Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަގުދީރު 3

ailessh Level 1
July 4, 2023 12 Mins Read
3 Comments

ބުނުމުން އައްޗީޑިއޭ ކިޔައި ދުރަށް ޖެހިލައި ކުރަތްޕައް އިޝާރަތް ކޮށްލީމެވެ.

“އެ ދެކެ ބިރުން ތި އުޅެނީ. ހައްހައް.” ނުލަފާ ވައްތަރަކަށް ހެމުން ސާރިމް ބުނެލިއެވެ.

“ދޮންބެ ކަމަކީ އަބަދު ރީން އާއި ދިމާކުރުން ދޯ.” ކުނި ކަހަން ހުރި ޝަނާޔާ ހިނިގަނޑު ޖަހާލުމުން އައެވެ.

“ނުބެހޭނެތަ.؟ އެ ކުރަފި ދެކެ ބިރުންނޭ އެއުޅެނީ. އެ ކުރަފި ދެކެ ބިރު ގަންނަންޏާ ކިހިނެއް ދުނިޔެއާއި ކުރިމަތިލާނީ.” ސާރިމް ހިނިގަނޑު ހުއްޓާކަށް ނޫޅެއެވެ.

ޝަނާޔާ އެހެން ބުނުމުން އެއްޗެކޭ ނުބުނެ ގޮސް އެ ކުރަފި މަރާލިއެވެ. އަހަރެންނަށް ދުނިޔެއާ ކުރިމަތިލާން ނުކެރެންވީ ކީއްވެ ހެއްޔެވެ.؟ އަހަރެން ބިރުގަތީ ކުރަތްޕެއް ދެކެއެވެ. ދުނިޔެ ދެކެއެއް ނޫނެވެ. އަހަރެންނަށް އޭނާ ކުރި މަލާމަތް ނެގުނީ ވަރަށް ފުންކޮށެވެ.

ލޮލުން ކަރުނަ އަންނަން ފެށީ ބޭއިޚްތިޔާރުގައެވެ. އެވަގުތު ބައްޕަ މަތިންވެސް ހަނދާންވީއެވެ. އަހަރެންނަށް ކުރަތްޕެއް ފެނުމުން ބައްޕަ ވަގުތުން މަރާލާނެއެވެ. ބައެއްފަހަރު ކަމެއް ނުކުރާނެ ކަމަށް ބުނެ ނަސޭހަތްދޭނެއެވެ. އެންމެނަށް މިއީ ޖޯކަކަށް ވެދާނެއެވެ. ދައްކަނީ ކުޑަ ކުޑަ ކުރަތްޕެއްގެ ވާހަކައެވެ. ނަމަވެސް އެއީ އެތައް ހަނދާންތަކެއް ގުޅިފައިވި ސޫތްޕެކެވެ.

“އަނހާ މިހާރު ރޯން އެޔޮަށް ފެށީ.. ޝަނާޔާވެސް ގެންގުޅެންވާނެ މިކަހަލަ ރައްޓެހިން. މަހިތަށް އަރާ މީނަ ބައްޕަ ދަސްކޮށްދިނީ ކޯންޗެއް ބާއޭ.” ސާރިމް އަހަރެންގެ ބައްޕަގެ ނަން އެތަނަށް ގެނައުމުން ހިތަށް އަސަރުކުރިއެވެ.

“އަހަރެންގެ ބައްޕަ އާއި ބެހޭކަށް ނުޖެހޭނެ” އަހަރެން އިނގިލި ދިމާ ކޮށްލުމަށްފަހު އެހެން ބުނުމަށްފަހުން އެތަނުންދިޔާމެވެ. އަޖައިބެއް ނުވާނެހެއްޔެވެ؟ ކުޑަ ކުޑަ ސޫތްޕެއް ބަދަލުވީ ބޮޑު މައްސަލަ އަކަށެވެ.

“ރީން،… ރީން…” އަހަރެންގެ ފަހަތުން ދުވަމުން އައިސް ޝަނާޔާ އަހަރެން ހުއްޓުވިއެވެ.

“އާދެބަލަ” އޭނާ އަހަރެންގެ ކޮނޑުގައި ހިފާގެން ގޮސް އޭނާ ކޮޓަރި އެނދުމަތީ ބޭންޖިއެވެ.

“ދޮންބެ ކިޔާ އެއްޗިސަށް އަޅާ ނުލާބަލަ…” ޝަނާޔާ އެހެން ބުންޏަސް އަޅާ ނުލައެއް ނުހުރެވޭނެއެވެ. އަހަރެންގެ މައިންބަފައިންނާ ބެހުމަކީ އަހަރެންނަށް އެއްގޮތަކަށްވެސް ބަލައިގަނެވޭނެފަދަ އަމަލެއް ނޫނެވެ.

“މިތާ އޮށޯވެ ނިދާލަބަލަ.” އެނދުމަތީ ހުރި ހެނދުންތައް ނަގަމުން ޝަނާޔާ ބުނެލިއެވެ. އަހަރެންވެސް އެހެން ބުނުމުން ދެކޮޅު ހެދުމެއް ނެތި ނިދާލީމެވެ.

ހޭލެވުނީ 2 ޖެހިފަހުން ޝަނާޔާ ގޮވީމައެވެ. އަވަސްކޮށް ފާހަނާއަށް ވަނެ ފެންވެރުމަށް އޭނާ ބުންޏެވެ. އެހެން ބުނުމުން އަހަރެން ފެންވަރައިގެން ނިކުތީމެވެ.

“މި ލިބާސް ލާބަލަ.” އަހަރެންހުރީ އެތެރެއިންލީ ޓޮޕް ކޮޅާއެކީއެވެ. ޝަނާޔާ ލިބާސްދިނުމުން އަހަރެން ލިބާސްލީމެވެ.

އެއަށްފަހު ޝަނާޔާގެ ކޮޓަރީ ހުރި ޑްރެސިން ޓޭބަލް ކުރިމަތީ އިން ގޮނޑީ އިށީނީ ޝަނާޔާ ކުރު ނުކޮށް އެކަން ކުރަން ބުނުމުންނެވެ. އަހަރެންނަކީ މޭކަޕާ ވަރަށް ބީރައްޓެހި މީހެއް ނަމަވެސް އަދު އެކަން ކުރަން ނިންމީ ޝަނާޔާ އެދުމުންނެވެ.

އިރުކޮޅެއްފަހުން ސާރިމް އެތަނަށް އައެވެ. ދޮރު ހުރީ ހުޅުވިފައިކަމުން ޝަނާޔާއަށް އެކަން ރޭކައެއް ނުލައެވެ. އަހަރެން އިނީ ލޯގަނޑު ކުރިމަތީއެވެ. ވަރަށް ރީތިކޮށް ސާރިމްވަތްތަން އަހަންނަށް ފެނުނެވެ. އެންމެ ބޮޑަށް ހައިރާންވީ މޭކަޕް ކުރުމުގައި މަސްއޫލްވެ ހުރި ޝަނާޔާއަށް އެކަން ނޭނގުމުންނެވެ. ސާރިމް އަހަރެންނާ ދިމާ ބަލަން ހުރިތަން ފެނުމުން ވަރަށް އުދަނގޫވިއެވެ. އޭނާގެ ނަޒަރު އެހެންތަނަކަށް ނުދާކަން އަހަރެންނަށް އޭނާ ލޯގަނޑަށް ބަލަން އިން ގޮތުން އިނގެއެވެ.

ތިރީސްމިނެޓް ތެރޭ އަހަރެންގެ މޭކަޕް ކޮށް ނިމުނެމެވެ.

“ދޮންބެ ދެލޯ ކާއްޓަކަށް ހަދައިގެން ލޯގަނޑަށް ގެއްލިފަ ތީނީ ކީއްވެ.؟ ނުފެންނާތީއެއް ނޫނޭ އެއްޗެކޭ ނުބުނީ.” ޝަނާޔާ އެހެން ބުނުމުން އިސް ޖަހައިލެވުނީ ލަދު ގަތީމައެވެ. ލަދު ގަންނާކަށް ނުޖެހެއެވެ. ސާރިމްއަކީ އަހަރެން ނަފްރަތު ކުރާމީހެކެވެ. އަހަރެންގެ ދުޝްމަނެކެވެ.

“އަނެއް.. އަމް… ޝާޔަލް އާދޭތަ؟” ސާރިމް ހީވީ ބުނާނެ އެއްޗެއް ނޭނގިގެން އުޅުނުހެންނެވެ.

“ޝާޔަލް އަންނާނޭ.. އެކަމް ދޮންބެ ބުނީމެއްނު ޝާޔަލްއަކާއި މެރީ އެއް ނުކުރާނަމޭ..” ޝަނާޔާ ބުނެލިއެވެ.

“އޯހް.” އެހެން ކިޔައި ސާރިމް ނިކުތެވެ. މި ހަރަކާތެއް އޭނާގެ އުޅުމަކާއި ނުގުޅެއެވެ. އޭނާގެ ސްޓައިލް އާއި މުލިން ނުބައްދަލެވެ. އަހަރެން ބޭރަށް ނިކުތީ ސަމީރައްތަމެނަށް އަތް ގާތްކޮަށްލަދޭށެވެ. އޭރު ސަމީރައްތަ ބަދިގޭގައި އުޅެއެވެ.

“ދައްތަ ދާންވީނު ތައްޔާރުވާން. އަހަރެން ތިހުރިހާ ކަމެއް ކޮށްލާނަން.” ތަށިތަށްޓަށް ކާއެއްޗެހި އަޅަމުން ދިޔަ ސަމީރައްތަ ހުރީ ތައްޔާރު ނުވެއެވެ. އަހަރެން އެހެން ބުނުމުން އިތުރު ބަހަނާއެއް ނުދައްކާ ސަމީރައްތަ ދިޔައެވެ.

“ސަމްރީން.” ކަންފަތުގައި ޖެހުނީ ސާރިމަގެ އަޑެވެ. އަހަރެން އަޑު އިވޭކަމަށް ނުހެދީ ގަސްތުގައެވެ. ބަދިގެ ދޮރު ކައިރީ ހުރި ސާރިމް އަހަރެން ކައިރިއަށްއައެވެ.

“ސަމްރީން.” އަނެއްކާވެސް އޭނާ ގޮވާލިއެވެ. އަހަރެން އަޅައެއް ނުލަމެވެ. އަޅާލާކަށް ނުވެސް ޖެހޭނެއެވެ.

“ރީން.” ކަންފަތް ކައިރީގައި ވައި އަޑުން ސާރިމް އެހެން ބުނުމުން އަހަރެންގެ ހަރަކާތް ހުއްޓުނެވެ. އޭނާގެ މޫނަށް ބަލައިލެވުނެވެ.

“ސަމްރީން އަހަރެން އެހެން ބުނީ ރޮއްވާކަށް ނޫން. އައި ހޯޕް ޔޫ ޑޯންޓް މައިންޑް.” ސާރިމް ބުނެލިއެވެ. އަހަރެންގެ އަތުގައި އޮތް ހެދިކަ ތައްޓަެް ލުމަށްފަހު ސާރިމްއާއި ވީ ފަޅިއަށް އެނބުރުނީމެވެ.

“ހާން. ސާރިމް އަށް ހިތުން ބުނެވުނީ ވަރަށް ކުޑައެއްޗެއް. އެކަމް އޭގެ ސަބަބުން އަނެކާއަށް ކުރަނެ އަސަރު އެނގޭތަ؟ ހާނ.. ތިކަހަލަ މީހުންނަކަށް ނުވިސްނޭނެ… އައި ހޯޕް ޔޫ ޑޯންޓް މައިންޑޭ ބުނީމަ ނިމުނީ… މާފަށް އެދޭކަށް ނުޖެހޭނެ.” އަހަރެން ރުޅި އައިސްހުރެ އެއްޗެހި ގޮވަން ފެށީމެވެ.

“އެއްކަލަ ގޮތެއް ނެތް ކުއްޖާ. ބޭކާރު ކަމެއް ކުރެވުނީތީ ލަދުގަނެއްޖެ” އެހެން ބުނުމަށްފަހު ސާރިމް އެތަނުން ދިޔާއެވެ. އަހަރެން ކުރަން ހުރި މަސައްކަތަށް އަނބުރާ ދިޔައީމެވެ.

*.

ހަވީރު ހަތަރުގަޑި ފަނަރައިގެ ރަންކިޔާ ނިމިއްޖެއެވެ. ކުރިއަަސް ދަނީ ފޮޓޯ ނެގުމުގެ ކަންތަކެވެ.

ނާފިއު އެތަނުން ފެނުންވެގެންދިޔައީ އަހަރެން ފޫހިވެފައިހުރި އެއް ސަބަބަށެވެ. އަހަރެން ގޭތެރެއަށް ދިޔައީ ނާފިއު ކައިރި ނުބެލުމަށެވެ.

ނަމަވެސް އަހަރެން ގޭތެރެއަށް ދިޔުމުން އަހަރެންގެ ފަހަތުން އޭނާ އައެވެ. ހީވަނީ އެކަނި ވާނެ ވަގުތެއް ބަލަބަލައި ހުރިހެންނެވެ.

އަހަރެން ގޮސް ގޭތެރެއިން ސޯފާއެއްގައި އިށީނީމެވެ. އެވަގުތު ނާފިއުވެސް އަހަރެންގެ ކައިރީ ޖެހޭ ނުޖެހޭ ހިސާބުގައި އިށީނެވެ.

“ގަބޫލެއްވެސް ނުކުރެވެ. ވަރަށް ލޯބިވޭ.” އަހަރެންގެ އަތުގައި ހިފާލަމަުން ބުނެލިއެވެ. ކިތަންމެ ނުތަނަވަސވިޔަސް ކެތްކޮަށްގެން އިނީއެވެ.

“ކީއްވެ އެއްޗެކޭ ނުބުނަނީ… ލަދު ގަތީ ދޯ… ހާސްނުވޭ އަހަރެން މީ ބޭބީގެ ފިއުޗަރ އޭ.” އަހަރެންނަށް އެވަގުތު ދެބުމަ ގޮށްޖަހާލެވުނެވެ. ސާރިމްއަށްފަހު އަހަރެން ނަފްރަތު ކުރާނީއޭނާއަށެވެ.

ނާފިއު އަހަރެންގެ މޫނުގައި ހިފައި އޭނައާއި ވީ ދިމާލަށް އަނބުރާލިއެވެ. އޭނާގެ ބެލުން ހުރީ ސީދާ އަހަރެންގެ ތުންފަތަށެވެ. ކަނާއަތުން އޭނާގެ މޫނުމަތީ ހޫނު ހަމަލާއެއް އަޅުވާލެވުނެވެ. ހަގީގަތުގައިވެސް އެއީ އެވަގުތަ އޭނަޔަށް ހައްގު ހަދިޔާއެކެވެ.

އަހަރެން އެތަނުން ތެދުވެ ހިނގާގަތްވަގުތު ދޮރުކައިރީ ހުއްޓި ހުރި ސާރިމް ފެނި ހަމަ ނޭވާއެއް ލެވުނެވެ. ނާފިއު އެއްވެސް ކަމެއް ނުކުރާނެކަން އިނގުނީމައެވެ.

“ކަލޭ މިތާވެސް. ކުޑައިރުންސުރެ ހުރިހާ ކަމަކުން އަހަރެންނަށްވުރެ މޮޅުވެގެން. އަހަރެން ކުރަން އުޅޭ ކަންކަމަށް ތި ހުރަސްއަޅަނީ.” ނާފިއުގެ ރުޅިވެރި ޖުމުލތައް އަމާޒުވީ ސާރިމްއަށެވެ.

“ކަލޭ ފިރިހެނަކަށް ވުމުގެ މާނައަކީ އަންހެން ކުއްޖަކަށް ބޭނުންހާ ގޮތެއް ހަދާށެކޭ ނޯން.” ސާރިމް އެތެރެއަށް ވަންނަމުން އަޑުހަރުކޮށް ބުނެލިއެވެ.

“ސަމްރީން އެއީ އަހަރެންގެ ހައްގެއް، މަ ކުރާނެ ކަމެއް އެނގޭނީ މަށަށް.” ނާފިއު އެހެން ބުނުންމުން ވަރަށް ހިތްހަމަ ނުޖެހެވުނެވެ. މޫނުމަތީގެ ކުލަވަރުން އިހުނަށްވުރެރުޅިގަދަވެފައިވާކަން ފެންނާނެކަން ގައިމެވެ.

“ކޮން އިރަކު ކަލޭގެ ހައްގަކަށްވީ… އޭން… ކަލޭގެ ހައްގަކަށްވީ ކޮން އިރަކުންހޭ..” ސާރިމް ގެ ޖުމުލަތައް ގެންދިޔައީ ތަކުރާރު ކުރަމުންނެވެ.

“އޭ މަޑުން ހުރޭ” ސާރިމް ލައިގެން ހުރި ހުދުކުލައިގެ ގަމީހުގެ ގިރުވާނުގައި ހިފަމު ނާފިއު ބުނެލިއެވެ.

“އޭ ތިދެމީހުން މައިތިރިވެބަލަ މީހަކަށް ފެނިދާނޭ…! ބޮޑު ފަންކްޝަން އެއް ކުރިއަށް އެބަދެޔޭ.” އަހަރެންނަ ނުހުރެވިގެން ބުނީމެވެ.

އެހެން ބުނުމުން ނާފިއު ސާރިމްގެ ގިރުވާނުން ދޫކޮށްލުމަށްފަހު އެތަނުން ދިޔައެވެ. އަހަރެންނަށް ބަލައިލެވުނީ ސާރިމްގެ މޫނަށެވެ. އޭނާ ހުރީ ނާފިއު ދިޔަ ދިމާލަށް ބަލަހައްޓާގެންނެވެ.

“ބަލަ ނޫނެކޭ ބުނަން ޖެހޭ ތަންތާ ނޫނެކޭ ބުނަން ދަސްކޮށްބަލަ ކިހާ މިސްބިހޭވް ކޮށްފި އޭނަ.” ސާރިމް އެހެން ބުނީ ރަނގަޅަކަން ކަން ވެސް އިނގިހުރެ އަހަރެން ބޭނުންވަނީ އޭނަ ދެރަކޮށްލާށެވެ.

“އަހަރެން އުޅޭނެ ގޮތެއް އެނގޭނީ އަހަންނަށް. އަހަރެން ނާފިއު ދެކެ ވަރަށް ލޯބިވޭ.” ގަސްތުގައި ހެދީ ދޮގެކެވެ.

“އެކަމް ސަމްރީންގެ ލޯ އެބަ ބުނޭ އެއީ ދޮގެކޭ.” އަހަރެންގެ ލޮލަށް ރަނގަޅަށް ބަލައިލަމުން ބުނެލިއެވެ.

“ހެވޭ ދެން. ސާރިމްއަކަށް ނޯންނާނެ އަހަރެންގެ ލައިފްގަ އެއްވެސް” އަހަރެން އެ ހިސާބަށް ބުނިތަނާ ސާރިމް އަހަރެންގެ އަނގަމަތީ އަތްއެޅިއެވެ.

“ކަލޭގެ ލައިފްގެ އެއްވެސް ކަމަކާ ބެހޭކަށް އެްްވެސް ޝައުގުވެރިކަމެއް ނެތް. އަހަރެންނަށް މިއަދު ކުރެވުނު ކަންތައް ކަޑަވީމަ އޭގެ ބަދަލުގައި ސްޓޭންޑެއް ދިނީ. މާ ބޮޑަށް ވިސްނާކަށް ނުޖެހޭ.” ސީދަލަށް އެހުރިހާ ފަތިވަރެއް އަމުނާލުމަށްފަހު އޭނާ އެތަނުން ނިކުމެގެންދިޔައެވެ. އަހަރެންވެސް މޫޑއ ރަނގަޅުކޮށްލުމަށްފަހު ބޭރަށް ދިޔައީމެވެ.

“ރީން މީ ޝާޔަލް. މައި ފިއުޗަރ ސިސްޓަރ އިން ލޯ. މި ބުނީ ފަހަރި” ޓެރަސް މައްޗަށް އެރުމާއެކު ޝަނާޔާ އަހަރެންނަށް ޝާޔަލް ތައާރަފް ކޮށްދިނެވެ. އަހަރެން ހައި އޭ ބުނެލީ ބުނާނެ އިތުރު އެއްޗެއް ނެތީމައެވެ.

“މީ ރީން. މައި ބެސްޓީ… ފެމިލީ އާ ވަރަށް ކްލޯޒްވާނެ.!” ޝަނާޔާ، ޝަޔަލްއަށް އަހަރެން ދައްކަމުން ބުނެލިއެވެ.

“އައްސަލާމް އަލައިކުމް” ޝާޔަލް އެހެން ބުނުމުން އޭނާގެ މޫނަށް ބަލއިލެވުނީއެވެ. ރަތްކުލައިގެ ކަސަބު ލިބާހކާއެކު ކްރީމް ކުލައިގެ ބުރުގާއެއް އަޅައިގެން ހުރިއިރު މޭކަޕް ބޭނުން ކުރެވިފައިވާ މިންވަރު މަދެވެ. އެވަގުތު އެއީ ދީނއވެރި ކުއްޖެކޭ ހިތަށް އެރިއެވެ. ސަލާމް ބަލައިގަތީ ކޮސްވެފައި ހުރެއެވެ. ސާރިމްގެ އަންހެނުންނަށް އެފަަދަ ކުއްޖެއް ވާން އުޅޭތީ ހައިރާން ވެވުނީއެވެ.

“އިންޓްރޯ އެއްވެސް ނުދޭނަންތަ؟” ޝާޔަލް ބުނެލިއެވެ.

“އުނހޫ… ސަމްރީން ނޫރް އަލީ.، ޓްވެންޓީ ޓޫ.” އަހަރެން ބުނެލީމެވެ.

“އައެމް. މަރިޔަމް ޝާޔަލް. ޓްވެންޓީ ފައިވް.” އޭނާ ވާހަކަ ދެއްކީ ހިތްހެޔޮ ކަމާއެކީއެވެ.

“އަހަހަ. ފަހަރި އަހަރުމެންނަށް ވުރެ ބޮޑޭ. އެކަމް ދޮންބެއަށް ވުރެން ކުޑަ.” ޝަނާޔާ އެހެން ބުނުމުން އަހަރެން މާ ބޮޑަކަށް އަޅައެއް ނުލަމެވެ. ސާރިމްއަށްވުރެން ޝާޔަލް ކުޑަވިޔަސް އަހަންނާ ކޮން ބެހޭ ކަމެއްހެއްޔެވެ ؟

“ސަމްރީން ބޯއީފްރެންޑެއް ނުހުރޭތަ؟” ޝާޔަލް އެ ސުވާލު ކުރުމުން އަހަރެން ފޫހިވިއެވެ. އޭނާ ބިޓުން ގެންގުޅުމުގެ މާނައަކީ އަހަރެން ބިޓުން ގެންގުޅެން ޖެހުމެކޭ ނޫނެވެ.

“ޔެސް، ޔެސް، އޭނަ ސިންގަލް ކަރެންޓްލީ… އެކަމް ނާފިއު” އަހަރެންނަށް ޝަނާޔާ ދިމާ ބަލައިލެވުނީ ރުޅި އައިސް ހުރެއެވެ.

ނަމަވެސް އެއްޗެކޭ ނުބުނަމެވެ.

އެ ދުވަސވެސް ނިމުނީ އެކަހަލަ ގޮތަކަށެވެ. މާދަން ކައިވެނި ކުރާ ހަފްލާއަށް އަހަރެން އައުމަށް ޝަނާޔާ މަޖުބުރު ކުރިއެވެ.

“ރީން ލެޓްސް ޑޫ ވަންތިން… މިރޭ މިގޭގަ މަޑު ކޮށްލަންވީނު އަހަރެން ސަމްރީންގެ މަންމައަށް ގުޅާނަން.” ޝަނާޔާ އަހަރެން އެގެއިން ދާން އުޅުމުން ބުނެލިއެވެ. އަހަރެން އެ ގޭގައި މަޑު ކުރާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އެވަގުތު ޝަނާޔާ އަހަރެންގެ މަންމަ އަށް ގުޅާ އެވާހަކަ ބުންޏެވެ.

ކުރިއެކޭ އެއްގޮތަށް ޝަނާޔާގެ އެދުމަށް މަންމަ އިންކާރެއް ނުކުރިއެވެ. ދެން އަހަރެން ގެޔަށް ގޮއްސިއްޔާ މަންމަ ހުންނާނީ ރުޅިއައިހެވެ. އެހެން ކަމުނއ އަހަރެން އެގޭގައި މަޑުކުރަން ނިންމީމެވެ. ނުވައެއް ޖަހަންވުމުން ގޭގެ ސިޓިން ރޫމް ހަލަބޮލިވީ ‘ބްރައިޑަލް ޝޯވަރ’ އަށެވެ. ގޭތެރެ ޒީނަތްތެރި ކުރެވިފައިވަނީ ވަރަށް ފުރިހަމަ ކޮށެވެ. އާދައިގެ މީހެއްގެ ކައިވެންޏަށް ޒީނަތްކުރާ މިންވަރަށްވުރެންވެސް ބޮޑަށެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ.

“ރީން އާދޭ ފޮޓޯ ނަގަން.” އަހަރެން ސޯފައެއްގައި ޖެހި ބުދެއްހެން އިށީނެ އިނުމުން ހާނިޔާ ބުނެލިއެވެ. ހަގީގަތުގައި އަހަރެން އިނީ ސާރިމް އާމެދު ކަންތައް ކުރެވުނު ގޮތް ހިތަށް އަރައި ލަދުންނެވެ.

“ޝާޔަލްވެސް އާދޭ.” ކައިވެނީގެ ކޮންމެ ހަފްލާއަކަށް ޝާޔަލް އާދެއެވެ.

ޝާޔަލްއާއި އަހަރެންނާއި ހާނިޔާ އެކީ ފޮޓޯ ނެގީމެވެ. ފަހުން ޝަނާޔާ އާއި އެކީވެސް ފޮޓޯ ނެގީމެވެ. އެ ހަފްލާގައި ސަމީރައްތަގެ ދެތިން ރައްޓެއްސެއް ބައިވެރިއެވެ.

“ދެން އޮންނާނީ ސާރިމްގެ ކައިވެނި ދޯ…” އޭގެތެރެއިން އެކަކު ބުނި އަޑު އެހީމެވެ.

“ހޫމް.. ސާރިމްގެ ކައިވެނި މިއަށްވުރެ މާ ފުރިހަމަ ވާނެ އަދި.” އެވަގުތު ޝާޔަލް ހީލިތަން ފެނުނެވެ. ނަމަވެސް ސާރިމްގެ މޫނުމަތިން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ސާރިމް ޖެހޭނީ އުފާވާށެވެ. ޝާޔަލް ކަހަލަ ދީންވެރި ކުއްޖެއް ލިބޭނީ މަދު ބަޔަކަށެވެ.

“މިއީ ސަމްރީން ދޯ.!” އަހަރެންނަށް އިޝާރަތް ކުރަމުން އެމީހާ އަނެއްކާވެސް ބުނެލިއެވެ.

“ހޫމް. އެއީ ސަމްރީން. ޝަނާޔާގެ ވަރަށް ގާތް ރައްޓެއްސެއް.” ސަމީރައްތަ ބުނެލިއެވެ.

“އެމަންޖެ ހުސްކޮށް ދޯ އެހުންނަނީ… އަލީ އަބަދުވެސް ބުނޭ އެ މަންޖެ މީހަކާ އިންނަ ދުވަހޭ ދެކެން ބޭނުމީ.” އެވާހަކައިން އެމީހާ އެއީ އަހަރެންގެ ބައްޕައާއި ގުޅުމެއް އޮންނަ މީހެއްކަން އެނގެއެވެ.

އެ ހަފްލާ ނިމުމުން އަހަރެންވަނީ އަހަރެންނަށް ޚާއްސަ ކުރެވިފައިހުރި ގެސްޓް ރޫމްއަށެވެ. ނިދި އަންނަ ގޮތް ނުވީ މެންދުރު ނިދީމައެވެ. ފޯނު ނަގައި އޮންލައިން ވެލީމެވެ އޭރު ނާފިއުގެ ފަސ މެސެޖު ފުލުފުލުން އައިސް އިނެވެ.

“ވަރަށް ރީތި.”

“ތީހަމަ އަހަރެންގެ ހިތްއެދޭ ފަރާތް.”

“ތީ އަހަރެންގެ ހައްގެއް.”

“ވަރަށް ކަމުދިޔަ މިއަދު އެގޮތަށް އަހަރެން ހުއްޓުވީމަ.”

“އެކަމް ރިވެންޖް އިންނާނެ މެރީ ކުރީމަ.”

އަހަރެން އެ މެސެޖުތައް ކިޔުމުން ފޫހިވިއެވެ. ހަމައެކަނި ސީން ކޮށްލުމަށްފަހު ނިދޭތޯ މަސައްކަތް ކުރީމެވެ. އެހެންއޮވެ 2 ގަޑިއިރު ވިއިރުވެސް ނިދޭގޮތެއް ނުވިއެވެ.ލައިގެން ހުރި އަތްކުރ ޓީޝާޓާއި ކަކޫ ކިރިޔާ ފޮރުވޭވަރުގެ ސޯޓެއްގައި ހުރެ ކޮޓަރިން ބޭރަށް ނިކުމެ ދިޔައީ ބަދިގެއަށެވެ. ފެންބޯށެވެ.

ގޭތެރޭގައި މަޑު ކުލައެއްގެ ދެލައިޓްގެ އަލި ނޫނީ އެހެން އައްޔެއް ނެތެވެ. އަހަރެން މަޑު މަޑުން ގޮސް ފެންތައްޓަކަށް އަޅައި ފެންބޯން ގޮނޑިއެއްގައި އިށީނީމެވެ. ހަމަ އެވަގުތު ސާރިމްވެސް އެތަނަށް އައެވެ. މޭޒު ދަށަށް ލައި ފައި ފޮރުވާލީ ލަދުންނެވެ.

“މިތާ މި ގަޑީ ކީއްކުރަނީ.؟” ސާރިމް އަށް އަހަރެން ފެނުމުން ބުނެލިއެވެ. އަހަރެން ލޮލުން ފެންތަށި ދައްކާލީމެވެ. ނަސީބުކަމެއް ނޫނީ ނޫން ކަމެއް ނޭނގެއެވެ. އެވަގުތު ފުުލު ފުލުން ނާފިއުގެ މެސެޖްތައް އަންނަން ފެށިއެވެ. ނޮޓިފިކޭޝަން އޮންކޮށްފައިވުމުން ގެޔަށް ވެރިވެފައިވި ހަމަހިމޭންކަން ފޫ އަޅުވާލީ އެ އަޑެވެ. އަހަރެން އެ މެސެޖްތަކަށް ރިޕްލައި ދޭކަށް ހިޔާލެއް ނުކުރަމެވެ.

“އެޔޮށް މެސެޖް އަންނަނީނު ” ބަދިގޭގެ އެކި ކަބަޑުތައް ހޮޅުވަމުން ސާރިމް ބުނެލިއެވެ.

“ބައެއް އެއްޗެހި އިގްނޯ ވެސް ކުރަން ޖެހޭނެ.” ސާރިމް ކައިރީ އެހެން ބުނެވުނީ ކީއްވެކަމެއް ނޭނގުނެވެ.

“އެއީ ނާފިއުގެ މެސެޖްތައް ދޯ.” އޮފީހުގައި ދައްކާ ހަރުކަށިކަށިކަން މިވަގުތަށް ސާރިމް ހަނދާން ނެތުނީ ކަންނޭނގެއެވެ. އަހަރެން މަޑު މަޑުން ހޫމް އަޅުވާލީމެވެ.

“މަށަށް ބުނެވުނު ދޯ ނޫނެކޭ ބުނަން ޖެހޭ ތަންތާ ނޫނެކޭ ބުނަން. ނާފިއު ކަމު ނުދަންޏާ ކީއްކުރަން އޭނަ ފަހަތުން ތިއުޅެނީ…” ހޯދަން އުޅުނު އެއްޗެއް ނުފެނުމުން އަހަރެން ކުރިމަތީ އިން ގޮނޑީގައި ސާރިމް އިށީންނަމުން ބުނެލިއެވެ.

“ސާރިމްއަށް ޝާޔަލް ކަމު ނުދާންވީ ކީއްވެ.؟” އަހަރެން އެކުރި ސުވާލަށް ޖަވާބު ދޭކަށް ބޭނުމެއް ނޫނެވެ.

“ދެފުއްކެހެރި އިނގޭތަ؟. ދެފުއް ދެގޮތް މީހުންވެސް އުޅޭނެ. ނާފިއު އަކީ އެކަހަލަ މީހެއް.” ބަދަލުގައި އަހަރެން ކީއެއްޗަކަށް ޖަވާބު ދޭކަށް އޭނާ ނޫޅުނެވެ.

“ކީއްކުރަނީ މިތާ މި ގަޑީ.؟” އެ މައުލޫ ބަދަލުކޮށްލީމެވެ.

“ބަނޑުހައިވެގެން.” އޭނާގެ ޖަވާބު ކުރެވެ.

“ކާން ބުނި ގަޑީ ނުކެއީ ކީއްވެ.؟” އަހަރެން ސުވާލު ކޮށްލީމެވެ.

“ފެނުނު ތިން މޫނެއްގެ ސަބަބުން.” ޖަވާބު ދިނީ ސީދާ އަހަރެންގެ ސުވާލަށެވެ.

“އެއީ؟” އަހަރެން އެއީ ކޮންބައެއްތޯ ބަލަން ޝައުގުވެރިވިއެވެ.

“ނާފިއު، ޝާޔަލް އެން ޔޫ.” އަހަރެން އެތަނަށްލުމުން ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ.

“ކޯންޗެއް ކާނީ.؟ އަހަރެންނާ ހެދި އެއްވެސް މީހެއް ނުކައި ހުރެގެން ނުވާނެ.” އަހަރެން ބުނީމެވެ.

“މި ގަޑީ އެއްވެސް ކައްކާފަ ހުރި އެއްޗެެއް ކާކަށް ބޭނުމެއް ނޫން. ބޭނުމި ބިރިޔާނީ. ކައްކާނެ އެއްޗެހިވެސް އެބަހުރި. ތިހާ ކާންދޭން ބޭނުމިއްޔާ އެ ކައްކާ.” އޭނާ ހީކުރީ އަހަރެންނަށް އެކަން ނުވާނެ ކަމަށެވެ. ސާރިމް އެހެން ބުނުމަށްފަހު ސިޓިން ރޫމް ސޯފާއެއްގައި ގޮސް އޮށޯތެވެ. އޭރު ގަޑިން މެންދަމު އެކެއް ޖަހައި ފަނަރަވަނީއެވެ.

އޭނަ ދިޔަކަން އެއީ ނަސީބެކޭ ކޮޓަރިއަށް ވަނެ ލައިގެން ހުރި ސޯޓު ބާލައި ހަރުވާޅަކަށް ބަދލުކޮށްލުމަށްފަހު އަނބުރާ ބަދިގެއަށް ދިޔައީމެވެ. އޭރުވެސް ސާރިމް ސޯފާގައި އޮތެވެ.

އެކި ކަބަޑުތަެް ބަލައި ބޭނުންވާނެހެން ހީވާ އެއްޗެހި މޭޒުމައްޗަށް ނަގައި ކައްކަން ފެށީމެވެ. ދެ ގަޑީއިރުގެ މަސައްކަތަށްފަހު ބިރިޔާނީ ކެކުނެވެ އޭރު މީހާ ހުރީ މުޅިން ދާހިތްލާ ފޯވެފައެވެ. ބަދިގޭގައި ކައްކަން އުޅުމުގެ ސަބަބުން ގައިގާ ވަސް ދުވައެވެ. ސޯފާ މަތީ އޭރުވެސް ސާރިމް އެ އޮތްގޮތަށް ފޯނު ބަލަން އޮތެވެ.

“ތި ބިޓަށް މެސެޖު ނުކޮށް ކާންދޭ. ކޮންމެހެން މަށާ ހެދި ނުކާ ހުންނާކަށް ނުޖެހޭނެ.” ސާރިމް އާންމު ކޮށް އޮފީސް ތެރޭ ވާހަކަދައްކާ ހަރުކަށި ރާގުގައި އަހަރެން ބުނީމެވެ.

އެހެން ބުނުމުން އެއްޗެކޭ ނުބުނެ ތައްޓަށް އަޅައިގެން ކާން ފެށިއެވެ.

“ބަލަން ހުންނަނީތަ ކަންޏާ ކާން އާދެ” ފުރަތަމަ ސަމުސާ ކެއުމަށްފަހު ބުނެލިއެވެ.

“އުނހޫން. އިޓްސް ސްޕެޝިއަލީ މޭޑް ފޯ ޔޫ. އަހަރުމެން ކަހަލަ ގޮތެއް ނެތްމީހުން މޫނު ފެނުނީމަ ކަޑަ ވާނެއްނު. ބާއީ.” އަހަރެން އެހެން ބުނުމަށްފަހު ކޮޓަރިއަށްވަނެ ފެންވަރާ ތާޒާ ވެލީމެވެ. އިސްތަށިގަނޑަށް ފެން އަޅައި ފެންވަރާލުމާއެކު ވެފައިހުރި ވަރުބައްޔާއެކު ނިދެން ފެށިއެވެ. ބޭރަށް ދިޔައީ ސާރިމް ކެއުމަށްފަހު ތަށި ނުނަގާނެކަން އަހަރެންނަށް އެނގޭތީއެވެ. ނަމަވެސް ތަށިތައް ނަގައި ދޮވެ ހަރުގައި ބަހައްޓާފައި ހުރިތަން ފެނުމުން އަހަރެން ކޮޓަރިއަށް ގޮސް ވަނީ ސާރިމް ފެންނަން ނެތުމުންނެވެ.

ކޮޓަރިއަށްވަނެ ފޯނު ނަގައި ބަލއިލީ ނާފިއު ކޮށްފައި ހުރި މެސެޖުތަކެވެ. އޭނާއަށް ރިޕްލައި ނުދީ ސީން ކުރުމުން ކޮށްފައި ހުރި ޝަކުވާތަކެވެ.

“އަހަރެން ނާފިއު އާއި އިންނަން އެއްބަސް. އެކަމް އިނުމުގެ ކުރިން އަހަރެންނާ އެހާ ގާތްވީމަ އެހާ ކަމަކު ނުދޭ. އޯލްސޯ އެއްވެސް އަންހެން ކުއްޖަކާއެކީ ފެނިއްޖާ މި ޖަވާބު ބަދަލުވާނެ.” އަހަރެން އެހެންބުނުމުން އޭނާގެ ރިޕްލައި ވަގުތުން އައެވެ.

“އޯކޭ މެޑަމް. އަހަރެން ދެން އަންހެން ކުއްޖަކާއެކީ ނުފެންނާނެ.” އެވަގުތު އަހަރެންގެ ހިތުގައި ފުރަތަމަ ފަހަރަށް ނާފިއުއަށް ވިންދެއް ޖަހާލިއެވެ.

ދުނިޔެ މައްޗަށް އިރުއެރިހެންނެއް ހިޔެއްނުވެ ބޭރުން ގިނަބައެއްގެ އަޑު އިވެންފެށިއެވެ. މިއަދަކީ ހާނިޔާގެ ކައިވެނި ކުރވޭ ދުވަސް ވިއްޔާއެވެ. އަހަރެންވެސް ކިތަންމެ ނިދިއައިސް ހުރި ނަމަވެސް ބޭރަށް ނިކުތީ މިއަދަކީ ބޮޑު ދުވަހެއްވީމައެވެ. ބޭރަށް ނިކުތުމުން އެންމެ ފުރަތަމަ ވެސް ފެނުނީ ނާފިއު އެވެ. އެ ސޫރަ ފެނުމުން ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. އެކަން އެވީ އަދި އަލަށެވެ.

އާއެކެވެ. އަހަރެން ދުވަހަކުވެސް ފިރިހެނެއްގެ ހިޔާލެއް ނުކުރަމެވެ. އަހަރެންގެ ހަޔާތަށް އައީ ހަމައެކަނި ނާފިއުއެވެ. އިތުރު މީހެއް އަހަރެންގެ ހަޔާތަށް ގެންނަން ބޭނުންވިއެވެ. ނާފިއު އެ ބުނި ޖުމުލައަށް އިތުބާރު ކުރެވެނަ ފެށީ އަހަރެންނަޓަކައި ވަޒީފާ އަދާކުރަން ފެށުމުންނެވެ. އެކަން އެހެންވުމުން އަހަރެން ބުނާ ކޮންމެ ކަމެއް ވެސް ކޮށްދޭނެކަން އަހަރެންނަށް ޔަގީންވާން ފެށިއެވެ.

އެ ދުވަހަށްފަހު އަހަރެންނާއި ނާފިއު އާ އޮންނަ ގުޅުން ދުވަހުން ދުވަހަށް ދިޔައީ ރަނގަޅުވަމުންނެވެ. ކޮންމެދުވަހަކު ސާރިމްގެ ހަރުކަށި ބަސްތަކާއި ކުރިމަތިލުމަށްފަހު ނާފިއު އާއެކު އެ ސްޓްރެސް ވެސް ފިލުވާލަމެވެ. ނާފިއު އާއެކު ހޭދަކުރެވޭ ކޮންމެ ވަގުތެއް އަހަރެންގެ ހިތުގައި ބިންވަޅު ނެގެން ފެށިއެވެ. އޭނާ ބުނެލޭ ކޮންމެ ބަހެއް އަހަރެންގެ ހިތް އުފަލުން ފޮޅުވާލައެވެ. ނާފިއުއާއެކު އަހަރެންނަށް ލޯބީގެ މަންޒިލަށް ވާސިލްވެވިއްޖެއެވެ. ލޯބީގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މަހެއް ފަހުން ކައިވެނީގެ ގޮށް އަހަރުމެން ދެމީހުންގެ ދެމެދުގައި ޖެހުމަށް ނިންމީމެވެ. ބައްޕަގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށެވެ. މަންމަގެ ހިތަށް ތަސައްލީއެއް ދިނުމަށެވެ.

 

ދެއާއިލާއިންވެސް މި ގުޅުމަށް ރުހެއެވެ. ނާފިއު އަހަރެންނަށްޓަކައި ބަދަލުވިކަން އެނގުމުން އަހަރެންގެ މަންމަ ހުންނަނީ ވަރަށް އުފަލުންނެވެ.އޭގެމަހެއްފަހުން ދެއާއިލާ ބައްދަލުކޮށް ކައިވެނި ކުރެވޭނެ ތާރީޚު ކަނޑައެޅިއެވެ.

*

އެއީ ޝަނާޔާގެ އުފަންދުވަހެވެ. ނާފިއު އާއެކު އަހަރެން އެގެޔަށް ދިޔައީ ޝަނާޔާގެ އެދުމުގެ މަތިންނެވެ. ނާފިއު އާއެކު އެގެޔަށް ވަނުމުން އެންމެ ފުރަތަމަވެސް އަޅައިގަތީ ސަމީރައްތަގެ ލޮލުގައެވެ.

“އަނހާ ސަމްރީން، މީ ދޯ އެ ސޮރަކީ… ހާނިޔާގެ ފިރިމީހާގެ ކޮއްކޮ” އަހަރެން ހީލަމުން ބޯ ޖަހައިލީމެވެ. އެވަގުތު ގެއިން ނިކުންނަމުން އައި ސާރިމް ހުއްޓި އަހަރުމެން ދެމީހުން ކައިރި ބަލަން ހުއްޓެވެ. އެ ނަޒަރުން ވަރަށް އުދަނގޫވާން ފެށިއެވެ.

އުފަންދުވަހުގެ ޕާޓީ ފެށުމުން ޝަނާޔާ އެކި އެކި ވާހަކަ ދައްކަމުން ދިޔައެވެ. އަހަރެންނާ ޝަނާޔާއާއި ވާހަކަ ދައްކަން ފެށުމުން ނާފިއު އެތަނުން ދިޔައެވެ.

ގިނައިން ދެކެވުނީ ކައިވެނީގެ ވާހަކައެވެ. އޭނާ އަހަރެންގެ ކައިވެނި ކުރެވޭތީ އުފާވާ ވާހަކައެވެ. ޝަނާޔާ އެހެން ހުރުމަށްފަހު އިރު ކޮޅެއްފަހުން އެތަނުން ދިޔައެވެ. އަހަރެންގެ ކައިރިއަށްއައެވެ.

“ވާހަކަ ނުދައްކާ އަހަރެންނާއެކުތާކަށް ދާން ކެރޭނެތަ؟” އޭނަ ކޮށްލީ ސުވާލެކެވެ.

“ނުދާނަން.” އަހަރެން ބުނެލީމެވެ.

“އަހަރެން ނާހަން ދާނަންތޯ ނުދާނަންތޯ. އަހަރެން ބުނީ ކެރެޭނެހޭ.!” އެހެން ބުނުމުން އަހަރެން ކެރޭނޭ ބުނީމެވެ. އެވަގުތު ސާރިމް އަހަރެންގެ އަތުގައި ހިފައި ޓެރަސްމަތިން ތިރިއަށް ފައިބެ ގޭތެރެއަށް ވަނެވެ. ސިޓިން ރޫމް އިން ނިކުމެވެން އިން ބެލްކަނި ކުރިމަތީ ބަހަޓާލިއެވެ. އެވަގުތު ފެނުނު މަންޒަރުން އަހަރެންގެ ހިތް ކުދި ކުދިވި ކަހަލައެވެ. ހިތަށް ހީވީ ހޫނު ފެންއޮއްސާލިހެންނެވެ.

ޤަބޫލްކުރަން ވެސް ދައްޗެވެ. ނާފިއު އާއެކު އެހުރީ ދެވަނަ ދެމީހެއް ނޫން ޝާޔަލްއެވެ. ބުރުގާ އަޅައިގެން އުޅޭ ޝާޔަލް ހުރީ ބުރުގާ ބާލައިގެންނެވެ. ނާފިއުގެ އަތުގައި ހިފަހައްޓާގެންނެވެ.

“ކީއްކުރަންތަ ސަމްރީން ގެނައީ. އަހަރެންނާއެކު އަންނަން ބުނީމެއްނު.” ޝާޔަލް ކުރަމުން ދިޔަ ޝަކުވާ އަހަރެންނަށް އަޑުއިވުނެވެ.

“ސަމްރީން އަކީ ޖަސްޓް ސައިޑް ޗިކެއް. އޭނަ އާއި މެރީ ކުރިއަސް އަހަރެން މީ ޝާޔަލްގެ މީހެކޭ… ޝާޔަލްވެސް ސާރިމް އާއި ކައިވެނި ކުރިއަސް ހަމަ އަހަރެން ކައިރިއަށް އަންނަން ޖެހޭނެ.” ސާރިމް ޝާޔަލްއަށް ނަފްރަތު ކުރާ ސަބަބު އެވަގުތު އަހަރެންނަށް އެނގުނެވެ. ނާފިއު ހުރިހާ ދުވަހު އަހަރެންނަށް ދެއްކި ދޮގު ހުވަފެންތައްވެސް އެވަގުތު ފަޅާއެރިއެވެ. ކައިވެނީގެ ކުރިން އޭނާގެ ހަގީގަތް އެނގުނު ކަން ނަސީބެކެވެ. އެރޭ ކާން އިނެ ދެފުތްދެގޮތޭ ބުނެ ސާރިމް ނިސްބަތްކުރީ ޝާޔަލްއަށްކަން ވެސް ރޭކާލިއެވެ. ޝާޔަލް ފެންނަ މީހަކު އެއީ ދީންވެރި އަޚުލާގު ރަނގަޅު ކުއްޖެކޭ ނުބުނެ ނުދާނެއެވެ.

އެ ދެމީހުން ދެން ކުރިކަމަކުން އަހަރެން ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ.އަހަރެންނާއި ކައިވެނި ކުރާނަމޭ ބުނެ ވައުދާ ހުވާ ކުރި މީހާ އަހަރެން ލޯ ކުރިމަތީ އެހުރީ އެހެން އަންހެން ކުއްޖަކާ އެކީ ގުޅުން ހިންގާށެވެ. އަހަރެން އެނބުރުން އަރައިވެއްޓުނީ ސާރިމްގެ އަތަށްކަން އިނގެއެވެ.

ހޭލެވުނު އިރު އޮތީ ގެސްޓް ރޫމް ތެރޭއެވެ. އެވަގުތު ސާރިމް އަހަރެން ކުރިމަތީ އިނެވެ.

“އަދިވެސް ނާފިއު އާއި މެރީ ކުރާނަންތަ.” ކައިވެނި ކުރަން އެދި ލާން ޖެހޭ ފޯމް ނުލާ އޮތްކަން ނަސީބެކޭ އެވަގުތު ހިތަށް އެރިއެވެ. ބަހެއް ނުބުނެ ބޯ ހޫރުވާލީ އެއްޗެކޭ ބުނާނެ ހިތްވަރެއް ނެތީމައެވެ.

“ރޯނެ ކަމެއް ނެތް. ގައިމު މިއަދު ކުރަތްޕެއް ނުފެނޭ..! ފެނުނީ ނާފިއުގެ އަސްލު ސޫރަ.” ސާރިމް އޭނާގެ އާންމު ރާގުގައި ބުނެލިއެވެ.

“އެ އަސްލު ސޫރަ ކުރަތްޕަކަށްވުރ ބިރުވެރި” އަހަރެންނަށް ސާރިމްގެ އެ އަތުގައި ހިފައި ރޮއެ ގަނެވުނެވެ. ސާރިމްގެ މަގާމުގައު އެހެން މީހެއް އޮތްނަމަވެސް ވާނީ އެހެންނެވެ. ސާރިމް އަހަރެން ދުރުކުރާކަށް ނޫޅެއެވެ.

“ދުނިޔެ މީ އެކަހަލަ ތަނެއް.! ﷲ ކޮންމެ ކަމެއްވެސް މިންވަރު ކުރައްވާނީ ރަނގަޅަށް.!” އެވަގުތު އެއްކަލަ ހަރުކަށި ސާރިމް ބާއޭ ހިތަށް އެރިއެވެ. އަހަރެން އޭނާގެ ހަށިގަނޑާ ދުރުކޮށްލުމަށްފަހު ކަރުނަތައް ފޮހެލިއެވެ.

“މީހަކަށް ފެނިދާނެ.” ސާރިމް އެހެން ބުނުމަށްފަހު ދިޔައީ ބޭރަށެވެ. އަހަރެންވެސް ބޭރަށް ނިކުތީ ޝަނާޔާ ކައިރިއަށް ދިއުމަށެވެ.

“ހަތަރު މީހުން އެއްފަހަރާ ގެއްލުނީ ކަމެއް ދޯ.” އަހަރެން ޓެރަސް މައްޗައް އަރައި ޝަނާޔާ އިން މޭޒުދޮށުގައި އިށީންނުމުން ބުނެލިއެވެ. އޭރު އެތާ ޝާޔަލް އާއި ސާރިމްގެ އިތުރުން ނާފިއުވެސް އިނެވެ.

“ކަމެއްގެ ނިންމުން.” އަހަރެން އެހެން ބުނުމުން ނާފިއު ބަލާލިއެވެ. އޭނާ ލައިގެން ހުރި ހުދު ގަމީހުގައި އިން ރަތްކުލާގެ ތުންފަތުގެ ނިޝާން އަހަރެންގެ ލޮލުގައި އަޅައިގަތެވެ.

“އަހަރެންނެއް ނާފިއު އަކާއި ކައިރިއެއް ނުވަން އެކަމް މީ…” އަހަރެން އިނގިލި ޖައްސާލަމުން ބުނެލީމެވެ. އެވަގުތު ޝާޔަލްގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރު ފެނުނެވެ. ޝަނާޔާ އިނީ ހައިރާންވެފައެވެ.

“އަހަރެންނަށް އެނގޭ ކާކުކަން އެއީ. އެކަމް މި ހިސާބަށް ބާއްވާފަ އަހަރެންނާއި ނާފިއު އާއި އޮތް ގުޅުން ނިންމާލަނީ މި ހިސާބުން.” އަހަރެން ވަރަށް ހިތްވަރާއެކު ބުނެލީމެވެ.

“ރީން ރީން… އެއީ ތި ހީކުރާކަހަލަ ކަމެއް ނޫނޭ… ރީން…” އަހަރެން އޭނާ ވާހަކަ ދައްކަން ފެށުމުން އެތަނުން ހިނގައިގަތީމެވެ.

“ސަމްރީން ޑްރޮޮޕް ކޮށްދެން.” ސާރިމް އާއި އެއްބަސްވެވުނީ އޭނަ އާއެކު ސަލާމަތުން ގެޔަށް ދެވޭނެކަން ޔަގީންވާތީއެވެ. އަހަރެން ބާރު ބާރަށް ސިޑިން ފޭބިއިރު ސާރިމް އާއި ނާފިއު އަހަރެންގެ ފަހަތުން އައެވެ. ކާރާ އަރާ ހަމަވިތަނާ ސާރިމްގެ ގިރުވާނުގައި ނާފިއު ހިފިއެވެ.

“އަނެއްކާވެސް ކަލޭ ކަމެއްދޯ. އަހަރެން ކިތައްފަހަރު ބުނާނީ ދުރުގަ ހުންނާށޭ…” ނާފިއު ހުރީ ރުޅި އައިހެވެ. ސާރިމް އޭނާގެ އަތް ގިރުވާނުން ނައްޓާލުމަށްފަހު ދުރަށް ކޮށްޕާލިއެވެ. އަދި އަހަރެން ގޮަވައިގެން ގޮސް ކާރަށް އެރިއެވެ.

“އަހަރެންގެ އެސިސްޓެންޓްވީމަ ދެއްކުން މުހިންމު ކަމެއްވީމަ ދެކީ.” ސާރިމް ކާރު ސްޓާޓް ކޮށްލިއެވެ.

“ތެންކިޔޫ.” އަހަރެން އެހެން ބުނުމުން ސާރިމް އިތުރު އެއްޗެކޭ ނުބުނެއެވެ. ސާރިމް އަހަރެން ހީކުރިހާ ގޯހެއް ނޫނެވެ. ގެޔަށް ނުދެވި އުޅެނީސް އަހަރެންގެ ފޯނަށް މެސެޖްތައް އަންނަން ފެށިއެވެ. ނާފިއު ދޫ ނުކުރުމަށް އެދި ކޮށްފައި ހުރި ޝަކުވާތަެކެވެ.ނާފިއުގެ ނަންބަރު ބްލޮކް ކޮށްލީ ހިތާ ދެކޮޅަށެވެ.

ގޭ ދޮރުމަތީ ކާރު ޕާކު ކޮށްލުމުން ކާރުން ފައިބެ އެޕާޓްމެންޓަށް ދިޔޢއި ސިޑިން އަރާފައެވެ.ގެޔަށް ވަނެ އެއްވެސް މީހާކާ ވާހަކަ ނުދައްކާ ކޮޓަރިއަށް ވަނެ ރޯން ފެށުނީއެވެ. ތަގުދީރު އަހަންނާ މިކުޅެނީ ކޮން ކުޅިވަރެއްހެއްޔެވެ؟ ހުރިހާ އުފަލެއް ނިމިގެން ދާން ޖެހެނީ ކީއްވެ ހެއްޔެވެ؟ ނާފިއު އަކީ ދުނިޔެއިން އަހަރެން އެންމެ ލޯބިވި ފުރަތަމަ މީހާއެވެ. އޭނާ މިދިނީ ކޮންފަދަ ދޯކާއެއް ހެއްޔެވެ.؟

ނޫނެކެވެ. އަހަރެން މީ ބަލިކަށި މީހެއް ނޫނެވެ. ނާފިއު އަކީ ބަލިކަށި މީހާއެވެ. އަހަރެން އަނބުރާ ނާފިއު ކައިރިއަކަށް ނުދާނަމެވެ. ދުނިޔޭގެ ކުރިމަތީ އަހަރެންހެ ހިތްވަރު ގަދަ ކުރާނަމެވެ. ދުނިޔެއާއި ކުރިމަތި ލާނަމެވެ. މިއަދަށްފަހު ދެން އެކަކު ދެކެ ވެސް ލޯތްބެއް ނުވާނަމެވެ.

އެ ޚިޔާލްތަކާއި ދުރުވެ ދެލޯ މަރާލީމެވެ. ވަރަށް އަވަހަށް ނިދުނެވެ. ހޭލެވުނަި އެހެންޏާ ހޭލާ ގަޑިއަށް ވުރެ ލަހުންނެވެ. އަވަހަށް ތައްޔާރު ވެލުމަށްފަހު އޮފީހަށް ދާން ނިކުތީމެވެ. ގޭގެ މައިދޮރުން ބޭރަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު އަހަރެންގެ ގައިގާ މީހަކު ހިފަހައްޓާ ކާރަށް ލިޔެވެ. އެވަގުތު އަހަރެންނަށް އެއީ ނާފިއުގެ ކަމެއްކަން އިނގުނީ އެއީ އޭނާ ކާރަށް ވީމައެވެ. ހޭނެތުނީ ކަމަށް ހަދައި ދެލޯ މަރާލީމެވެ. ސަލާމަތްވެވެން އޮތީ އެގޮތަށެވެ.އަހަރެން ސިއްރު ސިއްރުން ދަނީ ކޮންތާކަށްތޯ ބެލީމެވެ. ކިޑްނެޕްކުރާކަށް ބަލައި ފިލްމްތަކުން އެނގެއެވެ. އެކަހަލަ ކަންކަމަށް އަހަރެން ވަރަށް ހޭލުން ތެރިވީ އެހެންވެއެވެ.

މަޑުކޮށްލީ ކުޑަ ކުޑަ ގޯޅިއެއްގައެވެ. އެއީ ކޮންތަނެއްކަން ނޭނގުނަސް އެ މަގު އިނގުނެވެ. ވެއްދީ ފަޅު ގުދަނަކަށެވެ. ދެލޯ މަރައިގެން އިނީމެވެ. ނާފިއު އަހަރެންގެ މޫނުގައި އޭތި މީތި އުނގުޅުމުންވެސް ގޮތެއް ނުހަދާ އިނީމެވެ. އިރުކޮޅެއްފަހުން އެތާ އެނބުރުމަށްފަހު ނާފިއު އެތަނުން ދިޔައެވެ. ކުރާނެ ކަމެއ ނޭނގުނެވެ. ފޯނު މަތިން ހަނދާން ވީ ދެނެވެ. ޖީބުގައި ފޯނު އޮތްކަން ނާފިއުއަށް ނޭނގުމަކީ ދެރަކަމެކެވެ.

އޭރު ސާރިމްގެ ދެތިން މިސްކޯލް އައިސްއިނެވެ. އަހަރެންނަށް އަވަސް އަވަހަށް ސާރިމްއަށް ގުޅާލެވުނީ ކީއްވެ ކަމެއް ނޭނގެއެވެ.

“ނާފިއު އަހަރެން ފަޅު ތަނަކަށް ލައިފި.” އަނގަމަތީގައި އަތްއަޅާގެން އިނެ ވާހަކަ ދެއްކީމެވެ. އެކޮޅުން ޖަވާބު އައުމުން އަހަރެން އެ މަގު ކިޔާދިނީމެވެ. އޭރުވެސް ބިރުން ތުރުތުރުލައެވެ. ހިތްތެޅެމުންދިޔައީ ނުހަނު ބާރަށެވެ. ނޭނގިހުރެ ބިރުވެރިކަމެއްގެ ތެރެއަށް ވަދެވުނީއެވެ.

ނާފިއު އެތަނަށް އައިސްވަނެ އަހަރެންގެ އިސްތަށިގަނޑުގައި ހެފެހެއްޓިއެވެ.

“ނާފިއު ތިހެން ނުހަދާ އަހަރެން ދޫކޮށްލާ.. ހެޔޮނުވާނެ.” އަހަރެން ރޮއެއް އާދޭސް ކުރަންފެށީމެވެ.

“އެއްފަހަރުވެސް އެއްފަހަރުވެސް އަހަރެންގެ ހައްގަކަށްވެދީބަލަ. ދޫކޮށްލާނަން” ނާފިއު ބުނެލިއެވެ.

“ތަދުވޭބަތަ؟ ހަމަ އެގޮތަށް އަހަރެންގެ ހިތަށްވެސް ތަދުވެޔޭ. ރީން ތިގޮތަށް ކަންތައް ނުކޮށްބަލަ ހެޔޮނުވާނެ. ރީން ބުނީމެއްނު ލޯބިވެޔޭ.” އަހަރެން އެއްޗެކޭ ނުބުނުމުން ބުނެލީމެވެ.

“ހާން ބުނިން ލޯބި ވެސްވިން. ކަލެއާއެކީ ދިރިއުޅުމެއްވެސް އުޅެން ހުރީ ތައްޔާރަށް. އެކަމް ލޯބީގެ އަސްލު މާނަ އޭރަކު އަހަންނަކަށް ނޭނގެ.” އަހަރެން ހިތުގައި އޮތްގޮތަށް ބުނެލީމެވެ.

“ލޯތްބަކީ ކޮބާ؟” ނުލަފާ ވައްތަރަކަށް ހީލައި އަހަރެންގެ އިސްތަށިގަނޑު ދޫކޮށްލުމަށްފަހު އަތުގައި ހިފަމުން ބުނެލިއެވެ.

“ލޯތްބަކީ ވަރަށް ގިނަ ދުވަހުން ވެވޭއެއްޗެއް. އެތައް ތަކުލީފުތަކަކަށްފަހު ވެވޭއެްޗެއް. ލޯތްބަކީ އެކަކު ކައިރިން އަނެކަކު ކައިރިއަށް ދުވުމެއްނޫން.” އަހަރެން ބުނީމެވެ.

އެ ހިސާބަށް ބުނިތަނާ ސާރިމް އެތަނަށް އައެވެ. ނާފިއު އެތާ ދޮރު ތަޅު ނުލާ ހުރިކަމަކީ ނަސީބެކެވެ.

“އޭތް ކަލޭ އޭނަ ގައިގަ އަތް ނުލާތި.!” ސާރިމް އަހަރެންގެ އަތުން ނާފިއުގެ އަތް ނައްޓާލަމުން ބުނެލިއެވެ.

“ކަލޭގެ އަންހެނުންތަ އެ؟” ނާފިއު ސުވާލެއް ކުރިއެވެ.

“މަގޭ ކޮންމެ މީހަކަސް ކަލެއަކަށް އޭނާ ގަޔަކު އަތެއް ނުލެވޭނެ. ތި ހަޑި މުޑުދާރު އަތުން ކަލޭ ކަހަލަ ޝާޔަލްގެ ގައިގާ ފިރުމަންދޭ.” ހޫނު ހަމަލާއެއް ނާފިއުގެ މޫނުމައްޗަށް ދެމުން ސާރިމް ބުނެލިއެވެ. އަދި އަހަރެންގެ އަތުގައި ހިފައި ކާރަށް ގެންގޮސްލިއެވެ.

“މާދަން ޕާކިސްތާނަށް ދާން ތައްޔާރުވޭ. އޮފީސް ދަތުރެއް.! އިތުރު ސުވާލެއް.؟” ކާރަށް ނޭރި އުޅެނިސް ސާރިމް ބުނެލިއެވެ.

“އެކަމް ޕާކިސްތާނު؟” އަހަރެން ސުވާލެއް ކޮށްލީމެވެ.

“މައްސަލައެއް އުޅެނީތަ.؟” ސާރިމް އޭނާގެ ރުޅިވެރިކަމާއެކު ބުނެލިއެވެ. ދެންމެ އޭނާ އަހަރެން ސަލާމަތް ކޮށްދިނީއެވެ. މިހާރު އަމުރު އިއްވަނީއެވެ. ކޮންކަހަލަ އިންސާނެއް ހެއްޔެވެ؟

ނާފިއުހެން އޭނާއަކީވެސް ދެފުއްދެގޮތް މީހެއްކަންނޭނގެއެވެ. އެ އޮފީސް ދަތުރު ދާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އެ ނޫން ގޮތެއް ނެތެވެ. އެ ދަތުރު ދާނީ އޮފީސް ދަތުރަކަށް ވީމައެވެ. ވަޒީފާއިން އަމުރަށް ތަބާ ނުވެގެން ވަކި ކޮށްފާނެތީއެވެ. ސާރިމްއަށް އިތުބާރު ކުރެވޭތީއެއް ނޫނެވެ.

ނުނިމޭ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ailessh

Level 1

Feel free to comment and point out the mistakes. Love you all <<<3

Other Articles

Previous

ރާނީ 5

Next

ވަކިވީ ލޯބިން 9

Next
July 6, 2023

ވަކިވީ ލޯބިން 9

Previews
July 4, 2023

ރާނީ 5

3 Comments!

  1. Ifoo says:
    July 5, 2023 at 11:28 pm

    Vv reethi Mi part vs.. Knirakun aneh part kiyaalan libeynee

  2. Anonymous says:
    July 6, 2023 at 5:59 am

    When is the next part??

    😠

  3. Anonymous says:
    July 6, 2023 at 11:56 am

    When is next part

Comments are closed.

Next Episodeތަގުދީރު 4←


All Right Reserved!