Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އީލާމް-02

Xeesh Level 110 Stories
September 14, 2017 2 Mins Read
12 Comments

ބަނދަރުމަތިން ރާފިޔާ ފެނޭތޯ ބަލާލުމަށްފަހު އީލާމް އެއްގަމާއި ދިމާލަށް ހިނގައިގަތީ ބަނދަރާ މާ ދުރުނޫން ހިސާބެއްގަ ރާފިޔާމެން ދިރިއުޅޭ ގެ ހުރީމައެވެ. ރ.މީދޫ އަކީ ކުޑަ ރަށެއްކަމުން އީލާމްއަށް މަގުތަކުގައި ހިނގާލާފައި ގެއަށް ދަާކަށް އެހާ އުނަދަގުލެއްނުވިއެވެ. ގޭ ގޯތިތެރެއަށް ވަދެވުމާއެކު ރާފިޔާ އޮށޯވެލައިގެން އޮތް ޖޯލިން ތެދުވެ އީލާމް ގައިގައި ބައްދާލިއެވެ. އީލާމް އަށް ހިނިތުންވުމެއް ދިނުން ނޫން އެހެންކަމެއް ނުވިއެވެ. އެއޮތް ވުރެން އެ ދެމެދަށް ވެރިވެފައިވާ ދުރުކަން ބޮޑެވެ. އެހާ ގިނަ ދުވަސްކޮށްފައި ރަށަށް އައުމުންވެސް ރާފިޔާގެ ކިބައިން ގާތްކަމެއް ނުފެނުނުތާގައި އޭނާ ބާލާ ބަނދަރަށް ނުދިއުމުން އީލާމްއިނީ ހިތްހަމަނުޖެހިފައެވެ.  ރާފިޔާ އުޅެމުންދަނީ އޭނާގެ ހަގު އަންހެން ދަރިފުޅު އަމާރާ އަދި ފިރިމީހާ ހުސެންއާއި އެއްކޮށް ރަށުގައެވެ. އަމާރާ ލިބުނު ފަހުން ރާފިޔާ އީލާމް އާއި އެއްވެސް ގުޅުމެއް ނުބާއްވާތާ 10 އަހަރުވީއެވެ. ތިން އަހަރުގެ ތަފާތު ދެބެންގެ ހުއްޓަސް އީލާމް އަމާރާއަށް ވުރެ ހަގު ކަމަށް ދައްކައެވެ.  އަމާރާ ލިބުނުތާ ކުރީކޮޅު ރާފިޔާ އީލާމް އާއި ގުޅައިގެން ވާހަކަ ދެއްކިޔަސް ފަހުން ފަހުން އައިސް އީލާމް އަށް ނުގުޅާތާ އީލާމް ގުޅީމަ ވާހަކަވެސް ނުދައްކަނީއެވެ. މަޑު ހިނގުމެއްގައި ހުސެންއަށާއި އަމާރާ އަށް ހިނިތުންވުމެއްދިނުމަށްފަހު އީލާމް މިސްރާބްޖެހީ އޭނާއަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށެވެ. ބައްޕަގެ އެދިލެއްވުމުގެ މަތިން އީލާމް ރަށަށް އަޔަސް އީލާމް ވަނީ އޭނާގެ ވަޒީފާ ދޫކޮށްފައި އަންނަން ޖެހެމުން ނުތަނަވަސްވެފައެވެ.

އަނެއް ދުވަހަށް އިރު އަރައިގެން ދިޔައީ ރާފިޔާ އައިސް އީލާމްއަށް ސައިބޯން ގޮވުމުންނެވެ. އީލާމް އަވަސް އަރުވާލައިފައި ރެޑީވެލައިގެން  ސައިބޯން ނިކުތް އިރު އެންމެން ސައިބޮއި ހަދައިގެން ތެދުވަނީއެވެ. އީލާމް ސައިބޮއެގެން ނިކުތީ ރަށުތެރެ ބަލާލާށެވެ. ގެއާ ދިމާލަށް ކުރިމަތިން އޮތް އަތިރިމަތީގައި އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ފިނިއަށި ހުހަށް ހުރުމުން އީލާމް ގޮސް އިށީނދެލީ އޭނާގެ އަތުގައިވާ ވާހަކަފޮތް ކިޔާލުމުގެ މަގުސަދުގައެވެ.ފަހަތުން އައިސް މީހަކު އޭނާ އާއި ކައިރިއަށް ފުންމާފައި އެރުމުން އީލާމް ނުރުހިފައި ބަލާލީ އެއީ ޝާމް ކަން ނޭނގި ހުރެއެވެ. އީލާމް އަށް ހެވުނެވެ. ސާބަސް ޝާމްއަށް ، އަބަދުވެސް އުޅެނީ ތިހެން ލާނެއް ކޮށްތަ، އީލާމް އިސްނަގައި ވާހަކަ ދެއްކިއެވެ.ޝާމް  އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ” މަންޖެ ހާދަ އެކަންޏޭ މިތާ ތިނީ ، ސަމާސާ ރާގަކަށް ޝާމް ބުނެލިއެވެ. އީލާމް އެހާ  ދުވަސްކޮށްފައި ރަށަށް އައުމުން ، ރަށް ބަލާލަން ދިއުމަށް ޝާމް އެދުނެވެ. އީލާމްވެސް މަޖާވެލާފައި ޝާމް ފަހަތުން ހިނގަމުން އެކި ވާހަކަ ދައްކަމުންދިޔައެވެ. ވަލުތެރޭގައިވާ ތިން ކުރި އިންނަ ރުށް ދައްކަން ޝާމްގެ ފަހަތުން އީލާމް ހިނގަމުންދިޔައިރު ވަލަށް ވަންނަ މަގުގައި ހިކި ކަށިކެޔޮފަތް ގިނަކަމުން އީލާމް އަތުގައި ޝާމް ހިފާލިއެވެ. އަތުގައި ހިފައިގެން ދެމީހުން ހިނގަމުން ދިޔައިރު ޝާމް ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން ވާ ވާހަކަ ،އިރުއިރުކޮޅުން ބުނެލައެވެ. ނަމަވެސް އީލާމް އަހާ ކޮންމެ ފަހަަރަކު ފަހުން ދޯ އޭ ކިޔާފައި ވާހަކަ އޮޅުވާލައެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ދެމީހުންގެ ދެމެދުގައި ވާ ގުޅުން ބަދަހިވެ އީލާމްއަށްވެސް  ރަށުގެ މާހައުލް އާއި މެދު ލޯބި ޖެހެން ފަށައިފިއެވެ. ރާފިޔާގެ އަޅާލުން ކުޑަކަމުން  އީލާމް ކިތަންމެ އިރަކު ބޭރުގަ އުޅުނަސް އެއީ އެހާ ބޮޑު ކަމަކަށް ނުވެއެވެ . ޝާމްއަކީ މީދޫ ކުއްޖަކަށްވިޔަށް އޭނާ ދިރިއުޅެނީ މާލޭގައެވެ. އީލާމްގެ މާ ބޮޑު ކަންތައްތަކެއް ޝާމްއާއި ހިއްސާ ނުކުރިޔަސް އީލާމްއާއި  ޝާމްއާއި ދެމެދު ހާއްސަ ގުޅުމެއް ވަނީ އުފެދިފައެވެ.

ކޮންމެ ރެއަކުވެސް ބޭރަށް ނިކުންނަ ފަދައިން، މިރޭވެސް ގެއާ ދިމާލު އަތިރި މައްޗަށް އީލާމް ނިކުމެލީ ޝާމް އިންތިޒާރުގައި ހުންނާނެ ކަމުގެ އުއްމީދުގައެވެ.ޝާމްގެ ހިލަމެއް ނެތުމުން އީލާމް މިސްރާބް ޖެހީ ފިނިއައްޓާއި ދިމާލަށެވެ. ނަމަވެސް ވެލިގަނޑު މަތިން ހިތެއްގެ ބައްޓަމަށް އުއްބަތި ދިއްލާފައިވުމުން އީލާމަށްވެސް އެދިމާލަށް ހިނގައިގަނެވުނީ ދެންވާން މިއުޅެނީ ކީއްކަން ނޭންގިހުރެއެވެ. އެހިސާބުގައިވެސް މީހެއްގެ ހިލަމެއް ނެތް އިރު އީލާމްއަށް ފަހަތަށް ބަލާލެވުނީ އޭނާއަށް ޝާމް ގޮވާލި އަޑު އިވިގެންނެވެ. އީލާމް ކައިރީ ޝާމް ހުއްޓިގެން ހުރިއިރު އޭނާގެ އެއްކަކޫ ބިންމަތީ ޖައްސާލާފައި ފިނިފެންމާ ދިއްކޮށްލަމުން ބުންޏެވެ. ” އީލާމް ވިލް ޔޫ ބީ މައި ގާރލް  ފްރެންޑް”.

Share Article

Follow Me Written By

Xeesh

Level 110 Stories

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އަށާވީސްވަނަ ބައި)

Next

ޢެދެމޭ އުފާ….(12)

Next
September 14, 2017

ޢެދެމޭ އުފާ….(12)

Previews
September 14, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އަށާވީސްވަނަ ބައި)

12 Comments!

  1. Chakoe says:
    September 14, 2017 at 6:36 pm

    This is getting more n more interesting.. dhen vaany kihine baa.. 🙂

  2. Alhi says:
    September 14, 2017 at 6:59 pm

    Varah salhi when is the next part .. Can’t wait .. 🙂

  3. Imtoa? says:
    September 14, 2017 at 7:43 pm

    me 3rd…varah salhi storie?

  4. Zuam says:
    September 14, 2017 at 8:37 pm

    Varah reethi. … waiting for the next part. …❤❤❤❤

  5. Shin says:
    September 14, 2017 at 8:50 pm

    Salhi.. When next part…

  6. ??? says:
    September 14, 2017 at 9:38 pm

    Hmm salhi vvv salhi ??bt haada kurey pls digykolachley ?

  7. Adam says:
    September 15, 2017 at 1:16 am

    MAA edhinee jinni kanneyge v salhi vaane hen heevey

  8. Baby says:
    September 15, 2017 at 9:11 am

    Xeesh … thankolheh dhigukoh genes dheeba next part. ….. haadha avahakah propose kury..???? salhi ingey…. waitingss…. gud luck xeesh

  9. Love? says:
    September 16, 2017 at 11:11 pm

    Hahahah r meedhoo aky kuda kuda rashekey??lol …kihaa wareh weematha bodu kamah waany n hiyaalee story eh wiyas hageegathah dhw liyah waany meedhooga thibunaa kashikeyo gasthakeh huri kamehwes neynge???

    1. Xeesh says:
      September 19, 2017 at 9:31 am

      mee hiyalee vaahakaeh . 🙂

  10. liyuntheriyaa,, says:
    September 17, 2017 at 12:33 am

    vaahaka foteh nugendhey…kuhliakah vaahka foteh liyankan engun??????
    Vaahaka eh kamun hurihaa bahehves dhivehibahun liyun eiee varah muhimmu kameh(bunaa bas tah e bunaa gotah ehenbahakun nama komaa koalhi beynun kohfa liyunkamugavias)

    heekuran ragalhu kohllaane kamah..

  11. sandhura virey says:
    September 19, 2017 at 9:35 am

    Reethi vaahakaeh , hiyalee vaahaka eh veema thedhu mauloomaathu liyaakah nujehey . when next part

Comments are closed.


All Right Reserved!