Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ކުލަ 13

ailessh Level 1
July 2, 2023 10 Mins Read
2 Comments

“ދެން މީގެގފަހުން އަހަރެންނާއި އެހާ ރީތިކޮށް ވާހަކަ ދައްކާ ރަނގަޅަށް ކަންތައް ކޮށްދީގެން ނުވާނެ.” ދުއާ ކޮށްލީ އަމުރެކެވެ. އަހަރެން ދެލޯ އެވަގުތު މަރާލީމެވެ. އިތުރަށް ދުއާގެ ޝަކުވާތައް އަހާނެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. އެ އާދޭހުގެ އަޑު އަހަރެންނަށް އަހަން ކެތްވާނެހެއްޔެވެ؟

“ހޫމް އޯކޭ…” އަހަރެންނަށް ބުނެވުނީ އެހެން އެކަންޏެވެ. އެތަނަށް ވަނެގެން އައި ޒައިންގެ ސަބަބުން އަހަރުމެން ދެމީހުންގެ ދެމެދަށް ވެރިވީ ހަމަހިމޭނ ކަމެކެވެ. ޒައިން އައީ ކާއެއްޗެހި ހިފައިގެންނެވެ.

“ރަނގަޅު ގަޑިޔަކު ތަ މިއާދެވުނީ..؟ ކީއްވެ ދުއާ ރޮނީ…؟” ލާނެތް ފާޑަކަށް ވާހަކަ ދައްކަމުން އައިސް ދުއާ ފެނުމުން ޒައިން ސީރިއަސްވެލިއެވެ.

“ދެރެވެގެންނޭ…، އަނިލްއަށް އެހެންވީ މަށާހެދިއޭ… ޔޫ ނޯ އިފް އައި ޑިޑްންޓް އާސްކް ހިމް ގޯ ވިތް މީ ދެއާ….” އަހަރެން އޭނަ ހުއްޓުވީމެވެ.

“ސާބަހޭ… ކިހާ ދެރަކަމެއްތަ މިދެން… ތަގުދީރުގައި އޮންނަ ގޮތަށޭ ކަންކަން ވާނީ… މިހާރު ބުނެފީމެއްނު ދުއާ އާއި ހެދިއެއް ނޫނޭ މިހެންވީކީއެއް.” އަހަރެން އިސްކުރީ ރުޅިވެރިކަމެވެ.

“ހޫމް ހޫމް… އެކައްލަ މީހާ.. އެއްޗެއް ކާންވީނު…” ދުއާ ޒައިންގެ އަތުގައި ހުރި ތަށިތައް ނަގަމުން ބުނެލިއެވެ. އެހެން ބުނުމުން އަހަރެންވެސް އިތުރު ވާހަކައެއް ނުދައްކާ ކެއީއެވެ.

 

ދެ ދުވަހެއްގެ ފަހުން ގެޔަށް އާދެވުނެވެ. އޮފީހުގެ ހުރިހާ މަސައްކަތެއް އެ ދެ ދުވަހު ބެލެހެއްޓީ ޒައިންއެވެ. އަހަރެން ރަނގަޅަށް ހަމައަކަށް އެޅުމުން އޮފީހަށް ދާންފެށީމެވެ. ދުއާ އާއި ކައިވެނި ކުރެވުނު ފަހުން މިއަދަށް މިވީ އެއްމަހާ ދެ ދުވަހެވެ. މި ދުވަސްކޮޅު ހާއްސަވެފައިވަނީ ޒައިން އާއި ހަޔާގެ ކައިވެނީގެ ތައްޔާރީތަކަށެވެ. އެގޮތުން މިއަދަކީ އެމީހުންގެ ރަންކިޔުމުގެ ދުވަހެވެ.

 

ރަންކިޔުމަށް ތަން ތައްޔާރު ކުރެވިފައިވަނީ އިންޑިއަން ތީމްއަށެވެ. އިންޑިއާގެ ކައިވެނީގެ ކުރިން ބޭއްވޭ ހަފްލާތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ‘މެހެންދީ’ ހަފްލާއާއި އެއްގޮތްވާނެހެންނެވެ. ޒައިންގެ ގޭގެ ސިޓިން ރޫމް ދޮން ކުލައިގެ ބޮކިތަކުންނާއި ރީނދޫ ކުލައާއި އޮރެންޖު ކުަލއިގެ މާތަކަުން ޒީނަތްތެރިކުރެވިފައިވެއެވެ. އެއީ ދެ އާއިލާގެ މެދުގައި ބޭއްވުނު ކުޑަ ކުޑަ ހަފްލާއެކެވެ. އެންމެންގެ ހެދުންތައް ހުރީ ދޮންކުލައިންނާއި އޮރެންޖް ކުލައިންނެވެ.

ހަޔާ ދޮންކުލައިގެ ‘ލެހެންގާ’ އެއް ލައިފާ ވިއިރު ޒައިން ހުރީ ކަޅު ކުލައިގެ ކުރުތާއެއްގައެވެ. އޭނާއަކީ ކުލަ ކުލައިގެ ގަމީސް ލައި އުޅޭ މީހެއް ނޫނެވެ. އަހަރެންވެސް ޒައިން އެކޭ އެއްފަދައިންލީ ކުރުތާއެކެވެ.

އެންމެން އެއްތަންވިއިރުވެސް ދުއާ އަހަރެންނަކަށް ނުފެނެއެވެ. ވާނވެސް އެހެނެއް ނޫންހެއްޔެވެ؟ އޮފީހުގެ މަސައްކަތުގައި އުޅުމަށްފަހު ގެޔަށް އާދެވުނީ ހަތަރެއް ޖެހިފަހުންނެވެ. އެހެންމެ މިއަދު އިރުއެރިއިރަށް ދުއާ އެގެޔަށް ގޮއްސިއެވެ.

ހަފްލާ ފެށެން ކައިރުވުމުން ދުއާ ނުފެނުމުން އަހަރެން އެ ކޮޓަރިއަށް ދިޔައީމެވެ.

އޭނާ ލަސްވަނީ ކީއްވެތޯ ބަލއިލުމަށެވެ. އިތުރުން އަހަރެން ދުއާއަށް ދޭން ބޭނުން އެއްޗެއް ދިނުމަށެވެ. ކޮޓަރިއަށް ވަތްއިރު ދުއާ ރީތިވެ ނިމިއްޖެވެ.

ދޮންކުލައިގެ ‘ޝަލްވަރް ކަމީޒް’ އަކާއިއެކު ހުދު ކުލައިގެ ޝޯލްއެއް އަޅައިގެން ހުއްޓެވެ. ދުއާއަކީ އަބަދު އާންމުކޮށް އުޅޭއިރު ކަޅުކުލައިގެ ހެދުންލާ މީހެއް ކަމުން ކުލަ ހެދުމެއްގައިބހުއްޓައި އޭނާ އަދި އަހަރެންނަށް މިފެނުނީ އަލަށެވެ. ކުރެވިފައިހުރި ލުއި ލުއި މޭކަޕްގައި އޭނާ ފެންނަލެއް ކިތަންމެހާވެސް ފުރިހަމައެވެ.

“ނުނިމޭތަ؟” ދުއާ ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރުމުން ބުނެލީމެވެ.

“އުނހޫން… ނިކުންނަން ނުކެރިފަ.” ދުއާ ބުނެލިއެވެ.

“އެޔޯ..؟” އަހަރެން ހައިރާންވިއެވެ. ނުކެރެނވީ ކީއްވެހެއްޔެވ؟

“މި ހެދުމާއެކީ…. ނިކުންނަން ލަދު ގަންނަނީ އޭ…” އަހަރެން ހޭން ފެށީމެވެ. ގަސްތުގައެވެ. ހަގީގަތުގައި ބޭނުންވެގެންނެވެ.

“އަދި ހެނީތަ.؟” އަހަރެން ހޭން ފޭސި މަގުސަދު ހާސިލްވީ އޭނާގެ މޫނިމަތިން ރުޅިވަެރިކަމުގެ ކުރލަވަރު ފެނުމުންނެވެ. އަހަރެން މަޑު މަޑުން އޭނަ ކައިރިއަށް ޖެހި ފހަތުން ބައްދާލީމެވެ. ލޯގަނޑުން ދުއާގެ މޫނު ފެންނާނެ ގޮތަށެވެ.

“ޔޫ ޑޯންޓް ނީޑް އެނީ މޭކަޕް ޓު ލުކް ގޫޑް. އޯލްސޯ ޔޫ ޑޯންޓް ނީޑް އެނީ ސްޕެސިފިކް ޑްރެސް ޓު ލޫކް. ޔޫ ޖަސްޓް ލޫކް ޕާފެކްޓް” އަހަރެންގެ ހިތުގައި އޮތް ޖުމުލަތައް ފުރަތަމަ ފަހަރަށް ދުއާގެ ކުރިމަތީ ބަނޑުން ކޮށްލީމެވެ. އޭރުވެސް ދުއާ ލޯގަނޑަށް ބަލަހައްޓައިގެން ހައިރާންވފައި ހުއްޓެވެ.

މަޑުން މަޑުން އަހަރެން އޭނަ އަހަރެންނާވީ ފަޅިއަށް އަނބުރާލީމެވެ. ކަނާއަތުގައި ހިފާ އަހަރެންގެ ޖީބުގައި އޮތް އަނގޮޓި ނަގައި އަޅުވާލީމެވެ. އެއީ އަހަރެން އޭނާއަށް ހާއްސަކޮށް ދޭން ބޭނުންވި ހަދިޔާއެކެވެ. އަހަރެން އޭނާއަށް ދޭ އެންމެ ފުރަތަމަ ހަދިޔާއެވެ. އަނގޮޓި އަޅުވާލުމަށްފަހު އޭނާގެ އަތަށް އަހަރެން ބޮސްދިނީމެވެ. އޭރުވެސް ދުއާ އަހަރެންގެ މޫނަށް ހައިރާންވެފައި ހުރެ ބަލަމުން ދިޔައެވެ.

“ވެން ޑިޑް ޔޫ ލާން ޓު ޓޯކް ލައިކް ދިސް؟” އިރުކޮޅަކު އެހެން ބަލަން ހުރުމަށްފަހު ދުއާ ބުނެލިއެވެ.

“އައި ޖަސްޓް ލާންޑް ފޯ ޔޫ…” އަހަރެން ތެދަށް ބުނީމެވެ.

“އެ ކިހިނެއް؟” އޭނާ ކުރީ ސުވާލެކެވެ.

“ސިއްރެއް” އެއްލޯ މަރާލަމުން ބުނެލީމެވެ.

“އަދިވެސް ދެމީހުން އަންނާކަށް ނުވޭތަ؟ މިހާރު އެޔޮށް ފޮޓޯ ނަގަން ފެށީ…” ސިއްސައިގެން ގޮސް ދޮރާ ދިމާލަށް ބަލއިލެވުނީ އަހުމަދުބޭ ކޮޓަރިއަށް ވަތްގޮތުންނެވެ. ހާއްސަކޮށް އެކަހަލަ ވަގުތެއްގައެވެ. އެވަގުތު އަހަރެން ‘ކަޑަ’ ވީ ސަބަބެއް އޮވެގެންނެއް ނޫނެވެ. ދުއާ އަކީ އަހަރެންގެ ހަލާލު އަނބިމީހާ ވިއްޔާއެވެ.

އެވަގުތު އަހަރެންނަށް ބަލއިލެވުނީ ދުއާގެ މޫނަށެވެ. އޭނާވެސް ލަދުން އިސްޖަހައިގެން ހުއްޓެވެ.

“އަނހާ ނުބާ ގަޑިއެއް ދޯ… ދެންވެސް ތިކުރާ ކަމެއް ކޮށްފަ އަވަހަށް އާދޭ.” އަހުމަދުބެ ލާނެތް ރާގަކަށް ބުނެލިއެވެ. އެވަގުތު އަހަރެންނަށް ހަމަ ސިފަވީ ޒައިންއެވެ.

“ލެޓްސް ގޯ…” ދުއާ އެހެން ބުނުމަށްފަހު ބޭރަށް ނިކުތެވެ. އޭރު ހަޔާގެ އާއިލާ ގެ އިތުރުން ޝިޔާވެސް ބޭރުގައި ހުއްޓެވެ.

“ކޮން ގަނޑެއް ގަނެފަ؟ ހާދަ ހޯދައިފީމޭ…” އަހަރެން ފެނުމުން ޒައިން އައިސ ް ބުނެލިއެވެ. އަހަރެން ލޮލުން އިޝާރަތް ކޮށްލީ ދުއާއަށަެވެ. އޭނާވެސް އެއްޗެޖޭ ނުބުނެ އެތަނުން ދިއުމުން ހިންދިރުވާލެވުނެވެ.

ފޮޓޯ ނަގާނިމި ދެން ފެށީ ސަކަރާތް ޖަހާށެވެ. އެންމެން ސަކަރާތް ޖަހަން ފެށުމުން ހަޔާގެ މައިންބަފައިންނާއި އަހުމަދުބެ ވެސް އެތަނުން ދިޔައެވެ. ބާކީ ތިބީ ހައިޝަމް އާއި ޝިޔާ އާއި ޒައިންގެ އިތުރުން ހަޔާއެވެ. ހަޔާގެ ދައްތަވެސް އެތަނަުން ދިޔައީ ޕްރައިވެސީ އެކޭ ކިޔާފާއެވެ. އެކި ކަހަލަ މަޖާ ޖޯކްތައް ޖަހާށެވެ. ލަވަ ކިޔުމާއި އެކި އެކި ހާދިސާ ކިޔާދިނުމަށެވެ.

“ސޯ އަނިލް އިޓްސް ޔުއަރ ޓާން ޓު ސިންގް. އޮތްހާއިރު އެންމެން ލަވާ ކިޔާފަ ޖޯކު ޖެހިއިރު ތި މީހާ ތިއިންނަނީ ތަންހަރުވެފަ.” ޒައިންގެ އަތުގައި އޮތް ގިޓާ ދިއްކޮށްލަމުން ބުނެލިއެވެ.

“އަހަންނަކަށް ނީނގޭނެ ތި މީހުން ކިޔާ ފެންވަރަށް ލަވަ ކިޔާކަށް، ޔޫ ނޯ…!” އަހަރެންނަށް ހަގީގަތުގައިވެސް ލަވަ ކިޔާކަށް ނޭނގެއެވެ. ނަމަވެސް މަދު މަދުން ލަވަ އަޑުއަހަމެވެ.

“ދެން ޕްލީޒް…” ދުއާ އެހެން ބުނުމުން އަހަރެން އެންމެ ރަނގަޅު ކަމަށް ބުނީމެވެ.

“ތުމް ކޮ ޕާޔަ ހެއި ތޯ ޖެސޭ ކޯޔަހޫން

ކެހްނަ ޗާހު ތޯ ބީ ތުމްސެ ކިޔާ ކަހޫން

ތުމް ކޮ ޕާޔަ ހެއި ތޯ ޖެސޭ ކޯޔަހޫން

ކެހްނަ ޗާހު ތޯ ބީ ތުމްސެ ކިޔާ ކަހޫން

ކިސީ ޖަބާން މެ ބީ، ވޮ ލަފްޒު ބީ ނެހީ

ކި ޖިންމެ ތުމް ހޮ ކިޔާ ތުމްހެ ބަތާ ސަކޫން”

 

އެއީ އަހަރެންނަށް މަދުން ނަމަވެސް ބެލޭ ލަވަޔެކެވެ. އެ ލަވައިގެ ހުރިހާ ލަފުޒެއްވެސް އަމާޒު ވަނީ އެއްފަރާތަކަށެވެ. ދުއާ އާ ދިމާ ބަލާލަމުން އަނެއްކާވެސް ލަވަ ކިޔަން ފެށީމެވެ.

” މޭ އަގަރް ކަހޫން

ތުމްސަ އާ ހަސީން

ކާއިނާތުމޭ

ނަެހީ ހެއި ކަހީން

ތާރީފް ޔޭ ބި ތު

ސަޗްމެ ކުޗްބީ ނަހީ

ތުމް ކޮ ޕާޔަ ހެއި ތޯ ޖެސޭ….. ކޯޔަ….ހޫ….ން”

ފުން ނޭވާއެއް ދޫކޮށްލީމެވެ.

“ދެން ނީނގެ.” އަހަރެން ނިންމާލާފައި ބުނެލީމެވެ.

“ތުމް ހުއޭ، މެހެރްބާން

ތޯ ހެ ޔޭ، ދާސްތާން

ތުމް ހުއޭ، މެހެރްބާން

ތޯ ހެ ޔޭ، ދާސްތާން

 

އަބް ތުމާރާ، މެރާ އޭކްހޭ ކާރްވާން

ތުމް ޖަހާން މޭން ވަހާން ”

ދުއާ ކުރިއަށް އޮތް ބައި ފުރިހަމަ ކުރިއެވެ. އަހަރެންވެސް ދެން އަނެއްބައި ފުރިހަމަ ކުރީމެވެ.

“މޭ އަގަރް ކަހޫން، ހަމްސަފަރް މެރީ

އަޕްސަރާ ހޮ ތުމް، ޔާ ކޮއީ ޕަރީ

ތާރީފް ޔޭ ބި ތު

ސަޗްމެ ކުޗްބީ ނަހީ”

އެބައި ނިންމާލުމުން އެންމެން އަތް ޖަހަން ފެށިއެވެ.

“މި އުޅެނީ ޝަރުކް ހާން އާއި ޑީޕިކާ ޕަޑުކޯންތަ؟” ރާގުލާފައި ހައިޝަމް ބުނެލިއެވެ.

“އޭ އަނިލް ބޮލީވޫޑް މޫވީ ވެސް ބަލަންތަ؟ މި އަހަރެން ދަންނަ އަނިލް އެއް ނޯން.” ޒައިން ފާޑަކަށް ބަލަން އިނެ ބުނެލިއެވެ.

“އެހެންމަ މި މޫވީ އަހަރެން ބަލާ ގަޑީ އިނެގެން މި ލަވަ ދޯ ދަސްކުރީ…. ގައިމު ބުނާނެ ބިޒްނެސް ވޯކް އޭ ލެޕް ހިފައިގެން އިނެ.” އާއެކެވެ. ޝިޔާ އާންމުކޮށް އެ މޫވީ ބަލާނެއެވެ. އެހެން ސިޓިން ރޫމްގައި ބަލަން އިންނަ ވަގުތު އަހަރެންނަށް ވެސް ބެލެނީއެވެ. ހާއްސަކޮށް އެ ލަވައެވެ.

“މީ ލަވަ ކިޔަން ނޭނގޭ އަނިލް..! ޔޫ ޑިޑް އަ ގްރޭޓް ޖޮބް، ކީކޭތަ ބުނާނީ، އޮބިނެސް ޓޫ ދަ މެކްސް.” ހަޔާ ހީލަމުން ބުނެލިއެވެ.

“ދެން އަހަރުން ކިޔާނީ އެސްއާރުކޭ އާއި ޑީޕިކާއޭ…” ހައިޝަމް ބުނެލިއެވެ.

“އަނިލް އެން ދުއާ. އައި މީން ދޮންބެ އެން ދޮންބެދައްތަ. ކޮން ޝާރުކް ހާން އަކާއި ޑީޕިކާއެއްތަ.؟” ޝިޔާ އޭނާގެ އަމިއްލަ ރާގުގައި ބުނެލިއެވެ.

“ދެން މިހާރު އަނިލްއެއް މަށަށް އެނގޭވަރެއް ނޫން. މާ ބޮޑަށް ލޯބިވެވިފަ އެހުރީ. އަހަރުން ދަންނަ އަނިލް އެއް ނޫނޭ މީކީ…” ޒައިން އެހެން ބުނީ އަހަންނާއި ދިމާކުރުމުގެ ނިޔަތުގައެވެ.

“ހާން ކީއްކުރާނީ… ލޯބިވެވިއްޖެ.” އަހަރެންވެސް ޒައިންއާއި އެއްބައިވެލަމުން ބުނީމެވެ. އަހަރެންނަކީ އެކަހަލަ އެއްޗެހި އާންމުކޮށް ބުނެ އުޅޭ މީހެއް ނޫނެވެ. އެހެން މީހުން ހީކުރި އެއްޗެއް ނޭނގެއެވެ. އަހަރެންނަށް އެނގެނީ އެއީ އަހަރެންގެ ހިތުގައި އޮތް ގޮތް ކަމެވެ.

“ކޮބާ… ކުރިން ފެނުނި ބޮސީ އަނިލް މިހާރު އިޝްގީ އަނިލް…” އަހަރެން އެހެން ބުނުމުން ޒައިން ބުނެލިއެވެ.

” އަހަރެންގެ ދޮންބެ އާއި ނުބެހިބަލަ. ހީ އިޒް ހަސްބެންޑް މެޓީރިއަލް އޭ… ދެން ދޮންބެ ބުނެބަލަ ހަމަ އަސްލުވެސް ދުއާ ދެކެ ލޯބިވޭތަ؟” އެއްލޯ މަރާލައި ލާނެތް ފާޑަކަށް ޝިޔާ އަހާލިއެވެ.

“ކީއްވެ ނުވާންވީ…؟ ޝީ އިޒް މައި ވައިފް އޭ..” ރައްދުގައި ބުނެލީމެވެ. އެވަގުތު އިސް ޖަހައިގެން އިން ދުއާ އަހަރެންނަށް ފެނި ހިނތުންވެލެވުނެވެ.

“މިއޭ ޒައިން ބުނި ވާހަކަ އަހަރުން ދަންނަ އަނިލް މިހެންނެއް ވާހަކަ އެއް ނުދައްކާނެ. ދުއާ އަނެއްކަ އޭނައަށް ކޯންޗެއް ކާން ދިނީ. އެ ދިން އެއްޗެއް ބުނެބަލަ އޭރުންނެއްނު ޒައިން އަށް ވެސް ދެވޭނީ..” ހަޔާ ބުނެލިއެވެ.

“ދޮގެއް ދުއާ ނުބުނައްޗެ. އޭރުން ދުއާގެ ސީކްރެޓް ރެސިޕީ ފަޅާ އަރާނު.” އަހަރެން އެއްލޯ މަރާލަމުން ބުނެލީމެވެ.

“ސާބަހޭ… އެއީ ދެމަފިރިންނޭ… އެ ދެމީހުންނޭ ހަލާލު ގުޅުމެއް އޮތީ ތި މީހުން ނުބެހިބަލަ ދޯ.” ހައިޝަމް ދޯ ދިނެވެ.

“ކޮން އިރަކުންތަ ތިމީހުން ހަލާލް ކުރަނީ؟” ޒައިން ކޮށްލީ އަހަރެންގެ ހިތުގައި އޮތް ސުވާލެވެ.

“އަދި ޝިޔާ އެއުޅެނީ އެގާރަ ބާރަ ވެސް ނުނިމިގެން… ކިހިނެއް ތިކަމަ ވިސްނާނީ…” ހައިޝަމް ބުނެލިއެވެ.

އެ ހަފްލާ ނިމިގެން ދިޔައީ އެކަހަލަ ގޮތަކަށެވެ. އެންމެންގެ ޖޯކުތަކުގައިއެވެ. އަހަރެންނަކި އަނިލްކަން ގަބޫލްކުރަން އަހަރެންނަށްވެސް ދައްޗެވެ.

އަހަރެންގެ އުޅުމަށް އަންނަމުން ދިޔަ ބަދަލް އަހަރެންނަށް މިވީ ދުވަސކޮޅުގެ ތެރޭގައި ފާހަގަ ވިއެވެ.
ހަފްލާ ނިންމާލުމަށްފަު ޝިޔާ އާއި ދުއާ ގޮވައިގެން އަހަރެން ކާރުގައި ގެޔަށް އައީމެވެ. ގެޔަށް އާދެވުމުން ބަހެއް ނުބުނެ ދުއާ ގޮސް ވަނީ ކޮޓަރިއަށެވެ. އަހަރެންވެސް އޭނަ ފަހަތުން ކޮޓަރިއަށް ދިޔައީމެވެ.
“ސޯ…. އިޒް ދެޓް ޓްރޫ.؟” އަހަރެންނާ މި ސުވާލާ ކުރިމަތިލާނ ޖެހޭނެކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ.
“ކޯންޗެއްތަ” އަހަރެންނަށް ނޭނގޭ ކަމަށް ހަދައި ބުނެލީމެވެ.
“ދެންމެ ޒައިންމެން ކައިރީ ބުނި ވާހަކަ. މި ބުނީ ޑޫ ޔޫ ލަވް މީ…؟” ދުއާ ކުރި ސުވާލަށް ދޭނެ މޮޅު ޖަވާބެއް ހިތުގައި ރާވާލީމެވެ.
“މިސާލަކަށް ނޫނެކޭ ބުނެފިއްޔާ ޒައިންމެން ކިހާ ދެރަވާނެ. ދެން އެގަޑީ ޖެހީ ހުސް ޖޯކެއްނު. އަހަރެންނަށް ވެސް ޖޯކެއް ޖެހިދާނު.” އަހަރެން ގަސތުގައި ދޮގު ހެދީމެވެ.
“އައި ނޯ. ބަޓް އަނިލް ހަމަ އަސްލުވެސް ވަރަށް ޗޭންޖް ވެއްޖެ. އެ ކީއްވެތޯ އަހާލަދެވިދާނެތަ؟” ދުއާ ބުނެލިއެވެ.

އާއެކެވެ. އެއީ ތިބާޔާ ހެދިއެވެ. ތިބާދިން ލޯތްބާއި އަޅާލުމުގެ ސަބަބުންނެވެ. އަހަރެންނަށް ކުރި އިހްތިރާމްގެ ސަބަބުންނެވެ. ދިން ގަދަރުގެ ސަބަބުންނެވެ. ތިބާ އަހަރެންގެ އަނތްބަކަށް ވީތީއެވެ. އަހަރެންގެ ‘އައިޑިއަލް’ ވައިފް އަކީ ތީ ކަމުގައި ވީތީއެވެ. އެހެންމެ ތިބާ ދެކެ ލޯބިވާތީއެވެ.

“ބުނީމެއްނު އެހާ ރަނގަޅު ނުވާށޭ ސޯ އައި ޗޭންޖްޑް މައި ޕާސަނަލިޓީ ފޯ ޔޫ.” އެ ހުރިހާ އެއްޗެއް ފޮރުވުމަށްފަހު ބުނެލީމެވެ.
“ހާން އަނިލް، ކުރިން ބުނިން ދޯ ކިޔަވަން ނުދާ ވާހަކަ. ބަޓް އައި ތިންކް ކިޔެވުން ހުއްޓާލުން މާ ރަނގަޅެއް ނުވާނެ ހެން. އެހެންވެ ދެ ނެކްސްޓް ވީކްގަ އެކޮޅަށް ދާން. މިރޭ ޓިކެޓް ބަލާނަން.” ދުއާ އެވާހަކަ ބުނެލީއެވެ.
“ދެން…؟” އަހަރެން ބުނާނީ ކީކޭހެއްޔެވެ؟
“ހާނ… އައި ނޯ މިހާރު ވިސްނާނީ ޑިވޯސް ކަންތަކާ މެދު ކަން. ދެން އެކޮޅުން އައިސް ޑިވޯސްވާނީ… އޯކޭ އެކޮޅުގަ އުޅޭއިރު ރުފިޔާ ނުފޮނުވިޔަސް.” ދުއާ އެހެން ބުނުމުން އޭނާ އާއި ދިމާ ބަލއިލެވުނީއެވެ.
“އެއީ އަހަރެން ދޭނ ޖެހޭ އެއްޗެއްނު. އަހަރެންނަށް ބޮޑެއް ނުވޭ ދުއާއަށް ރުފިޔާ ދޭން ޖެހެނިކޮށް.” އެއީ އަހަރެންގެ ޒިންމާއެކެވެ. ދީނުގައި އޮންނަ ގޮތެވެ. ވަރިކުރަންދެން ޚަރަދު ދޭން ޖެހޭނެއެވެ.
“އޭރުން މީހުން ކިޔާނެ ދޯ އެއްކަލަ ދުއާ އަނިލް އާ އިނީ ކިޔަވަން ރުފިޔާ ނަގާށޭ…” ދުއާ އެހެން ބުނި ނަމަވެސް މީހުން ކިޔާ އެއްޗަކަށް ފަރުވާލެއް ނެތެވެ. މީހުންނަށް ވުރެ ބޮޑަށް މުހިންމީ ދީނެވެ.
“އަހަންނަށް ހެވޭ. މީހުން ކީ ދޯ އަނިލް ވާނީ ހަމަ ޒަހީރު ހެންނޭ. އެކަމް މަށެއް އަޅައެއް ނުލަމެއްނު.” އަހަރެން ބުނީ ހައްގު ތެދެވެ.
“އޯކޭ ދެން. އެކަމް ނެކްސްޓް ވީކްގަ ދާނަން…” އެވަގުތު އަހަރެންގެ ހިތުގައި ރިއްސާލިއެވެ. އެ ރިހުމަށް ތައްސައްލީއެއް ދެވޭނީ ހަމައެކަނި ދުއާއަށެވެ. މިވީ މަދު ދުވަސްކޮޅު ތެރޭ ދުއާއަށް އަހަރެންގެ ހިތުން ހާއްސަ މަގާމެއް ދެވިއްޖެއެވެ. އަދު ހިތަށް އަރަނީ ދުއާ އާއި ނުލާ އުޅޭނީ ކިހިނެއް ކމެވެ. ހަމަ ޔަގީނުންވެސް ދުއާއަށް އަހަރެން އާދަވެއްޖެވެ. އޭނަގެ ސަކަ މިޒާޖު ކަމުގޮއްސިއެވެ. ރުންކުރު ގޮތްގަނޑު މާބޮޑަށް ކަމުދެއެވެ.

ނަމަވެސް އަހަރެން މިހުރިހާ އެއްޗެއް ފޮރުވުން ނޫން ކަމެއް ކުރެވޭކަމަކަށް ނުވާނެއެވެ. އެންމެފަހުން ލޯމަތިން ގެއްލިގެން ދިޔުންވެސް އެކަށީގެންވެއެވެ. މިއަށްވުރެން މުހިންމީ ދުއާ ބޭނުންވާ ގޮތެވެ. މަޖުބޫރ ކުރުމަކީ އަހަރެން އެއް އިރެއްގައިވެސް ކުރަން ބޭނުން ކަމެއް ނޫނެވެ.

“ދެން ކޮން އިރަކު އަންނަނީ…؟” އަހަރެން އަހާލީމެވެ.
“ދެން އަހަރެއް އިންނާނީ. ގްރެޖުއޭޓް ވެފަ އަންނާނީ… އިންޓަޝިޕަށް ދާނީ މިކޮޅަށް އައިސް…” ދުއާގެ ވާހަކަ ހުރިގޮތުން އޭނ އަހަރެންނާމެދު ހިތުގައި އޮތް ގޮތް ހާމަވާނ ފެށިއެވެ. އޭނާގެ ހިތުގައި އަހަރެންނަކަށް މަގާމެއް ނެތެވެ. އެެރޭ ދެން އިތުރު ވާހަކައެއް ނުދެއްކެއެވެ.
*
އެހެން ދުވަސްދުވަހެކޭ ޚިލާފަށް އޮފީސް ނިންމާލުމަށްފަހު އަހަރެން ދިޔައީ ޒައިންމެން ގެޔަށެވެ. އަހަރެންގެ ހިތުގައިވި އުދާސްތައް ޒައިންގެ ކުރިމަތީ ބަންޑުން ކޮށްލާ ހިތަށް ހަމަޖެހުމެއް ހޯދައިދޭށެވެ.
“ދެން. މަ ބުނާނެ އެއްޗެއް ނެތް ލަދަކާ ހުރެ ތަދެއް ނުފިލާނެ.” އަހަރެންގެ ވާހަކަތައް ނިމުމުން ޒައިން ބުނެލިއެވެ.
“ޖަސްޓް ކޮންފެސް” ޒައިން ބުނެލިއެވެ.
“ކިހިނެއްތަ؟” އޭނާ ބުނާހާ އެކަން ފަސޭހައެއްނުވާނެއެވެ.
“ޔޫ ނޯ ދުއާ ލައިކްސަ ސިމްޕްލިސިޓީ.. ދެން އަމިއްލއަށް އެކަމާ އުޅޭ…” ޒައިން ގޮތަކަށް އެބުނީ ނޫނެކޭއެވެ. އަހަރެންނަށް އެހީއެއް ނުދޭނަމެއްނު ހެއްޔެވެ!
“އަނިލްއަށް ހީވެދާނެ އަހަރެން މި އެހީނުވާން ބުނި އެއްޗެކޭ. ބައެއް ފަހަރު އަމިއްލައަށް ކަންކަމާ ކުރިމަތިލާން ޖެހޭނެ. ދުއާ ކައިރީ އަނިލް ވާހަކަ ދައްކާފަ ބުނޭ. އަހަރެންވެސް އޭނަ ކޮންވިންސް ވޭތޯ ބަލާނަން.” އަހަރެންގެ ހިތުގައި އޮތް އެތި ޒައިންއަށް އެނގުނު ކަހަލައެވެ.

އަހަރެން އެގެއިން ނިކުމެގެން ދިޔައީ އޮފީހަށެވެ. ކުރާނެ ކަންތައް ރާވާލުމަށެވެ. އެތައް އިރަކު ވިސްނަން އިނުމަށްފަހު ގުޅާލީ ޝިޔާއަށެވެ. އޭނާގެ ފަރާތުން އެހީއެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. ފޯނު ނެގުމުން އަހަރެން އޭނަޔާ ވާހަކަ ދައްކަން ފެށީމެވެ.
“އަންހެން ކުދިން އެންމެ ގަޔާވާނީ ކޮން ކަހަލަ އެއްޗެއް” އަހަރެން ސުވާލު ކޮށްލީމެވެ. އެކޮޅުން އެދެވޭ ޖަވާބެއް އައުމުން ދިޔައީ ރަށުގައި ހުރި ފްލޮރިސްޓް ޝޮޕްއަށެވެ. ރަތްކުލައިގެ ދެތިން ފިނިފެންމާ ގަނެގެން މިސްރާބުޖެހީ ގެޔަށެވެ. ކަށީގައި ނެތް ހިތްވަރުލައި ހިތުގެ ހާލު ބަޔާން ކޮށްދިނުމަށެވެ.
ގެޔަށް އައިގޮތަށް އަހަރެން ގޮސްވަނީ ކޮޓަރިއަށެވެ. އޭރު ކޮޓަރީގައި އިން ސޯފައިގާ ދުއާ ކުދި ކިޔަން އިނެވެ.
“އާދެވިއްޖެ ދޯ.! ގުޅާތާ ކިހާއިރެއް. ފޯނު ނެގޭ ކަމަކަށް ނުވެ. ފޯނު ނުނަގަންޔާވެސް…” އަހަރެން ގޮސް އޭނާގެ އަނގަމަތީ އަތް އެޅީމެވެ. ވާހަކަ ނުދައްކަން އެދުނީމެވެ.
އަތުގައި އޮތް ފިނިފެންމާތައް އޭނާއަށް ދިއްކޮށްލީމެވެ.
“އައި މޭ ނޮޓް ބީ ޔުއަރ އައިޑިއަލް މޭން. ބަޓް ސްޓިލް އައި ލަވް ޔޫ.” އެހެން ބުނުމުން އެއްވެސް ޖަވާބެއް ނައުމުން އަހަރެން އަނެއްކާވެސް ވާހަކަ ދައްކަން ފެށީމެވެ.
“އިނގޭ ދުއާގެ ހިތުން އަހަރެންނަށް ޖާގަ އެއް ނެތްކަން. މި ރިލޭޝަން އަކަށް އެއްވެސް ފޯސް ކުރުމެއް ނޯންނާނެ. ދުއާ ކައިރީ މިހެން ބުނުން މުހިންމުވާތީ ބުނެލީ…” އަހަރެން ވާހަކަ ދެއްކީ އޭނާގެ މޫނަށް ނުބަލައެވެ.
އެހެން އިރުކޮޅަކު އިނުމަށްފަހު އިންތަނުން ތެދުވެ ހިނގައިގަތީމެވެ. ދުއާ އަހަރެންގެ އަތުގައި ހިފަހައްޓާލިއެވެ. އޭނަޔާ ވީކޮޅަށް އެނބުރުމުން އަހަރެންގެ މޫނަށް ބޮސްދިނެވެ. އަހަރެންނަށް އެއިން ނަގަންވީ ކޮން މާނައެއް ނޭނގޭ ހާލު ދުއާ އާއި ބައިވެރިވީމެވެ. އެތައް ދުވަހަކަށްފަހު ހިތް އެދެމުން ދިޔަ އެދުން ފުރިހަމަ ކުރީމެވެ. އަނގައިން ނުބުނި ނަމަވެސް ދުއާގެ ހިތުގައި އޮތް އެއްޗެއް އަދު އަހަރެންނަށްވެސް ފަހުމް ވެއްޖެއެވެ.
އޭނާގެ ހަށިގަނޑުން އުފާ ހޯދުމުގެ ފުރުސަތު އަހަރެންނަށް އޭނާ ދިނެވެ.

އެ ދުވަހަށްފަހު އަހަރެންނާއި ދުއާގެ ދެމެދަށް ވެރިވީ ހަމަހިމޭން ކަމެކެވެ. އަނެއްކާވެސް އަހަރެންނަށް ދެވަނަ ފަހަރަށް ވިސްނަން ޖެހުނީއެވެ. އަހަރެންނަށް ފަހުމްވި ގޮތް ގޯހީއެވެ. އެއީ އަހަރެންނަށް ލިބިގެންވާ ހައްގެކެވެ. އެ ދުވަހު އޭނާ އެ ހައްގު އަހަރެންނަށް ދިނީއެވެ. ދުއާ އަހަރެން ފެނުމުން ވާހަކައެއް ނުދައްކައެވެ. ކިތަންމެ އުދަނގޫވިނަމަވެސް އަހަރެންވެސް އޭނާޔާ ވާހަކައެއް ނުދައްކަމެވެ. ކުރެވުނީ ކުށެއް ނޫނެވެ. ޒައިންމެން ކައިވެނި އޮތް ދުވަހު ވެސް އަހަރެމެން ވާހަކައެއް ނުދައްކަމެވެ.

 

ހަފްތާ ނިމި ދުއާ ފުރާގެން ދާ ދުވަސްވެސް ޖެހިއްޖެއެވެ. އަހަރެން އޭނާ ހުއްޓުވާކަށް ނެތީމެވެ. ކިޔެވުމަކީ ކުރަން ޖެހޭ ކަމެކެވެ. ކިޔެވުމަށްފަހު ވެސް ދިރިއުޅުން އުޅެވިދާނެއެވެ. އެގިތަށް ވިސްނައި އިތުރަށް އަހަރެން އޭނާ ނުހުއްޓުވަމެވެ. ދުއާ ދިއުމުން އަހަރެންގެ ދިރިއުޅުން ކުރިން އޮތް ހާލަތަަށް ބަދަލުވިއެވެ. ކުރީގެ އެކަނިވެރިކަން އިންތިހާއަަށް އިތުރުވިއެވެ. ނަމަވެސް ދުއާ އަންނަންދެން އަހަރެން ކެތްކުރާނަމެވެ.

 

2 މަސް ފަސް.

 

“ސަރ، ސަރ ހޯދަން ކުއްޖެއް އެބަހުރި އައިސް” ފޯނު ނެގުމުން ރިސެޕްޝަންގައި އިންނަ ކުއްޖާ ބުނެލިއެވެ.

“ކާކޫ؟ ނަން؟” އަހަރެން ދެ ސުވާކު އެއްފަހަރާ ކޮށްލީމެވެ.

“ނުބުނޭ ނަމެއް. ބުނީ ސަރ އަށް އެނގޭނޯ…” އެހެން ބުނުމުން އެމީހަކު އަހަރެން އިންނަ ރޫމްއަށް ފޮނުވައިދޭނ އެދުނީމެވެ. އެވަގުތުވީ އަހަރެން އިން ރޫމްއަށް ޒައިން އާއެކު ވަފާވެސްބއައި ވަގުތަށެވެ. ވަފާއަކީ އަހަރެންގެ އޮފީހުގެ މުވައްޒަފެކެވެ. އަހަރެންގެ ސޮއި ބޭނުންވާ ލިޔެކިޔުންތައް ހިފައިގެން އަހަރެންގެ ކުރިމަތީ އިން ގޮނޑީގައި އިށީނި ވަގުތަށެވެ. ޒައިން އިނީ ތަންކޮޅެއް ދުރުގައި އިން ސޯފާއެއްގައެވެ.

“މިއީ ދޯ އަހަރެން މެލޭޝިޔާއަށް ދިޔާމަ ގަންނަ ގަނޑަކީ..” ކުރިމަތިން ފެނުނީ ދުއާއެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ރުޅިވެރިކަމެވެ.

“ސޮރީ ސަރ. ލެޓްމީ ސެންޑް ހަރ އައުޓް.” ރިސެޕްޝަންގައި އިން ކުއްޖަ ދުވަމުން ކަހަލަ ގޮތަކަށް އަންނަމުން ބުނެލިއެވެ. އޭރު ދުރުގައި ޒައިން މަންޒަރު ބަލަން ހޭން އިނެވެ.

“އައި ޑޯންޓ ނޯ ޝީ އިޒް ޔުއަރ އެނެމީ ސޮރީ.” ދުއާގެ އަތުގައި ހިފައިލަމުން ރިސެޕްޝަންގައި އިން އަންހެން ކުއްޖާ ބުނެލިއެވެ.

“މީޓް. މިސިސް އަނިލް.” އެއީ އެވަގުތަށް އެންމެ ރަނގަޅު ގޮތް ކަމުގައި ދެކުނީމެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އަހަރެންގެ މިސިސް އެވެ.

 

އަހަރެބް އެވަގުތު ވަފާއަށް ބޭރަށް ދިޔުމަށް އިޝާރަތް ކޮށްލީމެވެ. އެވަގުތު ޒައިންވެސް ބޭރަށް ނިކުތެވެ. ޒައިން އެތާ ހުރިކަން ދުއާ އަށް އެނގުނީ އެވަގުތުއެވެ. އޭނަ ކޮންމެވެސް ވަރަކަށް ކަޑަވި ނަމަވެސް އަވަސްއަވަހަށް މޫޑް ބަދަލުކޮށްލިއެވެ. ކުރިން ހުރި ރުޅިވެރިކަމަށް ދިޔައެވެ.

“އޮފީހުގަ އުޅޭ މީހުންނަށް އަހަރެން މީ އަނިލްގެ ވައިފްކަންވެސް ނޭނގެ ދޯ.” ދުއާ ވާހަކަ ފެށިއެވެ.

“މިހުރީ އަނިލްގެ ކަންކަން ހުންނަގޮތް. އަހަރެން މީ އައިޝަތު ދުއާ އަހުމަދު އިނގޭ. އަދި ހަމަ ގައިމުވެސް ތި އަނިލްގެ އަންހެނުން… ދެން.. ދެން…” ބޮލުގައި އަތް އަޅާލަމުން ދުއާ ބުނެލިއެވެ. އެވަގުތު އޭނާ ވެއްޓެން ދަނީއެވެ. ކައިރީ ހުރި މޭޒެއްގައި ހިފަހައްޓައިލުމުން އަހަރެން އޭނަ ނަގައި އަތްދަނޑިމައްޗައް ލީމެވެ. އޭރު ދުއާގެ ޚަބަރު ހުސްވެއްޖެއެވެ.ކައިރީ ހުރި ސޯފައިގާ ބާއްވާލުމަށްފަހު ޒައިންއަށް ގުޅީމެވެ. ބިރުންނެވެ. ޒައިންވެސް އަވަހަށް ޑރ.ސަރާއަށް ގުޅިއެވެ. އެވަގުތު އަހަރެން ހަނދާންވީ ހަޔާގެ މަތިންނެވެ. އެރޭ ހަޔާ ދޭތެރެ ޖެއްސުމުން މާ ބޮޑަށް ސްޓްރެސްވެގެން އެނބުރުނު ރޭ މަތިންނެވެ. އެރޭ އެހެން ވުމުން މިއަދުވެސް އެ އެނބުރުނީ އެހެންވެޔޭ ހިތަށް އެރިއެވެ.

ޑރ.ސަރާގެ އެދުމުގެ މަތިން އެތަނުން އަހަރެނާއި ޒައިން ނިކުތީމެވެ. ފަނަރަވަރަކަށް މިނެޓްފަހުން ޑރ.ސަރާ ބޭރަށް އައެވެ. އޭނާ ބުނާނެ އެއްޗެއް ބެލުމެއް ނެތި އަހަރެން ވާހަކަ ދައްކަން ފެށީމެވެ.

“މާ ބޮޑަށް ސްޓްރެސްވީ؟” އަހަރެން ސުވާލު ކޮށްލީމެވެ.

“ނޯ ގުޑް ނިއުސް. ޝީ އިޒް ބިކަމިން އަ މަދަރ” އެހެން ބުނުމަށްފަހު ސަރާ އެތަނުން ދިޔައެވެ. އަހަރެންވީ އުފަލެވެ. ބޭނުންވަނީ އުދުހޭށެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދުއާގެ ހިތަށް އަރާނެ އެއްޗަކާ މެދު ވިސްނާލެވުނެވެ.

“އައެމް ބިކަމިން އޭން އަންކަލް ދޯ…. ވާވް.” ޒައިން ލާނެތްފާޑަކަށް ބުނެލިއެވެ.

އަހަރެންގެ ރޫމްތެރެއަށް ވަނީމެވެ. އޭރު ޒައިންގެ ކެބިންއަށް ގޮއްސިއެވެ.

ދުއާ ސޯފާގައި އިށީނެ އިނެވެ.

“ދެން؟” އޭނާ ކައިރީ ގޮސް އިށީންނަމުން ބުނެލީމެވެ.

ޖަވާބު ދިނުމުގެ ބަދަލުގައި ދުއާ އަހަރެންގެ ގައިގާ ބައްދާލިއެވެ.

“އަދިވެސް ބިޒްނަސް ޑީލް ތަ ހަދާނީ؟” ދުއާ އަހަރެން ގައިން އޭނަގެ އަތް ނައްޓާލަމުން ބުނެލިއެވެ.

“ޔޫ އަރ ދި ބިގެސްޓް ޑީލް އިން މައި ލައިފް” އަހަރެން ހިނިތުންވެލަމުން ބުނެލީމެވެ.

“އަނިލް. އަނިލް އަހަރެން ބުނިންދޯ އައިޑިއަލް މޭންއެއްގެ ވާހަކަ. އަހަރެންގެ އައިޑިއަލް މޭންއަކީ ތީ… އަހަރެންނަށް ބުނެވުނު ދޯ މޮސްޓް އަންރޮމޭންޓިކް އޭ. ބަޓް ޔޫ ޓާންޑް އައުޓް މޯ ދެން އައި އާސްކްޑް. އަހަރެން ބުނިންދޯ އަހަރެންގެ ހުވަފެންތަކެއް ހުރެޔޭ… އެއިން އެއްވެސް ހުވަފެނެއް އަދި އަދަށް ދާންދެންވެސް އަނިލް ކައިރީ ނުބުނަން. ބަޓް ސްޓިލް. ހުރިހާ ހުވަފެނެއްގަވެސް ކުލަ ޖައްސާދީފި.” ދުއާ އަދިވެސް އަހަރެންދެކެ ލޯބިވާ ކަމަކަށް އެއްބަހެއް ނުވެއެވެ.

“އަހަރެންނަށް ބުނެވުނު ދޯ ހުރިހާ ޝެޑޯތަކެއް ފޮހެފަ ކުލަ ޖެއްސީމަ އޭ ރީތިވާނީ… ދުއާއަށް ކުރަހައި ކުލަ ޖައްސަން ނޭނގުނަސް ދުއާ އަހަރެންނަށް ދިރިއުޅުމުގެ ހަގީގީ ކުލަ ޖައްސައިދީފި. އަހަރެންނަށް މިހާ ބޮޑު ބަދަލެއް އައީ މިހެންވެ. ވަރަށް ލޯބިވޭ.” އަހަރެން ބުނީމެވެ.

“އަހަރެންވެސް…” ދުއާ ބުނެލިއެވެ.

“އަހަރެންވެސް؟ ބޭނުންވީ ދުއާގެ ދުލުން އެވާހަކަ ބުނާށެވެ.

“އަހަރެންވެސް ވަރަށް ލޯބިވޭ…” ދުއާ އެހެން ބުނުމުން ހިނިތުންވެލީމެވެ.

 

ދުއާ އަކީ އަހަރެންގެ ދުއާ އިޖާބަ ކުރެއްވި ކަމުގެ ނިޝާނެކެވެ. ދިރިއުޅުމުގެ ހަގީގީ ކުލަ ދުއާގެ ސަބަބުން ފެނިއްޖެއެވެ. އަހަރެންނަކީ ބޭކާރު މީހެއް ނޫންކަން ހާމަވެއްޖެއެވެ. ހުރިހާ އެއްޗަކީ ވިސްނުމާއި ހިތެވެ. އެކަނިވެރިކަމަކީ އަމިއްލައަށް ލިބިގަންނަ އެއްޗެކެވެ. މީހުންގެ މަލާމާތަކީ ހިތްވަރެކެވެ. އެންމެ ވަރުގަދަ ރައްދަކީ އަމަލެވެ. ބަހެއް ނޫނެވެ. ތެދުވެރިކަން އިސްކުރުމަކީ މުހިންމުކަމެކެވެ. ކެތްތެރިކަމުގެ މޭވާ އަބަދުވެސް ފޮނިވާނެއެވެ. ހަގީގީ ލޯތްބަކީ ބޭރުފުށުން ފެންނަ ހުންނަ ސިފަތައް ދެކެ ވެވޭއެއްޗެއްނޫނެވެ. ދުއާއަކީ އަހަރެންގެ ހުދާ ކަޅުގެ ހަޔާތް ކުލަ ކޮށްލަދިން ކުލަ ފިއްސެވެ. ނުވަތަ ކުލައެވެ.

 

 

ނިމުނީ

 

*********

ތިޔަދެއްވި ސަޕޯޓަށް ޝުކުރިއްޔާ..!

 

 

 

 

 

 

Share Article

Follow Me Written By

ailessh

Level 1

Feel free to comment and point out the mistakes. Love you all <<<3

Other Articles

Previous

ރާނީ 4

Next

ވަކިވީ ލޯބިން 7

Next
July 2, 2023

ވަކިވީ ލޯބިން 7

Previews
July 1, 2023

ރާނީ 4

2 Comments!

  1. Laii says:
    July 3, 2023 at 8:57 am

    Masha allah story is amazing!! Dhen beynumy 3 vana meehaage nazarun thankolheh dhigu vaahaka eh🙂 unmeedhu kuran kiyaalan libeyne kamah? Btw When is your new story?? and thanks for sharing such a beautiful story with us
    Will misss ya alot <33

  2. leesh says:
    July 4, 2023 at 12:36 am

    yeah waiting for a new story like this
    season 2 is also fine

Comments are closed.



All Right Reserved!