Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާ ފަސްވަނަ ބައި

aminath shiyaa Level 110 Stories
January 22, 2018 3 Mins Read
4 Comments

“މަންމާ ދެރަނުވޭ އިރާދަ ކުރެއްވިއްޔާ ބައްޕަ އަދި ރަންގަޅުވާނެ، ބައްޕައަށް އަވަސް ސިފާއެއް ދެއްވުން އެދި ﷲ ގެ އަޟްރަތުގަ ދުޢާދަންނަވަންވީ، އަޅުގަނޑު ވީ އެންމެ އަވަހަކަށް ބައްޕަ ބޭރައް ގެންގޮސް ފަރުވާ ހޯދޭނެ އިންތިޒާމެއް ހަމަޖައްސާނަން. ” މަންމަ އަށް ހިތްވަރު ދިނުމުގެ ގޮތުން ޔާން ބުނެލިއެވެ.

ދެލޯ ފޮހެލުމައްފަހު ޔާން މަޑު ހިނގުމެއްގަގޮސް ބައްޕަގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު ބައްޕަ އަށް ވަނީ ނިދިފައެވެ. ބައްޕަގެ ނިކަމެތިވެފައިވާ ހަށިގަނޑު ފެނުމުން ޔާން އިތުރައް ދެރަވިއެވެ. ޔާން އެންމެ ކުޑައިރު ހަދާން ހުންނަން ފެށީންސުރެ ބައްޕަ އަކީ ދުޅަހެޔޮސިއްހަތެއްގެ ވެރިއެކެވެ. މީހުންނާ ގުޅޭ ހީވާގި މަސައްކަތްތެރި މީހެކެވެ.

ޔާން ދެލޮލައް ޖަމާވެފައި ހުރި ކަރުމަތައް އަތުގެ ނުފުށުން ފޮހެލުމައްފަހު އެދުގެ ބޯލާ ކޮޅުގައި އިށީންދެ އިދެ މަޑުމަޑުން ބައްޕައައް ގޮވާލިއެވެ.

މުހުސިނުއަށް ހޭލެވުނީ ޔާން ދެފަހަރަކު ގޮވިފަހުންނެވެ. ލޯހުޅުވާލުމާއެކު ޔާން ކުރިމަތީގައި އިންތަން ފެނުމުން އެފަކީރުގެ ހިތައް ބަޔާން ކުރަން ދަތި އުފާވެރި އިހުސާސްތަކެއް ގެނުވާދިނެވެ.

“ދަރިފުޅާ، ބައްޕަގެ ޔާން ..ދަރިފުޅު  ތިޔައީ ބައްޕަގެ ކައިރިއައްތަ؟ ދަރިފުޅު ކިޔެވުން ނިމުނީތަ؟” މުހުސިނު ޔާންގެ ބޮލުގައި ލޯބިން ފިރުމާލަމުން އެހިއެވެ.

“ބައްޕާ އަޅުގަނޑު މިއައީ ބައްޕަ ބޭނުންވި ކަހަލަ މޮޅު ޑޮކްޓަރަކަށް ވެގެން، ބައްޕަ ދެރަނުވޭ އަދި ނުވިސްނާ ބައްޕަ ރަންގަޅު ކުރުމައް އަޅުގަނޑައް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން”. ޔާން ބައްޕަގެ ކޮޑުގައި ބޯއަޅައިގެން އޮވެ ވާހަކަ ދައްކަމުން ގެންދިޔައެވެ.

ދެބެފައިން އެތައްއިރެއް ވަންދެން ވާހަކަ ދައްކަން ތިއްބެވެ. ވާހަކަ މެދުކަނޑާލަން ޖެހުނީ ހުސްނާ އައިސް ޔާން ކައިރީ ފެންވަރާލައިގެން ކާން އައުމައް ބުނުމުންނެވެ.

ޔާންވެސް ވެފައި ހުރި ވަރުބަލިން އަދި އެހާމެ ބަނޑުހައި ވެފައި ހުރުމުން އަވަސްއަވަސް ކޮށްލައިގެން ކެއުމައްޓަކާ ކާގެއަށް އައިސް ވަނެވެ.

“މަންމާ ހާދަ ބައިވަރު ވައްތަރު ތަކެއް ހަދާލާފަ މިހުރީ” މޭޒުމައްޗައް ނަޒަރު ހިންގާލަމުން ޔާން ބުނެލިއެވެ.

“ދަރިފުޅު މިހާދުވަހައްފަހު އައުމުން މަންމަ ބޭނުން ވާނު ދަރިފުޅައް އެންމެ މީރު އެއްޗެހި ހަދާފައި ކާންދެން” ހުސްނާ ޔާންގެ ތައްޓައް ކާއެއްޗެހި  އަޅަމުން ބުނެލިއެވެ.

“މަންމާ ބައްޕަ އެއްޗެއް ކައިގެންތަ އެއޮތީ؟” ޔާން ބަތް ސަމްސާއެއް އަގަޔައް ލަމުން ބުނެލިއެވެ.

“ބައްޕަ ބުނި އިރުކޮޅަކުންނޭ ކާނީ އެހެންވެ މަންމަވެސް މަޑުކޮށްލައިގެން މިހުންނަނީ”

ކައި ނިންމާލުމައްފަހު ވަޒީފާގެ ކަންތައްތައް ހަމަޖެހިފައި އޮތް ގޮތެއް ބެލުމައްޓަކާ ހޮސްޕިޓަލްއަށް ގޮސްލާފައި އެބައަންނަމޭ ބުނެ ޔާން ބޭރައް ނުކުތެވެ.

އަދި ޖީބުން ފޯނުނަގާ ޔާންގެ އެންމެ ގާތް ރަހުމަތްތރިޔާ ކަމައްވާ ޒިދާންއަށް ގުޅާލިއެވެ.

“ހަލޯ ޒިދް ކޮންތާކު ތިއުޅެނީ” ޒިދާން އެކޮޅުން ފޯނު ނެގުމާއެކު ޔާން ވާހަކަ ދައްކަން ފެށިއެވެ.

“އޭ ޔާން ބަޑީތަ؟، ކޮންއިރަކު މިކޮޅައްއައީ؟”ޒިދާންއަށް ޔާންގެ އަޑު ފޯނުން އިވުމުން އުފަލުންގޮސް އަހާލެވުނެވެ.

“ހަމަ މިޔަދު މިއައީ، އޭ ޒިދް އާދެބަ މިގޭދޮށައް ޔާން އެއްކޮށް ހޮސްޕިޓަލް އަށް ގޮސްލަން”

“އޯކޭ މިދަނީ ޖަސްޓް ފައިވް މިނެޓުސް”، ޒިދާން މިހެން ބުނުމައްފަހު ފޯނު ކަނޑާލިއެވެ.

މާގިނައިރު ތަކެއްނުވެ ރަތް ކުލައިގެ ޕަލްސާއެއްގައި ޔާންގެ ކުރިމައްޗައް މަޑުއެކޮށްލީ ޒިދާންނޫން ދެވަނަ އެހެން މީހެއްނޫނެވެ.

ދެއެކުވެރިން އެހާގިނަދުވަހައް ފަހު ދިމާވުމުން ސަލާމްކޮށްލިއެވެ. އަދި މާލަސް ނުވަނީސް ހޮސްޕިޓަލްއައް ދިއުމައްޓަކާ މިސްރާބް ޖެހިއެވެ.

ހޮސްޕިޓަލްގެ ޕާކިން ޒޯންނުގައި ސައިކަލް ޕާކްކޮށްލުމައްފަހު ދެއެކުވެރިން ހޮސްޕިޓަލް އެތެރެއަށް ވަނެވެ. ހޮސްޕިޓަލް އައް ވަނުމާއެކު އެންމެ ފުރަތަމަ ވެސް ފެނިގެން ދިޔައީ ތިން އަންހެން ކުދިން މަޑުކޮށްލައިގެން ހުރި ރިޝެޕްޝަން ކައުންޓަރެވެ. އެތަނުން އެއް ކުއްޖަކު ޒިދާން ފެނުމާއެކީ ހިނިއައިސްފައި ކައިރިއަށް އައެވެ. އަދި ޒިދާންގެ ކޮޑުގައި ޖަހާލާފައި ވަރަށް ސިއްރު ސިއްރުން ޔާންއަކީ ކާކުހޭ އަހާލިއެވެ. ޒިދާން ހިނިގަނޑެއް ޖަހާލުމާއެކު އަތުގެ އިޝާރާތުން މަޑުކޮށްލުމައްބުނެ ޔާން ތައާރަފު ކޮށްދިނެވެ.

” މީ ޒިދްގެ ބެސްޓް ފުރެންޑް ޔާން އެގޭ” ޒިދާން ޔާން އައް އިޝާރާތް ކޮށްލަމުން ބުނެލިއެވެ.

“ހައެ ޔާން ، ނައިސްޓް މީޓް ޔޫ، މީ ނިޝާއެގޭ” ނިޝާ ސަލާމްކުރުމައްޓަކާ ޔާންއަށް އަތްދިއްކޮއްލިއެވެ. ޔާންވެސް ހިނިތުން ވެލުމާއެކު ނިޝާއާ ސަލާމް ކޮށްލިއެވެ.

އަދި ހޮސްޕިޓަލްގެ ސީ.އީ.އޯ ކޮޓަރި ދެއްކުމައް ނިޝާކައިރީ ބުނެލިއެވެ. އެހެންކަމުން ދެޒުވާނުން ގޮވައިގެން ގޮސް ސީ.އީ.އޯ ކޮޓަރީގެ ދޮރުމަތީގައި ނިޝާމަޑުކޮށްލިއެވެ.

“ޔާން ވަދެފައި ނުކުންނަންދެން އަހަރެން މިތާ ނިޝާކައިރީ މަޑުކޮށްލާނަން” ޒިދާން މިހެންބުނުމުން ކޮޓަރީގައި ޓަކި ޖަހާލުމައްފަހު އެތެރެއިން ވަނުމުގެ އިޒުނަ ލިބުމުން ޔާން އެތެރައަށް ވަނެވެ.

“އޭ ޒިދް، އެޅެ ހާދަ ރީދި ބިޓެކޭ އެއީ ، ހުވާ މިބުނީ އެހެރަ ފިރިހެން ވަންތަކަމެއް، ވާއް” ނިޝާ ޔާން ދިޔަ ދިމާ ބަލަން އިދެ ބުނެލިއެވެ.

“ދެން ތިބުނީ އަހަރެން ޖަހަނީ ރަޑެއްވައްތަރޭތަ؟” ޒިދާން އަގަޔައް ވައްތަރެއް ޖައްސާލުމައްފަހު ބުނެލިއެވެ.

“ނޫނޭ އެހެން ނުބުނަމެއްނު، އެކަމް ބުނަން ޒިދްގެ ބެސްޓީ ވަރައް ރީތި އެގޭ ، އެހެރަ ހިނިތުން ވުމެއް، އެއީ މިރަށު ކުއްޖެއްތަ؟ ކީކުރަން ސީ.އީ.އޯ  ބައްދަލުކުރަން އެއައީ؟” ނިޝާ ބޭނުންވީ ޔާން އާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށެވެ.

“ޔާން ކިޔަވާ ނިންމާ ލުމައްފަހު މިޔަދު އެއައީ، މިރަށު ކުއްޖެއް، ވަރަށް އަވަހައް މިތަނުން ޑޮކްޓަރެއްގެ މަގާމުގައި ފެންނާނެ”. ޒިދާން ނިޝާގެ މޫނައް ބަލަން އިނުމައްފަހު ބުނެލިއެވެ.

“އަސްލުވެސްތަ، ވާއް ! ދެން ހޭންޑްސަމްގެ މޫނު ކޮންމެ ދުވަހަކުވެސް ފެނުމުގެ ފުރުސަތުލިބޭނެ ދޯ..” މިހެންބުނެ ނިޝާ ހިނިގަނޑެއް ޖަހާލިއެވެ.

ބައި ގަޑިއިރެއްހާއިރު ޔާން އެތެރޭގައި އުޅެފައި ނުކުތެވެ. ޔާން ފެނުމުން ޒިދާން އަދި ނިޝާވެސް ޔާން ކައިރިއައް އައިސް މަޑުކޮށްލިއެވެ. އަދި ކަންތައްތައް ދިއައީ ކިހިނެއްތޯ އަހާލިއެވެ.

“އިރާދަ ކުރެއްވިއްޔާ ވަރަށް ރަންގަޅައް ހުރިހާ ކަމެއްވެސް ދިޔައީ، ބުނީ ވަރައް ޑޮކްޓަރުން މަދު ދުވަސް ކޮޅެއްގަ އޯ ޔާން ތިއައީ، އެހެން ކަމުން ވަޒީފާ ވަރަށް އަވަހައް ހަމަޖެހިއްޖެ. ބުނި  މާލެއިން ލިޔުން ފޮނުވި ހާ އަވަހަކަށް ގުޅާނަމޯ ޑިއުޓީއަށް ނުކުންނަން” ޔާން ވަރަށް ހިނިއައިސްފައި ހުރެ ބުނެލިއެވެ.

“މަރުޙަބާ” ނިޝާ ޔާން ދިމާލައް ބަލާލަމުން ބުނެލިއެވެ.

ނިޝާއަށް ޝުކުރުއަދާ ކުރުމައްފަހު ދެ އެކުވެރިން ހޮސްޕިޓަލް އިން ނުކުމެ ގެއާ ވީދިމާލައް މިސްރާބް ޖެހިއެވެ.

 

 

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

aminath shiyaa

Level 110 Stories

Other Articles

Previous

ބީނިޝް… 07

Next

މިލަ ހަނދުވަރު

Next
January 22, 2018

މިލަ ހަނދުވަރު

Previews
January 22, 2018

ބީނިޝް… 07

4 Comments!

  1. Pinky shifoo says:
    January 22, 2018 at 8:35 am

    Hii shiyaa ?.. Story varah reethi bt maa kuru.. Please dhigukoh genesdhehchey ingey ☺️☺️.. Waiting for next part..

  2. aminath shiyaa says:
    January 22, 2018 at 9:13 am

    Pinky shifoo…. v try kuraanan dhen faharakun dhigukohlan… thank you so much for the feedback

  3. Marie says:
    January 22, 2018 at 9:57 am

    <3 Varahhh reeethi

  4. Misha says:
    March 26, 2018 at 3:42 pm

    Salhi

Comments are closed.

Next Episodeއިންތިހާ-6←


All Right Reserved!