އެއްޗެހި ބަދަލުކޮށްގެން އެނދަށް އެރުމާއި އެކީ ޔޫރާގެ ފޯން ރިންގް ވާން ފެށިއެވެ. އުފާވރި ހިނިތުންވުމަކާއި އެކީ އޭނާ ފޯން ނެގިއެވެ. *ޕާރޓް-18* “ނިދަނީތަ..؟” ފޯން ނެގުމާއި އެކީ އަޝްވާން އަހާލިއެވެ. “ނޫން އަދ މިއުޅެނީ ނިދަން ދާން..” ޔޫރާ އެނދުމަތީ އިށީންދެލަމުން ބުނެލިއެވެ. “އެހެން.. ކޮ ބަޔަކާ އެކީގަތަ ބޭރަށް ދިޔައީ..؟” އެއްމެ ފަހުން އަޝްވާން އޭނާ އަހަން ބޭނުންވާ ސުވާލު އަހާލިއެެވެ. “ދެ އެކުވެރިންނާ އެއްކޮށް.. ކިހިނެއްވީ..” އަޝްވާންގެ ރާގުހުތިގޮތުން އޭނާ ޔޫރާ އާއި […]
ހިތުގައި ކިތައްމެ ޝަކުވާ އެއް އުފެދެމުން ދިޔަ ނަމަވެސް އެހުރިހާ ޝަކުވާ އެއް ކަނަކަށް ލާފައި އަހަރެން ބެލީ އަވަހަށް މިމަސަށްކަތް ނިއްމޭތޯ އެވެ. އަހަރެން ސިއްސައިގެން ދިޔައީ މީހަކު އައިސް އަހަރެންގެ ލޯމައްޗަށް އެޅިފައި އޮތް އިސްތަށިކޮޅު ދުރުކޮށްލުމުންނެވެ. އަހަރެން ބަލާލީމެވެ. *ޕާރޓް-2* އޭރު ޝައިލް އަހަރެންނާއި ދިމާއަށް ބަލަން ހުރީ ބޭބެ އެއް ކޮއްކޮ އަކާއި ދިމާއަށް ބަލަން ނުވާނެވައްތަރަކަށެވެ. އަހަރެން ދުރައްޖެހިލީމެވެ. އޭނާ އެއްމިޔަކަނަށް ހީލިއެވެ. އަހަރެންގެ މޫނަށް ވައްތަރެއް ޖައްސާލެވުނެވެ. ބޭއިޙްތިޔާރުގައެވެ. […]
ދިހަވަރަކަށް މިނެޓް ތެރޭގައި އެއްޗެހި ބަދަލު ކޮށްލައިގެން ސެހްރިޝް ނުކުތެވެ. އޭނާ އިނީ ލަދުންކަން އެމޫނުމަތިން ކިތައްމެހާ ވެސް ރަގަނޅަށް އެމޫނުމަތިން ފެނެއެވެ. އާކިފް އާއި ދިމާއަށް ބަލާވެސް ނުލައި އޭނާ މޫނުފޮހެ ކަންތަށް ކޮށްލިއެވެ. އާކިފް ވެސް ނިދާ ހެނދުމެއް ހިފައިގެން ވަނީ ފާޙަނާ އަށެވެ. އާކިފް އެއްޗެހި ބަދަލު ކޮށްގެން ނުކުތީރު ސެހްރިޝް އަށް އޮތީ ނިދިފައެވެ. އޭނާ އޮތީ ރަޖާ ގަނޑު ކަރާ ހަމައަށް އަރުވާލާގެންނެވެ. އެނދުގެ މެދުގައި ބާލިސްތަށް ބަހައްޓާފައިވީރު ދެމީހުންގެ […]
“ހަޔާތް.. ހަޔާތް.. އޭޔް..” ނިދިފައި އޮތް އަހަރެންނަށް ހޭލެވުނީ އަހަރެންގެ ކޮޑުގައި މީހަކު ކޮއްޓާތީއެވެ. ބޯހިއްލާލީރު އަލާޔާ އިނީ ދަބަސް އަޅުވައި ތައްޔާރު ވެގެންނެވެ. އަހަރެން ވެސް ދެލޯ އުގުޅާލާފައި ފޮތްތަށް ދަބަހައް އަޅަން ފެށީމެވެ. “ގޭގަ ނުނިދަނީތަ..؟” އަލާޔާ އަހާލިއެވެ. އަހަރެން ހީލީމެވެ. އެއީ އަލާޔާ އަށް ހަޤީޤަތް ފޮރުވުމުގެ ނިޔަތުގައެވެ. އޭނާ އަށް އެވާހަކަތައް ކިޔާދޭކަށް އަހަރެންގެ ހިތެއް އެއްބަހެއް ނުވެއެވެ. “ގޭގަ ނުނިދާތީކީ ނޫން.. އަލާޔާ ފުއްސެއްނުވޭތަ މި ސޯ ކިޔަވާދޭރަކު.. މަށަކަށް […]
“ދާން އުޅޭ.. ދެން މަގޭ ކުރިމައްޗަށް އައިސްގެން ނުވާނެ.. ތީ މިހާރު މަގޭ ދަރިއެއް ނޫން..” އަހަރެން ގެއިންބޭރަށް ކޮށްޕާލަމުން މަންމަ ބުނެލިއެވެ. އަހަރެންގެ ހިތްހީވީ ތަޅައިގެން ދިޔަ ބިއްލޫރި ކޮޅެއް ހެންނެވެ. އޭރު ވެސް ހުއްޓުމެއްނެތި އަހަރެންނަށް ދިޔައީ ރޮވެމުންނެވެ. މަންމަގެ ހިތުގައި އަހަރެންނަށްޓަކައި އެއްވެސް ރަހުމެއް ނެތް ހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ؟ އަހަރެންނަށް ބަލައިލެވުނީ ދޮރުކަނީގައި ލެނގިލައިގެން އިން އަހަރެންގެ ބޭބެ އާއި ދިމާއަށެވެ. އޭނާ އިނީ ނުލަފާ ވައްތަރަކަށް ހީލާގެންނެވެ. އަހަރެން […]
އެއްމެންތަ އިރުކޮޅަކު ވާހަކަ ދައްކާލަން ހުރެފައި އައްޒާމް އާއި ޝިފާން ކޮޓަރިއަށް ދާން ބޭނުން ވުމުން އަލައިކާ އެކުދިން ގޮވާގެން ގޮސް ކޮޓަރި ދެއްކިއެވެ. ކަން ދިމާކުރިގޮތުން ޝިފާންމެން ހުންނަން ހަމަޖެހިފައިވާ ކޮޓަރި އަކީ އަލައިކާ މެން ކޮޓަރި ދޮރުމަތީ ހުންނަ ކޮޓަރިއެވެ. އެކަމާއި އަލައިކާ އުފާވިއެވެ. *ޕާރޓް-3* ކޮޓަރިއަށް ވަނުމުގެ ކުރިން އަނެއްކާ ވެސް އައްޒާމް ބުނީ ހަވީރު އޭނާ ގޮވައިގެން ރަށުތެރެ ދައްކަން ދާންވާނެ ކަމަށެވެ. ހީލާފައި އަލައިކާ ބޯޖަހާލިއެވެ. ޝިފާން އެއްގޮތަކަށް ވެސް […]
“އަޝްވާން..” އަޝްވާން ސިހިފައި ބަލާލިއެވެ. ބަލާލުމާއި އެކީ އޭނާގެ ދެލޯ ބޮޑުވިއެވެ. ހައިރާން ވިއެވެ. ހަމައެފަދައިން އުފާވެސް ވިއެވެ. *ޕާރޓް-17* “އަލޫކާ..” ސިޓިންރޫމް ސޯފާގައި އިން އަންހެންކުއްޖާ އެހެނީ އަލޫކާ އަށް ގޮވައިލަމުން އަޝްވާން އަލޫކާ ކާރީ ހުއްޓިލިއެވެ. އަލޫކާ ހުރީ ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލައިގެންނެވެ. އަލޫކާ ތެދުވެލާފައި އަޝްވާން ގައިގައި ބައްދާލިއެވެ. ވީ އުފަލެއްގެ ބޮޑުކަމުން އަޝްވާން އަށް އަލޫކާ އުފުލާލާފައި އެނބުރިލިއެވެ. މުޅި ސިޓިންރޫމް ތެރޭ ގުގުމާލީ އަލޫކާގެ ހުނުމުގެ އަޑުންނެވެ. “އޯހް […]
އަހަރަމެން ހުރިހާ ކުދިން ވެސް ބޭނުންވާނީ ކިޔެވުމުގައި ވަރަށް ކާމިޔާބު ކުއްޖަކަށް ވުމަށެވެ. ކްލާހުން އެއްމެ މަތީ މާރކްސް ހޯދާ ކުއްޖަ އަށް ވާކަށް ނޫންހެއްޔެވެ. ދުނިޔެއަށް ކުރިމަތިލާއިރުގައި އިލްމީ ގޮތުން މުއްސަދި މީހަކަށް ވާކަށް ނޫންހެއްޔެވެ؟ އާދެ މިލިޔުމުގައި އަޅުގަނޑު ތިޔަ ކުދިންނަށް މިހިއްސާ ކޮށްލަނީ ބައެއް “ސްޓަޑީން މެތަޑްސް” ތަކެވެ. *އެކްޓިވް ރީކޯލް […]
ހަޔާގެ އެތަކެއް މިސްޑް ކޯލްސް ތަކާއި މެސެޖް ތަކެއް އައިސް ވާކަމުގެ ނޮޓިފިކޭޝަން އަށް ބަލަހައްތައިގެން ކައިލާން އަށް އޮވެވުނީއެވެ. އޭނާ އަށް ހަޔާ ކާރިއަށް ދާނެ ހިތްވަރެއް ނުލިބުނެވެ. ހަޔާ އޭނާ އާއި ވަކިވެގެން ދާނެއޭ އޭނާގެ ހިތް ބުނަމުން ދާތީވެ ކައިލާން އެއް އެއާރޕޯޓް އަށް ދާކަށް ނުކެރުނެވެ. ލޮލުން އައި ކަރުނަ ތިކި ފޮހެލާފައި ކައިލާން ދެލޯ މަރާލިއެވެ. ހިތާމަ ކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އޭނާ ހަޔާގެ ނަމްބަރު ބޮލޮކް ކޮށްލާފައި […]