Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާނަން-32

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
March 3, 2026 4 Mins Read
7 Comments

ޝަޔާންގެ ކަށުކެމީގެ ކަންތަށް ނިއްމާލާފައި މިސްކިތުން ނުކުއް ޝާޔަންގެ ފިޔަވަޅުތަށް އަވަސްވެފައި ބާރެވެ. އޭނާގެ މިސްރާބު ހުރީ “ސަންސެޓް” ގެޔާއި ދިމާއަށެވެ. ހިގާފައި ގޮސް ސަލާމް ގޮވާލުމެއް ނެތި ޝާޔަން ވަދެގެން އައިރު ސުފްޝާ އިނެވެ. ޝާޔަން ދިޔަގޮތަށް ގޮސް ސުފްޝާގެ ކަންކަށިމަތީގައި މުއްކަވާފައި ޖެހިއެވެ ސުފްޝާ ހަޅޭލަވައިގަނެފައި ރުއި ގަތެވެ. އެއަޑަށް ބަދިގެ ފަރާތުގައި އުޅުނު ފިރާޝާ ވެސް ދުވެފައި އައެވެ. އޭރު ސުފްޝާގެ އިސްތަށިގަނޑުގައި ހިފައިގެން ހުރި ޝާޔަން ފެނި ފިރާޝާގެ ފިޔަވަޅުތަށް ގަނޑުވިއެވެ.

*ޕާރޓް-33*

“ހަމަ މިހާރު ސުފްޝާ ގައިން ދޫކޮށްލާ..” މީހާ ހަމައަކަށް އަޅުވާލާފައި ފިރާޝާ ބުނެލިއެވެ. އޭރު ސުފްޝާ އިނީ ބިރުންނެވެ.

“ކަލެޔަށް ދުވަހަކު ވެސް މަ މަޢާފެއް ނުކުރާނަން.. އެކަން ހަދާން ބަހައްޓާތި..” ޝާޔަން ސުފްޝާ ކޮށްޕާލަމުން ބުނެލީ ރުޅި އައިސް ހުރެމެއެވެ.

“ސުފްޝާ ދަރިފުޅާ ދޭ ކޮޓަރިއަށް..” ފިރާޝާ ބެލީ ސުފްޝާ އެތަނުން ފޮނުވާލެވޭތޯ އެވެ. ސުފްޝާ ޝާޔަން އާއި ދިމާއަށް ލޯ އަޅާލަމުން ދިޔައެވެ.

“ކޮބާތަ މައްސަލައަކީ..؟” ފިރާޝާ މަޑުމަޑުން އަހާލިއެވެ.

“މައްސަލަ އަކީ ކޮބާހޭ..؟ ހެހެ..” ޝާޔަން މަލާމާތުގެ ރާގަކަށް ހީގަތެވެ.

“ކަލެޔާ ހެދި މަގޭ ބޭބެ އަމިއްލަ އަކަށް މަރުވެއްޖެ..” ޝާޔަން މިޖުމްލަ އާއި އެކީ ފިރާޝާގެ މޫނުމައްޗަށް އަނދިރި ނުވީ ކިރިޔާއެވެ. ޝަޔާން މަރުވީއެވެ. އެހެނެއް ނުވާނެއެވެ. އެހެންވީރު ޔަސްރާ މެން ކޮބާހެއްޔެވެ؟

“ވަރަށް ހައިރާން ވެއްޖެ ދޯ.. މީގެ ބަދަލު ކަލޭ ދޭންޖެހޭނެ..” ޝާޔަން ހީވަނީ ހުރިތަނަށް ފިރާޝާގެ ދުވަސްދުއްވައިލަން ތައްޔާރަށް ހުރިހެންނެވެ.

“ޝަޔާން.. މަރުވީއޭ..؟” ފިރާޝާގެ އަތްފައި ތުރުތުރު އަޅަން ފެށިއެވެ. އޭނާ ބޭޒާރު ވާނެކަން އޭނާ އަށް އެނގެއެވެ.

“އާން.. ރަގަނޅަށޭ ތިޔަ އިވެނީ.. ކަލޭގެ ދޮންދަރި އެބަހުރި ސަލާމަތުން.. އެކަމު މަގޭ ބޭބެ.. ކިހިނެއް ދެން އޭނާ އަންނާނީ.. މީ ހުސްކަލޭ ކަންތަށް.. ކަލެޔަށް މަސަށްކަތް ކުރަން ހަދާގެން އޭނާ އެދިޔައީ.. ކަލޭ ހަދާން ކުރާތި ކަލެޔަށް ދެން ހަމަޖެހިގެން ދިރިއެއް ނޫޅެވޭނެ.. މިއަދު ޕޮލިހުން އަންނާނެ ކަލޭ ބަލާ.. އެހިސާބުން މަ ހަވާލު ވާނަން ކަޅޭގެ ސުފްޝާ އާ..” ޝާޔަން އެއްމިޔަ ކަނަށް ހީލިއެވެ.

ފިރާޝާ އަށް ދެކޮޅަށް ބޯ ހޫރާލެވުނެވެ. ސުފްޝާ އަށް ގޮތެއް ވިއަކަށް އޭނާ ނޭދެއެވެ. އެކަމު ދެން އޭނާ އަށް ކުރެވޭނެ ބާ ބޮޑު ކަމެއް ނޯންނާނެއެވެ.

“ހެޔޮނުވާނެ.. ސުފްޝާ އަށް ގޮތެއް ނަހަދައްޗޭ..” ފިރާޝާ އަށް ރޮއި ގަނެވުނެވެ.

ޝާޔަން ހީލާފައި ނުކުމެގެން ދިޔައެވެ. ފިރާޝާ އަށް ބިންމައްޗަށް ޖެހިގަނެވުނެވެ. އޭނާ އާއި ހެދި އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ނުރައްކަލާ ކުރިމަތިލާން ޖެހޭނެ އެވެ. އޭނާ ސުފްޝާ ރައްކާތެރި ކުރަން އެބަޖެހެއެވެ.

ސޫޕް ކޮޅެއް ކައްކާގެން އައިސް ބޯތައްޓެއް ހިފައިގެން އައިސް ރާޝިމް އިށީނީ ޔަސްރާ ކުރިމަތީގައެވެ. އޭރު ވެސް ޔަސްރާ އިނީ ގަނބު އަރާފައެވެ. ރާޝިމް ތަށި ޔަސްރާ އާއި ދިމާއަށް ގައްސާލިއެވެ ޔަސްރާ އަދިވެސް އިނީއެވެ.

“ޔަސް.. ކޮންމެވެސް އެއްޗެއް ކާހަލަބަލަ..” ރާޝިމް ބުނެލިއެވެ. ސިއްސައިގެން ގޮސް ޔަސްރާ ބަލާލިއެވެ. ރާޝިމްގެ މޫނުފެނިފައި އޭނާ އަވަހަށް އެތިކޮޅެއް ކާލިއެވެ.

“ދޮންބޭ..” ޔަސްރާ ގޮވާލިއެވެ.

“ލައްބަ..”

“އަހަރެން ބޭނުން އަޒްހާން ކާރިޔަށް ދާން..” ޔަސްރާ ލަދުން ހުރެ އެދުނެވެ. ރާޝިމް އެއްބަސް ވުމުން ޔަސްރާ ކުޑަކޮށް ހައިރާންވިއެވެ.

އަވަހަށް ތައްޔާރު ވެލައިގެން އޭނާ ރާޝިމް އާއި އެކީ ދިޔައީ ހޮސްޕިޓަލަށެވެ.

އަޒްހާން އާއި ހަޔާ ހޭއަރައިގެން މިންހާ އިނީ ވަރަށް އުފަލުންނެވެ. އޭނާގެ ދަރިންތަށް ހެޔޮހާލުގައި ތިބީމައެވެ. މިންހާ އިނީ އަޒްހާން ކާރީގައެވެ. ނޫޑުލިސް ތައްޓެއް ހިފައިގެން އޭނާ އިނީ އަޒްހާން އަށް ކާންދޭށެވެ. އޭރު ނަހާން އާއި ޖިޔާންގެ އިތުރަށް ލީވާން އާއި ކިރާން ވެސް ތިބީ ހަޔާ ކާރީގައެވެ. އަޒްހާން އާއި މިންހާ އަށް އެކަހެރި ވަގުތު ކޮޅެއް ދެމުންނެވެ.

އުލަށް ނޫޑުލިސް ކޮޅެއް އޮޅާލާފައި މިންހާ އެއަަށް ފުމެލިއެވެ. އޭރު ވެސް މިންހާގެ ދެލޮލުގައި ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ. އޭނާ އަޒްހާންގެ އަނގަޔާއި އޫ ކާރިކޮށްލުމުން އަޒްހާން ކާލިއެވެ. މިންހާ އަށް އަދިވެސް އިހްސާސް ކުރެވެމުން ދިޔައީ އެއީ އޭނާގެ ކުޑަ ކުޑަ ލޯބިވާ އަޒްހާން ކަމަށެވެ. ކުޑައިރު އުނގުގައި ބައިންދައިގެން އޭތި މީތިކިޔައިގެން ކާދިން ހަދާން ވެއެވެ. އެކަމު ފަހުން ފަހުން އައިސް އަޒްހާން މިންހާ އާއި ދުރުވި ވަރެވެ. މިންހާގެ ހިތަކަށް ކުޅަދާނަ އެއް ނުވެއެވެ. އޭނާގެ ދަރިފުޅު ނަފްސާނީ ގޮތުން ބަލިކަށިކަން އެނގުނީ އަޒްހާންގެ ތެރަޕިސްޓް އެވެ. އެދުވަހު މިންހާގެ ހިތް ކުދި ކުދި ވިއެވެ.

އަޒްހާން އިނީ އޭނާގެ މަންމަ އަށް ބަލާށެވެ. މިންހާ ކަރުނަތަށް ނުދައްކަން ވެގެން އަނެއްފަރާތަށް އެނބުރިފައި ކަރުނަތަށް ފުހެލާނެއެވެ. އަދި ހިނިތުންވެލާފައި އަނެއްކާ ވެސް އަޒްހާން އަށް ލަވައިދެއެވެ. މަންމަ ރޯތީވެ އަޒްހާންގެ ހިތަށް އުނދަގޫވިއެވެ. އެމަންމަގެ ގައިގައި ބައްދާލަން ބޭނުންވިއެވެ. އެކަމު އޭނާ މިއަދު އެވަނީ އެފަދަ ހާލެއްގަ އެއް ނޫނެވެ.

“މަންމާ.. ޕްލީސް.. ނޮރެއެބަ..” އަޒްހާން ބުނެލިއެވެ. މިންހާ އަށް ބޮޑަށް ރޮވުނެވެ. އަޒްހާން އިނީ ބަލާށެވެ.

“ކިހިނެއް މަންމަ އަށް ނޮރެއެ ހުންނާނީ.. މަންމަގެ އަޒްހާން އޭ މިއޮތީ ބަލި ހާލުގައި އެދުގައި ބާއްވާފައި..” މިންހާގެ އަޑުއައީ ފޭދިގެންނެވެ.

“މަންމާ.. ދެން ޕްލީސް..” އަޒްހާން އާދޭސް ކުރަން ފެށިއެވެ. ދަރިފުޅުގެ އެދުމަށް މިންހާ އުޅުނީ ކަރުނަތަށް ހިންދާލެވޭތޯއެވެ.

“މަންމާ..” އަޒްހާން އަނެއްކާ ވެސް ގޮވާލުމުން މިންހާ ބަލާލިއެވެ.

“ކިހިނެއްވީ ދަރިފުޅާ..؟ ތާކަށް ތަދުވަނީތަ..؟” މިންހާ އަހާލިއެވެ.

“މަންމާ އަހަރެންނަށް މަޢާފް ކުރޭ.. އަހަރެން އުޅުނީ މަންމަމެން ވަރަށް ދުރުކޮށްލާގެން.. އެހެންވެ..” އަޒްހާން މަޢާފަށް އެދުނެވެ. މިންހާ އަށް ބަލަހައްޓައިގެން ހުރެވުނީ ހައިރާން ވެފައެވެ.

“ނޫން ދަރިފުޅާ ތިހެން ނުބުނޭ.. އެއީ މަންމަމެންގެ މައްސަލަ.. މަންމަމެން ދަރިފުޅު ބުނި އެއްޗެހި ގަބޫލު ނުކުރީ.. މަންމަ ޖެހޭނީ ދަރިފުޅު ފަރާތުން މާޢާފަށް އެދެން.. މި މަންމަގެ ދެއަތުން ދަރިފުޅުގެ މުޅި ދިރިއުޅުން އަދިރި ކޮށްލީ..” މިންހާގެ ދެލޮލުން އޭރު ހުއްޓުމެއްނެތި ކަރުނަ އަންނަނީއެވެ.

“އަހަރެން މަންމަމެންނަށް މަޢާފް ކޮށްފިން..” އަޒްހާން ބުނެލިއެވެ. މިންހާ އަށް އަޒްހާން ގައިގައި އޮޅުލައިގަނެވުނެވެ. އޭނާގެ ލޯބިވާ ދަރިފުޅެވެ. އޭނާ އަށް މަޢާފް ކޮށްދީފިއެވެ. ހާދަ ރަގަނޅެވެ.

ދެމައިންވެސް ސިއްސައިގެން ދިޔައީ ކިރާން ބާރުބާރަށް ރުއި ގަތީމައެވެ. މިންހާ އަޒްހާން ގައިން ދޫކޮށްލާފައި ބަލާލިއެވެ. އޭރު ހަޔާ އާއި ލީވާން ހުރެގެން ހެނީއެވެ. ޖިޔާން ވެސް ހެނީއެވެ. އޭނާ އުޅުނީ ކިރާންގެ ރުއިން ހުއްޓޭ ތޯއެވެ.

“ކިހިނެއްވީ.. ކިރާން ރޮނީ..؟” މިންހާ އަހާލިއެވެ.

“ދޮންތޮ ކިރާން ބިރުލައްވާލީ..” ލީވާން ހެމުންހެމުން ޖަވާބު ދިނެވެ.

ހަމައެވަގުތު ޔަސްރާ އާއި ރާޝިމް އައިސް އެ ކޮޓަރި ތެރެއަށް ވަނެވެ. ޔަސްރާ ފެނުމުން އަޒްހާން ހިނިތުންވެލިއެވެ. ޔަސްރާ ފުރަތަމަ ދިޔައީ ހަޔާ ކާރިއަށެވެ. ރާޝިމް ދިޔައީ އަޒްހާން ކާރިއަށެވެ. ރާޝިމް އައިސް އިށީނީ އަޒްހާން ބާއްވާފައި އޮތް އެނދުކައިރީ އިން ގޮނޑީގައެވެ.

“ތެންކްސް ބްރޯ..” ރާޝިމް ބުނެލިއެވެ.

“ހެހެ.. ވެލްކަމް..” އަޒްހާން ހިނިތުންވެލިއެވެ.

“އަވަހަށް ދެން ވެސް މެރީ ކުރަން އުޅޭ..” ރާޝިމް އެހެން ބުނެލުމުން އަޒްހާންގެ ހިނިތުންވުން ފުޅާވިއެވެ.

“ކޮބާތަ ކައިލާން..؟” ހަޔާ އަހާލީ ޔަސްރާ ކުރެއެވެ.

“ނޭނގެ..” ޔަސްރާ އެއް ކައިލާން އެއް ނުދެކެއެވެ.

“އިނގޭތަ.. ޝަޔާން ވަޅުލާފި..” ޔަސްރާ އެހެން ބުނެލުމުން ހަޔާ އަށް އަނގަމަތީ އަތް އެޅުނެވެ. އޭނާ އުފާވެސް ވިއެވެ. ޔަސްރާ އަށް ދެން އެއްވެސް ނުރައްކަލެއް ނެތެވެ.

ހަޔާ ކާރީ ވާހަކަ ދައްކަން ހުރެލާފައި ޔަސްރާ ދެން ދިޔައީ އަޒްހާން ކާރިއަށެވެ. ޔަސްރާ އައުމުން ރާޝިމް ދުރަށް ޖެހިލިއެވެ. އަޒްހާން އިނީ ޔަސްރާ އަށް ބަލާށެވެ.

“ރަގަނޅުތަ..؟” ޔަސްރާ އަހާލިއެވެ. އަޒްހާން ބޯޖަހާލިއެވެ.

“ނަސީބެއްނު އެ މީހަކު މަރުވިކަންވެސް..” އަޒްހާން އެހެން ބުނެލުމުން ޔަސްރާ ވެސް ހިނިތުންވެލިއެވެ.

*ދެދުވަސް ފަސް*

ޓީވީ ކުރިމަތީގައި ކޮފީ ތަށި ހިފައިގެން ކައިލާން އިނީރު އޭނާ އިނީ ހިނިތުންވެލައިގެންނެވެ. އެދުވަހަށް ފަހު އޭނާ އަދި ހަމަޔަކަށް އެޅުނީ މިއަދު އެވެ. ހަމަޖެހިލައިގެން ސައިބުއިގެން ތަށިދޮވެފައި އަނެއްކާ ވެސް ޓީވީ ކާރިއަށް ދާން އުޅެނިކޮށް ދޮރުގައި ޓަކި ދިނެވެ. ކައިލާން ގޮސް ދޮރުހުޅުވާލުމާއި އެކީ މޫނުމަތީވީ ހިނިތުން ވުން އެއްކޮށް ގެއްލުނެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ލޯބިން ގާތުގާ (ޓްރެއިލާ)

Next

ތިޔައީ ހަނދޭ-14

Next
March 4, 2026

ތިޔައީ ހަނދޭ-14

Previews
March 3, 2026

ލޯބިން ގާތުގާ (ޓްރެއިލާ)

7 Comments!

  1. Sheex says:
    March 3, 2026 at 10:06 pm

    MA v reethi mipart ves 🌈
    I wonder why kailaan got his mood of??😐
    When next?🤗
    Ramadan mubaarak ⭐️🌙

    1. starrgurll says:
      March 4, 2026 at 12:29 am

      Vrh reethi vhk eh. IA. waiting for the next part 🥰

  2. _MuXo_ _MuXo_ says:
    March 3, 2026 at 10:12 pm

    Thank you Sheex! 🥰
    Next part ga egeyne dhw kailan ge mood of vi sababu! 😊
    Next part ves v avahah IA! 💙
    Ramadaan kareem to you too baby! 💋

  3. Shaba_73 says:
    March 3, 2026 at 10:32 pm

    Mi part vx hama habeys 👍…
    Firaasha police ah gendhiyaeema ehme rangalhu vaany dhn sufsha ah Konme gotheh viyas Heyo lehnu 😡😡😡
    Azhern ge health rangalhu veema Avahah marry kurey
    Azhern and minha ge scene vrh heart touching 😢
    Keehve baa kailaan ge mood of vee e 🤔🤔
    Baby gurll u ah award eh Dhey kahala hama 💗🤞
    Curiously waiting for the next part when’s next?
    Lyy and Tc darls 💋

    1. _MuXo_ _MuXo_ says:
      March 3, 2026 at 10:38 pm

      Thank you Shaba_73!! 🥰
      Firaasha will get punishment! 💚 And sufshaa ah ves! 😄
      Ofc.. They will marry! 💘
      Fr girll! Muxo ethan kolhu liyuneeru rovunu! 😭
      Next part ga egyne dhw keehvekan! 😶
      Ahaha!! Award eh dhw! 🤭
      Next part ves v avahah IA! 💙
      Love you more! 💋 You also take care baby! 💙

  4. Verrr says:
    March 4, 2026 at 12:11 pm

    Varah reethi mi part ves
    Kudakoh busy koh ulheytheee ehaa dhigukoh comment ehves kohnulevigen miulhenee
    Waiting for the next partttt
    Love yahhh.!!❤️

    1. _MuXo_ _MuXo_ says:
      March 4, 2026 at 4:10 pm

      Thank you Verrr!!
      Its okay take your time! Muxo will always welcome you baby!!
      Love you more!!

Comments are closed.

Next Episodeއެކުގައިވާނަން-33←


All Right Reserved!