Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެލީން 1

Xasha Level 1
April 13, 2019 2 Mins Read
4 Comments

އަރައިގެން އައި އިރުގެ ދޯދިތައް އެނދުގައި އޮތް އެލީންގެ މޫނަށް އެޅުމާއެކު އޭނާ ކަންނެތް ގޮތަކަށް ދެލޯ ހުޅުވާލިއެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ހުޅުވާފައި ހުރި ކުޑަދޮރެވެ. ރޭގައި ނިދުނީ އެ ދޮރުތައް ނުލައްޕާކަން ހަނދާން ވިއެވެ. މޯޅިއަކަށް ދެމިލުމަށްފަހު އެނދުމަތީ އޮތް ފޯނު ނަގައި ގަޑި ބަލާލިއެވެ.

“އޯ..ހ..ނޯ” އެލީން އަށް ފުންމައިގެން ތެދުވެވުނެވެ.ގަޑިން އަށްގަޑި ބައިވީއެވެ. އެއާރ ޕޯޓަށް ދާން ޖެހޭ ގަޑި ކައިރިވަނީއެވެ. ދިހައެއް ޖަހާއިރު އޭނާގެ ޗެކިން ފެށޭނެއެވެ.

ވަރަށް އަވަސް ކޮށްލައިގެން އެލީން ތެޅި ފޮޅެމުން ފާހަނައިން ނިކުތެވެ.މަަންމަ ގޮވާލި އަޑު ވެސް އިވުނީ އެ ވަގުތުއެވެ. “ދަރިފުޅާ ލީން… އަވަހަށް ތެދުވޭ…އަވަސް ކުރޭ..އެ އޮތް ގަޑި ޖެހެނީ..” ލީނާ ދޮރުގައި ތަޅަމުން ދިޔައެވެ. “މަންމާ..އަޅުގަނޑު ހޭލައިފިން..” ބޮލުގައި ފުނާ ކާއްތަމުން އެލީން ގޮވާލިއެވެ. އެކޮޅުން މަންމަ ދިޔަ އަޑު އަހާފައި އަނެއްކާވެސް ލޯގަނޑަށް ނަޒަރު ހުއްޓާލިއެވެ.

އުނަގަނޑާއި ހަމަޔަށް އަރާ މަޑުމުށި ކުލައިގެ ފަން އިސްތަށިގަނޑު ފަހަތަށް ދޫކޮށްލަމުން އެލީން މަސްކަރާ ފުޅި ނެގިއެވެ. މައްޗަށް ލެނބިފައިވާ އެ ރީތި ދިގު އެސްފިޔަތައް ދެގުނައަށް ރީތިވެގެން ދިޔައެވެ. ސެންޓު ޖަހާލުމަށްފަހު އެލީން ދެތިން ފިޔަވަޅު ފަހަތަށް ޖެހިލާފައި ލޯގަނޑުން އަމިއްލަ ސޫޫރަ ބަލާލިއެވެ.

ކަކުލާއި ހަމަޔަށް އަންނަ މިޑީގައި އެލީން ވަަރަށްވެސް ރީއްޗެވެ. ތުންފަތުގައި ކުލަނާރާ ލިޕް ގޮލޯސް އެއް އުނގުޅާފައިވާއިރުވެސް ރަތް ކުލަ މަޑެއް ނޫނެވެ. އެ ދޮން މޫނާއި ނުހަނު ގުޅެއެވެ. ހިތްވެސް އޭނާގެ ރީތިކަމަށް ތައުރީފު ކޮށްލިއެވެ. އިތުރު ވަގުތު ބޭކާރު ކުރުމެއްނެތި އެނދުމަތީ އޮތް ސައިޑް ބޭގް ނަގައި ކޮނޑު ގައި އަޅުވާލަމުން ބޫޓު ހިފައިގެން އެލީން ދުވެފައި ނިކުތެވެ. އޭރު މަންމަ އޭނާގެ އިންތިޒާރުގައި ސޯފާގައި އިނެވެ.

“ލީން އަށް ނިކުމެވިއްޖެ ދޯ” ކޮޓަރިން ނިކުމެގެން އައި އީވާން އެލީން އާ ދިމާކޮށްލިއެވެ. އެލީން ހީލާފައި އަނެއް ފަރާތަށް އެނބުރި ބޫޓަށް އެރުމައިގެން އުޅުނެވެ. މޫނުމައްޗަށް ވެއްޓުނު އިސްތަށިގަނޑު އެއްފަރާތް ކޮށްލާފައި ތެދުވެ ހިންދެމިލިތަނާ އެ ގޭގައި ގެންގުޅޭ ބޭރު ކުއްޖާ އިމީ ކޮފީ ތައްޓެއް ދިއްކޮށްލިއެވެ. “ތޭންކްސް..” އެލީން ހީލާފައި ކޮފީތަށިން ކޯވަރެއް ބޯލިއެވެ.

” ވާއު ސިސް… ޔޫ ލުކް އޯސަމް އޭޒް އޯލްވޭސް ” ކޮފީ ބޯން ހުރި އީވާން އަށް އެ ފަރާތަށް އެނބުރިލި އެލީން ފެނިގެން ދެލޯ ބޮޑު ކޮށްލާފައި އަތުގެ ބޮޑުވާ އިނގިލި ދިއްކޮށްލިއެވެ. އެލީން ފޮނިވެލާފައި އެއް ލޯ މަރާލިއެވެ.

” ވާހަކައިގަ ތިބެވޭކަށް ނެތޭ.. ވާން ކާރަށް ގުޅައިފިންތަ?.” ލީނާ ސޯފާއިން ތެދުވެ އަތުގައި ހުރި ކޮފީ ތަށި އިމީ އަތަށް ދިނެވެ. އޭނާ އަތް ދަބަސް ހާވާލުމަށް ފަހު ފޯނު ނެގިއެވެ.”ލައްބަ..” ލީނާއަށް ޖަވާބު ދިނުމަށްފަހު އީވާން އެލީން ގެ ކޮޓަރިއަށް ވަދެ އެލީންގެ ފޮށި ނެރުނެވެ.

ގެއިން ބޭރަށް ނިކުމެ އެލީން އަދިވެސް އެއްފަހަރު ގެއަށް ބަލާލިއެވެ.ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ދޮރުމަތީ ހުރި އިމީ އަށް އޭނާ އަތް ހޫރާލިއެވެ. އެއށްފަހު އެނބުރި ލީނާގެ އަތުގައި އަތް އަޅުވާލުމަށްފަހު ހިނގައިގަތެވެ. އެވަގުތު އެލީންގެ ފޯނު ވައިބްރޭޓް ވިއެވެ.

(ނުނިމޭ)

މިއީ އަޅުގަނޑުގެ ގާތް ރައްޓެއްސަކު ލިޔުނު ވާހަކައެކެވެ. ރީތިވާނެ ކަމަށް އުއްމީދު ކުރަމެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xasha

Level 1

I am an average girl who loves to write stories❤❤.....Feel free to comment and criticise so that i can do better next time....

Other Articles

Previous

މާޒީ (ފަސްވަނަބައި)

Next

މިވާވަރު އަންގާހިތްވޭ 7

Next
April 14, 2019

މިވާވަރު އަންގާހިތްވޭ 7

Previews
April 13, 2019

މާޒީ (ފަސްވަނަބައި)

4 Comments!

  1. jiji says:
    April 14, 2019 at 12:13 pm

    Feshun salhi. .next part dhigukohdhehchey…curiously waiting for the next..gud luck for ur friend ????me first dhw

  2. Amna says:
    April 14, 2019 at 4:44 pm

    Varah sahli…when is next part

  3. Ein says:
    April 15, 2019 at 2:30 am

    Wow u can do it when nextra part

  4. Ein says:
    April 15, 2019 at 2:31 am

    Wow u can do it when next part

Comments are closed.

Next Episodeއެލީން 2←


All Right Reserved!