Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-13

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
August 17, 2025 2 Mins Read
5 Comments

ގެޔަށް އައިރު ރޭގަނޑު ވެއްޖެވެ. މަންމަ އަހަރެން ކައިރީ ބުނީ އަވަހަށް ނިދުމަށެވެ. މާދަން މެންދުރު އަހަރެންގެ ކައިވެނި ކުރަން ކޯޓަށް ދާން ޖެހެއެވެ. ބާކީ އަހަރެންގެ ކައިވެންޔަށް އޮތީ މަދު ގަޑިއިރުކޮޅެއްކަން އެނގުމުން އަހަރެންގެ ހިތް ތެޅި ގަތެވެ. ދެން އަހަރެން ވާނީ އެހެން މީހެއްގެ ހައްގަކަށެވެ. ދެން އަހަރެން އުޅެން ޖެހޭނީ އެހެން މީހަކާއި އެކުގައެވެ. އެމީހާގެ ކައިރީގަ އެވެ.

*ޕާރްޓް-13*

ހިޔާލުތަކުގައި އޮވެ އަހަރެންނަށް ނިދުނު އިރެއްވެސް ނެންގެއެވެ. ހޭލެވުނީ ފޯނު އެލާރްމް ވާން ފެށުމުންނެވެ. އަވަހަށް ތެދުވެ ފެން ވަރާ ތާޒާ ވެލައިގެން ބަދިގެޔަށް ވަނީރު ބައްޕަ ކާމޭޒު ދޮށުގައި މީހަކާއި ގުޅަގެން ކައިވެނީގެ ކޮންމެވެސް ވާހަކައެއް ދައްކަން ހުއްޓެވެ.

އަހަރެން ވެސް ސައިބުއި ހަދައިގެން ދިޔައީ މަންމަ ކައިރިއަށެވެ. ކައިވެނީގެ ވާހަކަ ދައްކާލައިފައި އަހަރެން ވެސް ދެން ދިޔައީ ފެން ވަރާ ތައްޔާރު ވެލުމަށެވެ.

މިހާރު މެންދުރު އަނބުރާ 2 ޖަހަނީއެވެ. ކޯޓައްދާން ގަނޑިކޮޔައިފައި އޮތީ ދެގަނޑި ފަނަރަ އަށެވެ. މަންމަ އާއި ބައްޕަ އާއި އެކު އަހަރެން ދިޔައީމެވެ. އޭރު ޒާންގެ މައިންބަފައިންނާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ވެސް ހުއްޓެވެ. އެއްމެން އެއްކޮށް ވަނީމެވެ. ގާޒީ ހުތުބާކިޔައިދިނީރު އަހަރެން ވެސް ބެލީ އަޑުއެހޭތޯއެވެ. ނަމަވެސް އަހަރެންނަށް ވިސްނެމުން ދިޔައީ ޔޫޝައު އާއި މެދު އެވެ. އޭނާ ދެން އަހަރެންނާއި ވާހަކަ ދައްކާނޭ ހެއްޔެވެ. އޭނާ ހުރީ އަހަރެންދެކެ ރުޅި އައިސް އެވެ.

“އަނބި ގަބޫލު ކޮށްފިން..” އަހަރެން ސިއްސައިގެން ދިޔައީ ޒާން އަހަރެންގެ އަތުގައި ހިފާ ލުމުންނެވެ. އަހަރެން ފަނޑު ހިނިތުން ވުމެއް ރައްދު ކޮށްލީމެވެ. މިސިކުންތުން ފެށިގެން ދެން އަހަރެންމީ މީހެއްގެ އަންބެކެވެ. އާއެކެވެ. ޒާންގެ އަބިމީހާއެވެ.

ކޯޓުން ނުކުމެ އާއިލާ މީހުން އެއްކޮށް ފޮޓޯ ނަގައި ހަދައިގެން ދިޔައީ ގެޔަށެވެ. ޕާޓީ އޮތީ ރޭގަނޑެވެ. ޒާން މެން އާއިލާ މީހުންގެ ގެސްޓު ހައުސް ރަށް ކައިރީގަ އެވެ.

އަހަރެން ގެޔަށް އައިސް އެދެމަތި އޮށޯވެލީމެވެ. އަހަރެން މާދަމާ މިރަށުން ދާނެއެވެ. ޒާން އާއި އެކު އޭނާގެ ރަށަށް ދާންށެވެ. މަންމަމެންނާއި ވަކިން އުޅުމަށެވެ. އަހަރެން ދެންޖެހޭނީ ޒާން އަށް ހިދުމަތް ކޮށްދިނުމަށް ހުންނާށެވެ. އަހަރެން ރަގަނޅު އަނބަކަށް ވާންޖެހޭނެއެވެ.

ރޭގަނޑު ޕާޓީ ގަޑި ޖެހިއްޖެ އެވެ. މިހާރު އަހަރެން މިހިރީ ޒާން އާއި އެކު ޕާޓީ އެންޓްރެސް ކައިރީގައެވެ. ޕާޓީ އަށް އަންނަ ކޮންމެ މީހަކު އަހަރެމެން ދެމީހުންނަށް މަރުހަބާ ކިޔެވެ. އަހަރެން ހުރީ އުދަގޫވެ ފޫހިވެފައެވެ. އަހަރެންނަކީ އެއްގޮތަކަށްވެސް މީހުންތެރޭ އުޅޭހިއްވާ ކުއްޖެއް ނޫނެވެ. އަހަރެންގެ މޫނުގައި ފިނި ވައިރޯޅި އެއް ބީހިލިއެވެ. މުޅި ހަށިގަނޑުން ހީބިނަގައިގަތެވެ. އެއޮށް ވަދެގެން އަންނަނީ ޔޫޝައު އެވެ. އޭނާގެ މޫނުމަތީ ފެންނަން ހުރީ ހިތާމައިގެ އަސަރެވެ. އޭނާ އަހަރެންނާއި ދިމާއަށް ބަލައިވެސް ނުލައެވެ. އެހެންވެ އަހަރެންނަށް ދެރަ އިހްސާސް ކުރެވުނެވެ. ޔާނިޝްބެ އާއި ޝާނަށްތަ އަހަރެންނާއި ވާހަކަ ދައްކާލައިފައި ދިޔައެވެ. ޔޫޝައު ވެސް ޒާން އާއި ސަލާމް ކޮށްލާފައި އަހަރެންނާއި ދިމާއަށް ބަލާލިއެވެ. އަހަރެން ހިނިތުންވެލީމެވެ.

“ކޮންގްރާ..” ޔޫޝައު ބުނެލިއެވެ. އަދި ދިޔައެވެ. އަހަރެންނަށް އިތުރު އެއްވެސް ބުނާނެ ފުރުސަތެއް ނުދީ އެވެ. އަހަރެންނަށް ޔޫޝައު އާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

މިއަދު އަހަރެން އައީ އަހަރެންގެ އަމިއްލަ ގެޔަށެވެ. ޒާން ވެސް ދިޔައީ އޭނާގެ ގެސްޓް ހައުސް އަށެވެ. ނަމަވެސް މާދަން އަހަރެން ދާނީ އޭނާ އާއި އެކީ އޭނާގެ ގެޔަށެވެ. ކޮޅަށް ހުރެ ހުރެ ވަރުބަލި ވެފައިހުރުމުން އަހަރެންނަށް ނިދުނެވެ.

ހެނދުނު ސައިބޯން ޒާން މެން އާއިލާ މީހުން އައީ އަހަރެމެން ގެޔަށެވެ. މަންމަ އަހަރެންނަށް ނަސޭހަތް ދިނެވެ. ބައްޕަ ވެސް އަހަރެން ކައިރީ ބަސް އަހައިގެން އުޅުމަށް ނަސޭހަތް ތެރި ވެދިނެވެ. ބަނދަރަށް ގޮސް އައި އަހަރެންނަށް މަންމަ ގައިގައި ބައްދާލެވުނެވެ.

“ދެން ތި ނުރޮއިބަލަދޯ..” މަންމަ އަހަރެން ދުރުކޮށްލަމުން ބުނެލިއެވެ. ގޭގައި އުޅޭއިރު މަންމަމެން ގިނައިރު ނޫޅުނަސް އަސްލު ހަގީގަތުގައި މަންމަމެންނާއި ވަކިވެގެން ދާން ޖެހުމުން އަހަރެން ދެރަވިއެވެ.

އެއްމެ ފަހު ފަހަރަށް ކަމަށް ރަށާއި ދިމާއަށް ބަލާލައިފައި އަހަރެން ލޯންޗަށް އެރީމެވެ. ސީޓްގައި ހަމަޖެހިލުމަށް ފަހު ލޯމަރާލިއެވެ. ލޮލުގެ ކަނުން ކަރުނަ ތިއްކެ ވެއްޓުނެވެ.

“ހާސް ނުވޭ.. ބަންދުގަ އަންނާނަން ރާނިޔާ ހޮވައިގެން ރަށަށް..” ޒާން ބުނެލިއެވެ. އަހަރެންނަށް ހިނިތުންވެލެވުނެވެ. ލިބުނު ބޮޑުހިންހަމަޖެހުމެއްގެ ސަބަބުންނެވެ.

*ނުނިމޭ*

ހުރިހާ ކިޔުންތެރިންގެ ކިބައިން ވެސް ވަރަށް ބޮޑަށް މަޢާފަށް އެދެމެވެ. ވަރަށް ގިނަދުވަސް ފަހުން ވާހަކަ އަޕްލޯޑް ކުރެވުމުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ލޯބީގެ ސިއްރު … ޓްރެއިލާ

Next

މާސްކު (ޕާޓް 5)

Next
August 17, 2025

މާސްކު (ޕާޓް 5)

Previews
August 17, 2025

ލޯބީގެ ސިއްރު … ޓްރެއިލާ

5 Comments!

  1. Nayerr says:
    August 17, 2025 at 3:07 pm

    Masha Allah Mi part ves vrh reethi I understand curiously waiting for the next part then in part avahah up kohdhehchey abadhah up kuranee kn iraku
    LYSM ❤️

    1. _MuXo_ _devil_ says:
      August 17, 2025 at 3:12 pm

      Sorry for the waiting! I was so busy last week thats why! anehen bunanyaa deduvas tereyga abadah ves publish kohdevey tho balaanana! Anyways Thank you!

  2. Dhon_thii89 says:
    August 17, 2025 at 9:05 pm

    Mashallah mi part vx vrh reethi
    Its okay I get it 😊
    I love mi story when is next?
    Can’t wait a adjust belenee up vefa indhey thw hehe😂

    1. _devil_ says:
      August 18, 2025 at 6:14 am

      Thank you! 😊
      I really appreciate your support!
      V ufavehjje Dhon-thii89 ah mivaahaka reethi v ma!

  3. Nabbu says:
    August 20, 2025 at 9:33 pm

    Omgggggggggggggggggggggg vrh dhuvasssss kollaaaafaaaa mi vadhuniyyyyyy esfiyaaaaa ahhhhhhhhhh and I started reading yourrrr storyyy 😀😀😀😀😀😀😀😀😀😀😀itzzzz sooo guddd thooo
    And I saw the new pizza ad and I ordered many it was yuck btw guys I do not recommend y’all that foods 🙃🙃juss my opinion no hateeeees 😘

Comments are closed.

Next Episodeބަރުބާދުކޮށްލީ ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-14←


All Right Reserved!