އެމީހުންނަކީ އެހާ މުއްސަދި ބަޔެއް ކަމަކަށް އަހަރެން ހިތަކަށް ނާރަ މެވެ. އަހަރެން ހިތަށް އެރިއެވެ. އެހާ މުއްސަދި އިރު އެތަކެއް އަންހެން ކުދިންނެއް އޭނާ ފަހަތުން އުޅޭނެ އެއް ނޫން ހެއްޔެވެ.
*ޕާރްޓް-11*
ގަޑި ކިޔައިފައި އޮތީ 4:15 ކަމުން އަހަރެން އަވހަށް އައިސް ތައްޔާރު ވެލީމެވެ. ދުވަސްކޮޅަކުން އަހަރެންގެ ކައިވެނި ކުރެވޭނެއެވެ. އަހަރެން އެހެން މީހެއްގެ ހައްޖަކަށް ވާނެއެވެ. އޭރުން ދެން އަހަރެންނަށް މިނިވަންކަމެއް ނޯންނާނެއެވެ. ލޮލުން ކަރުނަ ތިއްކެއް އަހަރެންގެ އަތަށް ވެއްޓުނެވެ. އަވަހަށް ކަރުނަތަށް ހިންދާލައިފައި އަހަރެން ނިކުތީމެވެ. ގެސްޓު ހައުސްތަށް ހުންނަނީ ރަށުގެ ތަންކޮޅެއް ދުރުގައި ކަމުން އަވަހަށް ނިކުތީމެވެ. މަންމައާއި އެކު އަހަރެން އިނި ސައިކަލުގަ އެވެ. ބައްޕަ އައި ވަކިން އެހެން ސައިކަލެއް ގައެވެ.
ވިހިވަރަކަށް މިނެޓް ފަހުން މަންޒިލަށް ފޯރިއެވެ. ވަށައިގެން ހޯދައިލީމެވެ. ދެބުރިއަށް ނަގައިފައިވާ ޒަމާނީ ގެޔެކެވެ. ބޯކިރު ޖޮޅެއް ފަދަ ހުދު ދޮންވެލިގަޑެކެވެ. އާށޯވެ ހުރެ އެކޮތަންތަް ބަލަމުން އައިސް ގެޔަށް ވަނީމެވެ. ރަންކިޔުމުގެ ހަފްލާ އޮތީ ސިޓިން ރޫމުގަ އެވެ. އަހަރެން ވަނުމާއި އެކު އަންހެނެއް އައިސް އަހަރެން ކުރިމަތީ ހުއްޓިލިއެވެ. އެމީހާ ފުޅާހިނިތުންވުމެއް އަހަރެންނަށް ދިނެވެ.
“ރާނިޔާ.. މީ ޒާން މަންމަ އިނގޭ.. ދެން ދަރިފުޅުގެވެސް މަންމަ ދޯ..” އެމީހާ ބުނެލިއެވެ. ޒާން ބައްޕަ އާއިވެސް އަހަރެން ދިމާވި އެވެ. އެދެމީހުންވެސް ވަރަށް ރަގަނޅެވެ. އިރުކޮޅެއް ނުވެ ޒާން ވެސް އައެވެ. އޭނާ އަައިސް އަހަރެން ކައިރީ ހުއްޓިލައިފައި އަހަރެންގެ ފައިން ފެށިގެން މައްޗަށް ބަލާލިއެވެ. އަދި އެއްލޯ މަރާލިއެވެ. އަހަރެން ހުރީ ހަދަންވި ގޮތެއް ނެެއިންގިފައެވެ.
އިރުކޮޅެއްފަހުން ޒާންގެ އާއިލާ ކުއްޖަކު އައިސް ހެކިވެރިން އައިވާހަކ ބުނުމުން އަހަރެން ގޮވައިގެން ޒާން މަންމަ ހިގައިގަތެވެ. ގޮސް އަަހެރެންނަށް ހަމަޖެހިފައިވާ ގޮޑީގައި އިށީނީރު ހިތުގައި ހިވަނި ތޫފާނެއް އަރައިގެން އުޅޭހެނެވެ. ދެއަތް ދެއަތާއިލާ މޮޑެން ފެށުނެވެ. ދެހާސް ރުފިޔާ އަށް ރަންކިޔައި އެހަފްލާވެސް ނިމުނެވެ. އާއިލާ މީހުން އެކޮށް ސައިބުއިގެން މަޑުކޮށްލީމެވެ. ޒާންގެ އާއިލާ ގިނަކުދިންނަކީ އަހަރެންނަށް ވުރެއްވެސް ބޮޑެތި ކުދިނެވެ. އަހަރެން އެކުދިންނާއި އެއްކޮށް ވާހަކަ ދައްކަން އިންދައި ޒާން އައެވެ. އޭނާ އައިސް އަހަރެްނކައިރީ ހުއްޓިލައިފައި އަހަރެންގެ ކަންފަތް ދޮށުގައި އެއްޗެކޭ ބުނެލިއެވެ.
“އާދެބަ އަހަރެންނާއި އެކު..” އަހަރެން އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރީއެވެ. އަހަރެްނ އެއްޗެކޭ ނުބުެ ހުންނަން ފެށުމުން އޭނާ ބުނެލިއެވެ.
“އޭ ލެއިޑީސް އެބަ އަންނަން މި ކުއްޖާ ގޮވައިގެން..” ޒާން އެހެން ބުނުމުން ހީވީ ބޮޑު ފެން އެއްޗެއް ކެކިގަތް ހެންނެވެ. ހުރިހާ އެއްމެން ކަހަލަ ގޮތަކަށް އަހަރެންނަށް ދިމާ ކުރަން ފެށިއެވެ. އަހަރެންގެ މޫނު ރަތްވީ ސިކުންތު ކޮޅެއް ތެރޭގަ އެވެ. ޒާން އަހަރެްނގެ އަތުގައި ހިފައިގެން ނުކުތެވެ. އަދި އަހަރެން ގޮވައިގެން އޭނާގެ ސައިކަލު ކައިރިއަށް ދިޔައެވެ. އޭނާ އަރައިފައި އަހަރެންނަށް އަރަން އިސާރާތް ކޮށްލިއެވެ. ޖެހިލުންވެ ހުރެ އަހަރެން އެރީމެވެ. އޭނާ ދުއްވާލިއެވެ. އަހަރެމެން ގޮސް މަދޫ ކޮށްލީ ރަށުގެ ޖޫގޯ ވިއްކާ ތަނެއް ކައިރިއަށެވެ. ދެ ޖޫގޯ ގަނެލައިގެން އަހަރެމެން އިށީންދެލީ ބެންޗެއް ގައެވެ.
“ރާނިޔާ.. އަހަރެމެން ކައިވެނި ކުރަން ބާކީ އޮތީ އެއްމެ ދުވަހެއް..” ޒާން ވާހަކަ ދެއްކިއެވެ. އަހަރެން ބޯ ޖަހާލީމެވެ.
“ރާނިޔާއަށް އަސްލު އަހަރެންކަމުދޭތަ..؟” ޒާން ކޮށްލި ސުވާލުން އަހަރެން ސިހުނެވެ. އަހަރެން ބުނާނީ ކީކޭ ހެއްޔެވެ. ހަގީގަތުގައި މި ކައިވެނި ކުރުމަށް އަހަރެް އެއްބަސްވީ މަޖުބޫރު ވެގެނެވެ.
“އަދި ނެއިންގެ ތިޔަށް ޖަވާބު ދޭކަށް، އަދި މިވީ އެއްމެ ދެދުވަސް ދިމާވިތާ..” އަހަރެން ހިނިތުންވެލައިފައި ޖަވާބު ދިނީމެވެ.
“ދެން ކައިވެނިކޮށްގެން އުޅެން ފެށީމަ ލޯބިވެސް ވެދިދާނެއްނު..” ޒާން ހުރީ އަހަރެންނަށް ބަލާށެވެ. އެކަމު އަހަރެން ހުރީ ކުރިމަތީ އޮތް ކުޑަކުދިންގެ ޕާކަށް ބަލާށެެވެ.
އަހަރެމެން ދެމީހުން ގެޔަށް އައިރު އިރުއޯއްސި 7 ޖަހައިފި އެވެ. އަހަރެން ސައިކަލުން ފައިބެފައި ޒާން އަށް ހަނާ އަޅައި ލީމެވެ. އޭނާ ވެސް ހިނިތުން ވެލީއެވެ. ގޭތެރެއަށް ވަނީރު މަންމަމެން ފެންނާކަށއް ނެތެވެ. މާބޮޑުކަމަކަށް ނަހަދައި އަހަރެން ގޮސް ކޮޓަރިއަށް ވަދެ އެއްޗިހި ބަދަލު ކޮށްލީމެވެ. ނަމާދުކޮށް ހަދައިގެން ގާތްގަޑަަށް އަށް ގަޑި ބައިކާންހާރު ވެލީމައި އަހަރެން ބޭރަށް ނުކުތީމެވެ. އަހަރެން ފޯނު ހިފައިގެން ގޯތި ޖޯލިފަތީގައި އޮތްވައި މީހަކު އައިސް ވަނެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Mashallah mi part vx vrh reethi
When is the next?
I can’t wait
Thank you!
V avah up kureveetho balaanan!😊
Mi part varah reethi
Alheyyy yooshau kairi bunaakah nuveytha
Anyways lysm 😘😘
Masha Allah Mi part ves vrh reethi curiously waiting for the next part ☺️
LYSM❤️😘