Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެންލޯބި

އަނދިރި ދުނިޔޭގެ ރަސްގެފާނު – 2

ޝނކސ
ޝނކސ Level 1
July 25, 2026 5 Mins Read
0 Comments

އިލީނާ މަތަވީ ކޮރިޑޯ ތެރެއިން އެ ދިމާލަށް އައި މީހެއްގެ ގައިގާ އަޅައިގަނެފައެވެ. ތޫލި ހަޅޭކެއްގެ އަޑު އޭނާގެ އަނގައިން ބޭރު ވުމާއެކު އޭނާ ވެއްޓެން ދިޔައެވެ.

*****

އިލީނާއަށް ދެލޯ ހުޅުވާލެވުނީ ބާރުގަދަ އަތަކުން އޭނާގެ ގައިގައި ވަށައިލި އިހުސާސްވުމުންނެވެ. ލަސްލަހުން ދެލޯ ހުޅުވައިލި އިލީނާއަށް ހައިރާންކަމެއް ލިބުނީ އެ ޒުވާނާގެ ސޫރަ ފެނުމުންނެވެ. އެއީ ހަމަ އެ ޒުވާނާއެވެ. ހަމަ އެ އަޅިކުލައިގެ ކަޅިއެވެ. އޭނާގެ ހަނދާނަށް އައީ މީގެ ފަސްދުވަސް ކުރިން އޮރިއެންޓޭޝަނަށް އައިއިރު ދިމާވި ކަންތަކެވެ.

***

“ދަރިފުޅާ ލީނާ! އަވަސްކުރޭ އެޔޮށް ގަޑިޖެހެނީ މިހާރު! ކޮން އިރެއްް މަންމަ ގޮވާތާ!”. އިލީނާ އަށް ހޭލެވުނީ އޭނާގެ މަންމަ ނަވާރް އޭނާއަށް ގޮވަމުން ކޮޓަރީ ދޮރުގައި ތަޅާ އަޑަށެވެ. ލީނާއަކީ އިލީނާއަށް އޭނާގެ މަންމަ ލޯބިން ގޮވާ ނަމެވެ. މޯޅިއަކަށް ދެމިލުމަށްފަހު އޭނާގެ މަންމައަށް ހޭލެވުނުކަން އަންގައިލައިފައި އޭނާ ފޯނު ނަގައި ގަޑި ބަލައިލިއެވެ. ދުވަހުގެ ތާރީހު ފެނުމާއެކު ހަނދާންވީ މިއަދު އޮންނަ އޮރިއެއްޓޭޝަނުގެ މަތިންނެވެ. އެނދުމަތި ތަރުތީބު ކޮށްލުމަށްފަހު އަވަސްއަވަހަށް އޭނާ ތައްޔާރުވާން ފެށީ ވަގުތު ކުޑަތަންވަމުން ދާތީއެވެ. އެ ކޮޓަރީގެ ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ސާދާކަމާއި ތަރުތީބު ކަމެވެ. މުށިކުލައާއި ކްރީމްކުލަ ބޭނުންކޮށްގެން މުޅި ކޮޓަރި ފަރުމާ ކުރެވިފައިވީއިރު، އެ ކޮޓަރި ތެރެއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ މަތީގައި އިން ޗާންދަލިއަރ އިންނެވެ.

އިލީނާ ފެންވަރާލައިގެން ނުކުމެ، ހެއަރ ޑްރަޔާއިން އޭނާގެ ރާޅުބާނި އިސްތަށިގަނޑު ހިއްކައިލުމަށްފަހު، މޫނުމަތީގައި ފުށްކޮޅެއް ޖަހައިލިއެވެ. އޭނާއަކީ އެއްއިރަކުވެސް މޭކަޕްކުރަން މާ ޝައުގުވެރިކަމެއް ހުރި މީހެއް ނޫނެވެ. އިލީނާ ހުރިހާ ކަމެއް ނިމިގެން އެ ކޮޓަރީގައި ހުރި އޭނާގެ އިސްކޮޅު ވަރުގެ ލޯގަނޑު ކުރިމަތީގައި ހުރެ އަމިއްލަ ނަފްސުގެ ފުރިހަމަކަން ބަލައިލިއެވެ. ހުދުކުލައިގެ ސްކާޓްއަކާއި މަތިން މުށިކުލައިގެ ޓޮޕްކޮޅެއްގައި އިލީނާފެންނަލެއް ނުލާހިކު ލޯތްބެވެ.

“ޕަރފެކްޓް!”. އެހެން ބުނެލުމަށްފަހު އިލީނާ އޭނާގެ އަތުގައި އޮތް ކްރީމްކުލައިގެ ޖެކެޓް ގަޔަށް މަހާލުމަށްފަހު، ފަހު ފަހަރަށް ލޯގަނޑުން އޭނާގެ ސޫރަ ބަލައިލިއެވެ. އެއްވެސް އުނިކަމެއް ފެންނަން ނެތުމުން ކޮޓަރިން ނުކުތުމަށްފަހު އޭނާގެ މިސްރާބު ހުރީ ބަދިގެއާއި ދިމާލަށެވެ.

“ގުޑް މޯނިން!”. ސިޑިން ފައިބަމުންދިޔަ އިލީނާގެ ހިނގުން މަޑުޖެހިލީ މަތިން އޭނާގެ ދޮންބެ ދާނިޔަލް ހެނދުނުގެ ސަލާމް ބުނެލި އަޑަށެވެ. ފަހަތް ބަލައިލުމަށްފަހު ހިނިތުންވުމެއް ދިނުމަށްފަހު އޭނާ ވެސް ދާނިޔަލް އަށް ހެނދުނުގެ ސަލާމް ރައްދުކޮށްލިއެވެ. ދެބެން ވެގެން ބަދިގެއަށް ވަތް އިރު އެ ދެމީހުންގެ ބައްޕަ ޝަހުޒާން ކައިރީގައި ނަވާރް ހުރީ ކޮފީ ތައްޓެއް ގިރާށެވެ. ޝަހުޒާންގެ ކުރިމަތީގައި އޭނާ މަސައްކަތް ކުރަން ގެންގުޅޭ ލެޕްޓޮޕް ހުޅުވާލެވިފައި ވީ އިރު އޭނާ އިނީ ކޮންމެވެސް މަސައްކަތެއް ކުރާށެވެ. ދޭތެރެއަކުން ނިތަށް ރޫ އަރުވާލައިފައި ބޯ ކަހާލާ ހަދާލާތީ ކުރަމުންދަނީ ކުޑަ މަސައްކަތެއް ނޫންކަން އިނގެއެވެ. ނެވީ ކުލައިގެ ފަޓުލޫނަކާއިއެކު، ހަމަ އެކުލައިގެ ޓައީއެއް އަޅައިގެން، ހުދުކުލައިގެ ގަމީހެއްގައި އިން އިރު ޝަހުޒާންގެ ޝަހުސިއްޔަތުގެ ވަރުގަދަކަން ހާމަވެއެވެ. އޭނާގެ ނޭވީ ކުލައިގެ ކޯޓު އޮތީ މޭޒުމަތީގައި ވާއަތްފަރާތުގައި ބާއްވައިފައިއެވެ. ނުރައަށް ވާންވެފައި ހުރި އިސްތަށިގަނޑާއި، ތުނބުޅި ވަނީ ރީތި ވަރަކަށް ތުނިކޮށް ކޮށާލައިފައެވެ. ހަށިގަނޑަށް ބަލާ ބެލުމުން ރަނގަޅަށް ކަސްރަތުކޮށް އުޅޭ މީހެއްކަން ހާމަވެއެވެ.

“ކޮބާ ބައްޕިގެ ޕްރިންސަސް މިއޮތް އައީއެއްނު!”. ޝަހުޒާންއަށް އިލީނާ ފެނުމާއެކު ބުނެލިއެވެ. އިލީނާ ރައްދުގައި އޭނާގެ ބައްޕައަށް ހިނިތުންވުމެއް ދިނެވެ.

“މިއަދު މިއީ ދަރިފުޅުމެންގެ ފަސްޓް ޑޭ ވީމަ މަންމަ ހުންނާނީ މީރު އެއްޗެއް ހަދާފައި! ދާނުގެ އޮފީސް ފަސްޓް ޑޭ! ލީނާގެ ޔުނިވާސިޓީ އޮރިއެއްޓޭޝަން! ގުޑް ލަކް ދެކުދިންނަށްވެސް!”. އެދެމީހުން ބަދިގެއަށް ވަނުމުން އެހެން ބުނެފައި ނަވާރް އަވަސްވެގަތީ ސުފުރާ މައްޗަށް ހެދިކާތަށް އަރުވާށެވެ. ތަށިތަކުގެ މަތި ނެގި ހިނދުގައި އަރައިގެން އައި މީރު ވަހުން އިލީނާއަށް ދެލޯ މަރައިލެވުނެވެ. ދާނިޔަލް އަށް ހެދިކާތަށް ފެނުމުން ހީވީ ދުވަހަކު ކާން ނުލިބި ހުރި މީހަކަށް ކާއެއްޗެއް ފެނުން ހެންނެވެ. އަވަސް އަވަހަށް ގޮނޑީގައި އިށީންދެ އޭނާ ކާން ފެށިއެވެ. އިލީނާވެސް ދާނިޔަލްގެ ކައިރީގައި އިށީނުމަށްފަހު ސަޔަށް އިންސާފުކުރަން ފެށިއެވެ. އިރުކޮޅަކޮޅާ ނަވާރް ދާނިޔަލްއާއި ދިމާލަށް އާއި ދިމާލަށް ލަސްލަހުން ކާން ބުނާއަޑު ބަދިގެތެރެއިން އިވިލައެވެ.

“މިއަދު އަންނަން ވާނީ ތި ބޯ ކޮށައިގެން. އެހެންނޫނީ މަންމަ ފަހަން ގެންގުޅޭ ކަތުރުން ބޯ ކޮށާލާނަން!”. ސަޔަށް އިންސާފުކުރުމަށްފަހު އެންމެން އެމީހުން ދާން ހަމަޖެހިފައިވާ މަންޒިލަށް ދިއުމަށްޓަކައި ކާރަށް އަރަން ދިޔައިރު ނަވާރް ދާނިޔަލް އާއި ދިމާލަށް ބުންޏެވެ. ރައްދުގައު ދާނިޔަލް ހިނިގަނޑެއް ޖަހައިލުމަށްފަހު މިއަދު ގެޔަށް އަންނާނީ ބްރެއިޑް ކޮއްލައިގެންނޭ ބުނީ އޭނާގެ މަންމަ ރުޅިއަރުވައިލުމަށެވެ. ކަން ވީވެސް އޭނާ ހީކުރި ގޮތަށެވެ. ނަވާރް އޭނާގެ ގައިގައި ބޮނޑިއެއް އަޅައިލުމަށްފަހު 27 އަހަރު ވީއިރުވެސް ބޮޑެއް ނުވެއޭ ބުނެލިއެވެ.

ވަގުތު ކުޑަތަންވެފައި ހުރުމުން އިތުރު ވާހަކައެއް ނުދައްކައި އެންމެންވެސް އަވަސްވެގަތީ އެމީހުންގެ މަންޒިލަށް ދިއުމަށެވެ. އިލީނާ ކާރުގެ ފަހަތަށް އެރި އިރު ދާނިޔަލް އިނީ ކާރުގެ ކުރީގައެވެ. އެދެމީހުން ކާރަށް އެރުމާއިއެކު ޝަހުޒާން ކާރު ދުއްވައިލިއެވެ.

އިލީނާމެންގެ ހުންނަނީ ވަލުތެރޭގައި އަލަށް މީހުން އާބާދުވާން ފަށާފައި ހުރި ހިސާބެއްގައި ކަމުން އެ ދިމާލުން އަވަށުތެރެއަށް ނުކުމެވޭނީ 10 މިނިޓުގެ ދުއްވުމަކަށްފަހުއެވެ. އިލީނާ އިނީ ކުޑަދޮރުން ބޭރުން ތުނި ތުނިކޮށް ވެހެމުންދިޔަ ސްނޯ ބޯޅަތަކަށް ބަލާށެވެ. އެމީހުން ދުއްވަމުންދިޔަ މަގުގެ ދެފަރާތުގައި ހުރި ބިޔަ ބޮޑެތި ޕައިން ގަސްތަކުގައި ސްނޯ ހަރުލާފައިވާ މަންޒަރު ރީތިކަމުން އިލީނާގެ ހިތުގެ އަޑިން ތައުރީފު ކޮށްލިއެވެ. އެހެން އިނދެފައި ފޯނު ނެގުމަށްފަހު އޭނާ އެ ހިއްގައިމު މަންޒަރު ފޯނުގައި ރައްކާކޮށްލިއެވެ.

“މި އާދެވުނީ!”. އިސްދަށަށް ޖަހައިގެން ފޯނާއިކުޅެން އިން އިލީނާ ބަލައިލީ އޭނާގެ ބައްޕަ ޝަހުޒާން އެހެން ބުނެލި އަޑަށެވެ. އޭނާ ޝަހުޒާން އާއި ދާނިޔަލްއަށް ހިނިތުންވުމެއް ދިނުމަށްފަހު ކާރުން ފޭބިއެވެ. އެވަގުތު ޝަހުޒާން އޭނާގެ ކައިރީގައި ނިމުމުން ގުޅަން ބުނެފައި ކާރު ދުއްވައިލިއެވެ. އިލީނާ އިސް އުފުލައި ކުރިމަތީ ހުރި ބިޔަ ބޮޑު އިމާރާތަށް ބަލައިލިއިރު އޭނާ ހުރީ އަޖައިބުވެފައެވެ. ވަށައިގެން ބިއްލޫރި ޖަހާފައިވާއިރު އެ އިމާރާތް ހުރީ ޑައިމަންޑް ބައްޓަމަށެވެ. އިމާރާތުގެ މެދަށް ވާ ގޮތަށް ބޮޑު އަކުރުން ހެލްވިޓާ ޔުނިވާސިޓީ ޖަހާލައިފައި އިނެވެ. އެ އިމާރާތް ހުރި ބިމަށް ވަދެވެން ދެވެނީ ކުރިމަތީ ހުރި ބޮޑު ދަގަނޑު ގޭޓަކުންނެވެ. އެ ގޭޓުގައި އިލީނާގެ 4 އިސްކޮޅު ހުރި އިރުގައި ގޭޓަށްވުރެ ތިރިކޮށް ރާނާފައިވާ ފާރުމަތީގައި ވަނީ ދަގަނޑު އޫ ފާޑުގެ ތޫނު އެއްޗެހިތަކެއް ބެހެއްޓިފައެވެ. އެކަމުން ވެސް ތަނުގެ ސެކިއުރިޓީގެ ވަރުގަދަކަން ހާމަވެއެވެ.

އިލީނާ ގަޑި ބަލައިލިއިރު އޮރިއެންޓޭޝަން ފެށެން އިނީ ބާކީ އެންމެ 10މިނިޓެވެ. އޭނާ ހިނގައިގަތީ ގޭޓުން އެތެރެއަށް ވަނުމަށެވެ. ނަމަވެސް ގޭޜުން އެތެރެޔަށް އެޅި ފަޔާއެކު ހީވީ މުޅި މީހާ އަނދައިގެން ދިޔަ ހެންނެވެ. ދިލަ ހޫނެއް ބުޅި ގަޔަށް އަރައިގެން ދިއުމާއިއެކު އިލީނާ އަވަސްއަވަހަށް އޭނާގެ ފައި ބޭރަށް އެޅިއެވެ. އޭނާއަށް ނޭވާ ލެވުނީ އެވަގުތު އެވެ. އެ ދިމާވީ ކަމަކުން އެ ފިނިގަދަ ދުވަހުވެސް އިލީނާ ދާހިއްލައި ފޯވިއެވެ. އޭރު އޭނާގެ ގައިގައި އަޅަމުންދިޔަ ވޭން ވަނީ އެތަށްގުނައަކަށް އިތުރުވެފައެވެ. އިސާހިތަކު މީހުން ހިނގާ އަޑާއި ވާހަކަދައްކާ އަޑު އޭނާއަށް އިވެންފެށީ ނުލާހިކު ބާރަށެވެ. ހިނދަކަށްވުރެ ހިނދެއް އަޑު ބާރުވަމުން ގޮސް އޭނާއަށް ލޯ މަރާލައި ހުރި ތަނަަށް އިށީންދެވުނީ ދެން ކެތް ނުވާނޭހެން ހީވުމުންނެެވެ. އޭނާގެ ހަށިގަނޑަށް ލުއި ވެލިހެން ހީވުމުން އޭނާ ދެލޯ ހުޅުވައިލިއެވެ. އޭނާގެ ކޮނޑުމަތަިގައި އަތްތިލައެއް ބާއްވައިލެވިފައިވީ ކަން އިހުސާސްވީ އެވަގުތުގައި އެވެ. މައްޗަށް ބަލައިލިއިރު އޭނާ ދިއައީ އާޝޯހުވެގެންނެވެ.

ބުޅި އިސްތަށިގަނޑެއް ލިބިފައި ހުރި އިސްކޮޅުން ހަ ފޫޓުގެ އެ ޒުވާނާ ހުރީ އޭނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. މޫނު ހުދުކަމުން ހަޑިގަނޑުގައި ލޭގެ އަސަރު ހުރި އިންސާނެއްހެނެއް ހިޔެއް ނުވެއެވެ. އިލީނާ އޭނާގެ މޫނު ރަނގަޅަށް ފެނުނު އިރު އޭނާ އެންމެ އަޅާގަތީ އެ ޒުވާނާގެ އަޅިކުލައިގެ ކަޅީގައެވެ. ހިތްތަށް ކަތިލާކަހަލަ ތޫނު ނަޒަރެއް އޭނާ އިލީނާއަށް ދީގެން ހުރި އިރުގައި އެ ރީތިކަމަށް އިލީނާއަށް ތައުރީފު ކޮށްލެވުނެވެ. ކަޅުކުލައިގެ ހޫޑީއެއް ލައިގެން ހަމަ އެކުލައިގެ ޖިންސެއްލައިގެން ހުރި އިރު އިލީނާ ބަލާއުޅޭ ޑްރާމާތަކުގައި އުޅޭ ފިރިހެނެކަށް އެ ފިރިހެން މީހާ ދުލެއް ނުކުރާނެއެވެ.

“ޔޫ ކޭން ގެޓް އިން ނައު!”. އިލީނާ އަޖައިބުވީ އެ ޒުވާނާ އެހެނުް ބުނެލުމުންނެވެ. އޭނާގެ ބަރު އަޑު ކަންފަތުގައި ޖެހިފައި އިލީނާގެ ހަށިގަނޑުގެ ލޯލިތަށް ކޮޅަށްޖެހުނެވެ. އެ ޒުވާނާ އެހެން ބުނެލުމަށްފަހު ދާން ހިނގައިގަތުމުން އިލީނާއަށް ތެދުވެ އޭނާގެ ފަހަތުން ހިނގައިގަނެވުނީ ކީއްވެކަމެއް ނޭންގުނެވެ. ހީވަނީ ނުފެންނަ ބާރަކުން ދަމާފައި ގެންދާ ހެންނެވެ.

“ހޭއި! އަމް… ތޭންކްސް!”. އިލީނާ ބާރުބާރަށް ހިނގާލައިފައި އެޒުވާނާ އަރާ ހަމަ ކޮށްފައި ބުނެލިއެވެ. އެ ޒުވާނަަ ޖަވާބެއް ނުދީ އިލީނާއަށް ބަލައިލުމަށްފަހު ހީލިއެވެ. އެ ހީލުން ފެނުމުން އިލީނާއަށް ވާވް އޭ ބުނެވުނެވެ. ބާރަށް ބުނެވުންކަން އެނގުމުން އިލީނާ ގަތީ އަމަށަކު ލަދެއް ނޫނެވެ. ގައި ހުރި ބާރުލައިފައި ހޯލްތެރެއަށް ވަންނަން ހިނގައިގަތެވެ. އޭރު އޭނާގެ ގައިގައި ހުރި ހުރިހާ ލެޔެއް ހުރީ އޭނާގެ ކޮލަށް ޖަމާވެފައެވެ.

ހޯލްތެރެއަށް ވަނުމަށްފަހު ހޯލްގެ މެދަކާއި ހިސާބުގައި އިން ގޮނޑިއެއްގައި އިލީނާ އިށީނެވެ. އެވަގުތު އޭނާ ކައިރީގައި އައިސް ޖައްސައިލީ ޒުވާން ފިރިހެން ކުއްޖެކެވެ. އެ ޒުވާނާގެ އިސްތަށިގަނޑު ފަން ވެފައި ހުރީ ކޮނޑާއި ހިސާބަށް ދިގު ކޮށްލައިފައެވެ. ތުނބުޅިވެސް ފުދވަރަކަށް ދިގުކޮށްލާފައި ހުރި އިރު، އޭނާ ހުރީ އަޅިކުލައިގެ އޯވާސައިޒް ޓީޝާޓް އަކާއި، ހަމަ އެކުލައިގެ އޯވާސައިޒް ކެރޮޓް ޖިންސެއް ލައިގެންނެވެ.

“ހާއި! އައިމް އީތަން! ޑޯންޓް މައިން ވަރަށް އަނގަ ގަދަ ވާނެ! އައި މީން އައި އޭމް ވެރީ ޓޯލްކެޓިވް! އައި ހޯޕް އޫ ޑޯންޓް މައިންޑް!”. އިލީނާ ބަލައިލީ އޭނާގެ ކައިރީގައި އައިސް އިށީން ޒުވާނާ ވާހަކަ ދައްކަން ފެށުމުންނެވެ. ހީލުމަށްފަހު އޭނާވެސް ތަޢާރަފް ވެލިއެވެ. އިލީނާއަކީ ދިވެއްސެއްކަން އެނގުމުން އީތަން ހުރީ ނުލާހިކު އުފަލުންނެވެ. އޭނާ އަށް ރާއްޖެ ކުއްޖަކާ ދިމާނުވާނެ ކަމަށް ހިތަށް އެރި ވާހަކައާއި، ދިމާވުމުން ވަރަށް އުފާ ވެއްޖިކަމަށް އީތަން ބުންޏެވެ. އެކަމަކު އޭނާ ވެސް ފުރަތަމަ ހުރީ އިލީނާ އެހެން ބުނުމުންވެސް އެއީ ރާއްޖެ ކުއްޖެއް ކަން ގަބޫލު ނުކޮށްށެވެ. އެ މަޑުފެހިކުލައިގެ ކަޅި ފެނިފައި ގަބޫލުކުރަން ވެސް އުނދަގޫ ވާނެތާއެވެ.

މުޅި އޮރިއެޓޭޝަންގެ ވަގުތު އިލީނާ ހޯދަމުން ދިޔައީ ހެނދުނު ދިމާވި ގޮތްނޭންގޭ ޒުވާނާއެވެ. އެ ތޫނު އަޅިކުލައިގެ ދެލޮލެވެ. ނަމަވެސް އޮރިއެޓޭޝަން ނިމިގެން ދިޔައިރުވެސް އޭނާއަށް އެ ޒުވާނާ ފެންނަ ގޮތެއް ނުވިއެވެ. އީތަން އާއި އިލީނާ މިޒާޖުގެ އެތްގޮތް ކަމުން އެވީ ކުޑަ ވަގުތު ކޮޅުތެރޭގައި ގާތް ރަހުމަތްތެރިންނަށް ވެއްޖެއެވެ. އޮރިއެއްޓޭޝަން ނިންމާލަމުން ދެމީހުން ދިޔައީ އެކަކު އަނެކަކުގެ ނަންބަރު ނަގައިގެންނެވެ. އެ ދެމީހުންގެ އެކުވެރިކަން ފެށުނު ހިސާބަކީ އެއީއެވެ.

Share Article

ޝނކސ
Follow Me Written By

ޝނކސ

Level 1

Other Articles

Previous

ބަސް ނެތީކީއެއް ނޫނެވެ. ބަސްކޮށާރު މުއްސަނދި ނޫނިީއެވެ.

Previews
July 24, 2026

ބަސް ނެތީކީއެއް ނޫނެވެ. ބަސްކޮށާރު މުއްސަނދި ނޫނިީއެވެ.



All Right Reserved!