އެކުގައިވާނަން-10
ހަމައެވަގުތެވެ. ޔަސްރާގެ މިހުރިހާ ހަރަކާތްތަކަށް ބަލަން މީހަކު ހުއްޓެވެ. އޭނާ ކުރިމަތީ ހުރި ލެޕްޓޮޕް އިން ދިޔައީ މިހުރިހާ މަންޒަރެއް ސީސީޓިވީ ކެމެރާއަކުން ދައްކަމުންނެވެ. އެމިހާ މަޑުމަޑުން ހީލިއެވެ. ފިރިހެން ވަންތަ އަޑެކެވެ.
*ޕާރްޓް-10*
އަނެއްދުވަހުގެ ހެދުނެވެ. މިންހާ އުޅުނީ ސައިހެދުމައިގެންނެވެ. އޭރު އަދި ހަޔާ އާއި ލިވާން އެއް ސައިބޯކަށް ނާދެއެވެ. މިންހާ މޭޒުމަށްޗަށް ކާއެއްޗިހި ނަގަމުން ދަނިކޮށް ބަދިގެޔަށް ވަދެގެން އައީ އަޒްހާން އެވެ. އޭނާ ލައިގެން ހުރި ގަމީހާއި ޖިންސްް އިން އޭނާ އެއުޅެނީ ތާކަށް ދާންކަން އެނގެއެވެ.
“ކޮންތާކަށް ދާން ތިއުޅެނީ..؟” އަޒްހާން އައިސް ގޮޑިއެއްގައި އިށީނުމުން މިންހާ އަހާލިއެވެ.
“އެކުވެރިންނާއި އެކީ ކައިރި އަވަށަކަށް ޖައްސާލަން..” އޭނާ ސޭންޑްވިޗް އެއް ނަގައި އަގަޔަށް ލަމުން ބުނެލިއެވެ.
“އެހެންތަ..؟ މަންމަ އެއްޗެއް އަހާލަންތަ..؟” މިންހާ ތަންކޮޅެއް މަޑުމަޑުން އަހާލިއެވެ.
“ހޫމް..” އަޒްހާން މިންހާ އާއި ދިމާއަށް ބަލާލިއެވެ.
“ދަރިފުޅު ކޮންއިރަކުން މީހަކާ އިންނަނީ..؟” އަޒްހާން ފާޑަކަށް މޫނުކުނިކޮށްލިއެވެ. އޭނާ މޫނަށް ޖެއްސިވައްތަރުން އޭނާ އެވާހަކަ ދައްކަން ބޭނުން ނުވާކަން ކިތައްމެހާވެސް ރަގަނޅަށް އެނގެއެވެ.
“ދެން އެހެންވީރު އަޒްހާން ކަމުދާ ކުއްޖަކު އެބަހުރިތަ..؟” މިންހާ އަހާލިއެވެ.
“އާން އެބަހުރި..” އަޒްހާންގެ އެ ޖުމްލައާއި އެކު މިންހާ އަށް ހިނިތުންވެލެވުނެވެ.
“ކޮންކުއްޖެއްތަ..؟”
“އަހަރެން ބޭނުމެއްނޫން އަދި ބުނާކަށް..” އަޒްހާން އެހެންބުނެވުނީރަށް ހަޔާ ވެސް އައިސް ބަދިގެޔަށް ވަދެއްޖެވެ.
“އެއީ..؟ އެހެންވީރު ބުނެބަލަ ކިތަށް އަހަރުގެ ކުއްޖެއް..؟” މިންހާ ހުރި ނިކަން އުފަލުންނެވެ.
“އަހަރެންނަށް ވުރެ 6 އަހަރު ކުޑަ..” އަޒްހާން އެހެން ބުނެލީރަށް ހަޔާ ކޮށިއެރިއެެވެ. އޭނާ ކެއްސާލާފައި އަޒްހާން އާއި ދިމާއަށް ބަލާލިއެވެ.
“ހާދަ ކުޑައޭ.. އެއީ ހަޔާ އާއި އެއްވަރެއްނު..” މިންހާ ހުރީ ހައިރާން ވެފައެވެ.
“އެރަގަނޅު ވާނެ..” އަޒްހާން އެހެންބުނެ ނިކުމެގެން ދިޔައެެވެ.
އަޒްހާން ނިކުމެގެން ދިޔުމުން މިންހާ ފުންނޭވާއެއް ބޭރުކޮށްލިއެވެ. ހަޔާ އަދިވެސް ހުރީ ވިސްނާށެވެ. އަނެއްކާ އެއީ އޭނާގެ ކްލާސް ކުއްޖެއް ހެއްޔެވެ. އެކަމު ކޮންކުއްޖެއް ހެއްޔެވެ.
މިއަދު ޔަސްރާ ވެސް ސްކުލަށް އައެވެ، އެކަމާ ހުރެ ހަޔާ ހުރީ ނިކަން އުފަލުން ނެވެ. ދެމީހުންވެސް އެކި ވާހަކަތަކުގައި ތިބެ ކްލާހަށް ވަންނަން ދަމުން ޔަސްރާ އަހާލިއެވެ.
“އަހަރެން އިންނަނީ ކާކުކައިރީގަތަ..؟”
“ރީހާން.. އެކަުމު އަހަރެމެން ދެމީހުން ތިބޭނީ ކައިރީގައޭ..” ހަޔާ ހިނިތުންވެލިއެވެ.
“އަސްލުތަ.. ޕިސް..” ޔަސްރާ ފޫހިގޮތަކަށް ބުނެލިއެވެ.
“އެއީ..؟”
“އޭނާ އަކީ އަހަރެން ފަހަތުން ދުވާ މީހެއް… މިހާރު ކިތަށްފަހަރު ބުނެފިން އައިމް ނޮޓް އިންޓްރަސްޓެޑް އޭ..” ޔަސްރާ ކިޔައިދިނެވެ.
އާއެކެވެ. ރީހާން އަށް ޔަސްރާ ކަމުދެއެވެ. އޭނާގެ ހިތް ޔަސްރާ އަށް ހުޅުވާލުމުން ޔަސްރާ އެގޮތަށް ނުދެކޭކަމަށް ބުންޔެވެ. އެކަމު ރީހާން މިހާތަނަށް އައިރުވެސް މަސަށްކަތް ކުރަމުންދަނީ ޔަސްރާގެ ހިތް ބަދަލުކޮށްލެވޭތޯ އެވެ.
ދެމީހުން އައިސް ގޮޑީގައި އިށީންދެ ހަމަޖެހިލި އެވެ. ޔަސްރާ އިނީ ފުދޭވަރަކަށް އުނދަގޫވެފަ އެވެ. ރީހާން އޭރުވެސް ހުރީ ކަޅި ޖަހައި ނުލާ ޔަސްރާ އަށް ބަލާށެވެ.
ހަޔާ ބަލާލީ އޭނާ ކައިރީ އިން ކައިލާން އަށެވެ. ކައިލާން އިނީ އިގެރޭސި ވާހަކަފޮތެއް ހިފައިގެން ކިޔާށެވެ.
އާދައިގެ ގޮތަކަށް ގަޑިތަށް ދިޔައެވެ. ބްރޭކް ގަޑިކަމުން އެކިކުދިން އެކިކަންކަމުގައި މަޝްއޫލުވެގެން އެބަ އުޅެއެވެ. ހަޔާ އާއި ޔަސްރާ ވެސް ކައިގެން ދިޔައީ ފިހާރެއަކަށެވެ. އެތަނުން ޕެކެޓް އެއް ގަނެލައިގެން ދެމީހުންވެސް އައިސް ވަނީ ކްލާހަށެވެ. އޭރު ޓީޗަރު ކޮންމެވެސް އެއްޗެއް ބެހުމައިގެން އުޅެއެވެ. ހަޔާ މެންވެސް ކައިރި ވެލީ އެތަނަށެވެ. އެއީ އަންނަ ހަފްތާގައި ބާއްވާ “ޓެލެންޓް ޝޯ” އެކެވެ.
ކައިލާން ވެސް އޭނާގެ އެކުވެރި ކުދިން ކޮޅަކާއި އެކީ އައިސް އެދިމާއަށް މަޑުކޮށްލިއެވެ. އެ ޕޯސްޓަރުތަށް ބަލާލައިފައި ސަކަރާތް ޖަހަމުން އެއްމެންވެސް އައިސް އިށީނީ އެމީހެއްގެ ގޮޑީގައެވެ.
“ޔަސް އެއްޗެއްގަ ބައިވެރިވާނަންތަ..؟” ހަޔާ އަހާލިއެވެ.
“ނޫން.. ހަޔާ އޯ..” ޔަސްރާގެ އެކަހަލަ އެއްވެސް ހިޔާލެއް ނެތެވެ.
“އަހަރެން ބައިވެރިވާނީ ވާހަކަ ލިޔުމުގެ މުބާރާތުގަ..” ހަޔާ އަކީ ވާހަކަ ލިޔަން ނުލާހިކު މޮޅު ކުއްޖެކެވެ. އެހެން ކަމުން އޭނާއަށް އަމިއްލަ ނަފްސަށް އިތުބާރު އޮތެވެ.
“އެހެންތަ.. ވަރަށް ގިނަކުދިން ހީވަނީ ތީގަ ބައިވެރި ވާހެން..” ދެމީހުންވެސް ވާހަކައިގައި ތިބެ އައިސް ގޮޑީގައި އިށީނެވެ.
ގަޑި ފެށި ޓީޗަރު އައިސް ވަނުމުން ކުދިންތަށް ވާހަކަދެއްކުން މެދުކަޑާލިއެވެ. ހަޔާ ހޯދާލީ އޭނާގެ ޕެކެޓް އަށެވެ. މިހާރު އެޕެކެތް އެއް މިތާކު ނެތެވެ. އަޅެ އެޕެކެޓް ވީ ކޮންތާކު ހެއްޔެވެ. އޭނާ ކްލާހަށް ވަދެފައި އައިސް ޕްކެޓް މޭޒުމަތީ ބެއިންދީމެވެ. ކައިލާން ކައިރީ އަހާލަންވެގެން ހަޔާ އެބުރިލުމާއި އެކު އޭނާ އަށް ހައިރާން ކަމެއް ލިބުނެވެ. ކައިލާން އޭނީ މިހާރު އޭނާގެ ޕެކެޓް އަގައިގައި ޖަހައިގެން ކުރަހާށެވެ.
“ކައިލާން..” ހަޔާ ގޮވާލިއެވެ. ކައިލާން ބަލައިލީރު ހަޔާ އަގަހުޅުވައިގެން އިނުުމުން އެއްބުމަ އަރުވާލީ ކިހިނެއްވީހޭ އަހާލުމުގެ ގޮތުންނެވެ.
“ތީ އަހަރެންގެ ޕެކެޓް..” ހަޔާ ބުނެލިއެވެ. ކައިލާން ހޮޅި އަގައާއި ދުރުކޮށްލަމުން ޕެކެޓް އަށް ބަލާލިއެވެ. އެއީ އޭނާ ގަނެގެން އައި ޕެކެޓް އެވެ.
“ނޫން.. މީ މަގޭ ޕެކެޓް.. ހަޔާ އަށް އޮޅުނީ ކަމަށް ވަނީ..” ކައިލާން އަނެއްކާވެސް ޕެކެޓް ބޯން ފެށިއެވެ.
“ނޫނެކޭ ތީހަމަ އަހަރެންގެ ޕެކެޓް.. އެއިނި އެއްނޫންތަ ކައިލާންގެ ޕެކެޓް..” ހަޔާ އިށާރާތް ކޮށްލީ ކްލާހުގެ އަނެއްކޮޅުގައި ހުރި ޝެލްފާއި ދިމާއަށެވެ. އާއެކެވެ. އެއީ ކައިލާންގެ ޕެކެޓެވެ. އޭނާ ކޮލާހަށް ވަދެގެން އައިސް އެތާ ޕެކެޓް ބެއިންދި ހަދާން މިހާރު ވެއްޖެވެ. ވަގުތުން ކައިލާން ޕެކެޓް ބެހެއްޓިއެވެ. އަދި ހަޔާ އާއި ދިމާއަށް ކޮށްޕާލިއެވެ.
“އައްޗި.. ދެން އަހަރެން ނޫޅެން ތީގެން ބޯކަށް..” ހަޔާ އޭތީ ގަލަމުން ދުރުކޮށްލިއެވެ. ކައިލާން އެޕެކެޓް ގޮސް ޑަސްބިނަށް ލިޔެވެ.
“އައްދޭ.. އޯހޯ.. ހޫން..” ޒިވިއަލް ގޮވާލިއެވެ. އެއްމެން ވެސް ކިހިނެއް ވީހޭ ކިޔައި ސުވާލު ކުރަން ފެށިއެވެ.
“ކައިލާން އަށް ހަޔާ އަށް އިންޑައިރެކްޓްކޮށް ކިސްކޮށްލެވުނީ..” ޒިވިއަލް ހޭންފެށިއެވެ. އެއްމެން ވެސް ކައިލާން އާއި ހާޔާ އާއި ކިޔައި އަޅުވާ ކިޔަން ފެށިއެވެ. ހަޔާ ލަދުން ހުރީ މަރުވާވަރުވެފަ އެވެ.
ކައިލާން އަށް އުނދަގޫ ވާން ފެށުމުން ކަންފަތަށް ހެޑްސެޓް ޖަހާލިއެވެ. ކްލާސް ތެރެ މާއަޑުގަދަ ވާން ފެށުމުން ޓީޗަރު ހަޅޭލަވައިގަތެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Masha Allah mi part ves Vrh reethi ekam up vaa leh maa lahee umeedhu kuran dhen huri part thah Avahah genes dheyne kamah and dhen huri story’s you are a talented author keep it up keep shining Curiously waiting for the next part when’s next
Lysm
Thank you so much! Actually school ga vrh busy dho dhen ehenvegen haveeruves vaahaka liyaakah vagutheh nuvey! I will try my best! I am really happy for your support I really appreciate it!