Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އަނދިރި ދުނިޔޭގެ ރަސްގެފާނު – 4

ޝނކސ
ޝނކސ Level 1
July 27, 2026 4 Mins Read
0 Comments

އައިމް ސޮރީ ފޯ ލެޓިން ޔޫ ގޯ ދެޓް ޓައިމް އެނޑް ދި ކްލާސް އިންސިޑެންޓް ޓޫ!’. އޭނާއަށް އައިސްފައި އިން މެސެޖުގައި އޮތީ އެހެންނެވެ. މެސެޖު ކޮށްފައިން މީހާގެ ނަން ފެނުމުން އިލީނާ އުނދަގޫ ގޮތަކަށް ހިން ދިރުވައިލިއެވެ.

*****

“މިރިއިލް! ބަޓް ހައު؟”. އެހެން ބުނެލުމަށްފަހު އިލީނާ ވިސްނައިލީ މިރިއަލްއަށް އޭނާގެ ނަންބަރު ލިބޭނޭ ގޮތަކާއިމެދުއެވެ. އެވަގުތު އޭނާ ހަނދާންވީ ކުލާސް ފެށުނު ވަގުތުގައި ލެކްޗަރ ކްލާސް ގްރޫޕެއް ހެދުމަށްޓަކައި ހުރިހާ ކުދިންގެ ނަންބަރުތަށް ނެގި ހަނދާނެވެ. ދެވަނަ ސިކުންތުގައި އިލީނާގެ ލޯ ކުރިމަތީގައި ކުރެހިގެންދިޔައީ މިރިއަލްގެ ޒުވާން ސޫރައެވެ. ނަމަވެސް މިއަދު ހިނގައިދިޔަ ހާދިސާތަށް ހަނދާންވުމުން އޭނާގެ މޫނުމައްޗަށް ރުޅިވެރިކަން ފާއްދައިލުމަށް ނެގީ މަދު ސިކުންތުކޮޅެކެވެ.

“ހުއް! ވަރަށް ފޫހިވޭ އޭނާގެ ސަބަބުން މައި ހޯލް ޑޭ ވޯޒް ރުއިންޑް!”. އެހެން ބުނެފައި އިލީނާ ފޯނު ސައިލެންޓަށް ލުމަށްފަހު އޮށޯއްވެލީ އަރާމުކޮށްލުމަށެވެ. ވެފައި ހުރި ވަރުބައްޔާއިއެކު އޭނާގެ ލޮލަށް ނިދި ސަވާރުވާން ނެގީ މަދު ސިކުންތުކޮޅެކެވެ.

***

އެއްވެސް އަލިކަމެއްނުވާ ކޮޓަރިއެއްގެ ތެރޭގައި ހިކި އަނަރޫފައިވެފައި އިން މީހަކު އިނެވެ. ހަށިގަނޑަށް ބަލައިލުމުން މީން ދުވަހަކު އެއްޗެއް ކައިފައި ހުރި ހެނެއް ހިޔެއް ނުވެއެވެ. އޭނާގެ ދެ ކޮލާއި، ދެލޯ ވަޅުވަދެފައި ވީއިރު މޭމަތިން ކަށިތަށްވެސް ހުރީ އަރައިފައެވެ. އޭނާގެ ބޮލާއި، ތުނބުޅި މަތިމަސް ދިގުކަމުން މޫނުން ބައެއްވަނީ ފޮރުވިފައެވެ. އެތަނުން ފަނިފަކުސާ ގޮވާ އަޑު ނުން އަޑެއް ނީވެއެވެ. ފާހަނާ ކުރުމަށް ކުޑަކުޑަ ބާލިދީއެއް ހުރުން ފިޔަވައި އިތުރު އެކައްޗެއްވެސް އެ ކޮޓަރިގަނޑަކު ނެތެވެ. ކުޑަދޮރެއްވެސް ނެތުމުގެ ސަބަބުން އެތާގައި އޮންނަ މީހަކަށް ރޭގަނޑެއް ދުވާލެއް ވަކި ކުރާކަށް ނޭންގޭނެއެވެ.

އެމީހާ އިސް އުފުލައިލައި ބަލައިލީ އެ ކޮޓަރީގެ ދަގަނޑު ބިޔަ ދޮރުގެ ތަޅު ގަދަ އަޑަކާއި އެކު ހުޅުވުމުންނެވެ. އެއާއިއެކު ދަބަރު އަޑަކާއިއެކު ދޮރު ހުޅުވިގެންދިޔައެވެ. ނަމަވެސް އެއްވެސް އަލިކަމެއް އެތަނުގެ ތެރެޔަކަށް ނުވަދެއެވެ. އެ ދޮރުން ވަދެގެން އައީ އިސްކޮޅުން ދިގު ބިޔަ މީހެކެވެ. ކަޅުކުލައިގެ ފޮތިން ބޮލާއިއެކު، މުޅި ހަށިގަނޑު ނިވާކޮށްފައި ވީއިރު ހަމަ އެކަނި ފެންނަނީ އޭނާގެ ރަތް ކުލައިގެ ކަޅިއެވެ. އެ މީހާ އޭނާ އާއި 3ފޫޓު ދުރުގައި ކުރިމަތީގައި ލޯވައްޓެއް ބޭންދުމަށްފަހު ދޮރު ކައިރީގައި އޭނާ ފާހަނާ ކުރުމަށް ބަހައްޓާފައި ހުރި ބާލިދީ ހިފައިގެން އެމީހާ ބޭރަށް ނުކުތެވެ.

އެމީހާ ނުކުތުމަށްފަހި ދޮރު ޖެހުމުން އެ ފިރިހެން މީހާ އަވަސްވެގަތީ އެތަނުގައި ބައިންދާފައި އިން ލޯވަށި ނެގުމަށެވެ. ތަށި ނެގުމަށްފަހު އޭނާ އެންމެ ހިނދުކޮޅެއްވެސް ލަސްކޮށްނުލައި ތަށީގައި އަނގަ ޖެހުމަށްފަހު ބޯލިއެވެ. އެ ބުއިމުގެ އަސަރު އޭނާގެ ހަށިގަނޑަށް ކުރުމާއެކު ރަތް ކުލައިން އޭނާގެ ދެލޯ ދިލުނެވެ. އޭނާގެ އަނގަ ހުޅުވާލި ވަގުތުގައި އޭނާގެ އަނގައިގެ ދެކޮޅުގައިވާ އާދަޔާހިލާފަށް ތޫނު ތޫނު ދެ ދަތް ހާމަވެގެންދިޔައެވެ. އޭނާގެ އަނގައިން ނުކުތް ގަދަ ހަޅޭކާއިއެކު އޭނާގެ އަތުގައި އޮތް ލޯވަށި އަތުތެރެޔަށް ފުނޑުފުނޑުވެގެން ދިޔައެވެ. އެ ހަޅޭކުގެ އަޑު އިރުގަނޑެއް ވަންދެން އެ ކޮޓަރި ތެރޭގައި ގުގުމާލައި ގުގުމާލައި ހުއްޓެވެ.

***
އިލީނާއަށް ހޭލެވުނީ އޭނާގެ ތުންފަތަށް ދިލަ ހޫނެއް ވާން ފެށުމުންނެވެ. އޭނާ ބްލޭންކެޓް ގައިމަތިން އެއްފަރާތް ކޮށްލުމަށްފަހު އަވަސް އަވަހަށް ތެދުވެގެން ގޮސް ލޯގަނޑުން މޫނު ބަލައިލިތަނާހެން ސިހިގެން ދިޔައެވެ. އޭރު އޭނާގެ ތުންފަތުން ފަޅައިގެން ގޮސްފައިވާ ތަން ވަނީ ވިލު ނޫކުލައަކުން ނާރުތަށް ދިލިފައެވެ. ހީވަނީ އެތެރޭގައި ފަނި ދުވާހެންްނެވެ. އަދި އޭނާގެ މަޑުފެހި ކުލައިގެ ކަޅީގެ ބަދަލުގައި މިހާރު ވަނީ ޕާޕަލް ކުލައިގެ ކަޅިއެކެވެ. އިރުކޮޅަކު އެހެން ހަރަކާތެއް ގެންނަން ނޭންގިފައި އިލީނާ ހުރީ އޭނާގެ ހަށިގަނޑަށް އަންނަމުންދާ ބަދަލުތަކުން ހައިރާންވެފައެވެ.

ދެން ދިމާވީ އަދި މާ ހައިރާން ކުރުވަނިވި ކަމެކެވެ. އޭނާގެ ހަށިގަނޑު އާދަޔާ ހިލާފަށް ހޫނުވެފައި ދާހިއްލާ ފޯވީ ބަސް ބުނާހައި މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ލޯގަނޑުން އޭނާގެ ސޫރަ ފެންނައިރު ހީވަނީ މުޅި ގައިން އާވި އަރާހެންނެވެ. އިލީނާއަށް އޭނާގެ އަތަށް ބަލައިލެވުނީ އަތުގެ ނިޔަފަތި ތަކަށް ވާން ވުމުންނެވެ. އޭރު އޭނާގެ ނިޔަފަތިތަށް ވަނީ ކޮޅަށް ތޫނުވެ ހުރި މިނަށްވުރެ 5ގުނަ ދިގުވެލައިފައެވެ. އެވަގުތު އޭނާގެ އަތުގައި އެޅި ވޭނަށް ކެތް ނުކުރެވިގެން އޭނާގެ އަނގައިން އަޑެއް ނިކުމެދާނެތީ އިލީނާ ތުންފަތުގައި ދަތް އަޅާލިއެވެ. އެވަގުތު ގަބޫލު ނުކުރެވޭ ފަދައަކުން އޭނާ ލޯގަނޑަށް ބަލައިލިއިރު އޭނާއަށް މި ފެންނަމުން ދަނީ ހަމަ އޭނާގެ ސޫރަ ބާއޭ އެލީނާގެ ހިތަށް އެރިއެވެ. ހިރުގަނޑަށް ބާރު ކުރުމަށްފަހު ކޮޅަށް ތޫނުކޮށް އޭނާގެ ދެ ފޭރާ ދަތް ދިގުވަމުން ދާ ތަނަށް ބަލައިލެވުނީ ބިރުވެރި ކަމާއިއެކުގައެވެ. އެހެން ލޯގަނޑަށް ބަލަން ހުއްޓައި އޭނާގެ ސޫރަ ލޯގަނޑުން މަޑުމަޑުން ފޭދެމުންގޮސް ގެއްލުން ވަގުތު އިލީނާ ބޮލުގައި އަތް އަޅައިލުމަށްފަހު ގައިހުރި ބާރަށް ހަޅޭއްލަވައިގަތެވެ.

***

“ދަރިފުޅާ! ކިހިނެއްވީ! ހުރިހާކަމެއް ރަނގަޅުތަ؟”. އިލީނާއަށް ހަމަ ބިމަށް އާދެވުނީ އޭނާގެ މަންމަ ދޮރުގައި ތަޅާގަތަމުންނެވެ. ފެނުނީ ހުވަފެނެއްކަން އެނގުމުން ހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ.

“މަންމާ އެ މާ ބޮޑުކަމެއް ނުވޭ! ހުވަފެނެއް ފެނުނީ!”. އިލީނާ އޭނާގެ މަންމައަށް ރައްދުގައި ބުނެލިއެވެ. އެހެން ބުނުމުން ނަވާރް އޭނާ ކައިރީގައި ނަމާދު ވަގުތު ފާއިތުނުވަނީސް ނަމާދުކުރުމަށް ބުނުމަށްފަހު ދިޔައެވެ. ކުޑަ އިރުކޮޅަކު ފެނުން ހުވަފެނާއިމެދު ވިސްނަން އިނދެފައި އިލީނާ ހިޔާލުތަކުން ދުރުވެލީ، ހުވަފެނަކީ ބިލާހެއްކަން އިނގޭތީއެވެ. އިލީނާ ފޯނު ނަގައި ގަޑި ބަލައިލިއެވެ. އޭނު ގަޑިން 5 ޖަހައި ބޮޑުވީއެވެ.

އޭނާ އެނދުމަތި ތަރުތީބުކޮށްލުމަށްފަހު، ފާހަނާއަށް ވަދެ، ވުލޫކުރަން އުޅުނު ވަގުތުގައި ސިހުނީ ތުންފަތް ފަޅައިގެން ގޮސްފައި އިންތަނުގައި ލަކުނެއްގެ އަސަރުވެސް ނެތުމުންނެވެ. ނަމަވެސް އެކަމާއި މާބޮޑަށް ވިސްނަން ނުހަދައި އޭނާ ވުޟޫކޮށްލައިގެން ނިކުމެ ނަމާދުކޮށްލިއެވެ. އެއަށްފަހު ބަނޑުހައިވެފައި ހުރުމުން ދިއައީ ބަދިގެއަށް ކާނޭ އެއްޗެއް ހޯދުމަށެވެ.

އިލީނާ ކަބަޑު ސެޓާއި އިންވެގެން ހުރި 6ފޫޓުގެ ބޮޑު އައިސް އަލަމާރި ހުޅުވާލުމުން އިލީނާގެ ގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. އޭނާ އަށް އެންމެ މީރު މޭވާ ކަމަށްވާ ޑްރެގަން ފްރުޓް އެ އައިސްއަލަމާރީގެ ވަތްގަނޑެއް ފުރެންދެން އަޅައިފައި ހުއްޓެވެ. އިލީނާ ކިޔަވަން ރާއްޖޭގައި އުޅުނު އިރު މި މޭވާ ގިނައިން ލިބުނު ކަމުގައިވީނަމަވެސް ސްވިޒަލޭންޑަށް އައުމުގެ ފަހުން މިއީ މި މޭވާ ލިބޭ ފުރަތަމަ ފަހަރެވެ. އޭނާ އެތަނުން 4ވަރަކަށް ޑްރެގަން ފްރުޓް ނެގުމަށްފަހު ކެއުމަށް ތައްޔާރުކޮށްލިއެވެ. އެއަށްފަހު ސިޓިން ރޫމަށް ތަށި ހިފައިގެން ނިކުމެ އޭނާ ޖައްސައިލީ ޓީވީ ދޮށުގައެވެ. އޭރު އޭގެއިން ދައްކަމުންދިޔައީ އޭނާ އެންމެ ގަޔާވާ ޓޮމް އެންޑް ޖެރީއެވެ. އެހެން އިންދައި ވަގުތު ދިޔަ ގޮތެއްވެސް އޭނާ އަކަށް ނޭންގުނެވެ.

***

އިޝާނަމާދު ކޮށްލައިގެން އިލީނާ އިށީނީ މިއަދު ކޮލެޖުން ދީފައިހުރި ހޯމްވޯކްތަށް ނިންމުމަށެވެ. އެ މަސައްކަތް ކުރަމުން ދިޔައިރު އިރުކޮޅަކޮޅާ ގަލަނުގެ ފޫ އަނގައަށްލާ ހަފައިލައެވެ. އިލީނާގެ ދޮންބެ ދާނިޔަލް، ޝަހުޒާން ފަދައިން ބިޒްނަސް ކިޔެވި ނަމަވެސް އިލީނާގެ ޝައުގުވެރިކަން ހުރީ މެޑިސިންއަށެވެ. ނަސީބު ދިމާކުރިގޮތުން އޭނާގެ ބައްޕަ ޝަހުޒާންގެ ކޮންޕެނީ ‘ނޯވާ އެސްޓޭޓްސް’ ސްވިޒަލޭންޑްގައި އޮތުމުން އެ ގައުމަށް ބަދަލުވުން ވީ ނުލާހިކު ފަސޭހަ ކަމަކަށެވެ. އަދި ޝަހުޒާންގެ ރައްޓެއްސެއް ހެލްވިޓާ ޔުނިވާސިޓިގެ ބޯޑް މެންބަރަކަށް ވުމުގެ ސަބަބުން އެތަނުން ޖާގައެއް ހޯދުންވެސް ވީ ނުލާހިކު ފަސޭހަ ކަމަކަށެވެ. އަދި މީގެ އިތުރުން އިލީނާ ވަނީ އެ ޔުނިވާސިޓީގެ އެންޓްރީ އިމްތިހާނުން އެންމެ މަތިން ފާސްވެފައެވެ. އިލީނާއަކީ ކުޑައިރުއްސުރެ ކިޔެވުމަށް ލޯބި ކުރަމުން އަންނަ ކުއްޖެކެވެ. އޭނާ ވަނީ އޯލެވެލްގައި ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނި އޭނާގެ މައިންބަަފައިންނާއި އަމިއްލަ ނަފްސު ފަޚްރުވެރިކޮށްދީފައެވެ.

ޒޫރިކްގެ އުސް ޕައިން ގަސްތަކުގެ މަތިން ޖެހިލި ވައިރޯޅިއަކާއިއެކު ފެންނަމުން ދިޔައީ ކަޅުކުލައިގެ ފޮތިން މުޅި ހަށިގަނޑު ނިވާ ކޮށްފައިވާ މީހެކެވެ. ހަމައެކަނި ފެންނަނީ އޭނާގެ ރަންކުލައިގެ ދެލޮލެވެ. އޭނާ އެއްގަސް މަތިން އަނެއް ގަސްމަތިން ދަތުރު ކުރަމުން ދިޔަތަން ފެންނަ މީހަކަށް ފެންނާނީ އަލި ގުޅައެއްގެ ސިފައިގައެވެ. އޭނާ މަޑުކޮށްލީ އިލީނާ ގެ ކޮޓަރީގެ ބެލްކަންޏާއި ދިމާލަށް ހުރި ޕައިން ގަހުގެ ގޮފިގަނޑެއް މަތީގައެވެ.

ކޮޓަރިތެރޭގައި ކިޔެވުމަށް ގެއްލި ހުސްވެފައި އިން އިލީނާއަށް ބޭރުގައި ހިނގަމުންދާ އެއްވެސް ކަމެއްގެ ހިލަމެއް ނުވެއެެވެ. އޭރު އެގަހުގެ ގޮފިގަނޑު މަތީގައި ހުއްޓިލައިގެން އެމީހާ ހުރީ އިލީނާއަށް ބަލަހައްޓައިގެންނެވެ. އޭނާގެ ތޫނު ނަޒަރު އަމާޒުވެފައި ވަނީ އިލީނާއަށެވެ. އެހެން އިންދައި އޭނާގެ ލޮލުގެ ރަންކުލަ ކެނޑެމުންގޮސް ކަޅީގެ ކުލަ އަޅިކުލައަށް ބަދަލުވެގެން ދިޔައެވެ. އެހިނދު އޭނާ ކޮޅަށް ނުހުރެ ގޮފިގަނޑުގެ މަތީގައި އިށީންދެލިއެވެ.

އިލީނާ ހުރިހާ ފިލާވަޅެއް ހަދައި ނިންމާލުމަށްފަހު ގަޑިން ވީއިރު ބަލައިލިއެވެ. އޭރު ގަޑިން ހުރީ 10:30ވެ ބޮޑުވެފައެވެ. އޭނާ މޭޒުމަތި ތަރުތީބުކޮށްލައި ފޮތްތަށް ދަބަހަށް އަޅައިލުމަށްފަހު، ބެލްކަނީގެ ކާޓެއިން ދަމައިލުމަށްފަހު ހުރިހާ ދޮރެއް ތަޅުލެވިފައިތޯ ޔަގީންކޮށްލިއެވެ. އެއަށްފަހު އޭނާ ނިދާލުމަށް އޮށޯތެވެ. އޭނާ ބެލްކަނީގެ ކާޓެއިން ކަހައިލުމާއެކު އެ ގޮފިގަނޑުގައި އިން މީހާ ދެލޮލަށް ރަން ކުލަ އަރުވައިލުމަށްފަހު ބިންމައްޗަށް ފުންމާލިއެވެ. ބިމުގައި ފައި ޖެހުނުހެން ހީނުވެ، އޭނާ އަށް ދެން ވީގޮތެއް ނޭންގުނެވެ. އެތަނުގައި ފިޔަވަޅެއްހައި ހިސާބުވެސް ނެތެވެ. 11ޖެހުމުގެ ކުރިން ނިދޭތޯ އިލީނާ ދެލޯ މަރައިލިއެވެ. އެއީ އޭނާގެ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ފަތިހު އަވަހަށް ހޭލުމަށާއި ރޭގަނޑު އަވަހަށް ނިދުމަކީ އިލީނާ އެންމެ ކުޑައިރުއްސުރެއް އިސްކަންދެމުން އަންނަ ދެ ކަންތަކެވެ. އިސާހިތަކު އިލީނާ ނިދީގެ ފުން ކަނޑަކަށް ގެނބިގެން ދިޔައެވެ.

Share Article

ޝނކސ
Follow Me Written By

ޝނކސ

Level 1

Other Articles

Previous

ނޭދެން ވަކިވާކަށް 26 ވަނަ ބައި

Next

ލޯބި-40

Next
July 27, 2026

ލޯބި-40

Previews
July 27, 2026

ނޭދެން ވަކިވާކަށް 26 ވަނަ ބައި



All Right Reserved!