Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

މަގޭ ލޯބި ދަރިފުޅާ

shuuu Level 1
October 24, 2018 5 Mins Read
4 Comments

“މަންމާ މަންމާ އަނާ މޮޔައެއް ނޫނޭ މަންމާ.. ޕްލީސް.. ޕްލީސް އަނާ ގެންދޭ..” ކޮންމެ ދުވަހެއްގައިވެސް އަނާގެ ކޮޓަރިން މެދުކެޑުމެއްނެތި މި އަޑު އިވެމުންދެއެވެ. އާބިދާ އޭނާގެ ދަރި ކިތަންމެ ވަރަކަށް ދެކޭ ހިތްވެއެވެ. ކިތަންމެ ވަރަކަށް އަނާ ނެރެގެން އެ ގެއިން ފިލައިދާނަމޭވެސް އާބިދާ ހިތަށް އަރައެވެ. ނަމަވެސް ފިރިމީހާގެ ބަހުން އޭނާ ވަނީ ކަސްތޮޅު އެޅުވިފައެވެ. “އާބިދާ… މީ އާބިދާއަށް ނުފެންނަ މަންޒަރެއް… ތި ދޮރު ލައްޕާފައި ރައްކާވޭ.. މިކަން މީހެއް ގާތުގައި ބުންޏަސް ކަލޭގެ މި ދަރި މަރާލާނަން..” އުމުރުން އެންމެ 8 އަހަރުގެ އަނާގެ ޢިއްފަތް ވެއްޔާ މޮޑެލަމުން ހާރޫން ބުނި އެއްޗިހި އިއްޔަ ވީ ކަމެއްހެން އާބިދާގެ ކަންފަތުގައި ގުގުމަ ގުގުމާއި ހުރެއެވެ.

އާބިދާއަށް އޭނާގެ ފުރަތަމަ ފިރިމީހާއަށް 3 ދަރިން ލިބުނެވެ. ދުނިޔޭގައި ހުރީ އެންމެ ފަހުން ލިބުނު އަނާ އެކަންޏެވެ. އެހެން ކުދިން ޅަ އުމުރުގައި މި ދުނިޔެއާ ވަކިވީއެވެ. ފިރިމީހާވެސް އަނާއަށް އަހަރެއްވެފައި އޮއްވައި ކެންސަރުގެ ޝިކާރައަކަށްވެ މަރުވެގެންދިޔައީއެވެ. ޢާއިލާގެ އިތުރު މީހަކު ނެތް އާބިދާއަށް ހަދާނެ ގޮތް ހުސްވެގެން ދިޔައެވެ. ރީތި ބުރުސޫރައެއް ލިބިފައިވުމުން ލަސްނުވެ މީހުންގެ ކައިވެނި ހުށަހެޅުންތައް ލިބެންފެށިއެވެ. ދަރިއެއް ހުރިނަމަވެސްމެއެވެ. ހާރޫންއާ އާބިދާ ކައިވެނި ކުރީ ހާރޫންއަކީ އޭނާގެ ފިރިމީހާގެ ރަޙްމަތްތެރިއަކަށްވެފައި ހެޔޮ މީހެއްކަމަށް ހީކޮށެވެ. ކަންތައްވީ ދިމާ އިދިކޮޅަށެވެ. ހާރޫންވީ ނުބައި ނުލަފާ މީހަކަށެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު އާބިދާއަށް އަނިޔާކުރެއެވެ. އެތައް ފަހަރަކު ފާރަށް ޖަހައި އަދި ފައިން ޖަހައި ވައްޓާލައެވެ. މި ހުރިހާކަމެއް އާބިދާ ކެތްކޮއްގެން ހުރީ ހާރޫން އޭނައަށް އަނިޔާކުރި ނަމަވެސް އަނާއަށް ރަގަޅުވީމައެވެ. އެހެން ނަމަވެސް އެކަން އެގޮތަށް މާ ގިނަ ދުވަހަކު ނުދެއެވެ.
އާބިދާމްނެ ނިދާ ކޮޓަރި ފިލައިގަޑެއް ޖަހައި ދެބަޔަށް ބައިކޮއްލާފައެވެ. އެއްބައިގައި ނިދަނީ އާބިދާއާ ހާރޫނެވެ. އަނެއް ބައިގައި އަނާއެވެ. އެއް ރެއަކު ދަންވަރު އާބިދާއަށް ހޭލެވުނީ އަނާ ރޯއަޑަށެވެ. ކައިރި ބަލާލިއިރު ހާރޫން އެއް ނެތެވެ. އަނާގެ ރުއިން ގަދަވަމުން ދާތީ އާބިދާއަށް ޖެހިގެން އިން ބަޔަށް ދުއްވައިގަނެވުނެވެ. ފެނުނު މަންޒަރުން އާބިދާއަށް ދެލޯ ބޮޑު ކޮއްލެވުނެވެ. އަނާގެ ގައިމަތީގައި އޭނާ ރޭޕްކުރަން އޮތީ އޭނާގެ ފިރިމީހާ ހާރޫނެވެ.

“ހާ… ހާރޫން..” އާބިދާ ބިރުގެންފައިވާ މިންވަރު އޭނާގެ އަޑުންވެސް ފާޅުވެގެން ދިޔައެވެ. ހާރޫންއަށް އާބިދާ ފެނިފައި މާ ބޮޑު ބަދަލެއް އައިހެނެއް ހިއެއް ނުވެއެވެ. އޭނާ ކުރަމުން ދިޔަ ކަންތައް އޭނާ ހުއްޓައެއް ނުލައެވެ. އަދި އާބިދާ އަށް މީހެއް ގާތުގައި މިއިން ކަމެއް ބުނެފިނަމަ އަނާ މަރާލާނެކަމަށް ބުނެ ބިރުދެއްކިއެވެ.

އޭގެ އަނެއް ދުވަހު އަނާ އޮތީ ގަދައަށް ހުން އައިސްފައެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންގޮސްފިނަމަ މީހަކަށް އަނާއަށް ވީ ކަންތައް އެނގިދާނެތީ ހާރޫނު އެކަން މަނާކުރިއެވެ. އާބިދާއަށް ޖެހުނީ ޕެނަޑޯލް ގުޅައަކުން ފުއްދާލާށެވެ. އާބިދާ ހުއްޓުމެއް ނެތި އޭނާގެ ދަރިފުޅު ގައިގައި ފޮތިކޮޅަކުން ފެންލާ ހެދުމުގެ ސަބަބުން ހަވީރަށް ހުން މަޑުވިއެވެ. ދަޑިވަޅު ބަލާފައި ހާރޫންގެ ހަމަލާ ކުރިމަތިވިއެވެ. އަނާ ގޮވައިގެން ދަމަމުން ކަހަލަ ގޮތަކަށް އާބިދާމެން ނިދާބަޔަށް ވެއްދިއެވެ.

މިހާރު އެކަމަކަށް 8 އަހަރު ވީއެވެ. ހާރޫން ގޯތި ތެރޭގައި އިތުރު ކޮޓަރިއެއް އެޅިއެވެ. އަދި އަނާ އެތަނަށް ބަދަލުކުރިއެވެ. އެ ފަކީރު ދުނިޔޭގައި އުޅޭކަންވެސް މީހަކަށް ނޭނގޭ ވަރު ކުރިއެވެ. އެ ހާދިސާ ފުރަތަމަ ދިމާވީއްސުރެ އަނާ ސްކޫލަށް ފޮނުވުން ވަނީ ހުއްޓާލާފައެވެ. އާބިދާއަށް އޭނާގެ ދަރިފުޅުގެ ސޫރަވެސް ނުފެންނަތާ އެތައް ދުވަހެވެ. ހާރޫންއާ ހެދި އޭނާގެ ދިރިއުޅުން ނަރަކައަކަށް މި ވަނީ ވެފައެވެ.

” މަންމާ…. އަނާއަށް އެބަ ވަރަށް ތަދުވޭ.. އަނާ މޮޔައެއް ނޫނޭ މަންމާ.. އަނާ ނެރެދީބަލަ މި ތަނުން” އާބިދާގެ ޚިޔާލީ ވާފަށް ކަޑާލީ އޭނާގެ ކަންފަތުގައި ޖެހުނު އަނާގެ އަޑެވެ. “ދަރިފުޅާ.. ހިތްވަރުކުރޭ… މަންމަ އަދި ދަރިފުޅު ސަލާމަތްކުރާނަން…” ހިތާ ހިތުން މިހެން ކިޔާލުމަށް ފަހު އާބިދާ އެބުރި ދިޔައީ ހާރޫނަށް ކައްކާށެވެ. ބާރަށް ބުނާނެ ހިތްވަރު ނެތީމައެވެ. މި ވީހާ ދުވަހުގައި އާބިދާއަށް އެކަން ކުރެވިފައި ނެތީމައެވެ.

“އޭއި… ކަލޭ ދަރި ގެންދެބަލަ އަހަރެމެން ކޮޓަރިއަށް.. މާދަން ހެނދުނު އަންނާނެ އަހަރެން ރައްޓަހި މީހެއްގެ ދަރިއެއް… އޭނާ އެބަ ޖެހޭ 3 ދުވަހަށް ބަހައްޓަން މި ގޭގައި.. އޭރަށް ވާއިރަށް އެކޮޓަރި ތައްޔާރުކޮއްލަން ޖެހޭނެތާ..” ހާރޫންގެ އަޑަށް ސިއްސައިގެންގޮސް އާބިދާގެ އަތް އުދުނުގައި ޖެހި އަތް ފިހުނެވެ. އަތުގައި ކިތަންމެ ރިހުނު ނަމަވެސް ހާރޫނު ކުރިމަތީގައި ރުއިންތަކެއް ރުއިމަކީ ބޭކާރު ކަމެއްކަން އިނގޭތީ ކަރުނަތައް ހިފައްޓައިގެން ހުރުން ނޫން ގޮތެއް ނެތެވެ. އާބިދާ ކައްކައި ނިމުމާއެކު އަނާ އޮތް ކޮޓަރިއައް ދިޔައެވެ.

“މަންމާ… މަންމަ ތިޔަ އައީ ދޯ… އަނާ މިތަނުން ގެންދަން ދޯ ތިޔައީ.. މަންމާ ބަލާބަލަ… ވަރަށް ތަދު.. ވަރަށް ތަދުވޭ” ގިސްލަ ގިސްލާފައި އަނާ ޝަކުވާތައް އޮއްސާލިއެވެ. އާބިދާއަށް އިސްއުފުލާ އަމިއްލަ ދަރިފުޅަށް ބަލާލާކަށްވެސް ނުކެރުނެވެ. އޭނާއަކީ އޭނޭގެ ދަރިފުޅުގެ ކުށްވެރިއެކެވެ. ހާރޫނު ފަދަ ނުލަފާ މީހަކު އަނާގެ ހަޔާތައް ގެނައިތީއެވެ. އާބިދާ އެއްވެސް ބަހެއް ނުބުނެ އަނާގެ އަތުގައި ހިފާލިއެވެ. “މަންމައަށް މަޢާފުކުރޭ….” މިހެން ބުނުމަށްފަހު މަޑުމަޑުން އަނާ ގޮވައިގެން އާބިދާގެ ކޮޓަރި ހުންނަ ފަރާތަށް މިސްރާބު ޖެހިއެވެ. ވަކި ހިސާބަކަށް ދިޔައިރަށް އަނާ ހުއްޓުނެވެ. އާބިދާގެ އަތް ފޮޅާލައި ބިންމަތީގައި އެތެރެއަށް ނުވަންނާން ބޮޑާހާކަން ފެށިއެވެ. އާބިދާއަށް އޭނާގެ ދަރިފުޅުގެ ޢަމަލުގެ ސަބަބު ވިސްނުނެވެ. އާބިދާ ތިރިވިއެވެ. އަދި އަނާ ގާތުގައި ބޮޑާނުހާކައި އައުމަށް ބުންޏެވެ. އަދި އަނާ ސަލާމަތްކުރާނެ ވާހަކަ ބުންޏެވެ.

“ސާބަހޭ ސާބަހޭ… މީ ކަސޯޓީގެ އެޕިސޯޑެއް ނޫނޭ ކަލޭ ތިތާ މާ ޑްރާމާ ވެގެން އިންނަން… ކަމަކު ބުނެފިއްޔާ ފަސޭހައިން މި އިންސާނާއަށް ކުރެވެނީކީ ނޫނޭ…” ރުޅިވެރިކަމާއެކު ހާރޫނު އައިސް އާބިދާއާ ދިމާލަށް ހަޅޭލަވައިގަތެވެ. އަދި އަނާގެ އިސްތަށިގަނޑުގައި ހިފައި ދަމަމުން އެތެރެއަށް ވެއްދިއެވެ. އާބިދާ އެހެން ނުހެދުމަށް ގޮވަ ގޮވާ އޮއްވައެވެ. “ކަލޭ މިތާގައި މައިތިރިވެގެން އިންނާތި. އެއްވެސް ކަމަކު ބޭރަށް ނިކުމެގެން ނުވާނެ… އެހެން ނޫނަސް މަށެއްނު ކަލެއަށް އެއްޗިސް ގެންނަނީ.. އެހެންވީމަ ކާންވިއަސް ފެން ބޯންވިޔަސް މި ހަތަރު ފާރުތެރެއިން ނިކުމެގެން ނުވާނެ…” އަނާ ކޮޓަރިއަށްލުމަށްފަހު އިނގިލި ދިއްކޮއްފައި އޭނާއަށް ދިމާލަށް ހާރޫނު ފަތިވަރެއްހެން އަމުނާލިއެވެ. އަދި އިތުރަށް ޑްރާމާއެއް ކުޅެން މަސައްކަތް ނުކޮށް މައިތިރިވެގެން އިނުމަށް ބުންޏެވެ.

ކޮޓަރިން ބޭރަށް ނިކުތުމުން ހާރޫން ލޮލުގައި އަޅައިގަތީ ނެގިމަޑުވެގެން އެހެން ދުނިޔެއަކަށް ގެއްލިފައި އިން އާބިދާއެވެ. “ކަމެއް ކުރެވޭ ކަމަށް ނަހަދާތި.. ބުނެފިން ދޯ އެ ކޮޓަރި ސާފުކުރަން..” ބޯ ޖަހާލަމުން އާބިދާ މަޑުމަޑުން ހިގާލާފައި ފިހިގަނޑު ނެގުމަށްޓަކައި ގޭތެރެއަށް ވަންނަން ދިޔައެވެ. “މިރޭގައި އަހަރެން ބޭނުން އާބިދާ… އަނާ ނިންމާފައި އާބިދާވެސް ބޭނުން..” ގޭތެރެއަށް ދިޔަ އާބިދާއަށް ހާރޫން ދައްކަންފެށި ވާހަކައިން ނިތުން ދާހިތްލާން ފެށިއެވެ. އަނާއަށް ޖިންސީ ގޯނާ ކުރި ފަހުން އެއްވެސް ގޮތަކަށް ހާރޫނު އޭނާއާ ގާތެއް ނުވެއެވެ. އަނިޔާއެއް ދިނުމަށް މެނުވީއެވެ. އެހެންކަމުން ހާރޫނު އެފަދަ ވާހަކައެއް ދެއްކުމުން މުޅި މީހާގެ ހިތް ނުތަނަވަސްވިއެވެ. ނަމަވެސް މޫނުމައްޗަށް އެއްވެސް އަސަރެއް ނުދައްކާ ބޯޖަހާލުމަށްފަހު އަނެއް ފަރާތަށް އެބުރި ނިތުގައި ހުރި ދާތައް ފުހެލިއެވެ. އަދި ފިހިގަނޑު ހިފައިގެން ސާފުކުރަންވީ ކޮޓަރިއަށް މިސްރާބުޖެހިއެވެ.

އެރެއެވެ. ހާރޫނު ދިޔައީ އެތެރެއަށް އިންނަ ކޮޓަރިއަށް އަނާ ލާފައި އެތަން ތަޅުލާފައެވެ. އެހެންކަމުން ހާރޫނު ބޭރުން އަންނަންދެން އާބިދާ ހުންނަން ޖެހުނީ ބޭރުގައެވެ. ހާރޫނު ގެއަށް އައި އިރު މެންދަމުން އަލިވެ 1 ޖަހައިފިއެވެ. އަތުގެ އިޝާރާތުން އައުމަށް ބުނެ ހާރޫނު ކޮޓަރިއާ ދިމާލަށް ހިގައިގަތެވެ. އާބިދާ އޭނާގެ ފަހަތުން ހިގައިގަތެވެ. ހާރޫން ގައިން ދުވާ ނުބައި ވަހުން ނޯއްދަމާލަށްވެސް ނުކެރެއެވެ. ބިޑި ވަހެވެ. ސިގިރޭޓު ވަހެވެ. އެކި އެކި ނުބައި ވަސްތައް މަސްހުނިވެފައެވެ. އަދި މީހާގެ ހަރަކާތްތައް ހުރި ގޮތުން މަސްތުވެފައި ހުރިކަން އާބިދާގެ ސިކުޑިއަށް ނަގައިގަނެވުނެވެ.

ކޮޓަރި ހުޅުވާލިއިރު އަނާއަށް އޮތީ ނިދިފައެވެ. އެދުމަތި ތެމިފައި ހުރުމުން ނިދުނީ ރޮއި ރޮއި ވަރުބަލިވެގެންކަން އާބިދާއަށް އިނގުނެވެ. އެހިނދު އާބިދާގެ ހިތް ރޯލިއެވެ. އޭނާއަށް މި ފެންނަނީ އެއް ރެއެވެ. މިކަހަލަ ކިތައް ރެއެއް އޭނާގެ ދަރިފުޅު ތަޙައްމަލް ކޮއްފިހެއްޔެވެ؟ ހާރޫނު ޓީވީ ހުޅުވުމަށްފަހު އެއަށް ޕެން އެއް ޖެހިއެވެ. އަދި ވީޑިއޯއެއް އެޅުވިއެވެ. ފެނިގެންދިޔަ މަންޒަރުން އާބިދާ އޯކަށްދެމުނެވެ. އަންހެނަކު އަންހެނާ އެއްކޮށެވެ. “ޓީވީއިން ފެންނަ ގޮތް ހަދަން ފަށާ…!! ” ބިރުވެރި ގޮތަކަށް އާބިދާއަށް ބަލާލުމަށްފަހު ހާރޫން އަމުރުކުރިއެވެ. އާބިދާ ބިރުގަތެވެ. ނަމަވެސް އަނާއަށް ބަލާލުމަށްފަހު އިތުރަށް އޭނާގެ ދަރިފުޅު އަނިޔާ ތަޙައްމަލް ކުރަން ނުޖެހޭނެ ގޮތެއް ހެދުމަށް ސިކުނޑި ތެރޭގައި ރާވާލިއެވެ. އަދި ހާރޫން އޭނާއާ ދިމާލަށް އަންނަން ފެށުމުން ތިރިވިއެވެ. އަދި އެނދު ދަށުގައި ވެއްޓިފައި އޮތް އެނދުގެ ލަކުޑިކޮޅެއް އަތަށް މަހާލިއެވެ. އެއީ ވަރަށް ކުރީއްސުރެއް އެނދުން ނެއްޓިގެން ބާއްވާފައި އޮތް އެއްޗެކެވެ. ނަމަވެސް އެ އަނބުރާ ހަރުނުކުރެވި އެނދު ދަށުގައި އޮތް ގޮތަށް އޮތީއެވެ.

ހާރޫނު އިތުރުކަމެއް ކުރުމުގެ ކުރިން ގައިގައި ހުރި ބާރެއްލާފައި އެ ލަކުނޑިން ހާރޫނުގެ ބޮލުގައި ޖެހިއެވެ. އެއާއެކު ހާރޫނު ބިންމައްޗަށް ވެއްޓުނެވެ. މުޅި ކޮޓަރީގައި ލޭގެ ކޯރެއް އުފެދުނެވެ. ހާރޫނު މަރަށް ތެޅެމުން ދިޔަތަން އާބިދާ ބަލަމުން ދިޔައީ ރުޅިވެރިކަމާއިއެކުގައެވެ. އަދި އޭނާ މަރުވުމާއެކު ފުލުހުންނަށް ގުޅިއެވެ. އަދި ކަންތައް ހިނގާދިޔަގޮތް ކިޔާދިނެވެ. ފުލުހުން އެގެއަށް އައިސް އާބިދާ އެމީހުންގެ ހައްޔަރަށް ގެންދިޔައެވެ. އަދި އާބިދާ ގެންދިއުމުގެ ކުރިން ނިދާފައި އޮތް އަނާ ހޭލުއްވަން ވެގެން ފުރޮޅާލިއެވެ. ކަމަކު ދާކަށް ނެތެވެ. އަނގަޔާ ދިމާލުން ފޮނަތަކެއް ހެނދިފައި ހުއްޓެވެ. ނޭވާއެއް ނުލައެވެ. ކޮޓަރީގައި ހުރި ބޭސްތަކެއް ކައިގެން އޯވާޑޯޒްވެގެން އަނާވެސް ވަނީ ދުނިޔެއަށް އަލްވަދާޢު ކިޔާފައެވެ.

” ދަރިފުޅާ… މަގޭ އަނާ… ދަރިފުޅާ..” އާބިދާ ހުއްޓާލުމެއްނެތި އަނާ މޫނުގައި ޖަހަމުން އަނާއަށް ގޮވަން ފެށީއެވެ. ފެނުނު މަންޒަރުން މީހާގެ ސިކުނޑި ހުރީ ގޯސްވެފައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އޭނާގެ ހިތުން އޭނާ ހުރީ އަނާ ސަލާމަތް ކޮއްގެންނެވެ. ނަމަވެސް ކަންތައްވީ މުޅިން އިދިކޮޅަށެވެ. އަނާއާ ހާރޫނުގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އަދި މައްސަލައެއްގެ ގޮތުގައި ބެލުނެވެ. ނަމަވެސް އާބިދާ ހުރީ ދުނިޔެއަށް މޮޔަވެފައިކަމަށްވުމުން އާބިދާ ޖަލުން ނެރެ މޮޔައިންގެ މަރުކަޒަކަށް ބަދަލުކުރެވުނެވެ.

ދުނިޔެ މީ ކިހާ ހެއްވާ ތަނެއް ހެއްޔެވެ..؟ އާބިދާއަށް އޭނާގެ ދަރިފުޅު ސަލާމަތްކުރަން ހިތްވަރު ލިބުނު އިރު ވަގުތު އޮތީ ފާއިތުވެގެން ގޮސްފައެވެ. ސަލާމަތްކުރާނެ ދަރިއަކުވެސް ދުނިޔޭގައި ނެތެވެ.

ނިމުނީ

Share Article

Follow Me Written By

shuuu

Level 1

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 24

Next

އިންސާފް (5)

Next
October 24, 2018

އިންސާފް (5)

Previews
October 24, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 24

4 Comments!

  1. Unknown ~.... says:
    October 24, 2018 at 10:31 am

    wow

    1. shuuu says:
      January 10, 2019 at 8:15 am

      Thankyou 😀

  2. Ibsha says:
    October 24, 2018 at 11:38 am

    Varah reethi. Varah asarukohfi

    1. shuuu says:
      January 10, 2019 at 8:15 am

      Thankyou 😀

Comments are closed.



All Right Reserved!