އަޅުގަނޑު މިހާރު ގެނެސްދެމުންދާ ވާހަކަ (އަނދިރި ދުނިޔޭގެ ރަސްގެފާނު)، ބައެއް މަޖުބޫރު ސަބަބުތަކަށްޓަކައި މެދުކަނޑާލަން ޖެހިފައިވާ ވާހަކަ ހިތާމައާއެކު ދަންނަވަމެވެ. މިކަމުގެ ސަބަބުން ތިޔަ ކިޔުންތެރިންގެ ފަރާތުން ނިހާޔަތަށް މާފަށް އެދެމެވެ. މި ވާހަކައިގެ ބާކީ ބައިތައް އަލުން ލިޔެ، ގެނެސްދޭން ފެށޭނެ ކަމަށް މި ބަލަނީ މިއަދުން ފެށިގެން ގާތްގަނޑަކަށް 3 މަސް ނުވަތަ 5 މަސް ދުވަހުގެ މުއްދަތަކަށް ފަހުގައެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި ކިޔުންތެރިންނަށް ފޫހިކަމެއް ނެތި ވަގުތު ހޭދަކޮށްލެވޭނެ ގޮތަކަށް، […]
އެއީ އޭނާގެ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ފަތިހު އަވަހަށް ހޭލުމަށާއި ރޭގަނޑު އަވަހަށް ނިދުމަކީ އިލީނާ އެންމެ ކުޑައިރުއްސުރެއް އިސްކަންދެމުން އަންނަ ދެ ކަންތަކެވެ. އިސާހިތަކު އިލީނާ ނިދީގެ ފުން ކަނޑަކަށް ގެނބިގެން ދިޔައެވެ. *** މިރިއަލް ފެންވަރައިގެން ތުވާލިން ބޮލުގެ ފެންހިއްކަމުން ފާހަނައިން ނުކުތެވެ. ބައިމަތި ފުޅާވެފައި ހަށިގަނޑުގެ މަސްތަށް ރީއްޗަށް އަތުރާލެވިފައިވާއިރު، ބަނޑުގައި ގޮޅި ޖަހައިލައިފައި ހުރުމުން ގަވާއިދުން ކަސްރަތު ކުރާކަން އިނގެއެވެ. އޭނާ އައިސް އެނދުމަތީ ޖައްސައިލުމަށްފަހު ތުވާލި ކޮނޑުމަތީގައި ބާއްވައިލިއެވެ. އެއަށްފަހު […]
އައިމް ސޮރީ ފޯ ލެޓިން ޔޫ ގޯ ދެޓް ޓައިމް އެނޑް ދި ކްލާސް އިންސިޑެންޓް ޓޫ!’. އޭނާއަށް އައިސްފައި އިން މެސެޖުގައި އޮތީ އެހެންނެވެ. މެސެޖު ކޮށްފައިން މީހާގެ ނަން ފެނުމުން އިލީނާ އުނދަގޫ ގޮތަކަށް ހިން ދިރުވައިލިއެވެ. ***** “މިރިއިލް! ބަޓް ހައު؟”. އެހެން ބުނެލުމަށްފަހު އިލީނާ ވިސްނައިލީ މިރިއަލްއަށް އޭނާގެ ނަންބަރު ލިބޭނޭ ގޮތަކާއިމެދުއެވެ. އެވަގުތު އޭނާ ހަނދާންވީ ކުލާސް ފެށުނު ވަގުތުގައި ލެކްޗަރ ކްލާސް ގްރޫޕެއް ހެދުމަށްޓަކައި ހުރިހާ ކުދިންގެ ނަންބަރުތަށް […]
މުޅި ދުވަހު އިލީނާ ހޯދަމުން ދިޔައީ ހެނދުނު ދިމާވި ގޮތްނޭންގޭ ޒުވާނާއެވެ. އެ ތޫނު އަޅިކުލައިގެ ދެލޮލެވެ. ނަމަވެސް އޮރިއެންޓޭޝަން ނިމި ދިޔައިރުވެސް އޭނާއަށް އެ ޒުވާނާ ފެންނަ ގޮތެއް ނުވިއެވެ. އީތަން އާއި އިލީނާ މިޒާޖުގެ އެތްގޮތް ކަމުން އެވީ ކުޑަ ވަގުތު ކޮޅުތެރޭގައި ގާތް ރަހުމަތްތެރިންނަށް ވެއްޖެއެވެ. އޮރިއެންޓޭޝަން ނިންމާލަމުން ދެމީހުން ގެޔަށް ދިޔައީ އެކަކު އަނެކަކުގެ ނަންބަރު ހިއްސާކުރުމަށްފަހުއެވެ. އެ ދެމީހުންގެ އެކުވެރިކަން ފެށުނު ހިސާބަކީ އެއީއެވެ. ***** “މިރިއަލް!!” އިލީނާއަށް ހިޔާލުތަކުން […]
އިލީނާ މަތަވީ ކޮރިޑޯ ތެރެއިން އެ ދިމާލަށް އައި މީހެއްގެ ގައިގާ އަޅައިގަނެފައެވެ. ތޫލި ހަޅޭކެއްގެ އަޑު އޭނާގެ އަނގައިން ބޭރު ވުމާއެކު އޭނާ ވެއްޓެން ދިޔައެވެ. ***** އިލީނާއަށް ދެލޯ ހުޅުވާލެވުނީ ބާރުގަދަ އަތަކުން އޭނާގެ ގައިގައި ވަށައިލި އިހުސާސްވުމުންނެވެ. ލަސްލަހުން ދެލޯ ހުޅުވައިލި އިލީނާއަށް ހައިރާންކަމެއް ލިބުނީ އެ ޒުވާނާގެ ސޫރަ ފެނުމުންނެވެ. އެއީ ހަމަ އެ ޒުވާނާއެވެ. ހަމަ އެ އަޅިކުލައިގެ ކަޅިއެވެ. އޭނާގެ ހަނދާނަށް އައީ މީގެ ފަސްދުވަސް ކުރިން އޮރިއެންޓޭޝަނަށް […]
ސްވިޒަލޭންޑްގެ ޒޫރިކްގެ ފިނި ހެނދުނެކެވެ. ފަރުބަދަތަކުގެ މަތީގައި ހުދު ކަފަބޮޅުތަކެއް ފަދައިން ސްނޯ ފެތުރިފައިވާއިރު، އިލީނާ ހުރީ އޭނާގެ ކޮޓަރީގެ ބެލްކަނީގައި ހުއްޓިލައިގެން ބޭރު ބަލާށެވެ. އޭނާގެ މޫނަށް ބަލާލި ކޮންމެ މީހަކަށްވެސް އޭނާ އެ ހުރީ ބޮޑު ފިކުރެއްގައި ކަން އެނގޭނެއެވެ. އުމުރުން 18 އަހަރު ފުރުނުތާ މިއަދަށް މިއީ ދެވަނަ މަހެވެ. ނަމަވެސް އެ ދުވަހަށްފަހު އޭނާ އުޅެން މި ޖެހެނީ ގޮތް ނޭންގޭ ކަންތަށްގަނޑެއްގެ ތެރޭގައެވެ. “ލީނާ! ސައިބޯން އާދޭ! މިހާރު އެޔޮށްގެން […]
ސްވިޒަލޭންޑްގެ ޒޫރިކްގެ ފިނި ހެނދުނެކެވެ. ފަރުބަދަތަކުގެ މަތީގައި ހުދު ކަފަބޮޅުތަކެއް ފަދައިން ސްނޯ ފެތުރިފައިވާއިރު، އިލީނާ ހުރީ އޭނާގެ ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލާށެވެ. އުމުރުން 18 އަހަރު ފުރުނުތާ މިއަދަށް މިއީ ދެވަނަ މަހެވެ. ނަމަވެސް އެ ދުވަހަށްފަހު އޭނާ އުޅެން މި ޖެހެނީ ގޮތް ނޭންގޭ ކަންތައްގަނޑެއްގެ ތެރޭގައެވެ. *** ޒޫރިޗްގެ އުސް ޕައިން ގަސްތަކުގެ މަތިން އައި ފިނި ވައިރޯޅިއާއެކު، އެ ފިރިިހެން މީހާ އައިސް މަޑުޖެހިލީ އިލީނާގެ ކޮޓަރީގެ ބެލްކަންޏާ ދިމާލަށް […]