ހީވޭ ގާތުގާ ވާހެން ކަލާ 1
“މައިރާ…… މައިރާ…” އަހަރެންނަށް ހޭލެވުނީ އައިހެން ގެ މަންމަ އަހަރެންނަށް ގޮވާއަޑަށްށެވެ. އަހަރެންނަކީ އެހާ ނިދި ގަދަ މީހަކަށް ނުވުމުން ދެފަހަރަކަށް ގޮވައިލުމުން ހޭލެވުނެވެ. އަހަރެން މަންމަ ކައިރީގަ ވީ ކިހިނެއް ތޯ އަހައިލީމެވެ. މަންމަ އަހަރެން އެހެން އަހައިލުން ދެފަރާތަށް ބޯހޫރުވާލުމަށްފަހު ލޯންޗުން ފައިބަން ދިޔައެވެ. އާންއެކެވެ. އަހަރެން މިއޮތީ ލޯންޗު ގަ އެވެ. އަހަރެން އިށިންދެގެން އިން ސީޓުން ތެދުވުމަށް ފަހު އަވަހަށް ލޯންޗުން ފައިބަން ދިޔައީއެވެ. ނަމަވެސް ވަކިހިސާބަކަށް ގޮސްފައި އަނެއްކާވެސް ސީޓު ކައިރިއަށް ދާން ޖެހުނީ އަހަރެން ގެ އަތް ދަބަސް މަތިން ހަންދާން ވުމުންނެވެ. ކިހާ ބޮޑު ލަދެއް ހެއްޔެވެ. އުމުރުން 14 އަހަރެކޭވެސް ނުބުނާން އެވެ. އެންމެންގެ ލޯތަށް އަމާޒުވުމުން އަހަރެން ލަދުގަތެވެ. ލަދަށްވުރެ ބޮޑަށް އަހަރެންނަށް ހީވަނީ އަހަރެން ގަތީ ބިރު ކަންނޭނގެ އެވެ. އަހަރަން އިސް ޖަހާލުމަށްފަހު ލޯންޗުން ފައިބަން ދިޔައީއެވެ. އެއިރު ބައެއް މީހުން އަހަރެންނަށް ވައްކަޅިން ބަލަމުން އަންގަމަތީގައި އަތްއަޅައި ގެން ތިބެ ހެމުން ދިޔައެވެ. ކުރާނީކީއްހޭ މީ މިހާރު އަހަރެންނަށް މާބޮޑު ކަމެއްނޫނެވެ. ނަމަވެސް އަހަރެންނަށް އެކަމަކާ އެއްވެސް ކަމެއް ނުކުރެވޭނެ އެއް ނޫންހޭ. އަހަރެންނަށް ކުރެވުނު ކަމަކީ ހިތާހިތުން އެ މީހުންނާ ދިމާއަށް އެއްޗެހި ކިޔުމެވެ. މާރީތި ބައެއް ނަމަ ތާހިރެއްނޫން ހެއްޔެވެ. އެކަހަލަގެ ކޫސަނި އެއްޗެހިން އެ މީހުންނާ ދިމާއަށް ކިޔަމުން އަހަރެން ލޯންޗުން ފޭބީމެވެ.
އަހަރެން ވަށައިގެން ވާ މާހައުލާ ށް ބަލައިލީމެވެ. ޖެޓީކައިރީގައި ކާރުތަ އޮތްއިރު ގިނަމީހުން ދިޔައީ ދަތުރުކުރާނެ ކާރެއްހަމަޖެއްސޭތޯއެވެ. އަހަރެންނާއި ތަންކޮޅެއް ދުރުގައި އޮތް ނޫކުލައިގެ ކާރުކައިރީގައި އަހަރެން ގެ މަންމަ އާއި ބައްޕަގެ އިތުރުން އަހަރެންގެ 3 ކޮއްކޮ ތިބި އެވެ. އަހަރެން ގޮސް ހުއްޓުނީ އަހަރެންގެ ދެ ކޮއްކޮ ކަމަށްވާ ޒަލިއަން އާއި ޒެއިން ކައިރީގައެވެ . ކޮއްކޮ އޭ ބުންޏަސް އެ ޒަލިއަން އާއި ޒެއިން އަކީ އިންބިލީހަށް ވުރެވެސް މަތީގައި އުޅޭ ދެމީހުންނެވެ. މަންމަ އަހަރެން ގޮސްހުއްޓުމާއެކު ކާރަށް އަރާށޭ ބުންޏެވެ. އެންމެން ކާކަށް އަރާ ހަމަ ޖެހުމުން ޑުރައިވަރު ސީޓު ގައިން މީހާ ކާރުދުއްވާލަމުން އަހަރެންގެ ބައްޕަ އާ ވާހަކަ ދައްކަން ފެށިއެވެ. ” ޒައިހާން ހާދަހާ އަހަރެ ކޮއްލާފައޭދޯ މި ބައްދަލުވީ އަނެއްކާ ލ. އަތޮޅަށް ކޮންވަޑައިމެއްގަ” އެމީހާ އެހެން ބުނުމުން އަހަރެން މަންމަ އަށް ބަލާލުމަށްފަހު ވަރަށް ސިއްރުސިއްރުން އަހާލީމެވެ. ” މީ ލ. އަތޮޅު ކޮން ރަށެއް” އަހަރެން އެހެން އެހުމުން މަންމަ ބުނެލިއެވެ. ” ގަން” އަހަރެން ދެލޯބޮޑުކޮށްލީމެވެ. އަދި އެއަށްފަހު ކާރުގެ ލޯގަނޑުން ބޭރުބަލަން ފެށީމެވެ. މަގުގެ އެއްފަރާތުގައި ވިނަ ހެދިފައިހުރިއިރު ވަރަށް ވެސް ރީއްޗެވެ. އެހެން ދުއްވަމުން ގޮސް ބޮޑު މަގަކަށް އާދެވުނުވެ. އެއީ ތާރު އަޅާފައި އޮތް މަގެކެވެ. އެ މަގުގެ ކަނާތް ފަޅިއަށް އަންބުރާލުމާއެކު ވަރަށް ރީތި ކޮށް ފަރުމާކޮއްފައި ހުރި ގެތަކެ ފެނުނެވެ. އަހަރެން ނަށް އެ ހުރިހާ ގެތަކުންވެސް އަޅައިގަތީ މިންޓް ގްރީން ކުލައެއް ލާފައި ދެބުރިއަށް ނަގާފައިހުރި ގެއެކެވެ. އަހަރެން އިތުރަށް ޙައިރާންވީ އެގޭކުރިމަތީގައި ހުއްޓުމުންނެވެ. އަހަރެން ހިތަށް އެރީ އަހަރެމެން އުޅޭނީ އެ ގޭގަކަމަށްށެވެ. އެކަމަކު ބުނެއެއްނޫން ހެއްޔޭ ހީކުރާހާ ގޮތަކަށް ކޮންމެ ފަހަރަކުއެއް ނުވާނެއެއް ނޫންހެއްޔެވެ. އަހަރުމެން އުޅެން ޖެހުނީ އެ ގޭގެ ކުރިމަތީގައި ހުރި ގޭގައެވެ. މިބުނީ އަހަރުމެން އުޅެން ހަމަޖެހިފައިވާ ގެ ހަޑި ވާހަކައެއް ނޫނެވެ. ނަމަވެސް އަހަރެން ގެ ސައުގުވެރިކަން ދަމައިގަތީ މި ބުނާ މިންޓް ގްރީން ކުލައިގެ ގައެވެ.
(ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


wow..when next..curiosly waiting for the next
Thanks Eevss insha Allah this week ga