Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާ… 40

Anaq Level 210 Stories
July 24, 2026 4 Mins Read
1 Comment

ތިންވަނަ ފޮތި ޕިއްޒާ ކެއުމަށްޓަކައި ޒާނާ އަނގައާއި ކައިރިކޮށްލިއެވެ. ނަމަވެސް ޖެހެމުން ދިއަ ލުއި ވައިރޯޅިތަކުގެ ސަމާސާއިން ޒާނާގެ އިސްތަށިގަނޑު މޫނަސް ފޭބިއަ ނުދީ އެއްއަތުން ހިފަހައްޓަމުން އަނެއް އަތުން ޕިއްޒާ ފޮތި ކެވޭތޯ މަސައްކަތް ކުރަމުން ދިއަ މަންޒަރުގެ މައުސޫމުން އަހަރެންނަށް ހީލެވުނެވެ. މަންޒަރު ކިތަންމެ ހިތްގައިމު ވެފައި އަޅައިގަންނަ ގޮތެއް ހުއްޓަސް އެކަމުގެ ސަބަބުން ޒާނާއަށް އުނދަގު ވަމުން ދާތީ އަހަރެންގެ ހިތަކަށް އެމަންޒަރު ބަލާކަށް ކެތެއް ނުވިއެވެ. ގޮނޑި ދަމައިލަމުން ތެދުވެގެން އައިސް އަހަރެން ޒާނާގެ ފުރަގަހުގައި ހުއްޓިލީމެވެ..

*******

 

ފަޓުލޫނުގެ ޖީބަށް އަތްކޮށްޕައިލަމުން އަހަރެން ބޮލުގައި އައްސަން ގެންގުޅޭ ކަޅުކުލައިގެ ރަބަރު ނަގައި ޒާނާއާއި ގާތްވެލީމެވެ. ހުއްޓުން އަރާފައި އިން ޒާނާ އިސްތަށިގަނޑުގައި ހިފައި ފަހަތަށް އޮމާން ކޮށްލަ ދިނުމާއިއެކު އައްސައިލީމެވެ. އެހިނދު ހާމަވެގެން ދިއަ ޒާނާގެ ބުރަކަށްޓަށް އަހަރެންގެ ކަޅި ހުއްތުނެވެ. އިނގިލި ތަކުގެ ނުފުށުން އަހަރެންނަށް ޒާނާގެ ކޮނޑުމަތީގައި ފިރުމައިލެވުނީ ބޭއިޙްތިޔާރުގައެވެ. އެ ރީތި ކަމަށް އަހަރެންގެ ހިތް އަދިވެސް ހޭނޭކަށް ނުވޭ ހެއްޔެވެ؟ ފެންނަ ކޮންމެ ހިނދަކު އަދިވެސް އާޝޯޚް ވެފައި އަދިވެސް އަހަރެންގެ ކަޅި ދަތުރު ކުރަނީ އެ ހިތްގައިމު ކަމަށެވެ.

އެނބުރި ގޮސް ޒާނާގެ ކުރިމަތީގައި އަނެއްކައިވެސް އަހަރެން އިށީނީމެވެ. ބުނަން ނޭނގޭ ފަދަ އަސަރުތަކެއް އެދެލޮލުގައި ވީތަން އަހަރެންނަށް ފެނުނެވެ. ބަޔާން ކުރަން ނޭނގޭފަދަ ހުސްކަމަކުން ދިރުމެއްގެ އަސަރު ވެރިވީހެން ހީވިއެވެ.

އެރެއަށް އަލްވަދާޢު ކިޔުމުގެ ވަގުތު ޖެހުނު އިރު އަހަރެންގެ ހިތް އަދި ފުރެން ގާތްވެސް ނުވެއެވެ. އަދިވެސް ގިނަ ވަގުތު ޒާނާއާއިއެކު ހޭދަ ކުރުމަށް އަހަރެންގެ ކެތްތެރިކަމެއް ނެތް ހިތް އެދި ގޮވަމުން ދިއައެވެ.  ނަމަވެސް ޒާނާ ގެއަށް ގެންގޮސް ދިނުމަށްޓަކައި އަހަރެން ކާރަށް އެރީމެވެ. ވަގުތުތައް ފާއިތުވަމުންދާލެއް އަވަސް ކަމުން އަހަރެން ކާރުވެސް ދުއްވަމުން ދިއައީ އާއްމުކޮށް އަހަރެން ދުއްވާ ވަރަށް ވުރެން މާބޮޑަށްވެސް މަޑުންނެވެ. އެ ރީތި ވަގުތުކޮޅަށް ނިމުމެއް އަންނަން އަހަރެން ބޭނުން ނުވާތީއެވެ.

” ތެންކިއު……” މަޑުމަޑުން އަހަރެންނާއިވީ ފަރާތަށް އެނބުރިލަމުން ޒާނާ ބުނެލިއެވެ. އެ މޫނު މަތިން ވަރަށްވެސް ބޮޑަށް ހިތްހަމަ ޖެހިފައި އިންކަން ދޭހަވަމުން ދިއައެވެ.

“ޔުއާރ ވެލްކަމް…..” އަހަރެން އެދެލޮލުގެ ތެރެއަށް ފީނައިގަންނަން ބޭނުންވެފައި އިނދެ ބުނެލީމެވެ. ލުއި ހިނިތުންވުމެއް ދެމިހުން ދެމިހުންނަށް ބަދަލުކޮށްލެވުނެވެ. ބަސްބުނުމަކާއި ނުލައި އެތަކެއް ވާހަކަތަކެއް ދެލޮލުން ބަދަލުކުރެވެމުން ދިއައެވެ.

” ދާހިތެއް ނުވޭ…..” ޒާނާ މާނަފުން ގޮތަކަށް ބުނެލިއެވެ. ދެމާނައެއް އެކުލެވޭނެހެން ހީވާފަދަ ގޮތަކަށް ޒާނާ ބުނެލުމުން އަހަރެންނަށް ބަލައިލެވުނެވެ.

” ޒާނާ ބުނޭ މުޅި ރޭ އެއްކޮށްވެސް މިހެން ދުއްވާލަ ދުއްވާލަ އިނދެދާނަން…..” ލާނެތް ހިނިތުންވުމަކާއިއެކު ބުނެލި ކަމުގައިވިޔަސް އަހަރެން ބުނީ ހަމަ ތެދު ޙަޤީޤަތަށެވެ. ޒާނާއަށްޓަކައި ކޮށްދޭން އަހަރެންނަށް އެއީ އަދި ވަރަށް ކުޑަކަމެކެވެ. ބަސްބުނުމަކާއި ނުލައި އެތަކެއް ވާހަކަތަކެއް ދެލޮލުން ބަދަލުކުރެވެމުން ދިއައެވެ. ދުލުން ބުނުމަށް ނުކުޅެދިފައިވީ އެތަކެއް ވަޢުދުތަކަކަށް ދެލޮލުން އިޤުރާރުވަމުންދާ ކަހަލައެވެ. ދެހިތުގެ އަޑު އިއްވަމުން ދިޔައީ ދެލޮލުން ބަދަލު ކުރެވެމުން ދިޔަ ނަޒަރު ތަކުންނެވެ.

” ބިރެއް ނުގަނޭ….؟.” ކާރު ތެރެއަށް ވެރިވި ހަމަހިމޭންކަން ފޫއަޅުވައިލަމުން ޒާނާ އަހައިލިއެވެ.

” ކޮންކަމަކާ….؟” އަހަރެން އަހައިލީމެވެ.

” އަނެއްކައިވެސް ހިތް ކުދިކުދި ވެދާނެތީ…..” ޒާނާ ބުނެލިއެވެ. ހިންދިރުވައިލި ގޮތުން އެވާހަކަ ދައްކަން ޒާނާއަށްވެސް ވަކި ފަސޭހަ ނޫންކަން އެނގުނެވެ.

” ޒާނާއަށްޓަކައި… ޒާނާގެ އުފަލަށްޓަކައި… ކިތަންމެ ފަހަރަކުވެސް ހިތް ކުދިކުދި ކޮށްލަފާނަން……” އަހަރެން ބުނީމެވެ. ލަދުވެތިކަމުންނާއި އަމިއްލަ ނަފްސު ކުށްވެރިކަމުގެ ދާވަންޏަކަށް ލެވި މީހާގެ ޒަމީރު ބަނދެވުމުން ޒާނާ އިސްޖަހައިލިއެވެ. ނަމަވެސް އަހަރެން އެހެން ބުނީ ޒާނާ ލަދު ގަންނަވާކަށް ނޫނެވެ. ނުވަތަ ދެރަ ކުރާކަށް ވެސް ނޫނެވެ.  ޒާނާއަށްޓަކައި އަދިވެސް މިހުރީ ޤުރުބާންވާން ތައްޔާރަށްކަން ބުނެދިނުމަށެވެ.

” ލޯބިވަންޏާ ޤުރުބާންވާން އެނގެން ޖެހޭނެ… އެހެން ނޫނީ އެއަކަށް ނުކިޔާނެ ލޯތްބެކޭ… އެއީ އަހަރެން ޤަބޫލު ކުރާގޮތް… އަހަރެން އަދިވެސް ޒާނާ ދެކެ ލޯބިވޭ… ޒާނާއާއި ގުޅެން މިއުޅެނީ ޒާނާއަށް ގެއްލުމެއް އަދި ދެރައެއްވެސް ދޭކަށް ނޫން… އަދިވެސް ތިނޫން ނަމެއް މިހިތުގަ ނެތީމަ… ތި ނޫން މީހަކާއިއެކު އަހަރެންނަކަށް އަހަރެންގެ ހަޔާތް ވެއަތުއެއް ނުކުރެވޭނެ…. އެހެންވެ….. އަދިވެސް ކުރިއަށް އޮތް ހަތް އަހަރު ޒާނާގެ އިންތިޒާރުގަ ދުއްވާލަން ޖެހިއްޖެއްޔާ އެކަން ވެސް ކުރާނަން….” އަހަރެން ޒާނާގެ ކޮލުގައި އަތް ޖައްސައިލީމެވެ. ލޯބިވާވަރު ދުލުން ބަޔާންކޮށް ދިނީމެވެ. އެއީ ހަމައެކަނި ބުނި ބުނުމެއް ނޫނެވެ. އެއީ އަހަރެން ވީ ވަޢުދެކެވެ. އަހަރެންގެ ބަސްތަކުން ޒާނާ ހަމަޖެހުނެވެ. އަހަރެންނަށް އިތުބާރު ކުރިއެވެ.

މަގުތަކުގައި ހޭލަ މޭލަ ވަމުންދާ މީޙުން ވަކި މަދުވުމަކަށް ނާދެއެވެ. ދަންވި ދަންވިހެން ހީވަނީ ހޮރުހޮރުން ނިކުންނަ މީހުން ގިނަވަމުން ދާހެނެވެ. އަތުގުޅުވައިލައިގެން މާ ފުޅުވުމަށް ނިކުމެ އުޅޭ ލޯބި ވެރިންނާއި އާއިލާ އެއްކޮށް މަޖާކޮށްލުމަށް ނިކުމެ އުޅޭ ގްރޫޕްތަކެވެ. ހަމައެހެންމެ ފިހާރަތައް ލެއްޕުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ މީޙުންވެސް ވަކި މަދެއް ނޫނެވެ.. ޒާނާ އުޅޭ އިމާރާތުގެ ކުރިމައްޗަށް އަހަރެންގެ ކާރު މަޑުކޮށްލެވުނު އިރު އެގާރަޖަހަން ކައިރި ވަނީއެވެ. އަހަރެން ކާރުން ފައިބައިގެން ގޮސް ޒާނާ ފޭބުމަށްޓަކައި ކާރުގެ ދޮރު ހުޅުވައި ދިނީމެވެ. ލަދުރަކި ހިނިތުންވުމެއްގައި ހުރެ ޒާނާ މަޑުމަޑުން އަހަރެން ދިއްކޮށްލި އަތުގައި ހިފައި ކާރުން ފޭބިއެވެ. އެހާހިސާބަށް ޒާނާ ލާން އައިސްފައި އަހަރެން ބޭނުންވީ ޒާނާ އެޕާޓުމަންޓާއި ހަމައަށް  ގެންގޮސްދޭށެވެ. އެކަމުގެ ސަބަބުންވެސް އިތުރު ވަގުތު ކޮޅެއް ޒާނާއާއި އެކު ލިބޭނެތީއެވެ. ދެމީހުން ވެގެން ގޮސް ލިފްޓަށް އެރީމެވެ. ލިފްޓުގެ ދޮރު ލެއްޕުމާއިއެކު އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. ޒާނާގެ އަތަށް ދަމައިލުމާއިއެކު ގެނެސް އަހަރެންގެ އަތުގެ ތެރެއަށް ލީމެވެ. އަހަރެންގެ އެ ކުޑަ އަމަލުން ސިހިފައި

ޒާނާ އަހަރެންނަށް ބަލައިލިއެވެ.

” ވަކިވުމުގެ ކުރިން ހަދިޔާއެއް ނުދޭނަންތަ…؟” އަހަރެން ލާނެތް ވެލަމުން އަހައިލީމެވެ. ރަކިވެގެން ޒާނާ އަހަރެންގެ މޭގައި މޫނު ފޮރުވައިލިއެވެ.

” ތިވަރުވެސް ދެން މިފަހަރަށް އޯކޭ……” އަހަރެން އިތުރަށް ލާނެއް ވެލަމުން ބުނީމެވެ. ޒާނާގެ އުނަގަނޑުގައި ހިފައިގެން ހުރި އަތަށް ކުޑަކޮށް ބާރެއްލަމުން އަހަރެން ޒާނާގެ ގައިގާ ބައްދައިލީމެވެ.

” އޫމް…. ނަވީން އުޅޭ ގޮތެއް ދެން….” ޒާނާ އަހަރެންގެ މޭގައި އަތް އަޅައި ކޮށްޕައިލަމުން ބުނެލިއެވެ. އަހަރެންނަށް ކުޑަކޮށް ހީލެވުމާއިއެކު އަނެއްކައިވެސް ޒާނާގެ އަތުގައި ހިފައި ގެނެސް އަހަރެންގެ މޭގައި ޒާނާ ތަތްކޮށްލީމެވެ. މާނަ ފުން ނަޒަރަކުން އަހަރެން ޒާނާއަށް ބަލައިލީމެވެ. މިރެއަށް އަލްވަދާޢު ކިއުމުގެ ކުރިން އެންމެފަހު ފަހަރަށް ހިތް ފުރޭންދެން ބަލާލަން ބޭނުން ވީއެވެ. ނަމަވެސް އަހަރެންގެ ހިތަކީ ފުރޭނެ އެއްޗެއް ހެއްޔެވެ؟ އަނެއްކޮޅުން އެއީ އެހާ އަމިއްލަ އެދުންވެސް ބޮޑު އެއްޗެކެވެ.

ލިފްޓުގެ ދޮރު ހުޅުވުމާއިއެކު ޒާނާ އަހަރެންގެ އަތުން ވީއްލިގަނެގެން މަޑުމަޑުން ދުވެލާފައި ގޮސް އެޕާޓުމަންޓުގެ ކުރިމަތީގައި ހުއްޓުނެވެ. ފަސްއެނބުރި ބަލާލިއިރު އެ ތުންފަތުގައި ކުޅެލަ ކުޅެލައި ހުރި ލަދުރަކި ހިނިތުންވުމުން އަހަރެންގެ ހިތް ފިދާވާހާވިއެވެ.

” ގުޑް ނައިޓް….” ރޭގަނޑުގެ ސަލާމް އަހަރެން ކޮށްލީމެވެ. ހިތް ކިތަންމެ ބޭނުން ނުވި ކަމުގައި ވިޔަސް މިރެއަށް ވަކިވުމުގެ ވަގުތު ޖެހުނީއެވެ.

” ގުޑް ނައިޓް….” އިސްޖަހައިލަމުން ލަދުރަކި ގޮތަކަށް ޒާނާވެސް ބުނެލިއެވެ.

 

*********

ޗެޕްޓާ 15

ޒާނާ

 

އެއްއަތް ޖީބަށް ޖަހައިލައިގެން އެއްފައި މައްޗަށް ބުރަވެ ނަވީން ލިފްޓު ތެރޭގައި ހުރި ފިރިހެންވަންތަ ގޮތް ފެނުމުން އަހަރެންގެ ހިތް ވިރިގެން ފައިބަދާނެހެން ހީވިއެވެ. އެހެރަ ފިރިހެންވަންތަ ކަމުގެ ކުރިމަތީގައި އަހަރެންގެ ހަތިޔާރު ބަހައްޓަން މިރޭ ޖެހުނު ގޮތް ހިތަށް އަރާފައި އަހަރެންގެ ހިތު ވިންދު އަވަސްވާ ގޮތް ވިއެވެ.

އެތަކެއް ދުވަހަށް ފަހު “ލޯބި ކުރުމުގެ” ރާހަތެއް އަހަރެންނަނަށް މިރޭ ހާސިލްވިއެވެ. އަދި އެއީވެސް އަހަރެން އެންމެ ބޭނުންވާ އަހަރެން އެންމެ ލޯބިވާ އިންސާނާގެ ފުށުންނެވެ. އެއަތުގެ ތެރޭގައި އެހޭދަވީ މަދު ސިކުންތުކޮޅު ދެފިޔަ ލައިފައި ޖައްވުގައި އުދުހެވޭ ކަމުގެ އިހުސާސް ކުރެވިގެން ދިއައެވެ. މުޅި ކައުނުވެސް ހިތަކަށް ލިބުނު ފަދަ އިހުސާސް ތަކެއް ކުރެވިގެން ދިއައެވެ. ފަސްޖެހިފައި ހުރެވެސް އަހަރެން އިސްނެގި ގޮތުން ނަވީން އެއަމަލު ކުރިއަށް ގެންދިޔަ އޯގާވެރި އަދި އަހަރެންގެ ހިއްސުތަކުގައި އަލިފާން ރޯކުރުވާފަދަ ގޮތުން އަހަރެންގެ ހިތް ފަތަޙަ ކުރިއެވެ. ހިތް ކިހާ އެދިއެދި ހުރިކަމެއްކަން އަދި ހަޔާތުން މަދުވެފައިވީ ބައެއްކަން އަހަރެންނަށް އިހުސާސްވީ އެއަތުގެ ތެރޭގައި އެ ހޭދަވީ މަދު ސިކުންތުކޮޅުގައެވެ. ދުވަސްތަކެއް ވޭތުވެ ދިޔަ ކަމުގައި ވިޔަސް އަދިވެސް ނަވީން އަހަރެންގެ ކަންކަން ހަނދައިން ހުރި ގޮތުން އަހަރެން ޚުދު އަހަރެންވެސް ހައިރާން ވިއެވެ. އެ ރަހަޔަށް މިހާ ބޮޑަށް އަހަރެން ފެންބޮވައިގެންފައިވީކަންވެސް އަހަރެންނަށް އެނގުނީ މިރެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި ބައެއް ކަންކަމަށް އަހަރެންގެ ނަފްސު ހޭނި އިހުސާސްތައް ގަނޑުވެފައި ވީކަން ވެސް އަހަރެންނަށް އިހުސާސްވީ ނަވީންގެ އެ ހޫނު ބީހުންތަކުންނެވެ. މުޅިން އައު ދުނިޔެއެއް އަހަރެންނަށް ނަވީން އެ މަދު ހިނދުކޮޅުގައިވެސް ދައްކާލަ ދިނެވެ. އަހަރެންނަކީ އަދިވެސް ހިއްސުތައް ސަލާމަތުން ހުރި އަންހެނެއްކަން ސާބިތުކޮށްދިނެވެ. ބޭނުން ނޫނަސް އަދި ކުރަން ނުވާވަރުގެ ކަމަކަށް ވިޔަސް ރުހާމްއާއި ނަވީން އަޅައި ކިޔުނެވެ. މިއީ ދެމީހުންގެ ފަރަޤު އަޅައި ކިޔޭ ފުރަތަމަ ފަހަރަށް ނުވިއަސްމެއެވެ.

އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ރޭތަކުން ރެއަކަށް ހަމަ ގައިމުންވެސް މިރޭ ވާނެކަން އަހަރެންނަށް ޔަޤީނެވެ. ނަވީންއަކީ ލޯބިވާން އެނގޭ، ލޯބި ދޭން އެނގޭ، ލޯބި ހޯދަން އެނގޭ އަދި އުފާކޮށްދޭން އެނގޭ އިންސާނެކެވެ. އެކަން ދެވަނަ ފަހަރަށްވެސް ސާބިތުކޮށްދީފިއެވެ.

” ގުޑް ނައިޓް……” އަހަރެންވެސް ރޭގަނޑުގެ ސަލާމް ކުރުމަށްފަހު ރަކި ހިނިތުންވުމެއް ދެމުން އެޕާޓުމަންޓަށް ވަނީމެވެ. އޭރުވެސް އަހަރެންގެ އަހަރެންގެ ތުންފަތުގައިވީ ހިނިތުންވުން ފަނޑު ނުވެއެވެ.

” ދަރިފުޅާ……” ސޯފާގައި އިން މަންމައަށް އަހަރެން ފެނުމާއިއެކު އަހަރެންނަށް ގޮވައިލިއެވެ. ނަވީންގެ ހިޔާލުތަކުގައި ބަނދެވިފައި ހުރިވަރުން މަންމަ އެތާނގައި އިންކަންވެސް އަހަރެންނަށް ރެއަކާލީ ދެނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anaq

Level 210 Stories

Other Articles

Previous

ކެހިވެރި ލޯބި!

Next

ބަސް ނެތީކީއެއް ނޫނެވެ. ބަސްކޮށާރު މުއްސަނދި ނޫނިީއެވެ.

Next
July 24, 2026

ބަސް ނެތީކީއެއް ނޫނެވެ. ބަސްކޮށާރު މުއްސަނދި ނޫނިީއެވެ.

Previews
July 24, 2026

ކެހިވެރި ލޯބި!

One Comment

  1. Minha says:
    July 25, 2026 at 12:27 am

    I don’t think its good to promote this type of romance, especially when the new generation is reading this. Mihen hedhyma ekudhinnah nubai aadha thakeh dhasvaane. Islam dheenuga onna usoooluthakaa vrh bodah khilaafu vey maa bodah revealing cloth lumaa marriage kurin intimate vun. Mikahala mahsala thah hallu kohlun eii alhugandu ge vrh bodu edhumeh

Comments are closed.

Next Episodeގާތުގާ… 5←


All Right Reserved!