Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އޮނަތިރީސްވަނަ ބައި)

ެދެ ކުދިން އެއްހަމައެއްގައި ހިނގާލާފައި ދިޔަނަމަވެސް، ދެ ކުދިންކުރެ، އެއްކުއްޖަކުވެސް އަނގައަކުން ނުބުނެއެވެ. ޝިއުރީއަށް ވިސްނެމުން ދިޔައީ އަޔާނީ ދެއްކި ވާހަކައާއިމެދުއެވެ. މިޝަލް ވިސްނަމުން ދިޔައީ ނަހީކްގެ ވާހަކަ ޝިއުރީގެ ގާތުގައި ދައްކާނެ ގޮތަކާއި މެދުއެވެ. އެކުގައި ހިނގާފައި ދިޔަ ދެ ކުދިންނަށް ހުއްޓުން އެރީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. ލޯ ބޮޑު ކޮށްލައިގެންތިބެ، އެއްކުއްޖަކު އަނެއް ކުއްޖަކަށް ބަލާލީ، ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައި ތިބެއެވެ.
____________________________________

އަތުގައި ހިފައިލައިގެން ތިބެ އަތިރިން އަރައިގެން އައީ ނަހީކާއި، ރިޝްމީ ނޫން ދެވަނަ އެހެން ބައެއް ނޫނެވެ. އެހާ ފާޅުކަން ބޮޑުގޮތަކަށް ޝިއުރީމެންގޭ ކައިރިން އެ ގޮތަށް ދެ މީހުން ފެނުމުން ޝިއުރީގެ އިތުރުން މިޝަލްވެސް ހައިރާންވިއެވެ. ޝިއުރީމެން ފެނުމުން ނަހީކްމެންގެ ފިޔަވަޅުތަކަށްވެސް ހުއްޓުން އެރިއެވެ. އޭރުވެސް ދެމީހުންގެ އަތްތިލަވަނީ ގުޅުވާލެވިފައެވެ. ދެބައިމީހުންވެސް އެއްބަޔަކު އަނެއްބަޔަކަށް ބަލަހައްޓައިގެން ހިމޭންވެފައި ތިއްބެވެ. ފަސްވަރަކަށް މިނެޓް އެގޮތުގައި ތިބުމަށްފަހު، ރިޝްމީ އިޝާރާތެއްކޮށްލުމުން ނަހީކް، އޭނާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އެމީހުން އައިސް ހުއްޓުނީ ޝިއުރީމެންގެ ކުރިމައްޗަށެވެ. ދެޖީބަށް އަތްޖަހާލައިގެން ހުރި މިޝަލަށް ބަލާލެވުނީ އޭނާގެ ގާތުގައި ހުރި ޝިއުރީއަށެވެ. ސީދާ ނަހީކްގެ ދެލޮލަށް ބަލަން ހުރިއިރު ޝިއުރީގެ ދެލޮލުން މިޝަލަށް ފެނުނީ ޝަކުވާއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން ހިތަށް ފުން އަސަރުތަކެއް ކުރުވަމުން ދިޔަނަމަވެސް، ޝިއުރީ ހުރީ ކެތްތެރިވެލައިގެންނެވެ.

“ނަހީކް، ތީ ކޮންކަމެއް….؟؟؟؟” ތަނަށް ވެރިވެފައިވާ ހިމޭންކަން ފޫދުއްވާލީ މިޝަލެވެ. އޭރު އޭނަގެ ނަޒަރު ސީދާވެފައިވަނީ ނަހީކަށެވެ. މޫނުމަތީގައިވަނީ ނުރުހުންވުމުގެ އަސަރުތަކެވެ. މިޝަލް ސުވާލުކޮށްލުމުން ނަހީކް، ޝިއުރީގެ މޫނުން ނަޒަރުވަކިކޮށްލަމުން މިޝަލަށް ބަލާލިއެވެ. އެއަށްފަހު، ގާތުގައި ހުރި ރިޝްމީއަށް ބަލާލިއެވެ.

“އހަރެމެން އުޅެނީ ރައްޓެހިވެގެން….” ނަހީކް، ޖަވާބެއް ނުދީ ގިނައިރުވުމުން، އެއްވެސް ޖެހިލުމެއް ނެތި ރިޝްމީ ބުނެލިއެވެ. ނަހީކަށް ބަލާލެވުނީ ޝިއުރީއާއި ދިމާއަށެވެ. އޭރުވެސް ޝިއުރީހުރީ ނަހީކަށް ބަލަހައްޓައިގެންނެވެ. އެ މައުސޫމް މޫނުގައިވާ އަސަރުތައް ދެނެގަންނާކަށް ނަހީކަކަށް ނޭނގުނެވެ.

ރިޝްމީ އެހެން ބުނުމުން މިޝަލް ހައިރާންވިއެވެ. އެ ދެމީހުންނޭ ކިޔައިގެން އަޑުތަކެއް އަރާފައިވީނަމަވެސް، ރައްޓެހިވެގެން އުޅެފާނެކަމަކަށް، އޭނާ ފަހަރެއްގައިވެސް ހީއެއް ނުކުރެއެވެ. އެހެންނޫނަސް، ނަހީކް، ޝީއުރީދެކެ ލޯބިވެގެން އޭނާއާއިހެދި އުޅުނުގޮތް މިޝަލަށްވަނީ ފެނިފައެވެ. އެހެންކަމުން، ރިޝްމީ އަދި އެހެން ބުނެލައިގެން އެ ވާހަކަ ޤަބޫލުކުރާކަށް މިޝަލް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ ނަހީކްގެ ދުލުން ތެދު ހާމަކުރުވާށެވެ.

“އަހަރެން ސުވާލުކުރީ ނަހީކްއާ…. ޖަވާބު ބޭނުންވަނީވެސް ނަހީކްގެ ދުލުން…..” ރިޝްމީއަށް ފާޑަކަށް ބަލާލަމުން ނުރުހުންވެފައިހުރެ، މިޝަލް ބުނެލިއެވެ. އޭނާ، ޝިއުރީދެކެވާ މަތިވެރި ލޯތްބެއްގެ ސަބަބުން، ޝިއުރީގެ އުފާތަކަށް ހުރަސްއަޅާ ކޮންމެ މީހަކަށް ނަފްރަތު ކުރެވެއެވެ.

“ރިޝްމީ އެ ބުނީ ތެދެއް….. އަހަރެން، މި ވާހަކަ ޝިއުގާތުގައި ބުނަން އުޅޭތާ ދުވަސްކޮޅެއްވެއްޖެ…. ޒީކް ގެއްލުމާއި، މެހެރީންދައްތަ ބަލިވެ އުޅުމަށްފަހު، ނިޔާވުމާއި، މިޝްގެ ޙާލަތު ގޯސްވީމަ، އެކަމާ ޝިއު ދެރަވާނެވަރު އަހަންނަށް އެނގޭ…… އެ ހިތާމަތަކުން ރަނގަޅަށް އަރައިނުގަނެވި، ޝިއު ދެރަވެފައި ހުންނާތީ، މި ވާހަކަ ބުނަން ނުކެރުނީ….. އަހަރެން ހީކުރީ އަހަންނަށް ލޯބިވެވުނީ ޝިއުދެކެ ކަމަށް… އެކަމަކު، ރިޝް އަހަރެންދެކެ ލޯބިވެގެން އުޅެންފެށީމަ، ހީވި ރިޝްއާއި ގަޔާވާހެންވެސް…. އަހަރެން ހުރީ އަސްލު ވާނުވާ ނޭނގިފައި….. އަހަންނަށްވެސް ނޭނގެ އަސްލު އަހަރެން ލޯބިވަނީ ކާކުދެކެ ކަމެއް….. ދެން ދެމީހުންނާއި އެއްކޮށް ދިމާވީމަ އެނގުނީ، އަހަރެންގެ ހިތް ބޭނުންވަނީ ޝިއުއެއް ނޫންކަން…. ރިޝްކަން…” ނަހީކް، އެ ހުރިހާ ވާހަކައެއް ދެއްކިއިރު، އަނގައިންވެސް ބުނެނުލާ، ޝިއުރީ ހުރީ އޭނާއަށް ބަލާށެވެ.

ނަހީކްގެ ވާހަކަތަކުން ރުޅިގަދަވީ މިޝަލެވެ. ނަހީކްގެ ނަމުން ގޮވާލަމުން އޭނާއަށް، އަތް މަޅާލެވުނީ، ނަހީކްގެ މޫނުގައި ޖެހުމަށެވެ. އެހެނަސް، ޖެހުމުގެ ކުރިން، އެ އަތް ހިފެހެއްޓީ ޝިއުރީއެވެ. މިޝަލް ބަލާލުމުން ދެ ފަރާތަށް ބޯ ހޫރާލިއެވެ. ކިތަންމެ ރުޅިއައިނަމަވެސް، ޝިއުރީގެ އެދުމަށް މިޝަލަށް ޖެހުނީ މައިތިރިވާށެވެ. އެހެނަސް، އޭނާގެ އެތެރެ ހަށީގައިވާ ލޭތައް ކެކި އަރަނީއެވެ. ނަހީކް، ޝިއުރީ ދޫކޮށްލައިފާނެކަން، އޭނާއަށް ކުރިން އެނގުނުނަމަ، ޝިއުރީ އެ އަނދަވަޅުން ނެގީހެވެ. ނަހީކް، ކަންތައް ކުރަމުންދިޔަ އަޅާލުންކުޑަގޮތްގަނޑު އޭނާއަށް އެނގުނުނަމަވެސް، ނަހީކާއި ވާހަކަ ދައްކައިގެން އެ ކަންތައް ރަނގަޅުކުރުމަށް ނަސޭޙަތްތެރިވެ، ވިސްނައިދިނީ، ނަހީކްވެސް ޝިއުރީދެކެ ލޯބިވާކަމަށް ހީކޮށްފައެވެ. ނަހީކް އެ ގޮތަށް ކަންތައް ކުރާނެކަން އޭނާއަށް ކުރިން އެނގުނުނަމަ، ފަހަރެއްގައިވެސް، ނަހީކަށް ވިސްނައިދީ، އޭނާއަށް ނަޞޭޙަތެއް ނުދިނީހެވެ. މިޝަލް، އޭނާގެ މުށްކަވާލެވިފައިވާ ދެ އަތް ޖީބަށްޖަހާލީ، ރުޅިއައިސްގެން ގޮސް ގޯހެއް ހެދިދާނެތީއެވެ.

ނުވިސްނާ ތިއްބާ، މީހެއްގެ އަތުގެ ހޫނު އެތިފަހަރެއް، ރިޝްމީގެ މޫނަށް އެރުމުން، އެންމެންނަށް ސިހިފައި އެދިމާ ބަލާލެވުނެވެ. ނަފްތަރުގެ ނަޒަރުން ރިޝްމީއަށް ބަލަން ހުރި، ރިފްގާ ދެވަނަ ފަހަރަށްވެސް އަތް ހިއްލާލީ ރިޝްމީގެ މޫނުގައި ޖެހުމަށެވެ. އެހެނަސް، ޖެހުމުގެ ކުރިން، އޭނާގެ ފިރިމީހާ ޝައިމަން، އޭނާގެ އަތުގައި ހިފައި ހުއްޓުވިއެވެ. ރިޝްމީމެން ގޭގައި ނެތުމުން އެ ދެމަފިރިން މަގުމައްޗަށް ނުކުތީ ފަހަރެއްގައިވެސް، މިފަދަ މަންޒަރެއް ފެނިދާނެކަމަކަށް ނޫނެވެ. އެހެނަސް، ފެންނަމުންދިޔަ މަންޒަރާއި، އިވުނު އަޑުތަކުން އޭނާގެ ރުޅިގަނޑު މަތަނުކުރެވުނީއެވެ.

ރިފްގާ ޖެހިލެއް ބާރުކަމުން ތަދުވީވަރުން، ކޯތާފަތުގައި އަތް އަޅާލިއިރު، ރިޝްމީގެ ދެލޯވެސް ފެންކަޅިވެގެން ދިޔައެވެ. އެންމެންގެ ކުރިމަތީގައި އެއްބަނޑު އެއްބަފާ ދައްތަ އެ ގޮތަށް ޖެހުމުން ލަދުވެސް ގަތެވެ. ރިފްގާދެކެ ރުޅިވެސް އައެވެ.

“އަހަރެން އެހާ ވަރަށް ބުނީމަވެސް އޭނާގެ ފަހަތު، އަޅުވާލީ ދޯ…. ފުރަތަމަ ދުވަހުވެސް ނަހީކް ރީތިވެގެން އުޅުނީމަ އަހަރެން ނުބުނަންތަ އޭނަ އުޅެނީ ޝިއުއާއި ރައްޓެހިވެގެންނެކޭ….. އެދޭތެރެއަށް ވަންނަން ނުހަދާށޭ…. ބުނީމަވެސް މަޑަކުން ނުހުރެވުނު ދޯ….. ކުރިން ތި ގަނޑެއް ގަންނަކަން އެނގުނުނަމަ، އެންމެ ދުވަހަކަށްވެސް މިރަށުގައި ނުބެހެއްޓީސް….. ލަދުގަނޭ ތީ މަގޭ ކޮއްކޮއޭ ބުނަންވެސް…. ހަމަ މިހާރު ވަދޭ އެތެރެއަށް….. މާދަމާ ފެރީން ރަށަށް ދާން ތައްޔާރުވެގެން ހުންނާތި…!!!!!!” ރުޅިއައިސްފައި ހުރިވަރުން ރިފްގާއަށް ވާހަކަދެއްކުނީވެސް ތަންކޮޅެއް ބާރަށެވެ. ރިފްގާ އެގޮތަށް ވާހަކަދެއްކުމުން ދެރަވެ، ރުޅިއައިވަރުން ރިޝްމީ ދުވެފައި ގޭތެރެއަށް ވަނެވެ.

ރިފްގާވެސް ވަކިވަކިން އެންމެންގެ މޫނަށް ބަލާލުމަށްފަހު ގޭތެރެއަށް ވަނެވެ. ޝައިމަން ނަހީކަށް ބަލާލުމަށްފަހު، ދެ ފަރާތަށް ބޯ ހޫރާލީ ނަހީކްގެ ފަރާތުން އެފަދަ ޢަމަލެއް ފެނި ދާނެކަމަށް އޭނާއަށް ހީކުރެވިފައި ނެތުމުން އެކަމާ ހިތްހަމަ ނުޖެހިފައި ހުރިކަން އަންގާލުމަށެވެ. ނަހީކަށް އިސްޖަހާލެވުނީ އެންމެ ގާތް އެކުވެރިޔާއާއި ހަތަރުކަޅި ހަމަކޮށްލަން ނުކެރުމުންނެވެ. ޝައިމަންވެސް ރިފްގާގެ ފަހަތުން ގޭތެރެއަށް ވަނެވެ.

ޝައިމަން ދިޔަކަން ޔަޤީންވުމުން، ނަހީކް، އިސްއުފުލާ ޝިއުރީއަށް ބަލާލިއެވެ. އޭރު އޭނާ ހުރީ ދުރު ބަލަހައްޓައިގެންނެވެ.

“ޝިއު، އަހަންނަށް މާފުކުރޭ….” އިރުކޮޅަކު މަޑުކޮށްލުމަށްފަހު، ނަހީކް، އެ ތަނުން ދިއުމަށްޓަކައި ހިނގައިގަތީ، ޝިއުރީ އަނގައިން ނުބުނުމުންނެވެ.

“އަހަރެން މާފުކޮށްފިން…..” ނަހީކް ފަސްދިނުމުން ޝިއުރީ އިއްވާލިއެވެ. އެހެނަސް، އޭނާ ފަސްއެނބުރި ބަލައެއް ނުލައެވެ. ޝިއުރީގެ އަޑަށް ނަހީކްގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއިރު، ގާތުގައި ހުރި މިޝަލަށްވެސް ހައިރާންވެފައި ޝިއުރީއަށް ބަލާލެވުނީ، ހީ ނުކުރާ ގޮތަކަށް ޝިއުރީ ކަންތައް ކުރުމުންނެވެ. މިޝަލް ހީކުރީ، ނަހީކް އެހެން ބުނުމުން، އާދޭސްކޮށްފައި، އޭނާ ދޫކޮށްނުލުމަށް ޝިއުރީ ބުނާނެކަމަށްށެވެ. އެހެނަސް، ނަހީކް ހުއްޓުވަން އެންމެ ބަހެއް ބުނެނުލިތާ، އޭނާގެ ދެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާނުލައެވެ. ޝިއުރީގެ ހިތްވަރުގަދަކަމަށް، މިޝަލްގެ ހިތުގެ އަޑިން ތަޢުރީފްކޮށްލެވުނެވެ. ޝިއުރީ، ނަހީކްދެކެ ލޯބިވާވަރާއި، އޭނާއާއި ވަކިވާންޖެހުމުން، އެ ހިތަށް ކުރާނެ އަސަރު، މިޝަލަށް ވަރަށް ރަނގަޅަށް ވިސްނެއެވެ.

ނަހީކް، އިރުކޮޅަކު މަޑުކޮށްލައިގެން ހުރީ، ޝިއުރީ އިތުރު އެއްޗެއް ބުނޭތޯއެވެ. އެހެނަސް، ޝިއުރީ އޭނާވެސް ހައިރާންކޮށްލިއެވެ. ހީކުރި ގޮތާއި ޚިލާފަށް ޝިއުރީ ހުރީ ހިމޭންކަން އިޚްތިޔާރުކޮށްގެންނެވެ. ޝިއުރީ އިތުރަށް އެއްޗެއް ނުބުނުމުން އޭނާ އެތަނުން ދިޔައީއެވެ.

ނަހީކް، ދިޔަކަން ޔަޤީންވުމުން، ގެއަށް ވަނުމުގެ ބަދަލުގައި ޝިއުރީ ހިނގައިގަތީ އަތިރިއާއި ދިމާއަށެވެ. އެ ހުރިހާ އިރަކު، އޭނާ ހިފަހައްޓައިގެން ހުރި ކަރުނަތައްވެސް، ދެ ލޮލުގެ ތެރެއިން ފުރޭނިގެން އައިސް ކޯތާފަތުގައި ބީހިލުމަށްފަހު، ދަތްދޮޅިދޮށަށް ޖަމާވަމުން ދިޔައީ، ކަރުނަތައް ހިފަހައްޓަން އޭނާ ކުރި މަސައްކަތް ހުއްޓާލުމުންނެވެ. ޝިއުރީ ހިނގައިގަތުމުން މިޝަލްވެސް އޭނާއަށް ގޮވަމުން ފަހަތުން ދިޔައެވެ.

“މިޝަލް އަހަރެންގެ ފަހަތުން ނާންނާތި….!!!!” ފަހަތުން މިޝަލް އަންނަކަން އެނގުމުން، ފަހަތް ބަލާވެސްނުލާ، ޝިއުރީ ގޮވާލިއެވެ. އޭރުވެސް، އޭނާގެ ހިނގުމަކަށް ބަދަލެއް ނާދެއެވެ. ޝިއުރީ މިހެން ބުނުމުން މިޝަލް ދުވެފައިކަހަލަ ގޮތަކަށް ގޮސް ޝިއުރީގެ ކުރިމައްޗަށް އެރިއެވެ. އަދި ޝިއުރީއަށް ކުރިމަތިލައިގެން ހުރެ ފަހަތަށް ފިޔަވަޅު އަޅަން ފެށުމުން ޝިއުރީ ހުއްޓުނެވެ.

“މިޝަލް، ކީއް ތި ކުރަނީ…..؟؟؟؟ އަހަރެން ފަހަތުން ނާންނާށޭ ބުނީމަވެސް އަންނަންޖެހޭތަ….؟؟؟؟” ޝިއުރީ، ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިފައި ހުރެއެވެ. އޭރުވެސް، އޭނާގެ ދެ ލޮލުން އަންނަމުންދިޔަ ކަރުނައަކަށް ބަދަލެއް ނާދެއެވެ.

“ޝިއު ބުނީ ފަހަތުން ނާންނާށެކޭއެއްނު…. ކުރިމަތިން ނާންނާށެކޭ ނުބުނަމެއްނު….” މިޝަލް މިހެން ބުނުމުން ރޮވިފައި ހުރިނަމަވެސް، ޝިއުރީގެ ގާތަށް ހިނިއައެވެ. އެހެނަސް ދެވަނަ ސިކުންތުގައި އަނެއްކާވެސް ރޯން ފެށިއެވެ. ޝިއުރީ، ހިތުގައިޖެހި، ގިސްލާފައި ރޯތަން ފެނުމުން މިޝަލްގެ ކެތްތެރިކަން ކޮޅުންލިއެވެ. ޝިއުރީގެ ދެ ކޮނޑުގައި ހިފައި ގެނެސް، އޭނާގެ ދެ އަތުގެ ހިމާޔަތްތެރިކަން ޝިއުރީއަށް ދިނެވެ. މީހެއްގެ ފަރާތުން އެ ފަދަ އަޅާލުމަކަށް ނުހަނު ބޭނުންވެފައިހުރި ޝިއުރީވެސް، މިޝަލްގެ މޭގައި ބޯ އަޅާލައިގެން ހުރެ ރޮމުން ދިޔައެވެ. މިޝަލް، ޝިއުރީގެ ބޮލުގައި ލޯބިން ފިރުމަމުން ދިޔައިރު، އޭނާގެ ހިތަށް އަސަރުކޮށްފައިވީނަމަވެސް، ނޭނގޭ އުފަލެއް އެ ހިތަށް ލިބިފައިވެއެވެ.

“މިޝަލް… ކީއްވެތަ އަހަރެން ލޯބިވާ މީހުން، އަހަރެންދެކެ ލޯބިނުވަނީ…..؟؟؟؟” މިޝަލްގެ މޭގައި މޫނު ޖައްސާލައިގެން ހުރެ، ޝިއުރީ، އޭނާގެ ހިތުގެ އުދާސްތައް ބޭރުކުރަންފެށިއެވެ. ރުއިމުގެ ތެރެއިން ޝިއުރީގެ އަޑު އިވުމުން މިޝަލްގެ ގައިން ހީބިހި ނަގައިގެން ދިޔައީ، އެ އަޑުގައި ވޭނީއަސަރެއް އެކުލެވިފައިވުމުންނެވެ.

“އެއީ އެމީހުން މޮޔަކަމުން…. އެއްލާލެވުނީ ކިހާ އަގުބޮޑު ޖަވާހިރެއްކަމެއް އެމީހުންނަށް ނުވިސްނޭތީ….” ނަހީކް، ކަންތައް ކުރިގޮތް ހިތަށްއެރުމުން މިޝަލަށް ވާހަކަ ދެއްކުނީ ހިތްހަމަ ނުޖެހިފައި ހުރެއެވެ.

“އަހަރެން ހައިރާންވި ޝިއު އެހާ ފަސޭހައިން މާފުކުރީމަ…. އަހަރެން މީ ޝިއުނަމަ އަތުން ފައިން ގޯހެއް ހެދޭނީ….. އަހަރެން ހިއެއް ނުކުރަން ނަހީކް ދުވަހަކުވެސް އެކަހަލަ ކަމެއް ކުރާނެކަމަކަށް….. އޭނާ ޝިއުއާއި ހެދި އުޅުނުވަރު އެންމެ ގާތުން ދުށް އެކަކު އަހަންނަކީ…. އަހަރެން ހަމަ ހައިރާންވި ނަހީކް އެ ގޮތަށް ކަންތައް ކުރީމަ….. އަހަންނަށް…..” މިޝަލްގެ ވާހަކަތައް މަޑުޖައްސާލަން ޖެހުނީ ޝިއުރީ އޭނާއާއި ދުރުވެލަމުން، އޭނާގެ އަނގަމަތީގައި އަތްއެޅުމުންނެވެ. ކަރުނައިން ފުރިފައިވާ ދެ ލޮލުން ޝިއުރީ މިޝަލަށް ބަލާލިއެވެ.

މިޝަލް…. އަހަރެން ބޭނުމެއް ނޫން ގަދަ ބާރުން ލޯބި ހޯދާކަށް…. އޭރުން އެ ހޯދުނީ ލޯބިކަމުގައި ހީކުރެވުނަސް، ހަޤީގަތަކީ އެއީ ތިމާއަށްވެސް އަދި އަނެކާއަށްވެސް ލިބޭ ވޭނަކަށްވުން…. އަހަރެންވެސް ހިއެއް ނުކުރަން ނަހީކް އެ ގޮތަށް ކަންތައް ކޮށްފާނެކަމަކަށް…. މީހުން އޭނާއޭ ކިޔައިގެން އެ ދައްކާ ވާހަކަތައްވެސް އަހަރެން ޤަބޫލު ނުކުރީ އެހެންވެ…. ނަހީކް، ޙަޤީގަތް ހާމަ ކުރިވަގުތު އަހަރެން ވަރަށް ދެރަވި… އެކަމަކު، އެކަމުގައި ނަހީކްވެސް، ވަކި ކުރާނީ ކީއް….؟؟؟ ލޯތްބަކީ ވާ އެއްޗެއް ނޫން… ވެވޭ އެއްޗެއް…. އެހެންވެ، އަހަރެން ނަހީކަށް މާފުކުރީ….. ނަހީކަށް އަހަރެންދެކެ ލޯބި ނުވެވުން އެއި ނަހީކްގެ ކުށެއް ނޫން….. އެއީ އަހަރެންގެ ބަދުނަސީބުކަން….” މިޝަލަށް ބަލަން ހުރެ ޝިއުރީ ވާހަކަ ދައްކަމުން ދިޔައެވެ. ޝިއުރީގެ ވާހަކަތަކުން މިޝަލްގެ ގައިގައި ހުރި ލޯލިތައް ކޮޅަށްޖެހިގެން ދިޔައިރު، ހިތުގެ އަޑިން ޝިއުރީއަށް ތަޢުރީފްކޮށްލެވުނެވެ.

“ހަމަ ތެދެއް މިބުނީ…. ނަހީކް، ދޫކޮށްލާފައި އެ ދިޔައީ ހަމަ އަގުބޮޑު ޖަވާހިރެއް…..” އެ ހުރިގޮތަށް ހުރެ މިޝަލަށް ބުނެވުނީ ޝިއުރީގެ ވިސްނުން ހުރި ގޮތުންނެވެ.

“ޖަވާހިރެއް…..؟؟؟؟؟ ހައް….. އަހަންނަކީ، ޖަވާހިރެއްހާ އަގު ބޮޑު ކުއްޖެއްނަމަ، އަހަރެންގެ އުފަން މަންމަ އަހަންނަށް އެ ކުރާ ނަފްރަތެއް ނުކުރީސް…. މިއަދު އަހަރެން އަމިއްލަ ނަފްސުދެކެވެސް ރުޅިއާދޭ…. އަހަރެންދެކެ އެހާ ރުޅި އަންނައިރުވެސް، މަންމައަށް ޖެހެނީ އަހަރެންނާއި އެއްފުރާޅެއްގެ ދަށުގައި އުޅެން…. އަހަންނާ ހެދި މަންމައަށް ހާދަހާ އުނދަގުލެއް ވާނޭ…. ޒީކްމެން ކަންތަކާ އަހަރެން ދެރަވެފައި ހުރީމަ، ބޭނުން ނުވިޔަސް ނަހީކްއަށްވެސް އެ ޖެހުނީ، ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އަހަންނާ އެކީ އުޅެން….. އަހަންނާ ހެދި އެހެން މީހުން އެ ޖެހެނީ އެ މީހުންގެ އުފާތަކުން މަހުރޫމްވެގެން ހުންނަން… އަހަރެން މީ ކިހާ ސުންޕާ ކުއްޖެއް… އެހެން މީހުންނަށް ހުރި ބޮޑު އުނދަގުލެއް….. އާހްހްހްހްހްހްހްހްހް…..” ދެންމެއަކާއި ޖެހެންދެން ހިތުގައިޖެހި، ރޮމުންދިޔަ ޝިއުރީ، ދެރަވީވަރުން، އެ ހުރިހާ އިޙްސާސްތަކެއް ރުޅީގެ ގޮތުގައި ބޭރުކުރަން ފެށިއެވެ. އެ ހުރިހާ ވާހަކައެއް ދެއްކުމަށްފަހު، އިސްތަށިގަނޑު ތެރެއަށް ދެ އަތްމަހާލުމާއިއެކު އާހުތައް ބޭރުކޮށްލެވުނެވެ.

“ޝިއު ހަމަޖެހިބަލަ…. އަމިއްލަ ނަފްސުދެކެ، އެހާ ރުޅި އަންނާކަށް ނުވާނެ…. ޝިއު ތީ ސުންޕާ ކުއްޖެއް ނޫން…. ތީ މީހަކަށް ލިބޭނެ އަގުބޮޑު ޖަވާހިރެއްފަދަ ކުއްޖެއް….” ކުއްލިއަކަށް ޝިއުރީއަށް އެ އައި ބަދަލު މިޝަލަށް ނަގައިގަނެވުނެވެ. އެހެންކަމުން، ޝިއުރީގެ ކޮނޑުގައި ދެ އަތުން ހިފަހައްޓާލަމުން، އޭނާ ބެލީ ވީހާވެސް ލޯބިން ވިސްނައިދެވޭތޯއެވެ.

“އަހަރެންމީ ހަމަ ސުންޕާ ކުއްޖެއް… މިޝަލްއަކަށް ނޭނގޭނެ…. އަހަންނާ ހެދި ދެން އުނދަގޫވާނީ މިޝަލްއަށް ކަންނޭނގެ…. އޭގެ ކުރިން މިތަނުން ދާން އުޅޭ…. އަހަރެން ބޭނުމެއް ނޫން ދެން އިތުރު މީހަކަށް އުނދަގޫކުރާކަށް…. ދޭ މިތަނުން…..” މިޝަލްގެ އަތް ފޮޅުވާލަމުން ރުޅިއައިސްފައި ހުރެ ޝިއުރީ ހަޅޭލަވައިގަތުމުން މިޝަލްވެސް ސިހުނެވެ.

“ޝިއު، އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ…..”ޝިއުރީއާއި ގާތްވެލަމުން މިޝަލް ދެންވެސް ބެލީ ރުޅިއައިސްފައި ހުރި ޝިއުރީ ހަމައަކަށް އެޅޫވޭތޯއެވެ.

“ނޫޅެން އަޑު އަހާކަށް…. ބުނެފީމެއްނު މި ތަނުން ދާށޭ…. ދޭ…. ދޭ…. ދާންވީ….” މިޝަލް ގާތްވާން ފެށުމުން އޭނާގެ މޭމަތީ، ދެ އަތުން ތަޅަމުން ޝިއުރީ ބުނަމުން ދިޔައެވެ. އަދި ބާރަށް ހަޅޭލަވައިގަތެވެ. އެ އަޑު އަހަން ކެތްނުވުމުން މިޝަލަށްވެސް ޖެހުނީ ކަންފަތުގައި އަތް އަޅާށެވެ. އެ ވަގުތު މީހުންނަށް އަޑު ނުފޯރާ ހިސާބު އަތިރިމަތީގައި ތިބެވުނުކަން ނަސީބޭ މިޝަލްގެ ހިތަށް އެރިއެވެ.

“ޝިއު…. ތިހެން ނުހަދާ…އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ…..” ރުޅިއައިސް ރަތްވެފައިހުރެ، އަތިރިއަށް ފައިބަންދިޔަ ޝިއުރީގެ އަތުގައި ހިފައި ހުއްޓުވަމުން މިޝަލް ބުނެލިއެވެ. ޝިއުރީ، މިޝަލަށް ބަލާލީ އެ ދެ ލޮލުން މިޝަލް އަންދާލަން އުޅޭ ފަދައަކުންނެވެ. އޭނާ ހުރީ އެހާވެސް ރުޅިގަދަވެފައެވެ.

“އަހަރެން ކޮން ބަހުރުވައަކުން ބުނިއްޔާތަ މިޝަލްއަށް ވިސްނޭނީ…. ބުނެފީމެއްނު މިޝަލް ދައްކާ ވާހަކަ އަޑު އަހާކަށް ބޭނުމެއް ނޫނޭ…. ހެޔޮނުވާނެ… އަހަރެން އެކަނި ޙާލާއިގެން ދޫކޮށްލާފައި، މި ތަނުން ދޭބަލަ…..” ޝިއުރީގެ އަޑު ދިޔައީ އިރަކަށްވުރެ އިރެއް ބާރުވަމުންނެވެ. އޭނާގެ މި ރުޅިގަނޑު ކުރިން ފެނިފައި ނުވިޔަސް، އެ ރުޅީގެ ފަހަތުގައިވާ ހިތްދަތިކަން މިޝަލަށް އިޙްސާސްކުރެވެއެވެ. މި ވަގުތު ކިތަންމެ ރުޅިއައިސްގެން ވާހަކަ ދެއްކި ނަމަވެސް، ރުޅީގެ ސިފައިގައި ޝިއުރީއަށް އެ ބޭރުކުރެވެނީ އޭނާގެ ހިތުގައިވާ ވޭނާއި އުދާސްތައްކަން މިޝަލަށް ވިސްނެއެވެ.

“ނުދާނަން… އެންމެން ދިޔަސް އަހަންނެއް ނުދާނަން…. ޝިއު ރުޅިއައިސްގެން ތަޅާ، ވިކާ، މެރިއަސް، ޝިއު އެކަނިކޮށްފައެއް އަހަންނެއް ނުދާނަން…… ޝިއު ކިތަންމެ ރުޅިއައިސްގެން ވާހަކަ ދެއްކިޔަސް، އަހަންނަށް އެނގޭ ޝިއު މި ވަގުތަށް އެންމެ ބޭނުންވާނީ މީހެއްގެ އެހީތެރިކަން… މިރޭ ރުޅިއައިސްގެން ތި ގޮތަށް ވާހަކަދެއްކިޔަސް، މާދަންވާއިރަށް ޝިއު، އެކަމާ ދެރެވެގެން އުޅޭނެކަންވެސް އަހަންނަށް އެނގޭ…..” މިޝަލްގެ ވާހަކަތަކުން ޝިއުރީ މައިތިރިވިއެވެ. އެސްފިޔަ ޖަހާލުމެއްނެތި މިޝަލަށް ބަލަހައްޓައިގެން ހުރެވުނީ އޭނާގެ ހިތުގެ ޙާލަތު އެހާ ރަނގަޅަށް މިޝަލަށް ވިސްނުނީތީއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ދެ ލޮލުން ކަރުނަތައް ފައިބައިގަތީ، އެކަން ވިސްނެންވީ މީހުންނަށް މިވީހާ ދުވަހުވެސް އެކަން ވިސްނިފައި ނެތުމުން ދެރަވީވަރުންނެވެ.

“އަހަންނަކަށް ނޭނގެ ދެން…. ދިރިއުޅުންމަތިން ފޫހިވެއްޖެ…. ނަހީކްދެކެ، އަހަރެން ހާދަ ލޯތްބެއްވެޔޭ….. ކީއްވެގެންތަ އަހަންނަށް މިހެން މި ދިމާވަނީ….. އަހަރެން ބޭނުމެއް ނޫން އެ މީހުންގެ ދިރިއުޅުމުން ދުރަށްދާކަށް… އެކަމަކު އެކަކުވެސް އަހަރެންދެކެ ލޯތްބެއް ނުވޭ…… އަހަރެން ބޭނުމެއް ނޫން މި ދުނިޔޭގައި އުޅޭކަން…. ބޭނުމެއް ނޫން….” މާ ބޮޑަށް ހިތުގައި ޖެހުމުން، އަނެއްކާވެސް ޝިއުރީ ރުޅި ގަދަވާގޮތްވިއެވެ. ބޮލުގެ އިސްތަށިގަނޑަށް ދަމަން ފެށީ އަމިއްލަ ނަފްސުދެކެ ރުޅި އާދެވުމުންނެވެ. ޝިއުރީގެ ޢަމަލްތައް ހުރި ގޮތުން މިޝަލަށް ކެތްވަނީއެއް ނޫނެވެ. އޭނާ، ޝިއުރީގެ ދެއަތުގައި ހިފަހައްޓާލަމުން އެކަން ހުއްޓުވިއެވެ. ދެ އަތުގެ މުލައްދަނޑީގައި ހިފައި، ދެ ފަހަރަކު ގުޑުވާލީ ޝިއުރީ ހަމައަކަށް އެޅުވުމަށެވެ.
“ޝިއު މޮޔަވީތަ….؟؟ އެނގޭތަ ތި ކިޔޭ އެއްޗެއް…. ތި ކުރެވޭ ކަމެއް އެނގޭތަ….؟؟ އެއްބަޔަކު ޝިއު ދޫކޮށްލާފައި ދިޔައީމަ، އޭގެ މާނައަކީ އެހެން މީހުން ޝިއުދެކެ ލޯބި ނުވަނީއޭތަ….؟؟؟؟ އޭނ…..؟؟؟ ފުރަތަމަ އަމިއްލަ ނަފްސުދެކެ ލޯބިވާން ދަސްކޮށްބަލަ….. ޝިއު އަމިއްލަ ނަފްސުދެކެވެސް ރުޅިއަންނަނީ އިންތިހާއަށް….. އެހެންނު ވާނީ، އަބަދު ތި ހުންނަނީ ހުރިހާ ކަމެއްގައިވެސް އަމިއްލަ ނަފްސު ކުށްވެރި ކޮށްގެން…… ހެޔޮ ނުވާނެ ޝިއު…. ތި ވިސްނުން ދޫކޮށްލާ…. އަމިއްލަ ނަފްސުދެލެ ލޯބިވާން މަސައްކަތްކުރޭ…. ޝިއު ތީ ގޯސްކުއްޖެއް ނޫން…… ވަރަށް ރަނގަޅު ކުއްޖެއް… އެއްބަޔަކަށް އެކަން ނުވިސްނެނީ…. އޭގެ މާނައަކީ އެންމެން ޝިއުދެކެ ލޯބި ނުވަނީއެކޭ ނޫން…… މި ވަގުތު ދެރަވެ، ރުޅިއައިސްފައި ހުރީމަ، އެ ގޮތަށް ތިވިސްނެނީ…. ތި ރުޅިގަނޑު މައިތިރީވީމަ، ޝިއުއަށްވެސް ވިސްނޭނެ ޝިއުދެކެ ލޯބިވާ މީހުންވެސް އެބަތިބިކަން…..” މިޝަލް މި ހުރިހާ ވާހަކައެއް ދެއްކުމުން ޝިއުރީ މައިތިރިވީ މިޝަލް ތަންކޮޅެއް ބާރަށް ވާހަކަ ދެއްކުމުންނެވެ. އެ ހުރިހާ ވާހަކައެއް ދެއްކިއިރުވެސް އޭނާ ހުރީ އިސްޖަހާލައިގެންނެވެ. މިޝަލް ވާހަކަ ދައްކަމުން ދިޔަވަރަކަށް ޝިއުރީގެ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައްވީ އިތުރެވެ.

މިޝަލް ދެއްކި ވާހަކަތަކުން އެ ސިކުނޑި ރަނގަޅުގޮތުގައި މަސައްކަތް ކުރަން ފެށުމުން، ޝިއުރީ، މިޝަލްގެ ގައިގައި ބައްދާލައިގެން ހުރެ ރޮމުން ދިޔައެވެ. ޝިއުރީގެ ވޭނީ ރުއިމާއި ގިސްލުމުގެ އަޑުން މިޝަލްގެ ލޮލުންވެސް ކަރުނަ ހިލުވާލިއެވެ. އެހެނަސް އޭނާ މިވަގުތު ރޯކަށް ބޭނުމެއް ނޫނެވެ. އޭނާ ބޭނުމީ ޝިއުރީއަށް ހިތްވަރުލައިދޭށެވެ. އެހެންކަމުން ލޮލުން ނީރާލި ކަރުނަތިކި ބޮނޑުވާއިނގިލިން ފުހެލުމަށްފަހު، ޝިއުރީގެ ބޮލުގައި ލޯބިން ފިރުމާލަމުން، އޭނާގެ ގައިގައި ބާރަށް ހިފަހައްޓާލިއެވެ.

ހިތް ފުރޭވަރަށް ރުއިމަށްފަހު، ޝިއުރީ، މިޝަލާއި ދުރަށް ޖެހިލިއެވެ. އަދި ދެ ލޮލުން އައިސްފައިވާ ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ. ޝިއުރީއަށް މި އައި ބަދަލުފެނި މިޝަލްގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނެވެ.

އިސްޖަހާލައިގެން ހުރި ޝިއުރީ އަނގައިންވެސް ބުނެނުލާ ލަސް ފިޔަވަޅުތަކެއް އަޅަމުން މިސްރާބު ޖެހީ ގެއާއި ދިމާއަށެވެ. ދެތިން ފިޔަވަޅު ފަހަތުގައި ހުރެ މިޝަލްވެސް އޭނާގެ ފަހަތުން ދިޔައެވެ. ގޭގެ ދޮރާއި ހަމައަށް ދެވުމުން ޝިއުރީ ހުއްޓުނެވެ. އަދި ގެއަށް ވަނުމުގެ ކުރިން މިޝަލަށް ބަލާލިއެވެ. އޭރު އޭނާވެސް ޝިއުރީއާއި އަރާ ހަމަވަނީއެވެ. ޝުކުރުވެރިވާފަދަ ބެލުމަކުން މިޝަލަށް ބަލާލުމަށްފަހު، ޝިއުރީ ގެއަށް ވަނެވެ.

މިޝަލް މަގުގެ ދެ ކޮޅު ބަލާލުމަށްފަހު، ޝިއުރީމެންގޭ ކައިރީ، ބަހައްޓާފައި ހުރި ޖޯލީގައި އިށީނީ، އޭނާ ދިއުމަށްފަހުވެސް، ޝިއުރީ، ގެއިން ބޭރަށް ނުކުމެގެން ގޮސް ހަށިގަނޑަށް ގެއްލުންވާފަދަ ޢަމަލެއްކޮށްފާނެކަމުގެ ބިރު، ހިތުގައި އޮތުމުންނެވެ. އެގޭ ހަތަރު ފާރު އެތެރޭގައި ޝިއުރީއަށް ވާނުވާ ބަލާލާނެ މީހަކު ނުވާނެކަން އެނގޭތީއެވެ.
********************

އާދައިގެ މަތިން ފަތިސް ނަމާދު ކޮށްލުމަށްފަހު، މަގުމަތި ކުނިކެހުމަށްޓަކައި، އިލޮށިފަތި ހިފައިގެން ޝިއުރީ ބޭރަށް ނުކުތެވެ. އޭނާގެ ފިޔަވަޅުތައް ހުއްޓުންއެރީ، ގޭ ކައިރީގައި ހުރި ޖޯލީގައި ނިދިފައި އޮތް މިޝަލް ފެނުމުންނެވެ. ހައިރާން ވީނަމަވެސް، މިޝަލްގެ ގާތަށް ގޮސް އޭނާގެ އަތުގައި ކޮށްޓާލަމުން ގޮވާލިއެވެ. ދެ ފަހަރަކު ގޮވާލުމުން މިޝަލަށް ހޭލެވުނެވެ. ޝިއުރީގެ މޫނު ފެނުމުން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. އޭނާގެ ޙަރަކާތައް އެހާވެސް އަވަހެވެ. ހިތަށް ކިތަންމެ އަސަރެއް ކޮށްފައި ވީނަމަވެސް، މިޝަލަށް ވީ ގޮތް ފެނި، ޝިއުރީގެ ގާތަށް ހިނިއައެވެ. ޝިއުރީ ހޭން ފެށުމުން، މިޝަލް ބޯ ކަހާލުމަށްފަހު، އިސްތަށިގަނޑުގައި އަތް ހިންގާލަމުން، އިސްތަށިގަނޑު ތަރުތީބު ކޮށްލިއެވެ.

“މިޝަލް މިތާ ކީއްކުރަނީ…..؟؟؟؟؟” ހުނުން މަތަކުރަމުން ޝިއުރީ ސުވާލުކޮށްލީ އެ ފަދަ ވަގުތެއްގައި މިޝަލް އެތާ އިނުމުންނެވެ.

“ޝިއު ކުނިކަހާތަން ބަލާލަން މި އައީ…..” ޝިއުރީގެ އަތުގައި އޮތް އިލޮށިފަތި ފެނުމުން މިޝަލް އަވަސްއަވަހަށް ބުނެލީ، އަސްލު ސަބަބު ހާމަކުރަން ބޭނުން ނުވާތީއެވެ. މިޝަލްގެ ޖަވާބު އިވިފައި ޝިއުރީ އަނެއްކާވެސް ހޭންފެށިއެވެ. ޝިއުރީއަށް ބަލަހައްޓައިގެން މިޝަލަށް ހުރެވުނީ އޭނާގެ ކެތްތެރިކަން ފެނި އާޝޯހުވެފައެވެ. ރޭގައި އެހާ ވަރަށް ދެރަވެގެން ރޮއެރޮއެފައި، އަމިއްލަ ނަފްސުދެކެ ރުޅި އައިސްގެން އުޅުނު ކުއްޖާ، މިހާރު އެ ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ. ނޫނެކެވެ. ބޭރު ފުށުން ހަމަޖެހޭގޮތް ދައްކާލައިގެންނެވެ. ރޭގައި ފަހުންވެސް ޝިއުރީ ރޮއެފައިވާކަން ހެކިދެނީ ދުޅަވެފައިވާ ލޮލުގެ ބޮނޑި މަސްގަނޑެވެ. ލޮލުގައި ރަތްކަމެއްވެސް އެކުލެވިފައި ވެއެވެ. ރޭގައި އެހާ ބޮޑު ކަންތައްގަނޑެއް ހިނގައި، އެކަމާއި ދެރެވެގެން، ރުއިކަމުގައިވިޔަސް، މިހާރު އެ ހުރީ ހަމަޖެހިލައިގެންނެވެ. ދެ ލޯ ދުޅަވެފައި ނުވާނަމަ، ބަލާ މީހަކަށް އޭނާއަށް ރޭގައި ކަމެއްވީހެންވެސް ހީނުވާނެއެވެ. އިޙްސާސްތައް ފޮރުވުމުގައި ޝިއުރީ އެހާވެސް ކުޅަދާނައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެންމެ ކުޑައިރުއްސުރެ، އޭނާ އުޅެމުން އެ އައީ އެހެންމީހުންގެ ކުރިމަތީ އިޙްސާސްތައް ފަރުދާ ކޮށްލައިގެންނެވެ. އަބަދުމެ، ތުންފަތަށް ވެރިކުރުވާފައި ހުންނަ ހިނިތުންވުމާއި، އޭނާގެ ސަކަ މިޒާޖުގެ ސަބަބުން، އެހެން މީހުންނަށް އޭނާގެ ބަނަވެފައިވާ ދިރިއުޅުމުގެ ކަންތައް ދެނެގަންނަންވެސް ނޭނގެނީއެވެ. އެނގޭނީވެސް އޭނާ އެ ފަދަ އިޝާރާތެއް ކޮށްލާނަމަތާއެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވިޔަސް، “އުފް”ވެސް ބުނެ ނުލާ ހުންނަނީއެވެ. މިޝަލްގެ ކުރިމަތީ އެ ހުރިހާ އިޙްސާސްތަކެއް ބަންޑުންކޮށްލަނީ، ކީއްވެކަމެއް ޚުދު މިޝަލަށްވެސް ނޭނގެއެވެ.

“އޭތް… ކޮން ޚިޔާލަކަށް ގެއްލިފައި…..؟؟؟” މިޝަލް ސިހިގެން ދިޔައީ، ލޯ ކުރިމަތީ ޝިއުރީ އަތް ހިންގާލުމުންނެވެ. މިޝަލް އަވަސްއަވަހަށް ދެ ފަރާތަށް ބޯ ހޫރާލަމުން ހިނިތުންވެލިއެވެ.

“ދެން ބުނެބަލަ….. މިތާ ކީއްތަ ތި ކުރަނީ….؟؟؟؟” ޝިއުރީ އަނެއްކާވެސް އަހާލިއެވެ.

“ރޭގައި ޝިއު ގެއަށް ވަނީމަ، ފިނިކޮށްލާފައި ދާންވެގެން ޖޯލީގައި އޮވެލީ….. އެތާ އޮއްވާ ނިދުނީ…..” މިޝަލް ދެންވެސް އަސްލު ސަބަބެއް ހާމައެއް ނުކުރިއެވެ.

“އެހެންތަ…؟؟؟ ކޮފީއެއް ގެނެސްދެންތަ….؟؟؟؟” މިޝަލް މިހެން ބުނުމުން ޝިއުރީގެ މޫނުމަތީގެ ކުލަވަރުތައް ބަދަލުވާންފެށީ ރޭގެ ކަންތައްގަނޑު ހަނދާންވުމުންނެވެ. އެހެނަސް، އޭނާގެ ތުންފަތުގައިވި ހިނިތުންވުން އެ ތާޒާކަންމަތީ ނުފިލާ ހުއްޓެވެ.

“ވަރަށް ބޭނުން ކޮފީއެއް…. އެކަމަކު، މަޑުކޮށްފިއްޔާ ފަތިސް ނަމާދު ނުކުރެވުންތަން ފެންނާނީ…..” ފޯނުން ގަޑި ބަލާލަމުން މިޝަލް ބުނެލިއެވެ. ޝިއުރީވެސް ބޯ ޖަހާލީ މިޝަލާއި، އެއްބަސްވުމުގެ ގޮތުންނެވެ.

“ދަނީ…..” ޝިއުރީއަށް ރީތި ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު، މިޝަލް، ގެއަށް ދާން ހިނގައިގަތީ، ޝިއުރީ ހަމައަކަށް އެޅިފައި ހުރުމުން، އެކަމާއި ހިތްހަމަޖެހިގެން ހުރެއެވެ. ޝިއުރީވެސް ބަދަލުގައި ހިނިތުންވެލިއެވެ. މިޝަލްގޮސް ގެއަށް ވަންނަންދެންވެސް، ޝިއުރީ ބަލަހައްޓައިގެން ހުއްޓެވެ.
********************

“ދޮންބެ ރޭގައި ކޮންތާކު އުޅުނީ….؟؟؟؟” ގެއަށް ވަން މިޝަލަށް ހުއްޓުން އަރާފައި ހުރެވުނީ، އިވިދާނެ ކަމަށް ހީ ނުކުރާ އަޑެއް ކަންފަތުގައި ޖެހުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (91)

  1. Eemyaa

    Assalaam Alikum ☺
    Mi bai ves kiyuntherinnah kamudhaane kamah heekuran ☺
    Kusheh vaanama bunelaidhinun edhen ?
    Hurihaa kudhinnah ves baajaveri dhuvahakah edhemun vakivelan
    TGC lov u all ???

    1. elena
      Eemyaa

      Eyy eamyaa vkh vrrh salhi ngeyy..bune dhy faanan thr 54ah dhivehin kiyanee kykeykan

    2. Anonymous
      Eemyaa

      Fansaas hathareh ?

    3. Eemyaa
      Eemyaa

      Thanks elena ☺Sauravanna, fansaas hathareh ves kiyaa

  2. Song joong ki... KOREAN

    Yeyyy me first

    1. Song joong ki... KOREAN
      Song joong ki... KOREAN

      Yeyyy. Mihaaru kihaa dhuvaheh vejje mi story in first nulibigen ulhey thaa.. N finally I got it ? eeem dear.. MIipart varahhh asarugadha.. N Hama fabulous…mihaaru evy emme rangalhu goiyy.. Mishal ah rangalhu furusatheh dhw shiu hoadhan.. Wow.. Waiting for the that.. Avahah nxt part up khdhehchey.. Plxx. Good luck. Ly.. TGC??? ..

    2. Eemyaa
      Song joong ki... KOREAN

      Haha Song ah first libijje dw ?
      Thanks Song ☺
      Haaan dw kithanmehaa ves rangalhu furusatheh e libuny dw ?
      Next part Monday ga In Sha Allah
      Thanks a lot dear ???
      Lu too tgc

  3. Sallu

    Me first.. Story varah reethi.. Dhen in part ves avahah up kohdhejje..

    1. Eemyaa
      Sallu

      Sallu, hurihaa kudhin ehfahara comment kuryma neyguny dw ?
      In Sha Allah avahah up kohla dheynan ingey ☺

  4. Inaa

    Waau..❤ Its Awesome.. ?
    Thankolheh Short Ee Story Liyefa Inna Waru.. ?

    1. Eemyaa
      Inaa

      Thanks Inaa ☺
      Aww ? kurutha Inaa??
      Ekm aslu ehn parts ah vure mi part dhigu vaane. Hama ekani Shiu nd Mishal ge bai genessa inyma kanne kuruhen heevany dw ?

  5. reen

    Waau stry is awsmm waiting for the next part

    1. Eemyaa
      reen

      Thanks reen ☺☺

  6. cya

    Mi part ves hama habeys

    1. Eemyaa
      cya

      Thanks cya ?

  7. Dumb big liar

    Y e a h!!!! Me firrrst… Eeeeeeeeem baby mi part vv loabi… Alhe thankolheh romance ge bai add kohllaba.. Eyrun aslu fyl annaany …. Mishal haadha keitheri eyy dho… I love him.. Hama sifa vany sanam teri kasam ge indar… I love it… Love you and your awsome work eeem.. We appreciate it!!! ??????

    1. Dumb big liar
      Dumb big liar

      Oh crap… I didint saw these comment before i comment, anyways… Who cares ???

    2. linie De fonsi
      Dumb big liar

      indar my foot..evves varakah sifaeh nuvey…dhn hadikoh indar..btw eem ily varah habbu mi prt es dhn hama ketheh nuaane next part when tha my love?

    3. Eemyaa
      Dumb big liar

      Ehn ves vaane baeh faharu dw dear ?
      Aww thanks ☺☺
      Hehe brkup akaa dhimaa koh v ma romance ge bai nugena ee.. bt thee salhi idea eh ingey.. eyrah aslu feel annaane dw ?
      Haha asluves eyna hama v keitheri ey dww ?
      Thank u dear thanks a lott ☺ ly too ?

    4. Eemyaa
      Dumb big liar

      @linie De fonsi
      Thanks dear ☺
      Next part on Monday In Sha Allah ? ly too dear ?

  8. reader

    yay. Me first dho. V reethi. Avahah upkohdheythi

    1. Eemyaa
      reader

      Thanks reader ☺
      Monday ga up kohla dheynan In Sha Allah ?

  9. reader

    Oh. Kiyan feshi iry neh ehves comment eh. Btw, mi vaahakaige enme furathama part kee dhhvahu hithah eri mee dhen vaahakaeh hey?… Vaanuvaa eh neynge ey. Ehves massala eh ves dhimaavyky nooney. Ekam dhen kiyan feshumun, midhuvaskolhu enme inthizaarukurevey vaahakathakuge therein vaahakaeh mee. One of the best ever

    1. Eemyaa
      reader

      Vaahalaiga charecters gina v ma kurykolhuga haadhisa madhu kohlaafa bodah visnee introductiom bayah
      V ufaa vejje reader ah mihaaru mi vaahaka kamu dhiya ee thee nd heekuran kuriah huri part thah ves kiyaane kamah ☺☺
      Hama gaimuvess haadhisaa thah madheh nuvaane ?
      Thanks a lot dear ☺
      That means a lott ?

  10. reader

    Vaahaka load kuri iru neh ehvess ithuru comment eh. ???. Ehenve I thought first kamah

    1. Eemyaa
      reader

      A e massala eh nun dear
      Ehn ves vaane baeh faharu ☺

  11. reader

    Btw, mi vaahakaige enme furathama part kiyaalevunu dhuvahu hithah ery, “Mee meehun vaahaka liyaa goiy heh, ehves massala gandeh ves dhimaeh nuve et, ekam kiyan feshyma ingijje mee reethi vaahakaeh kan. Eem. V inthizaaru kurevey hama hageegathah. ???One of the best ever

    1. Eemyaa
      reader

      Thanks reader ☺☺

  12. ?Princess S ?

    yay…Mi stry up vefa thw miadhu 3 faharah check kurvihje..and finally kiyaalan libuny yo…This stry is amaizing….keep it up..wating 4 nxt prt…

    1. Eemyaa
      ?Princess S ?

      Alhey sorry thankolheh las v dw hehe ?
      Thanks a lot dear ☺☺

  13. Ram

    Awwm mishal ❤ yay mishya vaahaka dhehky dwww… alheyyy v salhi mi storyy… eeeemmm ??????

    1. Eemyaa
      Ram

      Ram ?
      Hehe Ram ah faahaga kurevijje dw ?
      Thanks dear ☺☺

  14. Iff

    Alhe mishal lahvaaa bunuvabala ekaku loabi nuviyas shiu thii aharen mulhi umuruves loabi v adhi vaa hama ekani kuhjaa ey …
    Mihen v rulhi gadhavefa hure mishal lahvaa bunuvabala

    1. Eemyaa
      Iff

      Hehe nice idea iff ☺ bt eem story plan koffa in gothun e bai nugenevuny ..
      Bt eem ves gabool kuran e haalathuga ebai genainama v salhi vaane kamah as u said ☺
      Kuriah huri part thah iff ah kamudhaane kamah heekuran ☺

  15. click a shot ?

    rifga ehedhy hama rangalha.?..rishmy should get a slap..?if I was a boy I will slap naheek so many times that he’ll never forget…mishal dhen avahah shiu ah propose kurey…mi part ves fabulous ??

    1. Eemyaa
      click a shot ?

      Rifga eha varah bunyma ves rishmee bas neyhyma dhn jeheyny adhabu dheykahnu dw click ???
      Hehe thank god u r a girl haha ? ehn nuny naheek ah vaane goi ves neynge dw ?
      Dhn othy mishal kuri hiyyvareh dw shiy single v viyya ?
      Thanks a lot dear ☺☺

    2. click a shot ?
      click a shot ?

      Hehe??

  16. Alvyn

    Storyy hama Awwsmmm…
    Luv ittt.

    1. Eemyaa
      Alvyn

      Thanks a lot Alvyn ☺☺

  17. Thuhthi

    Mifaharu maa kuru kanneyge ?

    1. Eemyaa
      Thuhthi

      Asluvess kurutha thuhthi ?
      Ekm v dhigu koh liyevun part eh mee more than 2000 words 10 pages

  18. khajja

    Wow masha allah v loabi?? alhey mishaal n shiu gulhuvachchey plx shiuge hithuga mishaal ah loabi jassadhybala v dheken beynun edhuvaheh? stry v v v rythi shaun menge baevves genainama ennu whn nxt prt mihaaru strys thah rythi kamun can’t wait abadhubeleny up veytho hehe? avahah up kolladhybala ly???❤?

    1. Eemyaa
      khajja

      Thanks khajja ☺☺☺
      Hehe lets see dw dear ?
      Mi baiga hama ekani shiu men dw mi genevuny .. shaun men ge bai annaane kuria ah huri parts thakuga ingey ?
      Next part on Monday In Sha Allah ☺
      Hehe yeah will try ?
      Ly too dear ?

  19. Nicky

    Haadha kurey…dhn nxt prt kn irakun

    1. Eemyaa
      Nicky

      I dnt think its tht short, dear ?
      Aslu haadhisaa madhu v ma heevaa goi kanne a e ?
      Next part on Monday In Sha Allah ☺

  20. Shafu

    Wow…love it….plx avahah up kohladheythi…???

    1. Eemyaa
      Shafu

      Thanks Shafu ☺☺
      Yeah, In Sha Allah ☺

  21. ???

    Pls? mirey adi eh part up kodyba OK v kudu koh virus can’t wait…… N mi part ves vrh reeti fabulous ❤❤❤?????????

    1. Eemyaa
      ???

      Aww ? sorry dear ?
      Story up kohli gothah adhi kiriyaa mi comments ah reply kohlan vaguthu v ? so mirey kuda koh ves dhn upload eh nukureveynu dw sorry ?
      Thanks a lott dear ☺☺

  22. Xidhan

    Vaahaka habeys eem hama habeys…
    Varah gina dhuvaskohlaafa comment eh mi kohlevuni☺
    Waiting for the next part
    Avahah upload kohlahcheyy

    1. Eemyaa
      Xidhan

      Xidhan eem heekury gelluni kamah ? hehe
      Yeah, dw ☺
      Thanks a lott dear ☺☺
      Yeah, In Sha Allah ☺

  23. Azoo

    Wow. Vrh reethi mi part ves. And naheek haadha goahey? next part avahah genesdheythi eem ??

    1. Eemyaa
      Azoo

      Thanks Azoo ☺☺
      Aslu goas dw
      Yeah, In Sha Allah ☺☺

  24. Mai

    Yey.. Hama Mai heekuri gothah e v… Naheek ah bodu landeh libeyne adhi ehn ulhenikoh… Eem u r the best… Next part kiyaalaa hithun kehmadhuwefa mihaaru wx meenyy…???

    1. Eemyaa
      Mai

      Hehe ? ☺
      Thanks dear Mai ☺
      Next part on Monday In Sha Allah ☺☺

  25. wanderstrukk

    hey but I still did not understand what happened to zikaan, by chance did he die?

    1. Eemyaa
      wanderstrukk

      Zikaan gellun gothah adhi khabareh nuve
      Eyna ah v goi kuriah huri part thakun ingeyne ?? Inthizaar kohlaa dear faharegga hee nukuraa kahala gotheh ves vun ekasheegen vey ???☺

  26. iru

    V v habeyse mi story

    1. Eemyaa
      iru

      Thanks iru ☺

  27. Adha?

    Ey eem.. aslu varah salhi scene e dhiyaa mishal shiu dheke loabi vaa vaahaka bunaane.. .. shiu mishal ah talk kuraane furusatheh nudhee e hurihaa ehcheh kee vaguthu… mishal ves baarakah rulhi gadhavefa loabi vaa vaahaka buninama ranalhuvees??.. dhen mihira ulhey naheek gandu kihaa faseyhatha dhulun bunelan.. heekury ey shiu dheke kamashey loabi vany.. aslu loabi vee rishmy dheke ey.. confuse veema ekakaa ves rahtehi nuve hurinama.. understand vandheka.. ehen meehun hurt vaane varu nuvissna ey☹?.. dhen shiu buneveynee hama saabshey.. varah kehtheri kujjeh?? alhe alhugandah ves ehaa kehkureveynama? anyways mi part ves hama awesome?
    Waitingss ❤❤❤❤

    1. Eemyaa
      Adha?

      Labba Adha ☺ yeah, i agree with u ?
      Aslu loabi vaa vaahaka bunan a e rangalhu scene eh dw ?
      Bt eem story plan koffa in gothun loabi vaa vaahaka bunan adhi avass v ma e bai e scene ga nugena ee .. mihaaru story mi dhaa goi vess Adhaa ah kamudhaane kamah heekuran ??
      Aan ey naheek ah hama ingen vaanu de shiu ves dhera vaanekan
      Shiu hama v keitheri
      Adhaa ah ves hama ehaa kei kureveyne, u jst need to put ur trust on Allah ?
      Real life ga ve ulhey hama mihaa keitheri kudhin ?
      Thanks a lott dear ☺☺☺

    2. Adha?
      Adha?

      Adha ves balan varah kehkureveytho.. but maa avahah roveyne.. shiu ge magaamuga hurinama.. roe roe goss halaakuvees.. maa hiybalee??

    3. Eemyaa
      Adha?

      Ehntha Adhaa
      Dnt worry adhi keitherivaan dhasvaane In Sha Allah ☺☺☺

    4. Song joong ki... KOREAN
      Adha?

      Adha rovenyaa chewing gum ka.. ?? hehe just kidding ?

    5. Adha?
      Adha?

      I can’t eat that SJKi.. varah headache vaane chewing gum kanyaa?

    6. Adha?
      Adha?

      Nd eem u got 3rd place in dheenee kuru vaahaka mubaaraaiy dw…. CONGRATS ingey..

    7. Eemyaa
      Adha?

      Thanks Adha ☺

    8. Song joong ki... KOREAN
      Adha?

      Yeah I almost forgot!!! Eeeem congrats ingey.. 3rd place ah mubaaraathun dhiyaima… ? i wish n hope u’ll be an excellent writter in near future..
      ?

    9. Eemyaa
      Adha?

      Thanks song ☺

  28. Sidhu

    Story v salhi shiu ah mishal libeythy v happy

    1. Eemyaa
      Sidhu

      Thanks Sidhu ☺

  29. saaraa

    vvvvv reethi. vaahaka kiyaahithun hutta mibai nimunee. keytherikamey nethi anna bayakah inthizarukuran. vvvv reethi egey. Eemyaa kihhineytah . ragalhudhw . vaahaka liymuge rogun abadhuves edhenee Eemyaa ay kurierumaai kaamiyaabu. dhen oy bayah inthizaaru kuran . v salaam

    1. Eemyaa
      saaraa

      Thanks saaraa ☺
      Alhamdhu lillahi eem v rangalhu ? saaraa kihineh ? ☺
      Thanks dear ☺

  30. Zish

    Eeeeeeeeemmm…eem ah dhw kuru vaahaka mubaarathun 3 vana libuny…vvvv molhu hama asslu vess…enme furathama ves beluny eemge name ethaa in tho…hehehehehheh…btw mi part ves vvv reethi….dhefaharu kiyaalevijje mihaaru ves…hihihihihihihihihi..
    maadham dhw next part???waiting…

    1. Eemyaa
      Zish

      Thanks Zish ☺
      In Sha Allah maadhan next part genesdheynan ?

  31. Zish

    maadhan*

  32. UMM

    Varah varah reethi mihaathanah vaahakaiga vaagoi. Aneh bai ves veehaaves avahah up kohdhehchey.
    Eem varah molhu ingey ??

    1. Eemyaa
      UMM

      Thanks UMM ☺☺

  33. Zeeee

    Alhey adhivs next part up nukurevey.irukolhakaa belenee vaahaka up kohlaafa intho.so sad plx knirakun next part genesdhenee.vvvv reethi mi story.

    1. Eemyaa
      Zeeee

      Thanks Zeeee ☺
      Sorry las v ma

  34. mal

    eem.. vahaka up vaane gadieh unela dhyba… thankolheh buxy koh ulhey kudhin vx ulheyneynun..so eyrun dhw egeyny egadi akah balaalan

    1. mal
      mal

      bunela*

    2. Eemyaa
      mal

      Sorrry dear
      Dhnme mi balaalevuny nw up kohlaafa innaany ☺

  35. ?

    Haadha lahey up vaaleh

    1. Eemyaa
      ?

      Nw up kohlaafa dear

  36. ???

    Kobaatha haadha lahey ??

    1. Eemyaa
      ???

      Nw up kohlaafa dear

  37. H

    Mirey vaane tha

    1. Eemyaa
      H

      Nw up kohlaafa dear

  38. nium

    vaahaka v v reethi…. thank you emey mikahala reethi vaahaka eh genesdheythey … comment nukuriyas vaahaka kiyan …

    1. Eemyaa
      nium

      Thanks nium ☺
      U r most wc dear ☺

Comments are closed.