Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާ 41

Anaq Level 210 Stories
July 27, 2026 5 Mins Read
0 Comments

” ދަރިފުޅާ……” ސޯފާގައި އިން މަންމައަށް އަހަރެން ފެނުމާއިއެކު އަހަރެންނަށް ގޮވައިލިއެވެ. ނަވީންގެ ހިޔާލުތަކުގައި ބަނދެވިފައި ހުރިވަރުން މަންމަ އެތާނގައި އިންކަންވެސް އަހަރެންނަށް ރެއަކާލީ ދެނެވެ.

 

******

 

“މަންމާ…… ނުނިދަންތަ އަދިވެސް…..” އަހަރެން ސީރިއަސް ވެލަމުން އަހައިލީމެވެ.

” އާން…. ދަރިފުޅު އަންނަދެން އިނދެވުނީ…. ކޮންތާކުން ތިއައީ….؟” މަންމަ އަހައިލިއެވެ…

” މީ…. ރައްޓެހި ކުއްޖަކާއި އެކީ ބޭރަށް ގޮސްފަ….” އަހަރެންނަށް ބުނެވުނީ އަޅައިގަންނަމުން ކަހަލަ ގޮތަކަށެވެ.

” އެހެންތަ…؟ އެހެންވީމަ ވަރަށް ހާއްސަ ރައްޓެހި ކުއްޖެއްތާ ދޯ އެއީ….” މަންމަ އަހަރެން ލައިގެން ހުރި ހެދުމަށް ބަލައިލަމުން ބުނެލީ ލުއި ހިނިތުންވުމެއް ދެމުންނެވެ. އަހަރެންނަށް ލަދުން އިސްޖަހައިލަމުން ބޯޖަހައިލެވުނީ އެއްބަސް ވުމުގެ ގޮތުންނެވެ.

” މަންމަ ކައިރީގަ ނުބުނާނަންތަ އެއީ ކޮން ކުއްޖެއްކަން…؟” މަންމަ އޯގާތެރި ކަމާއިއެކު އަހައިލިއެވެ. އަހަރެން މަޑުމަޑުން އައިސް މަންމަ ގާތުގައި ސޯފާގައި އިށީނީމެވެ. މަންމައަށް ނަވީންގެ ވާހަކަ ބުނެދޭން ނިންމީމެވެ.

” މަންމައަށް އެނގޭނެ….” އަހަރެން މަޑުމަޑުން ބުނެލީމެވެ. ސުވާލު އުފެދިފައި މަންމަ އަހަރެންނަށް ބަލައިލިއެވެ.

” ނަވީން……” އަހަރެން ބުނެލީމެވެ. ނަވީންގެ ނަން އަޑު އިވުމުން މަންމަގެ މޫނުމަތިން ޝޮކެއް ލިބުނުކަން ދޭހަވިއެވެ. ސުވާލުތަކެއް އެ ހިތުގައި އުފެދޭނެކަން އަހަރެންނަށް އެނގުނެވެ.

” އެކުއްޖާފުޅު އަދިވެސް ބޭނުންވޭތަ ދަރިފުޅާއި ގުޅެން…؟ އެހުރިހާ ކަމެއް ވުމަށް ފަހުވެސް….؟” މަންމަ  ހައިރާން ވެފައި އަހައިލިއެވެ.

” އާން… އެހެން ނޫންނަމަ ކީއްކުރަން މިހުރިހާ ދުވަސް ފަހުން އަންނަންވީކީއެއް….” އަހަރެން ބުނީމެވެ.

” އާން ތީ ވަރަށް ބޮޑު ތެދެއް… ހިތުގަ ހަމަ ގައިމުންވެސް ވަރަށް ހާއްސަ މަޤާމެއް ދެވިފަ ނުވާނަމަ ނާންނާނެ….ލަދުވެސް ގަނޭ މިހާރު އެކުއްޖާ ކުރިމައްޗަށް އަރަންވެސް….” މަންމަ ބުނެލިއެވެ.

“އެކަމަކު މިފަހަރު ދަރިފުޅުގެ ހަޔާތުގެ ބައިވެރިއެއް ހޯދާނީ ހަމަ ދަރިފުޅު…  ދަރިފުޅު ބޭނުންވާ ދަރިފުޅު ހިތް އެދޭ މީހެއް… މަންމަގެ އެއްވެސް މައްސަލައެއް ނެތް… ކުރިން ފަހަރުވެސް މަންމަމެނަށް ވިސްނައި ނުލައި ކުރެވުނު ކަމަކުން…..” މަންމަގެ އަޑު ކުރެހިގެން ދިއައެވެ.

” މަންމާ…. ދެން އެވާހަކަ ނުދައްކާ…..” އަހަރެން ބުނީމެވެ.

” ކިހިނެތް ނުދައްކަ ހުންނާނީ…. މަންމަމެނާއި ހެދި ދަރިފުޅަށް ލިބުނީ ކިހާ ބޮޑު ދެރައެއް. މަންމަގެ ހިތެއް އަދިވެސް ނުބުނޭ ރުހާމް ދަރިފުޅު އުފަލުގަ އުޅުނަކަ ދޭނެއެކޭ…..” މަންމަގެ ކަންބޮޑުވުން ފާޅު ކުރިއެވެ.

” މަންމާ ….. އިރާދަކުރެވިއްޔާ ދެން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ… ދެން ނަވީން ވެސް ހުންނާނުން… އަނެއްކާ ލިއަމްމެންގެ އެހީތެރިކަންވެސް ލިބޭނެ ކަމަށް ޖަނާވެސް ބުނެފަ އޮތީ ދިމާވިއަސް…” އަހަރެން މަންމައަށް ވިސްނައިދިނީމެވެ.

” މައްސަލައެއް ނެތް… ދަރިފުޅުވެސް ދެން ދޭ ނިދަން… މަންމަވެސް މިދަނީ ދެން ކޮޓަރިއަށް… ޖަނާ ބުނި މާދަމާ އަންނާނަމޭ… އެހެން ބުނެފަ އެދިޔައީ ހަމަ…” މަންމަ ސޯފާއިން ތެދުވެ އަހަރެންގެ ކޮނޑުގައި ފިރުމައިލަމުން ކޮޓަރިއާއި ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.

ފޯނުގެ ރިންގުގެ އަޑު ކެނޑި ނޭޅި އަހަރެންގެ ކަންފަތަށް އުނދަގޫ ކުރަން ފެށުމުން އަހަރެން ކުޑަކޮށް ލޯ ހުޅުވައިލަމުން ފޯނުގެ ސްކްރީން ބަލައިލީމެވެ. ޖަނާ ގުޅަމުންދާތަން ފެނުމުން އަހަރެން ފޯނު ގެނެސް ކަންފަތާއި ގާތް ކޮށްލީ ލޯވެސް ހުޅުވަން ބޭނުން ނުވެ އޮވެއެވެ.

“ހެލޯ….” އަހަރެން ނިދިއަޑަކުން ފޯނަށް ޖަވާބު ދިނީމެވެ.

” ހަލޯޔޯ…. އަދިވެސް ނުހޭލަންދޯ… ރޭގަ މާ ލަހުންތަ އައީ….” ޖަނާ އަހައިލިއެވެ.

” ނޫން….” އަހަރެންނަށް ކުރު ޖަވާބެއް ދެވުނީ އަދިވެސް ނިދީގެ އަސަރު މުޅިން ފިލައިގެން ނުދާތީއެވެ.

” އާން އެބަ އެނގޭ އެކަން… ރެޑީވޭ މިދަނީ ބަލާ….” ޖަނާ ބުނެލިއެވެ.

” މަޑުކޮށްބަލަ… ކޮންތާކަށް ދާން….” އަހަރެންނަށް އަވަސް އަވަހަށް އަހައިލެވުނެވެ.

” ސާބަސް މިހާ އަވަހަށް ހަނދައިން ނައްތާލީ ދޯ…. ބުނީމޭނުން ރޭގަވެސް މިއަދު ބްރެކްފާސްޓަށް ދާން ވާނޭ… އެހެން ނޫނަސް ރޭގެ ވާހަކަ ވެސް އަދި އޮތީނުން … ރޭގަ އައިސްވެސް ގުޅަން ބުނީމެ ނުގުޅަ ނިދީނުން….” ޖަނާ އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނައިލެވުނެވެ.

” އާން ރޭގަ ހަމަ ފެންވަރައިގެން ޖައްސާލިތަނާ ނިދުނީ އޭ… ސޮރީ….އޯކޭ އާދޭ އަހަރެން މި ފައިބަނީ ތައްޔާރު ވެގެން….” އަހަރެން ތެދުވެ އެނދުގައި އިށީންނަމުން ބުނެލީމެވެ.

ކުޑަކޮށް ވިއްސާރަ ދުވަހަކަށް ވުމުން އަހަރެން ލީ ސްވެޓާ ފާޑުގެ ހެދުމެކެވެ. އަދި ލުއި މެކަޕެއް ކޮށްލަމުން އިސްތަށިގަނޑު ގަތައިލުމާއިއެކު އެއްފަރާތުގެ ކޮނޑުމަތިން ގެނެސް ކުރިމައްޗަށް ވައްޓައިލީމެވެ.

ތައްޔާރުވެގެން ތިރިއަށް ފޭބިއިރު ޖަނާ ޕާކިންޒޯނުގައި ސައިކަލު މަތީގައި އިނެވެ. އަހަރެން ފެނުމާއިއެކު އަތުން ހަނާ އަޅައިލަމުން ގާތަށް އައުމަށް އިޝާރާތް ކޮށްލިއެވެ.

” މިއަދު ޑިއުޓީއަށް ނުދާ ދުވަހަކީތަ…؟” އަހަރެން ސައިކަލު ފަހަތަށް އަރަމުން އަހައިލީމެވެ.

” ބުނީމޭނުން މިއަދު އޮފްޑޭ އޭ…” ޖަނާ ބުނެލިއެވެ.

” އޯހް ސޮރީ ހަނދާންވެސް ނެތް…” އަހަރެން ބުނެލީމެވެ.

” އާން ދެން އެނގޭ މިހާރު އެހެން ކަމެއް ހަނދައިން ނުހުންނާނެކަން… އެހެން މީހެއް މަތިން ވިއްޔާ ހަނދައިން ވަނީ މިހާރު ދޯ….” ޖަނާ އަހަރެންނާއި ދިމާކޮށްލަމުން ސައިކަލު ދުއްވައިލިއެވެ. އަހަރެން ޖަނާގެ ކޮނޑުގައި ބޮނޑިއެއް އެޅީމެވެ.

ރެސްޓޯރެންޓްގެ މޭޒު ކައިރީގައި ހަމަޖެހިލަމުން ގެންނަންވީ އެއްޗެހި ވެއިޓަރަށް އޯޑާރ ކޮއްލީމެވެ.

” ޔެސް ދެން ބުނެބަލަ ރޭގަ ކިހިނެތް ދިޔައީ…؟” ޖަނާ އަހަރެންނަށް ބަލައިލަމުން އަހައިލިއެވެ.

” ރޭގަ ނުވޭ މާބޮޑު ކަމެއް….” އަހަރެން ވަރަށް ނޫންކަމަށް ހަދާފައި ބުނެލީމެވެ.

” އެއްކަލަ ޒާނާ … ފޮނިގަނޑު… ބުނޭ …. ހަމަ ޔަޤީން ކަމެއް ވެއްޖެ ކަން މިހާރު އެހެން ނޫނީ ނުބުނާކަށް ނޫޅޭނެ….” ޖަނާ ބޮޑާ ހާކައިލިއެވެ. އަހަރެންނަށް ހީލެވުނީ ޖަނާ އުޅުނު ގޮތުންނެވެ.

“އަމްމްމްމްމ ގުޅެން ބޭނުމޭ ބުނީ….” އަހަރެން ބުނީމެވެ.

” ހޫމް ދެން… ޒާނާ ކީކޭ ބުނީ….” ޖަނާ އަހައިލިއެވެ.

” އާނއެކޭ އޭނުން ބުނާނީ….” އަހަރެން ރަކިވިއެވެ.

” އޯ މައި ގޯޑް… ތިއޮތީ މިހާރު އޭނަގެ މީހަކަށްވެ ނިމިފައޭނުން…. ވަރަށް އުފާވެއްޖެ… އަޅޭ….” ޖަނާ އުފަލުން ގޮސް އަހަރެންގެ އަތުގައި ހިފައިލަމުން ބުނެލިއެވެ.

” ދެން ނުކެރޭނެ ރުހާމްއަށް ދިމާ ކުރާކަށް ….ހޭއި… ޒާނާ އުފާވޭތަ…؟” އަހަރެން އެއްޗެއް ނުބުނެ އިންނަން ފެށުމުން ޖަނާ އަހައިލިއެވެ.

” ޔެސް ވަރަށް އުފާވޭ…. ހީވެސް ނުކުރަން މިދުވަސް އަންނާނެ ކަމަކަށް… ހީވަނީ ހުވަފެނެއްގަ އުޅެވޭހެން… ވަރަށް ވާހަކަ ދެއްކި ނަވީން ރޭގަ… ވަރަށް ލޯބިވާ ވާހަކަ ބުނި…” އަހަރެން ބުނީމެވެ. އިންތިހާ ދަރަޖައިގެ އުފަލާއި ހިތްހަމަޖެހުން އަހަރެންނަށް ވަނީ ލިބިފައެވެ.

” ތިވީނުން… ޒާނާ އުފަލުން ހުރިއްޔާ އަހަރެންނަށް އެ ނިމުނީ…. ތިއެއް ނޫނޭ… ރޭގަ ލައިން ހުރި ހެދުން ދެން ނަވީންއަށް ކަމުދިޔަތަ…؟” ޖަނާ އަހައިލިއެވެ.

” ކަމުދިޔަހޭ… ހީވަނީ ލޮލުން ކާލަ ފާނެހެން…” އަހަރެން ބުނީމެވެ. ލަދުރަކި ހިނިތުންވުމެއް ތުންފަތަށް ވެރިވީ ނަވީން އުޅުނު ގޮތް ސިފަވުމުންނެވެ.

” ހެވޭނުން ކާލިޔަސް…. ނަވީންއޭނުން….” ޖަނާ އެއްލޯ މަރައިލަމުން ލާނެއް ފާޑަކަށް ޖަނާ ދިމާކޮށްލިއެވެ. އަހަރެންގެ މޫނު ރަތް ވެގެން އައީ ރޭގެ ހަނދައިންތައް އާވެގެން އައުމުންނެވެ. އަހަރެންނަށް ވީގޮތް ޖަނާއަށް ދޭހަވާކަށް މާގިނައިރެއް ނުނެގިއެވެ.

” އޯމައި ގޯޑް… ކާލީތަ…؟ ހަމަ އަސްލު…. މިހާރު އެހާ ހިސާބަށް ވެސް ދިއައީތަ….؟ ޝޮކެއް ލިބުން ހެން އަނގަ ފުޅާ ކޮށްލާފައި ޖަނާ އައިލިއެވެ. އެއަޑުގައި އުފާވެރި ކަމާއި އެއްވަރަށް ދިމާކުރުން ވެސް ވިއެވެ. އަހަރެންނަށް ކުރެވުނުހާވެސް ކަމަކީ ރަކިވެގެން އިސްޖަހައިލެވުމެވެ.

” އޯމައި ގޯޑް… ސްޕީކް އޮފް ދި ޑެވިލް…..” ޖަނާ ބުނެލި ގޮތުން އަހަރެންނަށް ޖަނާ މޫނަށް ބަލައިލެވުނެވެ. ޖަނާގެ ނަޒަރު އަހަރެންގެ ފަހަތަށް ހުއްޓިފައިވީތަން ފެނުމުން އަހަރެންނަށް ކުއްލިއަކަށް ފަހަތް ބަލައިލެވުނެވެ.

ރެސްޓޯރެންޓްގެ މަތީބަޔަށް އެރެން އިންނަ ސިޑިން އަރައިގެން އައީ ދެވަނަ ދެމީހެއް ނޫނެވެ. ނަވީން އެވެ. އަހަރެންގެ ހިތުގެ ރާޖާއެވެ. ކަޅުކުލައިގެ ސޫޓެއްގައި ހުރިއިރު ކަރުގައި ޓައީއެއް ނެތި ގަމީހުގެ މަތީ ގޮށް ނައްޓާލާފައިވުމުންވެސް ނަވީންގެ “ހޮޓް” ކަން ވެފައިވި ހައްތަހާ އިތުރެވެ. ކަޅު އަވިއައިނަކުން ދެލޯ ނިވާކޮށްލާފައި ވުމުން އިތުރަށް ހިތް ކަތިލާ ފަދަ ފިރިހެންވަންތަ ގޮތެއް ހުއްޓެވެ. ދިގު އިސްތަށިގަނޑު ފަހަތަށް އައްސާލާފައި ވުމުން އިތުރަށް އަޅައިގަންނަ ގޮތެއް ހުއްޓެވެ. އެވަގުތު ރެސްޓޯރެންޓުގައި ތިބި ފިރިހެނުންނާއި އަންހެނުންނަށް ދާންދެން ނަވީންއަށް ނަޒަރު ހުއްޓުންތަން ފެނިފައި އަހަރެންގެ ހިތް ހަސަދައިން އަނދައިގަތެވެ.

އަހަރެން ފެނުމުން ނަވީންވެސް ކުޑަކޮށް ހައިރާންވެފައި އަހަރެންނާއި ދިމާއަށް މިސްރާބު ޖެހިއެވެ. އެހިނދު ނަވީންގެ ކައިރީގައި ހުރި މީހާ އަހަރެންނަށް ފެނުނެވެ. ބޯ ކުރުކޮށް ކޮށާފައި ހުރިއިރު ލޯ ކައިރީގައިވީ ދިގު ލަކުނުން އެއީ ކޮންމެވެސް ތަނަކުން ފެނުނު މީހެއް ހެން އަހަރެންނަށް ހީވިއެވެ. ނަމަވެސް ވިސްނައިލުމުގެ ކުރިން އަހަރެންގެ ސަމާލުކަން ނަވީން ހޯދިއެވެ.

” ހާއި އެންޖެލް….” ނަވީން އަހަރެންނަށް ގޮވައިލިއެވެ. ނަވީން އައިސް އަހަރެންގެ ކައިރިއަށް ހުއްޓުނު ފަހުން މީހުންގެ ނަޒަރުތައް އަހަރެންނަށް އާދަޔާއި ހިލާފަށް ހުއްޓެމުން ދާކަން އަހަރެންނަށް ފާހަގަ ވިއެވެ. ނަމަވެސް އަހަރެންނަކަށް އެއީ ކީއްވެ ކަމެއް ނޭނގުނެވެ.

” ހާދަ ރީއްޗޭ….” ޖަނާވެސް އިންދައި ނަވީން އެހާ ފާޅުކަން ބޮޑު ގޮތަކަށް ތައުރީފް ކޮށްލުމުން އަހަރެންނަށް ލަދުން އިސްޖަހައިލެއެވުނެވެ.

” ހަދިޔާއެއް އޮންނާނެ އިނގޭ… ގެއަށް ފޮނުވިޔަސް އޯކޭތަ…؟” ނަވީން އަހައިލިއެވެ. އަހަރެންނަށް ކުރެވުނުހާވެސް ކަމަކީ ބޯ ޖަހައިލެވުމެވެ. ހިނިތުން ވެލަމުން ނަވީން އަހަރެންގެ ދަތް ދޮޅީގައި ހިފައި އިސް ނެގުވިއެވެ. އަދި އަހަރެންގެ ލޮލަށް ސީދާ ބަލަން ހުރެ އަހަރެންގެ މޫނާއި ދިމާއަށް ގުދުވެލިއެވެ. އަހަރެންގެ ހިތް ތެޅިފޮޅި ގަތީ ނަވީން ކޮށްފާނެ ކަމެއް ނޭނގިގެންނެވެ. ދެވަނަ ސިކުންތުގައި އަހަރެން ހައިރާން ކޮށްލަމުން އަހަރެންގެ ނިތުގައި ބޮސްދިނުމަށްފަހު ނަވީން ހިނގައިގަތެވެ. ބަލަބަލާ ހުއްޓައި ލޯމަތިން ގޮސް އޮބާލައި ވީ.އައި.ޕީ ބަޔަށް ވަދެއްޖެއެވެ. ގަނޑުވެފައި އަދި ހަމަ އެހެންމެ ލަދުން ވިރިގެން ފައިބާނެ ނަމައޭ ހިތަށް އަރާފައި އަހަރެންނަށް އިނދެވުނީ މީހުންގެ ނަޒަރުތައް އަހަރެންނަށް އަމާޒުވެފައި ވީވަރުންނެވެ. މިހުރިހާ މަންޒަރެއް ބަލަން ލާނެތް ހިންޏެއް އައިސްފައި ޖަނާ އިނެވެ.

އިރުއޮއްސުމަށްޓަކައި އުޑު މައްޗަށް  ރަތް ވިލާ ލަމުން ދިޔަ ވަގުތު އަހަރެން އިނީ ބެލްކަނީގައި އިން ދެމީހުންގެ ޖާގައިގެ އުނދޯލީގައި އިށީނދެލައިގެންނެވެ. އެކި އެކި ކުލަތަކުން މުޅި އުޑުމަތި ޖަރީކޮށްލާފައި ވީގޮތުން ބަލައި ފޫހިވާހާ ނުވެއެވެ.

” ދަރިފުޅާ….. ރޭގަނޑަށް ދެން ކޯއްޗެއް މަންމަ ކައްކަންވީ….؟” ބެލްކަނީގައި ދަމާފައި ހުރި ރޯނުގައި ހުރި އެއްޗެހިތައް ނަގަމުން މަންމަ ވާހަކަ ދެއްކިއެވެ.

” ޕާސްތާ ކޮޅެއް ހަދާނީ… އަހަރެން ހަދާލަފާނަން… މަންމަ އެކަމާ ކަންބޮޑުނުވޭ… ޖަނާވެސް ބުނި ކާން އަންނާނަމޭ….” އަހަރެން ބުނީމެވެ.

” މައްސަލައެއްނެތް… އެކަމަކު ދެން ތިތާ ނީންދެ އެތެރެއަށް ވަންނަން އުޅޭ… މިގަޑީގަ ތިތާ އިންދަ ޖިއްނިއެއް އަވަލަފާނެ…” މަންމަ އެތެރެއަށް ވަންނަމުން ބުނެލިއެވެ. އަހަރެންވެސް ހީލަމުން އެތެރެއަށް ވަދެ ބަދިގެ ފަރާތަށް ހިނގައިގަތީ ކައްކަން ބެނުންވާނެ އެއްޗެހި ތައްޔާރުކޮށްލުމަށެވެ.

ކަޓިން ބޯޑު ހިފައިގެން އައިސް މޭޒު ކައިރީގައި އިށީނދެ އެއްޗެހިތައް ކޮށަން ފެށިތަނާ ބެލް ޖެހިއަޑު އިވުނެވެ. މަންމަ ވެސް ފެންނަ ހިސާބުގައި ނެތުމުން ތެދުވެ އަތް ދޮވެލައިގެން އަހަރެން ތެދުވެ ދޮރު ހުޅުވުމަށްޓަކައި ހިނގައިގަތީ ޖަނާ އައީ ކަމަށް ހީކޮށެވެ.

ދޮރު ހުޅުވުމާއިއެކު ފެނުނީ މޫނުމައްޗަށް ވަރަށް ބޮޑަށް އަރިވާނެ ގޮތަށް ތާކިހަލެއް އަޅައިގެން ހުރި މީހެކެވެ. އެމީހާގެ އަތުގައި އޮތް ކައިވަތެއް ވަރުގެ ބޮޑުމިން ހުރި ފޮށި ފެނުމާއިއެކު ނަވީން މިއަދު ހަދިޔާއެއް ފޮނުވާނެ ކަމަށް ބުނެފައި އޮތް ކަން އަހަރެން ހަނދައިން ވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anaq

Level 210 Stories

Other Articles

Previous

ލޯބި-40

Next

އިންތިހާ ލޯބި ވެވޭތީ – ހަތަރުވަނަ ބައި (4)

Next
July 27, 2026

އިންތިހާ ލޯބި ވެވޭތީ – ހަތަރުވަނަ ބައި (4)

Previews
July 27, 2026

ލޯބި-40



All Right Reserved!