Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާ ހަތަރު ވަނަ ބައި

aminath shiyaa Level 110 Stories
January 18, 2018 3 Mins Read
8 Comments

ހުސްނާއަށް ލޯބިވާ ދަރިފުޅުގެ ވާހަކަތައް އަޑުއިވުމައްފަހު ލޮލުން ކަރުނަތައް އޮހިގެންދިޔައެވެ. އެހިތައް ކެއްކުރަން އުދަގޫވީއެވެ. މަންމަގެ މަޑު ގިސްލުމުގެ އަޑު ފޯނުން އިވުމުން ޔާން އިތުރަށް ހާސްވިއެވެ.

“މަންމާ އެއްފަހަރުވެސް ބުނެބަ ވެގެން އުޅޭގޮތެއް، މަންމަ ތިހެން ރޮންޔާ އަޅުގަނޑު ކިހާ ހާސްވާނެ.”  ޔާން އަށް މަންމަ ރޯ އަޑު އަހަން ހުންނާކަށް ކެތެއްނުވިއެވެ.

“ދަރިފުޅާ މަންމަ ދައްކަން ބޭނުން މިވާވާހަކަތައް ފޯނުން ކިޔާދިނުމެއް އެހާ ރަންގަޅެއް ނުވާނެ. އަހަންމަދުބެގެ ބޯޓް މިޔަދު ރަށައް އައްނަން ފުރާނެ، ދަރިފުޅު އޭގެން ރަށައް އައްނަން ތައްޔާރުވޭ”  ހުސްނާ އޭނަ ބޭނުން ވާ ކަންތަކުގެ ވާހަކަ ޔާން ކައިރީ ބުނެލިއެވެ.

“އެންމެ ރަންގަޅު މަންމާ ، އެހެންވީމަ އަޅުގަނޑު މިއުޅެނީ ދަތުރު ކަންތަކާ” މަންމަގެ އެންގުމައް އިހުތިރާމް ކުރުމުގެ ގޮތުން ޔާން މިހެންބުނެފައި ފޯނު ބޭވިއެވެ. އަދި ބޯޓުގެ ކައްޕި ކަމައްވާ އަހަންމަދު ބެއާ ގުޅާ ދަތުރުގެ ކަންތައްތައް ހަމަޖައްސާލިއެވެ. އަހަންމަދު ބެއަކީ ޔާން އާއިލާގެ ވަރައް ދުވަސްވީ ރައްޓެއްސެއްކަމުން ދަތުރުގެ ކަންތައްތައް ހަމަޖައްސާލުން ވީ ވަރައް ފަސޭހަކަމަކަށެވެ. އަދި މަގުމަތިން ހުސް ޓެކްސީއަކަށް އަރާ ބޯޓް އޮންނަ ތަން ބުނެލިއެވެ. އަދި ނޯތް ހާބަރ އަށް ކާރިކޮށްކުމައްފަހު ޔާން ޓެކްސީއިން ފޮށިތައް ހިފައިގެން ފޭބުމައްފަހު ޔާންގެ އުފަން ރައްކަމުގައިވާ ށ.ފުނަދޫއަށް ދިއުމައްޓަކާ އެ ރަށުގެ ބޯޓްއެއް ކަމުގައިވާ ސޯސަންމާ ބޯޓްއަށް އެރިއެވެ.

*********************************************

“ދަރިފުޅާ ޝާޔާ މިހާރު އެއޮއް އަސުރު ނަމާދު ވަގުތުވެސް ވާއިތުވީ ، ދެންވެސް ތިހެން ނޯވެ މަޤްރިބް ނަމާދައް ގޮވަންވާއިރައް ފެންވަރާލައި ހަދައިލަން ތެދުވެބަލަ”ޝާޔާއަށް ހޭލެވުނީ ނަސީމާ އައިސް ދެފަހަރަކު ގޮވިފަހުންނެވެ.

ނަސީމާ މިހެންބުނެފައި ޝާޔާކޮޓަރިން ނުކުމެގެން ދިޔައެވެ. ޝާޔާ ތެދުވެ މޯޅިއަކަށް ދެމެލުމައްފަހު ފޯނުނަގައި ތިޔާއަށް ގުޅާލިއެވެ.

“ހެލޯ ބެސްޓީ ކީއްކުރަނީ” ނިދި އަޑަކުން ޝާޔާބުނެލިއެވެ.

“ޝާޔާ އަދިވެސް ނިދަނީ ދޯ، އެބަދަން ތިގެއަށް މަންމަ އެބަހުރި ޝާޔާއަށް ދޭށޭ ކިޔާފަ ހަވާދުލީބިސް ކޮޅެއް ދީފަ” ތިޔާ ބުނެލިއެވެ.

“އަސްލުތަ؟ އަޅެ މަރީނައްތަވެސް ހާދަ ރަންގަޅޭ ،އަދި މިއުޅެނީ ތިގެއަށްވެސް ނުދެވި ، ދާނަން މާދަމާ ހަމަޖެހިލައިގެން. އޭ އަދި ތިއެއް ނޫނޭ އެއާޕޯޓްއިން ދިމާވިނު މީހެއްދޯ، ކޮންނަމެއްތަ އޭރު އޭނަ އެބުނީ” ޝާޔާ ވަރަށް ޝައުގުވެރިކަމާ އެކު އަހާލިއެވެ.

“އައްދެ މިހާރު ކިހިނެއްވީ، އަނެއްކާ އޭނައަށް ހިތްކީތަ؟” ތިޔާ ދިމާކޮށްލާ ރާގަކަށް ބުނެލިއެވެ.

“ހޫން އެއްކަލަ ތިޔާ އެއްޗެއް އަހާލެވެން ވެސް ނޯނާނެ، އޯކޭ ބާއި ޝާ މިދަނީ ނަމާދު ކޮށްލަން ތިޔާ އާދޭ ފުރީވީމަ” ޝާޔާ މިހެންބުނުމައްފަހު ފޯނުކޯލް މެދުކަނޑާލިއެވެ.

ށ.ފުނަދޫގެ ބަދަރައް ބޯޓް ކައިރިކޮށްލުމައްފަހު ޔާން ފޮށިހިފައިގެން ބޯޓުން ފޭބިއެވެ. ޔާން މެންގެ ގެއަކީ ބަދަރާ މާ ދުރުނޫން ގެ އަކަށް ވުމުން ކާރުއެއްގަ ދިއުމުގެ ބަދަލުގަ ޔާން ދިޔައީ ހިނގާލާފައެވެ. ގޭގެ ދޮރު މައްޗައް ހުއްޓިލިމައްފަހު މަޑު މަޑުން ދޮރާށި ހުޅުވާލިއެވެ. އަދި އެތެއަށް ވަދެ ސަލާމް ގޮވާލިއެވެ.

އިސްތިރި ކުރަން ހުރި ހުސްނާއަށް ޔާންގެ ސަލާމްގެ އަޑު އިވުމުން އަވަހައް ނުކުތެވެ. މަޔަކައް ދަރިއެއްގެ އަޑު ނޯޅޭނެ ކަން ހަމަޔަގީނެވެ. ހުސްނާއަށް އެއް އަތުން ފޮށި ހިފައިގެން ހުރި ޔާން ފެނުމުން ކަރުނުން ފޯވެފައިވާ ދެލޯފޮހެލުމައްފަހު އުފަލުން ގޮސް ޔާންގެ އަތުގައި ހިފާ ބޮސްދިނެވެ. އަދި ވަރަށްލޯބިން ޔާން އަތުގައި ހިފައިގެން ގޮސް އެ ގޭގެ ބޮޑު އަބުގަސްދޮށު ފުރަގަހުގައި ހިޔާވާގޮތައް ހަދާފައި ހުރި ޖޯލިފަތީގައި އިށީނިއެވެ.

“މަންމާ ދެންވެސް ބުނެބަ ވެގެން އުޅޭގޮތެއް؟ އަޅުގަނޑު މިހުންނަނީ ވާނުވާއެއްނޭގި ވަރަށް ބޮޑު ހާސްކަމެއްކަ ތެރޭގަ” ޔާން ހާސްކަންމަތީ އިދެ މަންމަގެ މޫނައް ނަޒަރު ހިންގާލަމުން ބުންޏެވެ.

” ދަރި ފުޅު ކިޔަވަން ބޭރައްދިއުމައްފަހު ބައްޕަ މަސައްކަތް ކުރަމުން ދިޔައީ ބައްޕަގެ ގާތް ރަހުމަތްތެރިއެއް ކަމުގައިވާ ޔޫނުސް އެއްކޮށް ކޮންސްޓޮރެކްޝަން މަސައްކަތް ، އެގޮތުން ލިބުން ޕްރޮޖެކްޓެއް ދިހަ ބުރީގެ ހިމާރާތެއް ހެދުމައް ، މަސައްކަތް ފެށިތާ ހަފުތާއެއްފަހުން ބައްޕަ އެއިމާރާތުގެ މަސައްކަތުގައި އުޅެމުން ދަނިކޮށް ކައްސާލައިގެން ވެއްޓި އުނަގަނޑުން ތިރި އެއްކޮށް ޕެރަލައިޒްވީ، އޭގެ ފަހުން އަތްމަތި އެއްކޮށް ހުސްވުމުން ގޭގެ ކުލިދައްކައިގެން މާލެގަ ނޫޅެވޭނެތީ ރަށައް ބަދަލުވީ، ދަރިފުޅު ކިޔަވާ ނުނިމެނީސް މިވާހަކަތައް ނުބުނުމައް ބައްޕަ ވަނީ މަންމަ އައް އަންގާފަ، ބައްޕަ ބުނި ބައްޕަ ގެ އެންމެ ބޮޑު ހުވަފެނަކީ ދަރިފުޅު މޮޅު ޑޮކްޓަރ އަކަށް ވެގެން ބައްޕަ ކައިރިއަށް އަންނާނެ ދުވަހެކޭ. އެހެންވެ މަންމަ މިވާހަކަ ނުބުނީ. ދަރިފުޅާ މަންމަ މިވާހަކަތައް ކިޔާދިނަސް ބައްޕަ ކުރިމަތީގައި ރޮއެ ނުހަދާތި”. ހުސްނާ ވަރަށް ހިއްވަރާއެކު ޔާންއަށް ކަންތައް ދިމާވި ގޮތުގެ ވާހަކަ ކިޔާދިނެވެ.

މަންމަގެ ވާހަކަތައް ކިޔާދީނިމުންއިރު ޔާންގެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއް ނެތި ކޯތާފަތް ތެންމަމުން ދިޔައެވެ. އެހިތައް ކެއްކުރަން އުދަގޫވީއެވެ. މިހާދުވަހު ބައްޕަ އެހާލުގައި އުޅެފާނެ ކަމައް ޔާން ހުވަފެނުންވެސް ނުދެކެއެވެ. ހުސްނާގެ ހާލަކީވެސް މިއެވެ. ލޯބިވާ ފިރިމީހާއަށް ދިމާވި ކުއްލި ހާދިސާގެ ސަބަބުން އެފަކީރުގެ ހިތައްވެސް ވަނީ ބަޔާން ކުރަން ދަތި ހިތްދަތި ކަމެއްލިބިފައެވެ.

“މަންމާ ދެރަނުވޭ އިރާދަ ކުރެއްވިއްޔާ ބައްޕަ އަދި ރަންގަޅުވާނެ، ބައްޕައަށް އަވަސް ސިފާއެއް ދެއްވުން އެދި ﷲ ގެ އަޟްރަތުގަ ދުޢާދަންނަވަންވީ، އަޅުގަނޑު ވީ އެންމެ އަވަހަކަށް ބައްޕަ ބޭރައް ގެންގޮސް ފަރުވާ ހޯދޭނެ އިންތިޒާމެއް ހަމަޖައްސާނަން. ” މަންމަ އަށް ހިތްވަރު ދިނުމުގެ ގޮތުން ޔާން ބުނެލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

aminath shiyaa

Level 110 Stories

Other Articles

Previous

ބީވެ ހަޔާތުން

Next

ބޭނުމޭ އިޝްގާ

Next
January 18, 2018

ބޭނުމޭ އިޝްގާ

Previews
January 18, 2018

ބީވެ ހަޔާތުން

8 Comments!

  1. im says:
    January 18, 2018 at 2:53 pm

    Yey me first
    Vara salhi
    When is next part

  2. aminath shiyaa says:
    January 18, 2018 at 3:38 pm

    Thank you for reading my story… inshaa allah vaahaka ige anneh baives varah avahah up kohdheynan

  3. Naishaa says:
    January 18, 2018 at 3:45 pm

    Wow v reethi…waiting for next part

  4. Inaa says:
    January 18, 2018 at 3:52 pm

    V sad gotheh dhw mivee when is next part

  5. Mary says:
    January 18, 2018 at 4:06 pm

    Haadha reechey

  6. Aasha Aiminath says:
    January 18, 2018 at 4:23 pm

    v reethi <3

  7. Laishaa Naes says:
    January 18, 2018 at 4:26 pm

    varah reethi mibaives

  8. Misha says:
    March 26, 2018 at 11:15 am

    V reethi..keep going.!!

Comments are closed.

Next Episodeއިންތިހާ ފަސްވަނަ ބައި←


All Right Reserved!