Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މުޅި ހިތް ބޭޤަރާރު ވެއްޖޭ-15

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
March 1, 2026 3 Mins Read
9 Comments

“މިއަދު މެންދުރުން ފެށިގެން އަހަރެނ ްމިއުޅެނީ މިގޭގަ.. އަހަރެން ޖެހެއޭ ދާން..” ޖައިލަމް ޒާޔާގެ މޫނުމަތިން އިސްތަށިކޮޅެއް ދުރުކޮށްލަމުން ބުނެލީ އޯގާތެރި ރާގެއްގައެވެ.

“ދެން ޕްލީސް..” ޒާޔާ އާދޭސް ކުރަން ފެށުމުން ޖައިލަމް އަކަށް އިންކާރު ކުރާކަށް ނުކެރުނެވެ. އޭނާ ބޯޖަހާލީ އެއްބަސް ވުމުގެ ގޮތުންނެވެ.

*ޕާރޓް-15*

ޒާޔާގެ އަތުގައި ހިފައިގެން ޖައިލަމް ވަނީ އެތެރެއަށެވެ. ކޮޓަރިއަށް ވަދެފައި ޖައިލަމް ގަމީސް ބަލާފައި ހަރުގަނޑުގައި އެޅުވާލިއެވެ. ޒާޔާ ވެސް އުފާވެ ހުރެމެ ވަނީ ފާޙަނާ އަށް އެއްޗިހި ބަދަލުކޮށް މޫނުދޮންނާށެވެ.

ޖައިލަމް އެނދުގައި އޮށޯވެލީރު އޭނާގެ ސިކުނޑިތެރޭގައި އުފެދިފައިވަނީ އެއްމެ ސުވާލެކެވެ. އެއީ ޒާޔާ މިހާ ބަދަލުވީ ކޮން މަގްސަދެއްގައި ހެއްޔެވެ؟ ހަމަ ގައިމުވެސް މީހަކު ގައިމު މިވަރަށް ދެތިން ދުވަހު ބަދަލެއް ނުވާނެއެވެ. ކޮންމެ ގޮތެއްވިއަސް ޒާޔާގެ ބަދަލުވުމީ އޭނާގެ ނަސީބެވެ.

“ކޮންކަމަކާތަ ތިވިސްނަނީ..؟” ޖައިލަމް އަށް ހިޔާލުތަކުން ބޭރުވެވުނީ ޒާޔާގެ އަޑަށެވެ. އޭރު ޒާޔާ އިނީ އެނދުކައިރީ ކޮޅަށެވެ. އޭނާ ލައިގެން އިނީ ދަނބު ކުލައިގެ އަތްދިގު ސިލްކް ފޮތީގެ ނައިޓީއަކާއި ހަމަ އެކުލައިގެ ހަރުވާޅު ކޮޅެކެވެ. ޖައިލަމް އަށް ޒާޔާ މިހުރިގޮތް ވަރަށް ލޯތްބެވެ. އިސްތަށިގަނޑު ވެސް ވަނީ ދޫކޮށްލެވިފަ އެވެ. ޒާޔާ އިނީ ހީލާގެންނެވެ. ޖައިލަމް ތެދުވިއެވެ. އޭނާ ޒާޔާގެ އަތުގައި ހިފައިގެން އޮށޯތެވެ. އެނދުގައި އޮށޯވެ ޒާޔާ ޖައިލަމް އަށް ބަލާލިއެވެ.

“ޖައިލަމް އަހަރެންދެކެ ލޯބިވޭތަ..؟” ޒާޔާ އަހާލިއެވެ.

“އާން.. އަހަރެން ޒާޔާ ދެކެ ވަރަށް ލޯބިވޭ..” ޖައިލަމް ފާޅުކުރީ ހަޤީޤަތެވެ. ޒާޔާގެ ހިނިތުންވުން ފުންވިއެވެ. ޖައިލަމް އޮތީ އޭނާގެ އަތް ޒާޔާގެ އުނަގަނޑުގައި އަޅުވައިލައިގެންނެވެ.

“ކިހިނެއް ޖައިލަމް އަށް އަހަރެންދެކެ ލޯބިވެވުނީ..؟” ޒާޔާގެ އަނެއް ސުވާލު ކޮށްލިއެެވެ. ޖައިލަމް ޒާޔާގެ ދެލޮލަށް ބަލާލިއެވެ. ކުއްލިއަކަށް މިސުވާލުތަށް ޒާޔާ ކުރާތީވެ ޖައިލަމް ހައިރާންވިއެެވެ. އެކަމު އެކަމެއް ނުވެއް ދައްކައެެވެ.

“އަހަރެމެން މެރީ ކޮށްގެން އުޅުނީރު ޒާޔާ އުޅުނީ އަހަރެންނާ ވަރަށް ދުރުން ވާހަކަ ވެސް ނުދައްކާނެ.. އަހަރެން ޒާޔާ ގައިގައި އިނގިލި ކުރި ޖައްސާލިއަކަ ވެސް ނުދޭނެ.. އެކަމު އަހަރެންނަކަށް ނޭނގެ އަހަރެން ބޭނުންވީ ޒާޔާ އާ އެކީ އުޅެން..” ޖައިލަމް ކިޔާދިނީރު ޒާޔާ އޮތީ އަޑުއަހާށެވެ.

ގެޔަށް އާދެވުނީރު 11 ޖަހާ ބޮޑުވެއްޖެއެވެ. އާކިފް އާއި ކައިސާން ވެސް ދިޔައީ އެމީހުންގެ ގެޔަށެވެ. ތާރާ ވެސް ދިޔައީ އެވެ. ސެހްރިޝް ގެޔަށް ވަނީރު އެނާގެ މޫނުމަތިން ފެންނަން ހުރީ ވަރުބަލިކަމެވެ. ފައި ދަމަމުން ކަހަލަ ގޮތަކަށް ސެހްރިޝް ގޮސް ކޮޓަރިއަށް ވަނެވެ. ދޮރު ލައްޕާލާފައި އޭނާ ގޮސް ހުއްޓިލީ ޑްރެސިންޓޭބަލް ކުރިމަތީގަ އެވެ. އަމިއްލަ ސޫރައަށް ބަލާލާފައި ސެހްރިޝް އަވަސް ވެގަތީ އިސްތަށިގަނޑުގައި ހުރި ދަތިތަކާއި އެއްޗިހި ނެގުމަށެވެ.

އާކިފް އާއި ދެކެވުނު ވާހަކަ އަނެއްކާ ވެސް އޭނާގެ ސިކުނޑިތެރޭގައި އާވާން ފެށިއެވެ. ދެމީހުން ވެސް ނިއްމާފައި ވަނީ ދެޢާއިލާގެ މަސްލަހަތަށް ޓަކައި މިކައިވެނި ކުރާށެވެ. އެކުގައި އުޅެވޭނެކަމުގެ ޔަޤީންކަން އާކިފް ވަނީ ދީފައެވެ. ސެހްރިޝް ބިރުގަންނަނީ އޭނާ އަށް އޮޅިގެން ވެސް އާކިފް ދެކެ ލޯބިވެވިދާނެތީއެވެ. އާކިފް އަކީ އޭނާގެ ދުވަސްވީ އެކުވެރިއެކެވެ. ދެމީހުން ވެސް އުޅެބޮޑުވީ އެއްކޮށެވެ. އެގުޅުމަށް ބުރޫއަރާކަށް އޭނާ ބޭނުމެއް ނޫނެވެ.

ކައިސާން ގެޔަށް ލާފައި އާކިފް ވެސް މިސްރާބުޖެހީ އޭނާގެ ގެޔަށެވެ. މަގުތަށް މަތި ފަޅުވާން ފެށިއެވެ. މަދުމަދުން ސައިކަލެއް ކާރެއް ފެނިލާނެއެވެ. ކާރުދުއްވަމުން ދިޔައިރު އާކިފްގެ ހިޔާލުތަށް ގުޅިފައިވަނީ ސެހްރިޝް އާއެވެ. އޭނާ އަށް ސެހްރިޝް އާއި މެދު ވިސްނެނީ ވަކި ކީއްވެ ކަމެއް ނޭނގެއެވެ. ސެހްރިޝް މިކައިވެނި މިކުރަނީ އޭނާ ބޭނުން ވެގެނެއް ނޫނެވެ. އޭނާގެ މައިންބަފައިންނަށް ޓަކައެވެ. ކައިވެނި ކޮށްގެން ސެހްރިޝް އުޅޭނީ އޭނާ ކާރީގައި އެގޭގައެވެ. އެއީ ހަމްދާން ބުނެފައިވާ ގޮތެވެ. ސެހްރިޝް އެއްވެސް އުފަލެއް ހިއްސާއެއް ނުކުރާނެއެވެ. އޭނާ ހާދަ ދެރަވާނެއެވެ. އޭނާ ސެހްރިޝް އުފާކޮށްދޭނެއެވެ. އެއްވެސް ގޮތަކަށް ސެހްރިޝް ހިތާމަ ކުރިޔަކަ ދޭކަށް އޭނާ ބޭނުމެއް ނޫނެވެ.

އާކިފް ސެހްރިޝް އާއި މެދު މިހާވަރަށް ވިސްނަނީ ކީއްވެ ހެއްޔެވެ؟ އަނެއްކާ އާކިފްގެ ހިތުގައި ސެހްރިޝް ދެވިފައިވަނީ އެކުވެރިކަމަށް ތުރެއް މަތީ މަޤާމެއްހެއްޔެވެ؟

އަނެއް ދުވަހު އިރުއަރައިގެން އައިރު ހަމްދާންމެން ނާއި އަހްމަދްމެންނަށް މިއިއީ ވަރަށް އުފާވެރި ދުވަހެކެވެ. މިއަދަކީ ދެފަރާތު އާއިލާ ވެސް ކައިވެންޔަށް ހެދުންގަންނަން ދާ ދުވަހެެވެ. އަންނަ ހަފްތާއަށް ކައިވެނި ކުރެވެން ވަނީ ނިއްމާފައެވެ. މިއަދު އޮފީސް ދުވަހެއްކަމުން ސެހްރިޝް ވެސް އުޅުނީ ހޭލައެވެ. ލޯގަނޑު ކުރިމަތީ ހުރެ ތައްޔާރު ވަމުން ދިޔަ ސެހްރިޝް ލައިގެން ހުރީ ހުދުކުލައިގެ ގަމީސްވަނީ ބެގީކޮށްލެވިފައެވެ. ލައިގެން ހުރި ކަޅު ކުލައިގެ ފުޅާ ޖިންސް އާއި ޖަމީހުގެ ބޭރުން ލައިގެން އިން ކްރީމް ކުލައިގެ ކޯޓްގައި ސެހްރިޝް ފެންނަނީ ވަރަށް ވެސް ފުރިހަމަކޮށެވެ. އިސްތަށިގަނޑު ވަނީ ދޫކޮށްލެވިފައެވެ. ތުންފަތުގައި ރަތްކުލައިން ފަވާލާފައި ސެހްރިޝް ގަޔަށް ސެންޓްކޮޅެއް ބުރުވާލިއެވެ.

ފޯނުން މިރޯ ސެލްފީއެއް ނަގާފައި ސެހްރިޝް ނުކުތެވެ. މިއީ އޭނާގެ އާދައެވެ. ރީތިވެލާފިއްޔާ އަބަދުވެސް ފޮޓޯއެއް ނަގާނެއެވެ.

ސިޑީގެ ހަރުފަތްތަށް ގިރަމުން ފައިބަމުން އަތުގައި އަޅާފައިވީ ގަނޑިއަށް ބަލާލިއެވެ. އޭރު ބާކީ އޮތީ ފަނަރަ މިނެޓް އެވެ. އާކިފް އަވަހަށް ފޭބައިގެން ނުކުތީ ޕާރކް ކޮށްފައިވާ އޭނާގެ ކާރު އޮތް ދިމާއަށެވެ. ކާރަށް އަރައި ސްޓާޓް ކޮށްލާފައި އޭނާ އަވަހަށް ދުއްވާލިއެވެ. މިއަދު އަހްމަދް ބުނެފައިވަނީ މެންދުރު ފަހު އަވަހަށް ގެޔަށް އައުމަށެވެ. އެހެން ކަމުން އޭނާ ބޭނުންވަނީ އަވަަހަށް ގޮސް ހުރިހާ މަސަށްކަތެއް ނިއްމާލާށެވެ.

ކައިސާން ސައިލުގައި އައިސް މަޑުކޮށްލީ ކޮފީ ޝޮޕް ކުރިމަތީގައެވެ. އޭރު އެތަކެއް އަންހެން ކުދިންގެ ނަޒަރު އޭނާ އަށް ހުއްޓެމުން ދިޔައެެވެ. އެހެން ނުވާންވީ ސަބަބަެއް ނެތެވެ. ކަޅުކުލައިގެ ފަޓްލޫނާއި އެކީ ލައިގެން ހުރި ހުދުގަމީހުގެ މަތިން ލައިގެން ހުރި ވެސްޓްގައި އޭނާ ފެންނަން ހުރީ ފެންޓަސީ ކެރެކްޓާރ އެއްހެންނެވެ. ހެލްމެޓް ނަގާފައި އިސްތަށިގަނޑު ރީތިކޮށްލާފައި އެތާ އިން އަންހެން ވެއިޓާރ އާއި ދިމާއަށް އޭނާ އެއްލޯ މަރާލާފައި ހިނިތުންވެލިއެވެ. އެކުއްޖާ ލަދުން މޫނުމަތީ އަތް އަޅާލިއެވެ. ކައިސާން އަށް ވީމަޖާކަމަށެވެ. ހެލްމެޓް ބާއްވާފައި ހިގައިގަތް ތަނާހެން މީހަކު ބުނެލިއެވެ.

“ތިހާ ވަރަށް އަންހެން ކުދިންނަށް ފޮނިކަޑާކަށް ނުވާނެ..” ކައިސާން ބަލާލިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ހިތް އެދޭ މަންޒިލަކީ… 28

Next

އެކުގައިވާނަން-32

Next
March 1, 2026

އެކުގައިވާނަން-32

Previews
February 28, 2026

ހިތް އެދޭ މަންޒިލަކީ… 28

9 Comments!

  1. Shaba_73 says:
    March 1, 2026 at 11:26 am

    Mi part vx vrh reethi MA! 😍
    Aakif ah sehrish dheke lwbi vevuny hen heevany
    Xaaya hama Vrh bodah badhalu vehje dhw
    Jailam vrh Lwbivey dhw Xaaya dheke ❤️
    Xaya ves mhr jailam dheke lwbivey dhw 🤔
    Anehkaa Kaaku baa kaisaan aa dhimaalah ehen ebunevuny
    Curiously waiting for the next part when’s next??
    Lyyy and Tc gurlly 💗

    1. _MuXo_ _MuXo_ says:
      March 1, 2026 at 10:13 pm

      Thank you Shaba_73! 😊
      Glad you liked this part! 💚
      Hama vedhaane dhw! 😄
      Jailam loves zaaya very much yeah! 🤭
      Next part ga egeyne kaaku kan kaisan aa dhimaa ah ehen bunee! 🧐
      Next part ves v avahah Inshaallah! 🥰
      Love you more, you also take care honey! 😘💙

  2. Alaika_22 says:
    March 1, 2026 at 2:38 pm

    Mi part ves Vrh furihama MA! 💗
    I think aakif sehrish dheke lwbi vey hen…. 🤗
    And zaaya and jailam Mihr ulhey goi Vrh Salhi…..
    I think Thaaraa kanne ehn ebunee kaisaan aa dhimaa ah… . 😅
    Curiously waiting for next part…….
    Whn nxt??????????
    Lysm and Tc my girll 🖤

    1. _MuXo_ _MuXo_ says:
      March 1, 2026 at 10:16 pm

      Thank you Alaika_22! 🥰
      Aakif may have feelings for sehrish! 🤗
      Hehe Jailam and zaaya cute! 😄
      Hama vedhaane dhw taara ah ves! 😉
      Next part v avahah Inshaallah! 💚
      Love you too, you also take care darling! 😘💙

  3. Muzna says:
    March 1, 2026 at 7:15 pm

    Mi part vx vrh reethi
    Zaaya and jailam vrh lwbi 😘
    Aakif ge hithuga sehrish ah lwbeege vindhu kanne ejahany. Kaaku baa kaisaan aa dhimaalah egothah ebuny
    ILYSM ❤️

  4. _MuXo_ _MuXo_ says:
    March 1, 2026 at 10:18 pm

    💀💀💀
    Thank you! 🤗
    Jailam and zaaya cute! 💚
    Aakif may have feelings for sehrish but he doesn’t know that yet!
    Next part ga egeyne dhw kaaku kan ehen ebunee! 🧐
    Hehe love you too! 😘💙

  5. 🎀🎀🎀 says:
    March 1, 2026 at 11:45 pm

    MaaSha Allah 💜🥀
    Muxo mi part ves HAmer Vrh Vrh vx reethi ingey…🫶💜
    XaaYer Is it Her? I couldn’t believe in my eyes!
    Haadha badhalhey dhw…Jailam vx dhw…
    Hinigadu hama mi dhanyy Curiousity vamun Ethan kolhu kiyaaarah!!🎀🥀
    Sehrish & Aakif Haadha cute ey dhw 🥰🥰
    Dhemeehun ves new dhw…
    When’s next?🫶🎀
    MuXo,May Allah bless you on Your hardwork!
    🎀🎀🎀

    1. _MuXo_ says:
      March 2, 2026 at 6:39 am

      Thank you!
      Glad you liked this part too!!
      Yes that is xaayer..
      yes they both new!!
      Next part ves v avahah IN!!
      May this ramadaan bring happiness to your life!!

    2. 🎀🎀🎀 says:
      March 3, 2026 at 2:32 am

      Muxo you too,🎀🫶🖤
      May this Ramdan bring your friends & family happiness , Curiousity,enjoy everything…IA
      From:Cer 🎀🥀

Comments are closed.

Next Episodeމުޅި ހިތް ބޭޤަރާރު ވެއްޖޭ-16←


All Right Reserved!