ލޯތްބައްޓަކައި(15ވަނަ ބައި)
”ވަޓް އިޒް ގޮއިން އޮން ހިއަރ”ނިކްޔަންގެ ކޮޓަރީގެ ދޮރު ކައިރީގައި ހުންނަ ސްވިޗް ބޯޑުން ލައިޓު ޖައްސާލުމާއި އެކީ ފެނުނު މަންޒަރުގެ ސަބަބުން އަނެއް ފަރާތައް އެނބުރެމުން ނުހާ ހަޅޭއްލަވައިގަތެވެ.ބިރެއް ފެނުނު ފަދައިން ނިކްޔަން އާއި ފަލަކް ކޮއްޅައް ތެދުވިއިރު ހީވީ ވައްކަމެއް ކުރަނިކޮށް ފަޅާ އެރި ހެނެވެ.ނިކްޔަންއާއި ދިމާލަށް ބަލާލި ފަލަކް އަވަހަށް އަނެއް ކޮޅަށް އެނބުރުނީ ހުސްގަޔާ ހުރި ނިކްޔަން ފެނުމުންނެވެ.ބައިމަތި ފުޅާވެފައި ބަނޑުގެ މަސްތައް ހަގޮޅިއަށް ބެހިފައިވީއިރު ޤަވައިދުން ކަސްރަތު ކުރާކަން ހާމަވެއެވެ.”ނުހާ ކިހިނެއްވީ؟”ނުހާގެ ހަޅޭކުގެ އަޑަށް އެތަނަށް އައިސް ހުއްޓުނު ރޫމާއަށް ދެކޮޅަށް އެނބުރިގެން ތިބި ފަލަކް އާއި ނުހާ އަދި ހުސްގަޔާ ހުރި ނިކްޔަން ފެނުމުން ސުވާލުގެ ނަޒަރަކުން އެންމެނަށް ބަލާލިއެވެ.”އަމްމްމްމް…ނިކް ގެޓް ޑްރެސްޑް….ފަލަކް ނުހާ އާދޭ އިހަށް ބޭރަށް…”ހިނިގަނޑު މަތަ ކުރަން މަސައްކަތް ކުރަމުން ނުހާގެ އަތުގައި ހިފައިގެން ރޫމާ އެކޮޓަރިން ނިކުންނަށް ހިނގައިގަތުމުން ވެއްޓިފައި އޮތް ޕާސްޕޭޕަރު ނަގައިގެން ފަލަކް ވެސް އެމީހުންގެ ފަހަތުން ދިއައެވެ.އެންމެެން ނިކުމެގެން ދިއުމުން ތެއް އިސްތަށި ގަނޑުގެ ތެރެއަށް އަތް މަހާ ލަމުން ނިކްޔަންއަށް ހިނިގަނޑެއް ޖަހާލެވުނީއެވެ.ކުރު ސޯޓަކާއި އަތް ދިގު ޓީޝާޓެއް ލައިގެން ސިޑިން ފައިބައިގެން އައި ނިކްޔަން ފެނުމުން ފަލަކްއަށް އިސްޖަހާލެވުނީ ދެންމެ ހިނގާދިޔަ ހާދިސާ ހަނދާންވުމުންނެވެ.ނިކްޔަން ވެސް ކަރުކެހިލަމުން އައިސް ސޯފާގައި އިށީންގޮތުން ހީވަނީ ކަމެއް ނުވާކަމަށް ހެދެން އުޅޭހެނެވެ.އެދެމީހުންގެ މޫނު މައްޗައް އަރައި ފައިބަމުން ދިއަ ކުލަ ތަކަށް ބަލަން އިން ނުހާގެ މޫނުމަތީގައި ލާނެއްކަމުގެ ހިނިތުންވުމެއް ދުވެލިއެވެ.”ފަލަކް ކަމަކުތަ ތިއައީ؟”އޭޕްރޯން އެއް އަޅައިގެން އައި ރޫމާ އެތާހުރި ބިއްލޫރި ކުޑަ މޭޒުގެ މަތީގައި ހޫނުކޮއް ހުރި ބަޖިޔާ ތައްޓެއް ބަހައްޓަމުން އަހާލިއެވެ.އިސްޖަހައިގެން އިން ފަލަކް އާއި ދިމާލަށް ނިކްޔަންވެސް ބަލާލީ އެ ސުވާލުގެ ޖަވާބު އޭނާވެސް ބޭނުންވެފައި ހުރުމުންނެވެ.”އާން މި…ޔަން.. މި ސުވާލު ހަދާނެ ގޮތެއް..”އަތުގައި އޮތް ޕާސްޕޭޕަރަށް އިޝާރާތް ކުރަމުން ފަލަކްއަށް ވާހަކަދެއްކުނީ ވެސް ފާޑަކަށެވެ.ނުހާގެ ހިނިގަނޑު ވަގުތުން ފަޅައިގެން ދިއައިރު ހެމުން ހެމުން ރޫމާވެސް ގޮސް ބަދިގެއަށް ވަނެވެ.”މެތްސް ދޯ…ސައިބޮއެގެން ހިނގާ ސްޓަޑީއަށް އައި ވިލް ހެލްޕް”ފަލަކްގެ އަތުގައި އޮތް ޕާސްޕޭޕަރު ފެނުުމުން ދެންމެ ވެދިޔަ ކަންތައް ހަނދާން ނައްތާލަން މަސައްކަތް ކުރަމުން ނިކްޔަން ވާހަކަދެއްކިއެވެ.ނިކްޔަންގެ އާއިލާއާއި އެކު ހަވީރުގެ ސައިގައި ބައިވެރި ވުމަށްފަހު ނިކްޔަންގެ ފަހަތުން ފަލަކް ސްޓަޑީއަށް ދިއަތަން ބަލަން އިން ރޫމާގެ މޫނު މަތީގައި ލުއި ހިނިތުންވުމެއް ދުވެލީ ހިތައްއެރި އެއްޗަކުންނެވެ.
******************
ޝޫރާ މެންގޭގައި ފިލްމެއް އަޅުވައިގެން ރަފްގާއާއި ޝޫރާ އެޔަށް ގެއްލިފައި ތިބި އިރު ކުރިމަތީގައި ހުރި ބިއްލޫރި މޭޒުގެ މަތީގައި ޕޮޕްކޯން ތައްޓެއް ހުއްޓެވެ.ފަލަކް ފެންނަ ހިސާބުގައި ގޭގައި ހުންނަން ބޭނުން ނުވާތީ ސުކޫލު ދުވަހެއް ނޫންނަމަ ރަފްގާ އަބަދުވެސް ގިނަ ވަގުތު ހޭދަ ކުރަނީ އެކުވެރިންނާއި އެކު ގޭން ބޭރުގައެވެ.ޝޫރާ މެންގެ އެޕާރޓްމެންޓުގެ ދޮރުގައި ޓަކި ޖަހާލުމާއި އެކު ޝޫރާ ގޮސް ދޮރު ހުޅުވާލިއެވެ.ވަދެގެން އައީ އުލާ އާއި ޔަނާ އެވެ.އެއީ ވެސް އެކުދިންނާއި އެއްކުލާހެއްގައި ކިޔަވާ ދެކުދިންނެވެ.އުލާ ކުޑަކޮށް ފަލަ ކޮށް ހުންނަ އިރު ޔަނާ އަކީ ހިކި ކަމުން އިލޮއްޓެކޭ އެއްވަރު ކުއްޖެކެވެ.ހަތަރު ކުދިން އެކީގައި ފިލްމު ބަލަން ޖައްސާލި އިރު ޔަނާ ދިއައީ އޭނާގެ ފޯނު ހާވަމުންނެވެ.”އޯ ގޯޑް ގާއިސް ލުކް….”ފޯނު އެންމެނަށް ފެންނަ ގޮތައް ދައްކާލަމުން ޔަނާ ބުނެލި ގޮތުންވެސް އޭނާ ހައިރާންވެފައި ހުރި ވަރު ހާމަވެއެވެ.ފެނުނު މަންޒަރުން އެންމެ ބޮޑު އަސަރެއް ކުރީ ޝޫރާއަށެވެ.ރަފްގާގެ މޫނު މަތީގައިވެސް ވަނީ އެފަދަ ނުރުހުމާއި ހަސަދަވެރިކަމުގެ އަސަރުތަކެވެ.”ފަލަކް ދޯ އެއީ..؟ނިކްޔަން އާ ފަލަކް އާ އެހާ ކްލޯޒްް ވީ މިހާރު..ނިކްޔަންގެ ސްޓޯރީގަ ވެސް ފަލަކް…ކުރީ ދުވަހު އާލިމްގެ ސްޓޯރީގަ ވެސް އިނޭ ފަލަކް ގެ ފޮޓޯ އެއް ލާފަ”ޔަނާގެ ފޯނުން ފެންނަން ހުރި ނިކްޔަން ގެ އިންސްޓަގްރާމް ސްޓޯރީ ފެނުމުން އުލާ ބުންޏެވެ.އާލިމްއާއި ފަލަކްގެ ގާތް ކަމުގެ ވާހަކަ އުލާ ނަންގަތުމާއި އެކީ ހުރިހާ ވަރެއް ރަފްގާ ބޭލީ އަތުގައި އޮތް ކުޝަންއަށެވެ.އޭނާއަށް ވެގެންވާނަމަ ޔަނާގެ ފޯނުވެސް ނަގާ އަތުކޮޅަށް ހޫރާލީސް އެވެ.”ދެން ރަފްގެ ހާފް ސިސްޓާރ އެއްވީމަ އެއްގެ އެއްގަ އުޅޭތީ ނިކް އާ ކްލޯޒް ވާބައި ގެޓުވޭ…އެކަމް ނިކް އެކަންޏެއް ނޫންވިއްޔަ…އާލިމްވެސް…”ޔަނާއަށް ބުނެވުނީ އެހިސާބަށެވެ.”ޖަސްޓް ޝަޓް އަޕް”އޭ ކިޔައި ހަޅޭއްލަވައި ގަތުމަށް ފަހު ރަފްގާ ފިލްމުގެ އަޑު ބާރު ކޮއްލިއެވެ.އިތުރަށް އެއްޗެއް ބުނާކަށް އެކަކަށްވެސް ނުކެރުނެވެ.މައުރިފާވެސް ވީ ޑިއުޓީގައި ކަމުން ޝޫރާ އެކުވެރިންނަށް ފިލްމެއް ބަލާލަން ދައުވަތު ދިނީއެވެ.މާހައުލުގެ ހަމަޖެހުން ގެއްލެން ބޭނުންނުވާތީ ޝޫރާ އަވަހަށް މައުލޫ ބަދަލުކޮއްލި ނަމަވެސް އޭނާވެސް ހުރީ އިންތިހާއަށް ހިތްހަމަ ނުޖެހިފައެވެ.
*************
ހުކުރު ދުވަހުގެ ހަވީރު ކަމުން ހަނީފް އާއި ލައިލާވެސް ގޭގައި ނޫޅޭތީ ހަމަޖެހި ލައިގެން އާލިމް އިނީ ސިޓިންރޫމުގައި ގޭމެއް ކުޅޭށެވެ.އަމިއްލަ ގެ ނަމަވެސް އެގެއިން އަމިއްލަ ވަންތަ ކަމުގެ އިހުސާސް އޭނާ އަށް ކުރެވެނީ މިކަހަލަ މަދު ފަހަރެއްގައެވެ.ފޯރިއާއެކު އާލިމް ދއައީ ލޫތް އާއެކު ޕަބްޖީ ކުޅެމުންނެވެ.އެހެން އިނދެލާފައި އިރުކޮޅަކުން ކޮންމެސް ބަޑިއެއްޖަހާށޭ މަރާށޭ ބުނެލާ އަޑު އިވޭނެއެވެ.ބަޒާރަށް ގޮސްލާފައި ގެއަށް އައި ހާޖަރާއަށް ސޯފައިގައި ވެޑުވީފައި އިން އާލިމް އާއި އޭނާގެ މޫނުމަތީގައި ވީ ހަމަޖެހުން ފެނުމުން ހިނިތުންވެލެވުނެވެ.ދެއަތުން ހިފައިގެން ހުރި ކޮތަޅުތައް ހިފައިގެން ގޮސް ކާ މޭޒު މަތީގައި އެ އެއްޗެހި ބެހެއްޓުނު އިރު ހާޖަރާ ހުރީ ވަރުބަލި ވެގެން ގޮސް މާނޭވާ ލެވިލެވި އެވެ.”އޭ ބަލަ އޭނަ ގަޔަށް ތި ބަޑި ޖަހާބަލަ…އަވަހަށް މަރާބަލަ”އާލިމް ޕަބްޖީއިން ލޫތް އާއި މުހާތަބުކޮށް ބުނި ޖުމްލައާއި އެކު ހާޖަރާގެ ދެލޯ ބޮޑުވެގެން ދިއައެވެ.އޭނާ ހީކުރީ އަސްލުގައިވެސް އާލިމް މީހަކު މަރާވާހަކަ ދައްކަނީ ކަމަށެވެ.”އާލް ކީކޭ ތިކިޔަނީ”އާލިމްގެ އެއްކަންފަތައް ޖަހާފައި އިން އެއަރޕޮޑު ނަގަމުން ހާޖަރާ ސުވާލުކޮއްލީ ދެލޯ ބޮޑުކޮއްލައިގެން ހުރެއެވެ.ހާޖަރާގެ މޫނު މަތީގެ ކުލަވަރު ފެނުމާއެކު ވަގުތުން އާލިމްއަށް ޕަކަޕަކަ ލާފައި ހެވުނީއެވެ.”މިހާރު ތިހެނީއޯ…ދެންމެ ކާކު މަރާ ވާހަކައެއްތި ދެއްކީ…މިގޭގަ އެކަހަލަ ކަންތައް ކުރާމީހުން ދޯ ހުސްމިއުޅެނީ”ހާޖަރާގެ އެންމެ ފަހު ޖުމްލައާއެކު އާލިމްގެ ހުނުން ހުއްޓިގެން ދިއައިރު ބުނެވުނ ކިހާވަރެއްގެ އެއްޗެއްކަން ހާޖަރާއަށް ރޭކާލީ ދެނެވެ.”މާމާ…އަހަރެން ދެންމެ ދެއްކީ މި ގޭމުގަ މީހުން މަރާ ވާހަކައޭ….މާމަ ހީކުރީ އަހަރެންނަކީ މިގޭ އުޅޭ އެހެންމީހުން ކަހަލަ މީހެއްކަމަށްތަ”ހާޖަރާގެ ދެކޮނޑުގައި ހިފާލަމުން އާލިމް ވާހަކަ ދެއްކި އިރު އެ ދެލޮލުގައި ވަނީ ރިހުމެކެވެ.”މާމައަށް އިނގޭ މާމަގެ އާލްއަކީ އެކަހަަލަ ރަހުމު ކުޑަ މީހެއް ނޫންކަން…އެހެންނު ވާނީ އޭނަ މަރާބަލާށޭ ކީމަ”ފަހު ޖުމްލަ ހާޖަރާ ބުނެލީ މަޖާ ރާގަކަށެވެ.އެއާއެކު އާލިމް ވެސް ހީލިއެވެ.ފޯނު ރިންގުވާން ފެށުމުން އެ ކަންފަތުގައި ޖަހައިގެން ހުރެ އާލިމް ބެލްކަންޏަށް ނިކުމެލިއެވެ.”އޭ މޭން އިންނާނެ އިންވިޓޭޝަން ފޮނުވާފަ…އެއްވެސް އެކްސް ކިއުޒް އެއް އަޑުއަހާކަށް ބޭނުމެއް ނޫން މަގޭ ބާރތްޑޭ ޕާރޓީ އެހެންވީމަ މިރޭ ކައެ އަންނަން ޖެހޭނެ”ފޯނު ނެގީގޮތަށް ހަލޯ އޭ ވެސް ނުބުނެވެނީސް އެކޮޅުން ތޮއިފް އަވަހަށް ބުނެލިއެވެ.”އޯކޭ އޯކޭ މަދާނަމޭ މިރޭ ތި ފަތިވަރު ނުދެމިއަކަސް”ހިނިގަނޑެއް ޖަހާލަމުން އާލިމް މިރޭ އޮންނަ ޕާރޓީއަށް ދާން އެއްބަސް ވިއެވެ.”ފަތިވަރު ނުދަމާ ވަރެއް ނޫންދޯ…މިދިއަ އަހަރުވެސް މަ އެވަރަށް ކީމަ ވެސް ނާދޭ ވިއްޔަ”ތޮއިފް ޝަކުވާކުރީ މިދިޔަ އަހަރު އޭނާގެ އުފަންދުވަހުގެ ހަފްލާއަށް އާލިމް ނައުމުންނެވެ.”8:30 ދޯ….ބަރާބަރު ގަޑިއަށް މަދާނަން މިފަހަރު ވާނެ މަޖާ ނަގަން”އާލިމް ދާނެ ކަމުގެ ޔަޤީންކަން ތޮއިފްއަށް ދިނެވެ.
**********
”އޭ މަޖެހޭ އެބަ އަވަހަށް ގެއަށް ދާން ވެސް”ފިލްމު ބަލަން އިނދެފައި ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައިން އުލާ ބުނެލިއެވެ.”އެ ކީއްކުރަން އެހާ އަވަހަށް ދަނީ؟”ޝޫރާ އަހާލިއެވެ.”މިރޭ މަގޭ ކުޑަދޮންބެގެ ބާރތްޑޭ ޕާރޓީ އެބަ އޮތެއްނު…ތިމީހުނަކަށް އިންވައިޓެއް ނުކުރޭތަ؟”އުލާ ސުވާލުކޮއްލިއެވެ.”ތޮއިފް ދޯ….ނޫން އިން ވައިބަރ އިން އިންވިޓޭޝަން ފޮނުވާފަ….އަހަރެން ކައިރީ ބުނީ ޝޫ ކައިރީ ވެސް ބުނާށޭ…އޭނަގެ އަތުގަ ޝޫގެ ނަމްބަރ ނެތީމަ އިންވިޓޭޝަން ނުފޮނުވުނީ އޯ”ރަފްގާ ކިޔައިދިނެވެ.”އާން ތި މީހުން އަންނަންވާނެ…ކުޑަދޮންބެ މެން ކުލާސް އެންމެން ވެސް ދާނެ ޔޯ ބުނި”ތޮއިފް އާއި ނިކްޔަން އަދި އާލިމްއަކީ އެއްކުލާހެއްގައި ކިޔަާ ބަޔަކަށް ވުމުން އެދެމީހުންވެސް ދާނެ ކަން އިނގުމުން ޝޫރާއާއި ރަފްގާގެ ހިތް އުފަލުން ނަށާލިއެވެ.”ޔަނާ ވެސް އަންނާނަން ދޯ”ޔަނާ އާ ދިމާލަށް ބަލާލަމުން އުލާ އަހާލިއެވެ.”ހީވޭތަ އަހަރެންގެ މަންމަ އެކަހަލަ ތަނަކަށް ފޮނުވާނެ ހެން…ނޯވޭ..މިގެއަށް ފޮނުވަނީވެސް އެހާ އާދޭސް ކުރާ ފަހުން…ދެން މިރޭ ތިމީހުން އެންޖޯއި ކޮއްލާ…ތޮއިފްއަށް އަހަރެންގެ ފަރާތުން ވިޝް ކޮއްލާތި”ހިތި ހިނިތުންވުމަކާއި އެކު ޔަނާ ބުނެލީ އޭނާގެ މަންމަގެ ހަރުކަށި ކަމުގެ ސަބަބުން އެކަހަލަ ތަނަކަށް ދިއުމަށް ހުއްްދަ ނުދޭނެ ތީއެވެ.
**************
ގޭތެރެއަށް ފާލިހްއާއި އެކީ ވަދެގެން އައި ޝަކީބު ފެނުމުން އިންތަނުން ކޮއްޅަށް ތެދުވެ ބުރުގާ ރީތި ކޮއްލަމުން ރާއިދާ ޝަކީބުއާއި ސަލާމް ކޮއްލިއެވެ.ޝަކީބަކީ އެމީހުންގެ ވިޔަފާރީގެ އަދި ފާލިހުގެވެސް ވަކީލެވެ.ޝަކީބު ގޮވައިގެން ފާލިހް ސްޓަޑީއަށް ދިއުުމުން ކޮފީ ހިފައިގެން އެބަ އަންނަން ކަމުގައި ބުނެ ރާއިދާ މިސްރާބުޖެހީ ބަދިގެއަށެވެ.ނަމަވެސް އޭރު އޭނާގެ ހިތައް ދިއައީ އެތައް ވަސްވާސް ތަކެއް ވަންނަމުންނެވެ.މިހާ ނުރަސްމީ ދުވަހެއްގައި ޝަކީބު ގޮވައިގެން ގެއަށް ފާލިހު އަންނާނީ ހަމަގައިމުވެސް ބޮޑު ކަމެއް މަޝްވާރާ ކުރާށެވެ.ނަމަވެސް ކޮންކަމެއް ބާއޭ ރާއިދާގެ ހިތައްއަރަމުން ދިއައެވެ.ސަލްމާ ލައްވައި ކޮފީ ގިރާލައިގެން ދެ ޖޯޑު ތަބަކަކަށް ލައިގެން ގޮސް ހުޅުވިފައި ހުރި ސްޓަޑީގެ ދޮރު ކައިރީގައި ރާއިދާ މަޑުކޮއްލީ އެތެރެއިން އިވެމުން ދިއަ ވާހަކައަށް ސަމާލު ކަން ދެމުންނެވެ.”އެކަމް ސަރ ކީއްވެތޯ ކުއްލިއަކަށް ވަސީއަތެއް ލިޔަން ތި ނިންމެވީ؟”އިވުނީ ޝަކީބުގެ އަޑެވެ.”ޝަކީބަށް ތިހެން އަހާއިރުވެސް ރަނގަޅަށް އިނގޭނެ ކީއްވެގެން ކަން…އަހަރެންގެ ތިބީ އެންމެ ދެދަރިން..އެވެސް ދެ އަންހެން ކުދިން…އަހަރެން މިދުނިޔޭގަ ނެތް ދުވަހެއްގަ އަހަރެންގެ ހުރިހާ މުދަލަކާ ފައިސާއެއް އެދެކުދިންނަށް އެއްވަރަކަށް ލިބެން އަހަރެން ބޭނުމީ…ވީހާވެސް އަވަހަކަށް މިކަންތައް ނިންމާލަދީ”ފާލިހުގެ އަނގައިން އިވުނު ކޮންމެެ ލަފްޒަކާއި އެކު ރާއިދާއަށް އަތުގައި ހުރި ތަބަކަށް ބާރުކޮއްލެވެއެވެ.ފާލިހުގެ މުދަލުން އެންމެ ފުކެއްގެ މިންވަރުވެސް ފަލަކްއަށް ލިބުނަ ދޭކަށް އޭނާ ބޭނުމެއް ނޫނެވެ.އެހުރިހާ މުދަލެއްގެ ހައްގުވެރިޔަކީ އޭނާއި އޭނާގެ ދަރިފުޅު ރަފްގާއެވެ.ފާލިހުގެ ދޮށީ ދަރިއެއްނޫނެވެ.އަންނަމުން ދިއަ ރުޅި މައިތިރި ކުރަމުން ދެއްކުންތެރި ކަމުގެ ހިނިތުންވުމެއް ވެރި ކުރުވައިގެން ރާއިދާ ކޮފީ ތަބަށް ހިފައިގެން ސްޓަޑީއަށް ވަނުމާއި އެކީ ޝަކީބް އާއި ފާލިހް އެމީހުން ދައްކަމުން ދިއަ ވާހަކަ މެދު ކަނޑާލިއެވެ.ކޮފީ ޖޯޑު މޭޒު މަތީގައި ބެހެއްޓުމަށް ފަހު އެތަނުން ނިކުމެގެން ދިއައިރުވެސް ރާއިދާ ހުރީ ރުޅިއައިސް ފައެވެ.އަދި އޭނާ ދިއައީ ސިކުނޑި ތެރޭގައި މޮޅު ރޭވުމެއް ރާވަމުންނެވެ.
*************
ހަތަރުގަޑި ބައި ހާއިރު ފެށިގޮތަށް އިރުއޮއްސި ހައެއް ޖެހި އިރުގައިވެސް ފަލަކް އިނީ ހިސާބު ސުވާލުތަކަށް ގެއްލި ހުސްވެފައެވެ.އެހެން އިނދެފައި އުނދަގޫ ސުވާލެއް ހަދަން ޖެހިއްޖެ ނަމަ ފަންސޫރު އަނގަޔަށް ލާ ހަފާލާނެއެވެ.ނޫނީ ނިޔަފައްޗުގައި ދަތް އަޅާލާނެއެވެ.ފަލަކްގެ ލޮބުވެތި ހަރަކާތްތަކުން ނަޒަރު ވަކިކޮށް ނުލާ ފޯނާ ކުޅޭ ކަމަށް ހެދިގެން ނިކްޔަން ވެސް އެތާގައި އިނެވެ.”އޯކޭ ނިންމާލީ ދެން….ހައެއް ޖެހީ ތަ؟”އިރުކޮޅެއް ފަހުން ބޮޑު ނޭވާއެއް ދޫކޮއްލަމުން ފަލަކް ނިކްޔަންގެ ގާތުގައި އަހާލިއެވެ.”އާން ހަގަޑި ހަތެއް ހިނގައިފި”އަތުކުރީގައި އޮތް ރޮލެކްސް ގަޑިއަށް ބަލާލަމުން ނިކްޔަން ޖަވާބު ދިނެވެ.”ސޮރީ އެންޑް ވަރަށް ބޮޑަށް ތެންކިޔު ހެލްޕް ވެދޭން މިއޮތް ހުރިހާ އިރު މިތާ އިނީމަ”ފަލަކް ނިކްޔަންއަށް ެ ޝުކުރު އަދާ ކޮއްލިއެވެ.”ހޫމް…އަސްލުވެސް މިތާގަ އިނދެ އިނދެ މިހާރު ބުރަކައްޓައް ވެސް ތަދެއް އަރައިފި….ފަލްކީ އަހަރެންނަށް ޝުކުރު އަދާކުރަން ބޭނުމިއްޔާ ކަމެއް ކޮއްދޭން ކެރޭނެ ތަ؟”ބުރަކަށީގައި ރިއްސާކަމަށް އެކްޓުކޮއްލަމުން ފަހު ޖުމަލަ ނިކްޔަން އަހާލީ ސީރިއަސްކމާއި އެކީގައެވެ.”ސޮރީ…އަޅެ ކީތްކޮއްދޭންވީ”ނިކްޔަން އާ ދިމާލަށް ބަލާލަމުން ފަލަކް އަވަހަށް އަހާލިއެވެ.”އިނގޭންނު ތޮއިފް ދޯ…؟މިރޭ އެބައޮތް އޭނަގެ ބާރތްޑޭ ޕާރޓީ….ފަލްކީ އަހަރެންނާއެކު ޕާރޓީއަށް ގޮސްދޭންވީ”ހިނިތުންވެލަމުން ނިކްޔަން އޭނާ ބޭނުންވާ ގޮތް ހާމަކުރިއެވެ.”އަހަރެން ޕާރޓީއަށް؟ޔަން އާ އެކީ؟”ދެލޯ ބޮޑު ކޮއްލަމުން ފަލަކް އަހާލިއެވެ.”ހޫމްމް…ކިހިނެއްވީ އަހަރެންނާއެކީ ދިއުން މަނަލީތަ؟”ލާނެއް ރާގަކަށް ނިކްޔަން އަހާލީ ފަލަކް އާއި ދިމާލަށް ގުދުވެލަމުންނެވެ.”ނޫން އެހެނެއް ނޫން…އެހެން މިބުނީ އަހަރެން ޔަން އާ އެކީ ގޮއްސިއްޔާ ސުކޫލް ކުދިން ފާޑު ފާޑު ވާހަކަ ދައްކާނެ…”ފަލަކް އެ ބުނީވެސް ތެދެކެވެ.މިހާރުވެސް ބައެއް ވާހަކަތައް ދެކެވޭކަން އޭނާއަށް ރަނގަޅަށް އިނގެއެވެ.”މީހުން ކިޔާނެ އެއްޗަކަށް ބަލައިގެން ކިހިނެއް އަހަރެމެން އުޅޭނީ…ބީ ރެޑީ އެޓް 8:30 …އެންޑް ޔެސް ވެއަރ ސަމްތިންގް ބްލެކް”އެހެން ބުނެލުމަށް ފަހު ސްޓަޑީއިން ނިކުމެގެން ނިކްޔަން ދިއައިރު ފަލަކްވެސް އިންތަނުން ތެދުވެގެން ގެއަށް ދިއައެވެ.ނިކްޔންގެ އެ އެދުމަށް ފުރަގަސްދޭން އޭނާއަކަށް ނުކެރޭނެއެވެ.އެހެންކަމުން އިށާ ނަމާދަށް ފަހު ފަލަކް ތައްޔާރުވާން ފެށިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
52 Comments!
Comments are closed.



Salaam readers
Hope you all are safe and doing well? here is the 15th part of the story…feel free to express your opinion about the story through comments…and if you notice any mistake plx mention it? stay safe love you all❤️
Vrh reethi mi parte vx Marsha Allah ???
vaahaka nimen dhn vx mihaa reethi part thankeh gen naaneh kama unmeedhu kuran ?? Waiting for the next part ??
Ahaha thankyou so much? i will try my best hama rythi parts thakeh genesdheyn
Alhey boo shooraa varah jealous vaane dhw nikyan aa ekee falak party ah dhiyaama?… ehnveeyaa rangalhee ves… shoora jeheynee jealous vega hunnan ..nickyan libeynee falak ah.. and aalim too eyna ves jeheynee jealous vefa hunnan.. falak libeynee nikyan ah???.. btw mi part ves hama varah habeys?❣♥️?.. kepp it up.. waiting for the next part .. avahah up kohdhechey boo♥️❣.. luv u boo and tc?❣.. see u❣
Ahahah shoora obviously jealous waane thaa dhw boo?❤️Hingaa balamaa kaakah tho at the end falak libeny dhw??lym tc see you on sunday?❤️
Hii sisss….how r u ….Varah reethi mi part ves sis…maasha Allah….shoora varah jealous vaane dhw falak Nikyan aa Ekee party ah dhiyaama….aalim ves varah sad vaane dhw?but sis this part is speechless?curiously can’t wait for next part. Whn is next part sis?
Love this story and u tooo sis ❤❤❤❤❤❤❤❤❤❤❤
Take care and stay safe sis ??????????????????????????byeee sis?????????
Hey hafu? yes ehmen wes wrh j waane aalim ge hithuga wes rihsaane dhwww☹️Next part soon lym tc❤️❤️❤️
Masha allah… Masha allah… V reethi mi part vx…
Waiting for the nxt part dear
Thankyou bookworm?
Maasha Allah mi part ves varah varah varah loaaaaaaabi????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️Party ga anekka E Shoora aa Rafga gandu J kohlaathi ingey rangalhah?????????????????
aphxxx sis…………
☺️☺️☺️☺️????އިޝާާ ނަމާދު ލިޔާނި މިހެން
Isha kiyaa iru shaviyani nuliyaane.?? Fenuneema bunela dhinee????????????????????
??????????????????????????????
Yess thankyou mistake bunedhinyma up wi fahun notice v afa ah wes?❤️ Yes ehmen jealous kohlaa andhaalaanan ingey?? thankyou naani darling❤️❤️❤️❤️
Mi part vs hama best ingey sis…. Now I also think Nikyan and falak makes a better couple.. But still feel so much sympathy for aalim… As always you’re my favourite writer.. Lysm… ❤️❤️❤️❤️❤️ ummmmmmmmmmmmah????
Thankyou scarlet❤️❤️❤️Means alot darling??
This storyyy is just awesome??????I am speechless after reading this???? Masha Allah varrah reethi?? can’t wait for next part?? by the way Aphxxx thee kon rasheh tha????
Thankyou cutie?❤️ I am L.maamendhoo
Hby??
Sorry public veema cutie ah kon rasheh kan bunan undhangoo!!but private koh Aphxxx aai vaahaka dhehkeyy dhuvahakun bunaanan kon rasheh kan.sorryy??
Oohk its fine ?❤️
This part is also fabulous ???? sis can u tell me when u r uploading the next part I sooooooooooooooooooooooooo curious to read the next part
Thankyou elsa?❤️❤️❤️ Next part i will submit tonyt insha allah
Also in my opinion ??? ? Nik and falak are the best couple not aalim and falak pls make Nik and falak a couple ❤️❤️?❤️?❤️?
Ahahaha lets seee?❤️
Mi part ves varah Sali .????? Mash Allah. ❤️❤️❤️Keep it up sisoo. ?Aley enme fahun nuhaa dhw bokidhihlee. ????Emeehun ulunugothun Hama heehee halaaku vaavaru veje. Heheh. ?????Falak aa Nik aa dhemeehun ehkoh party ah dhiyaa maa Shooraa hunaanee ruliaas rai vefaa dhw?? jelouse Ves vaane hehehe.????. dhw afuuuuu dear…..????????
Story Hama amazing ingey??????
Love u sisoo ❤️❤️❤️❤️❤️?
Waiting for the next ?????
Stay safe and TC ?????❤️?
Ahahaha dhw jealous wegen gos andhaane hama??thankyou so much ril?❤️❤️❤️ Lym tc???
Yh dhwww … Emeehun j viyyaa ragalheevx n emeehunah ehn hadhan jeheynee hama dhww rilooo ?????????
Masha Allah… Mi prt vx v rythi… Kaakahbaa falak libeyny???… Curiously waitin for the nxt prt… Tc
Thankyou
Hey sis mi part wes hama varah habeys ingey i wonder what raaidha is planing ?? please dont make it difficult for falak pleeeeassseeee sisoooooo❤️??❤️❤️❤️?? and aalim ah vx dhera gotheh vaakah beynumeh noon nikyan ah vx ekm konmes ekakah thaa falak libeyny dhw?i wonder who is the lucky man? what do you readers think? Who will get falak?
Tc lym aphxxx sisoo?❤️????????❤️❤️❤️❤️????????
Thankyou nuhyy darling ? ahaha seems like something fishy is gonna happen if raaidha is planing dhw???asluwes it will be the luckiest who gets her lyt tc nuhyy❤️
Aphxxx ge story “loaiibahtakaa” just a reader ah varah kamudhey…konme part eh vx kiyan comment nukohlevunakaz…i love the love triangles and all in this story…heevany mee varah dhigu story eh hen…mihen mibuny school life nimmaafa adhi thaa emyhunah marry kureveyny dhw.. keep up the good works ly tc aphxxx sis❤❤❤❤❣❣❣???
Ayeee thankyou just a reader?❤️❤️❤️Means alot and yes fudhey warakah dhigu waane kamah mibalany abt 30 hehehe lyt tc?❤️
Mi part ves v reethi.. Wating for the next part❤️
Thankyou rang?❤️
Wowwwwwwwww varah varah varah varah varah varah varah varah reethi mi prt vx ♥️♥️♥️♥️♥️♥️♥️♥️ hama speechless ???? n sorry for the late comment ????? yey siss afu buneemehnu nuha ey eiii ahhahahahah ????????.. waiting for nxt … Alhe kihinei baa vaanee prty ga dhww … Lots and lots lots lots of love from Afu ♥️♥️♥️♥️♥️♥️
Stay safe ????
TC ????
Lysssssmmmmmm ❤️❤️❤️❤️❤️
Ahahaha its okay afuuu❤️??thankyou darling and yes you were correct afu molhu guess kuran ingey❤️❤️?tc darling lym?❤️
OMGG?.?.?.?.?.Pray shoora an rifga(i hate ah those two)black nulevi aalim ahves black Levey tho…let those three bee the one in black…BTW story hama habbu as always ?????love yuhhh
Ahahah ekm its a black party abu i think everyone will wear black??thankyou so muchhhhh lymm❤️????????
Hey aphxxx mi vaahaka v reethi ingey.. n nukeran ah dhw falak libeynoo?e shooraa hunnaanoo keki keky ?aalim vx vrh hithah thadhuvaalha dhw?
Ahahahha thankyou aikko?lets see kaakah tho libeny falak… btw laamu atoll kujjeh tha?
I really like your storys. Hope you will write more storys and good luck for the future. ❤️❤️❤️ Stay home stay safe
I really like your storys. Hope you will write more storys and good luck for your future❤️❤️ Stay home stay safe ??❤️
afaaaaa…………….mi part vc vvvv reethi…..ekam dhera vy kuru vyma…………..heheeh………dhnn oii part vc avahah up kolladhehchey…………afoooooooooooo
Ahaha thankyou?next prt already submitted tc darling❤️
This is my first comment I am a cousin of afu. I really like your story. Hope you will be a friend of me. ??❤️❤️?
Yesss hiii nish thankyou and ofc we can be frnds darling?❤️
Hope you will write more storys and good luck for your future. Stay home. Stay safe ❤️❤️❤️❤️❤️❤️?❤️❤️?
Yes im planning to write more hama thankyou and you too stay safe❤️❤️
Welcome! ❤️❤️can you chat me in hangout
Ofc sure?
Sis where is the next part I m like waiting for it since yesterday ???
Thankyou for waiting dear
Hmm laamu Gan kuhjeh
Oooh okay