މިދެލޯ ފުހެލަ ދޭށޭ ލޯބިން 15

- by - 95- June 27, 2020

ސާރާ ފެނުމާއި އެކު ޝާއިފް ހުރި ފިޔަވަޅުގެ މަތީގައި ހުއްޓެވުނީ އިހުތިޔާރަކާއި ނުލައެވެ.ސާރާ ހުރީ ލަދުން އިސްއުފުލާލަން ނުކެރިފައެވެ.އަނެއްކޮޅުން ޝާއިފް ހުރީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވިފައެވެ.ސާރާ ބުރުގާ އެޅުމުން މާރީތި ކަމަށް ދައްކައެވެ.ޝާއިފް ހިތާ ހިތުން ތަޢުރީފް ކުރަމުން ސާރާ ގެ ކުރިމަތީގައި ގޮސް ހުއްޓިލިއެވެ.

” ވާއޮ. މާޝާ ﷲ .. ވައިފީ  ހާދަ ރީއްޗޭ… ތެންކިއު ބުރުގާ އެޅި ކަމަށް ޓަކައި…” ސާރާ ޝާއިފްގެ ގަޔާއި ކައިރި ކޮށްލަމުން ބުނެލިއެވެ. ޝާއިފްގެ ދުލުން ވައިފީ އޭ ބުނުމުން ބުނެދެން ނޭނގޭ ކަހަލަ އިހުސާސެއް ސާރާއަށް ކުރެވިގެން ދިޔައެވެ.

ދުވަސްތައް ފާއިތު ވަމުން ދެއެވެ.ސާރާ އާއި ޝާއިފްގެ ކައިވެނީގެ ދުވަސް އަންނަން އޮތީ އެންމެ ދުވަހެކެވެ. އެހެން ކަމުން އެންމެންވެސް އަވަދިނެތި އުޅެމުން ދިޔައީ މާދަމާ އޮތް ކައިވެންޏަށް ތައްޔާރު ވުމަށެވެ.މިކަމުގައި ތައްޔާރުވަމުން ދިޔަ ސާރާ އަށާއި ޝައިފްއަށް ކައިވެނީގެ ކުރިން އެކަކު އަނެކަކު ނުދައްކަން ކުރެވެން ހުރިހާ މަސައްކަތެއް ޝާއިފް ގެ އެކުވެރިންނާއި ސާރާގެ އެކުވެރިން ކުރަމުން ދިޔައެވެ.

އަނެއްދުވަހުގެ އިރު އެރީ ސާރާ ހޭލައިގެން ބެލްކަނީގައި ހުއްޓައެވެ.ޖެހެމުންދާ ފިނި ވައިރޯޅޮ ތަކަކުން ސާރާގެ ހީ ކަރުވާހެނެއް ހިޔެއްނުވެއެވެ. ހިފަހައްޓައިގެން ހުރި ކޮފީ ތަށި އަތުތެރޭ ހުރެ ހިހޫ ވަމުން ދިޔައެވެ.ރޭގައި ސާރާ އަށް ނިދުނީވެސް ވަރަށް މަދުންނެވެ. ހާސްވަނީއެވެ.އުފާވަނީއެވެ.ދެރަވަނީއެވެ.މިއަދަށް ފަހު ސާރާގެ ދިރިއުޅުން ބަދަލު ވެގެން ދާނެއެވެ. މިއަދަށް ފަހު ސާރާ ވާނީ މީހެއްގެ އަތްބަކަށެވެ. ދިރިއުޅުމުގެ މައިދާނަށް ނުކުންނަ ފަހުލަވާނަކަށެވެ.މިއަދަށް ފަހު ސާރާ ވާނީ އެހެން އާއިލާ އެއްގެ މެމްބަރަކަށެވެ.މަންމަ އާއި ބައްޕަ ދުނިޔޭގައި ހުރި ނަމައޭ ހިތައް އެރީ ކިތައް ފަހަރު ކަމެއް ނޭނގެއެެވެ.ދޮންތަ މެން ތިއްބަސް މަންމަ އާއި ބައްޕަގެ ފަރާތުން ލިބޭ ހިތްހަމަޖެހުމާއި ލޯތްބާއި އުފާ ހޯދުމަކީ އުނދަގޫ ކަމެކެވެ.އަނެއްކޮޅުން އޭނަގެ ވާން އުޅޭ ފިރިމީހާގެ މޫނާއި އަޑު ނީވޭތާ އެއްދުވަސް ވީއެވެ.އެއަޑަކީ ސާރާގެ ކަންފަތް އަހާލުމަށް އެންމެ ބޭގަރާރު ވެފައިވާ އަޑެވެ.

މިހިޔާލު ތަކުގައި ހުރި ސާރާ ސިއްސައިގެން ދިޔައީ  އަތުތެރޭގައި އޮތްފޯން ރިންގުވާން ފެށި އަޑަށެވެ. ބަލާލިއިރު ގުޅަމުން ދިޔައީ މަންހާއެވެ. “ކީކޭ މަން؟” ފޯނުނަގައި ކަންފަތުގައި ޖަހާލަމުން ބުނެލިއެވެ.” އޭއް މަން އެއްނޫން އަވަހަށް ރެޑީވޭ … ނުވައެއް ޖަހާއިރަށް ދާނަން ބަލާ…” އެކޮޅުން ނައިނާ ވާހަކަ ދެއްކުމުން އެ ތިން މީހުންވެސް އެތިބީ އެކީގައި ކަން އެނގުނެވެ.

ވަގުތުތައް ފާއިތު ވަމުން ދިޔައެވެ. ޝާއިފްހާ އުފާވެރި  މީހެއް މިރޭ ދުނިޔޭގައި ހުންނާނެހެނެއް ހިޔެއް ނުވެއެވެ. ޝާއިފްގެ ހިތުގައި ފެށުނިންސުރެ ރަސްކަން ކުރަމުން ދިޔަ ރާނީ މިރޭ ޝާއިފް ގެ މިލްކަކަށް ވާނެއެވެ. އެމީހަކާއި އެކު ދިރި އުޅުން ވޭތު ކޮށްލަން އެދޭ ބައިވެރިޔާ މިރޭ ޝާއިފްގެ އަންބަކަށް ވާނެއެވެ.

ކައިވެނީގެ ވަގުތު ކައިރި ވަމުން ދިޔަވަރަކަށް ދެމީހުންގެ ހިތްވެސް އަވަސް ވަމުން ދިޔައެވެ. ސާޜާ އިނީ ތައްޔަރުވެ ނިމުމަށް ފަހު އޭނަގެ ކޮޓަރީގައެވެ. ލައިގެން ހުރި ހުދުކުލައިގެ ވެޑިން ޑްރެސް ގެ މޭމަތިން ފެށިގެން ތިރިޔަށް ވާގޮތަށް އެސް ހަރުކޮށްފައި ހުއްޓެވެ.އަޅާފައިވާ ހުދުބުރުގަލުގެ މަތީގައި ކުޑަ ކުޑަ ޓިއާރާ އެއްވެސް އިނެވެ.ކޮށްފައިވާ ލުއި ލުއި މޭކަޕް އެމޫނާއި ނުހަނު ގުޅެއެވެ.ނަމަވެސް ސާރާގެ ދެލޯ ބަލަމުން ދިޔައީ ކޮޓަރި ތެރެޔަށެވެ. މިރޭ ސާރާ ބޭނުންވަނީ ހިތް ފުރެންދެން ކޮޓަރިއަށް ބަލައިލުމަށެވެ.އެއީ ސާރާގެ ގިނަ ހަދާންތަކެއް ފޮރުވިފައިވާ ތަނަކަށް ވާތީއެވެ.އެވަގުތު އެކުވެރިން ނާއި  ދޮންތަ އައިސް ކޮޓަރިއަށް ވަނެވެ.ސާރާ އަށް ދައްތަ ގައިގައި ބައްދައިލިއެވެ.ހަމަ އެއާއި އެކު އެކުވެރިންނާއި އެކުވެސް ވަގުތު ކޮޅެއް ހޭދަ ކޮށްލިއެވެ. ” ސާރާ ހިނގާ ދާން.”ދޮންތަ މިހެން ބުނުމާއިއެކު ސާރާ އެކުވެރިންގެ އެހީ އާއި އެކު ހިނގައިގަތެވެ.

އެކި ކުލަކުލައިގެ ބޮކި ތަކުން ދިއްލާފައިވާ ނަސަންދުރައިގެ ހޯލު ތެރެ ވަނީ ކައިވެޏަށް ދައުވަތު ދެވިފައިވާ މީހުންތަކުން ފުރިފައެވެ. ޝާއިފްގެ ދެފައި އެއްތާކު ނުޖެހެއެވެ.ސާރާ ދެކިލާހިތުން ދެލޯ ކެތްމަދުވަނީއެވެ. ސާރާ އަންނަނީ ކޮންއިރަކުންތޯ އެހުނު އަދަދެއްވެސް ނޭނގެއެވެ. “އޭއް އޭ ތިވަރު ނުވިޔަސް ފަހަރި ފެނިދާނޭ. މިރޭ ކައިވެނި ކުރާއިރަށް ފެންނާނޭ.” ޝާއިފް އެންމެ ގާތް އެކުވެރިޔާ ދާއިން ބުނެލިއެވެ. ” އެޔެއް ނޫނޭ. މިރޭ މިއީ ބޮޑު ރެޔެކޭ ދޯ.” ދެން ހުރި އެކުވެރިޔާ  ޒައުލް ހެމުން ބުނެލިއެވެ.” ހޫމް ޒައްލެ އާ ދާން ހުންނާތި ދިމާކުރަން.” ޝާއިފް ބުނެލިއެވެ.

މިހުރިހާ މަންޒަރު ތަކެއް ދެކެން ހުރި ހަޝްމާގެ ހިތުގައި ރޭވުމެއް ރާވާލީ ޝާއިފް ސާރާގެ މީހަކަށް ވާތަން ދެކެން ބޭނުން ނުވާތީއެވެ.

95

vanteKTH

a girl who loves to read and write stories..please feel free to give comments...if it is negetive even i wont feel bad..

You may also like...

39 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. yayyyy me first dhw…ye ye ye saaraa and shaaif marry kuranee dhw.. wow.. vvvvvvvv reethi.. i love this part vx.. sis hama molhee ey.. mashallh..hashma keeba kuran eulhenee.. whn is next…curiously waiting.. lysm

    1. yes dear u r first.. yh.. thank u….neyge dhw hingaa balamaa..maadhama next part up kohla dheynan ingey.. lym

  2. wowww.. hama vhk nunukumegen mihuree… vvvv reethi mashallah.. neh bunaane ehcheh.. congrats to saaraa and shaaif.. alhe eulhey hashma gandu keekuran baa eulhenee.. sis dhn kn irakah next part nerenee??ly

    1. thank u.. v ufaavejje stry ah inthizaaru kureema..means a lot..neyge dhw..hingaa balamaa.. maadhama up kohlaanan ngey.. lym

  3. mi vhk feshunin sure ves cmmnt nukuriyas kiyamun mi annanee.. butn cmmnt nukoh nuhurevuneema kuran feshee aslu.. mi part ves hama habeys..sis age aa balaafa aslu vvvvvv molhu mashallah.. ily as a hama big sis.. aslu bunaanama mi stry akee someone ah mihaahisaabah esfiya in kiyunu emme reethi vhk.. real life aa gulhey gothah liyefa hunnaathee vv reethi.. anekka vhk kiyaairu faseyha vaagoiy visnaalan.. and hurihaa readers aa ves tlk kuranee family eh ge gothah ehn ve aslu v happy vey.. v inthizaaru kurevey sis ge vhk ige aneh prt nerey thw ves..may god bless you.. lysm.. anekka hashma kn moya eh vrn baa eulhenee..btw when is next? mi prt ekm kudakoh kuru dhw sis

    1. thank you.. vvv ufaavejje dear mi stry kiyaakan enguneema.. ily as a small sis<3,,, thank u ,,vv ufaavejje mi stry akee darl e fav stry ah v ma..aslu alhugadu beynunvey readers free koh cmmnt kuran alhugadah.. e gothah cmmnt kureveynee ekahala environment akunneh nun dhw..v happy vejje someone alhugaduge vhk ah inthizaaru kuraakan enguneema..may god bless you too<3…lym…neyge dhw,, hingaa balamaa vaa gotheh..maadhama up kohladheynan ingey… inshallah..labba up kohlevunu fahun engunee

    2. thank u so much.. its an honor for me.. hehe.. vvvv ufaavejje..ly2…v ufaavejje dear ah mi stry kamudhiye eema… vvvv happy vejje mi stry akee darl ge fav stry kn enguneema…im honored..aslu alhugadu like vanee kiyuntherin aa close koh tlk kohagen eii i want negetive cmmnt ves ragalhu kohlan jehey kn kn bunanves.. ehn v ma ekahala maahauleh ufedheynee e gothah tlk kohghen neh nun dhw…v ufaavejje dear inthizaaru kuraatheeve..may god bless you too ..lym..neyge dhw hingaa balamaa..maadham up kohladheynan ingey…labba up kuri fahun balaalevunee.. dhn anna bai dhigu kohlaanan ingey

  4. keehvetha abadhuves curious kohlaafa thi nimmaalanee.. mi prt aa medhu neh hama bunaane ehcheh.. ekm dhn anna prt dhigukohla dhehchey ngey.. lysm.. whn is next

    1. hehehe,, haditha ehn nimeema?? thank u so much…labba dhigukohlaanan ngey… lym.. maadhama up kohlaanan ngey.. inshallah.. tc

  5. wowwwww… congrats to me and shaaif.. mi vhk ga miulhenee alhugadu and shaaif dhw.. hehehehe… btw vvvvvvv reethi mi part ves.. whn is next .. curiously waiting.. lysm sis

    1. thank u… hehehe.. yes saaraa dhw miulhenee heroin akah…maadhama up kohlaanan ngey…inshallah.. lym darl

  6. wow vvv reethi mi prt.. adhi kiriyaa mi engunee mi stry mi haa reethi v makan hafthaage magbool ga innaaneee.. is this u r first?? ur really talented… guess i have to call sis like other readers does..ekm mi prt kuru ehn prt thakah vuren❤❤❤❤❤❤❤❤❤❤❤

    1. thank u shaayaa dear.. hehe.. v ufaavejje stry kamu dhiya eema…labba miee alhugaduge first stry.. heheh its u r choice.. labba up kohlifahun check kohlevunee.. next prt thah dhigukohlaanan ngey

  7. woaaaaahhhh.. saaraa and shaaif marry kuree dhw.. but mi part kuru. anekka hashama keekurna eulhenee?? lysm sis..whm is next??

    1. thank u…labba…up kohlifahun engunee… neyge dhw hingaa balamaa.. lym.. maadhama inshallah

  8. vv reethi stry eh.. hashma akee villian eh dhw…dhn saaraa and shaaif akee hero and heroin.. i love this stry❤❤❤❤❤❤❤❤

  9. Eyh Hashmaaaaa kon moya eh Govan thiulhenii… Haadha foohivey e hashma gandu dheke.. V rulhi aadhey.. Btw sis stry Ge mi part vs hama v vvvv habeys maasha Allah… When nxt darl… Lysm.. Stay safe girl… Mysssm

    1. neyge dhw.. hehehe.. thank u sis…maadhama up kohladheynan ngey .. lym darla…you too.. mym

  10. Mi vhk ge hurihaa prt vx vrh salhi💯💞……. Nd this is my first comment for this story😊😁…….aneh prt ga vaagoi vrh balaa hih vehjje❤️💕…… Vv curious vaa hisaabakun thi ninmaaly mi prt🤗♥️……waiting for nxt part 🦋💎…… Lysm😘😻….
    Lots of love from shai👑🥀🌻

    1. thank u..v happy vejje this is u r first cmmnt ah v ma… hehe… hingaa dhw balamaa vaa gotheh… lym darl.. lots of love from VANTEKTH

  11. Finally story up vee dhw. Mi part ves Hama varah sali sis. Speechless Hama. I hope saaraa and Shaaif get married. Mi hasmaa ge reyvun naakaamiyaabu vejeyaa sali vaane dhw sis😊😊😊 waiting for the next sis. Pls avaha up kohladhey chey.
    Love u❤
    TC
    Stay safe
    ❤❤❤❤💜💜💜

    1. labba darl…thank u ril dear..hngaa dhw balmaa.. hehe i hope so.. labba maadhama up kohladheynan ngey.. love u more… TC .. you too stay safe girl

  12. salaam hurihaa readers
    miothee 15 vana part hurihaa readers ah ves mi prt kamudhrne kamah unmeedhu kuran

  13. Varah varah reethi mi bai vx….masha allah…hashma anehkaa kn reyvunmeh baa raavan e ulheny…vrh curious vehjje…curiously waiting for the nxt part….LYSM……
    STAY SAFE SISS

  14. What is hashma going to do 🤔🤔🤔🤔 and varah reethi mi part ves …… Waiting for the next part

Leave a Reply

Your email address will not be published.