އަހަރެން އެ ގެއާއި ދިމާއަށް ބަލަން ހުއްޓައި މަންމަ އަހަރެން ގެ އަތުގައި ހިފާފައި އަހަރުމެން އުޅެން ހަމަޖެހިފައިވާ ގެއަށް ވަނެވެ. އެގެއަށް ވަނުމާއެކު ސިޓިން ރޫމް ގަ ބަހައްޓާފައި ހުރި ކަޅުކުލައިގެ ސޯފާގައި އިށިންދެގެން ތިބި އަންހެން މީހާ އާއި ފިރިހެން މީހެއް ކޮޅަށް ތެދުވެ އެވެ. ހީވަނީ މިއޮއްހާއިރު އެތާގައި އިށިންދެގެން އެ ތިބީ އަހަރުމެން އަންނަން ދެންނެވެ. އަހަރެން އެ ދެ މީހުންނަށް ބެލުމެއްނެތި މުޅި ގޭތެރެއަށް ނަޒަރު ހިންގާލީމެވެ. ތަނަވަސް ސިޓިން ރޫމް އެކެވެ. ކަޅުކުލައިގެ ތިން ސޯފާ ހުރިއިރު އެ އާއި ކުރިމައްޗަށް ބޮޑު ސްކްރީން ޓީވީއެއް ހުއްޓެވެ. ދެން ހުރީ ތަންބެކެވެ. އެ ތަންބުގެ ބިއްދޮށުގައި މައްޗަށް އަރަން ހުދުކުލައިގެ މުށި ސިޑި އެ ހުއްޓެވެ. އަހަރެންގެ ހިތަށް އެރީ ސިޓިން ރޫމް އެހާ ތަނަވަސް އިރު ކޮޓަރިތައް ކިހާ ތަނަވަސް ވާނެ ބާ އެވެ. އަހަރެން މުޅި ގޭތެރެ ސްކޭން ކުރަން ހުއްޓާ އެ އަންހެން މީހާ އައިސް އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އަދި ބުނެލިއެވެ. ” މައި ހާދަހާ ބޮޑު ވެއްޖެއޭ ދޯ” އެ މީހާ އަހަރެންގެ މަންމަ އަށް ދޯ އެއްލަމުން ބުނެލިއެވެ. އަހަރެންގެ ހިތަށް އެރި އެވެ. މީ ކޮން މޮޔައެއްވެގެން އުޅޭ މީހެއް ހެއްޔެވެ. އަދި އަހަރެންގެ ބޮލުގައި އަތް ކާތާލަފިއެއްނޫންހޭ  އަތް ދޮންނަން ނުކެރެންޏާ ތިމާގެ އަމިއްލަ ހެދުމުން އަތް ފުހަންވީއެއްނޫން ހެއްޔެވެ. އަދި ބުނެފިއެއްނޫންހޭ މައީ އޭ ނަމުން ކިޔަން ނޭނގެންޏާ ނުކިޔާ ހުންނާށޭ ކޮންމެހެން މާ މާތް މީހަކަށް ވެގެން އުޅޭ ކަށް ނުޖެހެއެއްނޫންހޭ އަހަރެން ގެ ފަރާތުން ބޭންނުން ވަނީ ކޯޗެއްކަން ސީދާ ސީދަލަށް ބުނަން ވީ އެއް ނޫންހެއްޔެވެ. އަހަރެން ހިތުން އެ މީހާ އާ ދިމާލަށް އެއްޗެހި ކިޔަމުން  އުންދަގު ގޮތަކަށް އެމީހާއަށް ހިނިތުން ވުމެއް ރައްދުކޮއްލީމެވެ. މީސްމީހުން ނަށް އަހަރެންގެ ހިތުގައި ވާ އެއްޗެހި އެންގޭނަމަ ބުނާނެއެވެ. މި މައިރާ އަކީ ހާދަހާ ފޮނި އަންހެނެކެވެ. އެކަމަކު އެއީ ތެދެއް ނޫނެވެ. އަހަރެން އެހެން އެކިކަންކަމާ ބޯގާނަން ހުއްޓާ އެ އަންހެން މީހާ އަހަރެން ހިފައިގެން ސިޑިން މައްޗަށް އެރިއެވެ. އެ ފަންގިފިލާގެ މެދުގައި ތިންސޯފާ އާއި  ކަޅުކުލައިގެ ބިއްލޫރި މޭޒެއް ހުރެއެވެ. 3 ބިތުގައި ތިން ދޮރުފަތް ހުރިއިރު އެއީ ކޮޓަރި ކަން އެންގުނެވެ. އަނެއް ކައިވެސް އެމީހާ އަހަރެންގެ އަތުގައި ހިފައިގެން ގޮސް ސިޑިން މައްޗަށް އެރިއެވެ. ފުރަތަމަ ފަންގިފިލާ ހުރިގޮތަށް މި ފަންގި ފިލާފަލާ ގައިވެސް ސޯފާ އާއި 3 ބިތުގައި ދޮރުފަތް ހުއްޓެވެ. ނަމަވެސް މި ފަންގިފިލާ ގައި ބެލްކަންޏެއް ހުއްޓެވެ. އެ ބެލްކަނި ހުރީ އެކިކަހަލަ މާމެލާމެއްޔުން ފުރިފައެވެ. ނަމަވެސް އެއަންހެން މީހާ އަހަރެން ހުންނަން ވީ ކޮޓަރި ދެއްކުމުން އަހަރެން ގޮސް އެކޮޓަރިއަށް ވަނީމެވެ. ތިމާވެށީގެ ކަންކަމަށް ކިތަންމެ ސައުގުވެރިކަން ހުރެއްކަމަކު އަހަރެން ހުރީ ކުރި ދިގު ދަތުރެއް ގެ ސަބަބުން ވަރުބަލިވެފައެވެ. އަހަރެން ފާހާނާއަށް ވަނުމަށް ފަހު ފެންވަރާލަގެން ގޮސް އެންދުމައްޗަށް ވެއްޓިގަތީމެވެ. އެހެން އިރުކޮޅަކު އޮއްވައި އަހަރެންނަށް ނިދުނެވެ. 

7 ގަޑީރު ފަސް 

 

އަހަރެންނަށް ހޭލެވުނީ އަހަރެންގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާ އަޑައްށެވެ. މި އޮއްފަދަ ގަޑީގައި ކާކޫ އަހަރެންނަށް ޖެއްސުން ކުރަން މި އައީ ހުވާ ކޮއްފަ މިބުނީ މި ދުނިޔެ މަތީގައި މީހުން އުޅޭހާހިންދަކު އަހަރެންނަކަށް ހަމަ ނިންޖެއް ނުލިބޭނެ ކަންނޭނގެ ކުރިން މާލޭގައި އުޅުނު އިރު މަންމަ މިހާރު ޗުއްޓީ އަކަށް އައިމަވެސް މިވަރު… ހުރެބަލަ މިފަހަރު ކުޅިދައްކާލާނަން ދޮރުގައި ޓަކި ޖަހާ މީހަކު ސަލާމަތަށް ދުވަންޏާ ދުވޭ. އެކަހަލަގެ އެއްޗެހި ކިޔަމުން ގޮސް ރުޅިމޫނު ހަދައިގެން ހުރެ ދޮރުހުޅުވީމެވެ. ދޮރުހުޅުވާލުމާއެކު އަހަރެން އަނގައަށް ގޮތެއް ހަދައިލީމެވެ. މީ ކާކު ހެއްޔެވެ. އަހަރެން މީނައަށް ކޮން އުނދަގުލެއް  ކޮއްގެން އަހަރެން އެއަށް އަރާމު ގައި އޮއްވާ މުޅި ނިދި އާއި މޫޑު ހަރާބު ކޮށްލީ. ” ހާއި….. އަމް ސާރާ…. އަނެއްކާ ނިދާފަ އޮއްވާ ތަ ޑިސްޓާބް މި ކުރެވުނީ.” އަހަރެން ކުރިމަތީގައި ހުރި މީހާ މިހެން ބުނެ ލުމުން އަހަރެން ދެފަރާތަށް ބޯހޫރުވާލީމެވެ. މީހާ އޭ ބުންޏަސް ވާނީ އަހަރެންނާ އެއްވަރު ކަންނޭނގެއެވެ. ބަލާ ބެލުމަށް ރީތި ސިފަތަކެއް ލިބިފައިވާ އަންހެނެކެވެ. ހަމަ ގައިމު ވެސް އަހަރެނަށް ވުރެ ރީއްޗެވެ. ކުރު އިކޮޅެ ލިބިފައިވާ އަންހެނެކެވެ. އަބާޔާ ހެދުމެއް ލާފައި ހުރިއިރު ފަލަ ކަމެ ހިކި ކަމެއް ބުނާކަށް ނޭންގެ އެވެ. ދޮން މޫނެއްލިބިފައި ވާއި ހުރީ ވަށް އައިނެއް އަޅައިގެންނެވެ. މީގެ އިތުރުން ދެން އެހެން ސިފައެއްނެތެވެ. އަދި ހެއްވާ ކަމަކީ އަތާއި މޫނުގެ ކުލައެއް ނުގުޅެ އެވެ. ދެން ހެވޭ. އަހަރެން އެހެން ހިތަށް އެރުމުން ހީލެވުނެވެ. ” ހޭ ސޯ ހިންގާލަން ދާނަން ތަ” ސާރާ އެހެން ބުނުމުން އަހަރެން އާއެކޭ ބުނުމަށް ފަހު ކޮޓަރި ދޮރުލައްޕަން އުޅުމުން ސާރާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ” ސޯ ކޮން ކުލައިގެ ހެދުމެއް ލައިގެން ދާނީ” ސާރާ އެހާ އެކުވެރިކޮށް ވާހަކަ ދެއްކުމުން އަހަރެންނަކަށް މަޑުކަން ނުހުރެވުންވެ. ” ނޭންގެ އަދި އެއް ސާރާ ލަނީ ކޮންކަހަލަ ހެދުމެއް” އަހަރެން އެހެން ބުނުމުން ސާރާ ހިންގާށޭ ޑިސައިޑު ކުރަން ކިޔާފައި އަހަރެންގެ ކޮޓަރިއަށް ވަނެވެ. އަހަރެން އަތުގައި ހުރި ހެދުންތަކެއް ސާރާ އަކަށް ކަމަކު ނުދިޔައެވެ. އެހެންވެ ސާރާ އަހަރެން ކައިރީ މަޑު ކުރާށޭ ބުނުމަށް ފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ. އިރުކޮޅެއް ފަހުން ސާރާ އައީ ދެ ފޮށި ހިފައިގެންނެވެ. އެ ފޮށި ހިފައިގެން ވަންނަމުން އަހަރެން ސާރާ އަށް އެހީތެރި ވުމުގެ ގޮތުން ސާރާ އަތުން އެއް ފޮށި ގަނޑު ނެގީމައެވެ. ސާރާ ބުނީ އެ ފޮށިގަނޑު ހިފައިގެން ބެލްކަންޏަށް ދިޔުމަށްށެވެ. އަހަރެން ސާރާ ގެ ފަހަތުން ބެލްކަންޏަށް ނުކުތުމަށް ފަހު ފޮށިގަނޑު އެތާ އެއްފަރާތެއްގައި ބެހެއްޓީމެވެ. ސާރާ ސޯފާގައި އިށިއްނަމުން އަހަރެން އިށިންނީ އެތާގަ ސާކަލްއެއްގެ ހާފް އިންނަ ގޮތަށް ހުރި އުންދޯލީގައެވެ. ސާރާ އެތަނުން އެއް ފޮށިގަނޑު ހުޅުވާލާ މަށް ފަހު މެށަރިން ޓޭޕް އެއް ނެގެއެވެ. އަދި އެއަށްފަހު އަހަރެން ކައިރިއަށް އައުމަށް އެދުނެވެ. އަހަރެން ގޮސް ސާރާ ކައިރީ ހުއްޓުމުން ސާރާ އަހަރެން ގައިން މިން ނެގެއެވެ. އަހަރެން އެއީ ކީއްކުރަން ތޯ އެހުމުން ސާރާ ޖަވާބެއް ނުދިނެވެ. އަހަރެން ގެނައި ފޮށި ހުޅުވާލާ މަށް ފަހު ސާރާ ކަޅުކުލައިގެ ކަފަ ފޮތިގަނޑެއް ނެގެއެވެ. އަދި އެއަށްފަހު ފަހަން ފެށިއެވެ. ސާރާ މި އުޅެނީ ކީއް ކުރަން ހެއްޔެވެ. އަނެއްކާ ހެދުން ފަހަން ހެއްޔެވެ. އެކަމް ކާކަށް ހެއްޔެވެ. އަހަރެން ނަށް ހީވަނީ އަހަރެންގެ ސިކުންޑިގެ އެއް އިސްކުރު މަދުކަން ނޭންގެ އެވެ.  އޮބްވިޔެސްލީ އަހަރެން ގައިން މިން ނަގައިފިއްޔާ އެއީ އަހަރެންނަށް ފަހާ ހެދުމެއްތާއެވެ. އެކަމަކު އަދި އަހަރެން ސާރައާ ދިމާވިތާ ބައިގަޑިރު ނުވެގެން ނޭ މިއުޅެނީ ދެން ސާރާ ކީއްކުރަން ހޭ ދެންމެ ދެންމެ ދިމާވި މީހަކަށް ހެދުން ފަހައި ދޭންވީ. އަހަރެން ގެ ސައްކު ޔަގީން ކޮށްލުމަށް އަހަރެން ސާރާ ގާތު އަހައިލީމެވެ. ” ސާރާ ތީ ކާކު އަށް ފަހާ ހެދުމެއްތަ” އަހަރެން ދެފައި ވައްކޮށްލަމުން އަހާލީމެވެ. ” އޮބްވިޔެސްލީ މައިރާ އަށް……… މައިރާ އަށް ހީވަނީ މީ އަހަރުމެން ދިމާވި ފުރަތަމަ ފަހަރޭތަ” ސާރާ އެހެން ބުނުމުން އަހަރެންނަށް ކުޑަކޮށް އޮޅުނެވެ. އެހެންވެ އަނެއްކާވެސް ކޮށްލީ ސުވާލެކެވެ. ” ސޯ ތިބުނީ އަހަރުމެން ކުރިން ދިމާވިއޭތަ” ” އާން މައިރާ އައި ގަމަށް ވަރަށް ކުޑަ އިރުގަ މައިރާ އަހަރެންނަށް ވުރެ އެއްއަހަރު ކުޑަވީމަ ކަންނޭނގެ ހަންދާން ނުހުންނަނީ…….ވީ ވާ ލައިކް ސިސްޓާސް ” ސާރާ އެހެން ބުނުމުން އަހަރެން ކުޑަކޮށް ހައިރާން ވިއެވެ. ނަމަވެސް  ސުވާލެއް ނުކުރަމެވެ. އެއީ އަހަރެން ސުވާލު ކުރަން ފަށައިފިއްޔާ ސުވާލު ހުސްނުވާނެކަން އެންގޭތީއެވެ. 

 

(ނުނިމޭ) 

1

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!