު ބޮޑު ޝޮކެއް ލިބިގެންދިއައެވެ.އޭނާއަށް މިހީވަނީ ރަނގަޅަށްތޯ ޔަޤީންކުރުމަށް ޓަކައި ރަފްގާގެ ފުރިހަމ ނަން އިވޭނެކަމަށް އޭނާ މަޑުން ހުރީއެވެ.”މަރުހަބާ ފަލަކް…ސުކޫލުގެ ޤޭމްސް ކެޕްޓަންގެ މަޤާމު މިއަހަރު މިގެން ދަނީ އާލިމް އަބްދުލް ހަނީފް…އަދި ޑެޕިއުޓީ ގޭމްސް ކެޕްޓަން އަކީ ރަފްގާ އަހްމަދް ފާލިހް”ރަފްގާއަށް އޭނާ ހޮވޭނެ ކަމުގެ ޔަޤީންކަން މާކުރިންވެސް އޮތެވެ.ނަމަވެސް އޭނާގެ ހިތުގައި ބިރުވެރިކަމެއް ދުވެލީ އޭނާގެ ފުރިހަމަ ނަމާއި ފަލަކްގެ ފުރިހަމަ ނަން އެހާ ގާތް ގާތުގައި ކިޔުމުން މީހަކަށް އެއްޗެއް ފަހުމް ވެދާނެ ތީއެވެ..ޝޫރާ އޭރުވެސް ހުރީ އިސްޖަހާލައިގެނެވެ.އެހާ އުންމީދު ކޮއްގެން ހުއްޓައި ނުހޮވުމުން އޭނާ މާޔޫސްވީއެވެ.މީހުން ބުނެއުޅެއެވެ.ބައެއްފަހަރު އަހަރެމެންގެ ހިތް ހަލާކު ވެގެންދަނީ އަހަރެމެނަށް ކުރެވޭ މާ ބޮޑު އުންމީދެއްގެ ސަބަބުނެވެ.އުންމީދުވެސް ކުރަން ޖެހޭނެއެވެ.ނަމަވެސް ފަހު ވަގުތު ކޮންމެ ފަދަ ނަތީޖާއެއްވެސް ކަމަކުން ކުރިމަތި ވެދާނެ ކަން އަހަރެމެން ހަނދާން ބަހައްޓަން ޖެހޭނެއެވެ.އިނގެރޭސިން ބުނާނަމަ ލައިފްގަ އަންނަ އަޕްސް އެންޑް ޑައުންސް އާ ކުރިމަތިލާން އަހަރެމެން ތިބެންޖެހޭނީ ތައްޔާރަށެވެ.ރަފްގާގެ ނަން އިވުމާއެކު އާލިމް ފަލަކްއާއި ދިމާލަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.ނިކްޔަންއާއި ވާހަކަދައްކަން ހުރި ފަލަކްގެ ލޮލުގައި އޭނާޔާ ދިމާލަށް ބަލަހައްޓައިގެން ހުރި އާލިމް ފެނުމުން އިސްޖަހާލެވުނީ އާލިމްގެ ދެލޮލުގެ ތެރެއިން އޭނާއަށް ފެނުނު ސުވާލުގެ ސަބަބުނެވެ.
*************
އަޅި ކުލައިގެ ޕްރައިވެޓް ކާރު މަޑުކޮއްލީ ހަދަން ފަށާފައި ހުރި އުސް އިމާރާތެއްގެ ކުރިމައްޗަށެވެ.ކާރުން ފޭބި ޖާނުން ވަރުގަދަ ފިރިހެން މީހާގެ އަތުގައި ކަޅުކުލައިގެ ބްރިފްކޭހެއް އޮތް އިރު އެމީހާގެ މޫނުމަތި ވަނީ ކަޅުކުލައިގެ މާސްކް އަކުން ނިވާ ކުރެވިފައެވެ.މަގުގެ ދެކޮޅު ބަލާލަމުން އެ އިމާރާތުގެ ތެރެއަށް ވަދެގެން ދިއަ މީހާ ހުއްޓުނީ އޭނާއަށް ފުރަގަސްދީގެން ހުރި މީހާ އާއި ތިން ފޫޓެއްހާ ދުރުގައެވެ.”ކޮބާ މަގޭ…..”މާސްކް އަޅައިގެން ހުރި މީހާއާއި ދިމާލަށް އެނބުރުނު މީހާއަށް އޭނާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނީ ފުރަގަހުން އޭނާގެ ބޮލަށް އަރައިގެން ދިއަ ތޫނު ހަމަލާގެ ސަބަބުނެވެ.ހުރި ތަނަށް އެމީހާ ވެއްޓުނު އިރު މާސްކް އަޅައިގެން ހުރި މީހާ މަޑުމަޑުން އޭނާ އަޅައިގެން ހުރި މާސްކް ނެގިއެވެ.”ހަނީ..ހަނީފް”މެރެމުން ދިއަ ދެލޮލާއެކު ވެއްޓިފައި އޮތް މީހާގެ އަނގައިން ބޭރުވެގެން ދިއައީ ހަނީފްގެ ނަމެވެ.އޭރު އެމީހާގެ ބޮލުގެ ނާށި ގަނޑު ފަޅައިގެން ގޮސް ލޭތައް ފައިބަމުން ދިއައެވެ.އެތާގައި ހުރި މީހާގެ މޫނު މަތީގައި އޭރު ވަނީ މަކަރާއި ހީލަތުން ފުރިގެން ވީ ހިނިތުންވުމެކެވެ.އާއެކެވެ.ހަބަރު ހުސްވެގެން ވެއްޓުނު މީހާ ބުނި ނަމަކީ އެތާ ކޮއްޅަށް ހުރި މީހާގެ ނަމެވެ.އެއީ ހަމަ ހަނީފްއެވެ.ވެއްޓިފައި އޮތް މީހާ ބިންމަތީގައި ކާއްތަމުން ދަމާފައި ގެންގޮސް އެ އިމާރާތުގެ އެންމެ އެތެރެއަށް ހަނީފް ވެއްދިއެވެ.އަދި އެއްފަރާތުގައި އޮތް އުދައްޔަކުން ވަޅުގަނޑެއް ކޮނެ އެމީހާ ދިރި އޮއްވާ އެފަސްގަނޑަށް ލާ ވަޅުލިއެވެ.ހަމަ ގައިމުވެސް މިފަދަ ލާއިންސާނީ އަމަލެއް ހިންގަންކެރޭނީ ބިރުގެ ކަންފުޅެއްވެސް ނެތީތިނެވެ.ހިތުގައި ރަހުމެއް ކުލުނެއް އަދި އީމާންތެރިކަން ވެސް ނެތުމުންނެވެ.ފަސްގަނޑު އެއްވަރު ކޮއްލުމަށް ފަހު ހަނީފް އެ އިމާރާތުން ނިކުމެގެން ދިއައީ އަނެއްކާވެސް މޫނު މާސްކަކުން ނިވާ ކޮއްލަމުންނެވެ.
*************
މީޓިންގް ރޫމުން ނިކުތް ގޮތައް ޝޫރާ ގޮސް ފާހަނާއަށް ވަނުމުން ރަފްގާ ވެސް އޭނާގެ ފަހަތުން ދިއައެވެ.ފާހަނަޔަށް ވައިން ގޮތައް ޝޫރާގެ ބަޑި ފަޅައިގެން ދިއައެވެ.ޝޫރާއަށް ހިއްވަރުލާދޭން ރަފްގާ ހުރި ނަމަވެސް އޭނާ ހުރީ ފުދޭ ވަރަކަށް ނުތަނަވަސް ވެފައެވެ.ފަލަކް އާއި އޭނާގެ ގުޅުމާއި ބެހޭގޮތުން މީހަކު ސުވާލު ކޮއްފި ނަމަ އޭނާ ބުނާނީ ކީކޭ ހެއްޔެވެ.ފަލަކް އަކީ އޭނާގެ އެއްބަފާ ދައްތަ ކަން އެންމެނަށް އިނގި އޭނާގެ އަގު އެންމެންގެ ކުރިމަތީ ވެއްޓޭކަށް އޭނާ ނޭދެއެވެ.އޭނާގެ ބައްޕަގެ އެހެން އައިންބެއް ހުރިކަން އެކަކަށް ވެސް އިނގޭކަށް އޭނާ ބޭނުމެއް ނޫނެވެ.އިރުކޮޅަކުން ޝޫރާވެސް ހަމަޔަކަށް އެޅިއްޖެއެވެ.ދެކުދިން ކުލާހަށް ދިއައިރުވެސް ފަލަކް ކުލާހަަށް ނާދެއެވެ.މީޓިންގް ރޫމް އިން ނިކުތް ފަލަކް ބޭނުންވީ އާލިމްއަށް ވާހަކަ ދެއްކުމަށް ފުރުސަތެއް ނުދީ އަވަހަށް ކުލާހަށް ދާށެވެ.ކޮރިޑޯ ތެރެއިން ހިނގާލާފައި ސިޑިން އަރަން ދިއަ ފަލަކް ސިއްސައިގެން ދިއައީ މީހަކު އޭނާގެ އަނގަ މަތީ އަތްއަޅަމުން އެތާ ހުރި ބޭނުން ނުކުރާ ކުލާސް ރޫމަކަށް ވެއްދުމުންނެވެ.އެ ކުލާހަށް ވެއްދި ގޮތައް އެމީހަކު ފަލަކް ފާރުގައި ތަތްކޮއްލިއެވެ.ކުރިމަތީގައި ހުރި މީހާ އާއި ދިމާލަށް ފަލަކްއަށް ބަލާލެވުނީ ދެނެވެ.އަޅި ކުލައިގެ ލެންސް ލައްވާފައި ހުރި ދެލޯ ފެނުމުން ފަލަކް ހުރި ތަނަށް ގަނޑުވިކަހަލައެވެ.ފަލަކްގެ އަނގަ މަތިން އަތް ނަގަމުން އާލިމް ސީދާ އެ ވިލު ނޫކުލައިގެ ދެލޮލަށް ނަޒަރު ހުއްޓާލިއެވެ.އާލިމް އާއި ހަތަރު ކަޅި ހަމަ ކޮއްގެން ހުންނަން ކުޅަދާނަ ނުވުމުން ފަލަކް އިސްދަށަށް ޖަހާލިއެވެ.އޭރު އޭނާގެ ހިތް ހީވަނީ މޭ ފަޅާފައި ނިކުމެދާނެ ހެނެވެ.”ރަފްގާއާ ފަލަކް އާ އޮންނަނީ ކޮން ގުޅުމެއް؟”ފަލަކްގެ ދަތް ދޮޅީގައި ހިފައި އުފުލާލަމުން އާލިމް އަހާލީ ސީދާ ފަލަކްގެ ބޮޑު ދެލޮލަށް ނަޒަރު ހުއްޓާލައިގެން ހުރެއެވެ.މައުސޫމުކަމުން ފުރިގެން ވީ އެދެލޮލުގެ ޖާދޫގައި އާލިމް ވަނީ ރަނގަޅަށް ގައިދުވެފައެވެ.ދޭނެ ޖަވާބެއް ނޭނގުމުން ފަލަކްއަށް ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ.އެހިނދު އެ ރަތް ކަން ގަދަ ތުންފަތައް ލޭ ކުަލަ އަރައިގެން ދިއައިރު އާލިމްއަށް އަމިއްލަ ހިއްސުތައް ކޮންޓްރޯލް ކުރުންވީ އުނދަގޫ ކަމަކަށެވެ.އެހެންކަމުން ފަލަކްއާއި ދުރުވެލަމުން އޭނާ އަނެއްކާވެސް ދެންމެ ކުރި ސުވާލު ތަކުރާރު ކޮއްލިއެވެ.އިސްއުފުލާ އާލިމްއާއި ދިމާލަށް ފަލަކް ބަލައިލި އިރު އެ ދެލޮލުގެ ތެރޭގައި ކަރުނަ ބޮނޑިވެފައި ހުއްޓެވެ.”ރަފް އެއީ…އެއީ އަހަރެންގެ އެއްބަފާ ކޮއްކޮ”އުނދަގުލާއި އެކު ފަލަކް ހަޤީގަތް ހާމަ ކުރުމާއެކު އާލިމްގެ ދެލޯ ބޮޑުވެގެން ދިއައެވެ.އިތުރަށް އެތާގައި މަޑުކުރަން ނަހަދައި ފަލަކް އެ ކުލާސް ރޫމުން ނިކުމެގެންދިއައެވެ.
އެދުވަހުގެ ސުކޫލު ގެ ވަގުތު ނިމުމާއެކު އެންމެ ބޮޑަށް ދަރިވަރުންގެ ތެރޭގައި ދެކެވެމުން ދިއައީ އަމުރުވެރި ދަރިވަރުންގެ އަހުދު އިޤުރާރުވުމުގެ ޖަލްސާގެ ވާހަކައާއި އެއްހަފްތާ ފަހުން އަންނަ ސުކޫލުގެ އަހަރީ ދުވަހުގެ ވާހަކައެވެ.ހުކުރު ހޮނިހުރު ދުވަހު ސުކޫލަށް ނުދިޔަ ކަމުގައިވިޔަސް ހުރިހާ ކުދިން އުޅުނީ އާދިއްތަ ދުވަހުގެ ރޭ އޮންނަ ޖަލްސާއަށް ދާން ތައްޔާރު ވުމުގައެވެ.މަޤާމަކަށް ނުހޮވުނު ކަމުގައި ވިޔަސް ޕްރިފެކްޓް ކަން ލިބުމުން ޖަލްސާއަށް ޝޫރާވެސް ދާންޖެހެއެވެ.ނަމަވެސް އޭނާ ހުރީ ދާހިތަކުނެއް ނޫނެވެ.އޭނާ ބޭނުންވާ މަޤާމަށް ފަލަކް ހޮވި ހުވާކުރާތަން ބަލާކަށް އޭނާ ބޭނުމެއް ނޫނެވެ.ޖަލްސާއަށް ދިއުމަށް އަމުރު ވެރި ދަރިވަރުންގެ ބެލެނެވެރިންނަށްވެސް ދައުވަތު އެރުވިއެވެ.ރޫމާއަކީ މޮޅަށް ފަހަން ދަންނަ މީހެއްކަމުން ރާއިދާވެސް ރޫމާ ލައްވާ އެރެއަށް ހާއްސަ ކޮށް އައު ހެދުމެއް ފަހާލިއެވެ.އެފަދަ ތަނަކަށް ދަންޏާ ރާއިދާ އަބަދުވެސް ދާނީ ނަލަހެދި ފަރިވެލައިގެނެވެ.ހަނީފް އޭނާގެ ބެލެނެވެރިއެއްގެ ގޮތުގައި ޖަލްސާގައި ބައިވެރިވާން ބޭންނުން ނުވާތީ ޖަލްސާ އޮތް ވާހަކަވެސް އާލިމް ބުނީ ހަމައެކަނި ހާޖަރާގެ ގާތުގައެވެ.ނިކްޔަން ސުކޫލުގެ ކެޕްޓަންގެ މަޤާމަށް ހޮވުމުން އެވާހަކަ ރޫމާ ނަޔާޒް ގާތުގައި ބުނީ ޖަލްސާއަށް ނަޔާޒް އަންނާނެ ކަމުގެ ފޮނިއުންމީދާއި އެކީގައެވެ.ނަަމަވެސް އެ އުންމީދު ފުނޑުފުނޑުވީ އޭނާއަށް އާދެވެން ނެތް ކަމުގައި ނަޔާޒް ބުނުމުންނެވެ.ޖަލްސާއަށް އަންނަމުންދިޔަ މީހުނުން ހޯލްތެރެ ފުރެމުންދިއައެވެ.އެތަންވަނީ މިރެއަށް ވަރަށް ފުރިހަމަޔަށް ތައްޔާރު ކުރެވިފައެވެ.ހުދުކުލައިގެ ފަރުދާތަކާއި ނޫކުލައިގެ އެކި ޝޭޑުތަކުން މުޅި ހޯލް ވަނީ ޒީނަތްތެރި ކުރެވިފައެވެ.ހުދާއިނޫކުަލއިގެ ބޮކިތަކުން ދިއްލާލެވިފައެވެ.ދަރިވަރުން ތިބުމަށް ހަމަޖެހިފައިވާ ގޮނޑިތަކުގައި އިން އާލިމްގެ ދެބުމަ ގޮއްޖެހިގެން ދިއައީ ހޯލް ތެރެއަށް ހާޖަރާއާއި އެކު ވަދެގެން އައި ހަނީފް ފެނުމުންނެވެ.އޭނާގެ އުފާވެރިކަމަށް ވިހަލާން ހަނީފް އެހާ ވެސް ބޭނުންވަނީ ހެއްޔެވެ.ޤުރުއާނުގެ މޫރިތި އާޔަތްތަކުގެ ބަރަކާތުން ޖަލްސާ ފެށިގެން ގޮސް އިސް ބޭފުޅުންގެ ވާހަކަ ފުޅުތަކަށްފަހު އަހުދު އިޤުރާރުވުން ފެށުނެވެ.”މިއަހަރުގެ ސުކޫލުގެ އިސްމަޤާމުތަކަށް ހޮވިފައިވާ ދަރިވަރުން ސްޓޭޖައް އައުން އެދެން”އެޔަާއެކު ދިމްރާ،ނިކްޔަން،ފަލަކް،އާލިމް އަދި ރަފްގާ ސްޓޭޖަށް އެރިއެވެ.ފަހަރަކު ކުއްޖަކާ ޓެގުތައް ހަވާލުކުރުން ކުރިއަށް ދިއައެވެ.”ސުކޫލު ޑެޕިއުޓީ ކެޕްޓަން ފަލަކް އަހްމަދް ފާލިހް”ފަލަކް ގޮސް އޭނާގެ ޓެގްތަކާއި ހަވާލުވީއިރުވެސް ގޮނޑިބަރީގައި އިން މައުރިފާ އިނީ ދެލޯބޮޑު ވެފައެވެ.އެއީ ހަމަ އެތުއްތުކުއްޖާ ހެއްޔެވެ؟ކުޑައިރު ލޯބިން އައިސް އޭނާގެ އުނގަށް އެރި އުޅޭ އޭނާގެ ދޮންތަގެ ދަރިފުޅު ފަލަކް ހެއްޔެވެ؟ޖަލްސާ ނިމުމާއެކު އޮތީ ކުޑަ ބިލަތް މީރު ކޮއްލުމެކެވެ.ފާލިހްގެ އާއިލާގެ ގާތުގައި ފަލަކް ހުރިތަން ފެނުމުން ކޮންމެ މީހަކަށްވެސް އެމީހެއްގެ ހިތުގައި ވީ ސުވާލުގެ ޖަވާބު ލިބިގެން ދިއަ ކަހަލައެވެ.އެންމެން އެވަރަށް ބަލާތީ ރަފްގާ ހުރީ މޫނު ހަދައިގެންނެވެ.ރާއިދާގެ ގާތުން ދުރަށް ރަފްގާ ޖެހިލީ މޭޒެއް ކައިރީގައި އިން ޝޫރާ ފެނުމުންނެވެ.ކާން ތައްޓައް އެއްޗެހި އަޅަން ހުރި ފަލަކް ސިއްސައިގެން ދިއައީ މީހަކު އައިސް އޭނާގެ ކޮނޑުމަތީގައި އަތް ބާއްވާލުމުންނެެވެ.ފަހަތަށް އެނބުރުނު އިރު ހުރި މެދު އުމުރު ފުރާގެ އަންހެންމީހާ ފެނުމުން ހިނިތުންވެލަމުން ތީ ކާކު ހެއްޔޭ ފަލަކް އަހައިލިއެވެ.ފަަލަކްއާއި ވާހަކަ ދައްކަން މައުރިފާ ހުޅުވާލި އަނގަ ލައްޕާލަން ޖެހުނީ އެތަނަށް އައިސް ހުއްޓުނު ޒުމާ ފަލަކްގެ އަތުގައި ހިފައި ގެންދިއުމުންނެވެ.”އޭ ބަލަ ކޮން ހިންޏެއް އަރައިގެން ތަ އެންމެނާ ދުރައް އަހަރެން ތި ގެނައީ”މީހުން ތިބި ދިމާލާ ދުރައް ޒުމާ ފަލަކް ގެނައުމުން ފަލަކް އަހާލިއެވެ.”މި އަސްލު ދޯ…ބުނީމެއްނު ބުރާސްފަތި ދުވަހު ވާހަކައެއް ބުނަން އެބަ އޮތޭ!”ކުޑަ ލަދުރަކި ކަމަކާއި އެކު ޒުމާ ބުނެލިއެވެ.”އާން އަހަރެންވެސް ހަނދާންނެތިފަ މިހިރީ ދެން ބުނަންވެއްޖެ އެންނު”ޝައުގުވެރި ކަމާއި އެކު ފަލަކް ބުންޏެވެ.”މި އައި..މިބުނީ އަހަރެން މި އޭނަ…”ޒުމާއަށް އުޅެ އުޅެވެސް ބުނަންވީ ވާހަކަ ނުުބުނެވިގެން އުޅެނިކޮއް އާލިމްއާއި ލޫތު އައިސް އެތާގައި ހުއްޓުނެވެ.”ޒުމާއަށް ނުވާނެކަން އޭރުވެސް އަހަރެންނަށް އިނގޭ…ސޯ ފަލަކް…ވީ އަރ ޑޭޓިންގް”ޒުމާގެ އަތުގައި ހިފާލަމުން ލޫތު ބުނެލުމާއި އެކީ ދެލޯ ބޮޑުކޮއްލަމުން އަސްލުގަ ވެސްހޭ ފަލަކް އަހާލިއެވެ.އާލިމްއަށް މިކަން އިނގިފައި އޮތުމުން އޭނާ އެއްޗެކޭ ނުބުނެ ހުރީއެވެ.އެނޫނަސް ހަނީފްއާއި ހެދި އޭނާގެ މުޅި މޫޑު ހަރާބު ވެއްޖެއެވެ.”އޭ ދެން އަހަރުން ދެމީހުން މިވީ…ދެން ތިދެމީހުން މިކަމާ އުޅެން ވެއްޖެ އެންނު”ފަލަކް ދިމާކުރަން ފެށުމުން އާލިމްގެ ކޮނޑަށް އަތްވައްޓާލަމުން ލޫތު އެދެމީހުނާ ދިމާކޮއްލިއެވެ.ދެލޯ ބޮޑުކޮއްލަމުން ފަލަކް ލޫތު އާއި ދިމާލަށް ބަލާލި އިރު އާލިމްވެސް ހުރީ ފާޑަކަށް ރަކި ވެފައެވެ.”މި ކަމަނަ މަށާއެކު އުޅެން ހުރިއްޔާ މަ ހަމަ ހޭ ވައްލާ ތައްޔާރު”ބޯ ކަހާލަމުން ފަލަކްގެ މޫނަށް ބަލަހައްޓައިގެން ހުރެ އާލިމް ބުނެލި ޖުމްލައާއި އެކު ފަލަކް އާލިމްގެ ކޮނޑުގައި ބޮނޑިއެއް އަޅުވައިލަމުން އައި ހޭޓް ޔޫ އޭ ބުނެލިއެވެ.އެވަގުތު ފާލިހް އެތަނަށް އައިސް ހުއްޓުމުން އެންމެން ހިމޭންވިއެވެ.”މީ ދަރިފުޅުގެ އެކުވެރިންތަ؟”ފާލިހް އަހާލީ އެ އެންމެންގެ މޫނަށް ވަކި ވަކިން ނަޒަރެއް ދެމުންނެވެ.ފަލަކް އޭނާގެ ބައްޕައަށް އެންމެން ތާއާރަފު ކޮއްދިނެވެ.އެއަށްފަހު ގެއަށް ދިއުމަށް ފާލިހުގެ އާއިލާގެ އެންމެން މިސްރާބުޖެހިއެވެ.ހަނީފްއާއި ހާޖަރާގެ ފަހަތުން ސުކޫލުން ނިކުންނަން ދިޔަ އާލިމް ހުރީ ގަދަ ކަމުން ހިނިތުން ވެގެންނެވެ.އެހެންނަމަވެސް ފަަލަކްއާއި ވާހަކަ ދައްކާ ލެވުމުން އޭނާއަށް ބޮޑު ހިތްހަމަޖެހުމެއް ލިބެއެވެ.
ހަތް ދުވަސް ފާއިތު ވެގެން ދިއައީ ނުހަނު އަވަހަށެވެ.ޓެސްޓު ތައް ވެސް ނަގަމުން ދިއައީތީ ހުރިހާ އެންމެންވެސް ގިނަ ވަގުތު ހޭދަ ކުރަމުން ދިއައީ ކިޔެވުމުގައެވެ.ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެވެ.ސްޓަޑީ ޓޭބަލްގެ ކައިރީގައި އަނގަޔަށް ފަންސޫރު ލައިގެން އެ ހަފާލަ ހަފާލަ އިން ފަލަކްގެ ސަމާލުކަން ހުއްޓިފައި ވަނީ ކުރިމަތީގައި އޮތް ހިސާބު ޕާސްޕޭރުގެ ސުވާލަކަށެވެ.އުޅެ އުޅެ ވެސް އެ ސުވާލު ހަދާނެ ގޮތް ނޭނގުމުން ޕާސްޕޭޕަރު ހިފައިގެން ފަލަކް ގޮސް ރަފްގާގެ ކޮޓަރީގައި ޓަކި ދިނީ ރަފްގާ ގާތުގައި އަހައިލުމަށެވެ.އެތައް އިރެއް ވިއިރުވެސް ދޮރު ނުހުޅުވުމުން،އެ ކޮޓަރީގެ ދޮރު ހުޅުވާލަމުން ފަލަކް ބޯ ދިއްކޮއްލިއެވެ.ހުސްކޮށް އޮތް ކޮޓަރި ތެރެ ފެނުމުން ރަފްގާ ގޭގައި ނޫޅޭކަން ފަލަކްއަށް ނަގައި ގަނެވުނެވެ.މާޔޫސް ކަމާއެކު އެނބުރި ކޮޓަރިއަށް ދާން އުޅުނު ފަލަކް ހުއްޓުނީ ކުއްލިއަކަށް އެއްޗެއް ހަނދާންވީ ފަދައިންނެވެ.އަވަސް އަވަހަށް ސިޑިން ފައިބައިގެން ގޮސް ގެއިން ނިކުމެގެން ލިފްޓަށް އަރާ ފަލަކް ތިން ވަނަ ފްލޯއަށް ދިއައެވެ.ނިކްޔަން މެންގެ އެޕާރޓްމެންޓުގައި ބެލް އަޅާލުމާއެކު ދޮރު ހުޅުވީ ގޯރީއެވެ.”މެޑަމް އާ ނުހާއްކޮ އާ ނޫޅޭ ވައްތަރު ހުންނަނީ”ފަލަކް ވަންނަން ތަން ދައްކަމުން ގޯރީ އޭނާއަށް އިނގޭ ގޮތައް ބުނެލިއެވެ.”ޔަން އެބއުޅޭތަ؟މިބުނީ ނިކް…””އާން ނިކް އުޅެނީ އޭނާގެ ރޫމުގަ ހުންނަނީ”ފަލަކްއަށް ފުރިހަމަ ނުކުރެވެނީސް ސިޑި އާ ދިމާލަށް އިޝާރާތް ކުރަމުން ގޯރީ ބުނެލިއެވެ.ހިނިތުންވެލަމުން އަތުގައި އޮތް ޕާސްޕޭޕަރު މޭގައި ލައްކޮއްލަމުން ސިޑިން އަރައިގެން ގޮސް ފަލަކް ނިކްޔަންގެ ކޮޓަރީގެ ތަޅުގައި ހިފައި އަނބުރާލިއެވެ.ކޮޓަރި އޮތީ ފުދޭވަރަކަށް އަނދިރި ކޮށެވެ.ފަނޑު ރަތް ކުލައިގެ އައްޔެއް މުޅި މާހައުލުގައި ވީއިރު މަޑުމަޑުން ޖަހާފައި ހުރި ޝޯންމެންޑެސްގެ ސެނިއޮރީތާ ލަވައިގެ އަޑު މަޅި ކޮޓަރި ތެރޭގައި ވަނީ ހިފާލާފައެވެ.ކަޅާއި ހުދުން ފަރުމާ ކުރެވިފައިވީ ކޮޓަރީގެ ކޮންމެ ދިމާލަކުން ވެސް ފެންނަނީ ތަރުތީބާއި ސާފުތާހިރު ކަމެެވެ.ހަމައެކނި ތުވާލި ކޮޅެއް އަނދެގެން ފާހަނައިން ނިކުމެގެން އައި ނިކްޔަން އަށް ފަލަކް ނުފެނުނީ ކޮޓަރީގެ މެދެއްހާ ހިސާބުގައި ފަލަކް ހުރުމާއެކީ އެތަން ފުދޭ ވަރަކަށް އަނދިރި ވުމުންނެވެ.ފާހަނަޔާ ވީދިމާލަށް އެނބުރިލި ފަލަކްއަށް ތުވަާލިކޮޅެއްގައި ހުރި ނިކްޔަން ފެނުމުން ކުޑަކޮއް ހަޅޭއްލަވައި ގަންނަމުން ކޮޓަރީގެ ދޮރާ ދިމާލަށް ދާން ހިނގައިގަތެވެ.ނަމަވެސް ބިންމަތީގައި ފަތުރާލެވިފައި އޮތް މަޑު ރަގުގައި ފައި ޖެހުމާއެކީ ކައްސާލައިގެން ފަލަކް ވެއްޓެން ދިއައެވެ.ފަލަކް ގެ ހަޅޭއްކުގެ އަޑަށް އެދިމާލަށް ބަަލާލި ނިކްޔަންއަށް ހިފުނީ ވެއްޓެން ދިޔަ ފަލަކްގެ އަތުގައެވެ.ނަމަވެސް ބެލެންސް ނުވެގެން ދެމީހުން އެއްކޮން ކާރޕެޓު މައްޗައް ވެއްޓުނީއެވެ.ވެއްޓި ފަލަކްގެ ބޯ ޖެހުމުގެ ކުރިން ނިކްޔަންއަށް އޭނާގެ އަތް ފަލަކްގެ ބޯ ދަށަށް ލައްވާލެވުނު ކަމީ ނަސީބެކެވެ.ނޫންނަމަ ނިކްޔަންގެ ހަށިގަނޑާއި ތަޅުންގަނޑާއި ދެމދުގައި އޮތް ފަލަކްގެ ބޯ ޖެހުނީސްއެވެ.ދެލޯ ހުޅުވާލުމާއެކު އޭނާގެ ގައިމަތީގައި އޮތް ނިކްޔަން ފެނުމުން ފަލަކްއަށް އޮވެވުނީ ތެދުވަން ވެސް ނޭނގިފައެވެ.ޝަވާރ ޖެލްގެ މީރުވަސް ދުވުމުން ފަލަކްއަށް ބޭއިހްތިޔާރުގައި ނޭފަތް އެތެރެއަށް ދަމާލެވުނެވެ.ނިކްޔަންގެ ތެތް ފަން އިސްތަށިގަނޑުން ފެންތިކި ޖަހަމުން ދިއައިރު އެ ފެންތިކި ތަކުގެ ޝިކާރައަކަށް ފަލަކްގެ ދޮން ކޯތާފަތް ދިއައީ ވަމުންނެވެ.ފަނޑު ރަތްކުލައިގެ އަލީގެ ތެރެއިން ފަލަކްގެ ހިތްގައިމު މޫނު އެހާގާތުން ފެނުމުން ނިކްޔަންގެ ހިއްސުތައް ދިއައީ ހޭލަމުންނެވެ.އެކަކު އަނެކަކުގެ ދެލޮލުގެ ތެރެއަށް ގެއްލިފައި ތިބި ދެމީހުން ސިއްސައިގެން ދިއައީ ކޮޓަރީގެ ހުދު ބޮކި ދިއްލުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
56 Comments!
Comments are closed.



❤❤❤❤
Masha Allah
Mi part vess varh reethi
Keep going
Thankyou darling❤️?
Maasha Allah mi part haadha reehchey heevani hama vaahaka thereyga ulhevey hen??????????????
????????❤️❤️❤️❤️❤️❤️❤️
???????????????
Ekam alhe kaaku tha e boki dhillee?♀️?♀️?♀️????????? Rafga ah vaanama???
Ahahaha thankyou naan??rafga ah fenijjiyya hunnaane dhw kulhiwaru fasheh??
MaShaaAllah mi part vs V Vvvvvvvv Reethi ingey.. Alhe kaakuba e light on kuree… Nikyan ge mom ba? Shoora mn viyyaa haadha jealous vaaney dhww.. Lysm darling… Tvvvvvvvvvvvgc… Bas ahaign kiyavaathi.. Rafga mn kahala jealousy girl akah nuvaathi..? Ahahahaha….
???
Ahahaha yes ofc basahaanan??thankyou scarlet lets see dhw kaaku tho light jessy?❤️?
Alhey booo..♥️❣. Mi part ves hama habeys????. Next part avahah up kohdhechey… waiting… luv u boo and tc.. see u?❣?
Thankyou boo??yes next part liyewunu haa awahakah up kohdheynan ingey ly darling❤️❤️
Alhey haadha reechey mi vaahaka….”geyga nei vahtharu hunnany” mi thankolhu kiyaafa hy hy halaaku…warah reethi ingey..ekm mashah gulhenyy falak aa aalim aa…luv you afa sis
Hahaha thankyou
Omg…what’s gonna happen….curious BTW this part ves vvvvvvvvvvvv.reethi
Keep shining ⭐⭐⭐⭐
Ly❤❤❤❤❤❤
Good luck????
Thankyou abu lets see wat happens in next part dhw lym❤️?❤️?
Omg what’s gonna to happen .. actually Aalim nujehe dho dhera vaakah
Because Nick and falak ingey gulhuvaanee curiously waiting for the next part ☺️☺️☺️☺️
Actually I am starlight vixx ingey
Starlight vix dear, Aalim ah ingey falak libeynee.. Lol… Ei Aal ge hahgeh ahahahaha
???let’s see kaakah tho libeny dhw scarlet ?❤️
Hey starlight vixx ahahah I won’t say anything to that its a love triangle hama end ga ingeyny kaakah kan falak libeyny ingey?❤️Thankyou darling ??
Nik ge kokko kanneynge eii… Btw story hama vrh salhi hyvanii hama story therey ulheyhen… Vrh curious kohlafa thi ninmmaalee
Nuhaa dhw maybe ?? thankyou so much darling ❤️❤️❤️
Oooooooooohhhhh wowwyyyyyy haadha reehchey mi prt vx ♥️♥️♥️❤️❤️❤️alhe kaakahba dhww mi fenunee ????I think nuha noonee rafga thwche dhww ??????? waiting for nxt ??? oooooooooohhhhh siss thee Shawn mendas ge fan eh thr ????❤️❤️❤️
Lots and lots of love from Afu ❤️♥️❤️♥️❤️❤️♥️❤️
Stay safe ???
TC ???
Lysssssmmmmmm ???????????
Ahahahha wedhaane dhw goari ah fenuny kamah wes????aneh hen ehaa fan fan eh noon but i like his songs ehehe???thankyou afu darling❤️❤️❤️ Tc stay safe lym????
Alheyy. I don’t want nikyan and falak gukheykah. I want aalim and falak gulhen. E dhe kudhin varah cute eyyy
.??
Alheyyy dhn hingaa balamaa kaakah tho falak libenyyyy dhwwww liben huri myhakah libeyne dhnnn?❤️
Mi bai ves v v reethi waiting for the nxt part..
Thankyou
Masha Allah sis mi part ves Hama varah Sali.. ?????????falak dhw emagaamah hovunee wow thank God dhw sis. ?????Shooraa ah ekahala ladeh libunee maa ragaluvaanee. ???????Aley kaakutha egen kotari bokidhihlee. ????????Shooraa aa rafgaa aah vejeyaa haadha majaavaane ey dhw hehehe?????????????
Love u sis ???????❤️?
Waiting for next ❤️??❤️???
TC ???
Ahaha yes thankfully falak got the post dhwww lets see who turned on the light ??thankyou darling ly tc❤️?❤️?❤️?❤️
V reethi mi part..???… Kon irakun baa next part up kolleveyny……v kiyaa hithun meeni ???
Thankyou
This story is wonderful curiously waiting for next part
Thankyou elsa?
Ik these r school days for u but if u can pls upload them as soon as possible I m waiting curiously for the next part also in my opinion nikyan and falak are a cut couple not aalim and falak just saying hope u won’t mind
Yes i will try Thankyou
Sis can u tell me when u r uploading the next part I m sooooooooooooooooooooooooo curious ?????
Tmrw insha allah❤️
Also sis u r the best author for me I love u and this story ❤️?❤️ very much
Lots of love from Elsa
Stay safe ? and take care
Awwww thankyou darling ?? glad you like the story means alot ingey?lots of love from me too tc❤️
Sis if u hav any texting apps pls let me know like Viber discord etc and if u have can u send me your number ???? I really wanna talk to u ? lysssssssssssssssm
I dont have my own number sorry darling?
Oh k sis I Will wait also how old r u I m just 12
Im 15 hehe
Even I am 12
Also what’s your name sis
Afaa , whats your real name elsa?
My name is shahaama
Ooooh all ryt
Eyyy Elsa thyy kon rasheh tha?????
Wow nice sis… alhe kaaku baa light on ekuree. .. curiously can’t wait for next part. Whn is next part?
Love u sis and the story
Take care
Sis can u be a friend of mine?
Eager to read next part❤❤❤❤
Ahaha thankyou hafu lets see dhw kaaku tho light jessy?? insha allah i will submit next part today invey
Ofc we can be friends ☺️?❤️
Waaaaaaaauuuuu❤️❤️❤️❤️??????? This part is even awesome???I love it?? can’t wait for next part ❤️???❤️❤️❤️heyy Aphxxx can we be friends if
you don’t mind ??pls??hope to get an answer??stay safe ? stay home?️?️?️
Thankyou cutie??sure we can be frnds? stay safe❤️
Masha Allah ❤️ I love this story ❤️✨ comment nukurevunas konme dhuvahaku gothakah kiyaa ulhen ❤️ n I’m waiting for today’s part ❤️✨
Wanna be frndx? We r same age Hehe ?
Ooooh thankyou saula ? sure lets all be frnds? i will submit next part tonight thankyou again❤️
R u active in any of social media? ??
Alheyyyyy……. Vvvvvvvv reethi huvaa……. I am speech less afaaaaaaa……… Adhi vaane dhe meehun dhimaavaan
Yesss looking forward to it thankyou ❤️