ބައްޕަގެ ވާހަކަ ނިމުމުން ހައިދަރު އެތަނުން ނިކުމެގެން ގޭގެ ވަލުފަރާތު ދޮރުން މޫދުކައިރިއަށް ދިޔައެވެ. ގޭގެ ފަހަތު ބައިގައި ދިއްލާފައިވާ ބޮކިތަކުގެ ސަބަބުން މޫދުގެ މަންޒަރުތައް ހުވަފެނެއް ފަދައިން ފެނުނަސް، މިރޭ އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ބައްޕަ ދެއްކި ވާހަކަތައް އެތައް ޓަނުގެ ބުރަދަނުގައި އައިސް ސިކުނޑީގައި ޖެހިގަތްއިރު، ބޮލުގައި އިންތިހާއަށް ރިއްސާފައިވިއެވެ. ސާފު ދޮންވެލިގަނޑުމަތީގައި ހިނގަމުން ގޮސް، ވަކި ހިސާބަކުން ފަސްއެނބުރި ބަލާލީ މީހެއްގެ ހިލަން ވެގެންނެވެ. ހައިތަމް ފަހަތުގައި ޖައްސާފައި ހުރިއިރު، އޭނާ […]
އެމަންޒަރު ބަލަން ގަސްފުންޏެއްގެ ފަހަތުގައި ފިލާހުރި މީހާ މަގަށް ނިކުތީ ކާރުގޮސް ލޯމަތިން އޮބާލުމުންނެވެ. އޭނާގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. މިއަދު އޭނާއަށް މި ހޯދުނު ކަންތައްތަކުގެ ސަބަބުން މުސާރަ ބޮޑުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ހައިދަރު މަސްތުވާތަކެތީގެ ބޭނުން ކުރާކަން އޭނާއަށް ޔަގީނެވެ. އެހެން ނޫންނަމަ މަސްތުވާތަކެތީގެ އައްޑާއެއްގައި އެހާ ގިނަވަގުތު ހޭދައެއް ނުކުރީހެވެ. އޮފީހުގެ މަސަތްކަތުން ޖުނައިދު ނިމުނުއިރު، އިރުއޮއްސި އަނދިރި ވެއްޖެއެވެ. ރަށުގެ ބޮޑުމަގުން ބާރަށް ދުއްވާފައި އައި ކާރުގެ ދުވެލި، ތަންކޮޅެއް […]
“މަންމަ މިބުނާހާވެސް އެއްޗަކީ ފަތިސް ނަމާދުން ދުވަސް ފެށީމައޭ ދުވަސް ބާއްޖަވެރިވާނީ. ހައިދަރުވެސް ރޭގަނޑު ހޭލާ އުޅެފަ ފަތިހު ނިދާގޮތަށް ހެނދުނުގެ ސައިވެސް ތިބޮނީ އެހެން ކުދިން ކާގަޑީގަ.” އަމީރާ ގޮނޑި ކައިރިކޮށްގެން އިށީންނަމުން ބުނެލީ އޯގާތެރިކަމާއި އެކީގައެވެ. ދަރިފުޅު ހާޖަރުއަށް ދިން ނަސޭހަތެއް ނަމަވެސް ޖުމްލައިގެ ފަހުބައި ހައިދަރުއަށް އަމާޒު ކޮށްލީ އުޅުން އިސްލާހުވާން އެދޭވަރުންނެވެ. ކުއްލިއަކަށް ހައިދަރުގެ އަތުގައި ހުރި ހުދުކުލައިގެ މުށި ޖޯޑު ހޫރާލިއެވެ. އެދިޔަ ބާރުމިނުގައި ގޮސް ކާކޮޓަރީގެ ފާރުގައި ޖެހި، […]
ލޮލުގައި އަވި އައިނު އަޅާލުމަށްފަހު ލައިގެން ހުރި ހުޑީ އިން ބޯވެސް ނިވާކޮށްލައިގެން ހިނގައިގަތީ ކުރިމަތީގައި އޮތް ހަނި ގޯޅިގަނޑެއްގެ ތެރެއަށް ވަދެގެންނެވެ. މީހަކު އޭނާއަށް ފާރަލަމުން ބޯކޮޅު ބަލަމުން ދިޔަކަމެއް ނޭނގިހުރެ ހައިދަރު ގޮސް ވަނީ ދެބުރިއަށް ހުރި ގެއަކަށެވެ. ގޭގެ ތިރީ ބައިގައި މީހުންނަށް ދިރިއުޅެވޭ ގޮތަށް ހުއްޓަސް މަތީބައި އަދި ހުރީ ރާނާ ހިޔާ ކުރި ގޮތަށެވެ. ގޭގެ ތެރެއަށް ވަދެގެން ދިޔައިރު ސިޓިން ރޫމްގެ ސޯފާގައި ޒުވާން ޖޯޑެއް ޓީވީ ބަލަން […]