ލޯފުހެލަމުން އެ ގަނޑުތައް އަހަރެން އޮތް އެނދުގެ ގޮދަޑި ދަށަށް ކޮއްޕާލެވުމާއި އެކު ހިތް ދެމިލި ތަނާ ދޮރު ހުޅުވިގެން ދިއަތަން ފެނި، ބަލާލިއިރު،އަޒާލްބެގެ ރަތްވެފަވާ ދެލޮލާއި، ހާވާލެވިފައިވާ ބޯފެނި ބިރުން ހިތްތެޅިގަތެވެ، އެ މޫނުން ރުޅިވެރިކަމުގެ އަލިފާން އިންތިހާ އަށް ފެންނަހުރިއިރު ވެސް ފަސްޖެހެން ނެތި އަހަރެން އެނދުން ތެދުވަށް މަސައްކަތް ކުރަންފެށީމެވެ. ފަހަތުން އައިސް އަހަންނާ އަރާހަމަކުރި އަޒާލްބެ ފުރަތަމަވެސް އަހަރެންގެ އަތުގައި ހިފާ އެނދުގެ މަގަތަށް ކޮށްޕާލިއެވެ. ސިންގާ އޭގެ ސިކާެރައަށް ޖެހިގަންނަ […]
އެމީހަކު ދެެކެ ހަޔާތުގައިވެސް ލޯބިވެވުނު މީހާ އަމިއްލައައް އައިސް ލޯތްބަށް އާދޭސް ކުރުމުން އެއަށް ފުރަގަސް ދެވުނީީތީ އަމިއްލަ ހިތާ ޝަކުވާ ކުރަމުން ޝައިން ކުރިއައް ފިޔަވަޅުއަޅަމުން ދިޔައެވެ.. ” ޝައިން ތި ބުނަން އުޅެ ހަގީގަތް އަހަރެންނަށް މާކުރިންވެސް އެނގެޔޭ ބުނެފިއްޔާ ދެންވެސް ދޭނީ ތި ދިން ޖަވާބުތަ؟… ” ޝިބާންގެ އެ ސުވާލާއެކު ޝައިން އަށް ހީވީ މީހަކު އޭނާގެ ބޯ މަޗަށް ބޮޑު ބަރެއް ވައްޓާލި ހެނެވެ. ލިބުން ސިހުމާ އެކު ފިޔަވަޅުތަކައް […]
ޒައިދުގެ ފޮނި ބަސްތަކުން ބޭއިހްތިޔާރުގަ އަހަންނަށް އެކޮޓަރި އެތެރެއަށް ވަދެވުނުއިރު،އަހަރެންފެނި ސިހިފައި ޒައިދުގެ އަތުގައި އޮތް ގިޓާދޫވެ ބިންމަތީ ޖެހުނެވެ.”މާހީ މިތާނގަ ކިހިނެއް” ޒައިދުގެ ސުވާލުން އަހަރެންނަށް ހަމަހޭކަންވެރިވިއިރު، ކުރެވެމުން މިދާ ކަންތައް އިހުސާސުވުމުން އެއަސަރުތައް ފޮރުވާލުމަށް ޓަކައި މޫނުމަތިން ހާސް ކަން ފޮރުވަމުން ހިނިތުންވެލީމެވެ. “ސޮރީ އިނގޭ ހުއްދަނެތި ދޯ މިވަދެވުނީ، ޒައިދު ހާދަމޮޅޭދޯލަވަކިޔަން،އަދި ވަރަށް ރީތި ގިޓާ ކުޅޭލެއް” އަހަރެންގެ ނުތަނަވަސް ވެފައިވާ ހިތުގެމައްޗަށް ހިނިތުންްވުމަކުން ހަމަޖެހުންގެންނަމުން ދެކަންފަތުގައި ހިފާލަމުން ކުޑަކޮށް ތުންއޫކޮށްަލިއިރު ޒައިދުގެ […]
މީހުންގެ ތޫނު ނަޒަރު ޝައިން އަށް ހުއްޓިފައި ވާކަން ހުދު ޝައިން އައްވެސް އިހްސާސް ވިއެވެ. އެންމެންގެ ލޯތައް އަމާޒުވާން ފެށުމުން އުދަނގޫ ވެގެން ޝައިން ދާން .އެނބުރިލި ވަގުތު ފެނުނު މަންޒަރުން ނޭވާ އެތެރެ ހަށީގައި ތާށިވިކަހަލައެވެ ކަޅުކުލައިގެ އަތް ދިގު ގަމީހަކާއި ވޭނި ބްލޫ ކުލައިގެ ސްކިނީގައި ސުނާމީ ބިނާއަށް ވަދެގެން އެ އަންނަނީ ޝިބާން ނޫން ދެވަނަ މީހެއް ނޫނެވެ. ކަނދުރާއައްވުރެ ތިރިއަށް ހުރި އިސްތަށި ގަނޑު ކިރިޔާ ކަނދުރާގައި ޖެހޭ ވަރަށް […]
” ޒައިދަކަށްވެސް އަހަރެންސަލާމަތެއް ނުކުރެވޭނެ،” އެހެންބުނެ އަހަރެން ކޮޓަރިއާއި ދީމައަށް އަށް ދުއްވައިގެންއިރު ހުއްޓެވުނީ ޒައިދު ދެންބުނެލި ޖުމްލައިގެ ބާރުންނެވެ. “އައި ޕްރޮމިސް، އަހަރެން މާހީ ސަލާމަތް ކުރާނަށް ވައުދުވަން މާހީ އަހަރެންކައިރީ ހުރިހާ އެއްޗެއް ކިޔާދީ ” ޒައިދުގެ ވާހަކައިން އަހަރެންގެ ހިތްފުރުނުއިރު ލޮލުގައިވި ވޭނީ ކަރުނާއިގެ މައްޗަށް އުފާވެރިކަން ކުރިހޯދައި އެ އުފާތައް ކަރުނާގެ ސިފަ އިހްތިޔާރުކޮށް އަހަރެންގެ ދެލޯލުން ހަމަވާން ފެށިއެވެ، ހަމައެވަގުތު ޒައިދު ކުރިމަތީ ހުރިހާ ވޭނެއް ބަންޑުންކޮށްލަން ހިތްއެދެމުން ދިއައިރު، […]
ޝިބާން ފުން ވިސްނުމެއްގައި އޮއްވައި އިޝާ ނަމާދު ބަންގި ގޮވުމުން ތެދުވެގެންގޮސް ނަމާދުކުރުމައްފަހު ކައިގެން އެނދަށްއެރީ ޝައިންގެ ފޮތް އަތަށް ނަގައިގެންނެވެ. ޝައިން އަތަށް އެ ފޮތް ހަވާލުކުރުމުގެ ކުރިން އޭގައި ދެން އޮތް އެއްޗެއްވެސް ކިޔާލަން ބޭނުންވީއެވެ. ބާލިސްނަގައި އެނދުގެ ބޯލާކޮޅުގައި ލައްގާލުމައްފަހު ލެނގިލިއެވެ. އަދި އެ ފޮތް ހުޅުވާލިއެވެ. މަންމާ އަޅެ އާދެބަލަ އަހަރެން ސަލާމައި ކޮއްދޭން… ބައްޕަ އެސް ދޮންބެވެސް ވަރަށް ގޯސް… އަޅެ އަހަރެންނަކީ ކުޅޭ ކުޅޭ އެއްޗެއްތަ؟ އަހަރެންގެ ހިތެއް […]
ރަތް ބޮކީގެ ފަނޑު އަލިކަމުގެތެރޭގައި ފެންނަމުންދިޔައީ ޝައިންގެ ހިތައްވެސް ނުގެނެވޭފަދަ އަޖައިބުކުރުވަނިވި މަންޒަރެކެވެ. ކޮޓަރީގެ އެކި ހިސާބުގައި އުއްބައްތި ޖަހާ ދިއްލާލައިފައިވާއިރު ކޮޓަރީގައިވާ އެއްޗެހީގެ ހިޔަނިތައް ނަށަމުން ދެއެވެ. އޭރު މޭޒު ދޮށުގައި ޝިބާން ހުއްޓިލައިގެން ހުއްޓެވެ. ހީވާގޮތުން ކާއެއްޗެހި ތާރުތީބުކުރަނީއެވެ. “އަޖައިބެއް… ނުވެސް ދަންނަ ނޭނގޭ މީހަކު މި ކުރަނީ ކީއް…. މީނައިގެ މަގުސަދަކީ ކޮބައިބާ؟ އަޅަކަށް ހަދަންބޭނުންވަނީ ކަން ނޭނގެ… ނޫނީ ގޮތް ބަލާލަން ބޭނުންވަނީ ކަމަށްވެސްވެދާނެ……” ޝައިންގެ ހަޔާތުގައި ފުރަތަމަ ފަހަރު އޭނާއަށް […]
ގޮށްއަޅުވާ ވާއްތަރުގެ ކުރު ގަމީސް ޓޮޕަކާ ކުރު ސްކާޓެއްލައިގެން އެހުރީ މީގެ މަހެއްހާ ދުވަސް ކުރިން ޝިބާން އަށްސުނާމީ ބިނާއިން ފެނުނު ކުއްޖާއެވެ. އެރެއަށްވުރެ މިރޭ އެކުއްޖާ ފެންނަލޭ މާ ރީތިވެފައި ފުރިހަމައެވެ. ފޫކޮޅަށްވުރެ ތިރިއަށް ފައިބައި އެ ރާޅު ބާނި އިސްތަށިގަނޑު ވަޔާ ހެލިލަ ހެލިލާ ހުއްޓެވެ. ދޮންނޫނަސްވެސް އެ މޫނުގެ އޮފްކަން ގަދައެވެ. ވައްބޮޑު ދެލޮލުގައިވާ ކަޅުކަނޑެއްފަދަ ކަޅިއާއެކު ދެލޯ ކައިރީ އަޅާފައިވާ އަދުނުން ލޮލުގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. ތުނި ތުންފަތް ކައިރީގައި ދެތިން […]
އަހަރެންގެ ހަޔާތެކޭ ކަޅުކަން ވެރިވެފައިވާ ކޮޓަރިއެކޭ އެއްފަދައެވެ. ހަޔާތުގައި ހާސިލް ކުރަން ބޭނުން ކިތަންމެ ކަމެށް ހިތުގައި ރާވަމުން މި ދަނީ އެކަން ފުރިހަމަ ވާނޭ ކަމުގެ އުންމީދެށް އޮވެގެންނެއްް ނޫނެވެ. ހަދާން ހުންނަން ފެށީއްސުރެ އުޅެން ޖެހިފައި ވަނީ ހީވެސް ނުކުރާހާ ހިތްދަތި ކަން މަތީގައެވެ. ކާން ލިބެނީ ފާރޮށި ކިބައަކާ ކަޅު ސައި ތަށްޓެކެވެ. ފެންވަރާލިޔަސް ގައިން ނަގާ ދިލައިން ކެއްވާވަރެށްނުވެއެވެ. އަހަރެންނާ މެދު އޯގާތެރި ވާނޭ ފަރާތެއް ހޯދަން ދާނީވެސް ފަހެ ކާކު […]