އެކުގައިވާނަން-8
“ހީއްކުރީތަ ތިހާ ފަސޭހައިން ދޭނެކަމަށް..؟” އެހެންބުނެ އެކުއްޖާ ދުރަށް ހިނގައިގަތެވެ. ހަޔާ އިނީ ހަދާނެ ގޮތް ހުސްވެފަ އެވެ. އޭނާވެސް އެދިމާއަށް ހިނގައިގަތެވެ.
އަންހެން ކުއްޖާ ހަޔާގެ ފޯނު ހާވަން އިންދައި އޭނާގެ އަތުގައި މީހަކު ވަރަށް ބާރަށް ހިފިއެވެ.
*ޕާރްޓް-8*
“އެހެން މީހުނަށް އުދަގޫ ނުކޮށް އަމިއްލަ މީހާގެ ފޯނު ހާވަބެ..” ކައިލާން އެކުއްޖާގެ އަތުން ފޯނު އަތުލަމުން ބުންޔެވެ. އެކުއްޖާ ާހުރީ ސިހުން ވެފައެވެ. ކްލާސް އެއްމެން ގޮތަށް ތިބީ އެދިމާއަށް ބަލާށެވެ. ހަޔާވެސް ހުރީ ހައިރާން ވެފައެވެ. ކައިލާން ލަސްހިގުމެއްގަ އައިސް ހަޔާ އަތަށް ފޯނު ދިނެވެ. ތުރުތުރު އަޅަމުން ދިޔަ އަތަކުން ހަޔާ އޭގައި ހިފިއެވެ. އެވަގުތަކީ ޓީޗަރު ވެސް އައި ވަގުތެވެ. ހުރިހާ އެންމެންވެސް އެކުއްޖެއްގެ ގޮޑީގައި އިށީނެވެ. ހަޔާ ހިތަތް އެރިއެވެ. މި ކުއްޖާ އަހަރެންނަށް އެހީވި ކީއްވެހެއްޔެވެ. އޭނާގެ ނިދި ހަރާބު ކޮށްލީމަ ވެސް ވެދާނެއެވެ. އެކަމާއި މާބޮޑަށް ނުވިސްނާ ހަޔާ ބެލީ ޓީޗަރު ކިޔައިދޭ އެއްޗިހި އަޑުއެހޭތޯ އެވެ.
ޓީޗަރު ފިލާވަޅު ހަވާލު ކުރުމުން ކައިލާން ޑެސްކުތެރެ ހާވާލީ ޕޯސްގަނޑު ފެނޭތޯ އެވެ. ނެތެވެ. އަނެއްކާ ގޭގައި ބާއްވައިފައި އާދެވުނީ ހެއްޔެވެ. ފަނަސް ތެރެ ހާވައިލައިފައި ކައިލާން ބަލާލީ ޖެހިގެން ހުރި އަންހެން ކުއްޖާ އަށް ބަލާލި އެވެ. އެކުއްޖާ ކައިރީ އަހައިލްނ ވީހެއްޔެވެ. އޭނާ ހިތަތް އަރާނީ ކީކޭ ހެއްޔެވެ. ވަރިހަމަ އެވެ.
“ހެޔް..؟” ހަޔާ ސިހުނީ ކައިލާންގެ ބަރު އަޑު ޖެހުމުންނެވެ. ބަލާލީރު ކައިލާން ހުރީ ބަލާށެވެ.
“ކޭން އައި ހޭވް އެ ޕެން..؟” ކައިލާން އަހާލިއެވެ.
“ޝުއާރް..” ހަޔާ ހިނިތުންވެލައިފައި ގަލަމެއް ދިއްކޮށްލިއެވެ. ހަޔާ ބަލާލީ ކައިލާންގެ ނަން ޓެގް ކޮޅަށެވެ. އެނަން ހަޔާ ތަކުރާރު ކޮށް ކިޔާލިއެވެ.
“ބައިދިވޭ ތެންކިއު..” ހަޔާ އިސްޖަހައިލައިގެން ހުރެ ބުނެލިއެވެ.
“ކޮންކަމަކާ.. އޯހް އެ އޯކޭ..” ކައިލާން އެހެން ބުނެލައިފައި ފިލާވަޅު ހާދަން ފެށިއެވެ. ހަޔާ ވެސް އިތުރު ވާހަކައެއް ނުދައްކައި ބެލީ ފިލާވަޅު ހެދޭތޯ އެވެ.
އިންޓަވަލް ގަޑީގައި ހަޔާ ކާއެއްޗެހި ހިފައިގެން އައިސް ހުސް މޭޒެއް ކައިރީ އިށީނެވެ. އޭނާ އިތުރުކަމަކަށް ފަރުވާލެއް ނުބަހައްޓައި ފޯނު ބަލަމުން ކެއުމާއިގެން ކުރިޔަށް ދިޔައެވެ. ހަޔާ ބަލާލީ ދެކުއްޖަކު އައިސް އޭނާ ކައިރީ އިށީނުމުންނެވެ.
“ހާޔް..” ރީމާ ބުނެލިއެވެ. ހަޔާ ބޯ ޖަހާލިއެވެ.
“ކޯއްޗެއް ގެނައީ..؟” ޒޯޔާ ހަޔާ ކައިރީ އެހިއެވެ.
“މަސްކޮޅަކާ ބަތާ..” ހަޔާ ހިނިތުން ވެލައިފައި ބުނެލިއެވެ.
“ސްޕޯޓްސް ގަޑީގަ ކުޅޭކަހަލަ..؟” ރީމާ މޫނު ކުނިކޮށްގެން ހުރެ އަހާލިއެވެ.
“ކިހިނެއްވީ..؟” ޒޯޔާ އަގަ ފުރާ ބަތް އަޅާއިގެން ހުރެ އަހާލިއެވެ.
“ޕިސް މިއަދު އޮންނާނީ ފިރިހެން ޓީޗަރު.. އަބަދުހެން އިންނަނީ އަންހެން ކުދިންގައިގައި ލޯ ތަތް ކޮށްގެން.. ރަގަނޅަށް ކަސްރަތު ކުރެވޭ ކަމަކަށް ނުވޭ..” ރީމާ ކިޔައިދިނެވެ.
އެދެކުދިން ފަރާތުން ހަޔާ އަށް ސުކޫލުގެ ގިނަ ކަންތަކެއް އެނގެނުވެ. ބައެއް ކުދިންގެ ސިއްރު ވާހަކަތައްވެސް ރީމާ އާއި ޒޯޔާ ކިޔައިދިނެވެ. ހަޔާ ވެސް ޝައުގު ވެރިކަމާއި އެކު އަޑުއަހަން ހުރީއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






