“މަޒް މަޒީން” ނަމުގައި ޖަހާފައި އިން މީހާގެ ޕްރޮފައިލް ހުޅުވާލުމުން އެއީ ދަތުރުއައިސް އުޅޭ މަޒީންކަން އެނގުނެވެ. އަވަހަށް އެ ފްރެންޑް ރިކުއެސްޓް އެކްސެޕްޓް ކޮށްލިއެވެ. ފޭސްބުކްއަށް މަޒީން ލާފަ ހުރި ފޮޓޯތައް ބަލާލުމަށް ޝައުގުވެރިވެ އެބައި ހުޅުވާލިއެވެ. އެވަގުތު ޒީކަށް ފޭސްބުކްއިން މެސެޖެއް އަތުވެއްޖެއެވެ. އަވަހަށް ޗެޓްލޮގް ހުޅުވާލިއެވެ. މަޒީންކަން އެނގުމުން އަވަހަށް އޭނައާ ޗެޓްކޮށް ވާހަކަ ދައްކަން ފެށިއެވެ. މަޒީން: {ތޭންކްސް ފޯ… އެކްސެޕްޓިންގް… 🙂 } ޒީކް: {ވެލްކަމް…. 🙂 } މަޒީން: {ހެއި…. 🙁 […]
ޒީކްގެ އަތް އުފުލާލީ އެ ފޮތިގަނޑުގެ ނިވަލުގައިވާ މީހާއާއި ހަމައަށް ވާސިލްވުމަށެވެ. ފޮތިގަނޑުން ކަޝްފުވެފައިވާ އެ ޒުވާނާ ދެކިލުމުގެ އުންމީދުގައެވެ. އެގެއާއި ދިމާލަށް އެޅި ދެ ތިން ފިޔަވަޅު ހުއްޓުނީ އަތަކުން އޭނާގެ ކޮނޑުގައި ހިފާލުމުންނެވެ. އިހްސާސްވީ ފިނިކަމެވެ. ބޭއިޚްތިޔާރުގައި ޒީކްގެ އަތް ކޮނޑާއި ހަމައަށް ނެގުމަށްފަހު ކޮނޑުމަތީގައި އަޅާފައިވާ އަތުގެ މަތީ ބާއްވާލީ ބިރުން ހުރެއެވެ. އަތަށް ލިބުނު ފިނިކަމުން ޒީކްގެ ކަނދުރާގައިވާ ލޯލިތައް ކޮޅަށް ޖެހި މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ފަސްއެނބުރެވުނީ ހަށިގަނޑަށް […]
ކިޔަމުން ދިޔަ ލަވަތަކާއި އެއްވަރަށް އަތް ޖަހަމުން ދިޔަ ޒީކްގެ ނަޒަރު ގޮސް ހުއްޓުނީ ކުރިމަތިން ފެންނަން އޮތް ފަޅު ރަށަށެވެ. ދެންމެ އެމީހުން އެ އައީ އެ ރަށުންނެވެ. އެރަށުގެ މަލަމަތި ކިތަންމެހާވެސް ބިރުވެރިއެވެ. އެބޮޑު ފަޅުގެއަށް ޒީކް ގެ ނަޒަރު ގޮސް ހުއްޓުމުން ހަނދާންވީ ކެމެރާއިން ނެގުނު ފޮޓޯގަނޑު ބަލާލާށެވެ. ކަރުގައި އަޅާފައިވާ ކެމެރާ ނެގުމަށް ފަހު އޭގައިވާ ފޮޓޯ ބަލާލުމަށް ހުޅުވާލިއެވެ. އެގޭގެ ފުރާޅެއް ނެތެވެ. ފާރުމަތިން ފެންނަން ހުރި ބިޔަ ގަސް […]
ކަނޑުފެން މީ އަޅުގަނޑުގެ ދެވަނަ ވާހަކަ… ހުރިހާ ކިޔުންތެރިންވެސް އިންތިޒާރުކުރާނެ ކަމަށް އުންމީދު ކުރަން… އޮކްޓޯބަރ 12 ވަނަ ދުވަހު މި ވާހަކަ އަޕްލޯޑް ކުރަން ފަށާނަން….. މީ ޙިޔާލީ ވާހަކައެއް…. އިންތިޒާރުކޮށްލައްވާ….
ޝެނިން ނޫ ކުލައިގެ ޔުނީފޯމެވެ. އެފް ކްލާހެވެ. އަހަރެން މިހުރީ ސްކޫލް ކުރިމަތީގައެވެ. ނަމަވެސް ވަންނަން ބޭނުން ނުވެފައެވެ. މިއަކީ އަހަރެން ބޭނުންވާ ގޮތެއް ނޫން ހެއްޔެވެ؟ ދެން މިހާ ނުތަނަވަސް ކަމެއް އިޙްސާސް ކުރެވެނީ ކީއްވެހެއްޔެވެ؟ އަނބުރާލާފައި ދާން ވެސް ޚިޔާލު ކުރެވުނު ވަރެއް އަހަރެންނަކަށް ނެނގެއެވެ. “ލެޓްސް ޖަސް ގެޓް ދިސް އޯވަރ ވިތް!” އަހަރެން މަޑުމަޑުން ބުނީ އަމިއްލައަށް އަޑު އިވޭ ވަރަށެވެ. ފުން ނޭވާއެއް ލުމަށް ފަހު، އަގުބޮޑުކޮށް ހެދިފައިވާ ދޮރާށިން […]
ކާރު އިސްކަންދަރު ކޮށިތެރެއަށް ވައްދަމުން ދިޔަވަރަކަށް އަހަރެންގެ ހިތް ދިޔައީ ނުތަނަވަސް ވަމުންނެވެ. ހަމަގައިމުވެސް އޭނައަށް އަހަރެންގެ ސުވާލުތަށް ޚިޔާލުތަށް ނުކިޔާވެސް އެނގޭނެއެވެ. ހުރިހާ ސުވާލުތަކެއް އަހަރެން މޫނުމަތީ ކުރެހިފައި ހުންނާނެ ކަންނޭނގެއެވެ. އަހަރެން ހިތް ބޮޑަަށް ނުތަނަވަސްވީ، އޭނާ އަހަރެންނާއި ދިމާލަށް ކާރުގެ “ރިއަރ ވިޔު” ލޯގަނޑުން އަހަރެންނާއި ދިމާލަށް ބަލާލައެވެ. އޭނަ ފާޑަކަށް ނުލަފާ ހިންޏެއް އައިސް އިނެވެ. ނަމަވެސް އޭނާގެ ހިނި ފަޅައިގެން ދިޔައީ، އިސްކަންދަރު ކޮށްޓަށް ވަތް އިރު އަހަރެން އިންގޮތް […]
==ޝެނިން== ލިއަމް. އަހަރެން ލިއަމްގެ ހިމާޔަތަށް ވަންނަންވީ ކީއްވެހެއްޔެވެ؟ އަހަރެން އޭނައަށް ނަފްރަތުކުރަމެވެ. ނޫނެކެެވެ. ނަފްތަރަތެއް ނުކުރަމެވެ. ދުވަހަކާއި ނަފްރަތެއް ނުކުރެވޭނެއެވެ. ލިއަމް ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް އަހަރެންނަކަށް އޭނަ އާއި ދޭތެރޭ ނުރުހުމުގެ ނަޒަރަކުން ނުބެލޭނެއެވެ. އަހަރެން ލިއަމް ދެކެ ކޮންމެވެސް އިރަކު ލޯބިވީމެވެ. އަހަރެން ކައިރީ ކޮންމވެސް މިހަކު ބުނި ވާހަކައެކެވެ. ތިމާއަށް ލޯތްބަކީ ހަޤީގީ މާނައެއްގައި އިނގޭނީ ތިމާ ނަވާރަ އަހަރަށް ވުރެ ބޮޑު ވެގެންނެވެ. އަހަރެންނަށް އަށާރަ ވާނީ މިއަހަރެވެ. […]